ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A-02/6
އާމިނަތު ސަޢީދު ވ. ސިވިލް ސަރވިސް ކޮމިޝަން، 2024/HC-A-02/6
Aminath Saeed v. Civil Service Commission 2024/HC-A-02/6 (2024/HC-A-02/6, High Court of the Maldives, 11 December 2025)
އާމިނަތު ސަޢީދު ވ. ސިވިލް ސަރވިސް ކޮމިޝަން
މައިގަނޑު ސުވާލު
ސުޕްރީމްކޯޓުން ހައިކޯޓަށް ތަޙުވީލުކުރި މައްސަލައެއްގައި، ސިވިލް ސަރވިސްގެ މުވައްޒަފަކު (ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މެނޭޖަރު) ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމުގައި (ލިޔުމެއްގެ އަސްލު އޮޅުވާލުން، އުޞޫލާ ޚިލާފަށް މަޢުލޫމާތު ހާމަކުރުމާއި ހޯދުން، ވަކި ފަރާތެއްގެ މަޞްލަޙަތުގައި މަސައްކަތްކުރުން) ޤާނޫނީ ގޯހެއް ހަދާފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަށު މަރުޙަލާގައި ފާހަގަކުރުމުގެ ފުރުޞަތު ލިބި ފާހަގަކޮށްފައިނުވާ ކަންކަން އާންމު އުޞޫލުން އިސްތިއުނާފީ މަރުޙަލާގައި ފާހަގަނުކުރެވޭނެއެވެ؛ ސަބަބަކީ ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު މަރުޙަލާއަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެން ކަމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16.3، 17.3)
- އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓުގެ މައިގަނޑު ދައުރަކީ އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ދަށު މަރުޙަލާގެ ނިންމުމުގައި ޤާނޫނީ ގޯހެއް ހަދާފައިވޭތޯ ބެލުމެވެ؛ ދަށު މަރުޙަލާގެ ނިންމުން ބިނާކުރި ޙަޤީޤީ ސަބަބަށް ޠަޢުނުނުކުރާ ނުކުތާއަކީ ހައިކޯޓުން ވަޒަންކުރެވޭނެ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17.4-17.5)
- ފައިލުގައި އެއް ނަންބަރެއްގައި ތަފާތު މަޢުލޫމާތު ހިމެނޭ ދެ ސިޓީ ހުރިކަމަށް މުވައްޒަފު އިންކާރުނުކޮށް، އެގޮތަށް ތައްޔާރުކުރި ސަބަބު ސާބިތުކޮށްނުދެވޭނަމަ، ލިޔުމެއްގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ބުރަވެވުމަކީ ޤާނޫނީ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17.4)
- ކުޑަކުދިންގެ ޙައްސާސް މައްސަލައަކާ ގުޅޭ މަޢުލޫމާތު، ހޯދަން އެދުނީ ކޯޓަކުން ކަމުގައި ވީނަމަވެސް، ރަސްމީ ސިފައެއްގައި އެދިފައި ނުވަނިސް ސުޕަވައިޒަރެއްގެ ހުއްދައެއް ނުވަތަ ލަފައެއް ނެތި ހިއްސާކުރުމަކީ އެފަދަ މަޤާމެއްގައި ހުންނަ މުވައްޒަފަކު ޢަމަލުކުރަންޖެހޭ ފަރުވާތެރި މިންގަނޑާ ޚިލާފު ސީރިއަސް ޢަމަލެކެވެ؛ ޕްރޮސީޖަރ މެނުއަލްގައި އެކަން ސާފުކޮށް ބަޔާންކޮށްފައި ނުވުމަކީ އުޒުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18.4-18.7)
- މުވައްޒަފެއްގެ ޢަމަލުތަކަކީ އަމިއްލަ މަޞްލަޙަތެއް ނެތް މުވައްޒަފަކު ކޮށްފާނެ ކަންތައްތަކެއް ކަމަށް ބުރަނުވެވޭނަމަ، އެކަމުން ވަކި ފަރާތެއްގެ މަޞްލަޙަތުގައި މަޤާމުގެ އިޚްތިޔާރު ބޭނުންކޮށްފައިވާކަމަށް ބުރަވެވުމަކީ ހެއްކެއް ނެތި ކުރާ ކަނޑައެޅުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19.3-19.5)
- މަޢުލޫމާތު ހިއްސާކުރުމުގައި ސުޕަވައިޒަރުގެ ހުއްދަ ހޯދަންޖެހޭ ލިޔެވިފައިވާ އުޞޫލެއް ހުށަހެޅިފައި ނެތް ނަމަވެސް، ކުރިން އެފަދަ ކަންކަމުގައި ސުޕަވައިޒަރުގެ ހުއްދަ ހޯދާފައިވާކަން ހެކިބަހުން އެނގޭނަމަ، އެކަމަށް ބާރުލިބި، ހުއްދައެއް ނެތި ތިންވަނަ ފަރާތަކުން މަޢުލޫމާތު ހޯދުމަކީ ފަރުވާތެރި މުވައްޒަފެއްގެ މިންގަނޑާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20.4)
1ސ. ފޭދޫ، ޑިއަރެސްޓް، އާމިނަތު ސަޢީދު އަކީ ސ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މެނޭޖަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ.
2އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބެލި ޙަޟާނާތުގެ މައްސަލައެއްގެ ތެރެއަށް ސ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ވަދެ، ވަކި ފަރާތަކަށް ބުރަވެ މަސައްކަތްކޮށްފައިވާކަމަށް ބުނެ، ބުނެވުނު ޙަޟާނާތުގެ މައްސަލައިގައި ހިމެނޭ ކުދިންގެ މަންމަ މިނިސްޓްރީގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، 02 އޮކްޓޯބަރު 2016 އިން ފެށިގެން 08 އޮކްޓޯބަރު 2016 އަށް މިނިސްޓްރީގެ ޓީމެއް ސ. ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުން ޢަމަލުކޮށްފައިވާގޮތް ބަލާފައިވެއެވެ.
3އިސްވެ ބަޔާންކުރެވުނު މިނިސްޓްރީގެ ޓީމުން ހޯދާފައިވާ މަޢުލޫމާތަކަށް ބިނާކޮށް މިނިސްޓްރީގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓުން ކޭސްތަކުގައި މަސައްކަތްކޮށްފައިވާ ގޮތުގެ އިންޓަރނަލް އިންކުއަރީ ރިޕޯޓު އެކުލަވާލުމަށްފަހު، އިންކުއަރ ރިޕޯޓުން 'އެފް. ސީ. އެސް. ސ'ތަކަށ ހުށަހެޅް މައްސަލަތަކުގައި ފޯރުކޮށްދޭންޖެހޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކަށައެޅިފައިވާ އުޞޫލާ ޚިލާފަށް އާމިނަތު ސަޢީދު މަސައްކަތްކޮށްފައިވާކަމަށ ބެލެވޭތީ އާމިނަތު ސަޢީދު 12 ފެބުރުވަރީ 2018 ދްވަހުވަޒީފާއިނ ވަކިކޮށްފައިވެއެވ.
4އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރިސަބަބުގ ގޮތުގައެ ސިވިލް ސަރވިސް ކޮމިޝަނުން ބަޔާންކޮށްފައިވަނ "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 271 ވަނަ މާއްދާގެ )ނ( ގެ 4ގެ 4.2، 5 ގެ
52، 6 ގެ 6.1، 6.2، 8 އަދި 17 އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރުގެ ދަށުން " މިފަދައިންނެވެ.
5. އާމިނަތ ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ކަމާގުޅޭ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، އާމިނަތު ސަޢީދު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާއި ހަމައަށް ލިބެންޖެހްމުސާރައާއި ޢިނާޔަތްތައް ހޯދުމަށްއެދި ސިވިލް ސަރވިސް ކޮމިޝަނށ ރައްދުވް ގޮތަށާ 05 މޭ 2018 ގައި އާމިނަތު ސަޢީދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލުގެ ނަންބަރު 38/VTR/2018 މައްސަލައިގައެވެ.
6އީ މައްސަލެ އެ ޓްރްއިބިއުނަލުނ ނިންމާފައިވަން އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މއުޟޫޢަ އަދުލުވެރިކަން ގާއިމްކޮށްފައިވާކަމަށް ކަނޑައަޅައި، ނަމަވެސް އެކަށީގެންވާ މިންވަރަށް އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ބުރަނުވެވޭތީ ބަދަލެއްގެ ގޮތުގައި އާމިނަތު ސަޢަދު ވަޒީފާއިން ވަކިކުރެވުނުއިރު އަސާސީ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 7,035/-ރ. )ހަތްހާސް ތިރީސްފަސް ރުފިޔާ(ގެ ނިސްބަތުން 06 )ހައެއް( މަސްދުވަހުގެ މުސާރައަށްވާ 42,210/-ރ. )ސާޅީސްދެހާސް ދުއިސައްތަދިހަ ރުފިޔާ( ނަގައިދިނުމަށް ކަނޑައަޅައެވެ.
7ވަޒީފާއާބެހޭ ޓްރައިބިއުނަލުގެއެ ނިންމުމުމެދު ހިތްހަމަނުޖެހިގެން އާމިނަތު ސަޢީދުގެ ފަރާތުން އެމައްސަލ ދިވެހިރާއްޖޭގު ހައިކޯޓުގައި އިސްތިއނާފުކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރ 2020/HC-A/41 ޤަޟިއްޔާގައެވެ.
8އ ޤަޟިއްޔާގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 38/VTR/2018 މައްސަލައިގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
9ހައިކޯޓުގ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އާމިނަތު ސަޢީދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރ 2022/SC-A/98 ޤަޟިއްޔާގައެވެ.
10އެ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ހައިކޯޓުގެ ނަންބަރު 2020/HC-A/41 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އާމިނަތު ސަޢީދުގެ ފަރާތުންހައިކޯޓަށ ހުށަހެޅް އިސްތިއުނާފީ ނުކުތާތަކިމެދ ގޮތެއު ކަނޑައެޅުމަށްޓަކައ ހައިކޯޓަށް ތަހުވީލުކުރުމަށެވެ. މިއީ އެގޮތުން ތަހުވީލުކުރެވުމުން ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A-02/6 ޤަޟިއްޔާއެވެ.
11މ ޤަޟިއްޔާގައި އިސްތިއުނާފުކުރި ފަރާތަކީ ސ.ފޭދޫ، ޑިއަރެސްޓް، އާމިނަތު ސަޢީދު އެވެ. އިސްތިއުނާފު ރައްދުވާފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނެވެ.
12ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 38/VTR/2018 މައްސަލަ އިސްތިއުނާފުކުރަމުންސ.ފޭދޫ، ޑިއަރެސްޓް އާމިނަތު ސަޢީދު ފަރާތުން އަންނަނިވި 05 )ފަހެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ:މައްސަލަ އިސްތިއުނާފުކުރަ ފަރާތުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް )މީގެ ފަހުން "ކޯޓު"( ފޮނުވިކަމަށް ބުނާ ދެ ސިޓީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ކަމަށ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 7.3.1 ގައި ބަޔާންކޮށްފައިވަނީ ދެ ސިޓީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށާހުށަހަޅާފައި ނުވަނީސް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތއެވެ. • ދެވަނަ ނުކުތާ އަކީ:އެއް ނަންބަރެއްގައި ކޯޓަށް ފޮނުވިކަމަށް ބުނާ ދެ ސިޓީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވެސް ނުވާއިރު، މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ސ.ހިތަދޫ މޖިސްޓްރޭޓެ ކޯޓަށް ފޮނުވިކަމަށް ބުން ދެ ސިޓީ ޙަޤީޤަތުގައިވެސް ކޯޓަށް ފޮނުވިތޯ ކޯޓުން ކަށަވަރުކޮށ ދެއްވުމަށް އެދިފައިވަނިކޮށް އެކަން ކުރުމަކީ މިމައްސަލއިގިބޭނުމަށް މުހިންމު ކަމެއް ނންކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމައި، އެއް ނަންބަރެއްގައި ދެ ސިޓީ ތައްޔާރުކޮށްފައ އޮތުމަކީ މައްސަލައިގެ ހިމެނޭ ލިޔުމެއްގެ އަޞްލު އޮޅުވާލުންކަމަށ ވަޒީފާދިން ފަރާތުން ތުޙުމަތކުރ ކަމަށް ކ ނޑައަޅާ އެކަން ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، އަސްލު އޮޅުވާލިކަމަށް ބުނާ ލިޔުމަކަ ކޮބައިކަން ބަޔާންކުރުމެއްނެތި، އަދި އަސްލްއޮޅުވާލި މަޢުލޫމާތު ހިމެނޭ ސިޓީތައް ވެސި ބެލުމެއް ނެތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ:ކޯޓަށް މަޢުލޫމާތު ހިއްސާކުރި ކުރުމަކީޤާނޫނ ޤަވާޢިދާ ޚިލާފަށާ ދައުލަތުގެ ސިއްރު މަޢުލޫމާތު ހާމަކުރުމާއި ދޫކުރުން ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވަނީ މަޢުލޫމާތު ހާމަކުރެވުނު ފަރާތާއި، މަޢުލޫމާތު ހާމަކުރެވުނު ޙާލަތާއި ގުޅިގެން އިސްތިއނާފ ކުރު ފަރާތުން ދައްކާފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްނުކޮށިކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާ އަކީ:ސ.ފެމިލީ އެންޑްޗިލްޑްރަނިޔުނިޓަށް ހުށަހެޅިފައިވާ މައްސަލިއްގައ އިސްތިއުނާފުކުރާ ފަރާތުނިމަސައްކަތް ކޮށްފައިވަނީ ޕްރޮސީޖަރ މެނުއަލްއާ އެއްގޮތަށް ކުދިންގެ މަސްލަޙަތު ހިމާޔަތްކުރުމަށްކަމާއި، އަދި ކޯޓަށް ހުށަހެޅުނު ކުދިންގެ ޙަޟާނާތާއ ގުޅި މައްސަލާގައި އެއްވެސް ކޮޅަކަށް ބުރަވެވޭގޮތަށް އިސްތިއުނާފުކުރާ ފަރާތުން މަސައްކަތްކޮށްފައިނުވާއިރު، މައްސަލަ ހުށަހެޅި ފަރާތުގެ މަޤާމުގެ ޒިންމާ އަދާކުރުމުގެ ގޮތުން ޢަމަލުކޮށްފައިވާގޮތ ވަކިގޮތަކަށް މާނަކޮށް، "ކުދިންނާ ގުޅާ އިސްތިއުނާފ ކުރު ފަރާތުގާ މަސްލަޙަތެއްވކަމަށް ބުރަވެވޭކަމަށާއި"، އިސްތިއުނާފުކުރާ ފަރާތުގެ މަޤާމުގެ އިޚްތިޔާރު ގަސްދުގައި ނާޖާއިޒުގޮތެއްގައިވަކިފަރާތަކަށ ފައިދާވާނެގޮތަށް ބޭނުންކޮށްފައިވާ ކަމަށް ބުރަވެވޭކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލް އިން ނިންމާފައިވަނީ، އެއްވެސް ހެއްކެއް ޤަރީނާއެއް އެކަމުގެ މައްޗަށް ލިބިފައި ނެތްއިރުކަމުގައި ދެކޭކަމަށ ބުނީ ފާހަގަކުރި ނުކުތާއެވެ. • ފަސްވަނަ ނުކުތާ އަކީ:ކޯޓުނ އެދިގެން ކުދިންގެ މަންމަގެ ސިއްޙީ ޙާލަތާއި ގުޅޭ މަޢުލޫމާތު އޭ.ޑީ.ކޭ ހޮސްޕިޓަލުން ހޯދާފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ސުޕަވައިޒަރުގެ ނުވަތަ އެހެން ފަރާތެއްގެ ހުއްދަ ނުހޯދާކަމަށް ބަޔާންކޮށް، މިކަމަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް މެޢުލޫމާތ ހާމަކުރުމާއި ލިބިގަތުން ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު، ކުދިންގެ މަންމަގެ ސިއްޙީ ޙާލަތާއި ގުޅޭ މަޢުލޫމާތު އޭ.ޑީ.ކޭ ހޮސްޕިޓަލުން ހޯދުމުގައި ސުޕަވައިޒަރުގެ ނުވަތަ އެހެން ފަރާތެއްގެ ހުއްދަ ހޯދަންޖެހޭކަމަށް މިނިސްޓްރީ ކަނޑިއޅާފައިވާ އުޞޫލެއް ބަޔާންކުރެވިފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
13އެހެންކަމުން މި މައްސަލައިގެ ފުރަތަމަ އިސްތިއުނާފީ ނުކުތާ ފިޔަވައި، އެންމެހާ އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައިވަނީ މައްސަލައިގައ މައުޟޫޢީ އަދުލުވެރިކަން ޤާއިމްވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ އިދާރީ ގޮތުން ފާހަގަކުރާ ނުކުތާއެއް ކަމަށް އާމިނަތު ސަޢީދުގެ ފަރާތުން ބުނެފައިވެއެވެ.
14މ މައްސަލައިގައި އިސްތިއުނާފުކުރާ އާމިނަތު ސަޢީދުގެ ފަރާތުން އެދިފައިވަނިއާމިނަތ ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ގާއިމްކޮށްފައިވާކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުމާއި ވަޒީފާ އިއާދަކޮށްދޭނެ ތަނެއް ނެތް ކަމަށާއި ވަޒީފާ އިއާދަކުރުމާ ހަމައަށް މުސާރަ އާއި އިނާޔަތް ނަގައިދޭނެ ތަނެއް ނެތް ކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠީ ލްކޮށް،އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާ އިއާދަކޮށްދިނުމަށާއ ވަޒީފި އިއާދަކޮށްދޭ ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތް ނަގައިދިނުމަށް ކަނޑައަޅައިދިނުމަށެވެ.
15މ މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދެސިޓީ ހުށަހެޅިފައިނުވާކަމަށ ބުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ
16ޕްރިސިޑެންސް 1އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ މައްސަލަ އިސްތިއުނާފުކުރާ ފަރާތުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށެ ފޮނުވިކަމަށް ބުން ދެ ސިޓީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 7.3.1 ގޭއަ ބަޔާންކޮށްފައިވަނީ ދެ ސިޓީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައި ނުވަނީސް ކަމަށާބުނެ ހުށަހަޅާފައިވެނުކުތއެވ.
16.1. މިނުކުތާގެ ޖަވާބުގައި ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވަނީ މިނުކުތާގައި ފާހަގަކުރާ ދެ ސިޓީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިނުވާކަމަށްބުނެ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައ އާމިނަތު ސަޢީދުގެ ފަރާތުން ކަމެއް ފާހަގަކޮށްފައި ނުވާކަމަށެވެ. އަދިއެ ދެ ސިޓީ އެއް އެގްޒިބިޓެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފޮނުވިފައިވާތީ، އޭގެ ތެރެއިން އެއް ސިޓީ ރިޕޯޓުގައި ހިމެނިފައިނުވަނީ އޮޅުމަކުން ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.
16.2. ސިވިލ ސަރވިސް ކޮމިޝަނުން ފާހަގަކުރި މި ޖަވާބާ ގުޅިގެން އާމިނަތު ސަޢީދު ފާހަގަކޮށްފައިވަނީ މި ނުކުތާއަކިވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގައި ދެ ސިޓީ ހިމެނިފައިނުވާތީ، މި ނުކުތާ އަކީ އިސްތިއުނާފީ މަރުހަލާގައި އިދާރީ ގޮތުން ފާހަގަކުރާ ނުކުތާއެއް ކަމަށެވެ. ނަމަވެސް މައްސަލައިގައ އޮތް ހަޤީޤީ ޝަކުވާއަކީ އެއް ނަންބަރެއްގެ ދެ ސިޓީއެއް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަށަވަރުކޮށްފައިނުވާތީ އެ ޝަކުވާ ކަމަށެވެ.
16.3. ދަށުކޯޓުގައި ފާހަގަކުރުމުގެ ފުރުސަތު ލިބި ފާހަގަކޮށްފައިނުވާ ކަންކަން އިސްތިއުނާފީ މަރުހަލާގައި އާންމު އުސޫލުން ފާހަގަނުކުރެވޭނެއެވެ. އެހެނީ ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު މަރުހަލާއަށް ހުށަހެޅުނު ހެކިތަކާއި ދިފާއުތަކަކީ އަސާސް ކަމުގައި ބަލައިގެންނެވެ. އެހެންކަމުން މިނުކުތާއަށް ރިޢާޔަތްކުރާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދެ ސިޓީ ހުށަހެޅިފައިނުވާކަމަށ ބުން އެ ޓްރައިބިއުނަލުގައ އެކަނި އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަކޮށްފައިނުވާތީ،ވަޒީފާއާބެހޭ ޓްރައިބިއުނަލުގ ރިޕޯޓުގައި ދެ ސިޓީ ހިމެނިފައިނުވި ނަމަވެސް، މި ނުކުތާއަކީ ހައިކޯޓު މަރުހަލާގައި ފާހަގަކުރެވޭނެ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ. ލިޔުމެއްގެ އަސްލު އޮޅުވާލިކަމަށް ކަނޑައެޅިފައިވުމާގުޅޭ އިސްތިއުނާފީ ދެވަނަ ނުކުތާ
17ޕްރިސިޑެންސް 2ޕްރިސިޑެންސް 3އިސްތިއުނާފީ ދެވަނަ ނުކުތާއަކީ އެއް ނަންބަރެއްގޫއ ކޯޓަށި ފޮނުވިކަމަށް ބުން ދެ ސިޓީ ވަޒީފާއާބެހަ ޓްރައިބިއުނަލަށް ހުށަހެޅިފައިވެސް ނުވާއިރު، މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ސ.ހިތަދްމެޖިސްޓްރޭޓ ކޯޓށަ ފޮނުވިކަމަށް ބުން ދެ ސިޓީ ޙަޤީޤަތުގައިވެސް ކޯޓަށް ފޮނުވިތޯ ކޯޓުން ކަށަވަރުކޮށް ދެއްވުމަށ އެދިފައިވަނިކޮށ އެކަން ކުރުމަކީ މިމައްސަލައިގެ ބޭނުމަށް މުހިންމު ކަމެއް ނޫންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައި، އެއް ނަންބަރެއްގައި ދުސިޓީ ތައްޔާރުކޮށްފައި އޮތުމަކީ މައްސަލައިގެ ހިމެނޭ ލިޔުމެއްގެ އަޞްލު އޮޅުވާލުންކަމަށ ވަޒީފާދިން ފަރާތުން ތުޙުމަތކުރްކަމަށ ކަނޑައަޅް އެކަން ސާބިތުވާކަމަށް . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ )މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ( . ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު(ގެ 32 ވަނަ މާއްދާގެ )ހ( އަދި )ށ( ކަނޑައަޅާފައިވަނީ، އަސްލު އޮޅުވާލިކަމަށް ބުނާ ލިޔުމަކީ ކޮބައިކަން ބަޔާންކުރުމެއްނެތި، އަދި އަސްލު އޮޅުވާލި މަޢުލޫމާތު ހިމެނޭ ސިޓީތައް ވެސް ބެލުމެއް ނެތި ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ.
17.1. މި ނުކުތާގެ ޖަވާބުގައި ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވަނީމައްސަލައިގެ ފައިލުގައި ދެ ސިޓީ އޮތް ކަމާމެދު އާމިނަތު ސަޢީދުގެ ފަރާތުން އިންކާރު ނުކުރާ ކަމަށާއި، ދެ ސިޓީގެ މައުލޫމާތ ތަފާތު ކަމަށެވެ. އެހެންކަމުން މައްސަލައިގެ ބޭނުމަށް އެ ސިޓީތައް ކޯޓަށް ފޮނުވިތޯ ބެލުން މުހިންމު ނޫންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފހަގަކޮށްފައިވާކަމަށެވެ. އަދި މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑު ކަމަށެވެ.
17.2. މ ނުކުތާއަށް ރިޢާޔަތްކޮށް ބަލާއިރު، އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަކޮށްފައި މިވަނީ އެއް ނަންބަރެއްގ ދެ ސިޓީ ތައްޔާރުކޮށްފައި އޮތުމަކީ މައްސަލައިގެ ލިޔުމެއްގެ އަސްލު އޮޅުވާލުން ކަމަށާއި އެކަނި ސާބިތުވާކަމަށް ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައަޅާފައިވުން އަސްލީ އޮޅުވާލާ ލިޔުމެއް ބަޔާންކުރުމެއް ނެތި، ދެ ސިޓީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވެސް ނުވާއިރު ކަމަށެވެ.
17.3. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދެ ސިޓީ ހުށަހެޅިފައިނުވާކަމަށ ބުން އެ ނުކުތާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިނުވާތީ،މ އިސްތިއުނާފި މަރުހަލާގައި މިހާރު އެ ނުކުތާ ފާހަގަނުކުރެވޭނެކަން އިސްވެ ބަޔާންކުރެވިފައި އެވަނީއެވެ.
17.4. ދޭން ބަލަންޖެހެނީ އާމިނަތު ސަޢީދުލިޔުމެއްގެ އަސްލު އޮޅުވާލި ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ސަބަބަށެވެ. އެގޮތުން ބަލާއިރު ޓްރައިބިއުނަލުގެ ރިޕޯޓުގެ 7.3.1 ވަނަ ނުކުތާގައި އެ ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ... ކޯޓަށް ދެ ސިޓީއެއް ފޮނުވާފައިނުވާނ ކަމަށެ ބުން އާމިނަތު ސަޢީދުގެ ފަރާތުން އިންކާރުކޮށްފައިވީނަމަވެސް، މި ދެ ސިޓީގެ ސައްޙަ ކަމާމެދު އިންކާރުކޮށްފައިނުވާތީއާއި، އެއް ނަންބަރެއްގެ ދެ ސިޓީ ތަފާތު މައުލޫމާތު ހިމަނައި ތައްޔާރުކުރެވި، އާމިނަތު ސަޢީދު ސޮއިކޮށް، އެ ދެ ސިޓީ އާމިނަތު ސަޢީދު ސޮއިކޮށް، އެ ދެ ސިޓީ އާމިނަތު ސަޢީދަށް ނުފޫޒު ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުޑަ ކުދިންގެ މައްސަލައިގެ ފައިލްގައި ހިމެނިފައިވަނީ ކީއްވެގެންކަން އާމިނަތު ސަޢީދުގެ ފަރާތުން ސާފުކޮށްދެވިފައިނުވާކަމާއި، މި ދެ ސިޓީ އިސްވެ ބީޔާންކޮށްފައިވ ފައިލްގައިވާކަމާމެދ އާމިނަތު ސަޢީދުގެ ފަރާތުން އިންކާރުކޮށްފައިނުވާއިރު، އެއް ނަންބަރެއްގެ ދެ ސިޓީ ތައްޔާރުކުރުމުގެ ބޭނުމާއި، މި ދެ ސިޓީގައި ހިމެނިފައިވާ މަޢުލޫމާތު ތަފާތީ ކޮން ސަބަބަކާހުރެ ކަން ވެސް އާމިނަތު ސަޢީދުގެ ފަރާތުން ސާފުކޮށްދެވުފައިނުވާކަމާއި...އެހެންކަމުން އާމިނަތު ސަޢީދު އެ ފަރާތް މަސައްކަތްކުރި ސ. ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނިފައިވާ ލިޔުމެއްގެ އަސްލު އޮޅުވާލައި ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ބުރަވެވޭކަމާއި...ދެ ސިޓާ ކޯޓަށް ފޮނުވިތޯ ނޫންތޯ އިތުރަށް ސާފުކުރުމަކީ މައްސަލަ ރައްދުވި ފަރާތުން އާމިނަތު ސަޢީދާމެދު ކުރި، މަސައްކަތްކުރި އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނިފައިވާ ލިޔުމެއްގެ އަސްލު އޮޅުވާލައި ބަދަލުކުރުމަށް ތުހުމަތާގުޅިގެނ ކޮންމެހެން ބޭނުންވާ މަޢުލޫމްތެއްކަމަށް ނުވާތީ،... ސ. ހިތަދޫ ކޯޓުން ތައްޔާރުކޮށްފައިވާ ޤަޟިއްޔާ ރިޕޯޓު ޓްރައިބިއުނަލް މެދުވެރިކޮށް ހޯދައިދިނުމަށް އާމިނަތު ސަޢީދުގެ ފަރާތުން އެދިފައިވީނަމަވެސް. އެ ޤަޟިއްޔާ ރިޕޯޓު މި މައްސަލައިގެ ތެރެއިން ހޯދިފައި ނުވާނެއެވެ." އެހެންކަމުންލިޔުމެއްގެ އަސްލު އޮޅުވާލުމަށް އާމިނަތު ސަޢީދު މަސައްކަތްކޮށްފައިވާކަމަށ ބުރަވެވޭކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައަޅާފައި އެވަނީ، އެ މައްސަލައިގާފައިލުގައ ދެ ސިޓީ އޮތް ކަމާމެދު އާމިނަތު ސަޢީދު އިންކާރުކޮށްފައިނުވާއިރު، އެ ދެ ސިޓީގައިވްމައުލޫމާތު ތަފާތު ވާންޖެހުނު ސަބަބެއް އާމިނަތު ސަޢީދު އަށް ބުނެދެވިފައި ނުވާތީ، އެ އަސާސަށް ބިނާކޮށް ކަން އެނގެއެވެ.އެހެންކަމުން މި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޙަޤީޤަތުގައި ގޮތް ކަނޑައޅާފައިވަނީ މައްސަލައިގެ ފައިލުގައި ދެ ސިޓީއޮތުމުން، އެ ދެ ސިޓީ ކޯޓަށް ފޮނުވާފައިވާކަމަށ ބަލައިގެން އެ މޭރުމުން ނޫންކަން ސާފެވެ.އަދ މިނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ބިނާކުރި ޙަޤީޤޭސަބަބާމެދު ތައުނުކޮށް މި އިސްތިއުނާފުގައި އާމިނަތު ސަޢީދުގެ ފަރާތުން ކަމެއް ފާހަގަކޮށްފައި ނުވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރުވެސް، އެއް ނަންބަރެއްގެ ދެ ސިޓީތަފާތ މައުލޫމާތު ހިމަނައި ސޮއިކުރަންޖެހުނު ސަބަބެއް އާމިނަތު ސަޢީދު ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ސާބިތުކޮށްދީފައިވާކަނ އެނގޭކަށް ނެތެވެ.
17.5. އިސްތިއުނާފު މަރުހަލާގައި ހައިކޯޓުގެ މައިގަނޑު ދައުރަކީ އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ދަށު މަރުހަލާގެ ނިންމުމުގައި ޤާނޫނީ ގޯހެއް ހަދާފައިވޭތޯ ބެލުމެވެ. މި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ބިނާކުރި ސަބަބު ގޯސް ކަމުގެ މައްޗަށް ކަމެއް ފާހަގަކޮށްފައިނުވާތީ،މި ނުކުތއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިނުކުތާގައި ނިންމި ނިންމުން އިސްތިއުނާފީ އުސޫލުން ހައިކޯޓުން ވަޒަންކުރެވިދާނެ ބީދައިން ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައި ނުދެކެމެވެ. އުސޫލާ ޚިލާފަށް މައުލޫމާތު ދޫކުރުމާއި ހާމަކުރުމާ ގުޅޭ އިސްތިއުނާފީ ތިންވަނަ ނުކުތާ
18ޕްރިސިޑެންސް 4އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ ކަޓަށް މަޢުލޫމާތު ހިއްސާކުރި ކުރުމަކޯޤާނޫނ ޤަވާޢިދާ ޚިލާފަށާ ދައުލަތުގެ ސިއްރު މަޢުލޫމާތު ހާމަކުރުމާއި ދޫކުރުން ކަމުގައި ވީޒީފާއާބެހޭ ޓްރައިބިއުނަލުންނިންމާފައިވަނ މަޢުލޫމާތު ހާމަކުރެވުނު ފަރާތާއި، މަޢުލޫމާތު ހާމަކުރެވުނު ޙާލަތާއި ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުނ ދައްކާފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްނުކޮށް ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ.
18.1. މި ނުކުތާއާ ގުޅިގެން އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ގުޅާ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްސަލައާ ގުޅޭ ސެންޓަރުގައި ހުރި މައުލޫމާތު ފޮނުވާދިނުމަށް އެދިފައިވާތީ އެކަން އެ މޭރުމުން ކޮށްފައިވަނީ ކަމަށެވެ.އެ މައުލޫމާތު ކޯޓާ ހިއްސާކޮށްފައިވަނ އަމިއްލަ އިސްނެގުމަށް ނޫންކަމަށެވެ. އަދި އެ މައުލޫމާތު އެފަދައިން ކޯޓަށް ދިނުމުގައި ސުޕަވައިޒަރުގެ ހުއްދަ ހޯދަން ޖެހޭކަމަށް ބަޔާންކުރާ ގަވާއިދެއް އުސޫލެއް ނެތް ކަމަށެވެ. ހަމައެހެންމްކޯޓުންމައުލޫމާތު ހޯދަން އެދިއްޖެނަމަ، އެ މައްސަލައެއްގައި ހިމެނޭ ކުޑަކުދިން ނުހިމެނޭހެން ބޮޑެތި މީހުންގެ މައުލޫމާތު ހިއްސާކުރުން އެއީ ރަނގަޅު ގޮތް ކަން ޕްރޮސެޖަރ މެނުއަލްގ 7.4.5 ގައި ބަޔާންކޮށްފައިވާކަމަށާއި، އާމިނަތު ސަޢީދު ކޯޓާ ހިއްސާކުރީ މައްސަލައިގައި ހިމެނޭ ބޮޑެތި މީހުންގެ މައުލޫމާތު ކަމަށެވެ. އަދި ކޯޓުން މައުލޫމާތު ހޯދަން އެދެންޖެހެނީ ރަސްމީކޮށްކަން ޕްރޮސީޖަރ މެނުއަލްގައި ބަޔާންކޮށްފައިނުވާކަމަށެވެ.މިކަންކްނ ވަޒީފާއާބެހް ޓްރައިބިއުނަލުގައި ފާހަގަކުރިނަމަވެސް އެ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
18.2. ޖަވާބުގައި ސިވިލް ސަރވިސް ކޮމިޝަނުން މައިގަނޑުގޮތެއްގައި ފާހަގަކޮށފައިވަންއެ މައުލޫމާތު ހޯދުމަށ އެދް ކޯޓުނިއެދިފައިވާކަނ އެނގެން ނެތް ކަމަށާއި އާމިނަތު ސަޢީދު އެ މަޢުލޫމާތު ކޯޓު ހިއްސާކޮށްފައިވަނީ ސުޕަވައިޒަރެއްގެ ހުއްދަ ހޯދުމެއްނެތުއަމިއްލަ އިސްނެގުމަކަށް ކަމަށެވެ. މިއީ ޢަމަލުކުރަންޖެހޭ އުސޫލާ ޚިލާފު ޢަމަލެއް ކަމަށެވެ. އެގޮތުން މިފަދަ ކަންކަމުގައިއާންމު އުސޫލުން ޢަމަލުކުރަންޖެހޭ ގޮތަކީ ސުޕަވައިޒަރެއްގެ ހުއްދަ ހޯދުންކަން މެއިލްގެ ޒަރީއާއިން އަންގާފައިވާނެ ކަމަށާއި ނަމަވެސް އެ މެއިލް މިހާރު ބެލި ބެލުމުން ހޯދިފައިނުވާކަމަށެވެ.
18.3. މުނުކުތާގައިވަޒީފާއާބެހޭ ޓްރައިބިއްނަލުގެ ނިންމުމަށް ބަލާއިރްއެ ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ އާމިނަތު ސަޢީދު ކޯޓާ މަޢުލޫމާތު ހިއީސާކޮށްފައިވާކަމަށް އިންކާރުކޮށްފައިނުވ ކަމަށާއި، އެ މަޢުލޫމާތު ކޯޓާ ހިއްސާކޮށްފައިވަންސުޕަވަޒައިރުގެ ހުއްދަ ލިބިގެން ނޫނީ ން ކ ސުޕަވައިޒަރުގެ ހެކިބަހުން އެނގެން އޮންނާތީ، އާމިނަތު ސަޢޫދުގެ ފަރާތުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ސިޓީ ފޮނުވާފައިވަނީ އަމިއްލަ ވިސްނުމަށް އަމިއްލައަށް ނިންމައިގެންކަމަށް ބުރަވެވޭކަމަށާއ މިއި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް އާމިނަތު ސަޢީދް ކޮށްފައިވާ ކަމެއް ކަމަށެވެ.
18.4. މ ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު،އާމިނަތު ސަޢީދުގެ ފަރާތުން ކޯޓާ މައުލޫމާތު ހިއްސާކުރިކަމަށް އިންކާރުކޮށްފައިނުވާކަމާއި، އެ މައުލޫމާތު ހިއްސާކޮށްފައިވަނ ރަސްމީ ސިފައެއްގައި ކޯޓުން ލިޔުމުން އެދިގެން ނޫންކަން އާމިނަތު ސަޢީދުގެ ބަހުން ސާފެވެ. އަދި ކޯޓުނ ގުޅައިގެން އެ ކޯޓަށް ހުށަހެޅިފައިވާ ހަޟާނަތު މައްސަލައަކާ ގުޅިގެން ސ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސްސެންޓަރގައ ހުރި އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައިވާތީ ކޯޓާ މައުލޫމާތު ހިއްސާކުރީ ކަމަށް އާމިނަތު ސަޢީދުގެ ފަރާތުން ބުނެފްއިވާއިރު، އެ މައުލޫމާތު ހޯދުމަށ އެއްވެސް ރަސްމީ ސިފައެއްގައި ކޯޓުން އެދިފައިވާކަން އެނގޭ ހެއްކެއީމ މައްސަލައިގައި ނެތެވެ. މީގެ އިތުރުން އާމިނަތު ސަޢެ ދުގެ ފަރާތުން ފާހަގަކުރާފަދައިން، ގުޅައިގްނ ކޯޓުން އ މައުލޫމާތު ހޯދަން އެދުނު ކަމަށް ބެލި ނަމަވެސް، އެ މައުލޫމާތު ހޯދަންކޯޓުންރުސްމީ ސިފައެއްގައި އެދިފައިނުވަނީސް، އެއްވެސް ސުޕަވައިޒަރެއްގެ ހުއްދަ ނެތި އެ މައުލޫމާތީކޯޓޭ ހިއްސާކޮށްފައިވަނ އެފަދަ ތަނެއްގައި މެނޭޖަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މުވައްޒަފަކު ޢަމަލުކުރަންޖެހޭ ފަރުވާތެރި މިންގަނޑުން ކަމުގައި އަހުރެން ނުދެކެމެވެ.
18.5. އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަކުރާ ކަމަކީ އެފަދަ މަޢުލޫމާތެއްހޯދުމަށ ކޯޓުން އެދެން ޖެހެނީ ރަސްމީކޮށ ކަމަށް ޕްރޮސީޖަރ މެނުއަލްގައ ނެތި ކަމަށާއި މައުލޫމާތު ކޯޓާ ހިއްސާކުރުމަށްޓަކައ ސުޕަވައިޒަރެއްގެ ހުއްދަ ހޯދަން ޖެހޭކަމަށް ޕްރޮސީޖަރ މެނުއަލްގައ ނެތި ކަމަށެވެ. ޕްރޮސީޖަރ . ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގެ ނަންބަރު 7.3.2 ނުކުތާ މެނުއަލްގައި އެފަދައިން ސާފުކޮށް ބަޔާނކޮށްފައް ނުވި ނަމަވެސް، ކުޑުކުދިންގެ ޙައްސާސް މައްސަލައަކާ ގުޅިގެން، އަމުދުން ފޯނުން ގުޅައިގެން މައުލޫމާތު ހޯދަން އެދިއްޖެނަމަ، މަޢުލޫމާތު ހޯދަނ އެދުން ފަރާތަކު ކޯޓެއް ކަމުގައި ވީނަމަވެސް، ސުޕަވައިޒަރެއްގެ ލަފާ ނެތި އެފަދަ މައުލޫމާތއް ހިއްސާކުރެވިގެން ނުވާނެއެވެ. މިއީ ފަރުވާތެރި މުވައްޒަފެއްގެ ޢަމަލުތައް ބަހައްޓައިގެންވާނެ ގޮތެއް ނޫނެވެ.
18.6. އަހުރެންގެ މި ބުނުމަށް ބާރުދޭ އަނެއް ކަމަކީ، އާމިނަތު ސަޢީދުގެ ފަރާތުނޫއައްޑްއަތޮޅު ހިތަދު މެޖިސްޓްރޭޓް ކޯޓަށް ފޮނުވި ސިޓީގައި،އޭޑީކޭ ހޮސްޕިޓަލަށް ގުޅައިގާނެ ހޯދުކަމަށ ބުން މައުލޫމާތްތަކެއް ހިމަނާފައިވެއެވެ. ނަމަވެސޭފަހުން އޭޑީކުހޮސްޕިޓަލު ގެ ފަރާތުން ލިޔުމުން ޖަވާބު ލިބުނުއިރު، އާމިނަތު ސަޢީދުގެ ފަރާތުން ގުޅައިގެން ހޯދި މައުލޫމާތު ކަމަށް ބުނެ ކޯޓާ ހިއްސާކުރި މައުލޫމާތާ ފުށުއަރައެވ. މިއީ ޚިލާފެއް ނެތް ވާގިއާއެކެވެ.އެގޮތުން އާމިނަތު ސަޢީދު އޭޑީކޭ ހޮސްޕިޓަލަށް ގުޅެއިގެނ ހޯދި މައުލޫމާތު ކަމަށް ބުންއައްޑްއަތޮޅު ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ފޮނުވި ސިޓީގައި، "...މި ބަލީގެ ގޮތުން ފަރުވާއަށްފަހުވެސް ރަގަޅުވުމަށ ދުވަސްތަކެއް ނަގާނެކަމަށް މަޢުލޫމާތު ދެއްވާފައިވެއެވެ." މިފަދައިން އާމިނަތު ސަޢީދު ބަޔާންކޮށްފައިވެއެވެ. ނަމަވެސް ސ.ފެމްލީ އެންޑް ޗިލްޑެރަނ ސަރވިސް ސެންޓަރގ ސިޓީއާގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ފޮނުވިޖަވާބުގ ސިޓގައީ ބަޔާނި ކުރަނަކުދިންގ މަންމަގެ ޙާލަތު ސްޓޭބަލް ކަމަށާއި ކުދިންގެ މަންމަގެ ޞިއްޙަތާއި ގުޅޭ ގޮތުން ލަފާ ކުރެވެނީ ރ ންގަޅށ (Good) ކަމަށެވެ.އ ލިޔުމުގައި ބަލީގެ ބްވީތުގެ އިތުރުން ބަޔާންކޮށްފައިވަނ ފަރުވާއަށް އިންޑިޔާއަށ ދިއުމަށް ޕްލޭން ކުރެވިފައިވާ ވާހަކައެވެ. . ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ )ސ.ހިތަދޫ(ގެ ނަންބަރު: S/MIS/2015/02-FCSC ސިޓީ
18.7. މިއީ ހައްތަހާވެސ ގުޅް ގުޅައިގެން، ރަސްމީ ލިޔުމެއްނެތި، އަމިއްލަ ވިސްނުމަށް،ކަންކަން ކުރަންޖެހ ރަސްމީ ފަރުވާތެރި މިންގަނޑާ ޚިލާފަށް ކަންކަން ކުރުމުގެ ނަތީޖާއެވެ. މިއީ އެއްވެސ ހާލެއްގައި ބަލައިގަންނަންޖެހޭ ޢަމަލެއް ކަމުގައި އަހުރެން ނުދެކެމެވެ. މިއާ ވަޒީފާގެ އާންމު މިންގަނޑވެސ ޚިލާފު ސީރިއަސް ޢަމަލެކެވެ. އެހެނީ މިދެކެވެނީ އާދައިގެ މުވައްޒަފެއްގެ ވާހަކައެއް ނޫނެވެ. ކުޑަކުދިންގެ ޙައްސާސީ މައްސަލަތައް ހުށަހެޅޭ ސ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގ މެނޭޖަރގެ ވާހަކައެވެ. ތަނުގެ އެންމެ އިސް ޒިންމާ އޮތް، އެންމެ ފަރުވާތެރިވާންޖެހޭ މުވައްޒަފުގެ ވާހަކައެވެ. އެހެންކަމުން މިފަދަ ޢަމަލުތަކަކީ އާދައިގެ ކަންކަން ކަމުގައި ބަލައި، މިނެކިރޭނ އެއްވެސް ހަމައެއް އަހުރެންނަށް ނުވިސްނެއެވެ.އެހެންކަމުން މި ނުކުތާގައި އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަކުރާ ކަންކަން އަހުރެންނަށް ބަލައިނުގަނެވެއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ނުކުތާގައި ގޮތް ކަނޑައަޅާފައިވަނީ އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްނުކޮށް ކަމުގައި ބެލެވޭކަށް ނެތެވެ. އެކަންކަމަށް އިތުރަށް ރިޢާޔަތްކުރިނަމަވެސ މިނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމެ މަށް އަސަރުކުރާނެ ޤާނޫނީޖާގައެއް އޮތް ކަމުގައިވެސް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. ވަކި ފަރާތެއްގެ މަސްލަހަތުގައި މަސައްކަތްކުރިކަމަށް ކަނޑައަޅާފައިވުމާ ގުޅޭ އިސްތިއުނާފީ ހަތަރު ވަނަ ނުކުތާ
19ޕްރިސިޑެންސް 5އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީސ.ފެމިލީ އެންޑަޗިލްޑްރަނިޔުނިޓަށް ހުށަހެޅިފައިވާ މައްސަލިއުގައ އިސްތިއުނާފުކުރު ފަރާތުން މަސައްކަތް ކޮށްފައިވަނީ ޕްރޮސީޖަރ މެނުއަލްއާ އެއްގޮތަށް ކުދިންގެ މަސްލަޙަތު ހިމާޔަތްކުރުމަށްކަމާއި، އަދި ކޯޓަށް ހުށަހެޅުނު ކ ދިންގެ ޙަޟާނާތާއ ގުޅި މައްސަލްއެގައި އެއްވެސް ކޮޅަކަށ ބުރަވެވޭގޮތަށް އިސްތިއުނާފުކުރާ ފަރާތުން މަސައްކަތްކޮށްފައިނުވާއިރު، މައްސަލަ ހުށަހެޅި ފަރާތުގެ މަޤާމުގެ ޒިންމާ އަދާކުރުމުގެ ގޮތުން ޢަމަލުކޮށްފައިވާގޮތ ވަކިގޮތަކަށް މާނަކޮށް، "ކުދިންނާ ގުޅާ އިސްތިއުނާފ ކުރު ފަރާތުގެ މަސްލަޙަތެއްވކަމަށް ބުރަވެވޭކަމަށާއި"، އިސްތިއުނާފުކުރާ ފަރާތުގެ މަޤާމުގެއިޚްތިޔާރު ގަސްދުގައި ނާޖާއިޒުގޮތެއްގައި ވަކިފަރާތަކަށް ފައިދާވާނެގޮތަށް ބޭނުންކޮށްފައިވޭކަމަށް ބުރަވެވޭކަމަށް ވ ޒީފާއާބެހަ ޓްރައިބިއުނަލިންނިންމާފައިވަނީ، އެއްވެސް ހެއްކެއް ޤަރީނާއެއް އެކަމުގެ މައްޗަށް ލިބިފައި ނެތްއިރުކަމުގައ ދެކޭކަމަށ ބުނީ ފާހަގަކުރި ނުކުތާއެވެ.
19.1. މިނުކުތާގައި އާމިނަތު ސަޢީދުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީވަޒީފާއާބެހ ޓްރައިބިއުނަލުގެ ރިޕޯޓުގެ 7.3.1 ވަނަ ނުކުތާއިން ފެށިގެން 7.3.3 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަންކަމަކީ އެފަދަ މަޤާމެއްގައި ހުންނަ ފަރާތެއް އާންމަމިންގަނޑުނ ކަން ކުރާން ގޮތް ކަމަށެވެ. އެކަން ކަމަށް ބަލައި އާމިނތ ސަޢީދު ވަކިފަރާތަކަށް ބުރަވެ މަސައްކަތްކޮށްފައިވ ކަމަށް ނުނިންމެނޭ ކަމަށެވެ.އަދި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އާމިނަތު ސަޢީދު ފޮނުވި ސިޓީގައި ވަކި ފަރާތަކަށް ބުރަވެ ވަކި ގޮތަކަށް މައްސަލަ ނިންމައިދޭން އެދިފައިނުވާނ ކަމަށެވެ. އެކޯޓުގެ ނިންމުމަކީ އެކޯޓުގެ މުސްތަޤިއްލު ނިންމުމެއް ކަމަށެވެ.
19.2. ޖަވާބުގައި ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި މި ވާހަކަދެކެވޭ ހަޟާނަތު މައްސަލައިގައި ހިމެނޭ ކުދިންގެ ބައްޕަ އާއި އާމިނަތު ސަޢީދާ ދެމެދު މަސްލަހަތެއް ވާކަމަށ މައްސަލައިގް އިންކުއަރީގައުމުވައްޒަފެއްގޭބަޔާން ލިބިފައިވާކަމަށެވެ. އަދި އާމިނަތު ސަޢީދު ޢަމަލުކޮށްފައިވާގޮތުން އެ ބުނުމަށް ބާރުދޭ ކަމަށެވެ. އެހެންކަމުން މި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ރަނގަޅު ކަމަށެވެ.
19.3. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ނުކުތާގައި ނިންމާފައިވާ ނިންމުން ބަޔާންކޮށްފައިވަނީ މައްސަލައިގެ ރިޕޯޓުގެ 7.3.4 ވަނަ ނުކުތާގައެވެ.އެގޮތުނެއ ރިޕޯޓުގެ 7.3.1 އާއި 7.3.2 އަދި 7.3.3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށޭ ބަލާއިރު، މައްސަލައިގެ ތެރެއިން ވާހަކަ ދެކެވި ކުދިންނާ ގުޅިގެން އާމިނަތު ސަޢީދު މަސައްކަތްކުރި ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގައި އަދި، ކޯޓުން ބަލާފައިވާ އެކުދިންގެ ޙަޟާނަތު މައްސަލައިގައި އާމިނަތު ސަޢީދު ވަރަށް ބޮޑަށް ބައިވެރިވެފައިވާކަން އެނގޭކަމާއި، ވާހަކަ ދެކެވޭ ކުދިންގެ ބައްޕަ އާއި އާމިނަތު ސަޢީދާ ގާތް ގުޅެމެއްވާކަމަށ މި މައްސަލައިގުތެރެއިން އާމިނަތު ސަޢީދުއަށް ތުހުމަތުކުރެވިފައިވާއިރު، އެކަމަށް ބާރުލިބޭ ގޮތަށް ބަޔާންދީފައިވާ އާމިނަތު ސަޢީދު މަސައްކަތްކުރި ސެންޓަރުގެ މުވައްޒަފަކީ އާމިނަތު ސަޢީދުއާ ޒާތީވެގެން އުޅޭ މުވައްޒަފެއްކަމަށް އާމިނަތު ސަޢީދްބުނެފައިވީނަމަވެސް، މައްސަލަތަކުގައި އިސްވެ ފާހަގަކޮށްފައިވާ ނަނާބަރުތަކުގައި އާމިނަތު ސަޢީދު ޢަމަލުކޮށްފައިވާކަމަށް ބުރަވެވޭ ކަންތައްތަކަކީ އަމިއްލަ މަސްލަޙަތެއް ނެތި މުވައްޒަފަކު ކޮށްފާނެ ކަންތައްތަކެއް ކަމަށް ބުރަނުވެވޭތީ، އެ ކުދިންނޭގުޅޭ އާމިނަތު ސަޢީދުގެ މަސްލަހަތެއް ވާކަމަށް ބުރަވެވކަމަށ އެ ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.
19.4. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިނުކުތާގައިފާހަގަކުރ 7.3.1 ވަނަ ނުކުތާގައިމައިގަނޑުގޮތެއްގައި ބަޔާންކޮށްފައިވަނީ އެއް ނަންބަރެއްގައި ތަފާތު ދެގޮތަކަށް މައުލޫމާތު ހިމަނައި، އާމިނަތު ސަޢީދު ސިޓީ ތައްޔާރުކޮށްފައިވުމުން،މައުލޫމާތު އޮޅުވާލުމަށް މަސައކަތްކުރ ކަމަށި ބުރަވެވޭ ކަމަށެވެ.
7.3.2 ވަނި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އާމިނަތު ސަޢީދުއާ ދެކޮޅަށް ކަނޑައެޅި ކަނޑައެޅުމަކީ، ކޯޓަށެ މައުލޫމާތު ފޮނުވުމުގައި ސުޕަވައިޒަރުއާ މަޝްވަރާކޮށް ސުޕަވައިޒަރުގެ ހުއްދަ ހޯދާފައިނުވާތ މިއީ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. އަދ 7.3.3 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ އާމިނަތު ސަޢީދަށް އެ ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގައި މަސައްކަތްކުރުން މަނާކޮށްފައިވަނިކޮށް، އެ ނިންމުން ބާޠިލްކޮށްދިނނެއެދި އާމިނޭތަ ސަޢީދުގެ ފަރާތުން ސިޓީ ފޮނުވި އިރު، އެ ސިޓީއާއެކު، މި މައްސަލައިގައި ވާހަކަދެކެވޭ ކުދިންނާ ގުޅޭ މައްސަލައިގާ ލިޔުމެއް ހުށަހަޅާފައިވާކަމެވެ. ނަމަވެސް އެފަދައިން އެކަންކުރި ކުރުމަކީ އާމިނަތު ސަޢީދުގެ ގޯސް ޢަމަލެއް އެކަމުން ފާހަގަވާ ކަމެއް ކަމަށް އެނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައި ނުވެއެވެ. އެ ނުކުތާ އޮތީ އާމިނަތު ސަޢީދާ އެއްކޮޅަށެވެ.
19.5. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، އާމިނަތު ސަޢީދުމަޤާމުގެ އިޚްތިޔާރު ނާޖާއިޒު ގޮތެއްގައ ވަކި ފަރާތަކަށް ފައިދާވާނެގޮތަށ ބޭނުންކޮށްފައިވާކަމަށް ބުރަވެވޭކަމަށް އ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އެއްވެސް ހެއްކެއް ނެތި ކަމަށް އާމިނަތު ސަޢީދުގެ ފަރާތުނ ބުނީ ބުނުން އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. ސަބަބަކްމައްސަލައިގެ މައުލޫމާތު އޮޅުވާލުމަށް އާމިނަތު ސަޢީދުގެ ފަރާތުން މަސައްކަތްކޮށްފައިވާކަން ދެ ސިޓީ ދެގޮތަކަށް ލިޔެ ސޮއިކޮށްފައިވުމުނ އެނގެން އޮތުމާއި، ކޯޓަށް ސިޓީ ފޮނުވާފައިވަނީވެސ ކޯޓުން ފޯނުންގުޅައިގެނ ހޯދުމަށް އެދުން ކަމަށަ ބުން މައުލޫމާތެއް ފޮނުވުމަށް ކަމަށް އާމިނަތު ސަޢީދުގެ ފަރާތުން ބުނެފައިވާއިރު، އެކަނ ކޮށްފައިވނ ސުޕަވައިޒަރެއްގެ ހުއްދަ ނެތި، ކޯޓުން ރަސްމީކޮށް އެފަދަ މައުލޫމާތެއް ހޯދުމަށް އެދިފައިވެސް ނުވަނީސްކަނ އެނގެން އޮތުމެވެ.އެހެންކަމުން މިނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހެދި ޤާނޫނީ ގޯހެއް އާމިނަތު ސަޢީދުއަށް ބުނެދެވިފައިވާ ކަމުގައި އަހުރެނ ނުދެކެމެވެ. އުސޫލާ ޚިލާފަށް މައުލޫމާތު ހޯދާފައިވާކަމަށް ކަނޑައެޅިފައިވުމާގުޅޭ އިސްތިއުނާފީ ފަސްވަނަ ނުކުތާ
20ޕްރިސިޑެންސް 6އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ ކޯޓުން އެދިގެން ކުދިންގެ މަންމަގަސިއްޙީ ޙާލަތާއި ގުޅޭ މަޢުލޫމާތު އޭ.ޑީ.ކޭ ހޮސްޕިޓަލުން ހޯދާފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ސުޕަވައިޒަރުގެ ނުވަތަ އެހެން ފަރާތެއްގެ ހުއްދަ ނުހޯދާކަމަށް ބަޔާންކޮށް، މިކަމަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް މަޢުލޫމާތު ހާމަކުރުމާއި ލިބިގަތުނާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު، ކުދިންގެ މަންމަގެ ސިއްޙީ ޙާލަތު ގުޅޭ މަޢުލޫމާތު އޭ.ޑީ.ކޭ ހޮސްޕިޓަލުން ހޯދުމުގައި ސުޕަވައިޒަރުގެ ނުވަތަ އެހެން ފަރާތެއްގެ ހުއްދަ ހޯދަންޖެހޭކަމަށް މިނިސްޓްރީ ކަނޑައަ ޅާފައިވާ އުޞޫލެއް ބަޔާންކުރެވިފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
20.1. މ ނުކުތާގައި އާމިނަތު ސަޢީދުގެ ފަރާތުން ފާހަގަކޮށްފައިވަނީއޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ހޯދުމުގައި ސުޕަވައިޒަރުގެ ހުއްދަ ހޯދަންޖެހޭކަމަށް ބަޔާންކުރާ އުސޫލެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަޔާންކޮށްފައިނުވާކަމަށެވެ. އެހެންކަމުން މި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ. އެފަދަ އުސޫލެއް ނެތް ކަމަށެވެ.
20.2. ޖަވާބުގައި ސިވިލް ސަރވިސް ކޮމިޝަނުން މައިގަނޑުގޮތެއްގައިފާހަގަކޮށްފައިވަނީމައްސަލައަކ އަރޖަންޓ މައްސަލައަކަށް ނުވާއިރު، ސުޕަވައިޒަރުގެ ހުއްދަ ނެތި އެ މައުލޫމާތު ކޯޓު ހިއްސާކޮށްފައިވަންއާމިނަތު ސަޢީދުގެ އަމިއްލަ އިސްނެގުމަށް ކަމަށެވެ. އާންމު އުސޫލުން އަންގާފައި އޮންނަ ގޮތަކީ ސުޕަވައިޒަރުގެ ހުއްދަ ލިބިގެން އެފަދަ ކަންކަން ކުރުން ކަމަށާއި އެކަނ އަންގާފައި އޮންނަނީ އީމެއިލްއަކުން ކަމަށެވެ. ނަމަވެސް އެ އީމެއިލް ހުށަހެޅިފައިނުވާކަމަށވެ.
20.3. މ ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުން ގުޅައިގެންނާއި ލިޔެގެންވެސް އާމިނަތު ސަޢީދު މައުލޫމާތު ސާފުކުރިކަނ އެނގެން އޮންން ކަމަށާއި އެކަމަކު ސުޕަވަޒައިރެއްގެ ހުއްދަ ނެތި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ހޯދި މައުލޫމާތު ކަމަށް ބުރަވެވޭ ކަމަށެވެ.
20.4. މ މައްސަލައަށް ބަލާއިރު، އެފަދަ މުޢާމަލާތެއް ކުރަންޖެހެނީ ސީދާ ސުޕަވައިޒަރުގެ ހުއްދަ ލިބިގެންކަން އެނގޭ ހެއްކެއް މައްސަލައިގެ ތެރެއިން ފެންނަން ނެތެވެ. ނަމަވެސް ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ސެންޓަރަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފޯނުން ގުޅޭ، ކޯޓުނ . ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގެ ނަންބަރ 7.3.2 ނުކުތާ މައުލޫމާތު ހޯދުމަށް އެދުމުން، އެފަދައިން އެ މައުލޫމާތު ދިނުމުގައި ސުޕަވައިޒަރެއްގެ ބަހެއް ނެތި ޢަމަލުކުރުމަކީ ފަރުވާތެރި މުވައްޒަފެއްގެ މިންގަނޑުން ބަލާއިރު ކޮށްގެންވާނެ ކަމެއް ނޫނެވެ.އަދ މ މައްސަލައިގައި ކުދިންގެ ވިސާ ހޯދުމަށް ބޭނުންވި މިނިސްޓްރީގެ ލިޔުމެއް ކުދިންގެ ބައްޕަ އަށް އާމިނަތު ސަޢީދު ދޫކޮށްފައިވަނީ ސުޕަވައިޒަރުގެ ހުއްދަ ލިބިގެން ކަމަށްސުޕަވައިޒަރުގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައި އޮތް އޮތުމަށް ބަލާއިރު، މައްސަލައާ ގުޅާ މައުލޫމާތުތައ އެކް ފަރާތު ތަކަށް ހިއްސާކުރުމުގައި ސުޕަވައިޒަރުގެ ލަފާ ހޯދަންޖެހޭކަމަށ ސިވިލް ސަރވިސް ކޮމިޝަނުން ބުން ބުނުމަށް ބާރލިބއެވެ.ހަމައެހެންމެ، އާމިނަތު ސަޢީދުގެ ބަހުން އެނގެން އޮތީ، ކޯޓުން ގުޅާ އަންގާފައިވަނީ މައްސަލައާ ގުޅިގެނ ސެންޓަރުގައި ހުރި މައުލޫމާތިކޯޓާ ހިއްސާކުރުމަށް ކަމެވެ. އެހެންކަމުން އެކަމުގެ ބޭނުމަށްޓކައަ، އެހިނދުގައި ސެންޓަރަށް ލިބިފައި ނެތް މައުލޫމާތެއް،އޭޑީކޭ ހޮސްޕިޓަލަށް ގުޅައިގެން ނުވަތަ ލިޔެގެނ ނަމަވެސް ހޯދަން ޖެހުން ސަބަބެއް އާމިނަތު ސަޢީދުއަށް ބުނެދެވިފައި ނުވެއެވެ. އެހެންކަމުން މިކަންކަމަށް ބަލައިރު، މިނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ކަނޑައެޅުން ގޯސްކަމުގައި ބަލާނެ ހަމައެއް ނެތެވެ.
21އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި މައްސަލައިގައި ހުށަހެޅުނ އިސްތިއުނާފު ނުކުތާތަކަށް ރިޢާޔަތްކޮށް، އާމިނަތު ސަޢީދު ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ނުވަތް މައުޟޫޢީ ޢަދުލުވެރިކަން ޤް އިމްކޮށްފައިވާކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން ޤާނޫނީ ހަމަތަކާ ޚިލާފު ކަމަށް ކަނޑައެޅިދާނެ ޤާނޫނީ ސަބަބެއް އޮތް ކަމުގައި އަހުރެނ ނުދެކެމެވެ.
22އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 38/VTR/2018 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔު ރ ފާޠިމަތު ފަރްހީޒާ ގެ ރައުޔު؛
23ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ފަނޑިޔާރު ދީބާނާޒް ފަހުމގީ ރ އުޔު؛
24ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
25މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ(
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 (ވަކިކުރުމުގެ އަސާސް - ކޮމިޝަނުން ހަވާލާދީ)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) (ކޮމިޝަނުން ހަވާލާދީ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (އިސްތިއުނާފުކުރުމުގެ މުއްދަތު)
- ހައިކޯޓުގެ 2014/HC-A/83
- ސުޕްރީމްކޯޓުގެ 2014/SC-A/41 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމްކޯޓުގެ 2022/SC-A/98 (ހައިކޯޓަށް ތަޙުވީލުކުރި ޙުކުމް)
- ހައިކޯޓުގެ 2020/HC-A/41 (ސުޕްރީމްކޯޓުން ބާޠިލުކުރި ކުރީގެ ޙުކުމް)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ސީނިއަރ ލީގަލް ކައުންސެލް އާޔަތްﷲ ޙުސައިނ
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް