ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/352
އެސެޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ޒުހުރީ، 2022/HC-A/352
Eset Private Limited v. Abdhuﷲ Zuhuree 2022/HC-A/352 (2022/HC-A/352, High Court of the Maldives, 26 January 2023)
އެސެޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ޒުހުރީ
މައިގަނޑު ސުވާލު
ދަޢުވާއެއް ހުށަނާޅައި، އެއްބަސްވުން ބާޠިލުވެއްޖެކަމަށް ކަނޑައެޅެންދެން ކުއްޔަށް ދިން ދޯނި ކުއްޔަށް ހިފި ފަރާތާ ޙަވާލުކުރުމަށް އެދުނު ވަގުތީ އަމުރު ނެރެވެން ނެތްކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމީ ރަނގަޅަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅަކަށް އެދޭ ފަރާތުން އެ އެދެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކޮން މާއްދާއަކާ ޙަވާލާދީކަން ކޯޓަށް ހުށަހަޅާ ފޯމުން އެނގެން އޮންނަންޖެހެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރެއް ނެރެވޭނީ ދެ ޙާލަތެއްގައެވެ: ކޯޓުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނުވަތަ ކޯޓަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން.
- ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރެދެވޭނީ، މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް (urgent matter) ކަމަށްވުން، ނުވަތަ އަމުރު ނެރުމަކީ އިންޞާފު ޤާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް (in the interests of justice) ކަމަށްވުމުންނެވެ.
- ދަޢުވާ ހުށަހެޅުމުގެ ކުރިން ނެރޭ ވަގުތީ އަމުރަކާ ގުޅިގެން ދަޢުވާ ހުށަހަޅަންޖެހޭ މުއްދަތެއް ޤާނޫނުގައި ނެތުމުން، ވީ އެންމެ އަވަހަކަށް ދަޢުވާ ހުށަހަޅާނެކަމުގެ ޔަޤީންކަން އެދޭ ފަރާތުން ކޯޓަށް ދޭންވާނެއެވެ، ނުވަތަ ދަޢުވާ ހުށަހެޅުމަށް ކޯޓުން އިރުޝާދު ދޭންވާނެއެވެ؛ އަދި އެފަދަ އަމުރުގައި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތް ހިމަނައި، ހުށަހަޅަން ޤަޞްދުކުރާ ދަޢުވާއާ ގުޅިގެން ނެރުނު އަމުރެއްކަން އެނގޭގޮތަށް ބަޔާންކުރަންވާނެއެވެ.
- ކޯޓަށް ހުށަހެޅިދާނެ ދަޢުވާއަކާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް ނޫން، ދަޢުވާއެއް ހުށަނާޅައި ދާއިމީ ފަރުވާއެއް (permanent injunction) ނުވަތަ ތަޢާޤުދީ ޒިންމާތަކާ އެއްގޮތަށް ޢަމަލުކުރުމުގެ އަމުރަކަށް (specific performance) އެދޭ އެދުމަކީ ދަޢުވާގެ ކުރިން ނެރެވޭ ވަގުތީ އަމުރެއްގެ ގޮތުގައި ނެރެވޭނެ އަމުރެއް ނޫނެވެ.
5އިސްތިއުނާފ ކުރު ފަރާތުން، ދަށު ކޯޓަށް "ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް" remedy) (interim އަކަށް އެދި ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު: 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ކޮން މާއްދާއެއްގެ ދަށުން ކަން ދަށު ކޯޓަށް ހުށަހެޅި "ކޯޓު އަމުރަށް އެދޭ ފޯމު ( ފޯމު 23") އިން އެނގޭ ކަށް ނެތެވެ. މަދަނީ މައްސަލައަކާއި ގުޅިގެން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކޮންމެ މާއްދާއަކާއި ޙަވާލަދީކަނ އެނގެން އޮންނަންޖެހެއެވެ.
6މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 32 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތުން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އެޅުމަށްޓަކައި ދެޙާލަތެއްގައި ކޯޓުން ވަގުތީ އަމުރެއް njunction)i (interim ނެރެވިދާނެއެވެ. ފުރަތަމަ ޙާލަތަކީ، "އިޚްތިޞާޞް ލިބިގެންވާ ބަލަމުންދާ މައްސަލައަކާ ގުޅިގެން" ނެވެ. ދެވަނަ ޙާލަތަކީ "އެފަދަ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެނ" ނެވެ. އެހެންކަމުން، ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ނުވަތަ ކޯޓަށް އެވަގުތަކު އަދި ހުށަހެޅިފައި ނެތްނަމަވެސް ކޯޓަށް ހުށަހެޅިދާނެ މައްސަލައަކާއި ގުޅިގެންވެސް ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އެޅުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެކަން އެނގެއެވެ.
3. ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު ނެރުމާއި ގުޅޭ އިޖުރާއަ ތ ބަޔާނު ކުރަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބާވީސް ވަނަ ބާބު ގައެވެ. ކޯޓަށް ހުށަހެޅިދާނެ މައްސަލައަކާއި ގުޅިގެން ރައްކާތެރިކަމުގެ ވަގުތީ ޤާނޫނު ނަންބަރު 32/2021 ފިޔަވަޅެއް އަޅައިދިނުނ އެދް ވަގުތީ އަމުރަކަށް އެދެން ޖެހެނީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 312 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މި އަކުރުގައި ބަޔާން ކުރަނީ؛ ވަގުތީ އަމުރަކަށް 312. (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެހެން ޤާނޫނެއްގައި އެހެންގޮތަކަށް އެދެވޭނެ ވަގުތު ބަޔާންކޮށްފައިނުވާހާހިނދަކު، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ވާނަމައެވެ. މިފަދައިންނެވެ. އެހެންކަމުން، ކޯޓަށް ހުށަހެޅި ދާނެ މައްސަލައަކާއި ގުޅިގެން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އެޅުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެދެވޭނީ، (3) މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް matter) (urgent ކަމަށްވުން ނުވަތަ (3) އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވުން (in the interests of justice) މިއެވެ .
8ނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، ކޯޓަށް ހުށަހެޅިދާނެ މައްސަލައަކާއި ގުޅިގެން ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރެއް ނެރެދޭއިރު، ކޯޓަށް ހުށަހެޅިދާނެ މައްސަލަ ޤާނޫނު ނަންބަރު 32/2021 ޤާނޫނު ނަންބަރު 32/2021 ގެ 312 ވަނަ މާއްދާގެ (ށ) ހުށަހަޅަންޖެހޭ ވަގުތެއް ބަޔާން ކޮށްފައެއްނެތެވެ. އެހެންކަމުން، ކޯޓަށް ހުށަހެޅި ދާނެ މައްސަލައަކާއި ގުޅިގެން ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއްގެ ގޮތުން، ވަގުތީ އަމުރެއް ކޯޓުން ނެރޭ ޙާލަތުގައި، ރައްކާތެރިކަމުގެ ވަގުތަ ފިޔަވަޅެއް އަޅައިދިނުމަށް އެދޭ ފަރާތުން، ވީ އެންމެ އަވަހަކަށް ދަޢުވާ ފޯމް ހުށަހަޅާނެ ކަމުގެ ޔަޤީންކަމެއް ކޯޓަށް ދޭންވާނެ ކަމަށް ދެކެމެވެ. ނޫނީ ކޯޓަށް ހުށަހެޅިދާނެކަމަށް ބަޔާން ކުރާ މައްސަލަ ހުށަހެޅުމަށް އަންގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކޯޓުން އިރުޝާދު ދޭންޖެހޭނެ ކަމަށް ދެކެމެވެ. އަދި މިގޮތުން ނެރޭ ވަގުތީ އަމުރުގައި "ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތް ހިމަނައި، ކޯޓަށް ހުށަހަޅަން ޤަޞްދުކުރާ ދަޢުވާ ގުޅިނގެން ނެރުން ވަގުތު އަމުރެއް" ކަން އެނގޭ ގޮތަށް ބަޔާން ކުރެވިފައި އޮންނަންޖެހޭނެ ކަމަށް ދެކެމެވެ. އެހެންނޫންނަމަ، މައްސަލައިގެ މައުޟއޫ ގެ މަތީގައި ވަގުތީ ފަރުވާގެ ރައްކާތެރިކަން ހޯދައިގެން އެތައް ދުވަހެއް ވަންދެއ މައްސަލް ހުށަނާޅާ ހުރުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ.
3. އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، " ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ކަނޑައެޅުމާއި ހަމައަށް ނުވަތަ އެއްބަސްވުމުގައި ބަޔާން ކުރި2 އަހަރާ ހަމަވަންދެން، އެއްބަސްވުމުގައި ބަޔާން ކުރާ އުޅަނދު ބޭނުން ކޮށް މަންފާ ހޯދުމުގެ ޙައްޤު އޮތް ފަރާތަކީ އެސެޓް ޕްރައިވެޓް ލިމިޓެޑް ކަމަށް ކަނޑައަޅުއްވައި ދެއްވާ، ލ.މާމެންދޫ ބަނދަރުގައ މިހާރ އޮތު އުޅަނދުގެ މައްޗަށް އުޅަނދުގެ ވެރިފަރާތުން އަތްގަދަކޮށް، އެފަރާތުގެ ބާރުގެ ދަށަށް އުޅަނދު ގެންގާ ސްފައ އޮތި އޮތުން ދޫކޮށްލައި، އެސެޓް ޕްރައިވެޓް ލިމިޓެޑް އާއި ނުވަތަ އެފަރާތުން އަންގާ ފަރާތަކާއި އުޅަނދު ޙަވާލު ކުރުމަށާއި، އެއްވެސް ޙާލެއްގައި އުޅަނދު ބޭނުން ކޮށްގެން ކުރާ ވިޔަފާރިއަށް ހުރަސް އަޅާ ގެއްލުމެއް ލިބިދާނެ ފަދަ ޢަމަލެއް ނުކުރުމަށް ޢަބުދުﷲ ޒުހުރީ އަށް އަންގާ، މިއަމުރު ތަންފީޒް ކޮށް އުޅަނދު ކުއްޔަށް ހިފި ފަރާތާއި ޙަވާލު ކުރުމަށް ޢަބުދުﷲ ޒުހުރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރު " ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށި މެޖިސް ޓްރޭޓ ކޯޓުގް ނަންބަރު 1/MF/2022-P1C "ވަގުތީ އަމުރާމެދު ނިންމި ގޮތް" ކޮށްދިނުމަށެވެ. ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އޮންނަންވީ ގޮތްކަމަށް ބަޔާންކޮށް ވަގުތީ އަމުރަށް އީ ދުނެ އިސްތިއުނާފު ކުރާ ފަރާތުން ވަގުތީ އަމުރު އޮންނަންވީ ގޮތް ކަމަށް ބަޔާން ކުރާ ގޮތަށް ބެލުމުން، އެއް ކޯޓަށް ހުށަހެޅިދާނެ ދަޢުވާއަކާއި ގުޅިގެން އަޅައި ދިނުމަށް އެދިފައިވާ ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް ނޫންކަން އެނގެއެވެ. އެއީ، ކޯޓަށް ދަޢުވާއެއް ހުށަހެޅުމަކާއި ނުލައި، އެދިފައިވާ ދާއިމީ ފަރުވާއެއްކަނ (permanent injunction) އެނގެއެވެ. ދަށު ކޯޓުން މައްސަލަ ނިންމުމުގައި، އެދިފައިވަނީ ތަޢާގުދީ ޒިންމާތަކާ އެއްގޮތަށް ޢަމަލު ކުރުމުގެ އަމުރަކަށް performance) (specific ކަމަށް ބަޔާން ކުރި ކުރުންވެސް، ހުށަހެޅި އަމުރު އޮންނަންވީ ގޮތަށް ބެލުމުން ގޯސްކަމަށްބުރަ ވެވޭކަށް ނެތެވެ.
32އެހެނީ، މި ވަގުތީ އަމުރަށް އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުންކަން އެނގޭކަށް އަސްލުގައި ނެތެވެ. އެހެންކަމުން، ދަށު ކޯޓުން ވަގުތީ އަމުރެއް ނެރެވެން ނެތްކަމުގައި ކަނޑައެޅި ކަނޑައެޅުން ރަނގަޅު ކަމުގައި އަހުރެން ދެކެމެވެ.
33ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
33. ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
32. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 381 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ (ލިޔުމުގައިވާ ގޮތަށް؛ ވަގުތީ އަމުރު ނެރެވޭ ޙާލަތްތައް)
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 312 ވަނަ މާއްދާގެ (ށ) (ލިޔުމުގައިވާ ގޮތަށް؛ ދަޢުވާގެ ކުރިން ވަގުތީ އަމުރަށް އެދެވޭނެ ވަގުތު)
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ބާވީސްވަނަ ބާބު (ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު)
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 381 ވަނަ މާއްދާގެ (ރ) (ލިޔުމުގައިވާ ގޮތަށް؛ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ އިސްތިސްނާ)
- ބެންޗު
- މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް