ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/195
ސިވިލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ސަޢީދު، 2022/HC-A/195
Civil Service Commission v. Abdhuﷲ Saeed 2022/HC-A/195 (2022/HC-A/195, High Court of the Maldives, 29 January 2025)
ސިވިލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ސަޢީދު
މައްސަލައިގެ ޚުލާޞާ
ޓްރައިބިއުނަލުން ނިންމީ ކައުންސިލުގެ ނިންމުން ހުށަނާޅާތީއާއި، އިޞްލާޙުވުމަށް އެކަށީގެންވާ ފުރުޞަތު ދީފައިވާކަމަށް ބުރަނުވާތީ، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ އަންފެއަރ ޑިސްމިސަލްއެއް ކަމަށާއި، މަޤާމަށް ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތް ދިނުމަށެވެ.
ފ.ފީއަލި ކައުންސިލްގެ މިސްކިތު މަސައްކަތު މީހެއްގެ މަޤާމުގައި ހުރި މުވައްޒަފަކު، ކައުންސިލުން ނިންމި ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތަށް ޙާޟިރުނުވާނެ ކަމަށް ބުނުމުން ދެ އިންޒާރު ދީ، ޖަވާބުދާރީވުމުގެ ފުރުޞަތަކަށްފަހު، ސިވިލް ސަރވިސްގެ ޤާނޫނުގެ 47(ނ)(3) ގެ ދަށުން 2021 ޖަނަވަރީ 20 ގައި ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއިން ވަކިކުރިއެވެ.
ކޮމިޝަނުން ބުނީ ސިވިލް ސަރވިސްގެ މުވައްޒަފުން ވަކިކުރެވޭނީ ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ކަމަށާއި، ގަވާއިދުގެ 271 ވަނަ މާއްދާގައިވާ ކުށެއް ކޮށް، އިންޒާރަށްފަހުވެސް އިޞްލާޙު ނުވާތީ ވަކިކުރިކަމަށާއި، ޓްރައިބިއުނަލުން ހެކިތަކަށް ރިޢާޔަތް ނުކުރި ކަމަށެވެ. މުވައްޒަފު ބުނީ އިޞްލާޙުވުމަށް ދިން ފުރުޞަތެއް ސާބިތުނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ކައުންސިލުން ނިންމި ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތަށް ބައިވެރިނުވުމުން އިންޒާރުދީ ވަކިކުރި މިސްކިތު މަސައްކަތު މީހެއްގެ މައްސަލައިގައި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ ޚިލާފަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކޮމިޝަނުން މުވައްޒަފު ނުކުރި މަސައްކަތަކީ ކޮބައިކަމާއި އެއީ ވަޒީފާގެ ވާޖިބެއްތޯ ސާފުނުކޮށް، ކައުންސިލުގެ މަޢުލޫމާތަށް ބިނާކޮށް ވަކިކުރިއެވެ. ވަކިކުރުމަށް ކައުންސިލުން އެދުނީ ދެވަނަ އިންޒާރާއި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމުގެ ކުރިން ކަމުން އިޖުރާއީ ޢަދުލުވެރިކަމެއް ނެތެވެ. ވީމާ ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލު ނުގެނެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރިކަމަށް ބުނާ ފަރާތަށް، އެންމެ ކުޑަވެގެން، ވެގެންއުޅޭ ގޮތާއި ޚުޞޫމާތުގެ ވާޤިޢާތައް ދެނެގަނެވިފައި އޮންނަންޖެހޭނެއެވެ؛ ތަޙްޤީޤުކޮށް ޙަޤީޤަތްތައް ސާފުނުކޮށް، މަސްއޫލު އޮފީހުން ދިން މަޢުލޫމާތަށް ބިނާކޮށް ވަކިކުރުމަކީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- މަސައްކަތް ނުކުރާކަމުގެ ޝަކުވާއަކާ ގުޅިގެން ވަކިކުރުމުގެ ކުރިން، މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ދާއިރާއިން ނުކޮށްގެން އުޅޭ މަސައްކަތަކީ ކޮބައިކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ތަބާނުވާ އަޚްލާޤީ މިންގަނޑާ ގުޅޭ މަސައްކަތަކީ ކޮބައިކަމާއި، އެއީ މަޤާމުގެ އަސާސީ ވާޖިބެއްތޯ ސާފުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ސިވިލް ސަރވިސްގެ ޤާނޫނުގެ 37 ވަނަ މާއްދާއިން ވަޒީފާއިން ވަކިކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވީނަމަވެސް، އެބާރު ބޭނުންކުރެވޭނީ 47 ވަނަ މާއްދާ ފަދަ ނައްޞުތަކުގައިވާ ހަމަތަކުގެ މަތިންނެވެ؛ 47 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވިކަން ކަށަވަރުކުރުމަށްފަހުގައި މެނުވީ (ނ)(3) ގެ ދަށުން ވަކިނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17، 27-28)
- މުވައްޒަފެއްގެ ވަޒީފާގެ ބަޔާނާއި ބޭރުން ކުރަން އެންގި މަސައްކަތެއް ނުކުރުން ކުށެއްކަމުގައި ބަލާނަމަ، އެ މަސައްކަތް ކުރަންޖެހުމާ ގުޅުވާލެވޭ ޤާނޫނީ ހަމައެއް ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ބަޔާންކުރެވެންޖެހޭނެއެވެ؛ ސިވިލް ސަރވިސް ގަވާއިދުގެ 271 ވަނަ މާއްދާގެ ކުށުގެ ދަރަޖަތަކަކީ ވަޒީފާގެ ދާއިރާގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ކުށްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޖަވާބުދާރީވުމުގެ ފުރުޞަތަކީ އިންޒާރު ދިނުމުގެ ކުރިން ދެވެންޖެހޭ ފުރުޞަތެކެވެ؛ ވަކިކުރުމަށް ކޮމިޝަނަށް ފޮނުވަންވާނީ އިންޒާރުތައް ދިނުމަށްފަހުގައެވެ. ދެވަނަ އިންޒާރާއި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމުގެ ކުރިން ވަކިކުރަން އެދި ކޮމިޝަނަށް ލިޔުން ފޮނުވާފައިވާނަމަ، އިންޒާރާއި ފުރުޞަތަކީ ކުރިން ނިމިފައިވާ ކަމެއްގެ މަތި އޮމާންކުރުމެއް ކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- މަސްއޫލު އޮފީހުން ފޮނުވި މަޢުލޫމާތަށް ބިނާކޮށް، އޭގެ ޞައްޙަކަން ކަށަވަރުނުކޮށް ކޮމިޝަނުން ވަކިކުރުމަކީ ޤާނޫނު ބޭނުންވާ ކަންކަން ކަށަވަރުކުރުމެއް ނޫނެވެ؛ މުވައްޒަފު ދިން ލިޔުމުން ޖަވާބަށް ރިޢާޔަތް ނުކުރެވޭނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 28-29)
- ވަޒީފާގެ ބަޔާނުގައިވާ "ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުން ދިނުން" ފަދަ ޢާންމު ޝަރުޠެއް މާނަކުރަންވާނީ، އެމުވައްޒަފެއްގެ ވަޒީފާގެ ދާއިރާގެ ތެރެއިން ކުރުމަށް ނިންމާ އެކަށީގެންވާ ކަންކަން ޝާމިލުވާ ގޮތަށެވެ؛ ކައުންސިލުން ދައްކާ ކޮންމެ ޢުމްރާނީ މަސައްކަތަކީ ހުރިހާ މުވައްޒަފެއްގެ ވާޖިބެއް ކަމުގައި މާނައެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-32)
- އިޞްލާޙު ނުވުމުގެ ސަބަބުން ވަކިކުރާނަމަ، ނުކުރާ މަސައްކަތް ވަޒީފާއާ ގުޅޭ ގޮތުން ކުށަކަށް ވަނީ ކިހިނެއްތޯ ފިޔަވަޅު އެޅުމުގެ ކުރިން ކޮމިޝަނުން ސާފުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
ޝަނީޒް ޢަބްދުﷲ ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 12VTR/20/150 މައްސަލަ އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސިވިލް ސަރވިސް ކޮމިޝަން (މީގެ ފަހުން "ކޮމިޝަން " ނުވަތަ "އިސްތިއުނާފކުރު " )ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ފ.ފީއަލި، […] / ޢަބްދުﷲ ސަޢީދު (މީގެ ފަހުން "ސަޢީދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2ސަޢީދުއަކީ 30 އޭޕްރީލް 2015 އިން ފެށިގެން ފީ އަލީ ކައުންސިލްގެ އިދާރާގައި ސަޕޯރޓް ސްޓާފއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެކެވެ. ސަޢީދުގެ ވަޒީފާގެ ބަޔާނަށް ބަލާއިރު އޭނާގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ؛ "މައިގަނޑު މަސައްކަތް
1. ފީއަލީ ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި އެމިސްކިތަކަށ ކަނޑައަޅާފައިވް އިމާމު/މުދިމު އަންގާ ގޮތެއްގެމަތިން އެމިސްކިތެއްގައި ފޮޅާ ސާފުކުރުން.
2. މިސްކިތާއި ފާޚާނާއާއި އިސްކުރުބަރ ސާފުކުރުމާއި މިސްކިތްފޮޅާ ސާފުކުރުމުގެ އިތުރުން ވަޅު ދިޔަހިއްކުންފަދަ މިސްކިތުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަށް ކުރުން.
3މިސްކިތުގަ އ ވަށައިގެން ހައްދާފައިވާ ގަސްތައް އެއްވަރަށްކޮށައި ސާފުކޮށް ބެލެހެއްޓުމާ މިސްކިތާއި މިސްކިތު އިންވެގެން އޮންން މަގުފަޅި ކުނިކަހައި ސާފުކުރުން.
4މިސްކިތުގައި ބިއްލޫރި ލެވިފައިވ ތަންތަނާ ގަވާއިދުން ސާފުކޮށް ހޮޅިބުރި، ފަންކާ، ކަބަޑުތަށް ފޮޅާ ސާފުކުރުން، އަދި މިސްކިތަ ށ ފޮޅާސާފުކުރުމަށް ބޭނުންވާތަކެއްޗާއި މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން މުދިމު/އިމާމު އަށާއި މިކައުންސިލ އިދާރާއަށް އެންގުން.
5މިސްކިތު ގުދަން ބެލެހެއްޓުން.
6ހަފުތާއަކަށް ބޭނުންވާ މިންވަރަށް ފޮޅާސާފުކުރުމަށް ބޭނުންވާތަކެތި ކައުންސިލް އިދާރާގެ ސްޓޮކުން ހޯދައި މިސްކިތު ގުދަނުގައި ބަހައްޓައިގެން ބޭނުންކުރުން.
7ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަރވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
8ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން."
3. 22 ޖޫން 2020 އިން ފެށިގެން ކޮންމެ ހަފްތާއެއްގެ އާދީއްތ އިނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 09:00 ކުން 13:00 އަށް ކުޑަކުދިންގެ ޕާރކް ހެދުމަށް ފީއަލީ ކައުންސިލްގެ 3 ވަނަ ދައުރުގެ 59 ވަނަ އާއްމު ބައްދަލުވުމުން 18 ޖަނަވަރީ 2020 ގައި ނިންމިކަމަށްބުނެ، މިނިންމުމާއި އެއްގޮތަށް ހުރިހާ މުވައްޒަފުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ މެންބަރުން 22 ޖޫން 2020 ވާ ހޯމަ ދުވަހުގެ 09:00 އަށް ކައުންސިލްގެ އިދާރާއަށް ހާޟިރުވުމަށް އެންގިއެވެ.
4. މިއެންގުމާއި އެއްގޮތަށް ސަޢީދު ޙާޟިރުވި މަދު ވަގުތުކޮޅުގައި، އޭނާއާމެދު ކޮންމެ ފިޔަވަޅެއް އެޅިކަމުގައިވިޔަސް، އޭނާގެ އަމިއްލަ މަސައްކަތް ހުއްޓައި ކުޑަކުދިންގެ ޕާކުގެ މަސައްކަތަށް ޙާޟިރު ނުވާނެކަމަށްބުނެ އެތަނުގައި ތިބި ބައެއް މުވައްޒަފުންނާ މުޚާތަބުކޮށ އެފަދައިން ޢަމަލުކޮށްފައި ވާކަމަށްބުނެ، ސަޢީދުގެ ފަރާތުން އެފަދަ ޢަމަލެއް އިތުރަށް ތަކުރާރު ނުކުރުމަށާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާ ކޯޑު އޮފް ކޮންޑަކްޓަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އެފަދައިން ޢަމަލު ތަކުރާރު ވެއްޖެނަމަ އިތުރު އިންޒާރެއް ދިނުމަކާނުލައި ވަޒީފާގެ ފަންތި ދަށްކޮށް ނުވަތަ ވަޒީފާއަށް ނުކުތުން މަނާކުރުން ނުވަތަ ވަޒީފާއިން ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާގެ ނަންބަރު CASA/370/2020/30-(OTHR)370 ޙާޟިރުވުމަށް ދަންނަވާ ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަންއަށް ލިބިގެންވާކަމަށް އަންގައި ސަޢީދުއަށް އިންޒާރުދީފައެވެ. އޭގެފަހުންވެސް، ސަޢީދުގެ ޢަމަލުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ ސަޢީދުއަށް 01 އޮކްޓޫބަރ 2020 ގައި ދެވަނަ އިންޒާރު ދީ ވަޒީފާއިން ވަކިކުރަން ނިންމައި މައްސަލއިގައަ ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން 20 ޖަނަވަރީ 2021 ގައި ސަޢީދު ވަޒީފާއިން ވަކިކުރިއެވެ.
5. ސަޢީދުއަށް ކުރިން ދީފައިވާ އިންޒާރުތަކަށް ބަދަލުގެނެސް އެ އިންޒާރުތަކުގައި އަލުން ސޮއިކުރުމަށް އަންގައި ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ތުހުމަތު ކުރި ހުރިހާކަމަށ ލިޔުމުން ފުރިހަމައަށް ޖަވާބުދާރީ ވެފައިވާ ނަމަވެސް، އޭނގެއިނ އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސަރވިސް ގަވާއިދާ ޚިލާފަށް އަދި އިންޒާރު ދިނުމުގައި ޤާނޫނުގައި ބުނެފައިވާ ގޮތާ ޚިލާފަށް އިންޒާރުދީ ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައި، ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށް އަމުރުކޮށް ދިނުމަށާއި ސަޢީދު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމުމާއި ހަމައަށް މަޤާމުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށް ދިނުމަށްއެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. މިމައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:150/VTR/2021 މައްސަލައިންނެވެ. ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ނަންބަރު 2020/01 އިންޒާރު (02.07.2020). މިއިންޒާރު ވަނީ 13 ޑިސެންބަރު 2020 ގައި އިސްލާޙުކޮށްފައެވެ. މި އިސްލާހުކުރ އިންޒާރުގައި ޢަބްދުﷲ ސަޢީދު ކުރި ޢަމަލަކީ ސިވިލް ސަރވިސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ށ)، ވަޒީފާގެ ކުށުގެ ދަރަޖަ 2 ގެ 1 ގެ 1.1 އަދި ހަމަ މިމައްދާގެ (ނ) ވަޒީ ފާހަ ކުށުގެ ދަރަޖަ 3 ގެ 20 އަށް ހަވާލާ ދެވޭނެ ޢަމަލެއްކަމަށް ބުނެ ހަވާލާދީފައެވެ. ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލް އިދާރާގެ ނަންބަރ 2020/01 (ޖަވާބު ދާރީވުމުގެ ފުރުސަތު) ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު (2)00098/CSC/2021 ވަޒީފާއިން ވަކިކުރެއްވި ޗިޓް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމް (އެންޓްރީ ނަންބަރ: 2021/2315) ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:
6. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:150/VTR/2021 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލަ ނިންމާފައިވަނީ؛ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، ޢަބްދުﷲ ސަޢީދު (ފިނިފެންމާގެ) (ދިވެހި ރައްޔިތެއްކަން އަންގައިދޭ 30 އޭޕްރީލް 2015 އިން ފެށިގެން ފ.ފީއަލި ކައުންސިލް އިދާރާގެ މަސައްކަތު މީހެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އެރަށުގައި ޤާއިމުކުރަމުން ދިޔަ ކުޑަކުދިންގެ ޕާކުގައި މަސައްކަތަށް ޢަބްދުﷲ ސަޢީދުގެ އަމިއްލަ މަސައްކަތް ހުއްޓައި ޙާޟިރުނުވާނެކަމަށް ބަޔާންކުރުމުން، އެފަރާތަށް އިންޒާރުދިނުމަށްފަހު އަދި އެފަރާތަށް ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ލިޔުމުން ޖަވާބުދާރީވެފައިވާއިރު، އެފަރާތުން ދީފައިވާ ޖަވާބަށް ރިޢާޔަތްކުރުމެއް ނެތި އަދި ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ޢަބްދުﷲ ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އެފަރާތުން އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިޢާދަކޮށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މިމައްސަލަ ނިމުމާ ހަމައަށް މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ މަޤާމުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްދެއްވުމަށް އެދި ޢަބްދުﷲ ސަޢީދުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 20 އޭޕްރީލް 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މިމައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެފަރާތް ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ށ) ގެ 1.1 އަދި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ޢަމަލެއް ކުރުމުން ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ 20 ވަނަ ނަންބަރުގެ ދަށުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަމާއި މަޢުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމަށ މައްސަލް ރައްދުވަ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޖަވާބުދާރީވެފައިވީނަމަވެސް، މައްސަލަ ހުށަހެޅި ފަރާތަށް ކުޑަކުދިންގެ ޕާކުގެ މަސައްކަތަށް ދިއުމަށް އަންގާފައިވަނީ ފ.ފީއަލީ ކައުންސިލްގެ 03 ވަނަ ދައުރުގެ 59 ވަނަ އާއްމު ބައްދަލުވުމުން 18 ޖޫން 2020 ވަނަ ދުވަހު ނިންމާފައިވާ ނިންމުމުގެ ދަށުން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، އިސްވެބަޔާންކުރެވިފައިވ ނިންމުނާ މައްސަލް ރައްދުވި ފަރާތުން ހުށަހަޅާފައިނުވާތީއާއި، މައްސަލަ ހުށަހެޅި ފަރާތަށް ދީފައިވާ އިންޒާރުތަކުގައ މައްސަލި ހުށަހެޅި ފަރާތް ކުޑަކުދިންގެ ޕާކުގެ މަސައްކަތަށް ޙާޟިރުކުރުމަށް ކުރެވެން އޮތް އެންމެހައި މަސައްކތްތައަ ކޮށްފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، މައްސަލަ ހުށަހެޅި ފަރާތަށް އިންޒާރުދެވިފައިވަނީ އެފަރާތް ޕާކުގެ މަސައްކަތަށް ޙާޟިރުކުރުމަށް އަންގައި އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށް، އެފަރާތަށް އިސްލާޙުވުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށްފަހުގައިކަމަށ ބުރަވެވެން ނެތަތީ، ޢަބްދުﷲ ސަޢީދު ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން fairness) (substantive އަދި އިޖުރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުކުރުމެއްނެތިކަމަށް ބުރަވެވޭތީ، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމަކީ އަންފެއަރ ޑިސްމިސަލް Dismissal) (unfair އެއްގެ ގޮތުގައި ކަނޑައަޅައި، ޢަބްދު ﷲ ސަޢީދު ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައި، ޢަބްދުﷲ ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާޢިމުކުރެވިފައިނުވާތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޢަބްދުﷲ ސަޢީދު އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، ޢަބްދުﷲ ސަޢީދަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، ޢަބްދުﷲ ސަޢީދު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، ޢަބްދުﷲ ސަޢީދު ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގައި ލިބެމުންދިޔަ އެންމެހާ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ މިއަދު (22 މޭ 2022) އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޢަބްދުﷲ ސަޢީދަށ އެކް އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގާ އަމުރުކޮށް، މިމައްސަލަ ނިންމައިފީމެވެ". މިފަދައިންނެވެ. މިމައްސަލަ ނިންމިގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ސިވިލް ސަރވިސް ކޮމިޝަނގް ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފީ ނުކުތާ:
7. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:150/VTR/2021 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ތިރގައިވ ނުކުތާ ހުށަހަޅާ އެނުކީ އ އާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މ ގޮތުނި ހުށަހަޅާފައިވް ނުކުތާއާ ކ:
1.7 އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މަޢުޟޫއީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަނ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުންނާއި މައްސަލައާއި ގުޅުންހުރި މުހިއްމު ނުކުތާތަކުން ސާފުކޮށް އެނގެން އޮތްއިރު، އެކަންކަމަށް ރިޢާޔަތްކުރުމެއްނެތި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 150/VTR/2021 މައްސަލަ ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 37 ވަނަ މާއްދާއާއި، 47 ވަނަ މާއްދާއާއި ދިވެހި ސަރވިސް ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) އާއި އަދި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
8. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތއާ އާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.8 އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް ކޮށްގެންކަމަށާއި، މިފަދަ ކުށެއްކޮފިނަމަ ސިވިލް ސަރވިސް ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވިދާނެކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މާނަކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރި ކުރުމެއްކަމަށް ބަލައިގެންކަ މަށާއި، ނަމަވެސް ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ސަބުބުތައް ކަނޑައަޅާފައިވަނީ ދިވެހި ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގައިކަމަށާއި، އެހެންކަމުން ސިވިލް ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއަށް ރިޢާޔަތްކުރަން ނުޖެހޭކަމަށެވެ. ނަމަވެސް މުވައްޒަފުން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ އިޖްރާއީ އަދުލުވެރިކަން ޤާއިމްކުރަންޖެހޭނެކަމަށް ކޮމިޝަނުން ޤަބޫލުކުރާކަމަށެވެ.
2.8 އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފއިވަނަ 2 ޖުލައި 2020 ގައި އެފަރާތުން ކޮށްފައިވާ ކުށަކީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ށ) ގެ 1.1 އަދި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއްކަމަށާއި، އެފަދަ ކުށެއްކޮށްފިނަމަ އެ މުވައްޒަފަކަށް ލިޔުމުން އިންޒާރު ދެވޭނެކަމަށް އެ އަކުރުގައި ބަޔާންކޮށްފައިވާކަމަށާއި، ސަޢީދުއަށް އެކުށާއ ގުޅިގެނި އިންޒާރުދީފައިވާކަމަށާއި، މި އިންޒާރަށްފަހުވެސް ސަޢީދުގެ ޢަމަލު އިސްލާޙުވެފައިނުވާތީ، 26 ނޮވެންބަރު 2020 ގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު، ވެފައިވާ ޖަވާބުދާރީއަށް ރިޢާޔަތްކުރުމާއެކު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދަގެ (ނ) ގެ 20 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށެވެ.
3.8 މީގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލައިގައި ނިންމުމުގައި ބަޔާންކޮށްފައިވާ ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ 03 ވަނަ ދައުރުގެ 59 ވަނަ ޢާންމު ބައްދަލުވުމުގެ ނިންމުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައި ނުވިނަމަވެސް، އެ ނިންމުމަށް ބާރުދޭ ހެއްކާއި ލިޔެކިޔުންތައް ހުށަހަޅާފައިވާނެކަމަށާއި، ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި މި ލިޔެކިޔުންތަކަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ކައުންސިލްގެ ނިންމުމެއް އޮވެގެން މުވައްޒަފަށް މަސައްކަތަށް ޙާޟިރުވުމަށް އެންގި އެންގުމެއްކަނ އެނގެން އޮންނަކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުން އެކަން ވަރަށް ސ ފުކޮށ އެނގެން އޮތްކަމަށާއި، އެކަމަށް ބާރުދޭ ގިނަ ހެކިތަކެއް ހުށަހަޅާފައިވަނިކޮށް ހަމައެކަނި ކައުންސިލްގެ ނިންމުން ނެތްކަމަށް ބަޔާންކޮށް މައްސަލަ ނިންމާފައިވަނީ ޢަދުލުވެރި ހަމައަކުން ނޫންކަމަށެވެ. އަދި އެލިޔުމަކީ މައްސަލަ ނިންމުމުގައި ރިޢާޔަތްކުރުން ލާޒިމް ލިޔުމެއްކަމުގައިވާނަމަ، އެލިޔުން ހުށަހެޅުމަށް އެންގިދާނެކަމަށާއި، ނަމަވެސް އެފަދައިން ޓްރައިބިއުނަލުން ޢަމަލުކޮށްފައިނުވާކަމަށެވެ.
4.8 މީގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތަށް އިންޒާރުދީފައިވަނީ އެފަރާތް އިސްލާޙުކުރުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށްފަހުގައިކަމަށް ބުރަނުވެވޭކަމަށ ނިންމާފައިވަން ޢަދަލުވެރި ހަމައަކުން ނޫންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް އިންޒާރު ދިނުމުގެ ކުރިން އެފަރާތާއި މެދު އަޅާފައިވާ ފިޔަވަޅުތަކަށް ރިޢާޔަތްކުރަންވާނެކަމަށާއި، މުވައްޒަފުންނަށް އޭގެ ޒާތުގައި އިންޒާރު ދިނުމަކީ އެކަމެއް އިސްލާޙްކުރުމަށ އެފަރާތަށް ދެވޭ އެންމެފަހު ފުރުސަތުކަމަށާއި، އެ ފުރުސަތުގައި އެކަމެއް އިސްލާޙުނުކޮށްފިނަމަ ފިޔަވަޅު އެޅޭނެ ކަން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށާއި، އެކަން ވަރަށް ސާފުކޮށް އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގެން އޮންނާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން ކުރި ކުށާއި ގުޅިގެން އިސްލާޙްވުމަށް އެކަށީގެންވާ ފުރުސަތެއް ދީފައިނުވެއޭ ބުނެވޭނެ ޖާގައެއް ނެތްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
9އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:150/VTR/2021 މައްސަލައިގައި ނިންމާގައިވ ނިންމުނާ ބާޠިލްކަމަށް ކަނޑައަޅައިދެއްވައި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތަކަށްކަމަށް ކަނޑައަޅާދެއްވައި، އެމޭރުމުން ފައިސަލާކުރަނިވި ޙުކުމެއް ކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
10އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފޞް ލްކޮށީ ވާހަކަ ދައްކާފައިވެއެވެ. މިތަފޞް ލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚލު ޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.10 އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ތަފްސީލަށް ބެލުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް އަސަރުކުރާ އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާނނޫ ގޮތުން ގޯސްވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށެވެ. މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ މައްސަލަތަކުގައި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އެޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ނަސޭހަތެއް ދިނުމަށްފަހު އިސްލާހު ނުކޮށްގެން ވަކިކުރާ ޙާލަތަށް މިމައްސަލަ ފެތޭކަމަށެވެ. އަދި ވަޒީފާއާބެހޭ މި މައްސަލަގައި އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ޤާނޫނާއި ގަވާއިދުގެ ދަށުންވެސް ނަސޭހަތް ދިނުމާއި، އިންޒާރު ދިނުމާއި، އަދި އިންޒާރު ދިނުމަށްފަހުވެސް އިސްލާހު ނުވެއްޖެނަމަ ވަޒީފާއިން ވަކިކުރެވިދާނެކަން އެނގެން އޮންކަމަށާއި މިތިން ކަންތައްތަކަކީވެސ ވަޒީފާއާބެހް ޤާނޫނުގައިވެސް ބަޔާންކުރާ ހަމަތަކާއި އުސޫލުތައްކަމަށެވެ. މިކަންކަމުގެ ތަފްސީލްތައް އިސްތިއުނާފު ޖަވާބު ފޯމުގައި ބަޔާޏްކުރުމަށްފަހު ބުނެފައިވަނީ މުޅި މައްސަލައިގެވެސް ދެކެވޭ ވާހަކަތަކަކީ 02 ޖުލައި 2020 ގެ ތާރީޚުގައި ހިންގައި ދިޔަކަމަށް ބުނާ ހާދިސާގެ ވާހަކަތައްކަމަށެވެ.
2.10 . 02 ޖުލައި 2020 ވަނަ ދުވަހު ހިނގި ހާދސި އާ ގުޅިގެން، އިންޒާރު ދިނުމުގެ ގޮތުން އެންމެ ފުރަތަމަ ބަޔާނެއް ނަގާފައިވަނީ 01 އޮކްޓޫބަރު 2020 ވަނަ ދުވަހުކަމަށާއި، އަދި މިބަޔާނުގެ ނަތީޖާއަކަށްވީ ލިޔުމުން އިންޒާރު ދިނުންކަމަށާއި، އޭގެ ފަހުން، 26 ނޮވެންބަރު 2020 ވަނަ ދުވަހު، ހަމަ އެ ހާދިސާއާ ގުޅިގެން އަލުން ބަޔާނއެ ނެގުމަށްފަހުން ވަޒީފާއިން ވަކިކުރިކަން އިސްތިއުނާފުކުރާ ފަރާތުގެ ބަހުންވެސް އެނގެން އޮންނަކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްލާހުވާން ފުރުސަތު ދިންކަމަށް ބުނެފައިވާއިރު، އިސްލާހުވާން ދެވުނު ފުރުސަތަކީ ކޮބައިކަން، އެ ފުރުސަތު ދެވުނީ ކިހިނެއްކަން ކޮންގަތަކުންކަނ ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް އަދި ވާހަކައެއްވެސް ބަޔާންކޮށްފައިނުވާކަމަށެވެ. އަދިމިނުކުތާއާއ ގުޅިގެނި ޓްރައިބިއުނަލުންވެސް ބުނެފައިވަނީ އިސްލާހުވާން އެކަށީގެންވާ ފުރުސަތެއް ދިންކަން އެނގެން ނެތްކަމަށެވެ. މި ނުކުތާގައި ޓްރައިބިއުނަލުން ހެދި ގޯހަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށެވެ. މިކަންކަމުގެ ތަފްސީލްތައް ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
11އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:150/VTR/2021 ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ އަދި ޝަރުޢީ އަސާސެއް ނެތްކަމުގައި ކަނޑައަޅުއްވައިދެއްވައި މިޤަޟިއްޔާ ނިންމާދެއްވުމަށް އެދޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް :
12މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:150/VTR/2021 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނގް ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ށާއި، އެނުކުތއާ އާ ގުޅިގެނި ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ ދައްކާފައިވާ ވާހަކަތކަ ށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. މައުޟޫޢީ ޢަދުލުވެރިކަމާގުޅޭ:
13ޕްރިސިޑެންސް 1މިމައްސަލައިގައި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވާ ކަމަށް ކޮމިޝަނުން ބަޔާން ކުރާއިރު، ސަޢީދު ވަޒީފާއިން ވަކިކުރީ އޭނާ ކޮން މަސައްކަތެއް ނުކޮށްގެންކަނ ކޮމިޝަނަށް ސާފު ނުވާކަން މިކޯޓުގައި އެކޮމިޝަނުން ދެއްކި ވާހަކަތަކުން ސާފުވެއެވެ. ސަޢީދު ވަޒީފާއިން ވަކި ކުރުމުގެ ފިޔަވަޅު އެޅީ ކައުންސިލުން ދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މައްސަލައިގެ ޙަޤީޤަތްތައް ސާފުނުކޮށްކަން އެނގެއެވެ. ސަޢީދު ނުކުރި މަސައްކަތަކީ، ފ.ފީއަލީ ކުޑަކުދިންގެ ޕާކު ސާފުކުރުމުގެ މަސައްކަތްކަމެއ ނޫން ފ.ފީއަލީ ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތްކަމެއ ކޮމިޝަނަކަށް ނނ ގެއެވެ. ވީމާ، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރިކަމަށްބުނާ ފަރާތަށް އެންމެ ކުޑަވެގެން، ވެގެންއުޅޭ ގޮތް ނުވަތަ ޚުޞޫމާތުގެ ވާޤިއާތައް ދެނެގަނެވިފައި އޮންނަންޖެހޭނެ ކަމަށް ދެކެމެވެ.
14ޕްރިސިޑެންސް 2ވަޒީފާ އަދާކުރަމުންދާ މީހަކާ މަސައްކަތު ނުކުރާކަމަށްބުނެ ހުށަހެޅި ޝަކުވާއަކާއި ގުޅިގެން، އޭނާ ވަޒީފާއިން ވަކިކުރަން ކޮމިޝަނުން ނިންމާއިރު، އޭނާ ގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރެއިން ނުކޮށްގެން އުޅޭ މަސައްކަތަކީ ކޮބާކަން ސާފުކުރެވިފައި ވާންޖެހޭނެއެވެ. ވަޒީފާއާބެހޭ ޤާނޫނު ގެ 19 ވަނަ މާއްދާގެ (ހ) ގެ ފެށުމުގައިވެސ ބަޔާންކުރަން "މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ،..." އެވެ. ވީމާ ތަބާނުވެގެން އުޅޭ އަޚްލާޤީ މިންގަނޑުތައް ގުޅުވާ މަސައްކަތަކީ ކޮބާކަން ފިޔަވަޅު އެޅުމުގެކުރިން ސާފުވާންޖެހެއެވެ. އެމަސައްކަތަކީ އޭނާގެ މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކިހާ އަސާސީ ކަންތައްތަކެއްތޯ ނުވަތަ ނޫންތޯ ބަލަންޖެހެއެވެ.
15ހުށަހެޅިފައިވާ މައްސަލައިގައި، މިސްކިތު މަސައްކަތު މީހުންނާއި މުދިމުން، އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބަދަލުގައި، މުދިމުން ބަންގި ގޮވަނ ނުގޮސް ކޮންމެވެސް އެހެންމީހަކަށް ބަންގިގޮވަން ޙަވާލުކޮށް، ކުޑަކުދިންގެ ޕާކުގެ މަސައްކަތް، އިތުރު ގަޑީގެ ފައިސާލިބޭ ގޮތަށް، މަޤާމުގެ މުސާރައަށްވުރެ ބޮޑު ޢަދަދަކުން އިތުރުގަޑީގެ ގޮތުގައި ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު ފެންނާން އޮތްއިރު، ކޮމިޝަނުގެ އަސާސީ ޒިންމާއަކަށް ވާންޖެހޭނީ އެމުވައްޒަފެއްގެ ވަޒީފާގެ ދާއިރާގެ ތެރެއިން ކުރަންޖެހޭ ޤާނޫނު ނަންބަރު:2008/2 މަސައްކަތް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކުރަމުންދޭތޯ ބަލައި ސާފުކޮށް، އުޞޫލާ ޚިލާފަށް ކަމެއް ކުރަމުންދާނަމަ، އެކަމެއް ރަނގަޅު ކުރުމަށް އެންގުމެވެ. އިޖުރާއީ ޢަދުލުވެރިކަން:
16ޕްރިސިޑެންސް 3މިމައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން އޮތް ނެތް ގޮތް ބެލުމަށް ޙަވާލާދީފައިވާ ޤާނޫނުތަކުގެ އަލީގައި ބަލާއިރު އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ. ކޮމިޝަނުން ޙަވާލާދޭ ޤާނޫނީ ފުރަތަމަ ނައްޞަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 37 ވަނަ މާއްދާ އެވެ. އެމާއްދާގައި އޮތީ؛ މުވައްޒަފުންނަށް 37. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި އެއްވަޒީފާއިން އަނެއް ވަޒީފާ ދިނުމާއި ވަޒީފާއަށް ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ވަކިކުރުން ސިވިލް ސަރވިސް ކޮމިޝަނަށެވެ. މިފަދައިންނެވެ. ވީމާ، ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެން ވެއެވެ. ނަމަވެސް އެބާރު ބޭނުންކުރެވޭނީ ވަކި ހަމަތަކެއްގެ މަތިންކަން އެޤާނޫނުގެ ދެންހުރި ނައްޞުތަކުން ސާފުވެއެވެ.
17ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިންވަކި ކުރެވިދާނެ ސަބަބުތަކުގެ ތެރެއިން، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނުން ޙަވާލާދީފައިވަނީ، ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާ ގެ (ނ) ގެ 3 ވަނަ ނަންބަރަށެވެ. އެނަންބަރުގައި އޮތީ؛ މުވައްޒަފުން ވަޒީފާއިން 47. (ނ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ވަކިކުރެވިދާނެ ސަބަބުތައް ތިރީގައި އެވަނީއެވެ. (3) މި ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުން.
18އިސްތިއުނާފ ރައްދުވު ފަރާތާ ވަޒީފާއިން ވަކިކުރުމުގައި އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޚިލާފުވެފައިވާކަމަށް ބުނެ ޙަވާލާދީފައިވަނީ، ސިވިލް ސަރވިސް ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ
(ށ) ގެ ވަޒީފާ ކުށުގެ ދަރަޖަ 2 ގެ 1 ގެ 1.1 އަދި 271 ވަނަ މާއްދާގެ (ނ) ގެ ވަޒީފާގެ ކުށުގެ ދަރަޖަ 3 ގެ 20 ވަނަ ނަންބަރަށެވެ. ޙަވާލާދެވޭ ގަވާއިދަކީ އިސްތިއުނާފު ރައްދުވާ ސަޢީދު 20 ޖެނުއަރީ 2021 ގައި ވަޒީފާއިން ވަކިކުރިއިރު ޢަމަލު ކުރަމުން ދިޔަ ޤަވާއިދގައު އޮތި ގޮތެވެ. ޙަވާލާދެވޭ މާއްދާތައް ތިރީގައި ނަކަލު ކޮށްފައި އެވަނީއެވެ. ވަޒީފާގެ ކުށުގެ ދަރަޖަ 271. (ށ) މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ، އިޞްލާޙު ވުމަށް ފުރުޞަތުދީ ތަކުރާރުވާނަމަ، ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަޤާމު ދަށްކުރެވިދާނެކަމާއި، ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގިދާނެކަނ ނުވަތް ވަޒީފާއިން ވަކި ކުރުމަށް ހުށަހެޅޭނެކަން އަންގައި އިންޒާރު ކުރެވޭނެއެވެ. ވަޒީފާގެ ކުށުގެ ދަރަޖަ 2 (ދޭއް): (1) ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، ކޮމިޝަންގެ ސަރކިއުލަރތަކާއި އެންގުންތަކާއި އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުން ހަދާފައިވާ ގަވާއިދާއި، މި ގަވާއިދާ ޚިލާފުނުވާ ގޮތުގެ މަތީން އެކަށައަޅާފައިވާ ޕޮލިސީތަކާ؛
1.1 ގަސްދުގައި ޚިލާފުވުން.
(ނ) މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ، އެކުށެއްގެ ކުޑަ ބޮޑު މިނަށް ބަލައި، ވަޒީފާގެ ފަންތި ދަށް ކުރުން، ވަޒީފާއަށް ނުކުތުން މަނާ ކުރުން ނުވަތަ އެންމެ ފުރަތަމަ ފަހަރުވެސް ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކި ކުރެވި ދާނެއެވެ. ވަޒީފާގެ ކުށުގެ ދަރަޖަ 3 (ތިނެއް): 20 ކުށުގެ ދަރަޖަ 2 ގައިވާ ކުށެއް އިޞްލާޙު ނުވެ ތަކުރާރުވުން.
19ޕްރިސިޑެންސް 4އިސްތިއުނާފ ރައްދުވު ފަރާތަކާ މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާގައި ހުރި މީހެކެވެ. ނުކޮށްގެން އުޅޭ ނުވަތަ އެއްބާރުލުން ނުދީގެން އުޅޭ މަސައްކަތެއްކަމަށް ބަޔާންކުރަނީ ޢުމްރާނީ ތަރައްޤީއަށްކުރާ ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތެވެ. ވީމާ އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ ނުވަތަ ވަޒީފާގެ ބަޔާނގު ދާއިރާގެ ތެރެއިން، ކުރަންޖެހޭ މަސައްކަތްތަކާއި ޢުމްރާނީ ތަރައްޤީއަށް ރަށުގައި ކުރަމުންދާ މަސައްކަތްތައް ސިވިލް ސަރވިސް ގަވާއިދު 2014 އަށް ގެނެވިފައިވާ އިޞްލާޙުތަކަށް ބަލާއިރު، ޙަވާލާދެވޭ ނައްޞުތަކަށް ބަދަލު އައިސްފައިވާކަން ފާހަގަ ވެއެވެ. ކުރަންޖެހުމާއި ގުޅުވާލެވޭ ޤާނޫނީ ހަމައެއް، ވަޒީފާއާބެހޭ ޤާނޫނާއި، ސިވިލް ސަރވިސްގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާއި އަދި އެނޫންވެސް ކަމާގުޅުނ ހުރް ގަވާއިދުތަކާއި އުޞޫލުތަކުގެ ތެރެއިން ބަޔާން ކުރެވެން ޖެހޭނެއެވެ. މިހާރު ޙަވާލާދެވިފައިވާ ދަރަޖަ ބަޔާންކުރާ ކުށްތަކަކީ އޭނާގެ ވަޒިފާގެ ދާއިރާގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތަކާއިގުޅޭ ގޮތުންކުރާ ކުށްތަކާއި ގުޅޭ ނައްޞުތަކެކެވެ.
20ފ.ފީއަލީ ކައުންސިލުން ދެއްކި ކޮންމެ މަސައްކަތެއް ކުރުމަކީ ފ.ފީއަލީ ކައުންސިލަށް ނިސްބަތްވާ ކޮންމެ މުވައްޒަފެއްގެ ވަޒީފާގެ ވާޖިބުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބަލައިގެން، މިމައްސަލައިގައި އިޖުރާއީ ކަންކަން ފުރިހަމަ ވެފައިވޭތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
21އ ސްތިއުނާފ ރައްދުވު ފަރާތަށް ފ.ފީއަލީ ކައުންސިލް އިދާރާއިން ފުރަތަމަ އިންޒާރު ދީފައިވަނީ، 07 ޖުލައި 2020 ގައެވެ. އެ އިންޒާރުން އެނގޭ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މަޤާމަކީ "މިސްކިތު މަސައްކަތު" މީހެއްގެ މަޤާމެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ސަޢީދުއަށް ދިން އިންޒާރުގައި އޭނާ ކުރި ކުށެއް ކަމަށް ފެންނާން އޮތީ؛ " ފ.ފީއަލީ ކައުންސިލްގެ 03 ވަނަ ދައުރުގެ 59 ވަނަ ޢާންމު ބައްދަލުވުމުން 18 ޖޫން 2020 ވަނަ ދުވަހު ނިންމާފައިވާގޮތަށް ރަށުގެ އުމްރާނީ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަށް ކޮވިޑް 19 އާއި ގުޅިގެން މަޑުޖެހި އަދި ބަޖެޓްގެ ތާށިކަން ދިމާވެފައިވާތީވެ، ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކުރާނީ ކައުންސިލްގެ މުވައްޒަފުން މެދުވެރިކޮށް އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށްވާތީ، 22 ޖޫން 2020 ވަނަ ދުވަހު މަސައްކަތަށް ހާޟިރުވުމަށް ހުރިހާ މުވައްޒަފުންނަށް އެންގުމުން ޢަބުދުﷲ ސަޢީދުވެސ މަސައްކަތަށް ޙާޟިރުވެ މަސައްކަތުގައި މަދު ވަގުތުކޮށްޅެއް ހޭދަކޮށ ބައެއް މުވައްޒަފުންނާ މުޚާޠަބުކޮށް ޢަބުދުﷲ ސަޢީދުގެ އަމިއްލަ މަސައްކަތް ހުއްޓާ މި މަސައްކަތަށް ޙާޟިރު ނުވާނެކަމަށް ބުނެފައިވާ ކަމަށާއި، އަދި ކޮންމެ ފިޔަވަޅެއް އެޅިނަމަވެސް ކައުންސިލްގެ އެންގުމަށް ތަބާ ނުވާނެކަމަށްބުނ އެގޮތުގެ މަތިން ޢަމަލު ކޮށްފައިވެއެވެ." ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ނަންބަރު 2020/01 އިންޒާރު (02.07.2020.)
22މަތީގައިވާ ޕެރެގްރާފުން ދެނެގަނެވޭ ގޮތުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކުށަކީ، ރަށުގެ އުމްރާނީ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކުރުމަށް ކައުންސިލުން ނިންމި ގޮތަށް އެމަސައްކަތް ކުރުމަށް ޢަމަލީ ގޮތުން އެއްބާރުލުން ދެމުން ނުދިއުމެވެ. މިއިންޒާރުގައި ޙަވާލާދެވޭ އެއްވެސް ޤާނޫނެއް ޤަވާއިދެއް ނުވަތަ އުޞޫލެއްގެ ވާހަކައެއް ނެތެވެ.
23އިސްތިއުނާފ ރައްދުވު ސަޢީދުގެ ޢަމަލުތަކަށް ބަދަލެއް އައިސްފައި ނުވާކަމަށް ބުނެ، 01 އޮކްޓޯބަރ 2020 ގައި ސަޢީދުއަށް ދެވަނަ އިންޒާރެއް ދީފައިވެއެވެ. މިއިންޒާރު ދީފައިވަނީ ކުރިން ބަޔާން ކުރި ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތަށް ސަޢީދު އެއްބާރުލުން ދެމުން ނުދާތީ، ސިވިލް ސަރވިސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ށ)ގ ވަޒީފާގެ ކުށުގެ ދަރަޖަ 2 ގެ ދަށުން ބަޔާން ކުރާ 1 ވަނަ ނަންބަރުގެ 1.1 ގެ ދަށުންނާއި، ހަމަ އެމާއްދާގެ (ނ)ގެ 20 ވަނަ ނަންބަރުގެ ދަށުންނެވެ.
24ނަންބަރު:01/2020 "ޖަވާބު ދާރީވުމުގެ ފުރުޞަތު" މިނަމުގައި އޮތް ލިޔުމެއް އެބަ އޮތެވެ. އެލިޔުމުގައި، އިޞްލާޙީ ފިޔަވަޅުގެ ގޮތުގައި އޮތީ "ވަޒީފާއިން ވަކް ކުރުން" ކަމަށެވެ. މި އިޞްލާޙީ ފިޔަވަޅަށް ޢަމަލީ ސިފަ އަންނާނެކަމަށް ލަފާކޮށްފައިވާ ތާރީޚަކީ 20 ޑިސެމްބަރ 2020 ގެ ނިޔަލަށެވެ. ކަން ހިނގާފައިވާ ގޮތުގެ ހަގީގަތާއި ފިޔަވަޅު އަޅަންޖެހޭ ސަބަބުގެ ގޮތުގައި ބަޔާން ކުރަނީ، ކުޑަކުދިންގެ ޕާކުގެ މަސައްކަތަށް އެއްބާރުލުން ނުލިބުމެވެ. 02 ޖުލައި 2020 ގައި ދިން އިންޒާރާއި ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢަމަލުތަކަށް ބަދަލެއް އައިސްފައި ނުވާކަމަށްބުނެ، 01 އޮކްޓޯބަރ 2020 އިންޒާރުގައި ޙަވާލާދީ ފައިވެއެވެ. މިމައްސަކަތަށް ހިނގާދިޔަ 05 މަސްދުވަހުގެ ތެރޭގައި ސަޢީދުގެ އެއްބާރުލުން ނުލިބޭ ކަމަށްވެސް ބަޔާން ކުރެއެވެ. މިލިޔުމަކީ 26 ނޮވެމްބަރު 2020 ގައި ތައްޔާރުކޮށްފައ އޮތި ލިޔުމެކެވެ.
25ޕްރިސިޑެންސް 6މަތީގައި ބަޔާންވެދިޔަ ލިޔުމާއި ގުޅިގެން، 17 ނުކުތާގެ ސިޓީއެއް ޢަބްދުﷲ ސަޢީދުގެ ފަރާތުން، 02 ޑިސެމްބަރު 2020 ގައި ފ.ފީއަލީ ކައުންސިލަށް ފޮނުވާފައިވެއެވެ. އެލިޔުމުގައި ބަޔާންކުރާ އެއްވެސް ކަމަކަށް އެއްވެސް ސިފައެއްގައި ފ.ފީއަލީ ކައުންސިލުންވެސް އަދި ސިވިލް ސަރވިސް ކޮމިޝަނުންވެސް ރިޢާޔަތް ކުރިކަމެއް އެނގޭކަށް ނެތެވެ.
26ޕްރިސިޑެންސް 5ދެވޭ އިންޒާރަކާއި ގުޅިގެން ޖަވާބުދާރީވުމުގެ ފުރުޞަތު ދޭނަމަ، އެފުރުޞަތަކީ އިންޒާރު ދިނުމުގެ ކުރިން ދެވެންޖެހޭ ފުރުޞަތެކެވެ. މިގޮތުން ދެވޭ އިންޒާރުތަކަކަށް ބިނާ ކޮށްގެން، ވަޒީފާއިން ވަކިކުރަން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނވާނަމަ، ފޮނުވަނު ޖެހޭނީ، އެއިންޒާރުތައްދިނުމަށް ފަހުގައެވެ. ނަމަވެސް ކަންވެފައި އޮތްކަމަށް ދައްކަނީ އެހެނެއް ނޫނެވެ. ސަޢީދު ވަޒީފާއިން ވަކިކުރެއްވި ޗިޓްގައި އޭނާ ވަޒީފާއިން ވަކިކުރެއްވުމަށް ކޮމިޝަނުގައި ފ.ފީއަލީ ކައުންސިލުން އެދިފައިވަނީ 00646/TER/2020-R (15 ސެޕްޓެމްބަރު 2020) ލިޔުމުންކަމަށް ބަޔާންކުރެއެވެ. މިއިން އަންގައިދޭ ކަމަކީ، 01 އޮކްޓޯބަރ 2020 ގައި ދެވަނަ އިންޒާރު ދިނުމުގެ ކުރިން އަދި 26 ނޮވެމްބަރު 2020 ގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމުގެ ކުރިން އަދި އެލިޔުމާއ ގުޅިގެނި ސަޢީދުގެ ފަރާތުނު 02 ޑިސެމްބަރު 2020 ގައި، ލިޔުމުން ދިން ޖަވާބު ހުށަހެޅުމުގެވެސް މާކުރިން، ސަޢީދު ވަޒީފާއިން ވަކިކުރުމަށް ފ.ފީއަލީ ކައުންސިލުން ކޮމިޝަނުގައި އެދިއްޖެކަމެވެ. ވީމާ، އިންޒާރު ދިނުމާއި ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުމާއި މިކަންކަމަކީ، މާކުރިން ނިމިފައިވާ ކަމެއްގެ މަތި އޮމާންކުރުމުގ ގޮތުނެ ކޮށްފައިވް ކަންތައްތަކެއް ކަމުގައި ނޫނީ ނުފެނެއެވެ.
27ވީމާ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވާކަމަށް ބަޔާންކޮށް ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ގަވާއިދަށް ޙަވާލާދީ ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކަކީ އެއްވެސް ޤާނޫނީ އަސާސަކަށް ބިނާވާ ވާހަކަތަކެއް ކަމަކަށް ނުފެނުނެއެވެ. ކޮމިޝަނުން ޙަވާލާދޭ، ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ ؛
(ބ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ، މުވައްޒަފަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައީ ފުރިހަމަކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން ކަށަވަރުކުރުމަށްފަހުގައެވެ.
28ޤާނޫނުގައި ބަޔާނި މިކުރާ ގޮތަކަށް ސަޢީދު ވަޒީފާއިން ވަކި ކުރުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ސިވިލް ސަރވިސް ކޮމިޝަނުން ކަށަވަރުކޮށްފައި އޮތްކަމަށް ބުރައެއް ނުވެއެވެ. އެކަމަށް ބާރުދޭ ކަމެއްގެ ގޮތުގައި އަހުރެންނަށް ފެންނާން އޮތީ، ސިވިލް ސަރވިސް ކޮމިޝަނުން ސަޢީދު ވަޒީފާއިން ވަކިކުރަން ފޮނުވި ޗިޓްގައި ލިޔެފައި އޮތް "މިޗިޓް ތައްޔާރު ކުރެވިފައިމިވަނީ، މަސްއޫލު އޮފީހުން ކޮމިޝަނަށް ފޮނުވާފައިވާ މަޢުލޫމާތުގެ މައްޗަށް ބަލައިގެންނެވެ. މި މަޢުލޫމާތު ޞައްޙަނޫންކަމަށް ސާބިތުވެއްޖެނަމަ، މި ޗިޓް ބާޠިލު ކުރެވޭނެއެވެ." މި ޢިބާރާތެވެ. މާނައަކީ، ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ ފ.ފީއަލީ ކއުންސިލުނ ހުށަހެޅް ހުށަހެޅުމުގަ މައްޗަށް ބިނާކޮށް އެކަންކަން ކަށަވަރު ކުރުމަކާއި ނުލައެވެ.
29މަސްއޫލު އޮފީހުން ކޮމިޝަނަށް ފޮނުވި މަޢުލޫމާތުގެ ޞައްޙަކަން މަތިމަތިން ނަމަވެސް ބަލާލެވިފައި އޮތްނަމަ، ޖަވާބުދާރީވުމުގެ ފުރުޞަތު ދިންކަމަށް ބަޔާންކޮށްފައިވާ ލިޔުމުގެ ތާރީޚާއި ދެވަނަ އިންޒާރު ދީފައި އޮތް ތާރިޚާއި އޭގެ މާކުރިން ސަޢީދު ވަޒީފާއިން ވަކިކޮށްދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ލިޔުން ފޮނުވާފައި އޮތްކަން ސިވިލް ސަރވިސް ކޮމިޝަނަށް ފާހަގަވީހެވެ.
30ޕްރިސިޑެންސް 7މުވައްޒަފަކާއި ވަޒީފާއެއް ޙަވާލުކުރާއިރު، އެވަޒީފާގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަކުރުން އަކުރަށް ވަޒީފާގެ އެއްބަސްވުމުގައި ނުވަތަ ވަޒީފާގެ ބަޔާނުގައި ހިމެނުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. ވީމާ، ވަޒީފާގެ އެއްބަސްވުންތަކުގައި ނޫނީ ވަޒީފާގެ ބަޔާނުގައި އެވަޒފާއީ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކަތްތަކާއި ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތައް ޝާމިލުކޮށް ބަޔާންކުރުމުގައި "ހުރިހާ ކަމެއް" ހިމެނިގެންދާ ފަދައަކުން އަކުރެއް ނުވަތަ މާއްދާއެއް އޮވެދާނެއެވެ. މިސާލަކަށް އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ހުށަހަޅާފައިވާ ޢަބްދުﷲ ސަޢީދުގެ ވަޒީފާގެ ބަޔާނުގައި އެ ވަޒީފާގެ "މައިގަނޑު މަސައްކަތް" ތައް ކަމަށް ބަޔާން ކޮށްފައި ވާއިރު 07 ވަނަ ކަމެއްގެ ގޮތުގައި ؛ " ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން ." މިފަދައިން ބަޔާންކޮށްފައި އޮވެއެވެ. ވީމާ، ވަޒީފާގެ ބަޔާނުގައި އޮތް ގޮތުން، "ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރު ލުނ"... ދިނުމަކީ މުވައްޒަފު ކުރަންޖެހޭ ކަމެކެވެ. މީގެ މާނައަކީ މިސްކިތު މަސައްކަތު ވަޒީފާގައި ހުރި މީހަކަށް ކައުންސިލުން ފާސްކުރާ ނިންމުންތަކުގައި ބަޔާން ކުރާ ކޮންމެ މަސައްކަތްތަކެއް ކުރަންޖެހުން ހެއްޔެވެ؟
31ކައުންސިލުން ފާސްކުރާ ކަމެއްގައި ހިމެނޭ ކޮންމެ ކޮންމެ ކަމެއް ކުރަންޖެހޭ ގޮތަށް ވަޒީފާގެ ބަޔާން މާނަ ކުރެވިދާނެ ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ. އެކަން މާނަ ކުރަންޖެހޭނީ، އެމުވައްޒަފެއްގެ ވަޒީފާގެ ދާއިރާގެ ތެރެއިން ކުރުމަށް ނިންމާ އެކަށީގެންވާ ކަންކަން ޝާމިލުވާ ގޮތަށެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން، ފ.ފީއަލީ ކައުންސިލް އިދާރާއަށް 02 ޑިސެމްބަރު 2020 ގައި ހުށަހެޅި "ޖަވާބު" ލިޔުމުގައި، ބަޔާންކުރާ ގޮތުން، ވަޒީފާގެ ބަޔާނުގައި ހިމެނިފައިވާ ކަންކަމުގެ އިތުރުން، މިސްކިތާއި ގުޅުން ހުރި ކަންކަން އޭނާ ދަނީ ކުރަމުންނެވެ. މިގޮތުން، ފ.ފީއަލީ މަސްޖިދއު ރަޙްމަތުގައް އެލްމެނިއަމް ދޮރުހަރުކުރިއިރު، މުށި ނެއްޓިފައިވާ ހުރިހާ ތަނެއްގައި މުށިޖެހުމުގެ މަސައްކަތް ކުރީ މުވައްޒަފުންކަމަށް ބަޔާން ކުރެއެވެ. މީގެ އިތުރުން، މިސްކިތުގައި ކުރަންހުރި ކަންކަން ކުރުމަށް ފައިސާ ހޯދުމަށް މުވައްޒަފުން މަސައްކަތް ކުރިއިރު އެމަސައްކަތުގައި ބައިވެރިވިކަމަށް ބަޔާންކުރެއެވެ.
32ވީމާ، އެމުވައްޒަފެއްގެ މަސައްކަތުގެ ވާޖިބުތަކާއި ދާއިރާގެ ތެރެއިން ކުރުމަށް ނިންމާ އެކަށީގެންވާ ކަންކަން ޝާމިލުވެގެން ދާގޮތަށް ކައުންސިލުން ފާސްކުރާ ކަންކަން ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމުގެ ތެރޭގައި ހިމެނިގެން ދިޔަޔަސް، ރަށުގައި ކުރަންޖެހޭ ޢުމްރާނީ މަސައްކަތްތަކާއި އެނޫންވެސް ރަށުތެރެއިން ދައްކާލި ކޮންމެ މަސައްކަތަކީ އެމުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ކަމުގައި މާނައެއް ނުކުރެވޭނެއެވެ. ރަށުގައި ޢިމާރާތް ކުރަން ޖެހޭ މިސްކިތެއް ޢިމާރާތް ކުރުމަކީ ކައުންސިލަށް ނިސްބަތްވާ މުވައްޒަފުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކައުންސިލުން ނިންމައިފިނަމަ، ދެންވާނީ ކިހިނެތް ހެއްޔެވެ؟ ވީމާ، އެމުވައްޒަފެއްގެ ވަޒީފާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދެނެގަތުމުގައި، ސަބަބު ވެރިހަމައަކުން ކަންކަމާމެދު ގޮތް ނިންމުމަކީ ކުރަންޖެހޭ ކަމެކެވެ.
33ޕްރިސިޑެންސް 8ވީމާ، މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތަކާއި ރަށެއްގެ އުމްރާނީ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ބައިވެރި ނުވެގެން، މުވައްޒަފަކު ވަޒީފާއިން ވަކި ކުރާން ނިންމާއިރު، ނުކޮށްގެން އުޅޭކަމަށް ބަޔާންކުރާ މަސައްކަތް ކުށުގެ ޢަމަލަކަށް ވެގެންދަނީ އޭނާ އަދާކުރަންޖެހޭ ވަޒީފާއާގުޅޭ ގޮތުން ކިހިނެތްތޯ ސާފުކޮށް ދެނެގަތުމަކީ މުވައްޒަފަކާމެދު ފިޔަވަޅެއް އެޅުމުގެ ކުރިން ޚާއްޞަކޮށް އިޞްލާޙު ނުވެގެން ވަޒީފާއިން އެމުވައްޒަފަކު ވަކި ކުރާނަމަ، އެކަން ކުރުމުގެ ކުރިން ކޮމިޝަނުން ކުރަންޖެހޭ ކަމެއްކަން ސަބަބުވެރި ހަމައަކުން ބަލާއިރުވެސް ޤަބޫލުކުރެވެއެވެ. ސަޢީދުގެ ފަރާތުން، 09 ޖުލައި 2020 އަދި 22 ޑިސެމްބަރު 2020 ގައި މިކަމާއިމެދ ސުވާލު އުފައްދާ ކޮމިޝަނަށް ސިޓީ ފޮނުވައފައި އޮތްއިރު، މިކަންކަމާމެދު ބެލުމަށް ކޮމިޝަނަށް ފުރުޞަތު ލިބިފައި އޮންނާނެ ކަމަށް ދެކެމެވެ.
34ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:150/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާ ގެ މައްޗަށު ބިނާކޮށް އެނިންމުމަށް ބަދަލެއް ގެންނާންޖެހޭ ތަނެއް ނެތެވެ.
35މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
36މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
37މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 37 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ (3) އަދި (ބ)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ށ) ގެ ވަޒީފާގެ ކުށުގެ ދަރަޖަ 2 ގެ (1) ގެ 1.1
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ ވަޒީފާގެ ކުށުގެ ދަރަޖަ 3 ގެ 20
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އާޔަތުﷲ ޙުސައިން، ނަޝްމާ ވަޙީދު، ސީނިއަރ ލީގަލް ކައުންސިލ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ނައުޝާދު ޢަބްދުލްޢަޒީޒް
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް