ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/253
2016/HC-A/253، 2016/HC-A/253
2016/HC-A/253 (2016/HC-A/253, High Court of the Maldives, 29 November 2017)
2016/HC-A/253
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ލިޔުންތަކާއި ހެކިބަހުން ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، 450,000 ރުފިޔާ 5 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރިއެވެ.
ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފި ފަރާތުން އުޅަނދު ބޭނުންކުރުމުގައި އުޅަނދަށް ގެއްލުން ލިބުނު ކަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 450,000 ރުފިޔާ ހޯދުމަށް އުޅަނދުގެ ވެރި ކުންފުނިން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޙުކުމަކީ ޝަރުޢީ އިޖުރާއާތުތަކާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ރޫޙާ ޚިލާފު ނިންމުމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޔަށް ހިފި ލޭންޑިންގ ކްރާފްޓަށް ލިބުނު ގެއްލުމުގެ ބަދަލު ކުއްޔަށް ހިފި ފަރާތުން ދިނުމަށް ސިވިލް ކޯޓުން ކުރި ޙުކުމަކީ، ހެކި ހުށަހެޅިފައިވާ ގޮތާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފު ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އިސްތިއުނާފުކުރި ފަރާތުގެ އެދުމުގައި ހެދި ސާރވޭ ރިޕޯޓުގައި މަރާމާތު ޚަރަދަށް ބަޔާންކުރި ޢަދަދަށްވުރެ މަދު ޢަދަދެއް ނަގައިދީފައިވާކަމާއި، އުޅަނދަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލާނެކަމަށް އިސްތިއުނާފުކުރި ފަރާތުން ސިޓީއަކުން އަންގާފައިވާތީ ޙުކުމަށް ބަދަލު ނުގެނެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީޢަތުން ނަގައިދީފައިވަނީ ދަޢުވާގައި އެދިފައިވާ ޢަދަދުކަމާއި، އެ ޢަދަދަކީ ދަޢުވާލިބޭ ފަރާތުގެ އެދުމުގެ މަތިން ހަދާފައިވާ ސާރވޭ ރިޕޯޓުގައި އުޅަނދު މަރާމާތުކުރުމަށް ދާނެކަމަށް ބަޔާންކޮށްފައިވާ ޢަދަދަށްވުރެ މަދު ޢަދަދެއްކަން އެނގެން އޮތުމުން، އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ކުއްޔަށް ހިފި އުޅަނދަށް ތަކެތި ލޯޑުކުރުމުގައި އަދި އަންލޯޑުކުރުމުގައި ލިބޭ ގެއްލުމުގެ ޒިންމާ އުފުލާނެކަމަށާއި ގެއްލުމެއް ލިބިއްޖެނަމަ އެގެއްލުމުގެ ބަދަލު ދޭނެކަމަށް ކުއްޔަށް ހިފި ފަރާތުން ލިޔުމުން އަންގާފައިވާނަމަ، އުޅަނދަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އެފަރާތުން ނަގާފައިވާކަން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް