ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/366
2015/HC-A/366، 2015/HC-A/366
2015/HC-A/366 (2015/HC-A/366, High Court of the Maldives, 28 February 2017)
2015/HC-A/366
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ، ޚަބަރު ޝާއިޢުވުމަކީ ދަޢުވާލިބޭ ފަރާތުން މަޢުލޫމާތު ހާމަކުރިކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމަށާއި، އަބުރަށް ގެއްލުން ލިބިފައިވާކަމަށް ކަނޑައެޅޭ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް.
ސަން އޮންލައިން ނޫހުގައި، ދަޢުވާލިބޭ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައެއްގެ ވާހަކަ ޚަބަރަކަށް ލިޔުނުއިރު، އޭގެ ސަބަބުން އަބުރަށް ގެއްލުން ލިބުނުކަމަށް ބުނެ އެޗް.ޑީ.އެފް.ސީން ބަދަލު ހޯދުމަށް ދަޢުވާކުރި. ދަޢުވާލިބޭ ފަރާތުން ބުނީ ނޫހަށް އެފަދަ ވާހަކައެއް ދީފައި ނުވާކަމަށް.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ދޮގު މައްސަލައެއް ކޮމިޝަނަށް ހުށަހަޅައި ތަފްޞީލު މީޑިއާއަށް ހާމަކުރީ ދަޢުވާލިބޭ ފަރާތްކަން ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑުން ސާބިތުވާއިރު، ދަށުކޯޓުން ހެކި ވަޒަންނުކުރިކަމަށް.
މައިގަނޑު ސުވާލު
ނޫހެއްގައި ޝާއިޢުކުރި ޚަބަރަކުން އަބުރަށް ގެއްލުން ލިބުނުކަމަށް ބުނެ ހުށަހެޅި ދަޢުވާގައި، އެ ޚަބަރަކީ ދަޢުވާލިބޭ ފަރާތުން ދިން މަޢުލޫމާތެއްގެ މައްޗަށް ލިޔުނު ޚަބަރެއްކަން ސާބިތުނުވާކަމަށް ބުނެ ބަދަލު ނުދިނުމަށް ސިވިލް ކޯޓުން ކުރި ނިންމުމަކީ ހެކި ވަޒަންނުކޮށް ކުރި ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޚަބަރުގައި މަޢުލޫމާތު ލިބުނު ވަސީލަތެއް ބަޔާންކޮށްފައި ނުވާކަމާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު ނޫސްތަކަށް ކޮމިޝަނުން ދެމުންދާކަން ކޮމިޝަނުގެ ސިޓީން އެނގޭކަމާއި، ޚަބަރަކީ ދަޢުވާލިބޭ ފަރާތް ދިން މަޢުލޫމާތެއްގެ މައްޗަށް ލިޔުނު ޚަބަރެއްކަމަށް ބުރަވެވޭ ހެކި ހުށަހަޅާފައިނުވާތީ، ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކޯޓުން ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ސާބިތުކޮށްދިނުމުގެ ޒިންމާ އަދާކުރަންޖެހޭނީ އެ މައްސަލައެއް ހުށަހެޅި ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- އަބުރަށް ގެއްލުން ލިބުނުކަމަށް ބުނެ ހުށަހަޅާ ދަޢުވާއެއްގައި، ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ދަޢުވާލިބޭ ފަރާތް ދީފައިވާ މަޢުލޫމާތެއްގެ މައްޗަށް ލިޔެފައިވާ ޚަބަރެއްކަމަށް ބުރަވެވޭ މިންވަރުގެ ހެކި ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާނަމަ، ދަށުކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ބެލެވޭފަދަ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް