ސައިޓޭޝަން ކޮޕީ ކުރުމަށް
2013/HC-A/33
2013/HC-A/33، 2013/HC-A/33
2013/HC-A/33 (2013/HC-A/33, High Court of the Maldives, 7 November 2016)
2013/HC-A/33
މައްސަލައިގެ ޚުލާޞާ
އަގުމަގުކޮށް އުނިއިތުރު ހަމަޖައްސައިގެން ފިރިހެނަކަށް ދެބައި އަންހެނަކަށް އެއްބައި ލިބޭގޮތަށް ތަރިކަ ބަހައި، ބިން ވާރިޘުންނަށް ބައިކޮށް، އިތުރަށް ނެގި ފަރާތްތަކުން ފައިސާ ދައްކަން ކަނޑައަޅާފައިވެއެވެ.
ނިޔާވި މީހެއްގެ ތަރިކަ ވާރިޘުންގެ މެދުގައި ބަހައިދިނުމަށް ވާރިޘަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ތަރިކައިގައި ބަންޑާރަ ގޯތްޗާއި ޢިމާރާތްތަކާއި އުފުލޭ މުދާ ހިމެނެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޢިމާރާތުން މަގުކަނޑާ އަގުކުރުމުން ފުރިހަމަ އަގު ނާރާކަމަށާއި، ސޮއިނުކޮށް އޮތް ބަޔާންތަކަށް ބަލައި މައްސަލަ ނިންމާފައިވާކަމަށާއި، އުފުލޭ މުދާ ތަރުތީބެއްނެތި ބަހާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ސޮއިނުކޮށް އޮތް ބަޔާންތަކަށް ރިޢާޔަތްކޮށް ތަރިކަ ބެހުމުގެ މައްސަލަ ނިންމުމަކީ ޚިލާފެއްތޯ، އަދި ތަރިކަ މުދާ އަގުކުރުމާއި އުފުލޭ މުދާ ބެހުމުގައި ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފުވެފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ސޮއިނުކުރި ބަޔާންތަކަށް ދެ ހެކިން ސޮއިކޮށްފައިވާތީ އެ ބަޔާންތަކަށް ރިޢާޔަތްކުރެވޭނެކަމަށާއި، އުފުލޭ މުދާ ބަހާފައިވަނީ ވާރިޘުން އެއްބަސްވި ގޮތަށްކަމަށާއި، ގޯތި ބަހާފައިވަނީ ގުރުއަތުލައިގެންކަމަށާއި، އަގުކުރީ އަގު ކޮމިޓީއަކުން ތަކެތީގެ ޙާލަތަށް ބަލައިކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތުގެ މަޖިލިހުގައި ދައްކާ ވާހަކައިގެ މަޙްޟަރުގައި ސޮއިކުރުމަށް އިންކާރުކޮށްފިނަމަ، އެ ބަޔާނަކީ އެ މީހަކު ދެއްކި ވާހަކައާ އެއްގޮތަށް ލިޔެވިފައިވާ ބަޔާނެއްކަމަށް ހެކިންގެ ގޮތުގައި ދެ މުވައްޒަފަކު ސޮއިކުރަންވާނެއެވެ. ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާންތަކުގައި ފަރާތްތަކުގެ ސޮއިނެތްނަމަވެސް، އެ ބަޔާންތަކަކީ އެ ފަރާތްތަކުން ދީފައިވާ ބަޔާންތަކެއްކަމަށް ބުނެ ދެ ހެކިން ހެކިދީފައިވާ ބަޔާންތަކަކީ އެ މައްޗަށް ރިޢާޔަތްކުރެވޭނެ ބަޔާންތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ތަރިކަ މުދާ އަގުކޮށްފައިވަނީ ތަކެތީގެ އައު ބައު މިނަށް ބަލައި، މަސައްކަތަށާއި ފެންވަރަށް ބެލުމަށްފަހުގައިކަން އަގު ކޮމިޓީގެ ރިޕޯޓުން އެނގެން އޮންނައިރު، ތަރިކަ މުދާ އަގުކުރުމުގައި ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފްވެފައިވަނީ ކިހިނަކުންކަން ބުނެދެވިފައިނުވާނަމަ، އެ އަގުކުރުމަކީ ޚިލާފެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6.0 2003) ގެ 228 ވަނަ މާއްދާގެ 4 ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީފައި)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް