ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/339
ޢަލީ ޒާހިރު ވ. ޙަސަން އަފްޝީން ޝަހީމް، 2021/HC-A/339
Ali Zahir v. Hassan Afsheen Shaheem 2021/HC-A/339 (2021/HC-A/339, High Court of the Maldives, 25 April 2024)
ޢަލީ ޒާހިރު ވ. ޙަސަން އަފްޝީން ޝަހީމް
މައިގަނޑު ސުވާލު
ކުއްޔަށް ހިފި ފަރާތަށް އެޑްވާންސް ފައިސާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރުމުގައި، ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) އާ ޚިލާފުކަމަށް ބުނެ ހުށަހެޅި ނުކުތާތަކުން ޤާނޫނީ އޮޅިގަނޑެއް ގިރާކުރެވިފައިވޭތޯއާއި، ދަށުކޯޓުގައި ދަޢުވާއެއް ނުވަތަ ރައްދުގެ ދަޢުވާއެއް ނުކޮށް 3 މަސްދުވަހުގެ ނޯޓިސްގެ ނުކުތާ އިސްތިއުނާފުގައި އުފެއްދިދާނެތޯއާއި، ޙުކުމްކުރި ޢަދަދު ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ދަށުކޯޓުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ، އެ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމުންނެވެ. އިސްތިއުނާފުކުރާ ފަރާތުން ޤާނޫނީ އޮޅިގަނޑު ގިރާކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 19)
- ދަށުކޯޓުގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއްގައި ކަނޑައެޅި އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނުމަކުން ނުފުދެއެވެ. އެ އުޞޫލަކީ ކޮބައިކަމާއި އެ އުޞޫލާ ޚިލާފުވާ ސަބަބު އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ދަށުކޯޓުގައި ދަޢުވާއެއް ނުވަތަ ރައްދުގެ ދަޢުވާއެއް އުފުލާފައިނުވާ ޚުޞޫމާތެއް (މިސާލު: އެއްބަސްވުމުގައިވާ ނޯޓިސް މުއްދަތު ނުދީ ތަން ދޫކޮށްލުމުގެ ގެއްލުން) ބިނާކޮށް އިސްތިއުނާފުގައި ޖަދަލުކުރެވިދާނެ ކަމަކަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 21)
- ޤާނޫނުގެ މާއްދާއަކަށް (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ)) ޙަވާލާދިނުމަކުން، އެ މާއްދާއާ ގުޅިގެން އުފައްދަން އުޅޭ ޤާނޫނީ ބަޙުޘު ސާފުކޮށް ބަޔާންނުކުރާނަމަ، އިސްތިއުނާފީ ނުކުތާއެއްގައި ޤާނޫނީ ބަޙުޘެއް އުފައްދާފައިވާކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 23، 24)
- އެއްބަސްވުމުން އެޑްވާންސްގެ ގޮތުގައި ނެގި ޖުމްލަ ޢަދަދުން ފަރާތަކަށް ދިން ބައި އުނިކޮށްގެން ބާކީ ޢަދަދަށް ދަށުކޯޓުން ޙުކުމްކޮށްފައިވާކަން ސާފުކޮށް އެނގެންއޮތްނަމަ، އެ ޢަދަދު ދުވަތަ އުނިކުރަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- މައްސަލައިގެ އަޑުއެހުމަށް ތާވަލުކުރުމަށްފަހު، ވަކީލަކު އައްޔަނުކުރަން ބުނެ އަޑުއެހުން ކެންސަލްކޮށް އިތުރު ފުރުޞަތެއް ދިނުމަށް އެދުމަކީ، ވަކީލަކު އައްޔަނުކުރުމަށް ކުރިން ފުރުޞަތު ދީފައި އޮތްއިރު ޤަބޫލުކުރެވޭ ޢުޛުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 2، 3)
ޙުސައިން ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް
1މިއީ، ސިވިލް ކޯޓުގެ ނަންބަރު:2020C/-Cv/3388 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ހއ.ކެލާ، ނިއުލައިފް / ޢަލީ ޒާހިރު (މީގެ ފަހުން "ޢަލީ ޒާހިރު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] / ޙަސަން އަފްޝީން ޝަހީމް (މީގެ ފަހުން "ޙަސަން އަފްޝީން" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް)" އެވެ.
2ޕްރިސިޑެންސް 6އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ވަކީލަކު އައްޔަނކުރުމުށާއި، ޖަވާބު ފޯމު ހުށަހެޅުމަށް 08 ނޮވެންބަރު 1220 ގައި ވަނީ މިކޯޓުން އަންގާފައެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުމެއް 26 ފެބްރުއަރީ 2024 ދުވަހަށް ޝެޑިއުލްކުރުމާއި ހަމައަށްވެސް އިސްތިއުނާފު ރައްދުވާ ފަރާތުން މިމައްސަލާގައި ވަކީލަކު ހަމަޖައްސާ ޖަވާބު ހުށަހަޅާފަނުވެއެވެ. އޭގެ ބަދަލުގައި މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު 19 ފެބްރުއަރީ 2024 ގައި ފޮނުވުމުން 25 ފެބްރުވަރީ 2024 ގެ ރޭގަނޑު 8:40 ގައި ޤާނޫނީ ލަފާ ހޯދުމަށް ވަކީލަކު އައްޔަން ކޮށްގެން ކުރިއަށް ގެންދިއުމަށް ފުރުސަތަކަށް އެދި ސިޓީއެއް މެއިލް ކޮށްފައިވެއެވެ. އެހެންކަމުން، 2021 ވަނަ އަހަރުގެ ނޮވެމްބަރު 08 ވަނަ ދުވަހުން ފެށިގެން ވަކީލަކު އިޚްތިޔާރު ކުރުމާއި އައްޔަން ކުރުމުގެ ފުރުޞަތު ދެވިފައި އޮތް ކަމަށް ބަލަންޖެހެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B2/CHT/2024/796-95 ކޯޓަށް ޙާޟިރުވުމުގެ އަމުރު
3ވީމާ، މައްސަލަ ތާވަލް ކުރެވި އަޑު އެހުނ އޮންން ދުވަހު ވަކީލަކު އައްޔަން ކުރަންކަމަށްބުނެ މައްސަލަ ކެންސަލް ކޮށްދިނުމަށާއި އިތުރު ފުރުޞަތެއް ދިނުމަށް އެދުމަކީ ޤަބޫލުކުރެވޭ އުޒުރެއް ނޫނެވެ. އެހެންވެ، 27 ފެބްރުއަރީ 2024 ދުވަހު ތާވަލް ކުރެވުނު އަޑުއެހުން ކުރިއަށް ގެންދެވުނެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
4ޢަލީ ޒާހިރުއާއި ޙަސަން އަފްޝީންއ ދެމެދާ […] އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަދާފައިވާ 5 ބުރި އިމާރާތުގެ 2 ވަނަ ފަންގިފިލާގައި ހަދާފައިވާ 2 ކޮޓަރި 2 ފާހާނާ ސިޓިންގރޫމް އަދި ސްޓޯރޭޖް ކުޑަތަންކޮޅެއް (މީގެ ފަހުން "އެޕާޓްމަންޓް") ކުއްޔަށްދީ ކުއްޔަށް ހިފުމަށް 18 އޮގަސްޓް 2018 ގައި އެއްބަސްވުމެއް ވިއެވެ. މިއެއްބަސްވުމުގެ މުއްދަތަކީ މީލާދީ 5 އަހަރު ދުވަހެވެ.
5މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާޠިލު ކުރާނަމަ، ނޯޓިސް ދޭންޖެހޭކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ. މިގޮތުން، ކުއްޔަށް ހިފިފަރާތުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ނިމުމަކަށް ގެންނަނަމަ، 03 (ތިނެއް) މަސްދުވަހުގެ ކުރިން ލިޔުމަކުން ކުއްޔަށް ދިންފަރާތަށް އަންގަންޖެހެއެވެ.
6އެޕާޓްމަންޓގު ފާޚާނާއިން ފެންލީކުވެ ފަންގަސްޖެހުމުގެ މައްސަލައަކީ 2018 ވަނަ އަހަރު ނޮވެމްބަރު ތެރޭގައިވެސް ކުރިމަތިވި ކަމެއްކަން ހުށަހެޅުނު ލިޔުންތަކުން އެނގެއެވެ. އެފަހަރު އެކަން ރަގަޅުކޮށްފައިވަނީ ކުއްޔަށްދޫކުރި ފަރާތުންނެވެ. އެޕަރާޓްމަންޓ ކުއްޔަށް ހިފި ފަރާތަކީ ނޭވާހިއްލ ބަލާ ހުންނަ ފަރާތެއްކަން ހުށަހެޅުނު ލިޔުންތަކުން އެނގެއެވެ. އެހެންވެ، އެޕާޓްމަންޓްގެ ފާޚާނާއިނ ފެން ލީކުވެ، ކޮޓަރީގެ ސީލިންގ އިން ފެންފައިބައި ކޮޓަރިތެރޭގައި ހުންނަ ފަރުނީޗަރ ފަދަ ތަކެތީގައި ފަންގަސް ޖެހުމުން، ޞިއްޙީގޮތުން އެތަނުގައި އުޅެން ދަތިވާކަމަށް ބަޔާންކުރެއެވެ.
7އެޕާޓްމަންޓްގެ ފާޚާނާއިން ފެން ލީކުވާތީ 2020 ވަނަ އަހަރުވެސ އެކަން ކުއްޔަށް ހިފިފަރާތަށް އަންގާފައިވެއެވެ. އަދި ކޮޓަރީގެ ސީލިންގއަށް ފެންފައިބައ ކޮޓަރީގައި ހުރި ފަރުނީޗަރ ފަދަ ތަކެތީގައި ފަންގަސްޖަހައި އެޕާޓްމަންޓްގައި އޭނާއަށް އަދި އަނބިދަރިނ ގޮވައިގެން އުޅެން ދަތިވާތީ، 2020 ޖޫން މަހު ތެރޭގައި ކުއްޔަށްދިން ފަރާތަށް އަންގައި 01 ޖުލައި 2020 ގައި އެޕާޓަމނަޓ ދޫކޮށްލަން ބޭނުންވާ ކަން އެންގިއެވެ.
8އެޕާޓްމަންޓް ކުއްޔަށް ހިފިއިރު، އެޑްވާންސް ފައިސގާ ގޮތުގައެ ނެގާ -36,000/ރ. (ތިރީސް ހަހާސްރުފިޔާ) ތެރެއިން، އެޕާޓްމަންޓް މަރާމާތު ކުރުމަށާއި އަދި އެހެނިހެން ޚަރަދަށް ކަމަށްބުނެ، އުނިކުރުމަށްފަހު، ކުއްޔަށްހިފި ފަރާތަށް ބާކީ ދީފައިވަނީ -/6000ރ (ހަހާސް ރުފިޔާ) އެވެ.
9އެހެންކަމުން، ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމާއި ޚިލާފަށް އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ -/30,000ރ. (ތިރީސްހާސް ރުފިޔާ) އާއި ތަކެއްޗަށް ލިބުނު ގެއްލުމާއި އަދި ޤާނޫނީ ވަކީލުގެ ފީ ހިމެނޭ ގޮތަށް އެކު ޖުމްލަ -/60،000ރ. (ފަސްދޮޅަސްހާސް ރުފިޔާ) ޢަލީ ޒާހިރުގެ އަތުން ހޯދުމަށް އެދި ސިވިލް ކޯޓުގައި ޙަސަން އަފްޝީން ދަޢުވާކުރިއެވެ. ސިވިލް ކޯޓުން އެމައްސަލަ ބަލައި ނިމުނު ގޮތް ތިރީގައި އެވަނީއެވެ. ސިވިލް ކޯޓުން ނިންމި ގޮތް:
10ސިވިލ ކޯޓުގް ނަންބަރު: 2020C/-Cv/3388 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވަނީ؛ "މިޤަޟިއްޔާގައި ހުށަހެޅުނު ކަންކަމަށް ބަލާއިރު، ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާތަކުގެ ތެރެއިން، ޑިޕޮސިޓްގެ ގޮތުގައި އަނބުރާ ނުދައްކާވާ -/30،000ރ. (ތިރީސްހާސް ރުފިޔާ) އަކީ ޢަލީ ޒާހިރުގެ ފަރާތުން ޙަސަން އަފްޝީން ޝަހީމްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، ހިފާ ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުންކަމުގައި ބަޔާންކޮށްފައިވާ (ކަބަޑު/ފޮށި) ފައިސާއާއި ވަކީލު ފީ ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، މިޤަޟިއްޔާގައި ދައްކަންޖެހޭގޮތުގައި ސާބިތުވި -/30،000ރ. (ތިރީސްހާސް ރުފިޔާ) ޙަސަން އަފްޝީން ޝަހީމްއަށް ލިބިދިނުމަށްޓަކައި، މިއަދު 07 ސެޕްޓެންބަރު 2021 އިން ފެށިގެން، 01 (އެކެއް) މަސްދުވަހުގެ ތެރޭގައި (08 އޮކްޓޫބަރު 2021 ދުވަހުގެ ނިޔަލަށް) މިފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ދަޢުވާލިބުނު ޢަލީ ޒާހިރުއަށް އަންގައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
11ސިވިލް ކޯޓުގެ ނަންބަރު: 3388/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ޢަލީ ޒާހިރުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛ .111- ސިވިލް ކޯޓުގެ ނަންބަރު 3388/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .211- ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .311- މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކާއި ޙުކުމާއި ތަފާތުކަން އެހެނީ މިމައްސަލާގައި ދަށުކޯޓުން ރިޢާޔަތްނުކުރަނީ ޑިޕޮސިޓް ފައިސާގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދީފައިވާ -/30،000ރ. (ތިރީސްހާސް ރުފިޔާ) ގެ ތެރެއިން -/6000ރ. (ހަހާސް ރުފިޔާ) އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ހަވާލުކޮށްފައިވީނަމަވެސް ޑިޕޮސިޓް ފައިސާގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދީފައިވާ -/،00030ރ. (ތިރީސްހާސް ރުފިޔާ) ގެ ތެރެއިން -/6000ރ. (ހަހާސް ރުފިޔާ) އުނިކުރމެއްނެތި، -/30،000ރ. (ތިރީސްހާސް ރުފިޔާ) އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނަފ ރައްދުވު ފަރާތަށް ދިނުމަށް ޙުކުމްކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
12އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
12.1- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުއްޔަށްދީފައިވާ އެޕާޓްމަންޓް ދޫކޮށްފައިދާއިރު، 3 މަސް ދުވަސްކުރިން އަންގަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އެޕާޓްމަންޓްގައި ދެ އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅުމަށްފަހު ސީލިންގއިނ ފެން ލީކްވުމާއި ފަންގަސް އުފެދުމުގެ މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ހައްލުކޮށްދީފައިވަނކޮށް އިސްތިއުނާފި ރައްދުވާ ފަރާތުގެ އިހްމާލުނ ތަން ސާފުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ދެވަނަ ފަހަރަށް ފަން ގަސްޖަހާ ސީލިންއިނ ފެން ލީކްވެއްޖެކަމަށްބުނެ ކުއްލި ގޮތަކަށް 3 މަސްދުވަހުގެ ނޯޓިސް ދިނުމަކާއި ނުލާ ތަން ދޫކޮށް ދިއުމުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމަށް ރިޢާޔަތްކުރުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށެވެ. އަދި ދިރިއުޅެން ފެށުމަށްފަހު ތަން ސާފުތާހިރުކަމާއެކު ނުބަލަހައްޓާފިނަމަ ތަނުގައި ފަންގަސް އުފެދުމަކ އިސްތިއުނާފީ ރައްދުވާ ފަރާތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ބެލުމެއްނެތި މައްސަލަ ނިންމާފައިވާކަމަށެވެ.
12.2- އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތް ބުނިގޮތަކަށް ޢަމަލުތައް ބެހެއްޓުމުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ އިހްމާލުން ވފައިވާކަމެއްގައެ އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤަށް ރިޢާޔަތްކުރުމަކާނުލ މައްސަލާ ނިންމާފައިވާކަމަށެވެ.
12.3- އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ މައްސަލާގައި ފާހަގަކުރެވުނު ނުކުތާތަކާއި ޙުކުމާއި ތަފާތުވާކަމަކީ ޑިޕޮސިޓް ފައިސާގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ -/30000ރ. (ތިރީސްހާސް) ރުފިޔާއިން ޖުލައި 2021 ގެ ކުއްޔަށްވާ ފައިސާ އާއި ތަން މަރާމާތުކުރުމަށް ޚަރަދުވި ފައިސާ ކަނޑާ ބާކީ -/6000ރ. (ހަހާސް) ރުފިޔާ އިސްތިއުނާފު ރައްދުވާ ފަރާތަށް ހަވާލުކޮށްފައިވާކަން އެނގެން އޮތްނަމަވެސް، -/30000ރ (ތިރީސްހާސް) ރުފިޔާއިން އެފައިސާ އުނިކޮށްފައިވާ ނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ -/6000ރ. (ހަހާސް) ރުފިޔާ އުނިކުރުމުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ ފައިސާގެ މިންވަރަކށްވާންޖެހޭނަ -/24000ރ. (ސައްވީސްހާސް) ރުފިޔާކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ޙުކުމްގައި އޮންނަންވާނީ އިސްތިއުނާފުކުރާ ފަރާތުން އެއަދަދު ދެއްކުމަށްކަމަށެވެ.
12.4- މީގެ އިތުރުން، ސިވިލް ކޯޓުގެ ޙުކުމާއި އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުންވާނީ މިހާރު -/30000ރ. (ތިރީސްހާސް) ރުފިޔާ ސިވިލް ކޯޓަށް ދައްކާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2020C/-Cv/3388 ޤޟިއްޔަ އާއާ ގުޅިގެން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅުއްވައިދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
14އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ތިންވަނަ ނުކުތާގައި ދައްކާފައިވާ ވާހަކަތައް ޤަބޫލުކުރާ ކަމަށެވެ. އެގޮތުން، -/30000ރ. (ތިރީސްހާސް) ރުފިޔާއިން އިސްތިއުނާފުކުރާ ފަރާތުން ދިން -/6000ރ. (ހަހާސް) ރުފިޔާ، އުނިކުރުމުން ބާކީވާ ފައިސާ ލިބެންޖެހޭކަމަށް ޤަބޫލުކުރާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ދިން -/6000ރ. (ހަހާސް) ރުފިޔާ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާކަމަށާއި، އެފައިސާ ލިބުމުން، އެވަރު ދިނީ ކީއްވެގެންތޯ ސުވާލުކުރިކަމަށާއި، އޭގެ ތަފްސީލްބޭނުންވާކަމަށް ބުނުމުން، ބުނެފައިވަނީ އެއީ އިސްތިއުނަފުކުރާ ފަރާތުން ކުރަންޖެހޭ ޚަރަދުތައް ކޮށްނިންމާފައި ބާކީވ ފައިސާކަމަށެވެ. އެހެންނަމަވެސް، އެޚަރަދުތަކުގެ ތަފްސީލްތަކެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިނުވާކަމަށެވެ.
15މީގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތުން، ސީލިންގއިނ ފެން ލީކްވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ވަރަށް ގިނައިން ގުޅިކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ތަން ސާފުކޮށް ބެލެހެއްޓިފައިވާނެކަމަށެވެ. ސީލިންގ އިން ފެން ލީކްވ ވާހަކާ ބުނުމުން އެކަންތައް ބަލާދޭނެކަމަށް ބުނިކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
16އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާގެ ތެރެއިން -/6000ރ. (ހަހާސް) ރުފިޔާ މިހާރު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާތީ، އެޑްވާންސްގެ ގޮތުގައި ދިން -/30000ރ. (ތިރީސްހާސް) އިން އެފައިސާ އުނިކުރުމަށްފަހު ދެން ބާކީވާ ފައިސާ އެއީ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ ފައިސާކަމުގައި ހަމަޖައްސާދިނުމަށް އެދޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
17މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: 0202C/-Cv/3388 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް ޢަލީ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
18ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައި ދަށު ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނޭ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން، މިމާއްދާގައިވާ ގޮތުގެ މަތިން ދަށު ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ، އެނިންމުން ބިނާކުރެވިފައިވަނީ، ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް، ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމުންނެވެ. ޤާނޫނު ނަންބަރު 2010/22 އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު 2021/SC-A/77
19ޝަރީޢަތުގެ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތައް، ނުވަތަ ނިންމާ ނިންމުންތައް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި، އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
20ޕްރިސިޑެންސް 2ޕްރިސިޑެންސް 3ވީމާ، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށް ބުނުމަކުން ނުފުދުއެވެ. ކުޑަމިނުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި ކަނޑައެޅި އުޞޫލަކީ ކޮބާކަން އެއުޞޫލާ ޚިލާފޭ ބުނާ ސަބަބު އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވެން ޖެހޭކަމަށް ދެކެމެވެ. އެއުޞޫލަކީ ކޮބައިކަމެއް މިކޯޓުގައި އިސްތިއުނާފުކުރާ ފަރާތަކަށް ބަޔާނެއް ނުކޮށް ދެވުނެވެ. އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައަކީ، އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި އުފުލި ދަޢުވާއެއް ނޫނެވެ. މާނައަކީ، އެޕާޓްމަންޓް ކުއްޔަށްދިނުމާއި ކުއްޔަށް ހިފުމާއި ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ 03 މަސް ދުވަހުގެ ނޯޓިސް ނުދީ ތަން ދޫކޮށްލުމުގެ ސަބަބުން، އެކަމުގެ މައްޗަށް ޚުޞޫމާތެއް އުފަންކޮށް އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި ދަޢުވާއެއް އުފުލާފައެއް ނެތެވެ.
21އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ކުޅަ އެޑްވާންސް ފައިސާ ހޯދުމުގެ ދަޢުވާއެކެވެ. އެ ދަޢުވާއަށް ޖަވާބު ދާރީވުމުގައިވެސް އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި ރައްދުގެ ދަޢުވާއެއް ކޮށްފައި ނެތެވެ. މިއާ ޚިލާފަށް ޖަވާބު ދީފައިވަނީ، އެޑްވާންސްގެ ގޮތުގައި ނެގި -/36،000ރ (ތިރީސް ހަހާސް) ރުފިޔާގެ ތެރެއިން އުނިކުރި -/30،000ރ (ތިރީސްހާސް) ރުފިޔާ އުނިކުރީ ކީއްވެގެން ކަން ބަޔާން ކޮށްދިނުމަށެވެ. އެހެންކަމުން، އެއްބަސްވުމުގައި ބަޔާންކުރާ 03 މަސްދުހުގެ ނޯޓިސް ނުދީ އެޕާޓްމަންޓް ދޫކޮށްލިކަމަށް ބުނެ އެނުކުތާގައި އިތުރަށް ޖަދަލު ކުރެވިދާނެ ކަމަކަށް ނުދެކމެ ވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު"
22ޕްރިސިޑެންސް 4އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 20 ވަނަ މާއްދާގެ (ހ) އަށެވެ. އެއަކުރުގައި އޮތީ؛ "ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރްޠުތަކ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ." މިއަކުރާއި ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތުން އުފައްދަން އުޅޭ ޤާނޫނީ ބަހުޘަކީ ކޮބައިކަމެއް ބަޔާން ކޮށްދެވިފައެއް ނެތެވެ.
23އިޝާރާތްކުރެވުނު 20 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނިގޮތަކަށް ޢަމަލުތައް ބެހެއްޓުމުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ އިހުމާލުން ވެފައިވާކަމެއްގައި އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤަށް ރިޢާޔަތްކުރުމަކާނލައ މައްސަލި ނިންމާފައިވާކަމަށްބުނު އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދޭން އުޅޭ ޤާނޫނީ ނުކުތާ ސާފެއް ނުވެއެވެ.
24މިސާލަކަށް ނޯޓިސް ނުދީ އެޕާޓްމަންޓް ދޫކޮށްލުމަކީ ކުއްޔަށް ހިފިފަރާތަށް ދީފައިވާ ލުޔެއްގެ ސަބަބުން ޢަމަލު ކުރެވިދާނެ ގޮތެއްކަމަށާއި ނަމަވެސް އެފަދަ ލުޔެއް އިސްތިއުނާފުކުރާ ފަރާތުން ދީފައި ނުވާނެކަމަށް ބުނަން އުޅެނީތޯ؟ އެހެންކަމަށްވާނަމަ، ތިންމަސްދުވަހުގެ ނޯޓިސް ނުދީ އެޕާޓްމަންޓް ދޫކޮށް ދިއުމުން ތިންމަހުގެ ކުލި ލިބެންޖެހޭނީތޯ؟ މިއިން އެއްވެސް ކަމެއް ސާފުވާ ގޮތަކަށް ޝަރީޢަތުގައި ކިޔައެއް ނުދެވެއެވެ. އެހެންކަމުން އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޤާނޫނީ ބަހުޘެއް އުފައްދާފައިނުވެއެވެ.
25މިނުކުތާގައި، އިސްތިއުނާފުކުރާ ފަރާތުގެ ޝަކުވާއަކީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އެޑްވާންސއަށް ދިން -/30،000ރ (ތިރީސް ހާސް) ރުފިޔާގެ ތެރެއިން -/6000ރ (ހަހާސް) ރުފިޔާ ދިންކަން އެނގެން އޮތްއިރުވެސް އެ -/6000ރ (ހަހާސް ރުފިޔާ) އުނި ނުކޮށް އެޑްވާންސް ފައިސާ އަނބުރާ ދެއްކުމަށް ޙުކުމް ކޮށްފައިވާކަމަށްބުނ ކުރެ ޝަކުވާއެކެވެ.
26ޕްރިސިޑެންސް 5ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުން އނެ ގޭ ގޮތުގައި އެޑްވާންސް ފައިސާގެ ގޮތުގައި ނަގާފައިވަނީ 02 މަސް ދުވަހުގެ ކުއްޔެވެ. އެއީ މަހަކަށް -/18،000ރ (އަށާރަ ހާސް) ރުފިޔާގެ ރޭޓުން -/36،000ރ (ތިރީސް ހަހާސް) ރުފިޔާއެވެ. ވީމާ، އެޑްވާންސްގެ ގޮތުގައި ނެގި ޖުމްލަ ފައިސާގެ ޢަދަދަކީ، -/30،000ރ (ތިރީސްހާސް) ރފިޔާއެއް ނޫނެވެ. -/36،000ރ (ތިރީސް ހަހާސް) ރުފިޔާއެވެ. އެހެންކަމުން، ދަށު ކޯޓުގެ ޙުކުމުގައި، " ޑިޕޮޓިސްގ ގޮތުގައެ އަނބުރާ ނުދައްކާވާ، -/30،000ރ (ތިރީސްހާސް ރުފިޔާ)" ކަމަށް ބަޔާން ކޮށްފައި އެވަނީ އިސްތިއުނާފުކުރާ ފަރާތުން ދެއްކި -/6000ރ (ހަހާސް ރުފިޔާ) އ ނިކޮށްގެންކަން ސާފުކޮށް އެނގެއެވެ. މައްސަލަ ނިންމުން:
27ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2020C/-Cv/3388 ޤަޟިއްޔާގެ ނިންމުމަ ށ ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ.
28މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
29މި ދެމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/77 (އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު)
- ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ރުޝްދުﷲ އިބްރާހީމް
- ބެންޗު
- މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް