ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/245
ބޭންކް އޮފް މޯލްޑިވްސް ވ. ޢަލީ ސިހާން ޙަސަން، 2023/HC-A/245
Bank of Maldives v. Ali Sihaan Hassan 2023/HC-A/245 (2023/HC-A/245, High Court of the Maldives, 23 October 2024)
ބޭންކް އޮފް މޯލްޑިވްސް ވ. ޢަލީ ސިހާން ޙަސަން
މައިގަނޑު ސުވާލު
ރަހުނު ނުހިމެނޭ ލޯނެއްގެ ބާކީ ފައިސާ ނަގައިދިން ސިވިލް ކޯޓުގެ ޣައިރު ޙާޟިރު ޙުކުމުގައި، ޙުކުމްކުރި ތާރީޚުގެ ފަހުން ލޯނަށް އަރަމުންދާ އިންޓްރެސްޓް ނަގައިނުދިނުމުން ޙުކުމަށް ބަދަލު ގެންނަންޖެހޭތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ޙުކުމްކުރި ތާރީޚުގެ ފަހުން އަރާ އިންޓްރެސްޓް އިތުރުކުރި)
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފުކުރާ ފަރާތުން އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާއެއް އަނބުރާ ގެންދިއުމަށް އެދުމުން، އެ ނުކުތާއާއި އެކަމާ ގުޅޭ އެދުން އުނިކޮށް، ބާކީ ނުކުތާގެ މައްޗަށް މައްސަލަ ބަލާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7.2.1، 16)
- ދަޢުވާކުރާ ފަރާތުން ހޯދަން އެދޭ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް ދަޢުވާ ރައްދުވާ ފަރާތުން ޝަރީޢަތުގައި އިޢުތިރާފުވެއްޖެނަމަ، އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވެއެވެ؛ އެހެންކަމުން، ޙުކުމްކުރި ތާރީޚުގެ ފަހުން ލޯނަށް އަރާ އިންޓްރެސްޓް ދައްކާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތް އިޢުތިރާފުވުމުން، އެ އިންޓްރެސްޓް އިތުރުކޮށް ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެނެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-21)
ޝަނީޒް ޢަބްދުﷲ ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4888 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ބޭންކް އޮފް މޯލްޑިވްސް ޕލކ (މީގެ ފަހުން "ބީ.އެމް.އެލް" ނުވަތަ "އިސްތިއުނާފުކުރާ)" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ނ. ލަންދޫ، […] / ޢަލީ ސިހާން ޙަސަން (މީގެ ފަހުން "ޢަލީ ސިހާން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. ދެފަރާތް ދެމެދު ކުރެވުނު މުޢާމަލާތް؛
2ޢަލީ ސ ހާންގެ އެދުމަކަށް، ކަނޑައެޅިފައިވާ ޝަރުޠުތަކަށް އެއްބަސްވެގެން ބީ.އެމް.އެލް އިން -20,000/ (ވިހިހާސް ރުފިޔާ) ގެ ލުއި އެކްސްޕްރެސް ލޯނެއް 09 މެއި 2021 ގައި ދޫކުރިއެވެ.
3އެހެންނަމަވެސް ބީ.އެމް.އެލް ޢަލީ ސިހާންއަށް ދޫކުރި ލޯނުގެ ފައިސާ ގަވާއިދާ އެއްގޮތަށް ދައްކަމުން ނުދާތީ ލޯނުގެ ފައިސާ ދެއްކުމަށް ބީ.އެމް.އެލް އިން ތަކުރާރުކޮށް އެންގުމުންވެސް، އެފައިސާ ދައްކާފައިނުވާތީ 12 ސެޕްޓެމްބަރ 2022 ގައި ލޯނު ފައިސާ ދެއްކުމަށް އަންގައި އެންމެފަހުގެ ނޯޓިސް ޢަލީ ސިހާންއަށް ފޮނުވިއެވެ. ރަޖިސްޓްރޭޝަން ނަންބަރު:22/1982-C އައި.ޑީ.ކާރޑް ނަންބަރު 202046A ބީ.އެމް.އެލް އިން ޢަލީ 12 ސެޕްޓެމްބަރ 2022 ގައި ފޮނުވި ފައިނަލް ނޯޓިސް
4އޭގެ ފަހުން ވެސް، ލޯނު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ މި ލޯނަށް ދައްކަންޖެހޭ އެންމެހާ ފައިސާ، އިންޓަރެސްޓާއި ޖ ރިމަނާގެ ފައިސާއާއެކުގައ އެކި އެއްފަހަރާ ލިބިގަތުމަށް އެދި އަލީ ސިހާންގެ މައްޗަށް ބީ.އެމް.އެލް އިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
5މަދަނީ އިޖުރާއަތުގެ ޤާނޫނާ އ އެއްގޮތްވާތުގެ މަތިން ސިވިލް ކޯޓުން ޢަލީ ސިހާންއަށް ދައުވާ ފޯމާއި ދަޢުވާ ފޯމާއެކު ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ރައްދުކުރެވިފައިވީނަމަވެސް، އަލީ ސިހާންގެ ފަރާތުން ދައުވާއަށް ރައްދުދީފައިނުވާތީ، ބީ.އެމް.އެލއިން މިމައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުނެވެ. ބީ.އެމް.އެލް އިން އެދިފައިވަނީ؛ .15- ބީ.އެމް.އެލްއިނ އަލް ސިހާންއަށް -/20،000ރ. (ވިހިހާސް ރުފިޔާ) ގެ ލޯނެއް ދކުރެވުނުކަމާއި، އެއްބަސްވުމާއި އެއްގޮތަށް ޢަލީ ސިހާން ބީ.އެމް.އެލްއަށ ލޯން ފައިސު ދައްކާފައިނުވާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައިދިނުމަށާއި، .25- މި ލޯނުގެ ފައިސާއާއި ސަރވިސް ޗާޖާއި ޖ ރިމަނާގެ ފައިސާ އެކުގައި އަދާކޮށް ލޯނު އެކައުންޓް ބަންދުކުރެވެންދެން ލޯނު އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަރަމުންދާނެ ސަރވިސް ޗާޖާއި ފައިސާ އާއި ލޯނު އެއްބަސްވުމުގައިވާ މާއްދާތައް ތަންފީޛުކުރުމުގެ ގޮތުން އަޅަންޖެހޭ ޤާނ ނ ފިޔަވަޅު އެޅުމާއި ގުޅިގެން ހިނގާ ހުރިހާ ޚަރަދުތަކާއި ދޭންޖެހޭ ފީތަކަކީ ޢަލީ ސިހާން ބީ.އެމް.އެލްއަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައިދިނުމަށާއި،
5.3- މިމައްސަލައިގައި ހިމެނޭ ލޯނާ ގުޅިގެން 13 ޖ ން 2023 އާ ހަމައަށް ލޯނުގެ ބާކީގައިވާ 19,692/06ރ (ނަވާރަހާސް ހަސަތޭކަ ނުވައެއް ރުފިޔާ ފަންސާސް ދޭއް ލާރި) އާއި، ލޯނު ދައްކައި ޙަލާސްކުރުމާއި ހަމައަށް އަރަމުންދާ އިންޓްރެސްޓާއި، ޖ ރިމަނާގެ ފައިސާއާއެކު އެންމެހާ އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު (އެންޓްރީ ނަންބަރު 5850) ޤާނ ނ ނަންބަރު 2021/32 ޣައިރު ޙާޟުރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމު (ފޯމު 26) ފައިސާއެއް ދައްކައި ޚަލާސްކުރުމުގެ ގޮތުން ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ފައިސާގެ އަދަދު ބީ.އެމް.އެލްއަށ ދައްކަމުންގޮސް ޙުކުމްކުރާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ލޯނާ ގުޅޭ އެންމެހައި ފައިސާއެއް ދައްކައި ޚަލާސްކުރުމަށް ޢަލީ ސިހާންއަށް އަންގަ އ ޙުކުމްކޮށްދިނުމަ ށެވެ. ސިވިލް ކޯޓުން އެމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4888 ޤަޟިއްޔާއިންނެވެ. ބީ. އެމް. އެލްގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައިމިވަނީ މިމައްސަލަ ސިވިލް ކޯޓުން ބަލައި ނިންމިގޮތެވެ. ސިވިލް ކޯޓނު ނިންމި ގޮތް:
6ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4888 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން، ނ.ލަންދޫ / ޗިޗަންޑާގެ، ޢަލީ ސިހާން ޙަސަން (ދ.ރ.އ ގެ އެދުމަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (ރަޖިސްޓްރޭޝަން ނަންބަރު:22/1982-C) އިން ލުއި އެކްސްޕްރެސް ލޯނު ދ ކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ޝަރުޠުތަކަކަށް އެއްބަސްވެގެން 09 މޭ 2021 ގައި -/20،000ރ. (ވިހިހާސް ރުފިޔާ) ގެ ލޯނެއް ޢަލީ ސިހާނ ޙަސަންއަށް ދކުރެވުނުކަމާއި، މިލޯނާއި ގުޅިގެން ޢަލީ ސިހާން ޙަސަންގެ ފަރާތުން އެއްބަސްވިގޮތަށް ލޯނު ފައިސާ ދައްކާފައިނުވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ބޭނ އޮފް މޯލްޑިވްސް އިން ލޯން ދ ކުރުމުގައި ކަނޑައެޅި ޝަރުޠުތަކާއި ޢަލީ ސިހާން ޙަސަން ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ޢަލީ ސިހާނ ޙަސަންއަށް ދ ކުރި ލުއި އެކްސްޕްރެސް ލޯނުގެ ފައިސާއާއި ސާރވިސް ޗާޖާއި ޖ ރިމަނާގެ ފައިސާ އެކުގައި އަދާކޮށް ލޯނު އެކައުންޓް ބަންދުކުރެވެންދެން ލޯނު އެއްބަސްވުން ބާޠިލުނުވެ ދެމިއޮންނާނެކަމަށް ކަނޑައަޅައި، ލޯނު އެއްބަސްވުމުގައިވާ މާއްދާތައް ތަންފީޛުކުރުމުގެ ގޮތުން އަޅަންޖެހޭ ޤާނ ނ ފިޔަވަޅު އެޅުމާ ގުޅިގެން ހިނގާ ހުރިހާ ޚަރަދުތަކަކާއި ދޭންޖެހޭ ފީ އަކީ ބޭންކ އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ޢަލީ ސިޙާނ ޙަސަން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، 21 ޖ ން 2023 ވަނަ ދުވަހުގެ ނިޔަލަށް ލޯނުގެ ބާކީގައިވާ 19,692/06ރ (ނަވާރަ ހާސް ހަ ސަތޭކަ ނުވަދިހަ ދެ ރުފިޔާ ހަ ލާރި) ދައްކަންޖެހި ނުދައްކައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ބެނުވުނު ފައިސާ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިނިޓެޑ ކޮމްޕެނީއަށް ލިބިދިނުމުގެ ގޮތުން މިއަދު (22 ޖޫން 2023) ން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި (22 ޖ ން 2024 ގެ ކުރިން) މި ލޯނާއި ގުޅޭ އެންމެހައި ފައިސާއެއް ދައްކައި ޚަލާޞްކުރުމަށް ޢަލީ ސިހާނ ޙަސަންއަށް އަންގައި، ޢަލީ ސިހާން ޙަސަންގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
7ޕްރިސިޑެންސް 1ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4888 ޤަޟިއްޔާ ނިންމާފައިވަނީ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.7. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 92 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ (i) ގެ ދަށުން އިންޓްރަސްޓް ނަންގަވައިދެއްވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
2.7. ބޭންކް އޮފް މޯލްޑިވް ޕލކ ލޓޑ އިން ކުރި ދަޢުވާގައި ޖ ރިމަނާ ނަންގަވައިދެއްވުމަށް ދަޢުވާ ފޯމުގައި އެދިފައިވާއިރު، ޤާނ ނ ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
7.2.1- 12 ސެޕްޓެމްބަރ 2024 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލައާއި ގުޅިގެން ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރަން މިހާރު ބޭނުންވަނީ އިސްތިއުނާފީ ފުރަތަމަ ނުކުތާކަމަށާއި، އިސްތިއުނާފީ ދެވަނަ ނުކުތާ އަނބުރާ ގެންދަން ބޭނުންވާތީ ދެވަނަ ނުކުތާ އުނިކޮށްދިނުމަށް އެދިފައިވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ އުނިކުރަން ބޭނުންވާ ސަބަބެއްކަމަށް ބުނެފައިވަނީ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ސިވިލް ކޯޓުން ޖ ރިމަނާގެ ފައިސާ ނަގާދީފައިނުވާތީ އެކަމާއި ގުޅިގެން އިސްތިއުނާފުކުރި ނުކުތާއެއް ކަމަށެވެ. ނަމަވެސް ފަހުން މައްސަލަ ދިރާސާކުރިއިރު ޖ ރިމަނާގެ ފައިސާ ކޯޓުން މައްސަލަ ނިންމެވިއިރު ނަގާދީފައިވާކަމަށް ފާހަގަކުރެވިފައިވތާ ބޭންކުން ބޭނުންވަނީ އެނުކުތާ އުނިކުރުމަށްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތގާ ތަފޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މވާހަކަތި ކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .18- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސލްގެ ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަކޮށްފައިވާނެކަމަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 262 ވަނަ މާއްދާގެ މަޤްސަދަކީ ޙުކުމްކުރާ ތާރީޚުން ފެށިގެން އިތުރަށް އިންޓްރެސްޓާއި އެހެނިހެން ޗާޖުތައް ނާރާގޮތަށް ޤާނޫނުގައި ކަނޑައެޅުން ނޫންކަން ޤާނޫނުގެ 69 ވަނަ މާއްދާގެ
(ނ) އާއި 92 ވަނަ މާއްދާގެ (ރ) ގެ (2) ގެ (iv) އަދި (v) އިން އެނގޭކަމަށާއި، ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ދައުވާގައި އެދޭ ޙާލަތުގައިވެސް އިންޓްރަސްޓާއިއެކ ފައިސު ނަގައިދިނުމަށް އެދުމުގެ ހުރަހެއް ނެތްކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 92 މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށާއި، މިދެ މާއްދާ އެކުގައި ކިޔާލުމުން އޭގެ ނަތީޖާއަކީ ޙުކުމްކުރެވޭއިރު، އެދުވަހާ ހަމައަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު ޙުކުމުން ފެންނަން އޮތް ކަމުގައިވީނަމަވެސް އިތުރަށް އިންޓްރެސްޓާއި އެހެނިހެން ޗާޖުތައް އަރަމުންދާނަމަ، އެފައިސާއަކީވެސ ކޯޓުން ނަގައިދޭންޖެހޭ ފައިސާއެއްކަމަށެވެ. އެހެންކަމުން އިންޓްރަސްޓްގ ގޮތުގައެ އަރަމުންދާ ފައިސާ ދެއްކުމަށްވެސް ޙުކުމް ކުރަންވާނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓގު ނަންބަރު 2022-CVC-4888 ޤަޟިއްޔާގެ ޙުކުމުގައި ޙުކުމްކުރި ތާރީޚުކަމަށްވާ 22 ޖޫން 2023 ގެ ފަހުން ލޯނަށް އަރާ އިންޓްރެސްޓް ސިވިލް ކޯޓުން ނަގައިދެއްވާފައިނުވަނީ ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 92 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ (i) އާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާއި ޚިލާފަށްކަމަށް ކަނޑައަޅާދެއްވުމަށާއި، އަދި ޢަލީ ސިހާން ގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދ ކޮށްފައިވާ ލުއި އެކްސްޕްރެސް ލޯޏަށް އަރަމުންދާ އިންޓްރެސްޓް ދެއްކުމަށް ޙުކުމްކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
14އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބގު ބުނެފައިވަނީ އޭނާ ހުރީ އިންޓްރެސްޓް ފައިސާ ދައްކާގޮތަށްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
15އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ މިމައްސަލަ ބޭންކް އޮފް މޯލްޑިވްސް އިން އެދިފައިވާ ގޮތަށް އިންޓްރެސްޓް ނަގަންޖެހޭ ގޮތަށް ނިންމާދެއްވުމަށްކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
16މި މައްސަލައާއި ގުޅިގެން ސިވިލްކޯޓުގެ ނަންބަރު 2022-CVC-4888 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ހުށަހަޅާފައިވާ ނުކުތއާށާއި، އެނުކުތއާއާ ގުޅިގެނި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވު ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ މިހާރު އުނިކޮށްފައިވާތީ އެދޭ ގޮތުގައި ޖޫރިމަނާގެ ބައިވެސް އުނިވާނެތީ، މިހާރު ބޭންކުން އެދެނީ ހަމައެކަނި އިންޓްރެސްޓް ފައިސާ ނަގައިދިނުމަށްކަމަށްވާތީ، އެދޭ ގޮތް ލިޔެފައިއެވަނީ ޖޫރިމަނާގެ ބައި އުނިކޮށްގެން 12 ސެޕްޓެމްބަރ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބޭންކުގެ ފަރާތުން އެދިފައިވާގޮތަށެވެ.
17އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ބީ.އެމް.އެލްގެ މައިގަނޑު ޝަކުވާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމުގެ މަތިން ބޭންކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދ ކޮށްފައިވާ ލުއި އެކްސްޕްރެސް ލޯނަށް އަރަމުންދާ އިންޓްރެސްޓް ސިވިލް ކޯޓުން މައްސަލަ ނިންމެވިއިރުގައި ނަގާދީފައިނުވާތީ އެކަމާއި ގުޅޭ ގޮތުންނެވެ.
18ޕްރިސިޑެންސް 2އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ބީ.އެމް.އެލްއިނ ހޯދުމަށް އެދިފައިވާ އިންޓަރެސްޓް އޭނާ ހުރީ ދައްކާގޮތަށްކަމަށެވެ.
19ޢަލީ ސިހާންގެ ފަރާތުން ބީ.އެމް.އެލްއަށް 21 ޖޫން 2023 ގެ ނިޔަލަށް 19,692/06ރ. (ނަވާރަހާސް ހަސަތޭކަ ނުވަދިހަ ދެ ރުފިޔާ ހަ ލާރި) ދައްކަންޖެހި ނުދައްކާ ވާކަން އެނގެއެވެ.
20އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ބީ.އެމް.އެލްގެ ފަރާތުން ހޯދުމަށް އެދިފައިވާ އިންޓްރެސްޓް ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް އިޢުތިރާފްވެފައިވތީ، މިފައިސާއަކީ ޢަލީ ސިހާން ގެ ފަރާތުން ބީ.އެމް.އެލްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުވެއެވެ. މައްސަލަ ނިންމުން:
21ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4888 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބީ.އެމް.އެލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެނިންމުމަށް ބައެއް އިތުރުކޮށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
22.މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
23.މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
24މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމށް ހުށަހެޅުމުގަ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް