ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/392
ޑްރީމްސް ހޯލްޑިންގ ޕވޓ ލޓޑ ވ. މުޙައްމަދު މުފީދު، 2018/HC-A/392
Dreems Hoalding Pvt Ltd v. Mohamed Mufeedhu 2018/HC-A/392 (2018/HC-A/392, High Court of the Maldives, 18 March 2021)
ޑްރީމްސް ހޯލްޑިންގ ޕވޓ ލޓޑ ވ. މުޙައްމަދު މުފީދު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ގަތް ފަރާތުގެ ޣައިރު ހާޒިރުގައި، ޕިކަޕުގެ އަގު 100,000 ރުފިޔާ ދެއްކުމަށް ޙުކުމްކޮށް، ޖޫރިމަނާގެ ފައިސާ ނަގައިނުދިނެވެ.
ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ޕިކަޕެއް 100,000 ރުފިޔާއަށް 10 ފަހަރަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ވިއްކުމަށް އެއްބަސްވުމެއް ހަދައި، ގަތް ފަރާތުން ފައިސާ ނުދެއްކުމުން އަގާއި އެއްބަސްވުމުގެ 2 (b) ގެ ދަށުން އަރާ ޖޫރިމަނާ ހޯދުމަށް ކުންފުނިން ދަޢުވާކުރިއެވެ. ޕިކަޕް ވިއްކި ފަރާތުގެ ނަމުގައި ހުއްޓާ ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި އޮތުމުން ފުލުހުން ޓޯކޮށް ފަހުން ނައްތާލިއެވެ.
އިސްތިއުނާފުކުރި ކުންފުނިން ބުނީ ޖަޒާއީ ޝަރުޠާ ގުޅޭ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްނުކޮށް ޖޫރިމަނާ ނަގައިނުދީފައިވާ ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ ޕިކަޕް ޙަވާލުނުކޮށް ފުލުހުން ނައްތާލި ކަމަށާއި، ޣައިރު ހާޒިރުގައި ޙުކުމްކުރި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވަން ކަމަށެވެ.
މައިގަނޑު ސުވާލު
ޕިކަޕެއް ވިއްކުމުގެ އެއްބަސްވުމުގެ 2 (b) ގައިވާ ޖޫރިމަނާގެ ފައިސާ ސިވިލް ކޯޓުން ނަގައިނުދީ ނިންމުމަކީ ޞައްޙަ ނިންމުމެއްތޯ، އަދި ޣައިރު ހާޒިރުގައި ޙުކުމްކުރި މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ފޮނުވުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިދާނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ތަޙުލީލުން ފެންނަ ގޮތުން)
ޕިކަޕް ގަތް ފަރާތާ ޙަވާލުކޮށްފައިވާކަން ނޭނގޭތީއާއި، ދަޢުވާކުރިއިރުވެސް އެއީ ފުލުހުން ޓޯކޮށްފައިވާ ވެހިކަލަކަށްވެފައި ވިއްކި ފަރާތް އޭނާގެ ނަމުގައިވާ ވެހިކަލާ ޙަވާލުނުވާތީ، ޖޫރިމަނާ ނަގައިދެވޭނެ ހަމައެއް ނެތްކަމަށާއި، ރައްދުވި ފަރާތް އިސްތިއުނާފު ނުކުރާތީ އަދި އިސްތިއުނާފުކުރި ފަރާތަށް ބަރު ނިންމުމެއް ނުކުރެވޭނެތީ މައްސަލަ އަލުން ބެލުމަށް ނުފޮނުވޭނެ ކަމަށް ހައިކޯޓުން ފާހަގަކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.10) ވެހިކަލެއްގެ ރަޖިސްޓްރީ ބަދަލު ނުވާހާ ހިނދަކު، ވެހިކަލްގެ ޤާނޫނީ ވެރިފަރާތަކީ އެ ވެހިކަލް އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.10-4.11) ވިއްކި ވެހިކަލް އޭގެ ޒާތުން ގަތް ފަރާތާ ޙަވާލުކޮށްފައިވާކަން ނޭނގޭ ހާލަތެއްގައާއި، ވިއްކި ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައިވާ ވެހިކަލް ފުލުހުން ޓޯކޮށް ނައްތާލުމަށް އިޢުލާނުކުރުމުން ވެރިފަރާތް އެއާ ޙަވާލުނުވާ ހާލަތެއްގައި، ވިއްކުމުގެ އެއްބަސްވުމުގައިވާ ޖޫރިމަނާގެ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.10) ޣައިރު ހާޒިރުގައި ޙުކުމްކުރި މައްސަލައެއްގައި، ޙުކުމް ރައްދުވި ފަރާތުން އެ ޙުކުމް އިސްތިއުނާފުކުރުމަށް އެއްވެސް ކަމެއް ނުކޮށް، އަނެއް ފަރާތުން ކުރި އިސްތިއުނާފެއްގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ޙައިޘިއްޔަތުން މައްސަލަ މައުޟޫޢީ ގޮތުން އަލުން ބެލުމަށް ދަށުކޯޓަށް ތަޙްވީލުކުރުމަށް އެދުމަކީ އިސްތިއުނާފީ ހަމަތަކާ އެއްގޮތްވާ ގޮތެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.11) އިސްތިއުނާފުކުރާ ފަރާތަކަށް، އިސްތިއުނާފުކުރި ނިންމުމުގައި ކަނޑައެޅިފައިވާ ނިންމުމަށްވުރެ ބަރު ނިންމުމެއް އިސްތިއުނާފީ ނިންމުމުގައި ކަނޑަނޭޅުމުގެ އުޞޫލު (prohibition of reformatio in peius) އަކީ ޝަރީޢަތުން ޢަމަލުކުރަމުން އަންނަ ފިޤްހީ ޤާޢިދާއެއް ކަމާއި، އޭގެ މަޤްޞަދަކީ ޤާނޫނުން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމެވެ.
ނިޔާޒް ތާއީދުކުރަ އްވައެވެ . ދަޢުވާގެ ޚުލާޞާ : 1- މިއީ، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ވ.ހިންމަތް /މާލެ މުޙައްމަދު މުފީދާ ދެމެދު 2017 އޮކްޓޫބަރު 26ވަނަ ދުވަހު ވެފައިވާ 1.5 ޓަނުގެ ރަޖިސްޓްރީ ނަންބަރު C1A2248 ޕިކަޕް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ މުޙައްމަދު މުފީދު ދައްކަމުން ނުދާ ތ، 2017 ނޮވެންބަރު 05ވަނަ ދުވަހުން ފެށިގެން މި ދަޢުވާ ހުށަހެޅި ތާރީޚާ ހަމައަށް ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއާއި މުޙައްމަދު މުފީދު އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 2 )ބީ( ވަނަ މާއްދާގެ ދަށުން އަރާފައިވާ ޖޫރިމަނާގެ ފައިސާއާއި، މި މައްސަލައިގައި ޙުކުމްކުރުމާ ހަމައަށް ދައްކަންޖެހޭ ފައިސާއާއި، އެ ފައިސާ ނުދައްކައިފިނަމަ އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެކީ އެއްފަހަރާ މުޙައްމަދު މުފީދު ގެ ކިބައިން ހޯދުމަށް އެދި ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދަޢުވާކޮށް ހުށަހެޅި، ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓު ގައި އިސްތިއުނާފު ކުރުމުން ބލެ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ވ.ހިންމަތް/ މާލެ، މުޙައްމަދު މުފީދެ ވެ . ސިވިލް ކޯޓު ނ މައްސަލަ ނިންމިގޮތް : 2- ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނ، ]ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ވ.ހިންމަތް / މާލެ، މުޙައްމަދު މުފީދު ގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ވިއްކާފައިވާ ޕިކަޕުގެ އަގަށްވާ 100,000/-ރ) .އެއްލައްކަރުފިޔާ ( އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 12 އޯގަސްޓް 2018 އިން ފެށިގެން 15 )ފަނަރަ ( ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާޞްކުރުމަށް ދަޢުވާ ލިބުނު ވ.ހިންމަތް / މާލެ، މުޙައްމަދު މުފީދު އަށް އަންގައި، މުޙައްމަދު މުފީދު ގެ ޣައިރު ހާޟިރުގައި ޙުކުމްކޮށްފީމެވެ [. މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . އިސްތިއުނާފީ ނުކުތާ ތައު: 3- ސިވިލް ކޯޓު ގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި އެނުކުތާއާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ނުކުތާއަކީ : އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 2017 އޮކްޓޫބަރު 26ވަނަ ދުވަހު ސޮއިކޮށްފައިވާ ޕިކަޕް ވިއްކުމުގެ އެއްބަސްވުމުގެ 2ވަނަ މާއްދާގެ )b( ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާގެ އެއްވެސް މިންވަރެއް ޝަރީޢަތުން ނަންގަވައި ދެއްވާފައިނުވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މަޤްސަދާއި، ޖަޒާއީ ޝަރުތު ނެގޭނެ އުސޫލުތަކާ ގުޅިގެން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކަށް އެކަށީގެންވާ ގޮތަށް ރިޢާޔަތް ކުރެއްވުމަކާ ނުލައި، އިސްތިއު ނާފުކުރާ ފަރާތުގެ ޙައްޤު ގެއްލޭ ގޮތަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަ ށާއި، އެނުކުތާއާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައް ތައް ފާހަގަކުރެވިފައިވެއެވެ .
4.1- ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު C1A2248 1.5 ޓަނުގެ ޕިކަޕް ވ.ހިންމަތް / މާލެ، މުޙައްމަދު މުފީދަ ށ ވިއްކުމަށްޓަކައި ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު މުފީދާ ދެމެދު 2017 އޮކްޓޫބަރު 26ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮވެއެވެ .
4.2- އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ވިއްކާ ޕިކަޕްގެ އަގަކީ 100,000/-ރ. )އެއްލައްކަރުފިޔާ ( ކަމާއި، މި އަގު އަދާކުރަންޖެހެނީ 10,000/-ރ) .ދިހަހާސްރުފިޔާ ( ގެ 10 )ދިހައެއް ( ޕޭމަންޓަށް ބަހާލައިގެން ދެ ފަރާތުން އެއްބަސްވެފައިވާ ޕޭމަންޓް ޝެޑިއުލާ އެއްގޮތަ ށްކަނ، އެއްބަސްވުމުގެ 2ވަނަ މާއްދާގެ (a) އިން އެނގެން އޮވެއެވެ .
4.3- ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު C1A2248 ޕިކަޕް ބަލައި ޗެކުކުރުމަށްފަހު އެ ޕިކަޕާ މުޙައްމަދު މުފީދު ގެ ފަރާތުން 2017 އޮކްޓޫބަރު 26ވަނަ ދުވަހު ޙަވާލުވެ، ޙަވާލުވިކަމަށް މުޙައްމަދު މުފީދު ސޮއިކޮށް އިގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮވެއެވެ .
4.4- ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު C1A2248 1.5 ޓަނުގެ ޕިކަޕް ވ.ހިންމަތް / މާލެ، މުޙައްމަދު މުފީދަ ށ ވިއްކުމަށްޓަކައި ޑްރީމްސް ހޯލްޑިންގ ދެފަރާތުގެ މެދުގައި 2017 އޮކްޓޫބަރު 26ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުން . PICKUP HANDOVER NOTE ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު މުފީދާ ދެމެދު 2017 އޮކްޓޫބަރު 26ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 2ވަނަ މާއްދާގެ )a( ގައި ބަޔާންކޮށްފައިވާ ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް މުޙައްމަދު މުފީދުގެ ފަރާތުން ފައިސާ ނުދައްކައިގެން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަން އަންގައި 2018 ޖަނަވަރީ 17ވަނަ ދުވަހު، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން، މުޙައްމަދު މުފީދަށް ސިޓީއަކުން އަންގާފައިވާކަމާއި، އަދި އެއަށްފަހު، 2018 ޖޫން 13ވަނަ ދުވަހު، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ .
4.5- ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި އެދިފައިވަނީ، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ވ.ހިންމަތް /މާލެ މުޙައްމަދު މުފީދާ ދެމެދު 2017 އޮކްޓޫބަރު 26ވަނަ ދުވަހު ވެފައިވާ 1.5 ޓަނުގެ ރަޖިސްޓްރީ ނަންބަރު C1A2248 ޕިކަޕް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ މުޙައްމަދު މުފީދު ދައްކަމުން ނުދާ ތ، 2017 ނޮވެންބަރު 05ވަނަ ދުވަހުން ފެށިގެން އެ ދަޢުވާ ހުށަހެޅި ތާރީޚާ ހަމައަށް ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއާއި މުޙައްމަދު މުފީދު އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 2 )b( ގެ ދަށުން އަރާފައިވާ ޖޫރިމަނާގެ ފައިސާއާއި، އެ މައްސަލައިގައި ޙުކުމްކުރުމާ ހަމައަށް ދައްކަންޖެހޭ ފައިސާއާއި، އެ ފައިސާ ނުދައްކައިފިނަމަ އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެކީ އެއްފަހަރާ މުޙައްމަދު މުފީދު ގެ ކިބައިން ހޯދުމަށް ކަން، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ .
4.6- ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު މުފީދްހާޒިރުވެ، ޑްރީމެސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން ހުށަހެޅި މައްސަލައަކީ، ޞު ލ ޙަ ވެ ރިކަމާއެކު ޙަ އްލުކުރެވޭނެ މައްސަލައެއްކަމަށް ނުދެކޭތީ ޝަރީޢަތަށް މައްސަލަ ފޮނުވައި ދިނުމަށް އެދިފައިވާކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާ އެކޯޓުގައި ހިންގައި އަދި ޙުކުމް ކުރެވިފައިވަނީ، މުޙައްމަދު މުފީދުގެ ޣައިރު ހާޒިރުގައިކަމާއި، މުޙައްމަދު މުފީދުގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގާ ޙުކުމްކުރައްވާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓުން ޢަމަލު ކުރުމަށްފަހުގައިކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ .
4.7- ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން އެކޯޓުން މައްސަލަ ނިންމާފައިވަނީ، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވ.ހިންމަތް / މާލީ، މުޙައްމަދު މުފީދުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލާގައި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ވިއްކާފައިވާ ޕިކަޕުގެ އަގަށްވާ 100,000/-ރ) .އެއްލައްކަރުފިޔާ ( އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑަ އަޅައި، އެ ފައިސާ ދެއްކުމަށް މުޙައްމަދު މުފީދަށް އަންގައި އެގޮތުގެ މަތިންކަމާއި؛ ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ސަބަބަކީ، އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި، ހޯދުމަށް އެދިފައިވާ ޖޫރިމަނާގެ ފައިސާ ދަޢުވާގައި އެދިފައިވާ ފަދައިން އެކޯޓުން ނަގައި ދީފައިނުވާތީ، ދ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 2ވަނަ މާއްދާގެ )b( ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެދިކަން، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދަޢުވާ ފޯމަށް ބެލުމުން އެނގެ އެވެ .
4.8- ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 2ވަނަ މާއްދާގެ )b( ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ ދަށުކޯޓުން ނަގައި ނުދީ ނިންމި ނިންމުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެއް ބަސް ވުމުގެ ދަށުން ވިއްކި ރަޖިސްޓްރީ ނަންބަރު C1A2248 ޕިކަޕް މުޙައްމަދު މުފީދުއާ ޙވާލުކޮށްފައިނުވާކަމާއި، އެ ޕިކަޕް މާލޭ ހުޅަނގު ފަރާތު އިންޑަސްޓްރިއަލް ވިލެޖްގައި ޕާކްކޮށްފައިވަނިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ވެހިކަލް ޓޯކޮށް އެ ޕިކަޕް ނައްތާލާފައިވާ ކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާ އެކޯޓުގައި ހިންގާ ޙުކުމް ކޮށްފައިވަނީ މުޙައްމަދު މުފީދުގެ ޣައިރު ހާޒިރުގައި މައްސަލާގައި ބަސްބުނުމުގެ ޙައްޤު ލިބިނުދީކަމާއި، ޝަރީޢަތުން ފާހަގަކޮށްފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރަކީ މުޙައްމަދު މުފީދަ ށ ލިބިފައިވާ ޗިޓެއްނޫންކަމާއި، އެހެންކަމުން މުޙައްމަދު މުފީދު އެދެނީ މި މައްސަލައަކީ ސިވިލް ކޯޓުން މައުޟޫއީގޮތުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށްވާތީ އެކޯޓަށް މައްސަލަ ތަޙްވީލުކޮށް ދިނުންއެދި އެގޮތުގެ މަތިން އިސްތިއުނާފީ ދަޢުވާއަށް އިސްތިއުނާފު ރައްދުވާ މުޙައްމަދު މުފީދުގެ ފަރާތުން ޖަވާބުދާރީ ވެފައިވެއެވެ .
4.9- އިސްތިއުނާފު ރައްދުވާ މުޙައްމަދު މުފީދުގެ ފަރާތުން ފާހަގަކުރި ކަންތައްތަކާ ގުޅިގެން ޝަރީޢަތުން ބެލި ބެލުމުން، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު C1A2248 ޕިކަޕް، ބޮޑުތަކުރުފާނު މަގު އެފް .އެސް .އެމް )މާލޭ ހުޅަނގު ފަރާތު އިންޑަސްޓްރިއަލް ވިލެޖް ( ފިއުލް ޝެޑް ކައިރީގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބާއްވާފައި އޮތުމުގެ ސަބަބުން 2018 މާރިޗު 26ވަނަ ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޓޯކޮށް، 2018 މާރިޗު 29 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު D1(b3)/2018/37 އިޢުލާން އިން 60 )ފަސްދޮޅަސް( ދުވަހުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން އުޅަނދާ ޙަވާލުވުމަށް އަންގައި އެ މުއްދަތުގެ ފަހުން އެ ވެހިކަލާ ޙަ ވާލުވެފައިނުވާތީ 2019 ނޮވެމްބަރ 13ވަނަ ދުވަހު، ރަޖިސްޓްރީ ނަންބަރު C1A2248 ޕިކަޕް ނައްތާލުމަށްފަހު، އެ އުޅަނދާ ގުޅޭ މައުލޫމާތު ޓްރާންސްޕޯޓް އޮތޯރިޓީގެ ދަފްތަރުން އުނިކޮށްދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި 2019 ނޮވެންބަރު 26ވަނަ ދުވަހު މޯލްޑިވިސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވާކަން އެނގެއެވެ .
4.10- އިސްތިއުނާފު ރައްދުވާ މުޙައްމަދ މުފީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާއި އަދި މޯލްޑްވިސް ޕޮލިސް ސަރވިސްގެ ނަންބަރު 171-K(a)/95/2021/04 ސިޓީއާއި އަދި އެސިޓީއާ އެއްކަރުދާސް ކުރެވިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ނަޒަރުކުރުމުން، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު C1A2248 ޕިކަޕް ވިއްކުމާ ގުޅޭގޮތުން، އިސްތިއުނާފުކުރާ ޑްރީމްސް ހޯލްޑިންގ މޯލްޑިވިސް ޕޮލިސް ސަރވިސްގެ ނަންބަރު K(a)/95/2021/04-171 ސިޓީ. ޕްރައިވެޓް ލިމިޓެޑާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު މުފީދު އާ ދެމެދު 2017 އޮކްޓޫބަރު 26ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ރަޖިސްޓްރީ ނަންބަރު C1A2248 ޕިކަޕް އޭގެ ޒާތުން މުޙައްމަދު މުފީދާ ޙަ ވާލުކޮ ށްފައިވާކަން އެނގެން ނެތެވެ . ބުނެވިދިޔ އެއްބަސްވުމުގެ ދަށުން، ފައިސާ ހޯދުމަށް އެދި ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރިއިރުވެސް، ރަޖިސްޓްރީ ނަންބަރު C1A2248 ޕިކަޕަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޓޯކޮށްފައިވާ ވެހި ކަލެއްކަން އެނގެން އޮވެއެވެ . ވެހިކަލްގެ ރަޖިސްޓްރީ ބަދަލު ނުވާހާ ހިނދަކު ވެހިކަލްގެ ޤާނޫނީ ވެރި ފަރާތަކީ، އެ ފަރާތެއްގެ ނަމުގައި ވެހިކަލް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްކަމުގައިވާއިރު، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު C1A2248 ޕިކަޕް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޓޯކޮށް އަދި އެ ވެހިކަލާ އޭގެ ވެރިފަރާތުން 60 )ފަސްދޮޅަސް ( ދުވަހުގެ ތެރޭގައި ޙަވާލު ނުވެއްޖެނަމަ ނައްތާލެވޭނެކަން އަންގައި ކޮށްފައިވާ އިޢުލާނާ އެއްގޮތަށް، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން އެ ވެހިކަލާ ޙަވާލުވެފައި ނުވެއެވެ . އިޝާރާތްކުރެވުނު އިޢްލާނަށް އިޖާބަ ދިނުމެއް ނެތި، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން، އެ ކުންފުންޏާއި މުޙައްމަދު މުފީދާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޕިކަޕުގެ އަގަށްވާ 100,000/-ރ. )އެއްލައްކަ ރުފިޔާ ( އާއި އަދި ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ފައިސާ ހޯދަން ދަޢުވާކުރި ކުރުމަކީ، ޣައިރުޒިންމާދާރު އަދި އެކަމުގެ ސަބަބުން އެއްބަސްވުމުގެ 2 )ދޭއް ( ފަރާތަށްވެސް އޭގެ ގެއްލުން ވާނެކަމެކެވެ . އިސްތިއުނާފު ރައްދުވާ މުޙައްމަދު މުފީދުގ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން މި މައްސަލައަކީ، އެ ފަރާތުގެ ޣައިރު ހާޒިރުގައި ހިންގާ ޙުކުމްކޮށްފައިވާ މައްސަލައެއްކަމުގައިވީއިރު، މައްސަލަ ނިމުނުކަން އެނގެނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ގޮތުން މުޙައްމަދު މުފީދުގެ ފަރާތުން އެއްވެސް ކަމެއް ކޮށްފައިވާކަން އެނގެން ނެތެވެ . އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައިޘިއްޔަތުން އެފަރާތުން އެދިފައިވާ ފަދައިން މައްސަލަ މައުޟޫ ޢގޮތުން އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރުމަކީ އިސްތިއުނާފީ ހަމަތަކާ އެއްގޮތްވާ ގޮތެއްކަމަކަށް ނުފެނެއެވެ .
4.11- މި މައްސަލައަކީ ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައެކެވެ. އިސްތިއުނާފުކުރާ ފަރާތަކަށް، އެ އިސްތިއުނާފުކުރި ނިންމުމުގައި ކަނޑައެޅިފައިވާ ނިންމުމަށްވުރެ ]ބަރު[ )position worse( ނިންމުމެއް، އިސްތިއުނާފީ ނިންމުމުގައި ކަނޑަނޭޅުމުގެ އުޞޫލު ނުވަތަ އެ ޕްރިންސިޕަލަކީ، ޝަރީޢަތުން ޢަމަލު ކުރަމުން އަންނަ ފިޤްހީ ޤާޢިދާއެކެވެ . އެގޮތުން، ﻻ ʹǽﺎر ʡﺎﻋʧ ʢǼﻌʻﻪ ]اﻟʱʶʺﺄﻧﻒ ﻻʹǽﺎر[ ]peius in reformatio of prohibition[ ޤާޢިދާއަށް ޢަމަލުކުރުމުގެ އުޞޫލަކީ ކުރިއަރާފައިވާ ޑިމޮކްރަޓިކް މުޖްތަމަޢުތަކުގައިވެސް ލިޔެވި ޢަމަލު ކުރަމުން އަންނަ އުޞޫލެއްކަމާއި، މި ޤާޢިދާގެ މިގޮތަށް ކަނޑައެޅިފައިވާ އެންމެ މުހިންމު އެއްސަބަބަކީ، ޤާނޫނުން ކަށަވަރު ކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގ ތުގައި ލިބިދިނުމެވެ . އެހެންކަމުން، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު C1A2248 ޕިކަޕް ވިއްކުމާ ގުޅޭގޮތުން، އިސްތިއުނާފުކުރާ ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު މުފީދު އާ ދެމެދު 2017 އޮކްޓޫބަރު 26ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ނަންބަރު C1A2248 ޕިކަޕް އޭގެ ޒާތުން މުޙައްމަދު މުފީދު އާ ޙަވާލުކޮށްފައިވާކަން އެނގެން ނެތަތީއާއި ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން، ފައިސާ ހޯދުމަށް އެދި ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރިއިރުވެސް، ނަންބަރު C1A2248 ޕިކަޕަކީ، ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބާއްވާފައި އޮތުމުގެ ސަބަބުން ޓޯކޮށްފައިވާ ވެހިކަލެއްކަން އެނގެން އޮންނާތީ، އެ ވެހިކަލް ވިއްކުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 2ވަނަ މާއްދާގެ )b( ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ އެއްބަސްވުމުގައި ވާގޮތުގެ މަތިން ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެނެއެވެ . 2018/HC-A/3 0 0 0 O; :1 > > ~ > D ~ D ; >/0/ ,::1(7 0 _.,.::>_, t, .r.::>-' V _,l.r'A,sO_.,A flA~ J 2734/Cv-C/ 20 18 , -,..,.,,..,., .s f!! v .?,,.J' _., ~ ; .., .., o.;>o '~o ,., ' .r.::>.::>.r'.r' .SflA~ J A , , C.t.t. C.> O;,;OX 0,,, "'0"'0'::1"'"' • .J' A./"_,l.r' .rV .::> V ,sO A A••--- -"'i!.r'.r'.r'.S,?.,S• O>>> 0; t.>XL 0""0"' >>C.>O~/ .;;,;~:1> ,,,,_,._,~ ,_,., .7-' / .r'.sO .::> .S,sO .S A ./" V .r' V .r'.J'-' V ./"fl QP A .S V ,sO,sO V ./" ./".J'-' V .S / _,1 ~ , o' "' o o o(7 o o o o,,, ::>~>" ~" ,; >;O/ G:>(.? 0 f!! .J'-::.,./. .s_,.,;// _.,.::>-: t. ' .r.::>-' V .J.r'A,sO_.,A, _, flA~ .:J 2 734/Cv-C/ 20 18 , - _,.,,..,., .s f!! v .?,,.J' _., oxo.;~ ""'"""' ,~,, ~ ,.~..,.,.., o>~"' -"'c.r'.r'.r'.S_?.,SQP"'""""',""""' .r.;>V/.o,,, .SflA~Jc.~o "" A' '.rV,sOfl.{l-' .r/A.;> .S,sO V.r' .J'A.J ,.J-/_r/ ./".sO-'.J , , , 0 ',, ;J;J 11' A QP ._., ./"./" .S ~ ' (. ox 0, > •.J>.::>.J.rV.;>V/. ~ >o>> ,, ~o ., -'V.7V/. A_?QP flA~J.;> ~ , ;~.. ~ ~l"l):. Jtv.,;, .sO_.._,,,,.. ~ ) , 0 ::1 ::1 :1,. ~ ::~ ('7 ,.. l.U. 0 ~ l. ' .r'.S/"' ./ (!Jl•A ' f!!Y-: / Jf!A~ -: .P~ WWW· h ig hco Urt ·gOV ·tn V :;-:;:_ : ; info@hi ghc our t·gov· mv
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް