ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/496
2016/HC-A/496، 2016/HC-A/496
2016/HC-A/496 (2016/HC-A/496, High Court of the Maldives, 21 March 2018)
2016/HC-A/496
މައްސަލައިގެ ޚުލާޞާ
ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ގޭގެ ޢިމާރާތް ދެފަރާތަށް ހަމަހަމައަށް ބައިކޮށް ކޮންމެ ފަރާތަކަށް 793 އަކަފޫޓް ކަނޑައަޅައި، ކުލީގެ ފައިސާ ލިބިދިނުމަށް އެދުނު ބައި ސާބިތުނުވާތީ ބަލައިނުގަތެވެ.
ސުނާމީއާ ގުޅިގެން ރ.ދުވާފަރުގައި ދީފައިވާ ގެއެއްގައި ދިރިއުޅުމަށް ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، އެގެ ކުއްޔަށްދީގެން ލިބުނު ފައިސާއިން ބައި ލިބިދިނުމަށް އެދި އިސްތިއުނާފު ރައްދުވި ފަރާތުން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ގެ ދެބައިކުރުމަކީ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތި ކުރި ނިންމުމެއް ކަމަށާއި، ވަގުތީ ރަޖިސްޓްރީގައި ނަން ހިމެނުނު ގޮތަށާއި، ވާރުތައިގެ އުޞޫލުތަކަށާއި، ސުނާމީ ގޯތިގެދޮރު ހަމަޖެއްސި އުޞޫލަށް ރިޢާޔަތްނުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ގެއަށް ވަދެ ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި ކުލީގެ ފައިސާއިން ބައި ލިބިދިނުމަށް ހުށަހެޅި ދަޢުވާއެއްގައި، ދަޢުވާކުރި ފަރާތް އެދިފައިނުވާ ގޮތަކަށް ގެ ދެފަރާތަށް ހަމަހަމައަށް ބައިކޮށްދީ ދަށުކޯޓުން ޙުކުމްކުރުމަކީ ޞައްޙަ ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމުގެ ބައެއް ބާޠިލުކުރި (ގެ ބައިކޮށްދިން ބައި)
ދަޢުވާ ފޯމަށް ބަލާއިރު ދަޢުވާކުރި ފަރާތް އެދިފައިވަނީ ގެއަށް ވަދެ ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި ކުލީގެ ފައިސާ ލިބިދިނުމަށް ކަމުން، އޭނާ އެދިފައިނުވާ ގޮތަކަށް ގެ ހަމަހަމައަށް ބައިކޮށްދިނުމަކީ ދަޢުވާގެ ޞީޣާއާ ޚިލާފު ނިންމުމެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޢާއްމު އުޞޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާކުރުމުގައި ޢަމަލުކުރަމުންދާ ގޮތަކީ ހުށަހެޅޭ ދަޢުވާފޯމުގައި ބަޔާންކުރާ ދަޢުވާގެ ޞީޣާއަށް ބެލުމަށްފަހު، އެހުށަހެޅުނު ދަޢުވާއާމެދު ޝަރީޢަތުން ފައިޞަލާކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ދަޢުވާކުރި ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި އެދި ހުށަހަޅާފައިނުވާ ގޮތަކަށް (ގެ ދެފަރާތުގެ މެދުގައި ހަމަހަމަވާ ގޮތަށް ބައިކޮށްދީ) ކުރާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް