ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/199
2017/HC-A/199، 2017/HC-A/199
2017/HC-A/199 (2017/HC-A/199, High Court of the Maldives, 20 April 2017)
2017/HC-A/199
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން (145-J/MD/2017/2060) މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 10 ދުވަހަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް އަމުރުކުރިއެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް ނުރައްކާވާފަދަ ޙަމަލާއެއް ދިނުމަށް ރޭވިކަމުގެ (ޓެރަރިޒަމްގެ) ތުހުމަތުގައި އިބްރާހީމް ޙަނީފް ބަންދުކުރުމަށް އެދިފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުންނަން ޖެހޭކަމަށް 2012/HC-A/263 ގައިވާ އުޞޫލާއި، ބަންދަކީ ޤާނޫނު ހުއްދަކުރާ މަޤްޞަދެއްގައި ކޮންމެހެން ޟަރޫރީ ކަމެއްގައި އެންމެ ކުރު މުއްދަތަށް ކަމަށް 2010/SC-A/20 ގައިވާ އުޞޫލާ ޚިލާފަށް އަމުރު ނެރެފައިވާ ކަމަށެވެ. ދައުލަތުން ބުނީ، ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށެވެ.
މައިގަނޑު ސުވާލު
ޓެރަރިޒަމްގެ ތުހުމަތުގައި (ހައިކޯޓުގެ ފަނޑިޔާރަކަށް ޙަމަލާދިނުމަށް ރޭވިކަމުގެ ތުހުމަތު) މީހަކު މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދާއި ސުޕްރީމް ކޯޓުގެ 2010/SC-A/20 ގެ އުޞޫލުތަކާ ޚިލާފުތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ޤާއިމް، އިސްތިއުނާފު ބަލައިނުގަނެވި
ތުހުމަތުކުރެވޭ ކުށަކީ ޒާތާއި ތަބީޢަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއްކަމާއި، ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ފުލުހުން ހުށަހަޅާފައިވާކަމުން، ދޫވެފައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއްކަމުގައި ބެލެވޭތީ އަމުރަށް ބަދަލު ނުގެނައެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ކުށުގެ ޒާތާއި ތަބީޢަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއްގެ ތުހުމަތުގައި، ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާނަމަ، މައްސަލައިގެ ބާވަތަށާއި ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށާއި ސުޕްރީމް ކޯޓުގެ 2010/SC-A/20 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް މިހިނދަށް ދޫވެފައި ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ބެލެވެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/20 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2012/HC-A/263 ޤަޟިއްޔާ (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް