ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/375
އަޙްމަދު މަނިކު ވ. ބޭންކް އޮފް ސިލޯން، 2019/HC-A/375
Ahmed Maniku v. Bank of Siloan 2019/HC-A/375 (2019/HC-A/375, High Court of the Maldives, 20 August 2023)
އަޙްމަދު މަނިކު ވ. ބޭންކް އޮފް ސިލޯން
މައިގަނޑު ސުވާލު
ބޭންކް އޮފް ސިލޯނުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދޫކުރި ކްރެޑިޓް ލިމިޓަށް ގެރެންޓީދިން ބައެއް ގެރެންޓަރުންނާ ބޭންކު އެއްބަސްވެ އެ ފަރާތްތައް ޒިންމާއިން ދޫކޮށްލުމާއި، ރަހުނުކުރި ގޯއްޗެއްގެ ރަހުނު ފިލުވުމުން ދެން ތިބި ގެރެންޓަރުންގެ މައްޗަށް ބާކީ ދަރަނި ލާޒިމުކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދިން ސިވިލް ކޯޓުގެ ޙުކުމަކީ އެއްބަސްވުންތަކާއި، ސާބިތުކުރުމުގެ ބުރައިގެ އުޞޫލާއި، ދަޢުވާގައި އެދުނު ގޮތާ ޚިލާފު ނިންމުމެއްތޯ؛ އަދި ހުށަހެޅި ނުކުތާތަކަކީ އިސްތިއުނާފަށް ބެލެވޭ މިންވަރަށް ވާސިލުވާ ނުކުތާތަކެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަށު ކޯޓުގެ އެއް ޤަޟިއްޔާއަކަށް ހުށަހެޅޭ އެތައް އިސްތިއުނާފެއް، ސުޕްރީމް ކޯޓުގެ 2018/SC-A/31 ޤަޟިއްޔާގައި ކަނޑައެޅި އުޞޫލާއި ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް، ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުއެކީގައި ބަލައި އެއް 'ޝަރީޢަތް ނިމުނުގޮތް' ރިޕޯޓެއްގެ ގޮތުގައި ލިޔެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއަކީ ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތް ބަޔާންކުރާ މާއްދާއެކެވެ. ހެކި ވަޒަންކުރި ގޮތް ޤާނޫނާ ޚިލާފުކަމަށް ބުނާނަމަ ޚިލާފުވީ ހެކި ވަޒަންކުރުމުގެ ކޮން އުޞޫލަކާކަން ބުނެދޭންވާނެއެވެ؛ އިސްތިއުނާފު މަރުޙަލާއަކީ ދަށު މަރުޙަލާގައި ވަޒަންކުރި ހެކި އަލުން ވަޒަންކުރާ މަރުޙަލާއެއް ނޫނެވެ (ފެކްޓް މޯލްޑިވްސް ޤަޟިއްޔާ). އެހެންކަމުން، ލޯނު، ރަހުނު އަދި ގެރެންޓީ އެއްބަސްވުންތަކަށް ދަށު ކޯޓުން ރިޢާޔަތްނުކުރިކަމަށް ބުނާއިރު، ރިޢާޔަތްނުކުރީ އެ އެއްބަސްވުންތަކުގެ ކޮން މާއްދާއަކަށްކަން ބުނެނުދީފިނަމަ އެއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-38)
- ދަޢުވާއިގެ ތެރޭގައި ދަޢުވާލިބޭ ފަރާތަކު ދަޢުވާކުރާ ފަރާތާ އެއްބަސްވެ، ބާކީ ދައްކަންޖެހޭ ޢަދަދާމެދު އެއްބަސްވެ ތިމާގެ ބައި ދައްކައި ތިމާގެ މަޤާމު ބަދަލުކޮށްފިނަމަ، އެ ފަރާތް ކުރިން ދެއްކި ވާހަކައަށް ޝަރީޢަތުން ރިޢާޔަތްނުކުރުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- ދަޢުވާ ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ. ނަމަވެސް ބޭންކުން ކްރެޑިޓް ލިމިޓް ހަމަޖެހުނުކަމުގެ ލިޔުމާއި ރަހުނު އަދި ގެރެންޓީ އެއްބަސްވުންތަކާއި އެކައުންޓް ތަފްޞީލު ދަށު ކޯޓަށް ހުށަހަޅާފައިވާއިރު، ބޭންކުން ބަޔާންކުރާ ޢަދަދަކީ ރަނގަޅު ޢަދަދެއް ނޫންކަމަށް ދަށު ކޯޓުގައި ފާހަގަކޮށްފައި ނުވާނަމަ، ބާކީ ޢަދަދު ސާބިތުކޮށްދީފައިނުވާކަމަށް ބުނެ އިސްތިއުނާފު މަރުޙަލާގައި ނުކުތާއެއް ނެގޭނެ ކަމަކަށް ނުދެކެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39-40)
- އިސްތިއުނާފީ ނުކުތާއެއްގައި، ދަށު ކޯޓުގެ ނިންމުން ޚިލާފުވާ ޤާނޫނީ ނައްޞަކީ ނުވަތަ ޝަރުޢީ އުޞޫލަކީ ކޮބައިކަން ސާފުކޮށް، ޤާނޫނީ ބަޙުޘެއް އުފެދޭ މިންވަރަށް ބަޔާންކުރަންވާނެއެވެ. ދަށު ކޯޓުގެ ނިންމުމަކީ ޤާނޫނާއި ޝަރުޢީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ހަމައެކަނި ބުނުމަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ މިންވަރަށް ވާސިލުވާ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42)
- ގުޅުވައިގެން ބަލާ އިސްތިއުނާފުތަކުގެ ތެރެއިން އެކެއްގައި ހުށަހެޅި ނުކުތާތަކަކީ އަނެއް އިސްތިއުނާފުގައި ހުށަހެޅި ވާހަކަދެކެވި ގޮތް ކަނޑައެޅިފައިވާ ނުކުތާތަކެއްކަމަށްވާނަމަ، އެ ނުކުތާތަކަށް އިތުރަށް ރިޢާޔަތްކުރާކަށް ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގެ 2 (ދޭ) އިސްތިއުނާފއެ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ. އެއީ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމށަ މާލެ، […] އަޙްމަދް މަނިކުގެ ފަރާތުން ހުށަހެޅި ޤަޟިއްޔާ އަދި […] އަލީފާ އަޙްމަދު އާއި، […] ޢަބްދުﷲ ޢާރިފް އަދި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ޤަޟިއްޔާގެ މައްސަލައެވެ.
2އެގޮތުން ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު 2019/HC-A/375 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، […] އަޙްމަދް މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ރަޖިސްޓްރީ ކުރެވުނު ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބޭންކް އޮފް ސިލޯނެވެ. އަދި މި ޤަޟިއްޔާގެ ޚުސޫމާތުގައ ހިމެނި މާލެ، […] އާމިނަތު ފއުނާ (އައިޑީ ކާޑު ނަންބަރ ) އާއި ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް(ރަޖިސްޓްރީ ނަންބަރު 906/2006-C) އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0320/2015-C) އާއި މާލެ، […] އަލީފާ އަޙްމަދު (އައިޑީ އާއި މާލެ، […] ޢަބްދުﷲ ޢާރިފް (އައިޑީ މިފަރާތްތަކުގެ މަސްލަހަތު އޮތަތީ މިފަރާތްތައް މި މައްސަލައަށް ތަދައްޚުލު ކުރެވިފައިވެއެވެ. އަދި ދަށު ކޯޓު މަރުޙަލާގައި ވެސް މިފަރާތްތަކަކީ ދަޢުވާލިބޭ ފަރާތްތައްކަނ ދަށް ކޯޓުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
3ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު 2019/HC-A/378 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] އަލީފާ އަޙްމަދު އާއި، […] ޢަބްދުﷲ ޢާރިފް އަދި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ރަޖިސްޓްރީ ކުރެވުނު ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ 7 ފަރާތެއް ހިމެނެއެވެ. އެފަރާތްތަކަކީ، ބޭންކް އޮފް ސިލޯންއާއި، […] މުޙައްމަދު ފަރުހާދުއާއި، […] އާމިނަތު ފިއުނާއާއި، […] މުޙައްމަދު ސަލީމްއާއި، […] އަޙްމަދު މަނިކުއާއި، […] އަޙްމަދު ހައިކަލް އަދި ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.
4ޕްރިސިޑެންސް 1އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކަކީ ދަށު ކޯޓުގެ އެއް ޤަޟިއްޔއެއާ ގެ ދެ އިސްތިއުނާފު ކަމަށް ވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް 2 1 ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރު ންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އއ ބެންޗަކުން މި އެކުއެކީގައި ކަމަށް ވުމާއެކު "ޝަރީޢަތް ނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު: 02/FAM/2021 ( 27 ޖަނަވަރީ 2021 ) ގައި ފާސްކުރައްވާފައިވާ އުޞޫލު ކަން ހިނގާފައިވާގޮތް
5ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން USD$ 1,500,000.00 (އެއް މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ރިވޯލްވިންގ ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓް ވަކި ޝަރުޠުތަކެއްގެ ދަށުން ބޭންކް އޮފް ސިލޯން އިން ހަމަޖައްސައި އެކަން ބޭންކް އޮފް ސިލޯނުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް، ބޭންކް އޮފް ސިލޯންގެ RE:REVOLVING 03( COMBINED WORKING CAPITAL CREDIT LIMIT USD 1,500,000/- ޖުލައި 2008) ލިޔުމުން އަންގާފައިވެއެވެ.
6ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ރިވޯލްވިންގ ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓް ދޫކޮށްފައިވަނީ "މއ.ޕެއަރ" (ރަޖިސްޓްރީ ނަންބަރު ބ.11179) އާއި "ގ.ކޮލަމާ" (ރަޖިސްޓްރީ ނަންބަރު ބ.9771) އާއި "ޓޮޔޯޓާ ޖީޕް" (ރަޖިސްޓްރީ ނަންބަރު B1A3900) އެތަކެތީގެ ވެރިފަރާތްތަކަށް ލިބިދޭ އެންމެހައި ޙައްޤުތަކާއި ބާރުތަކާއެކު ރަހުނުކުރުމަށްފަހުގައެވެ.
7ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ބޭންކް އޮފް ސިލޯނާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން، މުޙައްމަދު ފަރުހާދާއި، އަލީފާ އަޙްމަދާއި، އާމިނަތު ފިއުނާއާއި މުޙައްމަދު ސަލީމާއި އަޙްމަދު މަނިކާއި، ޢަބްދުﷲ އާރިފާއި، އަޙްމަދު ހައިކަލް އަމިއްލަ ހައިސިއްޔަތުން ޔަޤީންކަންދީފައިވެއެވެ.
8ކްރެޑިޓް ލިމިޓްގެ އެއްބަސްވުމާ އެއްގޮތަށް ބޭންކަށް ފައިސާ ދައްކަމުންނުދާތީ، އިތުރަށް އަރަމުންދާ އިންޓްރަސްޓާއި ޖޫރިމަނާ ފައިސާ އާއި އެއްބަސްވުމުގެ ދަށުން އނބުރަ ދައްކަންޖެހޭ ފައިސާއާއި އިންޓްރަސްޓާއި ޖޫރިމަނާ ފައިސާ ހޯދުމަށް ހިނގާ ޚަރަދު ހޯދުމަށް އެދި ސިވިލް ކޯޓުގައި ބޭންކް އޮފް ސިލޯން އިން ދަޢުވާކުރުމުން ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގައި ބަލާފައިވެއެވެ. މިއީ ބޭންކް އޮފް ސިލޯންގެ ނަންބަރު 665/2008-MC/C އެގްރީމެންޓް ސިވިލް ކޯޓުގެ ނަންބަރު 2018/C-1102/Cv ޤަޟިއްޔާ އިސްތިއުނާފުކުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލެވޭ ޤަޟިއްޔާއެކެވެ.
9މުޙައްމަދު ފަރުހާދުއާއި، އަލީފާ އަޙްމަދުއާއި، އާމިނަތު ފިއުނާއާއި، މުޙައްމަދު ސަލީމްއާއި، އަޙްމަދު މަނިކްއާއި، ޢާބްދުﷲ އާރިފްއާއި، އަޙްމަދު ހައިކަލ އާއް ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ގެރެންޓިދީގެން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ 1,500,000.00 USD$ (އެއް މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ރިވޯލްވިންގ ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓްގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފެސިލިޓީސް، އެއްބަސްވުމާ އެއްގޮތަށް ބޭންކަށް ދައްކަމުން ނުދާތީ، އިނު ޓްރެސްޓާއި ޖޫރިމަނާގެ ފައިސް އެކީ އެއްފަހަރާ ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން ލިބިގަތުމަށާއި، ފައިސާ އެކީ އެއްފަހަރާ ނުދެއްކޭނަމަ ލޯނާ ގުޅިގެން ރަޖިސްޓްރީ ނަންބަރު ބ.11179 "މއ.ޕެއަރސް" އެވެ ކިޔުނު ބަންޑާރަ ގޯއްޗާއި، ރަޖިސްޓްރޯ ނަންބަރު ބ.9771 "ގ.ކޮލަމާ" ކިޔުނު ބަންޑާރަ ގޯއްޗާއި، "ޓޮޔޯޓާ ޖީޕް" ރަޖިސްޓްރީ ނަންބަރު B1A3900 ގެ މައްޗަށް ކުރެވުނު ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކަށް ދެއްވާ، މި ރަހުނު ތަކަކީ ލޯނާ ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި ފައިސާ ދައްކާ ލޯން އެކައުންޓްތައް ޚަލާޞް ކުރެވި މި ލޯން އެކައުންޓް ބަންދުކުރެވެންދެން ރަހުނު އެއްބަސްވުމުގެ ދަށުން ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލް ނުވެ ދެމިގެންދާނެ ކަމަށް ކަނޑައަޅައިނުމަށ އެދް ބޭންކް އޮފް ސިލޯންއިން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު ފަރުހާދުއާއި، އަލީފާ އަޙްމަދުއާއި، އާމިނަތު ފިއުނާއާއި، މުޙައްމަދު ސަލީމްއާއި، އަޙްމަދު މަނިކުއާއި، ޢަބްދުﷲ ޢާރިފްއާއި، އަޙްމަދު ހައިކަލްއާއި، ގްލޯރިއަސް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ދަޢުވާކުރުމުން، އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގައި ބަލާފައިވެއެވެ.
10ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ: [ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކައި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، […] ([…] ) މުޙައްމަދު ފަރުހާދ އާއު […] އަލީފާ އަޙްމަދާއި […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދު ސަލީމް އާއި […] އަޙްމަދު މަނިކުއާއި […] ޢަބްދުﷲ ޢާރިފްއާއި […] ([…] ) އަޙްމަދު ހައިކަލް އާއި ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑުން ގެރެންޓީ ދީގެން ބޭންކް އޮފް ސިލޯނުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް US$ 1,500,000.00 (އެއްލިމިޔަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ރިވޯލްވިންގ ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓްއެއް ދޫކޮށްފައިވާކަމާއި، ބަޔާންވެދިޔަ ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓްއާއ ގުޅިގެނި […] އަޙްމަދް މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] (ރަޖިސްޓްރީ ނަންބަރު ބ.11179) އެވެލިޔުނު ބަންޑާރަ ގޯއްޗާއި، […] މުޙައްމަދާ ސަލީމުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] (ރަޖިސްޓްރީ ނަންބަރު ބ.(9771 އެވެކިޔުނު ބަންޑާރަ ގޯއްޗާއި، ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީ ނަންބަރު B1A3900 "ޖީޕް" (ޓޮޔޯޓާ) ބޭންކް އޮފް ސިލޯންގައި ރަހުނުކޮށްފައިވާކަމާއި، އިސްވެ ބަޔާންކުރެވުނު ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓަށް […] ([…] ) މުޙައްމަދު ފަރުހާދ އާއު […] އަލީފާ އަޙްމަދު އާއި […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދާ ސަލީމް އާއި […] އަޙްމަދް މަނިކުއާއި […] ޢަބްދުﷲ ޢާރިފްއާއި […] ([…] ) އަޙްމަދު ހައިކަލ އާއް ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑުން ގެރެންޓީދީފައިވާކަމާއި، ބަޔާންވެދިޔަ ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓާއ ގުޅިގެނި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމާއި އެއްގޮތަށް ދައްކާފައިނުވާތީ މިދަޢުވާ ހުށަހެޅިއިރު އިންޓްރެސްޓް އާއި ޖޫރިމަނާގެ ފައިސާއާއި އެކު ޖުމްލަ 3,9251,173/33ރ. (ތިންމިލިޔަން ނުވަލައްކަ ފަންސަވީސްހާސް އެއްސަތޭކަ ހަތްދިހަ ތިންރުފިޔާ ތިރީސް ތިންލަރި) މި ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓްއާއ ގުޅިގެނި ދަޢުވާލިބޭ ފަރާތްތަކުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހި ނުދެއްކި އޮތްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، މިލޯނާއި ގުޅިގެން ލޯނު ނެގިފަރާތުންނާއި ލޯނަށް ގެރެންޓީ ދިން ފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 03 އޭޕްރީލް 2019 މިދުވަހުގެ ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި އެކު ދަޢުވާލިބޭ ފަރާތުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ޖުމްލަ 4,869,499/28ރ. (ހަތަރުމިލިޔަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ނުވަދިހަ ނުވައެއް ދިވެހިރުފިޔާ އަށާވީސްލާރި) ލޯނު ނެގިފަރާތާއި، ލޯނަށް ގެރެންޓީ ދިން ފަރާތްތަކުން ހިމެނޭގޮތުން މިދަޢުވާލިބޭ ޖުމްލަ 09 (ނުވައެއް) ފަރާތުގެ މައްޗަށް ހަމަހަމައަށް ބަހާލުމުނ ނިސްބަތުން ކޮންމެ ފަރާތަކަށް ޖެހޭމިންވަރު ކަމުގައިވާ 541,055/48ރ. (ފަސްލައްކަ ސާޅީސް އެއްހާސް ފަންސާސް ފަސްރުފިޔާ ސާޅީސް އަށްލާރި) ގެ މަގުން ދަޢުވާލިބޭ […] ([…] ) މުޙައްމަދު ފަރުހާދ އާއު […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދާ ސަލީމް އާއި […] ([…] ) އަޙްމަދު ހައިކަލ އާއް މި 04 (ހަތަރެއް) ގެރެންޓަރުންނަށް ޖެހޭ މިންވަރު އެއްފަހަރާ 21 އޭޕްރީލް 2019 މިދުވަހުގެ ނިޔަލަށް ބޭންކަށް ދެއްކުމުން މިލޯނާއި ގުޅިގެން […] ([…] ) މުޙައްމަދު ފަރުހާދު އާއި […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދާ ސަލީމް އާއި […] ([…] ) އަޙްމަދު ހައިކަލްގެ މައްޗަށް އޮތް އެންމެހާ ޒިންމާތަކާއި އިލްތިޒާމްތައް އިތުރު އެއްވެސް ޝަރުތަކާއިނުލައި ނިމުމަކަށްގެނެސް އެ ފެސިލިޓީއާއި ގުޅޭ ގެރެންޓަރުންގެ ލިސްޓުން […] ([…] ) މުޙައްމަދު ފަރުހާދ އާއު […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދު ސަލީމް އާއި […] ([…] ) އަޙްމަދު ހައިކަލްގެ ނަން އުނިކޮށްދިނުމަށާއި، މި ވ ރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓާއ ގުޅިގެނި ރަހުނުކުރެވިފައިވާ […] (ރަޖިސްޓްރީ ނަންބަރު ބ.9404) އެވެކިޔުނު ބަންޑާރަ ގޯތީގެ ރަހުނު އިތުރު އެއްވެސް ޝަރުތަކާނުލައި ފިލުވައިދީ ބުނެވިދިޔަ ކްރެޑިޓް ފެސިލިޓީއާއި ގުޅޭގޮތުން […] އެވެކިޔާ ބަންޑާރަ ގޯތީގެ މައްޗަށް ބޭންކް އޮފް ސިލޯނުގެ ކިބައިގައި އޮތް އެންމެހާ ޙައްޤުތައް އިތުރު ޝަރުތަކާނުލައި ނިމުމުކަށްގެނެސް އެ ފެސިލިޓީއާއި ގުޅޭގޮތުން ރަހުނުކޮށްފައިވާ ތަކެތީގެ ލިސްޓުން […] އެވެކިޔުނު ބަންޑާރަ ގޯތި އުނިކޮށްދިނުމަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން އެއްބަސްވެ ބުނެވިދިޔަ ގޮތުގެ މައްޗަށް މިކަންކަން ކަނޑައަޅާ ދިނުމަށް ޝަރީޢަތުގައި އެދިފައިވާތީ، މިދަޢުވާގައި ބަޔާންވެގެންވާ ކްރެޑިޓް ފެސިލިޓީއާއި ގުޅިގެން 03 އޭޕްރީލް 2019 މިދުވަހުގެ ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި އެކު ދަޢުވާލިބޭ ފަރާތުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ޖުމްލަ 4,869,499/28ރ. (ހަތަރުމިލިޔަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ނުވަދިހަ ނުވައެއް ދިވެހިރުފިޔާ އަށާވީސްލާރި) ލޯނު ނެގިފަރާތާއި، ލޯނަށް ގެރެންޓީ ދިންފަރާތްތައ ހިމެން ގޮތުން މިދަޢުވާލިބޭ ޖުމްލަ 09 (ނުވައެއް) ފަރާތުގެ މައްޗަށް ހަމަހަމައަށް ބަހާލުމުނ ނިސްބަތުން ކޮންމެ ފަރާތަކަށް ޖެހޭމިންވަރު ކަމުގައިވާ 541,055/48ރ. (ފަސްލައްކަ ސާޅީސް އެއްހާސް ފަންސާސް ފަސްރުފިޔާ ސާޅީސް އަށްލާރި) ގެ މަގުން އިސްވެ ބަޔާންކުރެވުނު ހަތަރު ގެރެންޓަރުންނަށް ޖެހޭ ޖުމްލަ 2,164,221/92ރ. (ދެމިލިޔަން އެއްސަތޭކަ ފަސްދޮޅަސް ހަތަރު ހާސް ދުއިސައްތަ އެކާވީސް ރުފިޔާ ނުވަދިހަ ދެލާރި) ބޭންކް އޮފް ސިލޯނަށް ދެއްކުމުގެ ގޮތުން 18 އޭޕްރީލް 2019 މިދުވަހުގެ ނިޔަލަށް އަރާފައިވާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި އެކު ޖުމްލަ -2,169,990/ރ. (ދެމިލިޔަން އެއްލައްކަ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ނުވަދިހަ ރުފިޔާ) ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން […] ([…] ) މުޙައްމަދު ފަރުހާދު އާއި […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދާ ސަލީމް އާއި […] ([…] ) އަޙްމަދު ހައިކަލް އާއި، މި 04 (ހަތަރެއް) ގެރެންޓަރުންގެ ފަރާތުން ބަޔާންވެ ދިޔަ ފައިސާ ބޭންކް އޮފް ސިލޯނަށ ޖަމާކޮށްފައިވާކަން ބޭންކް އޮފް ސިލޯނުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއި އެކު މިދަޢުވާގައި ބަޔާންވެގެންވާ ކްރެޑިޓް ފެސިލިޓީއާއި ގުޅިގެން […] ([…] ) މުޙައްމަދު ފަރުހާދ އާއު […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދު ސަލީމް އާއި […] ([…] ) އަޙްމަދު ހައިކަލްގެ މައްޗަށް އެންމެހާ ޒިންމާތަކާއި އިލްތިޒާމްތައް އިތުރު އެއްވެސް ޝަރުޠަކާނުލައި ނިމުމަކަށްގެނެސް އެ ފެސިލިޓީއާއި ގުޅޭ ގެރެންޓަރުންގެ ލިސްޓުން […] ([…] ) މުޙައްމަދު ފަރުހާދ އާއު […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދާ ސަލީމް އާއި […] ([…] ) އަޙްމަދު ހައިކަލްގެ ނަން އުނިކުރެވިގެންވާ ކަމަށާއި، މި ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓާއ ގުޅިގެނި ރަހުނުކުރެވިފައިވާ […] (ރަޖިސްޓްރީ ނަންބަރު ބ.9404) އެވެކިޔުނު ބަންޑާރަ ގޯތީގެ ރަހުނު ފިލުވައި، ބުނެވިދިޔަ ކްރެޑިޓް ފެސިލިޓީއާއި ގުޅޭގޮތުން […] އެވެކިޔާ ބަންޑާރަ ގޯތީގެ މައްޗަށް ބޭންކް އޮފް ސިލޯނުގެ ކިބައިގައި އޮތް އެންމެހާ ޙައްޤުތައް އިތުރު ޝަރުތަކާނުލައި ނިމުމަކަށްގެނެސް އެ ފެސިލިޓީއާއި ގުޅޭގޮތުން ރަހުނުކޮށްފައިވާ ތަކެތީގެ ލިސްޓުން […] އެވެކިޔުނު ބަންޑާރަ ގޯތި އުނިކުރެވިފައިވާކަމަށާއި، ބަޔާންވެދިޔަ ކްރެޑިޓް ފެސިލިޓީއާއި ގުޅިގެން 03 އޭޕްރީލް 2019 މިދުވަހުގެ ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި އެކު ދަޢުވާލިބޭ ފަރާތުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ޖުމލް 4,869,499/28 (ހަތަރުމިލިޔަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ނުވަދިހަ ނުވައެއް ދިވެހި ރުފިޔާ އަށާވީސްލާރި) ލޯނު ނެގިފަރާތާއި ލޯނަށް ގެރެންޓީ ދިންފަރާތްތައ ހިމެން ގޮތުން ޖުމްލަ 09 (ނުވައެއް) ފަރާތުގެ މައްޗަށް ހަމަހަމައަށް ބެހުމުން ދަޢުވާލިބޭ ކޮންމެ ފަރާތަކަށް ޖެހޭ ފައިސާގެ ނިސްބަތުން […] ([…] ) މުޙައްމަދު ފަރުހާދ އާއު […] ([…] ) އާމިނަތު ފިއުނ އާއާ […] މުޙައްމަދާ ސަލީމް އާއި […] ([…] ) އަޙްމަދު ހައިކަލް އާއި، މި 04 (ހަތަރެއް) ގެރެންޓަރުންނށަ ޖެހޭ ފައިސާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި އެކު ދެއްކުމުގެ ގޮތުން 18 އޭޕްރީލް 2019 ވަނަ ދުވަހު ބޭންކަށް ޖަމާކޮށްފައިވާ ޖުމްލަ -2,169,990/ރ. (ދެމިލިޔަން އަށްލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ނަވާރަލާރި) އުނިކުރުމުން އިންޓްރެސްޓާއި ޖޫރިމަނާއާއި އެކު 19 މެއި 2019 މިދުވަހުގެ ނިޔަލަށް މިލޯނުގައ ނުދެއްކި ބާކީ އޮތް 804,374/192,ރ. (ދެމިލިޔަން އަށްލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ނަވާރަ ލާރި) އަކީ ލޯނު ނެގިފަރާތް ކަމުގައިވާ އެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، ގެރެންޓަރުންކަމުގައިވާ […] އަލީފާ އަޙްމަދާއި […] އަޙްމަދު މަނިކުއާއި […] ޢަބްދުﷲ ޢާރިފްއާއި ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މިފައިސާ ބޭންކް އޮފް ސިލޯނަށް ލިބިދިނުމުގެ ގޮތުން 19 މެއި 2019 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭމިންވަރު އެމަހަކު އިންޓްރެސްޓާއި ޖޫރިނަމާގެ ފައިސާއާއި އެކު މީލާދީ 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް ސިލޯނަށ ދެއްކުމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، […] އަލީފާ އަޙްމަދު (އައިޑީ އާއި، މއޕެއާރސ އަޙްމަދް މަނިކު (އައިޑީ އާއި، […] ޢަބްދުﷲ ޢާރިފް (އައިޑީ އާއި، ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި ބަޔާންވެދިޔަ މުއްދަތުގެ ތެރޭގައި މި ކްރެޑިޓް ފެސިލިޓީއާއި ގުޅިގެން އިސްވެބަޔާންކުރެވުނު ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞް ނުކުރެވިޖެއްނަމަ މިކްރެޑިޓް ފެސިލިޓީ އާއި ގުޅިގެން ރަހުނުކުރެފައިވާ […] (ރަޖިސްޓްރީ ނަންބަރު ބ.11179) އެވެކިޔުނު ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭމުދަލާއި، ރަޖިސްޓްރީ ނަންބަރު B1A3900 "ޖިޕް" (ޓޮޔޯޓާ) ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް ސިލޯނަށ ލިބިގެންވާކަމަށް ކަނޑައަޅައި، ބުނެވިދިޔަގޮތުގެ މައްޗަށް […] […] ([…] ) އާމިނަތު ފިއުނާއާއި […] ([…] ) އަޙްމަދު ހައިކަލްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/375 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަޙްމަދު މަނިކުގެ ފަރާތުން އަންނަނިވި 08 (އަށެއ) ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ބަޔާންތަކަށް ރިޢާޔަތްކުރުމެއްނެތި ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ޑޮކިއުމަންޓް ތަކަށް ރިޢާޔަތްކޮށް ކަމަށް ބުނެ • ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގައި މައްސަލަ ހިންގާފައިވަނީ އުޞުލާއި ޚިލާފަށް އިންސާފަށް ހުރަސްއެޅޭ ގޮތަށް މަތީ މަރުޙަލާގެ ޙުކުމްތަކަށް ރިޢާޔަތްކުރުމެއްނެތި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި އެއްބަސްވުމާއި ޚިލާފަށް ރަހުނު ވިއްކާލުމުގެ އިޚްތިޔާރު އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށް ޙުކުމް ކޮށްފައިވުން ކަމަށް ބުނެ • ހަތަރުވަނަ ނުކުތާ އަކީ: ކުންފުންޏެއްގެ ހިއްސާދާރުން ކަމަކަށް ޖާމިނުވުން ދއިރޭ އެކަން ތަންފީޒީމްކުރ ޤާނޫނާ ނައްސުތަކަށާއި އުޞޫލުތަކަށް ރިޢާޔަތްކުރުމަކާއި ނުލާ ޙުކުމް ކުރައްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ފަސްވަނަ ނުކުތާ އަކީ: ކުންފުންޏެއްގެ ދަރަންޏެއް އެކުންފުނި ޝަރީޢަތުގައި ތަމްސީލުނުކޮށް އެ ދަރަނި ގަރެންޓަރ ޒިންމާވާ ގޮތަށް ޙުކުމްކޮށްފައިވަނީ ކުންފުނި ހިންގުމަށް ކަނޑައެޅިފައިވާ ޤާނޫނީ މަންހަޖުން ބޭރުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރ 1102/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ގަރެންޓަރ އެއްބަސްވުމުގެ ޠަބީޢަތަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ބުނެ • ހަތްވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ގަރެންޓަރުންނަށް ހަމަހަމަ ފުރުޞަތުތައް ދިނުމަކާއި ނުލާ ޤާނޫނާ ޚިލާފަށް ނުބައިނިޔަތެއްގައިކަނ އެގެން އޮތްއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • އަށްވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤޟިއްޔާގައަ ޙުކުމް ކުރައްވާފައިވަނީ ދަޢުވާއާއި ގުޅޭ އެހެން ދަޢުވާއެއް ހިގަމުނ ދަނިކޮށް އެކަމަށްވެސް ރިޢާޔަތްކުރުމަކާއިނުލާ އިސްތިއުނާފު ކުރާފަރާތަށް އިންސާފު ލިބުމަށް ހުރަސްއެޅޭ ގޮތަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
12ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 8A/37-2019/HC ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަލީފާ އަޙްމަދު އާއި، ޢަބްދުﷲ ޢާރިފް އަދި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި 03 (ތިނެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ : ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ޝަރީޢަތުގައި ކަންކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް އަންގައިދޭ އުޞޫލު ކަމުގައިވާ "البينة على المدعي واليمين على من أنكر" ޤާއިދާއާ ޚިލާފަށް ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: ދަށު ކޯޓުގައި ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާ ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރި ކަންކަނު (2019/HC-A/378) ފުރަތަމަ ނުކުތާއާ ގުޅޭ
13މި މައްސަލައަކީ ބޭންކް އޮފް ސިލޯންއިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީއަކާއި ގުޅޭގޮތުން ސިވިލް ކޯޓުގައި ބޭންކް އޮފް ސިލޯންއިނ ދަޢުވާކުރުމުން ބަލާފައިވާ މައްސަލައެއް ކަމާއި، ސިވިލް ކޯޓުގައި ދަޢުވާލިބޭ ފަރާތްތަކުގައި ގޮތުގައި ހިމަނާފައިވަނީ ބޮރޯވަރ (ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް) ގެ އިތުރުން ކްރެޑިޓް ފެސިލިޓީއަށް ގެރެންޓީ ދީފައިވާ އެންމެހައި ފަރާތްތައް ކަމަށާއި، އަދި ކްރެޑީޓް ފެސިލިޓީ ޤަބޫލުކުރިކަމުގެ ލިޔުމާއި، ގެރެންޓީ އެގްރީމެންޓާއި ރަހުނު އެގްރީމެންޓް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އެ އެއްބަސްވުންތަކުގައި، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ބޭންކްއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކުރުމާއި ހަމައަށް ހުރިހާ ގެރެންޓަރުން ޒިންމާވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ރަހުނު ކުރެވިފައިވާ 2 ގޯތީގެ ރަހުނުވެސ ކްރެޑިޓް ފެސިލިޓީއާ ގުޅިގެން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކުރުމާއި ހަމައަށް ދެމިއޮންނާނެކަމަށް ބަޔާންކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުންފާހަގަކޮށްފައިވެއެވެ.
14އިސްވެބުނެވުނު ގޮތަށް ބަޔާންކޮށްފައިވަނިކޮށް، ގެރެންޓަރުންގެ ގޮތުގައި ހިމެނޭ 4 ފަރާތެއް ގެރެންޓީ ނިމުމަކަށް ގެނެސްފައިވަނީ، ގެރެންޓީ އެގްރީމެންޓާ ޚިލާފަށްކަމަށާއި، ކްރެޑިޓް ފެސިލިޓީއަށް ފައިސާ ދައްކާ ޚަލާސްކުރުމާއި ހަމައަށް 2 ގޯތީގެ ރަހުނުވެސް ދެމިއޮންނާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވަނިކޮށް، އެއްގޯތީގެ ރަހުނު ފިލާފައިވާކަމަށ ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، އެއްބަސްވުމާއި ޚލާފަށްކަމަށި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
15އެގްރީމެންޓްތަކާއި ބޭންކްއިނ ޚިލާފުވެފައިވާކަން ސާބިތުވާއިރު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، މި ކްރެޑިޓް ފެސިލިޓީއާ ގުޅިގެން ފައިސާ ދޫކުރެވެނީ ހަމައެކަނި ދައުލަތުގެ ޕްރޮޖެކްޓްތަކަށް އެކަނިކަމަށާއި، ޕްރައިވެޓް ޕްރޮޖެކްޓްތަކަށ ފައިސް ދޫކުރެވޭނީ ހަމައެކަނި އެކަމަށް ލިޔުމުން އެދިގެން ވަކި ޚާއްސަ ހުއްދައެއް ލިބިގެންކަމަށްއެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، ބޭންކްއިނ ވަކް ފަރުދަކަށް ކްރެޑިޓް ފެސިލިޓީގެ ދަށުން އެއް މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށާއ އެއި މަނާކަމެއްކަމަށްވާއިރު އަދި ބޭންކްއިން އެކަމަށް އިންކާރުކޮށްފައިނުވާއިރު، އެކަންކަމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
16ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާ އެ ދަޢުވާ ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމަށާއި، ލޯނާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަކާނުލައި، މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށާއި، އެހެންކަމުން، މި މައްސަލަ ދަށު ކޯޓުގައި ހިންގާފައިވަނީ އުޞޫލުތަކާއި ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
17ސިވިލް ކޯޓުގައި ދަޢުވާކުރި ފަރާތުން އެދިފައިވަނީ، ހުރިހާ ގެރެންޓަރުންގެ ކިބައިން ފައިސާ ލިބިގަތުމަށާއި ރަހުނުކުރެވިފައިވާ 2 ގޯތިވެސް ވިއްކާލުމުގެ ހުއްދަ ދިނުމަށްކަމަށާއި، އަދި ވަކި ބައެއްގެ މައްޗަށް ކްރެޑިޓް ފެސިލިޓީ ދެމިގެންދާ ގޮތަށް ދެންތިބި މީހުން ގެރެންޓަރުންގެ ތެރެއިން އުނިކުރުމަށް އަދި ރަހުނު ކުރެވިފައިވާ 2 ގޯތީގެ ތެރެއިން އެއް ގޯތީގެ ރަހުނު ދޫކޮށްލުމަށް އެދިފައިނުވާކަމަށާއި، ނަމަވެސް، މައްސަލަ ކުރިއަށް ދަނިކޮށް، ދަޢުވާލިބޭ ވަކި ފަރާތްތަކަކާއެކ ކޯޓުނު ބޭރުގައި މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށް، ދަޢުވާގައި އެދިފައިވާ ގޮތާއި ޚިލާފަށް ދަޢުވާލިބޭ ވަކި ފަރާތްތަކަކާއެކު އެއްބަސްވުންތަކެއް އެކުލަވާލުމަކީ ދަޢުވާކުރި ފަރާތުން ދަޢުވާގައި އެދިފައިވާ ގޮތާއި ޚިލާފަށް އަދި ކްރެޑިޓް ފެސިލިޓީއާ ގުޅިގެން އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި ޚިލާފަށް ކޮށްފައިވާކަމެއްކަމަށާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ދައުވަތެއްވެސް އިސްތިއުނާފުކުރާ ފަރާތަކަށް ލިބިފައިނުވާކަން ދަށުކޯޓުގައިވެސް ފާހަގަކޮށްފައިވާނެކަމަށާއި، މިއީ ޤާނޫނުތަކާއި ޝަރުޢީ އުޞޫލުތަކާއި ޚިލާފު ކަމެއްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
18އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ:
1.18. "ސިވިލ ކޯޓުގް ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރެވިފައިވާ ޙުކުމެއް ނޫންކަމަށް ކަނޑައަޅުއްވާ ދެއްވާ އެ ޙުކުމް ބާޠިލްކޮށްދެއްވުން އެދެމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ ޚުލާސާ (2019/HC-A/378) ބޭންކް އޮފް ސިލޯން
19އިސްތިއުނާފު ރައްދުވާ، މުޙައްމަދު ފަރުހާދު އަދި މުޙައްމަދު ސަލީމްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ ބޭންކް އޮފް ސިލޯންގެ ފަރާތުންވެސް ފާހަގަކުރަން ބޭނުންވާ ކަންކަން ކަމަށާއި ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، ބޭންކް އޮފް ސިލޯންއިނ ދަޢުވް ސާބިތުކުރުމަށް އެކަށީގެންވާ ޑޮކިއުމަންޓްސް ހުށަހެޅި ކަމާއި، ސްޓޭޓްމަންޓް ހުށަނާޅާކަމަށް ބުނަނީ ކޮން އަސާސެއްގެ މައްޗަށްކަން ނޭނގޭކަމަށާއި، ލުއި ދިން ފަރާތްތަކަށް ލުއި ދިނީ ޝަރީޢަތް ހިންގުމުގެ ކޮން އުޞޫލަކާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން އެނގެން ނެތްކަމަށެވެ.
20ގެރެންޓީ އެއްބަސްވުމުގެ 7 ވަނަ ނަންބަރުންވެސް، ސެކިއުރިޓީ ދޫކޮށްލުމަކީ އަދި ބައެއް ގެރެންޓަރުން ޑިސްޗާޖް ކުރުމަކީވެސް ބޭންކްއަށ ލިބް އިޚްތިޔާރެއް ކަމަށާއި، ރަހުނާބެހޭ ޤާނޫނު 7 ވަނަ މާއްދާއިންވެސް ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 10 ވަނަ ނަންބަރު ރަހުނު ހިފާ މީހާއަށް ދޫކޮށްލުމުގެ އިޚްތިޔާރު ލިބިފައިވާ ކަމަށް ގަބޫލުކުރާކަމަށ ބޭންކް އޮފް ސިލޯން އިން ފާހަގަކޮށްފައިވެއެވެ.
21ގެރެންޓީ އެއްބަސްވުމުގެ 7 ވަނަ މާއްދާއިން ގެރެންޓަރުންނަށް ލުއި ދިނުމުގެ ބާރު ބޭންކަށް ލިބިފައިވާއިރު، ފައިސާ ދެއްކުމުން ގެރެންޓީ ނިމުމަކަށް ގެނައުމުގެ ފުރުޞަތު ދިނީ ބޭންކުން ކަމަށާއި އެއު ސިވިލް ކޯޓުގެ ނިންމުމެއް ނޫންކަމަށް މުޙައްމަދު ފަރުހާދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
22ބޭންކް އޮފް ސިލޯންއިން ފާހަގަކުރި ކަންކަމަށް ތާއީދު ކުރާ ކަމަށާއި، މުޙައްމަދު ފަރުހާދުއާއި މުޙައްމަދު ސަލީމްގެ ފަރާތުން ލިޔުމުން ހުށަހަޅާފައިވާ ކަންކަމަށް ތާއީދުކުރާކަމަށް ފާހަގަކޮށްފައިވެއެވެ.
23އިސްތިއުނާފަށް ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު މިއީ އިސްތިއުނާފަށް ބަލައިގަނެވޭނެ ނުކުތާތަކެއް ނޫންކަމަށާއި، ހައިކޯޓަށް އިސްތިއުނާފަށް މައްސަލައެއް ބަލައިގަނެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބުނެފައިވާ ކަންކަން އެގޮތުގައި ހުރިނަމަކަމަށާއި، މި އިސްތިއުނާފުގައި އެފަދަ ނުކުތާއެއް ހުށަހަޅާފައިނުވާކަމަށް މުޙައްމަދު ސަލީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
24ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/98 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 17 ވަނަ ނަންބަރުގައު،، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި އިޝާރާތްކުރަނީ ފަނޑިޔާރުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތްކަމުގައިވާއިރު، ފަނޑިޔަރު ހެކި ވަޒަންކުރިގޮތް ޤާނޫނާ ޚިލާފުވާނަމަ ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުސޫލަކާކަން ބުނެދޭންވާނެ ކަމަށާއި، މި މައްސަލާގައި ދަށުކޯޓުނެ އަމަ ލުނުކުރީ ކޮން ކަމަކަށްކަން ބުނެދީފައި ނުވާކަމާއި، މައްސަލަ ނިންމުމުގައި ޚިލާފުވީ ކޮން ޤާނޫނީ އުޞޫލަކާކަން ބުނެދެވިފައިނުވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-L/90 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 10 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާގޮތަށް، މައްސަލައިގާ ހިމެނެ ޤާނޫނީ ބަހުސްއަކީ ކޮބައިކަން ބުނެދެވިފައި ނުވާތީ ފުރަތަމަ ނުކުތާއަކީ މި މައްސަލަ އިސްތިއުނާފު ކުރުމަށް އޮތް ޤާނޫނި ސަބަބެއް ނޫންކަމަށް މުޙައްމަދު ސަލީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
25ބޭންކުން ލުއި ދީފައިވަނީ އެއްބަސްވުމުގެ ކޮން މާއްދާއަކާ ޚިލާފަށް ކަން ބުނެދީފައިނުވާކަމާއި، އެ ލުޔަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ވެސް މިފަދަ ލުއި ދެވޭނެ ކަމަށާއި، ލޯނުގައި ޝާމިލްވާ 9 ފަރާތަށްވެސް ހަމަހަމަ އުސޫލުން ބޭންކުން ލުއި ދީފައިވާކަމަށް މުޙައްމަދު ސަލީމގް ފަރާތުން ފާހަގަކޮށްފައިވެއެވެ.
26ދެވަނަ އިސްތިއުނާފަ ނުކުތާގައި ވެސް ޤާނޫނީ ބަހުސަކީ ކޮބައިކަމެއް ބުނެދީފައު ނުވާކަމާއި، އިސްތިއުނާފީ ތިނަވަނަ ނުކުތާގައި ވެސް އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެދީފައިނުވާކަމާއި، މައްސަލަ ނިންމީ ބޭންކުން އެދިފައިވާގޮތަށް ކަމަށް މުޙައްމަދު ސަލީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މުޙައްމަދު ފަރުހާދުގެ ފަރާތުން ދީފައިވާ ޖަވާބަށް ތާއީދުކުރާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
27ގްލޯރިއަސްގެ ސްޓޭންޑަކީ، ދަށުކޯޓުގައި ދިން ބަޔާންކަމާއި، އެގޮތުން ރަހުނުކޮށްފައިވާ 00B1A39 ޓޮޔޯޓާ ޖީޕް ވިއްކާލުމަށްފަހު ދަރަނި އަދާކުރަން ބޭނުންވާކަމަށް ފާހަގަކޮށްފައިވެއެވެ.
28އަޙްމަދު މަނިކުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކޮށްފައިވާނެކަމަށާއި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/375 ޤަޟިއްޔާގައި ބަލަމުންދާކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެ ޤަޟިއްޔާގައި ސިވިލް ކޯޓުގެ 1102/Cv-C/2018 ޤަޟިއްޔާ ނިމިފައިވަނީ ގެރެންޓަރއެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ޙުކުމް ކޮށްފައިވާތީކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
29އިސްތިއުނާފު ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް އޭނާގެ ފަރާތުން ތާއީދުކުރާކަމަށާއި، ބޭންކް އޮފް ސިލޯން އިން ގެރެންޓަރ އެގްރީމެންޓާ ޚިލާފުވެފައިވާކަމަށް ދަލާލަތުކޮށްދޭ ކަންކަން އެ ނުކުތާގައި ބަޔާންކޮށްފައިވާކަމަށް އަޙްމަދު މަނިކު ފާހަގަކޮށްފައިވެއެވެ.
30ބޭންކް އޮފް ސިލޯނުން ދަރަނި ދައްކަން އެދުނު އިރުވެސް އެ ދަރަނީގެ ފުރިހަމަ ތަފްސީލް ފޯރުކޮށްދީފައިނުވަކަމާއި، ޙުކުމްކޮށްފައިވާ ޢަދަދަކީވެސް ހަމަ ޙަޤީޤަތުގައިވެސް ބޭންކް ގައި އޮތް ދަރަންޏެއްކަނު ސާފުކޮށްދީފައިނުވާކަމަށ ބުން ތަފްސީލީ ގޮތެއްގައި އޭނާގެ ފަރާތުން ކުރި މަސައްކަތްތައް ޖަވާބު ފޯމުގައި ފާހަގަކޯށްފައިވެއެވެ.
31ދަޢުވާއަށް ބަދަލު ގެނެސް އެކަމަށް އިއުތިރާޒުކޮށްފައިވަނިކޮށް ޙުކުމްކޮށްފައިވުމުން، ޢަދުލުވެރި ޝަރީޢަތެއް ލިބިފައިނުވާކަމާއި، މި ބާވަތުގެ މައްސަލަތަކުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ ތަޠްބީޤު ކުރާއިރު، ހުށަހެޅިފައިވާ ކޮންޓްރެކްޓް އޮފް ގެރެންޓީ އާއި ލޯން އެގްރީމެންޓް ގެ ޠަބީޢަތާއި އެއްގޮތަށް ތަޠްބީޤު ކުރުން ލާޒިމްވާނެ ކަމަށާއި، ގެރެންޓަރުންނަށް އެންގުމެއްނެތި ބޭންކްއިން ޝަރުޠާއި ޚިލާފަށް ދަރަނި ދޫކުރުމާއި އެންގުމެއްނެތި ރަހުނަކަށް މުޅި ލޯނު އެއްކޮށް ފުރޮޅާލުމާއ ވަކި ގެރެންޓަރުންނަށް އެއްވެސް އެއްޗެއް ސާފުކޮށް ދިނުމެއް ނެތި ބޭނުން ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް ދުށުމަކީ ޤާނޫނު ސިލްބީކޮށް ހިންގުންކަމަށް އަހްމަދު މަނިކުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތްތަކުން އެދޭގޮތް (2019/HC-A/378)
32އިސްތިއުނާފުރައްދުވާ އަޙްމަދު މަނިކުގެ ފަރާތުން އެދިފައިވަނީ: "އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާ 1102/Cv-C/2018 ދަށު ކޯޓުން ނިންމާފައިވަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމާއި ބޭންކުން ގަރެންޓަރ އެގްރީމަންޓް ތަންފީޒުކޮށްފައިވަނީ އަޙްމަދު މަނިކުގެ ޙައްގުތަކަށް އުނިކަން އަންނަ ގޮތަށްކަމަށްވާތީ އަޙްމަދު މަނިކު ގަރެންޓަރގެ ޒިންމާއިން ވީއްލިއްޖ ކަމަށެ ކަނޑައަޅައް ޙުކުމުގެ އެ ބައި ބާޠިލްކޮށް އަޙްމަދު މަނިކަށް އިންސާފު ލިބޭފަދަ ގޮތަކަށް މައްސަލަ ނިންމައިދެއްވާ ހުކުމް ކޮށްދެއްވުން." މިފަދައިންކަން އެނގެން އޮވެއެވެ.
33އިސްތިއުނާފ ރައްދުވު ބޭންކް އޮފް ސިލޯން، މުޙައްމަދު ފަރުހާދު، އާމިނަތު ފިއުނާ، މުޙައްމަދު ސަލީމް، އަޙްމަދު ހައިކަލްގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކށްފައިވޮ ޙުކުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގްލޮރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ ކޮމްޕެނީގެ ފަރާތުން އެދެނީ، ރަހުނުކޮށްފައިވާ ޓޮޔޯޓާ ޖީޕ ވިއްކާލައިގެން ނަމަވެސް ބޭންކް އޮފް ސިލޯންއަށް ދައްކަންޖެހޭ ލޯނުގެ ފައިސާ ދެއްކުމަށް ކަމަށް އެ ކުންފުނީގެ ފަރާތުން ބުނެފައިވެއެވެ. އަޙްމަދު މަނިކްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5 ވަނަ ނަންބަރު ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން (2019/HC-A/378) ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުން
34ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ."
35ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ: "(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ . (1)މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ . (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް .
36ޕްރިސިޑެންސް 2ސިވިލް ކޯޓުގެ ނިންމުމުގައި، ލޯނު އެއްބަސްވުމާއި، ރަހުނު އެއްބަސްވުމާއި، ގެރެންޓީ އެއްބަސްވުންތަކަށް ރިޢާޔަތްކޮށްފައިނުވާތީ އެ ނިންމުމަކީ އިސްވެ ބަޔާންކުރެވުނު މާއްދާތަކާ ޚިލާފު ނިންމުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް ޤަޟިއްޔާގެ 17 ވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވަނީ: "ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އިޝާރާތްކުރަނީ ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓަންޖެހޭގޮތަށް ކަމުގައިވާއިރު، ފަނޑިޔާރު ހެކި ވަޒަންކުރިގޮތް ޤާނޫނަކާ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފުވާނަމަ، ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުސޫލަކާކަން ބުނެދެވެންވާނެއެވެ. ފަނޑިޔާރެއްގެ ޢަމަލު ނުވަތަ ސުލޫކާ ގުޅޭ މާއްދާތަކާއި، މައްސަލައެއްގައި ތަޠުބީޤުކުރަންޖެހޭ ފަންނީ ޤާނޫނީ އުސޫލެއް ފަނޑިޔާރަށް ތަޠުބީޤުކުރެވުމަކީ މުޅިން ތަފާތު ދެކަމެކެވެ. އިސްތިއުނާފުކުރެވޭ މައްސަލަތައް ތިން މަރުހަލާގައި ބެލުމުގެ މާނައަކީ ކޮންމެ މަރުހަލާއަކުނ އެއް ކަމެއް ތަކުރާރުކުރުމެއް ނޫނެވެ. ކޮންމެ މަރުހަލާއެއްގައިވެސް ހުށަހެޅިފައި ހުރި ހެކި، އެންމެ ފުރަތަމަ މަރުހަލާގައި ވަޒަންކުރި ގޮތަށް އަލުން ވަޒަންކުރުމެއްނޫނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، އިސްތިއުނާފަށް މައްސަލައެއް ހުށަހެޅޭނީ ދަށު މަރުހަލާއިން ޤާނޫނަކާ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާ ފަށާ މައްސަލައެއް ނިންމާފައި އޮވެއްޖެނަމައެވެ."
37ޕްރިސިޑެންސް 3ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވަނީ އިސްވެ ބުނެވުނު އެއްބަސްވުންތަކުގެ ކޮން މާއްދާއަކަށް ކަމެއް އިސްތިއުނާފުކުރާ ފަރާތްތަކުގެ އިސްތިއުނާފު ނުކުތާއާއި ގުޅިގެން ބަޔާންކށްފައިވޮ ކަންކަމުގައި ބުނެދީފައިނުވެއެވެ. ކްރެޑިޓް ފެސިލިޓީއާ ބޭންކް އިން ޚިލާފުވެފައިވާކަން ސާބިތުވާންއޮތްއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނި ނަމަވެސް، މިގޮތަށް މިކަން ފާހަގަކޮށްފައިވަނީ މުޙައްމަދު ފަރހާދުގެ ފަރު ތުން އެކަނި ކަމަށްވެފައި، މުޙައްމަދު ފަރުހާދު ވަނީ، ބޭންކްއާއެކާ އެއްބަސްވެ އޭނާއަށް ލޯނުގެ ބާކީ ފައިސާއިން އޭނާއަށް ޖެހޭބައި ދައްކާ އޭނާ އެދޭގޮތް ބަދަލުކޮށްފައެވެ. އެހެންކަމުން، މި ހާލަތުގައި ޝަރީޢަތުން ކުރިން އޭނާ ދައްކާފައިވާ ވާހަކައަށް ރިޢާޔަތްނުކުރުމކަ ޤާނޫނީ އުސޫލުތަކާ ޚިލާފުކަމެއް ކަމަކަށް އހުރެން ނުދެކެމެވެ. ސަބަބަކީ، ބޭންކްއާއެކު އެއްބަސްވުމަކަށް އާދެވޭނީ، އެހާތަނަށް ބާކީ ދައްކަން އޮތް ފައިސާގެ އަދަދާމެދ ވެސު އެއްބަސްވެގެންކަމަށްވާތީއެވެ.
38އެހެންކަމުން، ހާވާލާދެވުނު މާއްދާތަކާ ޚިލާފަށް މައްސަލަ ނިންމުމުގައި ކޮށްފައިވާ ކަމެއް ބުނެދެވިފައިނުވާތީ މި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ކަމަށް ނުދެކެމެވެ. ޝަރީޢަތުގައި ކަންކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް އަންގައިދޭ އުޞޫލާ ޚިލާފަށް ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނާ ބުނުން
39ޕްރިސިޑެންސް 4ދަޢުވާ ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1102/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރި ބޭންކް އޮފް ސިލޯންއިނ ދަޢުވް ސާބިތުކޮށްދީފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މިގޮތަށް އެ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ކްރެޑިޓް ފެސިލިޓީގެ އެއްވެސް ތަފްސީލެއް، ފައިސާ ދޫކޮށްފައިވާ ގޮތެއް، ފައިސާ އަނބުރާ އަދާކުރަންޖެހޭ އުޞޫލެއް، ފައިސާ އަދާކުރަމުން ގޮސްފައިވާ ގޮތެއް އަދި މިނޫންވެސް މަޢުލޫމާތު ހުށަހަޅާފައިނުވތީކަމަށެވެ. ދަޢުވާކުރާ ފަރާތުން ހުށަހެޅި ލިޔުންތަކަކީ:
1.39. USD$1,500,000.00 (އެއް މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު)ގެ ރިވޯލްވިންގ ކޮމްބައިންޑް ވޯރކިންގ ކެޕިޓަލް ކްރެޑިޓް ލިމިޓް ހަމަޖެހިފައިވާ ކަމުގެ ލިޔުން. މި ޑޮކިއުމަންޓް ހުށަހަޅަނީ، ދެފަރާތުގެ ދެމެދުގައި ކްރެޑިޓް ލިމިޓެޑް އެއްބަސްވުމެއް ވެފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި،
2.39. 'ރަހުނު' އެއްބަސްވުމުގެ ކޮޕީ. މި ޑޮކިއުމަންޓް ހުށަހަޅަނީ، "މއ.ޕެއަރސް" ރަޖިސްޓްރީ ނަންބަރު ބ.11179 އާއި "ގ.ކޮލަމާ" ރަޖިސްޓްރީ ނަންބަރު ބ.9771 އާއި "ޓޮޔޯޓާ ޖީޕް" ރަޖިސްޓްރީ ނަންބަރު B1A3900 އެތަކެތީގެ ވެރިފަރާތަށް ލިބިދޭ އެންމެހައި ޙައްޤުތަކާއި ބާރުތަކާއކު ބޭންކަށެ ރަހުނު ކޮށްފައިވާކަން ސާބިތު ކުރުމަށް.
3.39. ގެރެންޓީ އެއްބަސްވުންތަކުގެ ކޮޕީ. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި ބޭންކް އޮފް ސިލޯނާއ ދެމެދި ވެފައިވާ ކްރެޑިޓް ލިމިޓް އެއްބަސްވުމުގެ ދަށުން، މުޙައްމަދު ފަރުހާދާއި، އަލީފާ އަޙްމަދާއި، އާމިނަތު ފިއުނާއާއި، މުޙައްމަދު ސަލީމާއި، އަޙްމަދު މަނިކާއި، ޢަބްދުﷲ އާރިފާއި، އަޙްމަދު ހައިކަލް އަމިއްލަ ހައިސިއްޔަތުން ޔަޤީންކަން ދީފައިވާކަން ސާބިތުކުރުމަށް.
4.39. އެކައުންޓް ތަފްޞީލުގެ ކޮޕީ. މި ޑޮކިއުމަންޓް ހުށަހަޅަނީ، އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ފެސިލިޓީސް އަށް މިހާތަނަށް އަރާފައިވާ އިންޓްރަސްޓާއި ޖޫރިމަނާ ފައިސާގެ އަދަދު ސާބިތުކުރުމަށް.
40ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނި ނަމަވެސް، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމާއި އެ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން، ބޭންކް އޮފް ސިލޯންގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ލިޔުން ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ. ނަމަވެސް، ބޭންކް އޮފް ސިލޯންގެ ފަރާތުން ބަޔާންކުރާ ޢަދަދަކީ ރަނގަޅު ޢަދަދު ނޫންކަމަށްބުނެ އެމަގުން، އިސްތިއުނާފުކުރާ ފަރާތްތަކުން ކަމެއް ފާހަގަކޮށްފައިވާކަން އެނގެން ނެތްއިރު، މި މަރުޙަލާގައި ކްރެޑިޓް ފެސިލިޓީއަށް ބާކީ ދައްކަންޖެހޭ ޢަދަދު ސާބިތުކޮށްދީފައިނުވާކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެވިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ. ދަޢުވާކުރި ފަރާތް އެދިފައިވާ ގޮތަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުން
41މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަނީ ސިވިލް ކޯޓުގައި ދަޢުވާކުރި ފަރާތުން އެދިފައިވަނީ، ހުރިހާ ގެރެންޓަރުންގެ ކިބައިން ފައިސާ ލިބިގަތުމަށާއި ރަހުނުކުރެވިފައިވާ 2 ގޯތިވެސް ވިއްކާލުމުގެ ހުއްދަ ދިނުމަށްކަމަށެވެ. ނަމަވެސް، މައްސަލަ ކުރިއަށް ދަނިކޮށް، ދަޢުވާލިބޭ ވަކި ފަރާތްތަކަކާއެކު ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށް، ދަޢުވާގައި އެދިފައިވާ ގޮތާއި ޚިލާފަށް ދަޢުވާލިބޭ ވަކި ފަރާތްތަކަކާއެކު އެއްބަސްވުންތަކެއް އެކުލަވާލުމަކީ ދަޢުވާކުރި ފަރާތުން ދަޢުވާގައި އެދިފައިވާ ގޮތާއި ޚިލާފަށް އަދި ކްރެޑިޓް ފެސިލިޓީއާ ގުޅިގެން އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި ޚިލާފަށް ކޮށްފައިވާކަމެއްކަމަށާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ދައުވަތެއްވެސް އިސްތިއުނާފުކުރާ ފަރާތތް ކަށް ލިބިފައިނުވާކަން ދަށުކޯޓުގައިވެސް ފާހަގަކޮށްފައިވާނެކަމަށާއި، މިއީ ޤާނޫނުތަކާއި ޝަރުޢީ އުޞޫލުތަކާއި ޚިލާފު ކަމެއްކަމަށެވެ.
42ޕްރިސިޑެންސް 5ނަމަވެސް، މި ނުކުތާގައި ޤާނޫނީ ބަހުސެއް އުފެދޭ މިންވަރަށް ސާފުކޮށް އިސްތިއުނާފުކުރާ ފަރާތުން އެ ފަރާތުން ހުށަހަޅަން ގަސްތުކުރ ބަހުސާ ބަޔާންކޮށްދެވިފައި އޮތްކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތުން އެ ފަރާތުގެ ޤާނޫނ ބަހުސްގެ ޙުއްޖަތެއްގެ ގޮތުގައި ހަމައެކަނި ފާހަގަކޮށްފައިވަނ ދަށު ކޯޓުގެ ނިންމުމަކީ ޤާނޫނުތަކާއި ޝަރުޢީ އުޞޫލުތަކާއި ޚިލާފު ނިންމުމެއް ކަމަށް ބުނެ އެކަމުގެ ފުރިހަމަ ތަފުސީލު ހިމަނާފައި ނެތުމުންނެވެ. އެގޮތުން ދަށު ކޯޓުގެ ނިންމުން ޚިލާފުވާ ޤާނޫނ ނައްސަކީ ކޮބައިކަމެއް އަދި ޚިލާފުވާކަމަށް ބުނާ ޝަރުޢީ އުޞޫލަކީ ކޮބައިކަމެއްވެސ ސާފުކޮށް އެނގެން ނެތްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިނުކުތާއަކ އިސްތިއުނާފުގެ އޮޅިގިރާކުރެވޭ މިންވަރަށް ވާސިލުވެފައިވާ ނުކުތާއެއްކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ.
(މި ރައުޔަށް ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޙަސަން ޝަފީޢު ތާއީދު ކުރެއެވެ.)
43މި މައްސަލައިގައި ހުށަހެޅުނު މި ކޯޓުގެ ނަންބަރު 2019/HC-A/378 ޤަޟިއްޔާގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
44ޕްރިސިޑެންސް 6މީގެ އިތުރުން މި މައްސަލައިގައި ހުށަހެޅުނު މި ކޯޓުގެ ނަންބަރު 2019/HC-A/375 ޤަޟިއްޔާގައި 8 އިސްތިއުނާފީ ނުކުތާ ހުށަހެޅިފައިވީނަމަވެސް، އެ ނުކުތތަކުގައާ އިސްތިއުނާފުކުރި އަޙްމަދު މަނިކުގެ ފަރާތުން ފާހަގަކުރި މައިގަނޑު ކަންކަމަކީ ލޯނާ ގުޅޭ އެންމެހާ ގެރެންޓަރުން ހިމެނޭހެން ހުރިހާ ފަރާތްތަކެއް ޒިންމާކުރުވުމަށް ދަށު ކޯޓަށް ހުށަހެޅުނު ދައުވާއާ ޚިލާފަށާ ޙުކުމްކޮށްފައިވާކަމަށާއި، ލޯނަށާއި މޯގޭޖަށް ލުއި ދިނުމުގައި ހަމަހަމަ ފުރުޞަތު ލިބިދީފައި ނެތްކަމަށް ބުނެ ފާހަގަކުރި ކަންކަމެވެ. އަދި މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތާއި ތަދައްޚުލުވި ފަރާތްތަކުގެ ވާހަކައަކީވެސް 2019/HC-A/378 ޤަޟިއްޔާގައި އެފަރާތްތަކުން ފާހަގަކުރި ކަންކަމެވެ. އެހެންކަމުން މިކަންކަމަކީ އިސްވެ ބުނެވުނު ނަންބަރު -2019/HC A/378 ޤަޟިއްޔާގައިވެސް އިސްތިއުނާފީ ނުކުތާތަށް ހުށަހެޅި އެ މައްޗަށް ވާހަކަދެކެވި، ގޮތް ކަނޑައެޅިފައިވާ ނުކުތާތަކެކެވެ. ވުމާއެކު އެ ނުކުތާތަކަށް އިތުރަށް ރިޢާޔަތްކުރާނެ ތަނެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
45އެހެންކަމުނ ދަށް ކޯޓުގު ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
46މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)ގެ (1) އަދި (2)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު' (ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ FAM/2021/02، 27 ޖަނަވަރީ 2021)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛު އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)، 13 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް ޤަޟިއްޔާ (2019/SC-A/98)، 17 ވަނަ ނަންބަރު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ﷲު ފަރުހާދު، އާމިނަތު ފިއުނާ، މުޙައްމަދު ސަލީމް، ނަދީމް އިބްރާހީމް، އަޙްމަދު ޝަފީޤް، އަޙްމަދު ހައިކަލް
- ބެންޗު
- ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް