ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/35
2015/HC-A/35، 2015/HC-A/35
2015/HC-A/35 (2015/HC-A/35, High Court of the Maldives, 6 March 2017)
2015/HC-A/35
މައްސަލައިގެ ޚުލާޞާ
ފައިސާ ހިފަހައްޓާފައިވަނީ ސްކޯޕްގެ މަސައްކަތެއް ނުނިމިގެން ނޫންކަމަށާއި، އުނިކަމެއް ކޮންޓްރެކްޓަރުގެ މަސައްކަތުގެ ސަބަބުން ކަން ސާބިތުކުރުމަކީ ހިފަހައްޓާ ފަރާތުގެ ޒިންމާއެއް ކަމަށާއި، ޑިފެކްޓް ލައިބިލިޓީ މުއްދަތު ހަމަވެފައިވާތީ 5% ހިފެހެއްޓުމުގެ ޙައްޤު ފިލައިގެންފައިވާކަމަށް ކަނޑައަޅައި، US$192,009.44 ދައްކަން ސިވިލް ކޯޓުން ޙުކުމްކުރިއެވެ؛ ވޭރިއޭޝަންގެ ގޮތުގައި އެދުނު US$11,524.73 ނުނަގައިދިނެވެ.
ރިޒޯޓެއްގައި މެކޭނިކަލް އެންޑް އިލެކްޓްރިކަލް މަސައްކަތް ކުރުމަށް 05 އޯގަސްޓް 2009 ގައި ލެޓަރ އޮފް އެވޯޑެއްގެ ދަށުން ވެވުނު އެއްބަސްވުމުގެ މަސައްކަތް ނިންމުމަށްފަހު، ބާކީ ނުލިބިހުރި US$397,488.16 ހޯދުމަށް ޔޮންސަން އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރިއެވެ. އިސްތިއުނާފުކުރި ފަރާތުން ބުނީ މަސައްކަތުގައި އުނިކަންތައްތައް ހުރިކަމަށެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅި ލިޔުންތަކަށް ރިޢާޔަތްނުކޮށް ޙުކުމްކުރިކަމަށާއި، ދަޢުވާ ސާބިތުކުރުމުގެ ޒިންމާ ދަޢުވާ ރައްދުވާ ފަރާތަށް އަޅުވާލުމަކީ މަދަނީ މިންގަނޑާ ޚިލާފު ކަމެއްކަމަށެވެ. ރައްދުވި ފަރާތުން ބުނީ މަސައްކަތް ނިމި ސެޓިފިކޭޝަން ފުރިހަމަކޮށް ޑިފެކްޓްސް ލައިބިލިޓީ މުއްދަތު ހަމަވެފައިވާކަމަށާއި، ޝަކުވާތަކަކީ މޫސުމީ ގެއްލުންކަމަށެވެ.
މައިގަނޑު ސުވާލު
ކޮންޓްރެކްޓަރު ކުރި މަސައްކަތުގައި އުނިކަންތައްތައް ހުރިކަމަށް ބުނެ ބާކީ ފައިސާ ހިފަހައްޓާ ފަރާތުން އެކަން ސާބިތުކުރަން ޖެހޭތޯއާއި، ޑިފެކްޓް ލައިބިލިޓީ މުއްދަތު ހަމަވުމަށްފަހު ރިޓެންޝަން ފައިސާ ހިފެހެއްޓޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދެފަރާތުން ބަދަލުކުރި އީމެއިލްތަކުން މަސައްކަތް ނިމި، ސެޓިފިކޭޝަން ޕްރޮސެސް ފުރިހަމަކޮށް، ޑިފެކްޓްސް ލައިބިލިޓީ މުއްދަތު ހަމަވެފައިވާކަން އެނގެއެވެ. ތިންވަނަ ފަރާތެއްގެ އެހީގައި މަސައްކަތް ނިންމިކަމުގެ ހެއްކެއް އިސްތިއުނާފުކުރި ފަރާތުން ހުށަނާޅައެވެ. ބާކީ 5% ދޭނީ ޑިފެކްޓް ލައިބިލިޓީ މުއްދަތަށްފަހު ކަމަށްވާއިރު އެ މުއްދަތު ހަމަވެފައިވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮށްފައިވާ މަސައްކަތުގައި ޑިފެކްޓްސް ހުރުމުން ތިންވަނަ ފަރާތެއްގެ އެހީއާއެކު މަސައްކަތް ނިންމާފައިވާކަމަށް ބުނާނަމަ، ތިންވަނަ ފަރާތެއްގެ އެހީއާއެކު މަސައްކަތް ފުރިހަމަ ކުރި ކަމެއް ނުވަތަ ނުނިމި ހުރި މަސައްކަތަށް ހެދީ ކިހިނެއް ކަމެއް ސާބިތުކޮށްދިނުމަށްޓަކައި ހެކި ދަށު ކޯޓުގައި ހުށަހަޅަންޖެހޭނީ އެކަން ބުނާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- ކޮށްފައިވާ މަސައްކަތްތަކަށް ދިމާވާ 'އުނި' ކަންތައްތަކުގެ ޒިންމާގެ ބަދަލުގައި ހިފެހެއްޓުމަށް އެއްބަސްވުން ހުއްދަކުރާ ފައިސާ ދޭނީ އުނި ކަންތައްތައް ރަނގަޅުކުރުމުން ނުވަތަ 'ޑިފެކްޓް ލައިބިލިޓީ' މުއްދަތަށްފަހު ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، އެމުއްދަތު ހަމަވެފައިވާނަމަ، އުނި ކަންތައްތަކުގެ ސަބަބުން އެ ފައިސާ ހިފަހައްޓާނެ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް