ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/33
2016/HC-A/33، 2016/HC-A/33
2016/HC-A/33 (2016/HC-A/33, High Court of the Maldives, 18 July 2016)
2016/HC-A/33
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅައި ތުހުމަތުކުރެވޭ ފަރާތް 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގިކަމަށް ބުނެ، ޤާނޫނު ނަންބަރު 12/2009 ގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ދަޢުވާ އުފުލި މައްސަލައެކެވެ. ތުހުމަތުކުރެވޭ ފަރާތް ދަޢުވާއަށް އިންކާރުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހެކިންނާ ސުވާލުކުރުމާއި ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުސަތު ނުދީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑަށް ހެކި ވަޒަންނުކޮށް މައްސަލަ ނިންމި ކަމަށާއި، ވަކީލަކު ހޯދުމުގެ ޙައްޤު ގެއްލުނު ކަމަށާއި، ކުއްޖާގެ ހެކިބަސް ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއާ ޚިލާފަށް ނެގި ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މައްސަލައެއްގައި، ތުހުމަތުކުރެވޭ ފަރާތަށް ވަކީލަކު ހޯދުމުގެ ޙައްޤާއި، ދައުލަތުގެ ހެކިންނާ ސުވާލުކުރުމާއި ދިފާޢީ ހެކި ހުށަހެޅުމުގެ ޙައްޤު ދީފައިވޭތޯއާއި، ކުއްޖާގެ ހެކިބަސް ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާއާ އެއްގޮތަށް ނަގާފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ވަކީލަކު ހޯދުމަށް ފުރުޞަތު ދީފައިވާތީ އެ ޙައްޤު ގެއްލިފައި ނުވެއެވެ. ނަމަވެސް ދައުލަތުގެ ހެކިންގެ ހެކިބަސް ނެގި މަޖިލީސްތަކަށް ތުހުމަތުކުރެވޭ ފަރާތް ހާޒިރުނުކުރުމާއި، ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައިވާކަން ނޭނގުމާއި، ކުއްޖާގެ ބަޔާން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައިވާ ގޮތަށް ނެގިކަން ނޭނގުމާއެކު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ޙައްޤުތައް ގެއްލިފައިވާތީ ޙުކުމް ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަކީލަކު ހަމަޖެއްސުމަށް ތުހުމަތުކުރެވޭ ފަރާތް އެދުނު ފަދައިން ޝަރީޢަތުން އޭނާއަށް މުއްދަތެއް ދީފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ވަކީލަކު ހުށަހެޅިފައިނުވާތީ ވަކީލަކު ހުށަހަޅަން ބޭނުންނުވާކަމަށް އޭނާ ބުނެފައިވާނަމަ، ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤުން އޭނާ މަޙްރޫމްކޮށްފައިވާކަން އެނގެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ށ))
- ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އަށް ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ނ))
- ހެކިންގެ ހެކިބަސް ނެގި މަޖިލީސްތަކަށް ތުހުމަތުކުރެވޭ ފަރާތް ހާޒިރުނުކޮށް، އެ ހެކިންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ފުރުސަތާއި ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުސަތު ނުދީ، 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންގަނޑަށް ހެކި ވަޒަންކުރުމަކާ ނުލާ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ނ)؛ ނިންމުމުގެ ޕެރެގްރާފް)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއިން، އެޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެކުއްޖާއަށް ފަރިތަ މާޙައުލެއްގައި، އެކުއްޖާ ދެކެ ފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން، އެ އިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ
- ބެންޗު
- އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް