ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/268
ބޭންކް އޮފް މޯލްޑިވްސް ވ. ޢަބްދުﷲ އާމިރު، 2023/HC-A/268
Bank of Maldives v. Abdhuﷲ Aamiru 2023/HC-A/268 (2023/HC-A/268, High Court of the Maldives, 16 October 2024)
ބޭންކް އޮފް މޯލްޑިވްސް ވ. ޢަބްދުﷲ އާމިރު
މައިގަނޑު ސުވާލު
ކްރެޑިޓް ކާޑުގެ ދަރަނި ސާބިތުކުރި ޣައިރު ޙާޟިރު ޙުކުމުގައި، ޙުކުމްކުރި ތާރީޚުން ފެށިގެން އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ދަޢުވާގައި އެދިފައިވާއިރު ނަގައިނުދިނުމަކީ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ދައްކަންޖެހޭކަމަށް އިތުރުކުރި)
ކަނޑައެޅުނު އުޞޫލު
- ދަރަނިވެރިޔާ ދައްކަންޖެހޭ ފައިސާއެއްކަމަށް އިޢުތިރާފުވެއްޖެނަމަ، އެ ފައިސާ (މި މައްސަލައިގައި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ) އޭނާ ދައްކަންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުވާނެއެވެ؛ އެހެންކަމުން، ދަށުކޯޓުގެ ޙުކުމަށް އިތުރުކޮށް ބަދަލު ގެނެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-18)
ސަލީމް ތާއީދު ކުރެއެވެ.) މައްސަލައިގެ ތަޢާރފަ
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3149 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ބޭންކް އޮފް މޯލްޑިވްސް ޕލކ ("ބީ.އެމް.އެލް" ނުވަތަ "އިސްތިއުނާފުކުރާ)" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ނ.ފޮއްދޫ، […] / ޢަބްދުﷲ ޢާމިރު އެވެ. ދެފަރާތް ދެމެދު ކުރެވުނު މުޢާމަލާތް؛
2ޢަބްދު ﷲ ޢާމިރު ބީ.އެމް.އެލްއަށް ވިސާ ގޯލްޑ ކްރެޑިޓް ކާޑަކަށް އެދި ހުށަހެޅިއެވެ. މިހުށަހެޅުމާއި އެއްގޮތަށް ޢަބްދުﷲ ޢާމިރުއަށް -/42،999ރ. (ސާޅީސ ދެހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) ގެ ކްރެޑިޓް ކާޑު ލިމިޓެއް ދޫކުރިއެވެ. އަދި 01 ޑިސެންބަރު 2021 ގައި ބީ.އެމް.އެލް އިން ދޫކުރި ވިސާ ގޯލްޑް ކްރެޑިޓް ކާޑާއި ޢަބްދުﷲ ޢާމިރު ހަވާލުވިއެވެ.
3އޭގެފަހުން، ޢަބްދުﷲ ޢާމިރުއަށް ދޫކުރެވުނު ކްރެޑިޓް ކާޑުއަށ ފައިސް ދައްކަމުން ގޮސްފައިނުވާތީ، ފައިސާ ދެއްކުމަށް އަންގައި 15 މެއި 2022 ގައި ބީ.އެމް.އެލްގެ ފަރާތުން ފައިސާ ދެއްކުމަށް އަންގައި ފައިނަލް ނޯޓިސް ފޮނުވިއެވެ. މި ނޯޓިސްއަކީ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން ފޮނުވާ އެންމެ ފަހުގެ ނޯޓިސްކަމަށްވެސް ބަޔާންކޮށްފައިވެއެވެ. ރަޖިސްޓްރޭޝަން ނަންބަރު:22/1982-C އައި.ޑީނަންބަރު BML/APP/1402602 ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރު BML/RECOVERIES/2022/6760
4މި ނޯޓިސް ފޮނުވުމަށްފަހުވެސް، ޢަބްދުﷲ ޢާމިރު ފައިސާ ދައްކާފައިނުވާތީ، މި މުޢާމަލާތްތަކާއި ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ، އިންޓްރެސްޓާއި ޖ ރިމަނާގެ ފައިސާއާއި އެކުގައި އެއްފަހަރާ ލިބިގަތުމަށް ބީ.އެމް.އެލްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
5ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނނ) އާއި އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ކޯޓުން ޢަބްދުﷲ ޢާމިރުއަށް ދައުވާ ފޯމާއި ދަޢުވާ ފޯމާއެކު ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ރައްދުކުރެވިފައިވީނަމަވެސް، ޢަބްދުﷲ ޢާމިރު ދައުވާއަށް ރައްދުދީފައިނުވާތީ، ބީ.އެމް.އެލް އިން މިމައްސަލައިގައި ޢަބްދުﷲ ޢާމިރުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުނެވެ. ޣައިރު ޙާޟިރުގައި ކޯޓުން ކުރާ ޙުކުމް އޮންނަންވީގޮތ ކަމަށް ބީ.އެމް.އެލް އިން ބަޔާންކޮށްފައިވަނީ؛
5.1 - ބީ.އެމް.އެލް އިން ޢަބްދުﷲ ޢާމިރަށް -/42،999 ރުފިޔާގެ ކާޑު ލިމިޓެއް ދކުރެވުނުކަމާއި އެލިމިޓުގެ ވިސާ ގޯލްޑ ކްރެޑިޓް ކާޑެއް ދ ކޮށްފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، .25- ބީ.އެމް.އެލް އިން ވިސާ ގޯލްޑ ކްރެޑިޓް ކާޑް ދޫކުރުމަށް ޝަރުތު ކުރާ އިޤުރާރާއި "ބޭންކް އޮފް މޯލްޑިވްސް ވިސާ/މާސްޓަރކާޑ ކާޑް ހޯލްޑަރ އެގްރީމެންޓް" އާ އެއްގޮތަށް ޢަބްދުﷲ ޢާމިރު ވިސާ ކްރެޑިޓް ކާޑަށް ފައިސާ ދައްކާފައިނުވާކަމަށް ކަނޑައަޅައިދިނުމަށާއި،
3.5- ބީ.އެމް.އެލް އިން ޢަބްދުﷲ ޢާމިރަށް ދ ކޮށްފައިވާ ވިސާ ކްރެޑިޓް ކާޑަށް 29 އޮގަސްޓް 2022 ގެ ނިޔަލަށް USD3,125.59 (ތިންހާސް އެއްސަތޭކަ ފަންސަވީސް ޑޮލަރު ފަންސާސް ނުވަ ސެންޓް) ދައްކަންޖެހޭކަމަށް ކަނޑައަޅައި، މިފައިސާ ބީ.އެމް.އެލްއަށް ލިބިދިނުމަށްޓަކައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ ވަރު ދައްކައި 12 މަސްދުވަހުގެ ތެރޭގައި މިފައިސާ އާއި މަހުން މަހަށް އަރަމުންދާ އިންޓްރެސްޓާއި ޖ ރިމަނާގެ ފައިސާއާއެކު ބީ.އެމް.އެލްއަށް ދެއްކުމަށް ޢަބްދުﷲ ޢާމިރުއަށް ސިވިލް ކޯޓުގެ އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު (އެންޓްރީ ނަންބަރު 3967) ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމު އަންގައި، ވިސާ ކްރެޑިޓް ކާޑުގެ ފައިސާއާއި ޗާޖާއި ޖ ރިމަނާގެ ފައިސާއެކުގައި އަދާކޮށް ކްރެޑިޓް ކާޑް އެކައުންޓް ބަންދުކުރެވެންދެން ކްރެޑިޓް ކާޑު އެއްބަސްވުން ބާޠިލުނުވެ ދެމި އޮންނާނެކަމަށް ކަނޑައަޅައި ޙުކުމްކޮށްދެއްވުމަށެވެ.
6ސިވިލް ކޯޓުން އެމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3149 ޤަޟިއްޔާއިންނެވެ. ބީ.އެމް.އެލްގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައިމިވަނީ މިމައްސަލަ ސިވިލް ކޯޓުން ބަލައި ނިންމިގޮތެވެ. ސިވިލް ކޯޓނު ނިންމި ގޮތް:
7ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3149 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (ރަޖިސްޓްރޭޝަން ނަންބަރު:22/1982-C) އިން ނ.ފޮއްދޫ / ފިނިހިޔާގެ، ޢަބްދުﷲ ޢާމިރު (ދ.ރ.އ ކާޑު ނަންބަރު:[…]) އަށް -/42،999ރ. (ސާޅީސ ދެހާސް ނުވް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) ގެ ކްރެޑިޓް ކާޑް ލިމިޓެއް ދކުރެވުނުކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އިން ވިސާ ގޯލްޑ ކްރެޑިޓް ކާޑް ދ ކުރުމަށް ޝަރުޠުކުރާ އިޤުރާރު "ކާޑް މެމްބަރ ޓަރމްސް އެންޑް ކޮންޑިޝަން" އާއި ޢަބްދުﷲ ޢާމިރު ޚިލާފުވެފައިވާކަން ސާބިތުވެފައިވާކަމަށް ކަނޑައަޅައި، ވިސާ ގޯލްޑ ކްރެޑިޓް ކާޑުގެ ފައިސާއާއި ސަރވިސް ޗާޖާއި ޖ ރިމަނާގެ ފައިސާ އެކުގައި އަދާކޮށް ކްރެޑިޓް ކާޑު އެކައުންޓް ބަންދުކުރެވެންދެން ކްރެޑިޓް ކާޑު އެއްބަސްވުން ބާޠިލުނުވެ ދެމިއޮންނާނެކަމަށް ކަނޑައަޅައި، 12 ޖ ން 2023 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އިން ޢަބްދުﷲ ޢާމިރު ނަގާފައިވާ ވިސާ ގޯލްޑ ކްރެޑިޓް ކާޑަށް USD$1,937/39 (އެއްހާސް ނުވް ސަތޭކަ ތިރީސް ހަތެއް އެމެރިކާ ޑޮލަރު ތިނެއް ނުވައެއް ސެންޓް) ދައްކަންޖެހި ނުދައްކާވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ލިބިދިނުމުގެ ގޮތުން މިއަދު (14 ޖ ން 2023) ނ ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ މިންވަރު 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި (14 ޖ ން 2024 ގެ ކުރިން) ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ދައްކައި ޚަލާސްކުރުމަށް ނ.ފޮއްދޫ، […] ޢަބްދުﷲ ޢާމިރުއަށް އަންގައި، ޢަބްދުﷲ ޢާމިރުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
8ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3149 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ބީ.އެމް.އެލްގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅް އެނުކުތާތަކާ އާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކާ ކ؛
1.8- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނނ) ގެ 92 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ (i) ގެ ދަށުން އިންޓްރަސްޓް ނަންގަވައި ދެއްވުމަށް ދަޢުވާފޯމުގައި އެދިފައިވާއިރު އިންޓްރަސްޓް ނަންގަވައި ދެއްވާފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
2.8- ބީ.އެމް.އެލް އިން ކުރި ދަޢުވާގައި ޖ ރިމަނާ ނަންގަވައި ދެއްވުމަށް ދަޢުވާ ފޯމުގައި އެދިފައިވާއިރު، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
9އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތގާ ތަފޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މވާހަކަތި ކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .19- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސލްގީ އ ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަކޮށްފައިވާނެކަމަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 262 ވަނަ މާއްދާގެ މަޤްސަދަކީ ޙުކުމްކުރާ ތާރީޚުން ފެށިގެން އިތުރަށް އިންޓްރެސްޓާއި އެހެނިހެން ޗާޖުތައް ނާރާގޮތަށް ޤާނޫނުގައި ކަނޑައެޅުން ނޫންކަން ޤާނޫނުގެ 69 ވަނަ މާއްދާގެ
(ނ) އާއި 92 ވަނަ މާއްދާގެ (ރ) ގެ (2) ގެ (iv) އަދި (v) އިން އެނގޭކަމަށާއި، ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ދައުވާގައި އެދޭ ޙާލަތުގައިވެސް އިންޓްރަސްޓާއިއެކ ފައިސު ނަގައިދިނުމަށް އެދުމުގެ ހުރަހެއް ނެތްކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 92 މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށާއި، މިދެ މާއްދާ އެކުގައި ކިޔާލުމުން އޭގެ ނަތީޖާއަކީ ޙުކުމްކުރެވޭއިރު، އެދުވަހާ ހަމައަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު ޙުކުމުން ފެންނަން އޮތް ކަމުގައިވީނަމަވެސް އިތުރަށް އިންޓްރެސްޓާއި އެހެނިހެން ޗާޖުތައް އަރަމުންދާނަމަ،އެފައިސާއަކީވެސ ކޯޓުން ނަގައިދޭންޖެހޭ ފައިސާއެއްކަމަށެވެ. އެހެންކަމުން އިންޓރަސްޓްގް ގޮތުގައެ އަރަމުންދާ ފައިސާ ދެއްކުމަށްވެސް ޙުކުމް ކުރަންވާނެކަމަށެވެ.
212.- އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 (ޙަސަން ޢަލީމަނިކް ވ. އަޙްމަދު ޖަނާޙް) ޤަޟިއްޔާގެ 46.2 ނުކުތާގައި ބޭންކުން ނަގާ އިންޓްރަސްޓަކީ ބޭންކަށް ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ނުދެއްކުމުން ބޭންކުގެ ފަރާތުން ކުރިމަތިލާންޖެހޭ ކްރެޑިޓް ރިސްކާ ގުޅުންހުރި ފައިސާކަމަށާއި އެއީ އިސްތިސްނާއެއްކަން ބަޔާންކުރައްވާފައިވާކަމަށެވެ. އެހެންކަމުން ބޭންކުން ނަގާ އިންޓްރެސްޓާއި ލޭޓް ޕޭމަންޓް ޗާޖް ހިމެނޭނީ ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައިކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3149 ޤަޟިއްޔާގެ ޙުކުމުގައި ޙުކުމްކުރި ތާރީޚުކަމަށްވާ 14 ޖޫން 2023 ގެ ފަހުން ކްރެޑިޓް ކާޑް ގުޅިގެނާ އަރާ އިންޓްރެސްޓާއި ޖ ރިމަނާ ސިވިލް ކޯޓުން ނަގައިދެއްވާފައިނުވަނީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 92 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބރުގަ (i) އާއި ޤާނ ނ ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާއި ޚިލާފަށްކަމަށް ކަނޑައަޅާދެއްވުމަށާއި، އަދި ޢަބްދުﷲ ޢާމިރުގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދ ކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް އަރަމުންދާ އިންޓްރެސްޓާއި ޖ ރިމަނާ ދެއްކުމަށް ޙުކުމްކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
11އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބގު ބުނެފައިވަނީ އޭނާ މި ދަޢުވާއަށް އެއްބަސްވާކަމަށާއި، އިންޓްރެސްޓް ފައިސާއަކީ އޭނާ ދައްކަންޖެހޭ ފައިސާއެއްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
12އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ މިމައްސަލަ ބޭންކް އޮފް މޯލްޑިވްސް އިން އެދިފައިވާ ގޮތަށް އިންޓްރެސްޓް ނަގަންޖެހޭ ގޮތަށް ނިންމާދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
13މި މައްސަލައާއި ގުޅިގެން ސިވިލްކޯޓުގެ ނަންބަރު 2022-CVC-3149 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
14އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ބީ.އެމް.އެލްގެ މައިގަނޑު ޝަކުވާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމުގެ މަތިން ބޭންކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދ ކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް އަރަމުންދާ އިންޓްރެސްޓާއި ޖ ރިމަނާގެ ފައިސާ ސިވިލް ކޯޓުން މައްސަލަ ނިންމެވިއިރުގައި ނަގާދީފައިނުވާތީ އެކަމާއި ގުޅޭ ގޮތުންނެވެ.
15ޕްރިސިޑެންސް 1އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ބީ.އެމް.އެލްއިނ ހޯދުމަށް އެދިފައިވާ އިންޓަރެސްޓާއި ޖ ރިމަނާގެ ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް އެއްބަސްވާކަމަށެވެ.
16ބީ.އެމް.އެލްގެ ފަރާތުން 25 އޮގަސްޓް 2024 ދުވަހު މިކޯޓަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓްއަށް ބެލިއިރު، 31 ޖުލައި 2024 ގެ ނިޔަލަށް އިންޓްރެސްޓާއި ޖ ރިމަނާގެ ފައިސާގެ ގޮތުގައި USD$2,714.49 (ދެހާސް ހަތްސަތޭކަ ސާދަ އެމެރިކާ ޑޮލަރު ސާޅީސް ނުވަ ސެންޓް) ދައްކަންޖެހި ނުދައްކާ ވާކަން އެނގެއެވެ.
17އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ބީ.އެމް.އެލްގެ ފަރާތުން ހޯދުމަށް އެދިފައިވާ އިންޓްރެސްޓާއި ޖ ރިމަނާގެ ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް އިޢުތިރާފްވެފައިވތީ، މިފައިސާއަކީ ޢަބްދުﷲ ޢާމިރުގެ ފަރާތުން ބީ.އެމް.އެލްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުވެއެވެ. މައްސަލަ ނިންމުން:
18ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3149 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބީ.އެމް.އެލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެނިންމުމަށް ބައެއް އިތުރުކޮށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
19މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
20މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
21މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ބެންޗު
- މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް