ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/375
2015/HC-A/375، 2015/HC-A/375
2015/HC-A/375 (2015/HC-A/375, High Court of the Maldives, 23 January 2017)
2015/HC-A/375
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ޕްރޮމޯޓްކުރުމުގެ ދަފްޢާއި ދެ ޝަޚްޞެއްކަމުގެ ދަފްޢު ސާބިތުނުވާކަމަށް ބަލައި، 25,703.25 ރުފިޔާ އެއް މަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރެއްވިއެވެ.
ޕާޗޭސް އޯޑަރެއްގެ ދަށުން (މުދާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކާނެކަމަށް ސޮއިކޮށް) ވިއްކި މުދަލުގެ އަގުން ބާކީ 25,703.25 ރުފިޔާ ހޯދުމަށް މިޔާމީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރިއެވެ. އިންވޮއިސްތައް ދޫކޮށްފައިވަނީ 'މިޔާމީ ޓްރޭޑަރސް' ގެ ނަމުގައެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، 'البينة على المدعي واليمين على من أنكر' ގެ ޝަރުޢީ އުޞޫލާ ޚިލާފަށް، އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް މަތީ ކޯޓުތަކުގެ ނިންމުންތައް ރަނގަޅުނޫން ގޮތަކަށް ތަޠުބީޤުކޮށް މައްސަލަ ނިންމާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ވިއްކި މުދަލުގެ ބާކީ އަގު ހޯދުމަށް ކުރި ދަޢުވާގައި، މުދާ ލިބުނުކަން އިންކާރުނުކޮށް އެއީ ޕްރޮމޯޓްކުރުމަށް ފޮނުވި މުދާކަމަށް ބުނާ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކާކު ކަމާއި، ކުންފުނީގެ ވިޔަފާރި ނަމެއްގައި ދޫކުރި އިންވޮއިސްއާ ގުޅިގެން ކުންފުންޏަށް ދަޢުވާކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
މުދާ ލިބުނުކަމާއި އަގު ނުދައްކާކަން އިންކާރުނުކުރާތީ ޕްރޮމޯޓްކުރުމުގެ ވާހަކައަކީ ދަފްޢެއްކަމުން، އެ ބުރަ އޮތީ އިސްތިއުނާފުކުރި ފަރާތުގެ މައްޗަށެވެ؛ އެކަން ސާބިތުނުކުރެވުނެވެ. މިޔާމީ ޓްރޭޑަރސް އަކީ ކުންފުނީގެ ވިޔަފާރި ނަމެއްކަމުން ދެ ޝަޚްޞެއްކަން ސާބިތުކުރުން ލާޒިމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާގައިވާ މުދާ ލިބިފައިވާކަމާއި އެމުދާތަކުގެ އަގު ދައްކާފައިނެތްކަން ދަޢުވާލިބޭ ފަރާތުން ދެއްކި ވާހަކަތަކުން އެނގެން އޮތުމުން، އެއީ ޕްރޮމޯޓްކުރުމުގެ ގޮތުން ފޮނުވި މުދާތަކެއްކަމަށާއި އެމުދަލުން ބައެއް އަނބުރާ ރައްދުކުރިކަމަށް ބުނާ ބުނުމަކީ ދަޢުވާލިބޭ ފަރާތުން ކުރިމަތިކުރާ ދަފްޢެއް ކަމުން، އެ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަފްޢު ހުށަހެޅި ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދަފްޢު ހުށަހެޅި ފަރާތް ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ފާހަގަކޮށްފައިވާކަން އެނގެން ނެތުމުން، އެ ދަފްޢު އެ ފަރާތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުންފުންޏަކުން ހިންގާ ވިޔަފާރި ނަމަކާއި ވިޔަފާރީގެ ބޭނުމަށް ހިންގޭ ފިހާރަ ފަދަ ތަންތަނަކީ ޤާނޫނީ ގޮތުން ވަކި ޝަޚްޞެއް ނޫން ކަމުން، އެ ވިޔަފާރި ނަމާއި ކުންފުންޏަކީ ޤާނޫނީ ދެ ޝަޚްޞެއްކަން ސާބިތުކުރުމަކީ ލާޒިމްކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް