ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/270
2016/HC-A/270، 2016/HC-A/270
2016/HC-A/270 (2016/HC-A/270, High Court of the Maldives, 25 October 2017)
2016/HC-A/270
މައްސަލައިގެ ޚުލާޞާ
ވަކިކުރީ މުވައްޒަފުގެ އެދުމުގެ މަތިންކަމާއި ނޯޓިސް މުއްދަތުގެ މުސާރަ ދިނުމަށް ކުންފުނި އެއްބަސްވިކަން ސާބިތުނުވާތީ އެ ފައިސާ ނަގައިނުދީ، ވަޒީފާގައި އުޅުނުކަމުގެ ލިޔުމާއި ވަކިކުރިކަމުގެ ލިޔުމާއި ލިބެން ނެތް އެލަވަންސް 4100 ރުފިޔާ ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރި.
ވަޒީފާދޭ ކުންފުނިން މުވައްޒަފަށް 3 މަސްދުވަހުގެ ނޯޓިސް ދިނުމުން، ނޯޓިސްގެ ބަދަލުގައި 3 މަހުގެ މުސާރައާއި ޢިނާޔަތްތައް ދީގެން ވަކިކޮށްދިނުމަށް މުވައްޒަފު ސިޓީއަކުން އެދުނު؛ އެ ފައިސާ ނުދީ ވަކިކުރުމުން ފައިސާއާއި ވަޒީފާގައި އުޅުނުކަމުގެ ސިޓީ ހޯދުމަށް ޓްރައިބިއުނަލަށް ހުށަހެޅި.
އިސްތިއުނާފުކުރި ފަރާތުން ބުނީ ނޯޓިސް މުއްދަތުގެ މުސާރައާއި ޢިނާޔަތްތައް ދިނުމަށް އެއްބަސްވެފައިވާކަން ސާބިތުނުވާކަމަށް ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 އަދި 5 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދިނުމަށްފަހު މުވައްޒަފުގެ އެދުމުގެ މަތިން ވަކިކުރުމުން، ނޯޓިސް މުއްދަތުގެ ބަދަލުގައި 3 މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް ދިނުމަށް ވަޒީފާދޭ ފަރާތުން އެއްބަސްވެފައިވާކަން ސާބިތުނުވާކަމަށް ޓްރައިބިއުނަލުން ކަނޑައެޅުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
މުވައްޒަފުގެ ސިޓީގައި ވަކިކޮށްދިނުމަށް ސަރީޙަކޮށް އެދިފައިވާއިރު، 3 މަހުގެ މުސާރައަކީ ޤާނޫނީ ހަމައަކުން ދިނުން ލާޒިމްވާ ފައިސާއެއްކަން ނުވަތަ އެ ފައިސާ ދިނުމަށް ބަނދެވޭ އެއްބަސްވުމެއް ވެވިފައިވާކަން ދައްކާ ޙުއްޖަތެއް ހުށަނާޅާތީ ޓްރައިބިއުނަލުގެ ނިންމުމަކީ ޚިލާފު ނިންމުމެއް ނޫން.
ކަނޑައެޅުނު އުޞޫލު
- ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތުން ނޯޓިސް ދިނުމުން، މުވައްޒަފު ސަރީޙަ ޢިބާރާތުން ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ނޯޓިސް މުއްދަތަށްވާ މުސާރަ ލިބޭނެގޮތް ހަމަޖައްސައިދިނުމަށް ސިޓީއަކުން އެދުނު ނަމަވެސް، އެ މުސާރައަކީ ޤާނޫނީ އެއްވެސް ހަމައަކުން ވަޒީފާދޭ ފަރާތުން ދިނުން ލާޒިމްވާ ފައިސާއެއްކަން އެނގެންނެތުމުގެ އިތުރަށް، ވަޒީފާއިން ވަކިކުރުމުގެ ކުރިން އެ ފައިސާ ދިނުމަށް ދެފަރާތުގެ މެދުގައި ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ވެވިފައިވާކަން ދަލީލުކޮށްދޭ އެއްވެސް ޙުއްޖަތެއް ނުދައްކާނަމަ، ވަޒީފާދޭ ފަރާތުން އެ ފައިސާ ދިނުމަށް އެއްބަސްވެފައިވާކަން ސާބިތުނުވާކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ އަދި 5 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ނުކުތާގައި)
- ޤާނޫނު ނަންބަރު 2008/25 (ވަޒީފާއާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) (ޓްރައިބިއުނަލުގެ ނިންމުމުގައި)
- ބެންޗު
- އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް