ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/294
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޒިފާން ޒާހިރު، 2015/HC-A/294
Attorney General's Office v. Zifaan Zahir 2015/HC-A/294 (2015/HC-A/294, High Court of the Maldives, 28 November 2016)
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޒިފާން ޒާހިރު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ލިސްޓުތަކަކީ ވަގުތީ ލިސްޓުތަކެއްކަން ސާބިތުނުވާކަމާއި ފަހުން އިތުރުކުރި ޝަރުޠުތަކަކީ ޞައްޙަ ޝަރުޠުތަކެއް ނޫންކަމަށް ބަލައި (C/2013-1532/Cv އަށް ތަބާވެ)، 30 ދުވަހުގެ ތެރޭގައި ފްލެޓް ޙަވާލުކުރުމަށް ދައުލަތަށް އަންގައި ޙުކުމްކުރެއްވިއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ 'ބީ' ކެޓަގަރީގެ ފްލެޓަށް ޝަރުޠު ފުރިހަމަވާ ފަރާތެއްގެ ގޮތުގައި އިޢުލާނުކޮށް ގުރުޢަތުން ހޮވުނު ފަރާތެއްގެ ނަން، އޭނާގެ އަނބިމީހާއަށް ހުޅުމާލެއިން ފްލެޓެއް ލިބިފައިވާތީ ހައުސިންގ މިނިސްޓްރީން ލިސްޓުން އުނިކުރިއެވެ. ފްލެޓަށް ހުށަހެޅި ފޯމުގައިވެސް އެ ފްލެޓް ލިބިފައިވާކަން ލިޔެފައިވިއެވެ. އިޢުލާނުތަކުގައި، މަޢުލޫމާތު ޗެކްކުރުމަށްފަހު ޝަރުޠު ހަމަނުވާކަމަށް ސާބިތުވާ ނަމަ ހޮވުން ބާޠިލުކުރެވޭނެކަމަށް ބަޔާންކޮށްފައިވިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ދައުލަތުން ފާހަގަކުރި ނުކުތާތަކަށާއި ޙާލަތްތަކަށް ރިޢާޔަތްނުކޮށް، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ވެށިފަހި މާލެ ޕްރޮގްރާމްގެ 'ބީ' ކެޓަގަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުން، އަނބިމީހާއަށް ސަރުކާރުގެ ހައުސިންގ ޕްރޮޖެކްޓަކުން ފްލެޓެއް ލިބިފައިވާތީ ދަޢުވާކުރި ފަރާތުގެ ނަން އުނިކުރުމަކީ ޤަވާޢިދާ ޚިލާފު ކަމެއްތޯ، އަދި ފްލެޓް ޙަވާލުކުރުމަށް ދައުލަތަށް އެންގި ސިވިލް ކޯޓުގެ ޙުކުމް ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުގެ ހައުސިންގ ޕްރޮޖެކްޓަކުން ފްލެޓް ލިބިފައިނެތުމަކީ ޕްރޮގްރާމުގެ ޝަރުޠަކަށްވާތީ، އަދި ފޯމުގައިވެސް ފްލެޓް ލިބިފައިވާކަން ލިޔެފައިވާތީ، ލިސްޓުން ނަން އުނިކުރުމަކީ ޤަވާޢިދާ ޚިލާފު ކަމެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ދޫކުރާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނެތުމަކީ މިޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބެލެވޭ ޝަރުޠެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައި އޮތްނަމަވެސް، އަނބިމީހާއަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓެއް ލިބިފައިވާ ފަރާތެއްކަން އެނގުމުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ދިނުމުގެ ޝަރުޠު ހަމަނުވާކަމަށް ބަޔާންކޮށް އެ ލިސްޓުން ނަން އުނިކުރުމަކީ، އެ ޕްރޮގްރާމުގެ ދަށުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އެއްވެސް ޤަވާޢިދަކާއި އަދި އުޞޫލަކާއި ވިޔަސް ޚިލާފަށްކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް