ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/334
2016/HC-A/334، 2016/HC-A/334
2016/HC-A/334 (2016/HC-A/334, High Court of the Maldives, 29 November 2017)
2016/HC-A/334
މައްސަލައިގެ ޚުލާޞާ
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން، ވެހިކަލުގެ ސްޓިކަރުތަކުގެ މުއްދަތު ހަމަވި 2013 ނޮވެމްބަރާ ހަމައަށް 396 ދުވަހަށް ދުވާލަކަށް 1,000 ރުފިޔާގެ ރޭޓުން 396,000 ރުފިޔާ ދައްކަން ޙުކުމްކުރިއެވެ.
ދަޢުވާކުރި ފަރާތުގެ ފިއުލް ބައުޒަރެއް ދުވާލަކަށް 1,000 ރުފިޔާގެ ރޭޓުން ފެނަކަ ކޯޕަރޭޝަނަށް ކުއްޔަށް ދީފައިވާކަމަށް ބުނެ 990,000 ރުފިޔާ ހޯދުމަށް ދަޢުވާކުރި މައްސަލައެކެވެ. ފެނަކައިން ބުނީ ބައުޒަރު ކުއްޔަށް ހިފާފައި ނުވާކަމަށާއި، ހޮޅިއެއް ފަޅައިގެން ގޮސް ބޭނުންކުރެވޭ ޙާލަތުގައި ނޯވާކަމަށެވެ.
ފެނަކައިން ބުނީ ބައުޒަރު ކުއްޔަށް ނެގީ އެންމެ ދުވަހަކަށް ކަމަށާއި، purpose for fit ޟިމްނީ ޝަރުޠު ހަމަނުވާކަމަށާއި، ދުވާލަކަށް އަގު ކަނޑައަޅަން ހުއްދަ ދީފައި ނުވާކަމަށާއި، ވުޖޫދުގައި ނުވާ އެއްބަސްވުމަކަށް ރިޢާޔަތްކޮށް ނިންމާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ފިއުލް ބައުޒަރެއް ދުވާލަކަށް 1,000 ރުފިޔާގެ ރޭޓުން ވަކި މުއްދަތެއް ނެތި ކުއްޔަށް ނަގާފައިވާކަމަށް ދަށުކޯޓުން ކަނޑައެޅުމަކީ ހުށަހެޅުނު ހެކި ޤަރީނާއިން ސާބިތުވާ ކަމެއްތޯ؛ އަދި ކުލީގެ އެއްބަސްވުމެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކޮން ފަރާތަކުންތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް ބަދަލު ގެނައި (3 ދުވަހުގެ ކުލި 3,000 ރުފިޔާ ދައްކަން ކަނޑައެޅި)
ދަޢުވާއަށް އިންކާރުކޮށްފައިވާތީ ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރި ފަރާތުގައެވެ. އެއްބަސްވުމުގެ މުއްދަތާއި ކުލި ފަދަ އަސާސީ ކަންތައްތައް ސާބިތުކޮށްދެވިފައި ނުވާތީ ދަޢުވާ ސާބިތެއް ނުވެއެވެ. ނަމަވެސް 3 ދުވަހު ބައުޒަރު ބޭނުންކުރިކަން ހެކިބަހުން ސާބިތުވާތީ އެ 3 ދުވަހުގެ ކުލި ދައްކަން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ ދަޢުވާތައް ޝަރީޢަތަށް ސާބިތުވާނީ އެކަމެއް ހިނގާފައިވާކަމަށް ބޮޑަށް ބުރަވެވޭ މިންވަރަށް ޝަރީޢަތަށް އެކަމެއް ސާބިތުކޮށްދިނުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ކ))
- ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތެއް ނޫނެވެ. އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ކ))
- ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ ދަފްޢު (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ދަފްޢެއް ކުރާ ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ކ))
- ހުށަހެޅި ދަޢުވާއަށް ދަޢުވާ ރައްދުވާ ފަރާތުން އިންކާރުކޮށްފައިވާނަމަ، އެ ދަޢުވާ ސާބިތުކުރުމުގެ ބުރަ ޝަރީޢަތުގެ ކުރިމަތީގައި އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ކ))
- ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެވިފައިވާކަމަށް ދަޢުވާކުރާ ފަރާތުން ބުނާއިރު، އެ އެއްބަސްވުމުގެ މުއްދަތާއި ކުއްޔާއި މަރާމާތުކޮށް ބެލެހެއްޓުން ފަދަ އެއްބަސްވުމުގެ އަސާސީ ކަންތައްތައް ބަޔާންކުރެވިފައިވާ ގޮތެއް ސާބިތުކޮށް ދެވިފައި ނުވާނަމަ، އެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ހުށަހަޅާ ދަޢުވާ ޝަރީޢަތަށް ސާބިތެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ކ))
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް