ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/154
2016/HC-A/154، 2016/HC-A/154
2016/HC-A/154 (2016/HC-A/154, High Court of the Maldives, 2 May 2017)
2016/HC-A/154
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމަންޓް އުވާލި ކަމަށް ދައުލަތުން އެންގި އެންގުމަކީ އެ އެއްބަސްވުމާ ޚިލާފު ބާޠިލް އެންގުމެއްކަމަށް ކަނޑައެޅިއެވެ.
ބިމެއްގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް 2007 ގައި ވެވުނު ލީޒް އެގްރިމަންޓާ ގުޅޭ ޚިލާފުތަކާއި، ސުޕްރީމް ކޯޓުގެ 2013/SC-A/26 ޙުކުމާ ގުޅިގެން ގުޅުންހުރި ފަރާތްތަކާ ދެމެދު ހުރި މައްސަލަތައް ކޯޓުން ބޭރުން ޙައްލުކުރުމަށް، 2013 ޑިސެމްބަރުގައި ސެޓްލްމަންޓް އެގްރިމަންޓާއި، އެ ބިމުގެ ބަދަލުގައި ފަޅެއް ދިނުމާއި އެހެނިހެން ކޮންސެޝަންސް ހިމެނޭ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމަންޓް ވެވި، ފަހުން އެ ޙައްޤުތައް އިސްތިއުނާފު ރައްދުވާ ކުންފުންޏަށް ބަދަލުކުރެވުނެވެ. ގުޅުންހުރި ކުންފުންޏަކުން ދައުލަތާ ދެކޮޅަށް މައްސަލަ ކުރިއަށް ގެންދިއުމުން، ސެޓްލްމަންޓް އެގްރިމަންޓް އުވާލި އުވާލުމުގެ އަސާސްއަށް ބަލައި 2015 ފެބްރުއަރީގައި ދައުލަތުން އެމެންޑެޑް ލީޒް އެގްރިމަންޓް އުވާލިއެވެ.
ދައުލަތުން، އެއްބަސްވުމެއް މާނަކުރަންވާނީ މަޤްޞަދަށް ބަލައިކަމަށް (العبرة في العقود بالمقاصد والمعاني لا بالألفاظ والمباني)، ދަށު ކޯޓުން ސެޓްލްމަންޓް އެގްރިމަންޓުގެ މަޤްޞަދަށް ރިޢާޔަތްނުކުރިކަމަށާއި، ސެޓްލްމަންޓް އެގްރިމަންޓް ބާޠިލްވުމުން އޭގެ ދަށުން ދެވުނު ކޮންސެޝަންސް ދެމިނުދާނެކަމަށާއި، އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ ނަމަވެސް މަޤްޞަދާ ޚިލާފުވުމުން އެއްބަސްވުން އުވާލެވިދާނެކަމަށް ބުންޏެވެ.
މައިގަނޑު ސުވާލު
ސެޓްލްމަންޓް އެގްރިމަންޓެއްގެ ދަށުން ކޮންސެޝަންސް ދިނުމަށް ވެވުނު އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމަންޓް، ގުޅުންހުރި ފަރާތަކުން ދައުލަތާ ދެކޮޅަށް މައްސަލައެއް ކުރިއަށް ގެންދިއުމުން އެ އެއްބަސްވުމުގެ މައިގަނޑު މަޤްޞަދާ ޚިލާފުވިކަމަށް ބުނެ ދައުލަތުން އުވާލުމަކީ، އެ ޙާލަތު އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތަސް، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމަންޓަށް ވާޞިލުވީ ކޯޓުން ބޭރުން ޚިލާފުތައް ޙައްލުކުރުމާއި، ގުޅުންހުރި ފަރާތްތަކުން ދައުލަތާ ދެކޮޅަށް ދަޢުވާ ނުކުރުމުގެ ޔަޤީންކަން ލިބުމުގެ މަޤްޞަދުގައިކަމުން، ގުޅުންހުރި ކުންފުންޏެއްގެ 70% ހިއްސާ އޮންނަ ކުންފުންޏަކުން ދައުލަތާ ދެކޮޅަށް މައްސަލަ ކުރިއަށް ގެންދިއުމަކީ އެ މަޤްޞަދާ ޚިލާފުވުމެއްކަމަށާއި، އެ ޙާލަތުގައި އެއްބަސްވުން އުވާލުމަކީ ޚިލާފު ކަމެއް ނޫންކަމަށާއި، އޭގެ ނަތީޖާއަކީ އިނީޝިއަލް ލީޒް އެގްރިމަންޓަށް ރުޖޫޢަވުންކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސެޓްލްމަންޓް އެގްރިމަންޓުގެ ބޭނުމަށް ގުޅުންހުރި ފަރާތެއް (affiliated party) ކަމަށް ބަލަންޖެހޭ ފަރާތަކުން ދައުލަތާ ދެކޮޅަށް މައްސަލަ ހުށަހެޅުމަކީ (ކުރިއަށް ގެންދިއުމަކީ)، ކޯޓުން ބޭރުން މައްސަލަތައް ޙައްލުކުރުމުގެ މަޤްޞަދުގައި ކޮންސެޝަންސް ދިނުމަށް ވެވުނު އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމަންޓަށް ވާޞިލްވި މައިގަނޑު މަޤްޞަދާ ވެފައިވާ ޚިލާފެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- އެގްރިމަންޓްވުމުގެ މައިގަނޑު މަޤްޞަދާ ޚިލާފުވުމަކީ އެގްރިމަންޓް އުވާލެވިދާނެ ޙާލަތެއްކަމަށް އެގްރިމަންޓްގައި ބަޔާންކޮށްފައި ނެތްނަމަވެސް، އެއީ އެގްރިމަންޓްގައި ބަޔާންކޮށްފައިނުވާ އިސްތިސްނާ ޙާލަތެއްކަމަށް ބަލަންޖެހޭ ހިނދު، އެގްރިމަންޓްގެ މައިގަނޑު މަޤްޞަދު ނެތިގޮސްފައިވާ ޙާލަތުގައި އެގްރިމަންޓް އުވާލުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފު ކަމެއްކަމަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ކޮންސެޝަންސް ދިނުމަށް ވެވުނު އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމަންޓް އުވާލުމުގެ ނަތީޖާއަކީ، އެ އެއްބަސްވުމުގެ ދަށުން ދީފައިވާ އެންމެހާ ކޮންސެޝަންސްތަކެއް ބާޠިލްވެ، ދެ ފަރާތް ދެމެދު ވެފައިވާ އިނީޝިއަލް ލީޒް އެގްރިމަންޓަށް އަނބުރާ ރުޖޫޢަވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/26
- ސިވިލް ކޯޓުގެ ނަންބަރު C/2010-1476/Cv
- ސިވިލް ކޯޓުގެ ނަންބަރު C/2011-459/Cv
- ޚިލާފު ރައުޔު
- ނެތް