ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/128
2016/HC-A/128، 2016/HC-A/128
2016/HC-A/128 (2016/HC-A/128, High Court of the Maldives, 24 April 2016)
2016/HC-A/128
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ދެފަރާތުގެ މެދުގައި 3 މަސްދުވަހަށް ވުރެ ކުރުނޫން ނޯޓިސްއެއް ދޭންޖެހޭ ޟިމްނީ އެއްބަސްވުމެއް ވާކަމަށާއި، ފޮނުވާފައިވާ ނޯޓިސް ބާޠިލު ކަމަށެވެ. 18 މަސްދުވަހުގެ ނޯޓިހާއި ގުދަނާއި އިސްކަމާ ބެހޭ އެދުންތައް ބަލައިނުގަތެވެ.
ދައުލަތުން އިބްރާހީމް ޚަލީލަށް 2003 ގައި އެއް އަހަރަށް ކުއްޔަށްދިން މާލޭ ހުޅަނގު ބަނދަރުގެ ފިހާރައެއް، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް ކުލި ބަލައިގަނެ ބޭނުންކުރަން ދޫކޮށްފައި އޮތުމަށްފަހު، 27 ދުވަހުގެ ނޯޓިހަކުން ތަން ހުސްކުރުމަށް ދައުލަތުން އެންގިއެވެ.
ދައުލަތުން ބުނީ ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ޙުކުމްކުރި ކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި މާލިއްޔަތު ގަވާއިދުގެ 6.05 (ރ) އަށް ރިޢާޔަތް ނުކޮށް ޟިމްނީ އެއްބަސްވުމެއް ވާކަމަށް ނިންމި ކަމަށާއި، ކިތާބީ ހެއްކެއް ނެތި އެހެން ފަރާތެއްގެ އެއްބަސްވުމަކަށް ރިޢާޔަތްކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ދައުލަތުގެ ފިހާރައެއް ކުއްޔަށްދިން އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، ދައުލަތާއި ކުއްޔަށް ހިފި ފަރާތާ ދެމެދު ތަން ހުސްކުރުމަށް 3 މަސްދުވަހުގެ ނޯޓިސް ދޭންޖެހޭ ޟިމްނީ އެއްބަސްވުމެއް ވުޖޫދުވެފައިވޭތޯ، އަދި ދައުލަތަށް ދަޢުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދަށުކޯޓުން ދީފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
2003 ގެ އެއްބަސްވުމުގެ މުއްދަތު 2004 ގައި ހަމަވެފައިވާއިރު، މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާފަދަ ކުލީގެ އެއްބަސްވުމެއް ދެފަރާތުގެ މެދުގައި ވެފައިވާކަން ލިޔެކިޔުންތަކުން ނޭނގޭތީ، ނޯޓިސް ބާޠިލުކުރި ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައަކީ ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމާއި، އެއެއްބަސްވުމުގެ ފަހުން އުފެދުނު ކަންތައްތަކަކާ ގުޅޭ، އެދެފަރާތް ހިމެނޭ މައްސަލައެއްކަން ދަޢުވާ ފޯމަށާއި އިސްތިއުނާފަށް ބެލުމުން އެނގެންއޮންނަކަމުން، އެމައްސަލާގައި ތިންވަނަ ފަރާތްތަކުގެ މަޞްލަހަތު އޮތްކަމަށް ނުފެންނާތީ، މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުމަށް ޝަރީޢަތަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ހ))
- ދަށުކޯޓުން ޙުކުމްކުރައްވާފައިވަނީ ދައުލަތަށް މައްސަލާގައި މައުޟޫއީ ގޮތުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަކާނުލައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާތީ، ހައިކޯޓުގައި މައްސަލަ ބެލިއިރު މައްސަލައިގެ މައުޟޫޢާ ގުޅިގެން ވާހަކަ ދެއްކުމަށް މައްސަލާގައި ހިމެނޭ ފަރާތްތަކަށް ފުރުސަތުދެވި، ވާހަކަ ދައްކާފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ނ))
- ވަކި ވަކި ފަރާތްތަކަކާއެކު ހެދިފައިވާ އެއްބަސްވުންތަކުން، ދަޢުވާކުރާ ފަރާތާއެކު އެއްބަސްވުމެއް ވެފައިވާކަން އެނގެންނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ރ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި، ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ ކޮންޓްރެކްޓަކީ ވަކިމިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއްނޫންކަމަށް ބަޔާންކޮށްފައިވާއިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.05 ވަނަ މާއްދާގެ (ރ) ގައި، ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ ކުއްޔަށް ހިފާފަރާތާ ކުއްޔަށް ދޫކުރާފަރާތާ ދެމެދު ވެވޭ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެފަދަ އެއްބަސްވުމެއްގައި ހުންނަންވާނެ މަޢުލޫމާތުތައް އެމާއްދާގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ބ))
- ދައުލަތާއި ކުއްޔަށް ހިފި ފަރާތާ ދެމެދު ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާފަދަ އެއްބަސްވުމެއް އެދެފަރާތުގެ ދެމެދުގައި ވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންނެތްނަމަ، 3 (ތިނެއް) މަސްދުވަހަށް ވުރެ ކުރު ނޯޓިސްއެއްކަމުގައިވާތީ ތަން ހުސްކުރުމަށް ފޮނުވާފައިވާ ނޯޓިސްއަކީ ބާޠިލް ނޯޓިސްއެއްކަމުގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5(ބ))
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.05 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް