ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/360
2016/HC-A/360، 2016/HC-A/360
2016/HC-A/360 (2016/HC-A/360, High Court of the Maldives, 9 May 2018)
2016/HC-A/360
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ދެ ލިޔުމުން ތެދު މަޢުލޫމާތު ސާބިތުނުވާތީއާއި، ފޯމާއެކު ހުށަހެޅީ ގޭގެ ވެރިފަރާތުގެ ސޮއިނެތް އަމިއްލަ ލިޔުމެއް ކަމުން، ފްލެޓް ދިނުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް.
ވެށިފަހި މާލެ ޕްރޮގްރާމުގެ "ސީ" ކެޓަގަރީން ފްލެޓަށް އެދުނު ފަރާތް ދާއިމީ ލިސްޓުގައި ހިމެނިފައިވަނިކޮށް، އޭނާ މާލޭގައި ދިރިއުޅުނު މުއްދަތާބެހޭ ދެ ލިޔުމުގައި ފުށުއަރާ މަޢުލޫމާތު ހުރުމުން އެ ބަޔަށް ޕޮއިންޓް ނުދީ ލިސްޓުން ނަން އުނިކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ ދިރިއުޅުނު މުއްދަތު އެނގޭ ލިޔުން 20 ޖޫން 2012 ގައި ހުށަހެޅިކަން ދައުލަތުން ޤަބޫލުކުރާއިރު އެކަމަށް ރިޢާޔަތްނުކުރި ކަމަށާއި، ލިޔުންތަކުގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމަކީ ދަޢުވާގެ މައުޟޫޢުން ބޭރުން ނިންމި ނިންމުމެއް ކަމަށާއި، ލިޔުން ދޫކުރި ފަރާތުގެ ބަސް ނުހޯދި ކަމަށް.
މައިގަނޑު ސުވާލު
ވެށިފަހި މާލެ ޕްރޮގްރާމުގެ "ސީ" ކެޓަގަރީގެ ފްލެޓަށް އެދުނު ފަރާތަށް، މާލޭގައި ރަޖިސްޓްރީނުވެ ދިރިއުޅުނު މުއްދަތަށް ޕޮއިންޓް ނުދިނުން ޞައްޙަތޯއާއި، ލިޔުންތަކުގެ ޞައްޙަކަމާމެދު ދަށުކޯޓުން ގޮތެއް ކަނޑައެޅުމަކީ ދަޢުވާގެ މައުޟޫޢުން ބޭރުން ނިންމި ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އިސްތިއުނާފުކުރި ފަރާތް އަމިއްލައަށް ލިޔެ ހުށަހެޅި ލިޔުމާއި ފަހުން ހުށަހެޅި ސިޓީގައި ތަފާތު ބޮޑު ފުށުއެރުންތަކެއް ހުރުމުން ޕޮއިންޓް ނުދިނުމަކީ އުޞޫލާ ޚިލާފު ނިންމުމެއް ނޫން؛ ޕޮއިންޓް ނުދިން ސަބަބު ދައުލަތުން ފާހަގަކޮށްފައިވާތީ އޭގެ ޞައްޙަކަމާމެދު ނިންމުމަކީ ދަޢުވާގެ މައުޟޫޢުން ބޭރުން ނިންމި ނިންމުމެއް ނޫން.
ކަނޑައެޅުނު އުޞޫލުތައް
- ދެވަނައަށް ހުށަހެޅި ލިޔުމުގައިވާ މަޢުލޫމާތަކީ ފޯމު ހުށަހެޅި ފަރާތް އަމިއްލައަށް ވެފައިވާ އިޤްރާރާ ފުށުއަރާ މަޢުލޫމާތު ހިމެނޭ ލިޔުމެއްކަމުން، އެ ލިޔުމުގައި މާލޭގައި ދިރިއުޅުނު މުއްދަތުކަމަށް ބަޔާންކުރާ މުއްދަތަށް ޕޮއިންޓް ނުދިނުމަށް ނިންމާފައިވާ ނިންމެވުމަކީ ކަނޑައެޅިފައިވާ އުޞޫލާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ކަނޑައެޅޭނެ ހަމައެއް ނެތް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ޢާއްމު އުޞޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާ ކުރުމުގައި ޢަމަލު ކުރަމުންދާގޮތަކީ ހުށަހެޅޭ ދަޢުވާގެ ސީޣާއަށް ބެލުމަށްފަހު، އެ ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއިއެކު، ދަޢުވާގައި އެދިފައިވާ ކަންތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެ މަތީން އެދިފައިވާ އެކަންތަކުގެ މައްޗަށް ޙުކުމް ކުރެއްވުން، ދަޢުވާގައި އެދިފައިވާ ކަންކަމަކީ ކޯޓަށް ސާބިތުނުވާ ކަންތައްތަކެއް ކަމުގައި ވެއްޖެނަމަ، ދަޢުވާގައި އެދިފައިވާ ގޮތަށް ޙުކުމް ކުރެވެން ނެތްކަމަށް ނުވަތަ އެކަންކަން ސާބިތު ނުވާކަމަށް ޙުކުމް ކުރެއްވުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ދަޢުވާކުރެވޭ ސީޣާގައި ނުހިމެނުނު ނަމަވެސް ދެފަރާތުން ޝަރީޢަތުގެ މަޖިލިސްގައި ދައްކާ ވާހަކަތަކުން އެކަމަކީ ޙުކުމުގައި ހިމަނަން ޖެހޭ ކަމެއްކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ އެކަންކުރަނީ އެކަން އެގޮތަށް ކުރަން ޖެހުނު މަޞްލަޙަތެއް ނުވަތަ ސަބަބެއް ބަޔާން ކުރުމަށް ފަހުގައި. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ދަޢުވާކުރި ފަރާތުން ހުށަހެޅި ލިޔުމަށް ބުރަދަން ދެވިފައިނުވި ސަބަބު ދަޢުވާލިބުނު ފަރާތުން ފާހަގަކޮށްފައިވާއިރު، އެ ލިޔުމަށް ބުރަދަން ނުދީއޮތް ސަބަބާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅުއްވާފައިވުމަކީ ދަޢުވާގެ މައުޟޫޢުން ބޭރުން ނިންމި ނިންމުމެއްކަމަށް ބަލަންޖެހޭ ސަބަބެއް ނޫން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ވެށިފަހި މާލެ އޮފީހުގެ ނަންބަރު (IUL)138/1/2012/33 (21 މެއި 2012) އިޢުލާން
- ހައިކޯޓުގެ 2010/HC-A/47 ޤަޟިއްޔާ
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް