ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/102
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ނެތް، 2015/HC-A/102
Attorney General's Office v. Not specified 2015/HC-A/102 (2015/HC-A/102, High Court of the Maldives, 22 November 2016)
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ނެތް
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން، 1 މަސް ދުވަހުގެ ތެރޭގައި ބިން ހުސްކޮށް ކައުންސިލާ ޙަވާލުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި އަމުރު ނެރުނެވެ.
ސްލިޕްވޭއަކަށް ދިން ބިން ހުސްކޮށް ކައުންސިލާ ޙަވާލުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދުކުރި ނަމަވެސް ކުންފުނިން އެޙުކުމަށް ޢަމަލުނުކުރުމުން، ޙުކުމް ތަންފީޛުކުރުމަށް ކައުންސިލުން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ އަމުރު ނެރުނީ ޝަރީޢަތްކުރުމުގެ އިޖުރާއަތާ ޚިލާފަށް، ސުޕްރީމް ކޯޓުގެ ރޫލިންގގައިވާ ދެބަސްވުމަށް ނިމުމެއް ގެނެވޭ ގޮތަކަށް އަމުރު ނެރުމުގެ އުޞޫލާ ޚިލާފަށް، ތަންފީޛުކުރުމަށް ޤާނޫނީ ހުރަސްތައް ހުރިއިރު، އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 244 ވަނަ މާއްދާއާއި ފުލުހުންގެ ޤާނޫނުގެ މަޤްޞަދާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
ޙުކުމެއް ތަންފީޛުކުރުމަށް ކައުންސިލުން ހުށަހެޅި މައްސަލައެއްގައި، ދަޢުވާލިބޭ ފަރާތުގެ ބަހެއް ނުހޯދައި، ބިން ހުސްކޮށް ކައުންސިލާ ޙަވާލުކުރުމަށް ފުލުހުންނަށް އަންގައި މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު
ޙުކުމް ތަންފީޛުކުރުމަކީ ދަޢުވާ ރައްދުވާ ފަރާތުން ކުރަންޖެހޭ ކަމަކަށްވާތީ ފުލުހުންނަށް އެންގުމުގެ ކުރިން އެފަރާތުގެ ބަސް ހޯދަންޖެހޭއިރު، ބަސް ނުހޯދައި ނެރުނު އަމުރަކީ ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ގޮތާ ޚިލާފު އަމުރެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޙުކުމުގައިވާ ކަންކަން ތަންފީޛުކުރުމަކީ ދަޢުވާ ރައްދުވާ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށްވެ، ޙުކުމް ތަންފީޛުކުރުމަށް ހުށަހަޅާ ދަޢުވާގައި ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ލިޔެފައިވަނީވެސް އެފަރާތްކަމަށްވާނަމަ، ޙުކުމް ތަންފީޛުކުރުމުގެ އެމައްސަލައިގައި ޙުކުމް ތަންފީޛުކުރަން ފުލުހުންނަށް އެންގުމުގެ ކުރިން އެފަރާތުގެ ބަހެއް ޝަރީޢަތުގެ ފަރާތުން ހޯދަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދަޢުވާލިބޭ ފަރާތުގެ ހައިސިއްޔަތުން އެފަރާތުގެ އެއްވެސް ބަހެއް އަމުރު ނެރުމުގެ ކުރިން ހޯދާފައިވާކަން އެނގެން ނެތްއިރު، އެފަރާތުގެ ބަހެއް ހޯދިފައި ނުވަނީ މަޤްބޫލު ސަބަބެއް މެދުވެރިވެގެންކަންވެސް އެނގެން ނެތްނަމަ، އެ އަމުރު ނެރުއްވާފައިވަނީ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރުމަށް އޮންނަގޮތާއި ޚިލާފު ގޮތަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ 16/H6C/2013
- ހައިކޯޓުގެ 2014/HC-A/247
- ސުޕްރީމް ކޯޓުގެ 2010/SC-RU/01
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް