ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/250
އައްޔޫބް ޢަލީ ވ. އިބްރާހީމް ވަހީދު، 2023/HC-A/250
Ayoob Ali v. Ibrahim Vaheedhu 2023/HC-A/250 (2023/HC-A/250, High Court of the Maldives, 4 October 2026)
އައްޔޫބް ޢަލީ ވ. އިބްރާހީމް ވަހީދު
މައިގަނޑު ސުވާލު
އެއް އެއްބަސްވުމެއް (ގ.ސަންޑާސް ޑިވެލޮޕްކޮށް ކުއްޔަށްދިނުމުގެ އެއްބަސްވުން) އާ ގުޅިގެން ސިވިލް ކޯޓުގައި ހުށަހެޅިފައިވާ ދެ މައްސަލަ (206/Cv-C/2020 އާއި 2734/Cv-C/2020) އެކުގައި ނުބަލައި ވަކިން ބަލައި ނިންމުމަކީ ޙުކުމް ބާޠިލުކޮށް ދެ މައްސަލަ އެކުގައި ބެލުމަށް ތަޙުވީލުކުރަންޖެހޭ ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، 2734/Cv-C/2020 ޤަޟިއްޔާއާއެކު އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމް ކޯޓުން ފާހަގަކުރި ފަދައިން، ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ބ) ގެ ދަށުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ހައިކޯޓަށް ލިބިގެންވާތީ، ދަށުކޯޓުގައި ނުނިމި އޮތް ގުޅުންހުރި މައްސަލައެއްގެ ލިޔުންތައް ގެނެސް، އިސްތިއުނާފުކުރެވުނު މައްސަލައާ އޮތް ގުޅުން ދިރާސާކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 21)
- އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައާ އެއް މުޢާމަލާތެއްގެ އެހެން މައްސަލައެއް ދަށުކޯޓުގައި ހިނގަމުންދާއިރު، ދެ މައްސަލަ އެކުގައި ނުބެލުމުގެ ސަބަބުން އުފެދޭ އިޖުރާއީ ވަގޮތްތަކަކީ ފަރާތްތަކަށާއި ކޯޓުތަކަށް ތަކުލީފު ބޮޑު، އިންސާފު ޤާއިމުކުރުމުގެ މަފްހޫމާ ދެކޮޅަށް ހިނގާނެ ކަންކަމެވެ؛ އެއް މުޢާމަލާތާ ގުޅޭ މައްސަލަތައް އެކި ފަނޑިޔާރުން އެކި ވަގުތު ނިންމުމުން އައު މައްސަލަތައް އުފެދިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- މި އުޞޫލަށް ދަށުކޯޓުތަކުންވެސް ޢަމަލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- އެއް އެއްބަސްވުމަކުން އުފެދޭ ދެ ދަޢުވާއެއްގައި، ދެވަނަ ދަޢުވާގައި ފާހަގަކުރާ ގިނަ ކަންކަމަކީ ފުރަތަމަ ދަޢުވާގެ ޖަވާބުގައި ފާހަގަކުރި ކަންކަމަށްވެފައި، ދެވަނަ ދަޢުވާ ފޯމުގައި ފުރަތަމަ މައްސަލަ "ގުޅުންހުރި މައްސަލަ" ގެ ގޮތުގައި ފާހަގަކޮށްފައިވާނަމަ، އެ ދެ މައްސަލައަކީ އެއް ފަނޑިޔާރަކު ބަލައި އެކުއެކީގައި ގޮތް ކަނޑައަޅަންޖެހޭ މައްސަލަތަކެވެ؛ އެގޮތަށް ނުބަލައި ކުރާ ޙުކުމް ބާޠިލުކޮށް ތަޙުވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-24، 28-29)
- (ފަނޑިޔާރު ދީބާނާޒް ފަހުމީ) މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދެ މައްސަލަ އެކުގައި ކުރިއަށް ގެންދިއުމުގެ މަޞްލަޙަތަށް ބުރަވާ ސަބަބުތައް ހުރިނަމަ، އިސްތިއުނާފުކުރެވުނު ނިންމުން ބާޠިލުކޮށް ދެ ދަޢުވާ އެކުގައި ކުރިއަށް ގެންދިއުމަށް ތަޙުވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފކުރުމަށް އެދު […] / އައްޔޫބު ޢަލީ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އައްޔޫބު ޢަލީ)" ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] / އިބްރާހީމް ވަޙީދު (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އިބްރާހީމް ވަޙީދު ") އެވެ.
2އައްޔޫބު ޢަލީއާއި އިބްރާހީމް ވަޙީ ދުއާ ދެމެދު 25 ސެޕްޓެންބަރު 2017 ގައި "ކ.މާލެ، […] އެވެ ކިޔާ ބަންޑާރަ ގޯތި ޑިވެލޮޕް ކުރުމާއި ދިގު މުއްދަތަށް ކުއްޔަށްދިނުމާ ބެހޭ އެއްބަސްވުން" ގައި ސޮއިކުރިއެވެ.
3މި އެއްބަސްވުމާ އިބްރާހީމް ވަޙީދު ޚިލާފުވެފައިވާކަމަށް ބުނެ އައްޔޫބު ޢަލީގެ ފަރާތުން 16 ޖަނަވަރީ 2020 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
4އައްޔޫބު ޢަލީ ހުށަހެޅި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާއިންނެވެ.
5މިއީ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާ ޤަޟިއްޔާއެވެ. އައިޑީކާޑު ނަންބަރު […] އައިޑީސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާއި އެ ކޯޓުގެ ނިންމުން
6[…] އެވެ ކިޔާ ބަންޑާރަ ގޯތި ޑިވެލޮޕްކުރުމާއި ކުއްޔަށްދިނުމާ ގުޅޭގޮތުން […] / އައްޔޫބު ޢަލީ އާއި […] / އިބްރާހީމް ވަޙީދު އާ ދެމެދު 25 ސެޕްޓެމްބަރު 2017 ގައި ވެފައިވާ އެއްބަސްވުމާ އިބްރާހީމް ވަޙީދު ޚިލާފުވެ އައްޔޫބު ޢަލީގެ އަމިއްލަ ޚަރަދުގައި […] ކިޔާ ގޯތީގައި ހަދާފައިވާ ގްރައުންޑް ފްލޯރ އަދި 01 (އެކެއް) ވަނަ ފްލޯރ (ފަންގިފިލާ) ބޭނުން ނުކުރެވޭގޮތަށް އެތަނުގައި 01 ނޮވނެ ބަރް 2019 ގައި ތަޅު އަޅުވައި، ތަނުގައި ހުރި މުދާ އަމިއްލަ ކޮށްފައިވާތީއާއި، އެކަން ޙައްލުކުރުމަށް އެކިގޮތްގޮތުނ މަސައްކަތް ކުރުމުންވެސް ޙައްލެއް ލިބިފައިނުވާތީ، އިބްރާހީމް ވަޙދުގީ މި ޢަމަލަކީ އެއްބަސްވުމާ ޚިލާފު ޢަމަލެއްކަމަށް ކަނޑައަޅައި ދިނުމަށާއި، އެއްބަސްވުމާ ޚިލާފަށް، ތަން ބޭނުންކުރުމަށް ހުރަސްއަޅާފައިވާތީ އެކަމުގެ ސަބަބުން އައްޔޫބު ޢަލީ ދަޢުވާކުރުމުން ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.
7ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ؛ "ދެންފަހެ، […] އިބްރާހީމް ވަޙީދުއަށް ރައްދުވާގޮތަށް […] އައްޔޫބު ޢަލީ ހުށަހަޅާފައިވާ މި މައްސަލައިގައި، […] އެވެ ކިޔާ ބަންޑާރަ ގޯތީގެ ގްރައުންޑް ފްލޯރ އާއި 01 (އެކެއް) ވަނަ ފްލޯރ (ފަންގިފިލާ) އައްޔޫބު ޢަލީއަށް ބޭނުންނުކުރެވޭގޮތަށ އިބްރާހީމް ވަޙީދު ތަނުގައި ތަޅުއަޅުވައި ބޭނުންނުކުރެވޭ ގޮތްހަދާފައިވަނީ […] އެވެ ކިޔާ ގޯތި ޑިވެލޮޕްކުރުމާއި ދިގުމުއްދަތަކަށް ކުއްޔަށްދިނުމާ ގުޅޭގޮތުން ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަން ސާބިތުނުވާކަމަށް ކަނޑައަޅައި، މިދަޢުވާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ އެއްވެސް ބަދަލަކީ އައްޔޫބު ޢަލީއަށް އިބްރާހީމް ވަޙީދު ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
8އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވެއެވެ.
1.8 ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގައި، […] އެވެ ކިޔާ ގޯތީގެ ގްރައުންޑް ފްލޯރ އާއޯ 01 ވަނަ ފްލޯރ އިސްތިއުނާފުކުރާ ފަރާތަށް ބޭނުން ނުކުރެވޭ ގޮތަށް ތަނުގައި ތަޅު އަޅުވާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަން ސާބިތުނުވާ ކަމަށާއި، ގެއްލުމުގެ ބަދަލު ދޭންނުޖެހޭ ކަމަށް ކަނޑައަޅާފައިވަނީ، އެއްބަސްވުން ބާޠިލުކުރުމާއި، އެއްބަސްވުމާމެދު ޚިލާފު އުފެދިއްޖެނަމަ ޢަމަލު ކުރުމަށް އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 25 ސެޕްޓެންބަރު 2017 ގައި ސޮއިކޮށްފައިވާ "ގ.ސަންޑާސް އެވެ ކިޔާ ބަންޑާރަ ގޯތި ޢިމާރާތް ކުރުމާއި ދިގު މުއްދަތކަ ށ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން" ގެ 8.1، 8.2، 8.4، 8.5 އަދި 5.4.2 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
2.8 އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ ޚިލާފަށް ޢަމަލުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންނާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި، ހެކިންގެ ހެކިބަހުން އެނގެން އޮތްނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ ޚިލާފަށް ޢަމަލުކޮށްފައިވާކަން އެނގެން ނެތް ކަމަށް ކަނޑައަޅާފައިވަނީ، މައްސަލައިގައި ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ އަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ކަމުގައިވުމާއި، ޝަރީޢަތުން ހެކި ވަޒަންކުރުމާއި، ހެއްކަށް ބުރަދަން ދިނުމުގައި ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި ހެކި ވަޒަންކުރުމާއި، ހެއްކަށް ބުރަދަން ދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އެއާ
3.8 […] އެވެ ކިޔާ ގޯތީގެ ގްރައުންޑް އަދި 1 ވަނަ ފްލޯރ ކުއްޔަށް ދިނުމުގެ ޙައްޤު އުފަން ވެގެން ނުވާކަމާއި، އެތަން ބޭނުން ކުރުމާއި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ އިޚްތިޔާރާއި ޙައިސިއްޔަތު އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނު އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި އެއްބަސްވުން މާނަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 (ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
4.8 ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާއަކީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާއެއް ކަމުގައިވާއިރު، މި ދަޢުވާގެ މައުޟޫއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އެކަމުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައިވާއިރު، މި ދަޢުވާގައި ގޮތެއް ކަނޑައަޅަންޖެހެނީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައިވޭތޯ ބެލުމުގެ މައްޗަށް ކަމުގައިވާއިރު، […] ކިޔް ގޯތީގެ ގްރައުންޑް އަދި 1 ވަނަ ފްލޯރ ބޭނުންކުރުމުގެ ޙައްޤު އޮތީ ކޮން ފަރާތެއްގެ ކިބައިގައިތޯ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ޚަޞްމުންގެ ފަރާތުން ފައިޞަލާ ކުރުމަށް އެދިފައިނުވާ އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކުގެ މައްޗަށް ފައިޞަލާކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
5.8 ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާ ހުށަހެޅިފައިވަނިކޮށް ހަމަ މި މައުޟޫޢުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާއިން މައްސަލަ ހުށަހެޅުމުން، އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނައުމުން، ދެ މައްސަލަ އެކުގައި ހިންގުމުގެ ބަދަލުގައި ވަކިވަކިން ޝަރީޢަތް ކުރިއަށް ގެންގޮސް ގޮތެއް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 އަޙްމަދު ޝިޔާޛް އަދި އިތުރު 2 ފަރާތް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، އިސްވެ ދެންނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމުގައިވުމާއި، އެކަމުގެ ސަބަބުން ޢަދުލު އިންޞާފު ޤާއިމް ކުރުމަށް ހުރަސްއެޅިގެން ދިއުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9އައްޔޫބު ޢަލީ ގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދީ، މި މައްސަލައާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ސިވިލް ކޯޓަށް ތަޙވީލުކޮށު ދިނުމަށެވެ.
10މި ކޯޓުގައި މި މައްސަލަ ބަލަމުންދަނިކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/250 ޤަޟިއްޔާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއް އިތުރަށް ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމށަ އައްޔޫބު ޢަލީގެ ފަރާތުން އެދިފައިވެއެވެ.
11އިސްވެ ބުނެވުނު ހުށަހެޅުން ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ، ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާ އަކީ، މި ކޯޓުން ބަލަމުންދާ ޤަޟިއްޔާގައި އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގައި ބެލި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ މައްޗަށް ހުށަހެޅި ބަލަމުންދާ މައްސަލައަކަށްވާތީއާއި، ދެމައްސަލައިގެ މައުޟޫއަކީ އެއް މައުޟއޫއްކަމުގައިވެފައި މި ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާގައި ޙުކުމެއް ކޮށްފިނަމަ އެކަމުގެ ސަބަބުން ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅިދާނެކަމަށް ފެންނަ ފެނުމުގެ މައްޗަށެވެ.
12އައްޔޫބު ޢަލީ އެދުނު ފަދައިން ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް މި ކޯޓުގެ ނަންބަރު B6/CHT/2024/347-95 "ވަގުތީ އަމުރާމެދު ނިންމި ގޮތް" އިން ކަނޑައަޅާފައިވާނެއެވެ.
13އިސްވެ ޙަވާލާދެވުނު "ވަގުތީ އަމުރާމެދު ނިންމި ގޮތް" އައްޔޫބު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ އެ ކޯޓުގެ ނަންބަރު 2024/SC-A/15 ޤަޟިއްޔާއިން ބަލާފައިވެއެވެ.
14ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވާ ގޮތެއް އައްޔޫބު ޢަލީއަށް ބުނެދެވިފައިނުވާކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާ ވަގުތީ އަމުރެއްގެ ޒަރީއާއިން މަޑުޖައްސަންޖެހޭ ޤާނޫނީ ހުއްޖަތްތަކެއ އައްޔޫބް ޢަލީއަށް ދެއްކިފައިނުވާތީ، ހައިކޯޓުގެ ނިންމުމަށާ ތާއީދުކޮށް، ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/15 ޤަޟިއްޔާ ނިންމާފައިވެއެވެ.
15މި މައްސަލައާ ގުޅިގެން، 19 މޭ 2026 ގައި މި ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި، އައްޔޫބު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/15 ޤަޟިއްޔާ ގައި، ވަގުތީ އަމުރާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށްފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުމުގެ 20 ވަނަ ނަންބަރުން ފެށިގެން ހައިކޯޓަށް އިރުޝާދުތަކެއް ދެއްވާފައިވާތީ، މި ނުކުތާއާ ގުޅިގެން ގޮތެއް ނިންމައިދިނުމަށް އެދޭކަމަށް އައްޔޫބު ޢަލީ ފާހަގަކޮށްފައިވެއެވެ.
16އެގޮތުން، ސުޕްރީމް ކޯޓުގެ ނިންމުމުގެ، 22 ވަނަ ނަންބަރުގައި، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައަކީ ކޮންމެ ގޮތެއްވިޔަސ ސިވިލް ކޯޓުގައި މިހާރު އޮތް މައްސަލައިގެ މައްޗަށް ހިނގާނެ ޤަޟިއްޔާއެއް ކަމުގައި ބެލި ނަމަވެސް، ހައިކޯޓަށްވެސް މިހާރު ބަލަމުންދާ މައްސަލައިގައި ރިޢާޔަތްކުރެވޭނީ ހަމަ އެކަނި ހުށަހެޅުނު މައްސަލައިގައި ހިމެނޭ ކަންތައްތަކަށްކަމާއި އިބްރާހީމް ވަޙީދު ހުށަހެޅި މައްސަލައިގއަ ހިމެނޭ ކަންތައްތަކަށް ރިޢާޔަތްކުރުމާއެކު މުޅި މުޢާމަލާތާ ގުޅިގެން ވަށައިޖެހޭ ޙައްލެއް ދިނުމުގެ ފުރުޞަތު ހައިކޯޓަށް ވެސް ހަނިވެގެންދާނެކަމަށ ފާހަގަކޮށްފައިވާކަމަށް ބަޔާންކޮށް، ދެވިދާނެ ޙައްލުތައް އެ ކޯޓުން ފާހަގަކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
17ސުޕްރީމް ކޯޓުގެ 2024/SC-A/15 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ފާހަގަކުރުމަށްފަހު އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، އިސްތިއުނާފުކޮށްފައީ މިވާ ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔއާއެކާ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާ އަލުން ބެލުމުން އެ ކޯޓަށް ތަޙުވީލުކޮށް ދިނުމަށެވެ.
18އިސްތިއުނާފު ރައްދުވާ އިބްރާހީމް ވަޙީދު ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ މި ދެ ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާތަކުގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަފާތު ކަމަށާއި، މި ޤަޟިއްޔާ ވަކިން ކުރިއަށް ގެންދިޔުމުން ނުކުންނަ ބޭއިންސާފެއް ނެތްކަމަށެވެ. އިސްތިއުނާފުކޮށްފައި މިވާ ޤަޟިއްޔާގައި، އެއްބަސްވުމުގެ ސްޓޭޓަސްއަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާކަމާއި، މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކީ، އެއްބަސްވނު ފްރަސްޓްރޭޓް ވެއްޖެކަމަށް ބުން ހުށަހެޅި މައްސަލައެއްކަމާއި، އެ މައްސަލައިގައި ބަލާނީ އެއްބަސްވުން ދަމަހައްޓަންޖެހޭތޯ ނުވަތަ އެއްބަސްވުން އުވާލަންޖެހޭތޯ ކަމަށެވެ. ސުޕްރީމް ކޯޓުގެ 2024/SC-A/15 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޙއްލަ
19ޕްރިސިޑެންސް 1ސުޕްރީމް ކޯޓުގެ ނިންމުމުގައި އެ ކޯޓުން ފާހަގަކުރައްވާފައިވަނީ، ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ
(ބ) ގެ ދަށުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ހައިކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ލިބިގެންވާކަމާއި، ސަރޝިއަރަރީ އަމުރެއްގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާ ގައި ހުށަހެޅުނު މައްސަލައާ މި ކޯޓުގައި ބަލަމުންދާ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގެ މައްސަލައާ އޮތް ގުޅުން ދިރާސާކުރުމުގެ ބާރު މި ކޯޓަށް ލިބިގެންވާ ކަމަށެވެ.
20މީގެ އިތުރުން، ސުޕްރީމް ކޯޓުން ފާހަގަކުރައްވާފައިވަނީ، އައްޔޫބު ޢަލީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެދިފައިވަނީ ސިވިލް ކޯޓުން އަލުން މައްސަލަ ބަލަންކަމުގައިވާހިނދު، މި ވަގުތު ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައާއެކު ހައިކޯޓަށް ހުށަހެޅުނު މައްސަލަ އަލުން ބެލުމަށް އެންގުމަކީ ވެސް މި ކޯޓަށް ފެންނަނަމަ، އަވަސް ފިޔަވަޅު އަޅައި، ހައިކޯޓުގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
21އިސްވެ ބަޔާންކުރެވުނު ފަދައިން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާއާ ގުޅިގެނާ އައްޔޫބު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން، އެ ޤަޟިއްޔާއާއި، މި ކޯޓުގައި ބަލަމުން މިދާ މައްސަލައިގައި އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާއާ އޮތް ގުޅުން ދިރާސާކުރުމުގެ ބޭނުމަށް، ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާ ގެ ލިޔުންތައް މި ކޯޓަށް ގެނެސް ދިރާސާކޮށްފައިވާނެއެވެ.
22ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާއަކީ، އިބްރާހީމް ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ ގޯތީގައި 10 ބުރީގެ ޢިމާރާތެއް ހެދުމަށާއި އަދި ޢިމާރާތް ހެދުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ވެރިފަރާތުން ދިރިއުޅޭނެ ތަނެއް ދަޢުވާލިބޭ ފަރާތުން ހަމަޖައްސައި ދިނުމަށާއި، 10 ބުރީގެ ޢިމާރާތުގެ ބާކީ މަސައްކަތްތައް ބޭންކުން ލޯނެއް ނަގައިގެން ނިންމުމަށްޓަކައި ހަމަޖައްސަންޖެހޭ އިކުއިޓީ ދަޢުވާލިބޭ ފަރާތުން ހަމަޖައްސައި ދިނުމަށާއި، ޢިމާރާތުގެ 10 ވަނަ ފްލޯރގެ ފިނިޝިންގ ނިމި އެ ފްލޯރ ބޭނުންކުރަން ހުއްދަލިބުމުން ޢިމާރާތުގެ ގްރައުންޑް ފްލޯރއާއި ފަސްޓްފްލޯރ ދަޢުވާލިބޭ ފަރާތަށް 25 އަހަރަށް ދިނުމާބެހޭގޮތުނ ދެފަރާތް ދެމެދް ވެފައިވާ އެއްބަސްވުމަށް ޢަމަލުކޮށް ފުރިހަމަކުރެވެން ނެތުމާއި، އެއްބަސްވުމަށް ޢަމަލުކުރަން ދަޢުވާލިބޭ ފަރާތުން އެއްބރުލުނާ ނުދޭތީ އެއްބަސްވުން ބާޠިލުކުރުމަށާއި، އަދި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް 10 ބުރީގެ ޢިމާރާތް ނިންމާފައިނުވތާ ދަޢވާކުރު ފަރާތށަ ލިބް ގެއްލުމުގެ ބަދަލުގެ ގޮތުގައި 7,584,588ރ (ހަތްމިލިއަން ފަސްލައްކަ އަށްޑިހަ ހަތަރުހާސް ފައްސަތޭކަ އަށްޑިހަ އަށްރުފިޔާ) ހޯދުމަށާއި، އަދި އެ ގޯތީގައި ހަދާ ޢިމާރާތަށް ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ މަސއްކަތ ޝަރީޢަތުން އަގުމަގުކޮށަ ދިނުމަށް އެދް ހުށަހެޅި ދަޢުވާއެކެވެ.
23ޕްރިސިޑެންސް 4އައްޔޫބު ޢަލީގެ ފަރާތުން ފާހަގަކުރި ފަދައިން، ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާގައި ހުށަހެޅި ދަޢުވާ ފޯމަށް ބަލާއިރު، އެ ދަޢުވާ ފޯމުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގެ ދަޢުވާގެ ޖަވާބުގެ ގޮތުގައި އިބްރާހީމް ވަޙީދު ފާހަގަކުރީ ކަންކަމެވެ.
24މީގެ އިތުރުން، ސިވިލް ކޯޓުގައި ހިނގަމުންދާ އެ ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާގެ ދަޢުވާ ފޯމުގައި، "ގުޅުންހުރި މައްސަލަތައް" ބަޔާންކުރުމަށް އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާ ފާހަގަކޮށްފައިވެއެވެ.
25އަހުރެންގެ ކުރިމަތީގައި އޮތް ސުވާލަކީ، އިސްތިއުނާފަށް ހުށަހަޅާފައި އޮތް ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާއާއި އެ ކޯޓުގައި އަދި ނުނިމި އޮތް ނަންބަރު 2734/Cv-C/2020 ޤަޟިއްޔާއާ ދެމެދު އޮތް ގުޅުމާއި، އެ ގުޅުމުގެ ސަބަބުން، ބުނެވިދިޔަ ދެ ޤަޟިއްޔާ އެކުއެކީގައި ބަލައި އެކުގައި ޙުކުމްކުރުމުގެ މަޞްލަ ޙތާމެދ އޮތު ސުވާލަ އެކަމުގައި އަހުރެން ދެކެމެވެ.
26ޕްރިސިޑެންސް 2ސުޕްރީމް ކޯޓުން ވެސް ފާހަގަކޮށްފައިވާ ފަދައިން، އަހުރެންވެސް ޤަބޫލުކުރަނީ، މި ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ އެއް މުޢާމލަތެއްގ އެހެނެ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދާއިރު، ދެ މައްސަލަ އެއްކޮށް ނުބެލުމުގެ ސަބަބުން ދެން އުފަންވާ އިޖުރާއީ ވަގޮށްތައް މޮހުމަކީ، މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުގެ އިތުރުން ކޯޓުތަކަށް ވެސް ނުހަނު ތަކުލީފު ބޮޑު، އިންސާފު ޤާއިމު ކުރުމުގެ މަފްހޫމާ ދެކޮޅަށް ހިނގާނެ ކަންކނަ ކަމަށެވެ. އެއް މޢުމަލާތ ގުޅާ އެކި މައްސަލަތައް އެކި ފަނޑިޔާރުން އެކި ވަގުތު ނިންމުމުން ބަލާބެލުމުގައި ދެ މައްސަލައިގައި ފުށުއެރުމެއް ނެތްކަމުގައި ހީވިނަމަވެސް، އެތަނުން އެ ޤަޟިއްޔާގައި ބޭނުންކުރެވޭ އެންމެ ލަފުޒެއްގެ ސަބަބުން އައު މައްސަލަތަކެއް އުފަންވުމަކީ ހަމަ ޔަޤީނުންވެސް އިސްތިއުނާފީ ކޯޓުތަކަށް އައު ކަމެއް ނޫންކަމާމެދު އަހުރެންގެވެސ ދެބަސްވުމެއް ނެތެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2024/SC-A/15 ޤަޟިއްޔާ (އައްޔޫބު ޢަލީ ވ. އިބްރާހީމް ވަޙީދު) ޙަބީބު ޒާހިރު ވ. މާލެ ސިޓީ ކައުންސިލް [2021] SC 94 ޤަޟިއްޔާ. ރެސްޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރި ޤަޟިއްޔާތަކުގެ ތެރޭގައި ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ A/25)-(2016/SC ޤަޟިއްޔާއާއި، އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް A/31)-(2018/SC ޤަޟިއްޔާއާއި، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2021] SC 81 ޤަޟިއްޔާ
27ޕްރިސިޑެންސް 3އިސްވެ ބުނެވުނު އޞު ލަށް ދަށުކޯޓުތަކުނޫ ވެސް ޢަމަލުކުރަންޖެހޭއިރު، މި މައްސަލައިގައި ސިވިލް ކޯޓުން ޢަމަލުކޮށްފައިވަނީ މި އޞު ލާ ޚިލާފަށެވެ.
28އަހުރެންނަށް ޤަބޫލުކުރެވެނީ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގައި އެ ކޯޓަށް ހުށަހެޅުނު ދަޢުވާއާއި، އެ ކޯޓުގައި ހިނގަމުންދާ އެ ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާގެ ދަޢުވާއަކީ، އެ ކޯޓުގައި އެއް ފަނޑިޔާރަކު ބަލާ އެކުއެކީގައި ގޮތް ކަނޑައަޅަންޖެހޭ ދެ މައްސަލަކަމަށެވެ. އެހެންކަމުން، އަހުރެން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ދެ ޤަޟިއްޔާ އެކުގައި ބަލައި ސިވިލް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމުގައެވެ.
29ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔގާ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައާއެކު ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާ އަލުން ބަލައި ގޮތެއް ނިންމުމަށްޓަކައި، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރަން ފެނެއެވެ.
30ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގެ ނުކުތާ 23 އިން 27 އަށް ބަޔާންކުރައްވާފައިވާ ކަންކަންފިޔަވައި، އެހެންނުކުތާތަކާއި ނިންމެވުމަށް ތާއީދުކރު މާއެކު ތިރީގައިވާ ކަންކަން ފާހަގަކުރަމެވެ.
31ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައްޔޫބް ޢަލީ ވ. އިބްރާހީމް ވަޙީދު (2024/SC-A/15) ޤަޟިއްޔާއާ ގުޅޭގޮތުން ދެފަރާތުގެ ހުށަހެޅުމާއި، ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާއާއި 2734/Cv-C/2020 ޤަޟިއްޔާގެ ދަޢުވާއާއި ލިޔުންތަކަށް މަތިމަތިން ބަލާއިރު، މި މައްސަލައިގައި ކަންހިނގާފައިވާގޮތުގެ މައްޗަށް ރިޢާޔަތްކޮށް، މި ޙާލަތުގައި، އެ ދެމައްސަލަ އެކުގައި ކުރިއަށް ގެންދިޔުމުގެ މަޞްލަޙަތުގެ މައްޗަށް ބޮޑަށްބުރަވޭ ސަބަބުތަކެއް ހުރިކަމަށްދެކެމެވެ. އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ޤަޟިއްޔާއާއި 2734/Cv-C/2020 ޤަޟިއްޔާގެ ދަޢުވާ އެކުގައި ކުރިއަށް ގެންދިޔުމަށްޓަކައި، މި މައްސަލަ ތަޙުވީލު ކުރަންޖެހޭކަމަށް ދެކެމެވެ.
32އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރއަ ޔަށް ތ އާ ދުކުރަމެވެ.
33މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 010 01('")::::::'T'u -<(t::1<n0 <n CII\"':.... , ""I"a.,~~ 0\ a)"I\"\"\ <)~\\ ""I"~)(")", a\\~o,\~ "\"C>.,"\"~ot.;''"-\& "\af ~; a\"'.\ c...,L I\ ''\,,{"\ \\C>.,\ o,)(~at.;''"- \Q \.,,,,a, ''"I a)~} ,,, al\"~" ""I ,,,o, ,:.i N0-----\0u u~0 N0 "\\&at._ ,, \\ \\'.\ \\ L I\\ ~\ \ l' >I ""I '._/"\ ~,~,.,""I"~\\"a,~~".,~'\Jo,''\ "C>., ,.--._NN~0 ....--<0 "\\I)ot._ ,,"\ ~,~,., a)\ "\"' 0 "\\ '\,l a,\ a\\~)(.,a,"\ \\ '.\ I\ \ \ I\ I\\ \ \.,"IJ~~\\\ ".,~ o,''\ "~\0" \ "\~~ "\\\ o,\ ~~ a\ '\,l o,\ a)~~ "., '._/\ ".,''\a,~I\ ,,\\ "'1"\0 '\ '\J \, I\ C>.,~ a, c...,L I\ I\\ "C>.,"I\a" )(~QI\"~" a\..,~'\ a, ".,"\ \ "., ot.;"\ ,,, \ "' '\,l a,\ :\~ \ ., \,'' "',~ I\ "'\\ :\ \, I\ I\\ .. ":.. 01\"~.. \~,, ,,,o,1 \:lot \, "\ I\\ \ t\~ J '{ ¼ ..._ "'.\~ "\ ,,, \ "\ a\ ,l :~ ,,, \ ~~ \ ' "'\\ :\ ' '.\~ "'' \ :\ I\~ 0 ,l ,,~ ,.--._ \, MM \0~ •l .;:,. • MMN<n0 N ;;, .,t:--":J .,''\\ -~'")i"·~ '., \,"" ~\!~ •."~t''\\ .,~'\J0~'\ -~' \ \' :c To a~',l°'I .,~ ·=c.8 @)-~.c: ..c ·.\ "I\ ~ ~ (.)0::,>-.:,bO0> ~ (.)0 5f 0> .E > '\ '.
- ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ބ)
- ހައިކޯޓުގެ ޤަވާޢިދުގެ 69 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/15 (އައްޔޫބު ޢަލީ ވ. އިބްރާހީމް ވަޙީދު) ޤަޟިއްޔާ
- ހަބީބު ޒާހިރު ވ. މާލެ ސިޓީ ކައުންސިލް [2021] SC 94
- 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ... [2021] SC 81
- ހައިކޯޓުގެ B6/CHT/2024/347-95 "ވަގުތީ އަމުރާމެދު ނިންމި ގޮތް"
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ސާދިޙު ނަޞީރު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޙިލްމީ
- ބެންޗު
- ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ، އިސްމާޢީލް ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް