ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/273
އަޙްމަދު ޝަރީފް ވ. އަޙްމަދު މުމްތާޒް، 2020/HC-A/273
Ahmed Shareef v. Ahmed Mumthaaz 2020/HC-A/273 (2020/HC-A/273, High Court of the Maldives, 6 November 2024)
އަޙްމަދު ޝަރީފް ވ. އަޙްމަދު މުމްތާޒް
މައިގަނޑު ސުވާލު
ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރިކަން ހަމައެކަނި ދެ ހެކިންގެ ޝަފަހީ ހެކިބަހުން ސާބިތުނުވާކަމަށް ދަށު ކޯޓުން ނިންމުން ރަނގަޅުތޯ؛ އަދި ދަށު ކޯޓަށް ނުހުށަހެޅި ބޭންކު ލިޔުމެއް އައު ހެއްކެއްގެ ގޮތުގައި ހައިކޯޓުގައި ބަލައިގަނެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފު ރައްދުވާ ފަރާތަށް ލިޔުންތައް ޙަވާލުނުކުރެވި، ޢިއުލާނުން އަޑުއެހުމަށް ހާޟިރުވުމަށް އަންގައި ހާޟިރުނުވެއްޖެނަމަ ޣައިރު ހާޟިރުގައި މައްސަލަ ހިންގާނެ ކަމަށް އަންގާފައިވަނިކޮށް ހާޟިރުނުވާނަމަ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި މައްސަލަ ހިންގިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- ބޭންކެއް މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކަކީ ލިޔުމުން ހެކި ލިބެން ހުންނަ މުޢާމަލާތްތަކެކެވެ؛ އެފަދަ ހާލަތުގައި ކިތާބީ ހެކި ޝަފަހީ ހެއްކަށްވުރެ ބާރުގަދަވާނެއެވެ. ކިތާބީ ހެކި ލިބެން ހުރެމެ އެ ހެކި ނުހުށަހަޅައި ހަމައެކަނި ޝަފަހީ ހެކިބަހަށް ބިނާކޮށް އެފަދަ މުޢާމަލާތެއް ސާބިތުވާކަމަށް ނުކަނޑައެޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ދަޢުވާކުރީ ވަކި ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ބުނެ ކަމަށްވާއިރު، ހެކިބަހުން ދައްކަނީ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރިކަމާއި ޖަމާކުރި އަދަދު ނޭނގޭނަމަ، ދަޢުވާ ސާބިތެއް ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10-12)
- ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ ނަމަވެސް ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެކި ހައިކޯޓަށް ހުށަހެޅިދާނެއެވެ. އައު ހެކި ބަލައިގަނެވޭ ހާލަތްތައް ސުޕްރީމް ކޯޓުގެ 2016/SC-A/18 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-16)
- މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (Onus Probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެވެ؛ ދިފާޢީ ދަޢުވާއެއް ނުވަތަ ދަފްޢެއް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އޮންނާނީ އެ ދަފްޢު ކުރާ ފަރާތުގެ މައްޗަށެވެ. ދަށު ކޯޓުގައި ހެކި ހޯދުމަށް މަސައްކަތް ކުރިކަމަށް ބުނާނަމަ އެކަން ސާބިތުކުރަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- އައު ހެއްކެއްގެ ގޮތުގައި ހުށަހަޅާ ލިޔުމުގައިވާ ތާރީޚާއި އަދަދު ދަޢުވާގައި ބުނާ ތާރީޚާއި އަދަދާ ދިމަނުވެ ފުށުއަރާނަމަ، އެ ލިޔުން ބަލައިގަތަސް ދަޢުވާ ސާބިތުކުރުމަށް އެ ލިޔުމަށް ރިޢާޔަތް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-22)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ކ. މާލެ، […] އަޙްމަދު ޝަރީފް ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކޮށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގއަ އިސްތިއުނާފު ރައްދުވާ ފަރާތކަ ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް. ޔާޑްލީ / އަޙްމަދު މުމްތާޒްއެވެ .
2އަޙްމަދު ޝަރީފް ޓެކްސީ ކުރުމަށްޓަކައި، ކާރެއ ގަތުމަށް އެޑްވާންސގް ގޮތުގައެ އަޙްމަދު މުމްތާޒްގެ އެކައުންޓަށް -50,000/ރ (ފަންސާސްހާސް ރުފިޔާ) ޖަމާކުރުމުން، އެ ފައިސާ އަދި ކާރުވެސް ލިބިފައިނުވާތީ، އެ ފައިސާ އާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އަޙްމަދު މުމްތޒްގާ މައްޗަށް އަޙްމަދު ޝަރީފް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ .
3ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ހ، ދުބުރިމާގެއާގެ، އަޙްމަދު ޝަރީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރެއ ގަތުމަށް އެޑްވާންސްގެ ގޮތުގައި ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް. ޔާޑްލީ، އަޙްމަދު މުމްތާޒް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އައިޑީއައިޑީނަންބަރު ) އެދުނު އެކައުންޓަށް -50,000/ރ (ފަންސާސްހާސް ރުފިޔާ) ޖަމާކުރުމުން، އެ ފައިސާ އަދި ކާރުވެސ ލިބިފައިނުވާކަމަށް ބުނެ، އެ ފައިސާ އާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އަޙްމަދު މުމްތާޒްގެ މައްޗަށް ކުޅަ މި ދަޢުވާގައި، އަޙްމަދު މުމްތާޒް އެދުނު އެކައުންޓަށް ފައިސާ ޖަމާކުރިކަނ ޝަރީޢަތަށް ސާބިތުނުވާތީ، ދަޢުވާގައި އެދިފައިވާ ފައިސާ ދައްކަން އަޙްމަދު މުމްތާޒްގެ މައްޗަށް އަންގައި އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އަޙްމަދު މުމްތާޒްގެ ޣައިރު ހާޟިރުގައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ .
4ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ؛
1.4- މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށާއި، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމާއި، އެއީ ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ 6 ކާއި ޚިލާފަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ
5އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމެވެ. މިގޮތުން؛
1.5- ދިވެހިރާއްޖޭގެ ސްޕުރީމ ކޯޓުގް ޤަޟިއްޔާ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި އަފުރާދުންގެ މެދުގައި ހިނގާ މާލީ މުއާމަލާތަށް ހެކީންގެ ހެކިބަސް ސާބިތު ކުރުމުގައި ނިޞާބަކ ދީ ފިރިހެނުންގެ ހެކިބަސް ކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ދެ ހެކީންގެ ހެކިބަސް ނެގުނު ކަމުގައިވީނަމަވެސް އެ ހެކިބަހަށް އެއްވެސް ކަހަލަ ބުރަދަނެއް ދެވިފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެއެވެ. އަދި؛
2.5- ސިވިލް ކޯޓުގެ ޤަޟިއްޔާގެ ނިންމުމުގައި މި ދައުވާގައި އަޙްމަދު މުމްތާޒްގެ އެކައުންޓަށް ފައިސާ ޖަމާނުވާތީ ދައުވާގއަ އެދުނު ފައިސާ އަޙްމަދު މުމްތާޒަށް ލިބިފައި ވާކަމަށް ސާބިތު ނުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވީނަމަވެސް މި މައްސަލައިގެ ޙުކުމް ކުރި ފަހުން އަޅުގަނޑުމެން ހައިކޯޓަށް ހުށަހަޅާފައި މިވާ މައްސަލައިގއަ ފޯމާއި އެއްކޮށް އެޗް.އެސް.ބީ.ސީ އަށް މިފައިސާ ޖަމާކުރި ސްލިޕްގެ ކޮޕީ ހުށަހަޅާފައިވާނެކަމަށެވެ. އެހެންކަމުން އެއަށް ރިޢާޔާތްކޮށްދިނުމަށް އެދިފައިވެއެވެ.
6އިސްތިއުނާފުކުރާ ފަރާތުން އެދެނީ މި މައްސަލައިގައި އަޙްމަދު ޝަރީފުގެ ފަރާތުން ޓެކްސީ ގަތުމަށް އަޙްމަދު މުމްތާޒްއަށް ދެއްކި -50,000/ރ (ފަންސާސްހާސް ރުފިޔާ) އަކީ އެފަރާތަށް ލިބިފައިވާ ފައިސާއެއްކަމަށް ކަނޑައަޅައި އެ ފައިސާ ނަގައިދިނުމަށާއި، ކަނޑައެޅިފައިވާ މުއްދަތަށް ކާރު ގެނެސްދީފައިނުވާތީ މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިޔެކިޔުންތަކުން ދައްކާ -/116،250 (އެއްލައްކަ ސޯޅަހާސް ދުއިސައްތަ ފަންސާސް) ރުފިޔާއަކީ އަޙްމަދު މުމްތާޒުގެ ފަރާތުން އަޙްމަދު ޝަރީފަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މި ފައިސާ އެއްފަހަރާ ނަގައިދީ މައްސަލަ ނިމޭ ދުވަހާ ހަމައަށް ގެއްލުމުގެ ބަދަލުވެސް ނަގައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި މައްސަލަ ހިންގުން
7ޕްރިސިޑެންސް 1މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން، އިސްތިއުނާފީ އެންމެހައި ލިޔެކިޔުންތައް އިސްތިއުނާފު ރައްދުވާ ފަރާތަށް ޙަވާލުކުރަން މަސައްކަތް ކޮށްފައިވެއެވެ. އެގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ އެޑްރެސް އެއް ނޭނގޭތީ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިޔެކިޔުންތައް 07 ޑިސެންބަރު 2020 ދުވަހު ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓަށ ކޯޓަށް ފޮނުވުނެވެ . ނަމަވެސް ލިޔުންތައް ޙަވާލެއްނުކުރެވެއެވެ. ލިޔުންތައް ހަވާލނުކުރެވުމުން، އިސްތިއުނާފުރައްދުވ ފަރާތާ މިހާރު ދިރިއުޅޭ އެޑްރެހާއި، ފޯނު ނަންބަރު، އީމެއިލް އެޑްރެސް، އަދި ވައިބަރ، ވަޓްސްއަޕް، ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ އެއްވެސް ވަޞީލަތެއް ބޭނުންކުރާނަމަ، އެކަން މިކޯޓަށް އަންގައިދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތަށް 06 ސެޕްޓެންބަރު 2021 ދުވަހު އެންގުނެވެ . މިފަދައިން އަންގާފައިވަނިކޮށް ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތް ދިރިއުޅެމުންދަނީ ޖަޕާނުގައިކަމަށާއި، އެފަރާތާ ގުޅޭނެ ނަންބަރެއް މި ކޯޓާ ހިއްސާކޮށްފައިވެއެވެ . ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތާ މުޢާމަލާތް ކުރެވޭ ގޮތް ވަނީ ނުވެފއެވެ. އަދި ލިޔުންތައްވެސް ޙަވާލުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން މި މައްސަލައިގެ އަޑުއެހުމެއް 27 އެޕްރީލް 0222 ދުވަހުގެ 10:15 އަށް ތާވަލުކޮށް އެ ތާރީޚަށް އިސްތިއުނާފު ރައްދުވާ ފަރާތް ހާޟިރުވުމަށް އަންގައި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B8/Q09C/2020/3-(MSG)95 މެސެޖް ފޯމު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B8/INDIVI/2021/133-(OTHR)95 އެންގުން ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B/2021/293-Q8C-EF އީ -ފެކްސް މެސެޖް. ހާޟިރުނުވެއްޖ ނަމެ އިސްތިއުނާފަ ރައްދުވު ފަރާތުގާ ޣައިރު ހާޟިރުގައި މައްސަލަ ހިނގާނެކަމަށް 09 މާރިޗު 2022 ގައި އިޢުލާން ކޮށްފައިވެއެވެ . ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ހާޟިރުވެފައި ނުވާތީ މި ދުވަހަށް ތާވަލުކުރެވުނު އަޑުއެހުން ބޭއްވިފައިނުވެއެވެ. އެއަށްފަހު 10 ޖޫން 2024 ގެ 14:00 އަށް އަނެއްކާވެސް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ހާޟިރުވުމަށް އަންގައި، އަދި ހާޟިރުނުވެއްޖ ނަމެ އިސްތިއުނާފަ ރައްދުވު ފަރާތުގާ ޣައިރު ހާޟިރުގައި މައްސަލަ ހިނގާނެކަމަށް 13 މާރިޗު 2022 ގައި އިޢުލާން ކުރެވުނެވެ . ނަމަވެސް މި އަޑުއެހުމަށްވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ހާޟިރުވެފައިނުވެއެވެ. އެހެންކަމުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައެވެ.
8އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަކާ ދަށުކޯޓަށް ހުށަހެޅި ދެ ހެކިންގެ ހެކިބަހަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އަޙްމަދު ޝަރީފުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ހެކިންނަކީ ދަފްތަރު ނަންބަރު ރސ 11147 އަޙްމަދު އީވާން ޒާހިރު އާއި، […] 3-02-06 ފުލެޓް / މާލެ، އަޙްމަދު މުޙައްމަދު އެވެ . މި ދެ ހެކިން ހުށަހަޅާ ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ "ފައިސާ ޖަމާކުރިކަން ސާބިތުކުރުމަށް" މިފަދައިންނެވެ . އަދި މި ދެ ހެކިންގެ ހެކިބަސް ސިވިލް ކޯޓުން ނަގާފައިވާކަން އެނގެންއޮވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B8/PSM/2022/3-(IUL)95 އިޢުލާން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B4/95/2024/22-(IUL)95 އިޢުލާން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 11 ވަނަ ނަންބަރުން އެނގެންއޮވޭ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 11 ވަނަ ނަންބަރުން އެނގެންއޮވޭ
9އަޙްމަދު މުޙައްމަދުގެ ހެކިބަހަށް ބަލާއިރު، އަޙްމަދު ޝަރީފު ފައިސާ ހިފައިގެން ގޮސް އަޙްމަދު އީވާން ޒާހިރު އަތަށް ޖަމާކުރަން ދިން ކަން އެނގޭކަމަށް ބުނެފައިވެއެވެ . އަދި އެ ފައިސާ ޖަމާކުރީ އަޙްމަދު މުމްތާޒުގެ އަންހެނުންގެ އެކައުންޓަށްކަމަށްވެސް ބުނެފައިވެއެވެ. އަދި އަޙްމަދު އީވާން ޒާހިރުގެ ހެކިބަހުގައި، އަޙްމަދު ޝަރީފް ދިވެހި ރުފިޔާއިން ފައިސާ ދިންކަމަށާއި، އެ ފައިސާ އަޙްމަދު މުމްތާޒުގ އަންހެނުންގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނެފައިވެއެވެ .
10ޕްރިސިޑެންސް 3މި މައްސަލައިގައި ދެބަސްވެވެން ނެތް ހަޤީޤަތަކީ އަޙްމަދު ޝަރީފުގެ ފަރާތުން -/50،000ރ (ފަންސާސް ހާސް ރުފިޔާ) އަޙްމަދު އީވާން ޒާހިރުއާ ޙަވާލުކުރިކަމެވެ. އެކަން ބުނެވުނު ދެ ހެކިންގެ ހެކިބަހުންނާއި އިސްތިއުނާފު ކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ޑޮކިއުމެންޓް 1 (ފައިސާ ހަވާލުކުރުމަށް ވާ އެއްބަސްވުން) އިން އެނގެންއޮވެއެވެ. ބުނެވުނު ދެ ހެކިންގެ ހެކިބަހުން ދެން ސާބިތުވާން އޮތް ކަމަކީ އަޙްމަދު އީވާން ޒާހިރު އަޙްމަދު މުމްތާޒްގ އަންހެނުންގެ އެކައުންޓަށް ފައިސާ ޖަމާކުރިކަމެވެ. ނަމަވެސް އަޙްމަދު މުމްތާޒްގެ އަންހެނުންގެ އެކައުންޓަށް ޖަމާކުރީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ބުނެވުނު ހެކިންގެ ހެކިބަހުން އެނގޭކަށްނެތެވެ.
11އަޙްމަދު ޝަރީފުގެ ފަރާތުން ހުށަހެޅި ދަޢުވާއަށް ބަލާއިރު، އެ ދަޢުވާ ކޮށްފައިވަނީ އަޙްމަދު މުމްތާޒުގެ މައްޗަށެވެ. އަދި ދަޢުވާގެ ސީޣާގައި ލިޔެފައިވަނީ " މިއީ އަޅުގަނޑު އަޙްމަދު ޝަރީފް ()، ޓެކްސީ ކުރުމަށްޓަކައި ކާރެއްގަތުމަށް އެޑްވާންސްގެ ގޮތުގައި -/50،000ރ (ފަންސާސ ހާސް ރުފިޔާ) ގދ. ފަރެސްމާތޮޑާ / ޔާޑްލީ، އަޙްމަދު މުމްތާޒް () ގެ އެކައުންޓަށް ޖަމާކުރމުނު އެ ފައިސާވެސް އަދި ޑޮކިއުމަންޓް 1: މިއީ ކާރެއ ގަތުމަށް އަހުމަދު އީވާން ޒާހިރު () ދަފްތަރު ނަންބަރު ރސ 11147 -50,000/ (ފަންސާސ ހާސް ރުފިޔާ) އަހުމަދު ޝަރީފު ދުބުރިމާގެއާގެ ހަވާލުކުރުމަށް ވާ އެއްބަސްވުމެވެ. ކާރުވެސް ދީފައިނުވާތީ މި ފައިސާއާއި، މި ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ކުރާ ދަޢުވާއެކެވެ." މިފަދައިންނެވެ.
12އަޙްމަދު ޝަރީފުގެ ފަރާތުން ދަޢުވާ ކޮށްފައިވަނީ އަޙްމަދު މުމްތާޒުގެ އެކައުންޓަށް ޖަމާކުރި ފައިސާ ހޯދުމަށް ކަމުގައިވާއިރު އެފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބުނެފައިވަނީ އަޙްމަދު އީވާން ޒާހިރު ފައިސާ ޖަމާކުރީ އަޙްމަދު މުމްތާޒުގެ އަންހެނުން މިހޯކޯ އިޓޯގެ އެކައުންޓަށް ކަމެވެ. އެހެންކަމުން އަޙްމަދު މުމްތާޒުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަނ އެއްވެސް ހެއްކެއްގެ ހެކިބަހުން އެނގޭކަށް ނެތެވެ.
13ޕްރިސިޑެންސް 2މިހޯކޯ އިޓޯއަކީ އަޙްމަދު މުމްތާޒުގެ އަނބިމީހާ ކަމަށްވާތީ ބަހުސްގެ ބޭނުމަށް މިހޯކޯ އިޓޯގެ އެކައުންޓަށް ފއިސަ ޖަމާކުރީ އަޙްމަދު މުމްތާޒުގ އެދުމުގެ މަތިން ކަމުގައި ބެލިނަމަވެސް، -/50،000ރ (ފަންސާސ ހާސް ރުފިޔާ) ގެ ބޮޑު އަދަދެއް އެކައުންޓަކަށް ޖަމާކުރިކަން ސާބިތުކުރުމަށްޓަކައި އަޙްމަދު ޝަރީފުގެ ފަރާތުން ހުށަހެޅީ ހަމައެކަނި ޝަފަހީ ހެކިންނެވެ. ބޭންކެއ މެދުވެރިކޮށް ފައިސާގެ މިފަދަ މުޢާމަލާތްތަކަކީ އެ މުޢާމަލާތް ކުރިކަން ލިޔުމުން ލިބެން ހުންނަ މުޢާމަލާތްތަކެކެވެ. މިފަދަ ޙާލަތުގައި ކިތާބީ ހެކި ޝަފަހީ ހެއްކަށްވުރެ ބާރުގަދަވާނެއެވެ. އެފަދަ ކިތާބީ ހެކި ލިބެން ހުރެމ އެ ހެކި ހުށަހެޅުމަކާ ނުލައި ހަމައެކަނި ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް މިފަދަ މުޢާމަލތާތައ ސާބިތުވާކަމަށް ކަނޑައެޅިދާނެކަމަށް އަހުރެން ނުދެކެމެވެ. އެހެންކަމުން، ހަމައެކަނި ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް، އަޙްމަދު ޝަރީފުގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ އެފަރާތަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ދަށުކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމުގައި އަހުރެން ދެކެމެވެ.
14ކުރިންވެސް ފާހަގަކުރި ފަދައިން އަޙްމަދު ޝަރީފުގެ ފަރާތުން އަޙްމަދު އީވާން ޒާހިރުއަށް ޙަވާލުކުރި ފައިސާ ޖަމާކުރިކަން އެނގޭނެ ކިތާބީ ހެއްކެއް އަޙްމަދު ޝަރީފުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިނުވެއެވެ. އެހެންނަމަވެސް އެޗް. އެސް. ބީ. ސީ މެދުވެރިކޮށް ފައިސާ ފޮނުވިކަން އަންގައިދޭ ލިޔުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އަދި އެ ލިޔުމަކީ އަޙްމަދު އީވާން ޒާހިރުގެ ފަރާތުން އަޙްމަދު މުމްތާޒުގެ އަންހެނުން މިހޯކޯ އިޓޯގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން ސާބިތުކުރެވޭ ކިތާބީ ހެއްކެއްކަމުގައި ބުނެފައިވެއެވެ.
15ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު އެ މާއްދާގެ
(ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞތަ ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާ ކަމެއްނޫންކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ދަށުކޯޓަށް ހުށަނޭޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅިދާނެކަން އެނގެއެވެ.
16ދިވެހިރާއްޖޭގެ ހައިކޯޓަށް މިފަދައިން ހުށަހެޅޭ އައު ހެކި ބަލައިގަންނަންޖެހޭނަމަ، އެ ހެއްކެއް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ބަލައިގަނެ، އެ މައްސަލަ ނިންމުމުގައި ޢަމަލުކުރެވޭ ޙާލަތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ . އެ ޙާލަތްތަކަކީ؛ (1) ދަށުކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި؛ (2) ދަށުކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެކި؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ (3) ދަށުކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށުކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ހައިކޯޓަށް ހުށަހަޅާ އިތުރު ހެކި؛ (4) ދަށުކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި އަދި އެ މަރުޙަލާގައި ހުރިހާ ފަރާތަކުން އެ ހެއްކަށް ދިން ބުރަދަން ކުޑަވި ނަމަވެސް، ހައިކޯޓު މަރުޙަލާފައި އެ ހެއްކާ ގުޅޭ ތަފްޞީލް ހުށަހެޅުމަށް ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް އަންގައިގެން ހުށަހެޅޭ އިތުރު ހެކި މިއެވެ.
17އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ "އެޗް. އެސް. ބީ. ސީ މެދުވެރިކޮށް ފައިސާ ފޮނުވިކަން އަންގައިދޭ ލިޔުން"އަށް ބަލާއިރު، މިއީ އޭގެ ޒާތުގައި ދަށުކޯޓުގައި މައްސަލަ ހިނގަމުންދިޔައިރުވެސް އެ ފަރާތަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ލިޔުމެކެމެވެ. ނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ ތަކުރާރުކޮށް އެކި ފަހަރު މަތިން، ސިޓީ ލިޔެގެންވެސް އެޗް.އެސް.ބީ.ސީއިން މި ލިޔުން ދޫކުރުމަށް އިންކާރު ކުރިކަމަށާއި، އެއީ އަމިއްލަ ފަރުދެއްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއެއްކަމުގައިވާތީ ކަމަށް އެޗް.އެސް.ބީ.ސީއިން ބުނެފައިވާކަމާއި، ނަމަވެސް ދަށުކޯޓުގައި ހިނގަމުންދިޔަ މައްސަލަ ނިމުމުން، އިސްތިއުނާފުކުރާ ފަރާތަށް ލިބެންވާ ޙައްޤު ލިބެން އޮތީ އެޗް.އެސް.ބީ.ސީ ގެ މައްޗަށް ދަޢުވާކޮށްގެންކަމަށ ބުން ސިޓީއެއް ހުށަހެޅުމުން މި ލިޔުން ހިއްސާކުރީކަމަށެވެ .
18ޕްރިސިޑެންސް 5އާންމު އުސޫލެއްގެ ގޮތުގައި މަދަނީ ޚުސޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (Onus Probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މި މާނައިގައި ދަޢުވާ ކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުތުމަކީ އެފަރާތުގެ މަސްއޫލިއްޔަތެކެމެވެ. އެހެންކަމުން ދަޢުވާގައި އެއް ޚަސްމު އަނެއް ޚަސްމާ 10 ޖޫން 2024 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ. ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް ކުރާ ފަރާތްކަމަށް ކަނޑައަޅާފައިވެއެވެ .
19މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ފައިސާ ޖަމާކުރިކަން އެނގޭނެ ލިޔުން އެޗް.އެސް.ބީ.ސީ މެދުވެރިކޮށް ހޯދުމަށް ތަކުރާރުކޮށް ސިޓީ ލިޔެ މަސައްކަތް ކުރި ކަމަށް ބުނެއެވެ. ނަމަވެސް އެ ކުރި މަސައްކަތް ސާބިތުކޮށްދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ.
20ޕްރިސިޑެންސް 6ބަހުސްގެ ބޭނުމަށް މި ލިޔުން އައު ހެއްކެއް ގޮތުގައި ބަލައިގަތްކަމުގައިވީނަމަވެސް މި ލިޔުމުގައި ފައިސާ ޖަމާކުރި ތާރީޚު ކަމަށް ލިޔެފައިވަނީ 08 ނޮވެންބަރު 2015 އެވެ. އިސްތިއުނާފު ކުރާ ފަރާތުން ޑޮކިއުމަންޓް 1 (ފައިސާ ހަވާލުކުރުމަށް ވާ އެއްބަސްވުން) ގެ ގޮތުގައި ދަށުކޯޓަށް ހުށަހެޅި ލިޔުމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން އަޙްމަދު އީވާން ޒާހިރުއަށ ފައިސް ޙަވާލުކޮށްފައިވަނީ 08 ނޮވެންބަރު 2015 ވަނަ ދުވަހުއެވެ. ނަމަވެސް ދަޢުވާ ފޯމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ ފައިސާ ޖަމާކުރީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭ ކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން ދަށުކޯޓަށް ލިޔުމުން ދެ ބަޔާން ހުށަހަޅާފައިވާއިރު އެއިން އެއްވެސް ބަޔާނެއްގައި ފައިސާ ޖަމާކުރި ތާރީޚެއް ހިމަނާފައިނުވެއެވެ. ހަމައެއާއެކު، އިސްތިއުނާފު ކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދެ ހެކިންގެ ހެކިބަހުގައިވެސް ފައިސާ ޖަމާކުރި ތާރީޚެއް އެނގޭކަށް ނެތެވެ.
21އިސްތިއުނާފު ކުރާ ފަރާތުން އަޙްމަދު އީވާން ޒާހިރުއަށް ޙަވާލުކުރީ ދިވެހި ފައިސާއިން -/50،000ރ (ފަންސާސ ހާސް ރުފިޔާ) އެވެ. އެޗް.އެސް.ބީ.ސީގެ ލިޔުމަށް ބަލާއިރު، އަޙްމަދު އީވާން ޒާހިރުގެ ފަރާތުން ޖަމާކޮށްފައިވަނީ USD 3500 (ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އެވެ. ބޭންކް ރޭޓަކީ 15.42 ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ ބަލައި USD 3500 (ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ދިވެހި ރުފިޔާއަށް ބަދަލުކުރުމުން ޖެހެނީ -/53،970ރ (ފަންސާސް ތިންހާސް ނުވަސަތޭކަ ހަތްދިހަ ރުފިޔާ) އެވެ.
22ބުނެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު، ފައިސާ ޖަމާކުރުމަށް ޙަވާލުކުރެވުނު ތާރީޚު ތަކުގައި ފުށުއެރުންތައް އެބަ ހުއްޓެވެ. އަދި ޖަމާކުރުމަށް ދިން ފައިސާގެ އަދަދާއި ޖަމާކުރި ފައިސާގެ އަދަދުވެސް ދިމަލެއް ނުވެއެވެ. މިކަންކަން މިހެން ހުރުމުން، އެޗް.އެސް.ބީ.ސީ މެދުވެރިކޮށް ފައިސާ ފޮނުވިކަން އަންގައިދޭ ލިޔުމުގައިވާ ފައިސާއަކީ ހަމަ ހަޤީޤަތުގައިވެސް އިސްތިއުނާފުކުރާ ފަރާތުން ދައުވާކޮށް ހޯދުމަށް އެދޭ ފައިސާކަމާމެދު ސުވާލު އުފެދެއެވެ. އެހެންކަމުން މި ލިޔުން އައު ހެއްކެއްގެ ގޮތުގައި ބަލައިގަތްކަމުގައިވީ ނަމަވެސް މިއީ އިސްތިއުނާފު ކުރާ ފަރާތުގެ ދަޢުވާ ސާބިތުކުރުމަށް ރިޢާޔަތްކުރެވިދާނެ ލިޔުމެއްކަމުގައި އަހުރެން ނުދެކެމެވެ.
23އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2830/Cv-C/2019 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް އަހުރެންނަށް ފެނެއެވެ.
24މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
25މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
26މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. /. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)
- ސުޕްރީމް ކޯޓުގެ 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (ސާބިތުކުރުމުގެ ބުރައާ ގުޅޭ)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް