ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/192
އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު ފަތީން، 2021/HC-A/192
Elef Construction Private Limited v. Ahmed Fatheen 2021/HC-A/192 (2021/HC-A/192, High Court of the Maldives, 20 August 2024)
އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު ފަތީން
މައިގަނޑު ސުވާލު
ކުއްޔަށް ދިން ގްރައުންޑް ފްލޯ ބޭނުންކުރުމުގެ ހުއްދަ (ބިލްޑިންގ ޔޫސް ޕަރމިޓް) ނުލިބި ހުރި މުއްދަތަށް ކުލި ދައްކަންޖެހޭތޯއާއި، އެ ހުއްދަ ހޯދުމުގެ ޒިންމާ އޮތީ ކޮން ފަރާތެއްގެ މައްޗަށްތޯ؛ އަދި ޚުޞޫމާތެއް ނެތް ޙަޤީޤަތްތަކަށް ޝަފަހީ ހެކިން ނުގެންނަން ދަށުކޯޓުން ނިންމުން ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކުއްޔަށް ދިން ތަނުގެ މަރާމާތާ ގުޅޭ ހުއްދަތަކާ ބެހޭ އެއްބަސްވުމުގެ މާއްދާއެއްގައި ބަޔާންކުރާ ހުއްދައަކީ ޢިމާރާތްކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދޫކުރާ 'ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ' އާ ތަފާތު ހުއްދައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24، 35)
- ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދުމަކީ ޢިމާރާތް ތަރައްޤީކޮށް ކުއްޔަށް ދިން ފަރާތުގެ ޒިންމާއެކެވެ؛ ކުއްޔަށް ހިފި ފަރާތުގެ ޒިންމާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 31)
- ތަނެއް ކުއްޔަށް ދޭންޖެހެނީ ކުއްޔަށް ހިފި ބޭނުން ކުރެވޭ ޙާލަތުގައެވެ؛ ބޭނުންކުރުމުގެ ހުއްދަ ނުނަގައި އެ ބޭނުން ނުކުރެވުމަކީ ފްރަސްޓްރޭޝަނެއް ނޫން، ކުއްޔަށް ދިން ފަރާތުން ކުރަންޖެހޭ ކަމެއް ނުކުރުމުން މެދުވެރިވި ޙާލަތެއް ކަމުން އޭގެ ޒިންމާ އުފުލަންޖެހޭނީ ކުއްޔަށް ދިން ފަރާތެވެ؛ އެ މުއްދަތަށް ކުލި ނަގައިނުދިނުމަށް ދަށުކޯޓުން ނިންމުން ރަނގަޅެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 29)
- ވިޔަފާރި ކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުއްޔަށް ހިފި ތަނަށް މުދާ ގެނެސް ބެހެއްޓުމަކީ، ބޭނުންކުރުމުގެ ހުއްދަ ނުލިބި ވިޔަފާރި ނުކުރެވޭހާ ހިނދަކު، ތަން ބޭނުންކުރިކަމަށް ބަލަންޖެހޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- ޙަޤީޤަތެއް ސާބިތުކުރުމަށް ހެކި ހުށަހަޅަންޖެހޭނީ އެ ޙަޤީޤަތާ މެދު ޚުޞޫމާތެއް އޮތްނަމައެވެ؛ ޚުޞޫމާތެއް ނެތް ޙަޤީޤަތަކަށް ނުވަތަ އެއްބަސްވުމުގެ މާއްދާއެއް މާނަކުރުމަށް ޝަފަހީ ހެކިން ޙާޟިރުކުރާކަށް ނުޖެހޭތީ، އެފަދަ ހެކިން ޙާޟިރުނުކުރަން ދަށުކޯޓުން ނިންމުން ރަނގަޅެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33-35)
ޝަނީޒް ޢަބްދުﷲ ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް
1މިއީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނގް ނަންބަރު:HD/2020-C-Cv/97 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެލް.އެފް ކޮންސްޓްރަކްޝަން" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ށ.ފޯކައިދޫ، […] / އަޙްމަދު ފަތީން (މީގެ ފަހުން " ފަތީނ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް)" އެވެ. މައްސަލައިގެ އިދާރީ ބައެއްކަންކަން ދިޔަގޮތް:
2އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާއަކީ ދެފަރާތުންވެސް އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން އެލް.އެފް.ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ރަޖިސްޓްރީކުރެވުނ ނަންބަރު 2021/HC-A/192 ޤަޟިއްޔާގެ ގޮތުގައެވެ. އަދި ފަތީންގެ ފަރާތުން އިސްތިއުނާފުކޮށްފައިމިވާ މައްސަލަ ރަޖިސްޓްރީކުރެވުނ ނަންބަރު 2021/HC-A/191 ޤަޟިއްޔާގެ ގޮތުގައެވެ. މިދެމައްސަލައިގެ ބެންޗް އެއްގޮތް ކޮށްފައިވާނެއެވެ. ރަޖިސްޓްރޭޝަން ނަންބަރު: 0306/2011-C އައިޑީ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާ ގެ 13 ވަނަ ނުކުތާގައި ބަޔާންކުރާ އުޞޫލާއި އާއި ހައިކޯޓުން އެކަށައަޅާފައިވާ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު" ގެ ދަށުން.
3ފަތީންގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމަށް ޙާޟިރުވުމަށް ފޮނުވި ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވެ، ކޯޓަށް ޙާޟިރުވެފައި ނުވާތީ އެމައްސަލަވަނީ ބާޠިލު ކުރެވިފައެވެ. އެމައްސަލަ މިކޯޓަށް އަލުން ހުށަހެޅިކަން އެނގޭކަށްނެތެވެ.
4އެލް.އެފް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅައިގެން ބަލަމުންދާ މިމައްސަލަ ހިންގުމަށްޓަކައި ފޮނުވުން މިކޯޓުގެ ކޯޓަށް ޙާޟިރުވުމުގެ އަމުރުތަކާއި ޙަވާލުވެ، ކޯޓަށް ޙާޟިރުނުވެ، ތަކުރާރުކޮށް ޚިލާފުވާތީ، ފަތީނު މިކޯޓަށް ޙާޟިރުކުރީ ބަންދުގައި ބަހައްޓައިގެންނެވެ.
4.1- މިޤަޟިއްޔއާއާ ގުޅިގެން 20 އޮގަސްޓް 2024 ދުވަހުގެ 11:15 އަށް ބޭއްވުމަށް ތާވަލްކުރެވުނު ޙުކުމް ކުރުމުގެ މަޖިލީހަށް ޙާޟިރުވުމަށް ފަތީންއަށ ފޮނުވުން މިކޯޓުގެ ނަންބަރު B2/CHT/2024/3218-95 ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ހަވާލުވެ، އެއަމުރުގައިވާ ގަޑިއަށް އެއްވެސް ސަބަބެއް ބަޔާންނކޮށު ކޯޓަށް ޙާޟިރުވެފައިނުވާތީ، މިމައްސަލައިގެ ޙުކުމް ކުރެވިފައިވަނީ ފަތީންގެ ޣައިރު ޙާޟިރުގައެވެ.
5މިމައްސަލައިގައި، ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް ފުރުޞަތު ދިނުމުންވެސް ފަތީނުގެ ފަރާތުން ވަކީލަކު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށްފައި ނެތުމުން، މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދެވިފައިވަނީ ވަކީލަކާއި ނުލައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން. ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަދި
(ށ) ގެ (1) ނަންބަރުގެ ދަށުން. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓު ގަވާއިދު 2011 ގެ 26 ވަނަ މާއްދާގެ
(ހ) ދެފަރާތް ދެމެދު ކުރެވުނު މުޢާމަލާތް:
6ޚުޞޫމާތު ބިނާވާ ކަމަކީ، އެލް.އެފް ކޮންސްޓްރަކްޝަންއިން ބިނާކުރި ޢިމާރާތެއްގެ ޤުރައުންޑް ފުލޯ ފަތީނއަށް ކުއްޔަށްދް އެތަން ބޭނުން ކުރެވޭ ގޮތް ފތަނަށް ނުވުމެވެ.
7މިދެންނެވި ޢިމާރާތުގެ ގްރައުންޑް ފްލޯރ ފަތީންއަށް ކުއްޔަށްދިނީ، 01 މާރިޗް 2019 އިން 31 މާރިޗް 2024 އަށް 5 (ފަހެއް) އަހަރުގެ ދުވަހަށެވެ. މިއެއްބަސްވުން ވެފައިވަނީ 24 ފެބްރުއަރީ 2019 ގައި ފަތީނ އާއް އެލް.އެފް ކޮންސްޓްރަކްޝަންއާ ދެމެދު ގައެވެ.
8މިޢިމާރާތުގެ ގްރައުންޑް ފުލޯ ކުއްޔަށްދެނީ ހަމަ އެކަނި ކާބޯތަކެތީގެ ޝޯރޫމެއް ހިންގުމަށާއި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަށކަމަށް އ އެއްބަސްވުމުގައި ބަޔާން ކުރެއެވެ. ގްރައުންޑް ފްލޯރގެ ކުއްޔަކީ މީލާދީ ކޮންމެ މަހަކަށް 32،000.00ރ. (ބައްތިރީސް ހާސް ރުފިޔާ) އެވެ. މީގެ އިތުރުން އެއްބަސްވުމުގެ 24 ވަނަ މާއްދާގެ ދަށުން ކުއްޔަށްދޭ ތަނުގައި ކުރާ މަރާމާތު ގުޅިގެނާ ކަމާބެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ލިބެން އޮތީ ވެރިފަރާތުގެ ހުއްދަ ލިބިގެންކަމަށްވާނަމަ އެކަމެއް ކުރުމަކީ އަދި އެފަދަ ކަންކަމަށް އެއްބާރުލުންދީ މަގުފަހި ކޮށްދިނުމަކީ އެލް.އެ ކޮންސްޓްރަކްޝަންގެ މައްޗަށް މިއެއްބެސްވުން ލާޒިމްކުރާކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
9ފަތީން އާއި އެލް.އެފް ކޮންސްޓްރަކްޝަންއާ ދެމެދު އޮތް އެއްބަސްވުމާއި އެއްގޮތަށް 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2020 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކުލި ދައްކާފައި ނުވާކަމަށް ބުނެއެވެ. އެހެންވެ، ފަތީންގެ ފަރާތުން ދައްކަންޖެހި ނުދައްކައިވާ ކުލީގެ ފައިސާ އާއި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އާއި، އަދި މި ފައިސާ ހޯދުމަށް އެދި ޝަރީޢަތަށް ހުށަހަޅަން ޖެހުމުން ޤާނޫނީ ވަކީލަށް އެލް.އެފް ކޮންސްޓްރަކްޝަނުން ބިނާކުރި ޢިމާރާތަކީ، ހުޅުމާލެ ލޮޓް ނަންބަރު11156 ބަންޑާރަ ގޯތީގައި ބިމުގެ ވެރިފަރާތާއި އެލް.އެފް ކޮންސްޓްރަކްޝަނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރެވުނު ޢިމާރާތެވެ. ބިމުގެ ވެރިފަރާތާއި އެލް.އެލް އެފް ކޮންސްޓްރަކްޝަން އާ ދެމެދު ކުރެވުނު އެގްރީމެންޓް ނަންބަރަކީ 662/2017-C-C-CV އެއެއްބަސްވުމުގެ 1 ވަނަ މާއްދާ. އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ހ). ޚަރަދުކުރަންޖެހުނު ފައިސާ ހޯދުމަށް އެލް.އެފް ކޮންސްޓްރަކްޝަނުން ދަޢުވް ކުރިއެވެ. އަދި ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމާއި ފަތީން ޚިލާފުވެފައިވާތީ، އެއެއްބަސްވުން ޝަރީޢަތް މެދުވެރިކޮށް ބާޠިލްކޮށް ދިނުމަށް އެދި އެލް.އެފް ކޮންސްޓްރަކްޝަންއިން މިދަޢުވާ ހުށަހެޅީ 04 ޖޫން 2020 ގައި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް އަށެވެ. މިމައްސަލަ ބަލާފައިވަނީ އޑިވިޜަނެ ގ ނަންބަރު: HD/2020-C-97/Cv ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން ނިންމި ގޮތް:
10ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2020-C-Cv/97 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންތައްތައް އެގޮތުގައި އޮތުމުން، ހުޅުމާލެ ލޮޓް 11156 ގެ ގްރައުންޑް ފްލޯރ ކުއްޔަށް ދިނުމަށް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު:0306/2011-C) އާއި ށ.ފޯކައިދޫ / ކޮމަންޑޫގެ، އަޙްމަދު ފަތީން އާއި ދެމެދު 24 ފެބްރުއަރީ 2019 ގައި ސޮއިކޮށް ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރިޗު މަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ -/64،000ރ. (ފަސްދޮޅަސ ހަތަރުހާސް ރުފިޔާ) އާއި، މިމަސްތަކުގައ ކުލި ނުދެއްކުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ -/9،000ރ. (ނުވަހާސް ރުފިޔާ) އާއި ޤާނޫނީ ވަކީލިގ ފީގެ ގޮތުގައެ ދައްކަންޖެހޭ - /0،0004ރ.(ސާޅީސްހާސް ރުފިޔާ) އާއިއެކު ޖުމްލަ ދައްކަންޖެހޭ -/113،000ރ. (އެއްލައްކަ ތޭރަހާސް ރުފިޔާ) ގެ ތެރެއިން އަޙްމަދު ފަތީންގެ ފަރާތުން އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ -/64،000ރ. (ފަސްދޮޅަސ ހަތަރުހާސް ރުފިޔާ) ކެނޑުމުންވާ -/49،000ރ. (ސާޅީސ ނުވަހާސް ރުފިޔާ) އަކީ ށ.ފޯކައިދޫ / ކޮމަންޑޫގެ، އަޙްމަދު ފަތީންގެ ފަރާތުން އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއަށް ލިބިދިނުމުގެ ގޮތުން މިއަދު (26 އޭޕްރީލް 2021) ން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިފައިސާ އެކުގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ށ.ފޯކައިދޫ / ކޮމަންޑޫގެ، އަޙްމަދު ފަތީންއަށް އަންގައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް:
11ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު: HD/2020-C-Cv/97 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެލް.އެފް ކޮންސްޓްރަކްޝަންގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.11. އިސްތިއުނާފު ރައްދުވާ ފަރާތުން ހުޅުމާލެ ލޮޓް 11156 ގެ ގްރައުންޑް ފްލޯރ އަނބުރާ ޙަވާލުކުރުމާ ހަމައަށް، ކުލި ދެއްކުމާއި ނުލައި ތަން ބޭނުންކުރި މުއްދަތުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތަށް ކުލި ލިބެންޖެހޭ މަސްތައް ކަނޑައަޅައި، ކުލި ދެއްކުމާއި ނުލައި އެފަރާތަށް ތަން ބޭނުންކުރުމުގެ ހުއްދަ އޮތް ކަމުގައި ބަލާފައިވަނީ އެއްބަސްވުމުގެ 24 ވަނަ މާއްދާއަށް ރިޢާޔަތްކުރުމާނުލައި، އަދި އެމާއްދާއާ ޚިލާފަށް މާނަ ކުރައްވައިގެން ކަމުގައިވާތީ، މިއީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) އާއި "އަލްޢަޤްދު ޝަރީޢަތލު މުތަޢާޤިދައިން" ޝަރުޢީ މިޤާއިދާއ ޚިލާފަށާ ނިންމާފައިވާ ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.11. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޝަފަހީ 02 ހެކިން ޙާޟިރުކޮށްފައ ނުވުމާއި އަދި ޙާޟިރުނުކުރި ސަބަބެއްކަމަށް ބަޔާންކުރި ސަބަބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، އަދި އެއްބަސްވުމުގެ 24 ވަނަ މާއްދާއާ ޚިލާފަށް ނިންމެވި ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
12އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ތަފާ ޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.12. އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ތަނުގެ ވިޔަފާރީގެ ހުއްދައަކީ އިސްތިއުނާފުކުރާ ފަރާތުން ކުރަންޖެހޭ ކަމެއްކަމަށް ބަޔާންކޮށްފައި ނުވާކަމަށެވެ. އެއްބަސްވުމުގެ 24 ވަނަ މާއްދާގައި ބުނަނީ ހުއްދަތައް ހޯދަންޖެހެނީ އިސްތިއުނާފު ރައްދުވާ ފަރާތުންކަމަށާއި، އެފަރާތުން ހޯދަންޖެހޭ ހުއްދައެއް ހޯދުމުގައި އިސްތިއުނާފުކުރާ ފަރާތުން ދޭންޖެހޭ އެއްބާރުލުން ނުދޭކަން އެނގޭފަދަ ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ. 30 ޖަނަވަރީ 2020 އާ ހަމައަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެފަރާތުގެ މުދާ ބަހައްޓައި، ތަން ބޭނުންކޮށްފައިވާއިރު، އަދި އިސްތިއުނާފުކުރާ ފަރާތުން ތަނާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ހޯދުމަށް އެދުނު އެއްބާރުލުމެއ ދީފައިނުވާކަން ސާބިތުކޮށްދެވިފައި ނުވާއިރު، އަދި އެއްބަސްވުމުގެ ދަށުން އެފަދަ ހުއްދައެއް ހޯދުމުގެ މަސައްކަތްކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މަސްއޫލިއްޔަތަކަށް ނުވާއިރު، މި ހުއްދަ ހޯދައިދިނުމަކީ ތަން ކުއްޔަށްދޭ ފަރާތުގެ ޒިންމާއެއްކަމުގައި ސިވިލް ކޯޓުން ކަނޑައަޅައި، އެއްވެސް ކުއްޔަކާ ނުލައި ތަން ބޭނުންކުރުމުގެ ހުއްދަ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމަށް ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނާއި "އަލްޢަޤުދު ޝަރީޢަތުލް މުތަޢާޤިދައިން" ޝަރުޢީ މި ޤާއިދާއާ ޚިލާފަށްކަމަށެވެ.
2.12. އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ތަނާގުޅިގެން ނަގަންޖެހޭ އެންމެހާ ހުއްދަ ނަގާނީ އިސްތިއުނާފު ރައްދުވާ ފަރާތުންކަމަށާއި، އެކަމުގައި އިސްތިއުނާފުކުރާ ފަރާތުން ކުރަންޖެހޭ ކަމަކީ ހުއްދަތަށ ނެގުމަށް ފޯރުކޮށްދޭންޖެހޭ ލިޔުމެއްވާނަމ އެފަދަ ލިޔުމެއް ފޯރުކޮށްދިނުމާއި ސޮއިކޮށްދިނުންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް އެކަން ނުކުރެވި ގިނަދުވަސްވާތީ، އެންމެ ފަހުން އެކަން ކޮށްދީފައިވަނީވެސް އިސްތިއުނާފުކުރާ ފަރާތުންކަމަށާއި، ތަނުގެ ތަޅުދަނޑި ހަވާލުކުރުމާއި ހަމައަށްވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އެފަރާތުގެ މުދާ އެތަނުގައި ބަހައްޓައި، ތަނުގެ ބޭނުންކޮށްފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ޝަފަހީ ހެކިން ހުށަހަޅާފައިވަނީ މިކަންކަން ސާބިތުކުރަމަށްކަމަށެވެ. ނަމަވެސް ޝަރީޢަތުން ހެކިން ޙާޟިރުނުކޮށް މިއީ ލިޔެކިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން ހުރި ކަމެއްކަމަށް ނިންމައި، އިސްތިއުނާފު ރައްދުވާ ފަރާތުން ކުލި ދެއްކުމަކާއ ނުލައި ތަން ބޭނުންކޮށްފައިވަނީ ސައްހަ ގޮތުގައިކަމަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތުގެ މުދަލެއް ނުޙައްޤުން ބނުންކުރިކުރުމަކީ ހުއްދަކަމެއްގޮތުގައި ކަނޑައެޅިގެން ގޮސްފައިވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ޙާޟިރުނުކުރުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫން ކަމަށާއި އަދި 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ހިނގާފައިވާ 07 މަސް ދުވަހުގެ ތަނުގެ މަހުކުލި ނަންގަވައި ދެއްވާފައިނުވަނ ރަނގަޅީ އަސާސެއްގެ މައްޗަށް ނޫންކަމަށް ކަނޑައަޅުއްވައި ދެއްވައި، މަހަކު -/32,000ރ. (ބައްތިރީސް ހާސް ރުފިޔާ) ގެ މަގުން މި ބުނެވުނު 7 މަސް ދުވަހަށްވާ -/224,000ރ. (ދެލައްކަ ސައުވީސް ހާސް ރުފިޔާ) އަކީވެސް އިސްތިއުނާފު ރައްދުވާ ފރާތުނަ އިސްތިއުނާފުކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅުއްވައި ދެއްވާ މައްސަލަ ނިންމަވައދެއިވުމަށެވެ.
14އޭގެ ފަހުން، އިސްތިއުނާފުކުރާ ފަރާތުންވަނ ޝަފަހީ ހެކިންނާ ގުޅޭ ގޮތުން އޮތްބައި 10 އޮގަސްޓް 2023 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބަދަލުކޮށްފައެވެ. މިގޮތުން ފަހުން އެދިފައިވަނީ ޝަފަހީ ހެކިން ޙާޟިރުނުކުރުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަމަށް ނިންމަވައިދެއްވައި، އެބައި ސިވިލް ކޯޓަށް ތަހްވީލްކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
15އިސްތިއުނާފ ރައްދުވު ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މާރިޗު 2019 އިން ފެށިގެން ޖޫން 2019 ގެ ނިޔަލަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކުލި ދައްކާ، އިމާރާތުގެ އިންޓީރިއަރ މަސައްކަތްތައް ވިޔަފާރި ކުރުމަށް ބޭނުންވާނެ މުއްދާވެސް ގެނެސްފައިވާނެކަމަށެވެ. ނަމަވެސް، އެމުއްދަތުގެ ނިޔަލަށްވެސ ކުއްޔަށްދިން ފަރާތުން ދިން ގެރެންޓީއާ އެއްގޮތަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދައިފައިނުވާތީ، ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިނުވާކަމަށެވެ. އަދި ކުއްޔަށްދިން ފަރާތުން އިމާރާތްކޮށްފައިވަނީ ކުރެހުމާ އެއްގޮތަށްކަމަށްނުވާތީ، އެޗް.ޑީ.ސީއިން ހުއްދް ދީފައިނުވަނީކަން އިސްތިއުނާފުރައްދުވ ފަރާތުގާ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
16ދެފަރާތް ދެމެދް ވެފައިވާ އެއްބަސްވުމުގެ އެންމެ އަސާސީ އެއް މާއްދާއަކީ އެތަން ބޭނުންކުރަން ދީފައިވާ ބޭނުންކަމަށްވެފައި އެއްބަސްވުމުގެ 1 ވަނަ މާއްދާއާއި އެއްގޮތަށް ތަން ބޭނުންކުރެވޭނީ އިމާރާތްކުރުމުގެ ހުއްދައާއި ވިޔަފާރިކުރުމުގެ ހުއްދަ ލިބިގެންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެއެވެ. އަދި އެހުއްދަތައް ލިބިފައިނުވާ ހާލަތުގައި ދެފަރާތުގެ ދެމެދުވެފައިވާ އެއްބަސްވުން ވުޖޫދަށް އައީކަމުގައި ބެލުމަކީ ހަމަޖެހޭކަމެއް ނޫންކަމަށާއި، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 3.5 ގައި ބަޔާންކޮށްފައިވާ ގޮތަށް، އެއްބަސްވުން ވުޖޫދަށް އައި ތާރީޚަކީ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިބުނު ތާރީޚުކަމުގައި ބަލަންޖެހޭކަމަށެވެ. އެހެންކަމުން، މާރިޗު 2019 އިނ ފެށިގެން ޖޫން 2019 ގެ ނިޔަލަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކުއްޔަށްދިން ފަރާތަށް ދައްކާފައިވާ ކުއްޔަކީ ދައްކަންޖެހޭ ކުއްޔެއްނޫންކަނ ވަރަށް ސާފުކޮށް އެނގޭކަމަށެވެ. އެހެންކަމުން، މިމައްސަލައިގައި އުފެދޭ ޤާނޫނީ ބަހުޘްއަކީ ކޮބައިކަމެއް ބަޔާންކޮށްފައިނުވާތީ، މިއިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކަށް ފެތޭ ނުކުތާއެއް ނޫންކަމަށެވެ.
17އަދި ތަން ބޭނުންކުރުމުގެ ހުއްދަ ލިބުނު ތާރީޚާ ހަމައަށް ކުއްޔަށް ހިފި ބޭނުމަށް އިސްތިއުނާފު ރައްދުވާ ފަރާތާއި ތަން ހަވާލުކޮށްފައިނުވާތީ، މާރިޗު 2019 އިން ފެށިގެން ޖޫން 20119 ގެ ނިޔަލަށް 4 މަހަށް ކޮންމެ މަހަކަށް 32،000ރ. (ބައްތިރީސް ހާސް ރުފިޔާ) ގެ މަގުން ދައްކާފައިވާ 128،000ރ. (އެއްލައްކަ އަށާވީސްހާސް ރުފިޔާ) އަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑދެއްވުން އެދޭކަމަށެވެ. އަދ ސިވިލް ކޯޓުގެ ނިންމުމުގައި ޖުލައި 2019 އިން ފެށިގެން ޖެނުއަރީ 2020 ގެ ނިޔަލަށް ކުލި ނަގައިނުދިނުމަށް ނިންމާފައިވަނީ ދެފަރާތުގެ ދެމެދުވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށް ޤާނޫނީ އިމުގެ ތެރެއިންކަމަށެވެ.
18މީގެ އިތުރުން، މައުޟޫޢީ ދަޢުވާގައި ހެކިންގެ ހެކިބަސް ނަގައިދީފައިނުވަނީ ޤާނޫނީއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ ނިންމުން އިޝާރާތްކުރެވުނު މާއްދާއާ ޚިލާފުވެފައިވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދެވިފައިނުވާކަމަށް އިތުރަށް ބުނެފައިވެއެވެ. އަދި ވަކީލް ފީ ދެއްކުމަށް ސިވިލް ކޯޓުން އަންގާފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ކޯޓުތަކުގެ ޤާނޫނާ ޚިލާފަށްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
19އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ޙުކުމުގައި 30 ޖަނަވަރީ 2020 ގެ ނިޔަލަށް އިމާރާތް ކުއްޔަށް ހިފި ބޭނުނަމަށ އިމާރާތް ބޭނުންކުރުމުގެ ހުއްދަ އިސްތިއުނާފުރައްދުވާ ފަރާތަށް ލިބިފައިނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމުގައި ކަނޑައަޅުއްވާދެއްވމަށާއި، މާރިޗު 2019 އިން ފެށިގެން ޖޫން 2019 ގެ ނިޔަލަށް 4 މަހަށް ކޮންމެ މަހަކަށް 32،000ރ. (ބައްތިރީސްހާސް ރުފިޔާ) ގެ މަގުން ދައްކާފައިވާ 128،000ރ (އެއްލައްކަ އަށާވީސްހާސް ރުފިޔާ) އަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްނޫންކަމަށް ކަނޑައަޅުއްވާދެއްވުމަށާއި، ޖުލައި 2019 އިން ފެށިގެން ޖަނަވަރީ 2020 ގެ ނިޔަލަށް ކުލި ނަގައިނުދިނުމަށް ނިންމާފައިވަނީ ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށް ޤާނޫނީ އިމުގެ ތެރެއިންކަމުގައި ކަނޑައަޅުއްވާދއްވުމަށާއި، ވަކީލް ފީގެ ގޮތުގައި 40،000ރ. (ސާޅީސްހާސް ރުފިޔާ) ދެއްކުމަށް އަންގާފައިވަނީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ކަނޑައަޅުއްވާދެއްވުމަށާއި، ޝަފަހީ ހެކިން ޙާޟިރުނުކުރުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނީ އިމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމުގައި ކަނޑައަޅުއްވާދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
20މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރ HD/2020-C-Cv/97 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް އެލް.އެފް ކޮންސްޓްރަކްޝަނގް ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ:
21މިނުކުތާގައ ބަޔާންކުރި މައިގަނޑު ވާހަކައަކީ، ގްރައުންޑް ފުލޯ އަނބުރާ އެލް.އެ ފ ކޮންސްޓްރަކްޝަންއާ ޙަވާލު ކުރުމާއި ޙަމައަށް ފަތީނ ގްރައުންޑް ފުލް ބޭނުން ކޮށްފައިވާއިރު، ކުލި ދައްކަންޖެހޭ މަސްތައް ދަށުކޯޓުން ބަލާފައިވަނީ އެއްބަސްވުމުގެ 24 ވަނަ މާއްދއަށާ ރިޢާޔަތް ނުކޮށް އަދި އެމާއްދާ ނުބައިކޮށް މާނަ 11 10 ކޮށްގެން ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ނިންމުން، ކޮންޓްރެކްޓާބެހޭ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނާއި "އަލްޢަޤްދު ޝަރީޢަތުލްމުތަޢާޤިދައިން" މި ޤާއިދާއާ ޚިލާފު ކަމެވެ.
22ފަތީންގެ ފަރާތުން، މިނުކުތާއާއި ގުޅިގެން ބަޔާންކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެވެނު ގްރައުންޑް ފުލޯ ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގްރައުންޑް ފުލޯގައި ކުރަން ނިންމި ވިޔަފާރި ކުރުމަށް ތައްޔާރީވެ މުދާ އެތެރެކޮށް ހުރިހާ މަސައްކަތެއް ކުރިއި ރުވެސް، ގްރައުންޑް ފުލޯ ބޭނުން ކުރުމުގެ ހުއްދަ އެޗް.ޑީ.ސީ އިން ދޫކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން، ގްރައުންޑް ފުލޯ ކުއްޔަށް ނެގިނަމަވެސް އެތަނަށް ޤާނޫނު ނަންބަރު 91/4 ޤާނޫނު ނަންބަރު 2010/13 ވަދެ ގްރައުންޑް ފުލޯ ބޭނުން ކުރުމުގެ ހުއްދަ ހޯދައިދީފައި ނުވާތީ، ކުއްޔަށް ހިފި ބޭނުން އެތަނުގައި ކުރެވޭ ގޮތް ނުވެ ބޮޑު ގެއްލުންތަކެއް ކުރިމަތިވި ކަމަށެވެ.
23ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ 24 ވަނަ މާއްދާގައި ބަޔާންކުރަނީ؛ " ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ހޯދުމާއި، އެފަދަ ލިޔެކިޔުންތަކުގައި ސޮއިކުރުމާއި އެކަންކަމަށް މަގުފަހި ކުރުން؛ މިއެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ތަނުގައި ކުރާ މަރާމާތާއ ގުޅިގެނި ކަމާބެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ލިބެން އޮތީ ވެރިފަރާތުގެ ހުއްދަ ލިބިގެންކަމަށްވާނަމަ އެކަމެއް ކުރުމަކީ އަދި އެފަދަ ކަންކަމަށް އެއްބާރުލުންދީ މަގުފަހި ކޮށްދިނުމަކީ ކުއްޔަށްދިން ފަރާތުގެ މައްޗަށް މި އެއްބަސްވުން ލާޒިމްކުރާކަމެކވެ."
24ޕްރިސިޑެންސް 1ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމުގައި ބަޔާންކުރާ ކަމާބެހޭ ފަރާތުގެ ހުއްދަ ހޯދުމާއި، މިމައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ "ހުއްދަ" އާ އެއީ މުޅިން ތަފާތު ދެ ހުއްދަ އެކެވެ. ޤާނޫނު ނަންބަރު:2017/4 (ޢިމާރާތްކުރުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގައި ބަޔާންކުރަނީ؛ ޢިމާރާތް ބޭނުން 32. (ހ) ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޭންވާނީ، އެ ޢިމާރާތް ކޮށްފައިވަނީ ކުރުމުގެ ހުއްދަ ޢިމާރާތްކުރުމަށް ހުއްދަދީފައިވާ ކުރެހުންތަކާ އެއްގޮތަށްކަމަށް ބަޔާންކޮށް މި ދޫކުރުން ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދި، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ހުށަހެޅިދާނެއެވެ. (1) ޢިމާރާތެއްގެ ބައެއް ނުވަތަ ޔުނިޓެއް ހަދާ ނިމިގެން، ހަމައެކަނި އެބަޔަކަށް، އެ ޢިމާރާތެއްގެ ވެރިފަރާތުން ހުއްދައަށް އެދި ހުށަހެޅުން ؛ (2) ޢިމާރާތް އެކުގައި ހަދާ ނިމިގެން އެ ޢިމާރާތެއްގެ ވެރިފަރާތުން ހުއްދައަށް އެދި ހުށަހެޅުން .
(ނ) ވަގުތީގޮތުން ޢިމާރާތެއް ބޭނުންކުރުމަށްޓަކައި ޢިމާރާތްކުރުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޢިމާރާތްކުރުމަށް ހުއްދަދޫކުރާ އިދާރާއަކުން ވަގުތީ ދިރިއުޅުމުގެ ހުއްދައެއް ދޫކުރެވިދާނެއެވެ. އަދި އެފަދަ ވަގުތީ ހުއްދައެއްގެ ދަށުން ޢިމާރާތެއްގެ ބޭނުން ހިފަންވާނީ އެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ހުއްދައިގައި ބަޔާންކޮށްފައިވާ މުއްދަތަކަށެވެ
(ރ) މިޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދެވޭނެ އުސޫލު މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ .
25ޢި މާރާތ ކުރުމުގެ ޤާނޫނަކީ 23 އޮކްޓބަރޯ 2017 ގައި ޢަމަލު ކުރަންފެށި ޤާނޫނެކެވެ. ނަމަވެސް އޭގެ ކުރިންވެސް ޤާނޫނީ ބާރު ލިބިގެން ހެދިފައިވާ ޤަވާޢިދުތަކުގެ ދަށުން، ޢިމާރާތް ބޭނުން ކުރަން ފެށުމުގެ ކުރިން ހުއްދަ ނަގަންޖެހޭ ގޮތަށް އޮތްކަން އެނގެއެވެ. އެލް.އެފް ކޮންސްޓްރަކްޝަނަކީ، ޢިމާރާތް ތަރައްޤީ ކުރި ފަރާތްކަމަށް ވާއިރު، ވާހަކަ މިދެކެވޭ ހުއްދަ އާއި އެއްބަސްވުމުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ހުއްދަތަކާއި ދެމެދު އެއްވެސް ތަފާތެއް ނެތްކަމަށް ދޭހަވާ ގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތކަ ކ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ. ސަބަބަކީ، އެލް.އެފް ކޮންސްޓްރަކްޝަނަކީ، ދިވެހިރާއްޖޭގައި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ބައެއްކަން ހުށަހެޅި ލިޔުންޔަތުން އެނގޭތީއެވެ. ހުށަހެޅިފައިމިވާ މައްސަލައިގައި ބަޔާންކުރާ ބިން ތަރައްޤީ ކުރިފަރާތަކީވެސް ޚުދު އެލް.އެފް ކޮންސްޓަރަކްޝަނެވެ.
26ޕްރިސިޑެންސް 2ޕްރިސިޑެންސް 3ވީމާ، އުފެދޭ ސުވާލަކީ، ފަތީނ ކުއްޔަށް ހިފި ގްރައުންޑް ފުލޯ ކުއްޔަށް ހިފި ބޭނނ އޭނާއަށް ނުކުރެވުނު، އިސްތިއުނާފުކުރާ އެލް.އެފް ކޮންސްޓްރަކްޝަނުން ނަގަންޖެހޭ ހުއްދައެއް ނުނަނައިގެންކަން އެނގެން އޮތްއިރުވެސް، އެއްބަސްވުމުގެ ދަށުން ފަތީން ކުލި ދައްކަންޖެހޭ ހެއްޔެވެ؟ ޢިމާރާތް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަކީ ޢިމާރާތް ކުއްޔަށް ދިން ފަރާތުގެ ޒިންމާއެކެވެ. އެކަން އެނގެނީ، ޢިމާރާތް ތަރައްޤީ ކުރީ ބިމުގެ ވެރިފަރާތާއި އެލް.އެފް ކޮންސްޓްރަކްޝަނާއ ދެމެދި ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެއެއްބަސްވުމުގެ ދަށުން ބާރު ލިބިގެން، އެލް.އެފް ކޮންސްޓްރަކްޝަނުން ގްރައުންޑް ފުލޯ ފަތީންއަށ ކުއްޔަށް ދިންއިރު އެތަން ކުއްޔަށް ދޭންޖެހެނީ ކުއްޔަށް ހިފި ބޭނުން ކުރެވޭ ޙާލަތުގައެވެ. އެޙާލަތު ވުޖޫދުވާނީ ކުއްޔަށްދިން ގްރައުންޑް ފުލޯ ބޭނުން ކުރުމުގެ ހުއްދަ ނެގުމުންނެވެ. މިއީ ފްރަސްޓްރޭޝަންގެ ޙާލަތެއް ނޫނެވެ. މިއީ އެލް.އެފް "މާލޭ ޕްލޭނިންގ ޤަވާޢީދު" ގެ 1.16 ގައި، "ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ޤަވާއިދު" "1. ހުޅުމާލެ ސްޓޭޖް 1 އޭ އާއި 1 ބީ އަދި 2006 ވަނަ އަހަރު ނެއިބަރ ހުޑް 1 ގެ ރަށުތެރެއިނ ދިރިއުޅުމަށް ދޫކުރެވޭ ގޯތި ތަރައްޤީ ކުރުމުގެ ގަވާއިދު" (އިޢުލާން ނަންބަރު:-HDC(161) 10/IU/2007 (01 ޕެބުރުއަރީ 2007) އާއި ގުޅޭ) ގެ 1.4 ގައި، "ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ޤަވާއިދު" "1.ހުޅުމާލޭ ނެއިބަރ ހުޑް 2 ގައި ދިރިއުޅުމަށް ދޫކުރެވޭ ގޯތި ތަރައްޤޯ ކުރުމުގެ ޤަވާއިދު" ގެ 1.4 ގައި. ކޮންސްޓްރަކްޝަނުން ކުރަންޖެހޭ ކަމެއް ނުކުރުމުން މެދުވެރިވި ޙާލަތެކެވެ. ވީމާ، އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އެލް.އެފް ކޮންސްޓްރަކްޝަނެވެ.
27ޕްރިސިޑެންސް 4ދެން އޮތް ސުވާލަކީ، ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ނުލިބެނީސް ގްރައުންޑް ފުލޯ ފަތީންގެ ފަރާތުން ބޭނުން ކުރިކަމަށްބުނާ ބުނުމެވެ. ގްރައުންޑް ފުލޯ ކުއްޔަށްދިނީ އެތަނުގައި ވަކި ބާވަތެއްގެ ވިޔަފާރިއެއް ކުރުމަށެވެ. އެތަނުގެ ވަށައިގެން ބިއްލޫރިޖހައި ބެހެއްޓުމަކަށް ނޫނެވެ. ވީމާ، ތަން ކުއްޔަށް ހިފއީ ސުރްން، އެތަނުގައި ކުރަންޖެހޭ ވިޔާފާރީކުރުމަށ ތަން ކުއްޔަށް ހިފި ފަރާތުން މަސައްކަތް ކުރުމަކީ ކުރާނެ ކަމެކެވެ. އަދި އެތަނުގައި ކުރަންޖެހޭ ވިޔާފާރ ކުރުމަށްޓަކައި އެތަނަށް ގެންނަންޖެހޭ ތަކެތި ގެނެސް ޝކޯ ސޭތައް ހަދައި އެތަނުގައި މުދާ ބެހެއްޓުމަކީވެސ ކުރާން ކަމެކެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ވިޔަފާރި ކުރަންފެށޭނީ ފުރަތަމަވެސް ގްރައުންޑް ފުލޯ ބޭނުން ކުރުމުގެ ހުއްދަ ލިބިގެން ކަމަށްވާތީ، މިދެންނެވި ތައްޔާރީތައ ވިޔަސް އެތަނުގައި ވިޔަފާރިއެއް ކުރެވޭ ގޮތް ނުވިކަން އެނގެއެވެ. ވީމާ، ތަނުގައި ވިޔަފާރި ކުރުމަށްޓަކައި ގެނެސް ތަކެތި ބެހެއްޓި ބެހެއްޓުމަކީ ތަންބޭނުނ ކުރް ކަމަށް ބަލަންޖެހޭ ސަބަބެއް ނޫނެވެ.
28ޢި މާރާތ ބޭނުންކުރުމުގެ ހުއްދަ ނުލިބުނު ސަބަބެއް ކަމަށް ފަތީނ ބަޔާންކުރަން އެލް.އެފް ކޮންސްޓްރަކްޝަނުން ކުރެހުމާއި ޚިލާފަށް ޢިމާރާތްކޮށްފައި ވުމެވެ. ފަހުން އެހުއްދަ ދިނީ ޢިމާރާތަށް ކޮންމެވެސް ބަދަލުތަކެއް ގެނެސްގެން ކަމަށްވެސް ބުނެއެވެ. މިގޮތުން، އެޗް.ޑީ.ސީ އިން ޢިމާރާތުގެ ތިރި ފަންގިފިލާ ފިހާރައެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ 30 ޖަނަވަރީ 2020 ގައި ކަމަށް ފަތީން ބުނެއެވެ. ނަންބަރު MB/IBH/2019/680-HDFC(161) ޢިމާރާޓ ބޭނުން ކުރުމުގެ ހުއްދަ .
29ކުއްޔަށް ހިފިތަނ ކުއްޔަށް ހިފި ބޭނުން ނުކުރެވި ދިޔައީ، އިސްތިއުނާފުކުރާ ފަރާތުން ހޯދަންޖެހޭ އިމާރާތް ބޭނުން ކުރުމުގެ ހުއްދަ، ކޮންމވެސެ ސަބަބަކާއި ލައިގެންވިޔަސް ނުލިބިގެންކަން އެނގޭތީ، މިނުކުތާއާއި ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަޖެހޭ ކަމަށް ނުދެކެމެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:
30މިނުކުތާގައި ބަޔާންކުރަނީ އެލް.އެފް ކޮންސްޓްރަކްޝަންއިން ހުށަހެޅް ޝަފަހީ ހެކިން ޙާޟިރުކޮށް ހެކިބަސް ނަގާފައިނުވުމާއ އަދި އެހެކިންގެ ހެކިބަސް ނުނެގުމަށް ނިނމް ސަބަބު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ
(ށ) އާއި އެއްބަސްވުމުގެ 24 ވަނަ މާއްދާ އާ ޚިލާފުކަމަށް ބުނާ ބުނުމެވެ.
31ކުރީގެ ނުކުތާގައި ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ހުއްދަތަކުގެ ވާހަކަ ދެކެވިއްޖެއެވެ. ވީމާ އެވާހަކަތައް ތަކުރާރު ކުރުމުގެ ބޭނުމެއްނެތެވެ. ނަމަވެސް ސާފުކޮށް ދިނުމުގެ ބޭނުމަށް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިތަނ ނުވަތް ގްރައުންޑް ފުލޯ ބޭނުން ކުރުމުގެ ހުއްދަ އެޗް.ޑީ.ސީގެ ފަރާތުން ނުވަތަ ކަމާބެހޭ އެހެން ފަރާތަކުންނަމަވެސް ނެގުމަކީ، އިސްތިއުނާފު ރައްދުވާ ފަތީން ކުރަންޖެހޭ ކަމެއްނޫންކަން ފާހަގަކުރަންޖެހެއެވެ.
32ހުށަހެޅި ޝަފަހީ ހެކިން ހުށަހެޅީ، ގްރައުންޑް ފުލޯ ގައި މުދާ ބަހައްޓާފައި ހުރިކަމާއި އެތަން ފަތީން ބޭނުންކުރިކަން ސާބިތު ކުރުމަށެވެ. އަދި އެއްބަސްވުމުގެ 24 ވަނަ މާއްދާގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގަންޖެހެނީ ފަތީން ކަމާއި އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއަކީ އެކަމަށް އެއްބާރުލުން ދިނުންކަން ސާބިތު ކުރުމަށެވެ.
33ޕްރިސިޑެންސް 5ޝަފަހީ ހެކިން ހާޟިރު ނުކުރުމަށް ދަށު ކޯޓުން ނިންމީ ހެކި ހުށަހަޅައިގެން ސާބިތުކޮށްދޭން އެދުނު ކަންކަން ދެފަރާތުގެ ބަހުން އަދި ހުށަހެޅުނު ލިޔުންތަކުން ސާބިތުވާތީއެވެ. ޙަޤީޤަތެއް ސާބިތު ކުރުމަށް ހެކި ހުށަހަޅަންޖެހޭނީ އެޙަޤީޤަތަކާމެދު ޚުޞޫމާތެއް އޮވެއްޖެނަމައެވެ. ޚުޞޫމާތެއް ނެތް ޙަޤީޤަތެއް ސާބިތު ކުރަން ހެކި ހުށަހަޅާކަށް ނުޖެހޭނެއެވެ. ކުއްޔަށްހިފި ގްރައުންޑް ފުލޯއަށް ފަތީން މުދައު ވެއްދިކަމާމެދު ދެބަސްވުމެއް ނެތެވެ. އެތަނަށް އޭނާ މުއްދާ ވެއްދިކަމަށް ފަތީނ މިކޯޓުގައިވެސް އިޢުތިރާފުވެއެވެ. އަދި އެމުދއު ގްރައުންޑަ ފުލޯގައ ބަހައްޓާފައި ހުރިކަމަށްވެސ އިންކާރެއް ނުކުރެއެވެ. ފަތީން އިންކާރު ކުރީ، ގްރައުންޑް ފުލޯ ބޭނުން ކުރުމުގެ ހުއްދައަކީ ފަތީން ހޯދަންޖެހޭ ހުއްދައެއްނޫން ކަމަށެވެ. އެއީ ގްރައުންޑް ފުލޯ ކުއްޔަށްދިން އެލް.އެފް ކޮންންސްޓްރަކްޝަންގެ ޒިންމާއެއް ކަމަށެވެ.
34ވީމާ، ފަތީންގެ ފަރާތުން ގްރައުންޑް ފުލޯއަށް މުދާ ވެއްދިކަމާއ އެތަނުގައި މުދާ ބެހެއްޓިކަނ ސާބިތް ކުރަން ހެކި ގެންނާކަށް ނުޖެހެއެވެ. ދެން އޮތީ އެއްބަސްވުމުގެ 24 ވަނަ މާއްދާ މާނަ ކުރުމެވެ. މިމާއްދާ މާނަކުރުމަށްޓަކައި އެލް.އެފް ކޮންސްޓްރަކްޝަންއިން ބަޔާންކުރާ ޝަފަހީ ހެކިން ޙާޟިރުކުރާކަށް ނުޖެހެއެވެ.
35އެއްބަސްވުމުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ހުއްދަތަކަކީ އިމާރާތް ބޭނުން ކުރުމުގެ ހުއްދައިގެ ވާހަކައެއް ނޫނެވެ. އެކަން ތަކުރާރުކޮށް ބަޔާން ކުރެވިއްޖެއެވެ. ވީމާ، މިމައްސަލަ ނިންމިއިރު، ޝަފަހީ ހެކިން ޙާޟިރު ނުކުރަން ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށެވެ. މައްސަލަ ނިންމުން:
36ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2020-C-Cv/97 ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ.
37މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
38މިދެމައްސަލައިގައ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
- ޤާނޫނު ނަންބަރު 4/2017 (ޢިމާރާތްކުރުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- މާލޭ ޕްލޭނިންގ ޤަވާޢިދުގެ 1.16؛ ހުޅުމާލޭގެ ގޯތި ތަރައްޤީކުރުމުގެ ގަވާއިދުތައް (އިޢުލާން ނަންބަރު HDC(161)-IU/2007/10) ގެ 1.4
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ)، (ށ)(1)؛ 26 ވަނަ މާއްދާގެ (ހ)؛ 48 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 ގެ 13 ވަނަ ނުކުތާ (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުން)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ސަޢީދު، އީމާނު ހާނީ، ލޯ ކްރާފްޓް ލޯ ފަރމް ލލޕ
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް