ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/238
ޢަލީ ޔަސާރު ވ. ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް، 2019/HC-A/238
Ali Yasaaru v. Greytar Green Private Limited 2019/HC-A/238 (2019/HC-A/238, High Court of the Maldives, 22 November 2021)
ޢަލީ ޔަސާރު ވ. ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ޓްރައިބިއުނަލުން ކަނޑައެޅީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށް، ޤާނޫނު ހުއްދަކުރާ އެކަށީގެންވާ ސަބަބަކާހުރެ ވަކިކުރި ކަމަށާއި، ވަޒީފާއަށް ރުޖޫޢަކުރުމާއި މުސާރައަށް އެދުނު އަމުރު ނުކުރެވޭނެ ކަމަށެވެ.
ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑުގައި އެޑްމިން އެންޑް އެކައުންޓްސް އޮފިސަރެއްގެ ގޮތުގައި ހުރި މުވައްޒަފަކު، SAGE އެކައުންޓިންގ ސިސްޓަމުން ހެދި އެންޓްރީތަކުގެ ސަބަބުން 72,000ރ. ގެ ފައިސާއާ ގުޅޭ އިހުމާލާއި އިޚްތިޔާރީ ބާރު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން 27 ނޮވެންބަރު 2017 ގައި ވަކިކުރިއެވެ.
މުވައްޒަފު ބުނީ ޗުއްޓީގައި ހުރި ދުވަސްތަކުގެ ހެއްކާއި ސިސްޓަމުގެ ގަޑި ބަދަލުކުރެވޭ ކަމުގެ އެކްސްޕާޓް ބަޔާނަށް ރިޢާޔަތް ނުކުރި ކަމަށާއި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ޙާލަތު ވުޖޫދުނުވާ ކަމަށާއި، މެނޭޖިންގ ޑިރެކްޓަރގެ ހެކިބަހަކީ މަޞްލަޙަތު ފުށުއަރާ ހެކިބަހެއް ކަމަށެވެ. ކުންފުނިން ބުނީ ޗުއްޓީ ނެގީ ތަފާތު ދުވަސްތަކެއްގައި ކަމަށާއި، ބަޔާން ދިން މީހާ ޙާޒިރުނުކުރުމުން އެކްސްޕާޓެއްގެ ހެކިބަހަކަށް ނުބެލެވޭ ކަމަށާއި، އެންޓްރީތައް ހަދާފައިވަނީ މުވައްޒަފުގެ ޔޫސަރ އިން ކަމަށެވެ.
މައިގަނޑު ސުވާލު
ފައިސާއާ ގުޅޭ އެންޓްރީތަކުގައި އިހުމާލުވި ކަމަށް ބުނެ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރި އެކައުންޓްސް އޮފިސަރެއްގެ މައްސަލާގައި، ޓްރައިބިއުނަލުން މުވައްޒަފުގެ ހެކިތަކަށް ރިޢާޔަތްކުރިތޯއާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ޙާލަތު ވުޖޫދުވެފައިވާ ކަމަށާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވާ ކަމަށް ކަނޑައެޅުން ރަނގަޅުތޯއާއި، ވަޒީފާދޭ ފަރާތުގެ ހެކިވެރިންގެ ޢަދުލުވެރިކަމާމެދު އުފެއްދި ސުވާލު.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޓްރައިބިއުނަލުން ހެކިތައް ވަޒަންކޮށްފައިވާކަމާއި، ޗުއްޓީގެ ފޯމުން ޗުއްޓީ ނެގީ 27 ޖުލައި އިން 2 އޯގަސްޓް 2017 އަށްކަމާއި، ސިސްޓަމުގެ ގަޑީގައި ބަދަލު ގެނެވޭކަން ސާބިތުނުވާކަމާއި، މުވައްޒަފުގެ ޕާސްވޯޑު އެހެން މީހަކަށް އެނގޭކަން ނުދައްކާތީ، ފައިސާ ގެއްލުމުގައި އޭނާގެ އިހުމާލު ހުރިކަމަށް މަދަނީ މިންގަނޑުން ބެލެވޭތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ފުރިހަމަވެފައިވާ ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޚަޞްމުންގެ ހެކިތަކަށް ނަޒަރުކޮށް، އެ މައްޗަށް ރިޢާޔަތްކޮށްގެންކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮތްނަމަ، ހެކިތަކަށް ރިޢާޔަތް ނުކޮށް ނިންމި ކަމަށް ބުނާ އިސްތިއުނާފީ ނުކުތާ ބަލައެއް ނުގަނެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.2.3)
- ހެކިވެރިއެއްގެ ޢަދުލުވެރިކަމާ ސުވާލު އުފައްދާއިރު، ޢަދުލުވެރިކަން ގެއްލެނީ ކޮން ސަބަބަކާ ހުރެތޯ ބަޔާންކުރަންޖެހެއެވެ. ހެކިވެރިޔަކީ ވަޒީފާދޭ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ވުމަކީ، އަދި މުވައްޒަފާ އެކު މަސައްކަތްކުރާ ހަމައެކަނި މީހާ ވުމަކީ، ހަމައެކަނި އެ ސަބަބަށް އޭނާގެ ހެކިބަސް ޝަރުޢީ ޤާނޫނީ ގޮތުން ބަލައިނުގަނެވޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.4.2)
- ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރެވޭނީ، މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވެ، އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި، ނުވަތަ ޚިޔާނާތެއް ވެފައިވާ ޙާލަތުގައެވެ. ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލަކަށް ވާނީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެކެވެ. އެ ސީރިއަސްކަން ވަޒީފާގެ ބާވަތާއި މަޤާމާއި މަސްއޫލިއްޔަތާއި އަމާނާތްތެރިކަމުގެ ޒިންމާއާ ލައިގެން ތަފާތުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.6-9.7، 9.16)
- ވަޒީފާގައި ބެހެއްޓުމުން ގެއްލުން ލިބިދާނެ ކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ފެނުން ބިނާވާންޖެހޭނީ އެކަށީގެންވާ ހަމައެއްގެ މައްޗަށެވެ. ވަކިކުރުމުގައި ޝަކްލީ އަދި އިޖުރާއީ ކަންކަމަށް ތަބާވެފައިވޭތޯ ޝަރީޢަތުން ކަށަވަރުކުރަންޖެހެއެވެ. މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރި ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށް ވުމެވެ؛ އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގައި ޢަމަލުކުރި އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށް ވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.8-9.9)
- އެކައުންޓިންގ ސިސްޓަމެއްގައި މުވައްޒަފެއްގެ ނަމުގައި ޤާއިމުކޮށްފައިވާ ޔޫސަރއިން ހަދާފައިވާ އެންޓްރީތަކަކީ، ޕާސްވޯޑު އެހެން ފަރާތަކާ ޙިއްޞާކޮށްފައިވާކަން ނުވަތަ އެހެން ފަރާތަކުން އެކްސެސްވިކަން ސާބިތުނުކުރާހާ ހިނދަކު، އެ މުވައްޒަފު ހަދާފައިވާ އެންޓްރީތައް ކަމަށް ބަލަންޖެހެއެވެ. ސާރވާ މެދުވެރިކޮށް ހިންގާ ސިސްޓަމެއްގެ ގަޑިއަކީ ސާރވާގެ ގަޑި ކަމަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.13-9.14)
- ޖިނާއީ ކުށެއް ސާބިތުވާ މިންގަނޑަކީ (ޙައްދުގެ މައްސަލަތައް ފިޔަވައި) އެކަށީގެންވާ ޝައްކެއް ނެތި ސާބިތުވުމެވެ. މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާނީ ހެކި ވަޒަންކުރުމުން ބޮޑަށް ބުރަވެވޭ ގޮތުގެ (balance of probabilities) މައްޗަށެވެ. ޖިނާއީ ކުށެއްގެ ތުހުމަތުގައި 23 ވަނަ މާއްދާގެ ދަށުން ވަކިކުރާއިރުވެސް ބަލަންޖެހޭނީ މަދަނީ/އިދާރީ މިންގަނޑުންނެވެ؛ ޖިނާއީ މިންގަނޑަށް ކުށް ސާބިތުވޭތޯ ބަލަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.15)
- ކުންފުނީގެ ހުރިހާ މާލީ މުޢާމަލާތެއް ބެލެހެއްޓުމުގެ ޙައްސާސް ޒިންމާ އަދާކުރާ މުވައްޒަފަކު ފައިސާއަށް އިހުމާލުވި ކަމަށް ތަޙްޤީޤުން ހޯދިފައިވާނަމަ، ޚިޔާނާތް ކަނޑައެޅިގެން ސާބިތުނުވިޔަސް، އޭނާ ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނިންމުމަކީ އެކަށީގެންވާ ހަމައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.14، 9.16)
- އިސްތިއުނާފީ ނުކުތާތަކުގައި އިޖުރާއީ ޢަދުލުވެރިކަމާ ގުޅޭ ޝަކުވާއެއް ހުށަހަޅާފައި ނުވާނަމަ، ހައިކޯޓުން ބަލަނީ މައުޟޫޢީ ޢަދުލުވެރިކަމާ ގުޅޭ ނުކުތާތަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.10)
ފައިޞަލް ތާއީދުކުރެއެވެ .( މައްސަލައިގެ ޚުލާޞާ : 1- މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި […] ޢަލީ ޔަސާރު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެކެވެ . 2- މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތް ތަކީ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް އެވެ . މައްސަލާގައި ކަންހިނގާފައިވާގޮތް : 3- […] ޢަލީ ޔަސާރު 22 އޮގަސްޓު 2015 އިން ފެށިގެން ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑުގައި އެޑްމިން އެންޑް އެކައުންޓްސް އޮފިސަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 27 ނޮވެންބަރު 2017 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ )ހ( ގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށް ދިނުމަށް ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑު ގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލައާމެދު ގޮތެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާ އަނބުރާ އިޢާދަކުރުމާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އެދި ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ޢަލީ ޔަސާރުގެ ފަރާތުން 2018 ފެބްރުއަރީ 28ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައި ވެއެވެ . .ދ.ރ.ކާޑު ނަންބަރު […] . ރަޖިސްޓްރީ ނަންބަރު 0820/2014-C 4- ޢަލީ ޔަސާރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ، އެ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ އިންނެވެ . ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް : 5- އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލައިގެ ނިންމުމުގައި ވަނީ ] :ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް ބެލިއިރު، ޢަލީ ޔަސާރު، 22 އޮގަސްޓު 2015 އިން ފެށިގެން ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑުގައި އެޑްމިން އެންޑް އެކައުންޓްސް އޮފިސަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، 27 ނޮވެންބަރު 2017 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާދިނުމަށާއި، އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލައާމެދު ގޮތެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާ އަނބުރާ އިޢާދަކުރުމާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އެދި ހުށަހެޅި މި މައްސަލާގައި، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ޢަލީ ޔަސާރު ވަކިކުރެވިފައިވަ ނ މަސައްކަތަށް އިހުމާލުވުމާއި، އިޚްތިޔާރީ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ، ޢަލީ ޔަސާރު ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މައްސަލަ ރައްދުވި ފަރާތަށް ޤަބޫލުކުރެވުމުން، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 23ވަނަ މާއްދާ އަށް ރިޢާޔަތްކުރުމަށްފަހު، މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށް ބުނެ، އެ ކަންކަން މަދަނީ މިންގަނޑުން ސާބިތުކޮށްދީފައިވާކަމަށް ބުރަވެވޭތީ، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ޢަލީ ޔަސާރުވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށާއި، ޢަލީ ޔަސާރު އެދިފައިވާ ފަދަ އަމުރެއް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމައިފީ މެވެ[. މިފަދައިން ކަން އެނގެން އޮވެއެވެ . އެ މައްސަލަ އެޓްރައިބިއުނަލުން ނިންމާފައިވަނީ، 2019 މާރިޗު 25 ގައެވެ . އިސްތިއުނާފަށް ހުށަހެޅުން: 6- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް ޢަލީ ޔަސާރު ގެ ފަރާތުން 2019 އޭޕްރިލް 14ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ . ހައިކޯޓުގެ ނަންބަރު 2019/HC-A/238 ޤަޟިއްޔާގެ ދަށުން އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، 02 މެއި 2019 ގައެވެ. އިސްތިއުނާފީ ނުކުތާތައް : 7- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޢަލީ ޔަސާރުގެ ފަރާތުން އަންނަނިވި ނުކުތާތައް އިސްތިއުނާފަށް ހުށަހަޅާފައިވެއެވެ . ފުރަތަމަ ނުކުތާއަކީ : މައްސަލަހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާ ޔަތް ނުކުރައްވައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވެފައި ނެތީސް އެފަދަ ޙާލަތެއް އޮތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ . . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ ނިމުނުގޮތުގެ ރިޕޯޓް. ތިންވަނަ ނުކުތާއަކީ : މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި ދެ ހެކީންގެ ޢަދުލުވެރިކަމާމެދު އަދި މަޞްލަޙަތު ފުށުއަރާކަމާމެދު ސުވާލު އުފައްދައި ޙުއްޖަތު ދެއްކުމުން އެކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ . އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް : 8- އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލައިގައި، އިސްތިއުނާފުކުރާ ޢަލީ ޔަސާރު ގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ،
8.1- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލައިން ނިންމާފައިވާ ނިންމުން ބާޠިލުކޮށްދެއްވައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ވުޖޫދުވެފައި ވަނިކޮށްކަން މައްސަލަ ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، އަދި؛
8.2- މައްސަލަ ހުށަހެޅި ފަރާތުން އަދާކުރަމުން ދިޔަ ވަޒީފާ އިޢާދަ ކޮށްދިނުމަށާއި ވަޒީފާ އިޢާދަކޮށް ދިނުމާ ހަމައަށް ނުވަތަ މައްސަލައި ގައި ގޮތެއް ނިންމުމާހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ދިނުމަށް މައްސަލަ ރައްދުވާ ފަރާތުގެ މައްޗަށް އަންގާ އަމުރުކޮށް ދިނުމށަ ވެ . ފާހަގަކުރެވުނު ނުކުތާތައް : 9- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޢަލީ ޔަސާރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެ ނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
9.1- […] / މާލެ، ޢަލީ ޔަސާރު 22 އޮގަސްޓު 2015 އިން ފެށިގެން ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑުގައި އެޑްމިން އެންޑް އެކައުންޓްސް އޮފިސަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، 27 ނޮވެންބަރު 2017 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ )ހ( ގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލައާމެދު ގޮތެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާ އަނބުރާ އިޢާދަކުރުމާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އެދި ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ޢަލީ ޔަސާރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ދަ ޢުވާގައި، ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ޢަލީ ޔަސާރު ވަކިކުރެވިފައިވަނީ މަސައްކަތަށް އިހުމާލުވުމާއި، އިޚްތިޔާރީ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ، ޢަލީ ޔަސާރު ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މައްސަލަ ރައްދުވި ފަރާތަށް ޤަބޫލުކުރެވުމުން، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 23ވަނަ މާއްދާއަށް ރިޢާޔަތްކުރުމަށްފަހު، މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށް ބުނެ، އެ ކަންކަން މަދަނީ މިންގަނޑުން ސާބިތުކޮށްދީފަ އިވާކަމަށް ބުރަވެވޭތީ، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ޢަލީ ޔަސާރު ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށާއި، ޢަލީ ޔަސާރު އެދިފައިވާ ފަދަ އަމުރެއް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވާކަން އެނގެން އޮވެއެވެ .
9.2- ]މައްސަލަހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާ ޔަތް ނުކުރައްވައި މައްސަލަ ނިންމާފައިވާ ކަމަށް ޢަލީ ޔަސާރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . އެ ގޮތަށް ޢަލީ ޔަސާރު ގެ ފަރާތުން ދެކޭ ސަބަބަކީ؛ ޢަލީ ޔަސާރުގެ ފަރާތުން ސޭޖް އެޕްލިކޭޝަން މެދުވެރިކޮށް 2 އެންޓްރީ އެއް ހަދާފައި ވާކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނެ މައްސަލައި ގައި ޖަވާބުދާރީވެފައިވާތީ އާއި އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން 2 ޖުލައި 2017 ދުވަހުގައި 32,000 )ބައް ތިރީސްހާސް ރުފިޔާ ( ގެ އެންޓްރީ އެއް ހަދާފައިވާ ކަމަށާއި އަދި އެ އެންޓްރީ 16 އޮކްޓބަރޯ 2017 ދުވަހު ރިވަރސްކޮށްފައިވާ ކަމަށް ބުނެފައިވާތީއާއި، 11 ޖުލައި 2017 ވަނަ ދުވަހު 40000.00 )ސާޅީހާސް ރުފިޔާ ( ގެ އެންޓްރީ އެއް ހަދާފައިވާކަމަށް ބުނެފައިވާތީ އެކަން ނަފީ ކުރުމުގެ ގޮތުން ޢަލީ ޔަސާރުގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ]ހޭންޑް އޯވަރ ލީވް [ ސަބްޖެކްޓެއްގެ ގޮތުގައި ޖަހައި މައްސަލަ ހުށަހެޅި ފަރާތުން ފޮނުވާ ފައިވާ އީމެއިލް ގެ ސްކްރީންޝޮޓް ހުށަހޅިފައިވާއިރު، އެ ސްކްރީންޝޮޓްގައިވާ އީމެއިލް އިން ސާފުކޮށް 24 ޖޫން 2017 އިން 10 ޖުލައި 2017 އަށް ޢަލީ ޔަސާރު ހުރީ ޗުއްޓީގައި ކަން ސާފުކޮށް އެގެން އ ންނައިރު، މައްސަލަ ނިންމެވުމުގައި އެ ހެއްކަށް ރިޢާޔަތް ކުރައްވާފައިނުވުމާއި؛ ޢަލީ ޔަސާރު 11 ޖުލައި 2017 ގައި އެންޓްރީއެއް ހަދާފައިވާ ކަމަށް މައްސަލަ ރައްދުވާ ފަރާތު ން ބުނެފައިވާއިރު، އެކަން ނަފީ ކުރުމަށް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އެކްސްޕާޓްގެ ހެކިބަހަށް ރިޢާޔަތް ކުރައްވާފައި ނުވުމާއި، އެ ފަރާތުގެ ހެކިބަހުގައި އެ ފަދަ އެޕްލިކޭޝަންތަކަކީ އެ އެޕްލިކޭޝަން ރަންކުރާ ސިސްޓަމްގެ ގަޑި ބަދަލު ކުރުމުން އެޕްލިކޭޝަންގެ ގަޑި ބަދަލު ކުރެވިދާނެ އެއްޗެއް ކަމަށް ބުނެފައި ވާކަމާއި، މައްސަލައި ގައި ]މައްސަލަ ރައްދުވާ ފަރާތުގެ ފުރަ ތ މ ބަޔާން [ ގެ 1.4.4 ގައި ބަޔާންކޮށްފައިވާ ގޮތުން މައްސަލަ ހުށަހަޅާ ފަރާތުން މި އެންޓްރީތައް މި ދުވަސްތަކުގައި ހެދުމަށްފަހު ރިވަސްކޮށް އަދި އެފަހުން އަނެއްކާ ބަދަލުކޮށް ހަދާފައި ވީނަމަވެސް އެޕްލިކޭޝަނަށް އެންޓަރ ކޮށްފައިވަނީ ޖުލައި މަހުގެ ތާރީޚު ތަކެއްގައި ކަމަށް ބުނެފައި އޮންނާތީ، ހަޤީޤަތުގައިވެސް އެޕްލިކޭޝަންގެ ގަޑިއާއި ތާރީޚަށް ބަދަލު ގެނެވޭކަން ޚު ދ މައްސަލަ ރައްދުވާ ފަރާތުގެ ބަހުންވެސް އެނގެން އޮންނާތީ، އެކަންކަމުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ބަލާފައިނުވާތީ، އެ ސަބަބުގެ މައްޗަށް ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއެއްކަން އެނގެން އޮވެއެވެ.
9.2.1- ބުނެވިދިޔަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއު ނާފުކުރާ ފަރާތުން ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ]ހޭންޑް އޯވަރ ލީވް [ ސަބްޖެކްޓކަ ށ ޖަހާފައިވާ އީމެއިލް އަށް ރިޢާޔަތް ނުކުރާކަމަށް ބުނެފައިވާއިރު، އިސްތިއު ނާފު ރައްދުވާފަރާތުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ޢަ ލީ ޔަސާ ރ ޗުއްޓީއަށް ގޮސްފައިވަނީ 27 ޖުލައި 2017 އިން 2 އޯގަސްޓް 2017 ގެ ނިޔަލަށެވެ . އެ ކަން އިސްތިއު ނާފު ރައް ދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ކިތާބީ ހެކިން ސާބިތުވާނެ ކަމަށާއި؛ އެހެންކަމުން، ސޭޖް އެޕްލިކޭޝަން މެދުވެރިކޮށް 2 ޖުލައި 2017 ގައި ހަދާފައިވާ 000.00،32 ރުފިޔާގެ އެންޓްރީ 16 އޮކްޓބަރޯ 2017 ގައި ރިވަރސް ކޮށް ފައިވާ ކުރުމާއި، އަދި 11 ޖުލައި 2017 ގައި ހަދާފައިވާ -/40000 ރުފިޔާގެ އެންޓްރީ އަކީ ޢަލީ ޔަ ސާރު ހަދާފައިވާ އެ ންޓްރީއެއް ކަން އެނގޭ ކަމާއި، އެއީ، ޢަލީ ޔަސާރު ބުނާފަދައިން އެ ފަރާތް ޗުއްޓީގައި ހުއްޓާ ހަދާފައިވާ އެންޓްރީތަކެއް ނޫންކަން އެ އެންޓްރީތައް ހަދާފައިވާ ތާރީޚުން ސާފުކޮށް އެނގެން އޮންނަކަމަށާއި؛ ޢަލީ ޔަސާރުގެ ފަރާތުން ހށަހަޅާފައިވު އެކްސްޕަރޓްގެ ހެކިބަހށަ ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނާއިރު، އެ ފަރާތުން 24 މާރިޗު 2018 ގައި އެކްސްޕާރޓެއް ކަމަށް ބުނެ ހުށަހަޅާފައިވަނީ އިބްރާހިމް ހައްސާން ކިޔާ ފަރާތެއްކަމާއި، އިބްރާހިމް ހައްސާން އަޑުއެހުމަށް ޙާ ޒިރުކުރެވި ފައި ނުވާކަމާއި، އެއީ ތަފާތު އެތައް ފަހަރެއްގެ މަތިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިސްތިއު ނާފު ކުރާފަރާތަށް އިބްރާހިމް ހައްސާން ޙާ ޒި ރުކުރުމަށް ފުރުސަތު ދެވިފައިވާއިރު، އެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ހެކި ވެރިއަކު ޙާ ޒިރުކޮށްދެވިފައިނުވާތީ ކަމާއި؛ އިސްތިއުނާފު ކުރެވިފައިވާ މައްސަލައި ގައި އިބްރާހިމް ހައްސާން އަކީ އެކްސްޕާރޓެއް ކަމަށް ވަޒީފާއާ ބެހޭ ޓުރައިބިއުނަލުން ބަލަން ޖެހޭނެ އަސާސެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާކަމާއި، އެހެނީ އަދާކުރާ ވަޒީފާގެ ގޮތުން އެޕްލިކޭޝަންއެއް ބޭނުންކުރާ ކޮންމެ މީހަކީ އެކްސްޕާރޓަކަށް ވާނެކަމަކަށް ހމަބުއްދިން ޤަބޫލެއް . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލައާއި ގުޅިގެން މައްސަލަ ރައްދުވި ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅި ޑްކިޔުމެންޓް 3. މިއީ، އިސްތިއުނާފުކުރާ ފަރާތް )ޢަލީ ޔަސާރު ( ގެ ފަރާތުން ޗުއްޓީއަށް އެދި 2017 ޖަލައި 17 ގައި ފޮނުވި ލީވް އެޕްލިކޭޝަން ފޯމް. އެފޯމުން ޗުއްޓީނަގާފައިވާ ތާރީޚް އެނގެން އޮވެއެވެ . ނުކުރެވޭކަމާއި، އިބްރާހިމް ހައްސާން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާ ޒިރުވެ ހެކިބަސް ދީފައިނުވާއިރު، ޝަފަޙީ ހެއްކާ ގުޅޭ ޢާންމު އުޞޫ ލަކީ ހެކިބަސް ދޭފަރާތުން ޝަރީޢަތުގެ މަޖުލީހށަ ޙާ ޒި ރުވެ މައްސަލައިގެ ދެ ޚަސްމުންގެ ފަރާތުންއެފަރާތަކާ ސުވާލުކުރުމުގެ ފުރުޞަތު ލިބޭ، އަދި ޝަރީޢަތުން ބޭނުންވާ ސުވާލުތައް ހެކިވެރިޔާއާކޮށް، އެ ފަރާތުގެ ހެކި ވަޒަންކޮށް ޝަރީޢަތުން ހެކި ބަލައިގަތުންކަމާއި، އެހެންކަމުން އިބްރާހިމް ހައްސާން އަޑުއެހުމަށް ޙާ ޒި ރ ނުވުމުގެ ސަބަބުން އޭނާއަކީ ހަޤީޤަތުގައިވެސް Sage އެޕްލިކޭޝަން ބޭނުން ކުރަން އެނގޭ ފަރާތެއްކަމާމެދު ސުވާލު އުފެދޭކަމާއި؛ އެހެންކަމުން، ހެކިވެރިއެއްގެ ގޮތުގައި ބަޔާންކޮށް ހުށަހެޅި އިބްރާހިމް ހައްސާން މައްސަލައިގެ މަޖިލީހުން ބޭރުން އިސްތިއުނާފުކުރާ ޢަލީ ޔަސާރަށް ދީފައިވާ ބަޔާނެއް ކަމަށް ބުނެ ހުށަހެޅި ބަޔާނުގެ މައްޗަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވަނީ ރަނގަޅަށްކަމަށް ބަލަންޖެހޭ ކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ .
9.2.3- ޙަވާލާދޭ އިސްތިއުނާފީ ނުކުތާއާ ގުޅިގެން، ޢަލީ ޔަސާރުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާއި އޭގެ ރައްދުގައި ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރި ކަންކަމަށް ނަޒަރުކުރުމުން، އިސްތިއުނާފު މި ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، ޢަލީ ޔަސާރު ފާހަގަކުރާ ފަދައިން، އެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކުރުމަކާ ނުލައިކަން އެނގެން ނެތެވެ . އެއާ ޚިލާފަށް އިސްތިއުނާފުކުރެވޭ މައްސަލަ ނިންމާފައި ވަނީ މައްސަލައިގެ ޚަޞްމުންގެ ފަރާތުން ހުށަހެޅި ހެކިތަކަށް ނަޒަރުކޮށް، އެ ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮވެއެވެ .
9.3- މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވެފައި ނެތީސް އެފަދަ ޙާލަތެއް އޮތްކަމަށް ކަނޑައަޅުއްވައި މައްސަލަ . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ ނިމުނުގޮތުގެ ރިޕޯޓް. ނިންމާފައިވާ ކަމަށް ޢަލީ ޔަސާރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެ ގޮތަށް ޢަލީ ޔަސާރުގެ ފަރާތުން ދެކޭ ސަބަބަކީ؛ މައްސަލަރައްދުވާ ފަރާތު ން )ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ( ސޭޖް އެޕްލިކޭޝަނުން އެންޓްރީއެއް ހަދާފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާއިރު އެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ތަކުރާރުކޮށް އިންކާރު ކޮށްފައިވނިކޮށްކަމާއި، އެހެންކަމުން އެކަން އެމަގަށް ހިނގާފައިވާކަން ސާބިތުކޮށް ދިނުމަކީ މައްސަލަ ރައްދުވާ ފަރާތުގެ ޛިންމާއެއްކަމާއި، އެހެން ނަމަވެސް އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކޮށްފައި ވީނަމަވެސް އެކަމަށް ރިޢާޔަތް ކޮށްފައި ނުވުމާއި، އަދި މައްސަލަ ނިންމަވާފައިވަނީ އެޕްލިކޭޝަން މެދުވެރިކޮށް މައްސަލަ ހުށަހެޅި ފަރާތުން އެންޓްރީތަކެއް ހެދިކަމަށް ބުނާ ބުނުމެއްގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ކަމާއި، އެފަދަ ހެއްކެއް ހުށަހަޅާފައި ނުވާތީ މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ފައިސާއާ ގުޅޭ އެންޓރީތަކެއް ހެދުމުގައި އިހުމާލެއް އޮވެގެންކަމާމެދު ޝަރީޢަތަށް މަދަނީ މިންގަނޑުން ސާބިތުކޮށް ދިނުމުގެ ޒިންމާ މައްސަލަ ރައްދުވާފަރާތަށް އަދ ކުރެވިފައި ނުވާކަމާއި؛ މައްސަލަރައްދުވާ ފަރާތުން ސޭޖް އެޕްލިކޭޝަންގެ ގަޑިއަކީ ބަދަލު ގެނެވޭނެ އެއްޗެއް ނޫންކަމަށް ބުނާއިރު މައްސަލަ ހުށަހެޅި ފަރާތުން އެކަން ނަފީކުރުމަށް ހެކި ހުށަހަޅައި އެކަން ނަފީ ކޮށްފައިވާއިރު، އޭގެ އިދިކޮޅު ސާބިތުކުރުމަށް އެއްވެސް ހެއްކެ ޤަރީނާ އެއް ހުށަހަޅާފައި ނުވާ ކަމާއި، އަދި މައްސަލަ ހުށަހެޅި ފަރާތުން އެޕްލިކޭޝަންގެ ގަޑި ބަދަލު ނުކުރެވޭނެ ކަމަށް ބުނާބުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާއިރު އެ ބުނުމަށް ރިޢާޔަތް ކޮށް މައްސަލަ ނިންމާފައި ވުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވެފައި ނެތީސް އެފަދަ ޙާލަތެއް އޮތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމާފައިވާކަމަށް ދެކޭތީ އެސަބަބުގެ މައްޗަށް ފާހަގަކުރި އިސްތިއުނާފީ ނުކުތާއެއްކަން އެނގެން އޮވެއެވެ .
9.3.1- ބުނެވިދިޔަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިޢުނާފު ފޯމުގެ 7.2 ވަނަ ނަންބަރުގައި، ވަޒީފާއާ ބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާން ކުރާ ޙާލަތެއް ވުޖޫދުވެފައި ނެތީސް އެފަދަ ޙާލަތެއް އޮތްކަމަށް ކަނޑައަޅުއްވާ މައްސަލަ ނިންމަވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު އެ ނުކުތާގެ ތަފްޞީލު 8.2 ގައި ބަޔާންކޮށްފައިވާއިރުގައި، އިސްތިއު ނާފުކުރާ ފަރާތުން އެ ފަރާތުން އެބުނާ ފަދައިން ވަޒީފާއާ ބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާން ކުރާ ޙާލަތު ވުޖޫދު ވެފައި ނުވާކަމަށް ބުނާ ސަބަބެއް ބަޔާންކޮށްފައެއް ނުވާކަމާއި؛ މައްސަލަ ރައްދުވާ ފަރާތުން Sage އެކައުންޓިންގ އެޕްލިކޭޝަންގައި އެންޓް ރީ ހަދާފައިވާ ކަން ސާބިތުކުރުމަށް ޑޮކިއުމެންޓް 1ގެ ގޮތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ކިތާބީ ހެކި ހުށަހޅިފައިވާނެ ކަމަށާއި، އެއީ Sage އެޕްލިކޭޝަންގެ ޑާޓާ ޝީޓުގެ ބައެ އްކަމާއި؛ އިސްތިއުނާފުކުރާފަރާތުން އެ އެންޓްރީތަ އ ހެދި ކަމަށް އިންކާރު ކުރިނަމަވެސް، އެ ފަރާތުން އެ ބުނަނީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމާއި، އެހެނީ Sage އެޕްލިކޭޝަނަށް ޑާޓާ އެންޓަރ ކުރުމަށް ޢަލީ ޔަސާރަށް ދީފައިވާ ލޮގްއިންގެޕާސްވަރޑް ޢަލީ ޔަސާރު ނޫން ދެވަނަ ފަރާތަކަށް ނޭނގޭނެކަމާއި، ވުމާއެކު ޢަ ލީ ޔަސާރުގެ ޕސްވަރޑާ އެންގުމަކާ ނުލައި އެހެން ފަރާތަކަށް ޢަލީ ޔަސާރުގެ ޔޫސަރ ބޭނުންކޮށްގެން މި ފަދަ މަޢުލޫމާތެއް އެންޓަރ ނުކުރެވޭނެކަން އެއީ ފާޅުކަން ބޮޑު ހަޤީޤަތެއްކަމާއި؛ އިސްތިއު ނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވާ އަޙް މަދު ފަހުދު އަދި ޙުސެއިން ފައިސަލްގެ ހެކިބަހުން، ކުންފުނީގެ އެކައުންޓްގެ އެންމެހާ މަސައްކަތެއް ކުރަމުން ގޮސްފައިވަނީ އިސްތިއުނާފުކުރާ ޢަލީ ޔަސާރުކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެ ން އޮންނާނެކަމަށާއި، އަދި މިކަމަށް އިސްތިއު ނާފުކުރާ ފަރާ ތުން އިންކާރުކޮށްފައެއް ނުވާ ކަމާއި، އޭގެ އިތުރުން، Sage އެޕްލިކޭޝަނަށް އެންޓަރީތައް ހެދުމަށް އިސްތި އނާފު ރައްދުވާ ފަރާތުން އެ ހެން ފަރާތަކާ ޙަވާލުކޮށްފައި ނުވާއިރު، ޢަލީ ޔަސާރުގެ ނަމުގައި ހަދާފައިވާ އެންމެހާ އެން ޓް ރީތައް ހަދާފައިވަނީ ޢަލީ ޔަސާ ރުކަ މ ދެބަސްވެވެން ނެތް ޙަޤީޤަތެއްކަމާއި؛ އިސްތިއު ނާފު ކުރާ ފަރާތް ވަޒީފައިން ވަކިކޮށްފައިވަނީ ފައިސާ އާ ގުޅޭ އެންޓްރީތަކެއް ހެދުމުގައި އިހުމާލު އޮވެގެން ކަމާމެދު ޝަރީޢަތަށް މަދަނީ މިންގަނޑުން ސާބިތުކޮށްދެ ވި ފައިނުވާ ކަމަށް އިސްތިއު ނާފު ކުރާ ފަރާތުން ބުނާއިރު، މައްސަލައިގައި ޙަވާލާދޭ އެންމެހާ އެން ޓް ރީތަކެއް ހަދާފައިވަނީ އިސްތިއު ނާފު ކުރާ ފަރާތުންކަން ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވާ އަޙްމަދު ފަހުދު އަދިޙސެއިން ފައިސަލްގެ ހެކިބަހުން ސާބިތުވާކަމާއި؛ އިސްތިއުނާފު ކުރި ޢަލީ ޔަސާރު އިސްތިއުނާފުރައްދުވާ ފަރާތުގެ ވަޒީފާއިން ވަކިކުރެވިފައިވަނީ އެ ފަރާތުން ފާޅުކަން ބޮޑު ޣައިރު ސުލޫކީ އަމަލެއް ކޮށްގެން ކަމާއި، އަދި މިއީ ޚިޔާނާތެއްކަމަށް ބެލުމުގެ އޙި ތިމާލު އޮތްކަމެ އްކަ މާއި، އިސްތިއުނާފު ރައްދުވާ ކުންފުނީގެ އެކައުންޓުން ޖުމްލަ 72000 )ހަތްދިހަ ދެހާސް( ރުފިޔާ ނަގައި އެ ފައިސާ ބޭނުން ކޮށްފައިވަނީ ކުންފުނީގެއެކި ބނު މަށ ކަމަށް ދައްކަން ޢަލީ ޔަސާރު ވަނީ މަސައްކަތް ކޮށްފައިކަމާއި، އެ ގޮތުން، އަލީ ޔަސާރު ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ އިރު ކުންފުނީގެ އެކައުންޓިންގ ސިސްޓަމް SAGE ގައި YASAAR ގެ ނަމުގައި ޔޫސަރްއެއް ގާއިމުކޮށ، އެ ޔޫސަރ ބޭނުންކޮށް ގެން އެންމެހައި އެންޓްރީތައް 17 އޮކްޓބަރޯ 2017 ގެ ނިޔަލަށް ކުރަމުން އައީ ޢަލީ ޔަސާރުކަމާއި، އެ ޔޫސަރ އިން ކުންފުނީގެ ފަރާތުން ދަނޑުވެރިކަން ކުރާ ށ. މަޑިދޫގައި ތިބޭ މުވައްޒަފުންގެ ކޯޓާ ފައިސާ ދެއްކުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް ކުންފުނީގެ ބިދޭސީ މުވައްޒަފެއް ކަމަށްވާ ކައުސަރު ލައްވާ ބޭންކުން 2 ޖުލައި 2017 ވަނަ ދުވަހު -/32000 )ބައްތިރީސްހާސް ( ރުފިޔާ ނެގުމަށް އެންޓްރީ ހަދާފައވާކަމާއި އަދި ކުންފުނީގެ ބޭންކް ސްޓޭޓްމަންޓް އިން މި ފައިސާ 3 ޖުލައި 2017 ވަނަ ދުވަހު ނަގާފައިވާކަން ސާބިތުވާކަމާއި؛ އިސްވެ ބަޔާން ކުރެވުނު، -/32000 )ބައްތިރީސްހާސް( ރުފިޔާ ނެގުމަށްފަހު، 11 ޖުލައި 2017 ގައި ސަބަބު ބަޔާން ކުރުމެއް ނެތި ރިވަރސްކޮށްފައި ވާކަމަށާއި، 7 އޯގަސްޓް 2017 ވަނަ ދުވަހު އެ ފައިސާ، ދަ ނޑު ހެއްދުމަށް ބޭނުންވާ ގެރި ގުއި ގަތުމަށް ޕްރައިމް ފ ރޓިލައިޒަސް ކިޔާ ފިހާރައަށް ދައްކާފައިވާ ކަމަށް ސިސްޓަމު ން އެންޓްރީ ހަދާފައިވާކަމާއި، ނަމަވެސް ޖުލައި މަހުގެ ތެރޭގައި ކުންފުނިން އެއްވެސް ގޮތަކަށް ގެރިގުއި ގަނެ ށ. މ ޑިދޫއަށް ފޮނުވާފައި ނުވާނެކަމަށާއި، މިކަމާ ގުޅޭ އެއްވެސް ޕޭމަންޓް ވައުޗަރ އެއް އަދި އިންވޮއިސް އެއްވެސް ކުންފުނީގެ ރެކޯޑްސް އިން ފެންނާކަށް ނެތް ކަމަށާ އ؛ އެއަށްފަހު 16 އޮކްޓބަރޯ 2017 ގައި، ކުރިން ގެރިގުއި ގަތުމަށްޓަކައި ޕްރައިމް ފަރޓިލައިޒަރސް އަށް ދެއްކިކަމަށް ބުނާ ފައިސާ، ބިދޭސީ މުވައްޒަފުންގެ ކޯޓާ ފައިސާގެ ގޮތުގައި ސިސްޓަމަށް އަލުން އެންޓަރ ކުރެވިފައިވާކަމަށއި، ހަމަ އެ ވަގުތު އެ އެންޓްރީއަށް ބަދަލުގެނެސް އެ ފައިސާ ބޭނުންކޮށްފައިވަނީ ގެރިގުއި ގަތުމަށްކަމަށް ޢަލީ އަސާރު އެންޓްރީ ހަދާފައިވާކަމަށއި؛ އިސްވެ ބ ޔާނކުރެވުނު ތާރީޚްތަކުގައި އެ އެންޓްރީ ހަދާފައިވީނަމަވެ ސ، އެކަން ހިނގާފައިވާ ތާރީޚް ކަމަށް ޢަލ ޔަސާރު އެންޓަރ ކޮށް ފައިވަނީ ޖުލައި މަހުގެ ތާރީ ޚް ތަކ އ ކަމަށާއި، ނަމަވެސް SAGE އެކައުންޓިން ގައެޕްލިކޭޝަނކީ އެހެނިހެން އެޕްލިކޭޝަންތަކެކޭ އެއްފަދައިން Stamp Date އޭގެ އަމިއްލަ ޒާތުގައި އޮޓޯ ޖެނެރޭޓް ވާ އެޕްލިކޭޝަނެއްކަމަށއި، އަދި އެ އީ ބަދަލުކުރެވޭ ތާރީ ޚެ އ ނޫންކަންވެސް ކުންފުނިން ފާހަގަ ކުރާ ކަމަށާއި؛ ބުނެވިދިޔަ އެންޓްރީގެ އިތުރުން -/40000 )ސާޅީސްހާސް ( ރުފިޔާގެ އެންޓްރީ ވެސް ހަދާފައިވާކަމަށާ އ، އެ އެންޓްރީ ހެދުމަށްފަހު، ކުންފުނީގެ ބިދޭސީ މުވައްޒަފެއް ބޭންކަށް ފޮނުވައިގެން -/40000 )ސާޅީސްހާސް ( ރުފިޔާ ކޭޝްގެ ގޮތުގައި ނަގައި އެ ފައިސާ ވެސް ވަނީ ކޯޓާ ފައިސާގެ ގޮތު ގައި އެޓްރީކޮށްފައިކަމަށއި، 11 އޮކްޓބަރޯ 2017 ގައި އިސްވެ ބުނެވުނު -/40000 )ސާޅީސްހާސް ( ރުފިޔާ ބޭނުން ކޮށްފައިވަނީ ގެރިގުއި ގަތުމަށްކަ މަށް ބުނެ، ކުރިން ކށޮ ފައިވާ އެންޓްރީ ރިވަރސްކޮށް އަލުން އެންޓަރ ކޮށް ފައިވކަމަށއި، ބުނެވިދިޔަ ފައިސާ އިސްތިއުނާފު ރައްދުވާ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުން ނަގާފައިވާކަން ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓުން ސާބިތުވާކަމަށާ އ؛ އެހެންކަމުން، އިސްތި އުނާފުކުރާ ފަރާތް އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާއިން ވަކިކުރެވިފައި ވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވެފައި ނެތީސް އެފަދަ ޙާލަތެއް އޮތްކަމަށް ކަނޑައަޅައިގެން ކަމަށް ބަލާނެ ހަމައެއް ނެތްކަމަށް އިސްތިއު ނާފު ރައްދުވާ ފަރާތުން ބުނެ ފައިވެއެވެ .
9.3.2- މި ނުކުތާއާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން، އިސްތިއުނާފުކުރާ ޢަލީ ޔަސާރު އިސްތިއުނާފު ރައްދުވާ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ގެ ވަޒީފާއިން ވަކިކޮށްފައި ވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާ އާ ޚިލާފަށް ކަމަށް ބަލާނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތްކަން އެނގެން އޮވެއެވެ .
9.4- މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި ދެ ހެކީންގެ ޢަދުލުވެރިކަމާމެދު އަދި މަޞްލަޙަތު ފުށުއަރާކަމާމެދު ސުވާލު އުފައްދައި ހުއްޖަތު ދެއްކުމުން އެކަމަށް ރިޢާ ޔަތް ކޮށްފައި ނުވާ ކަމަށް ޢަ ލީ ޔަސާރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . އެ ގޮތަށް ޢަލީ ޔަސާރުގެ ފަރާތުން ދެކޭ ސަބަބަކީ؛ މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދެ ހެކީންގެ ތެރެއިން މައްސަލަ ރައްދުވާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކ މައްސަލަ ހުށަހެޅި ފަރާތާއެކު ކުންފުނީގެ ހެޑް އޮފީހުގައި ދެން މަސައްކަތްކުރާ ހަމައެކަނި ދިވެހި ސްޓާފް ކަމަށްވެފައި އޭނާއަކީ މައްސަލަ ރައްދުވާ ފަރާތުން ބުނާ އެންޓްރީތަކުގެ އެޕްރޫވަލް އާއި އެއާ ގުޅޭ އެންމެހާ ނިންމުންތައް ނިންމުމާއި ސޮއިކުރާ ފަރާތް ކަމަށްވެފައި އޭނާއަކީ މައްސަލަ ހުށަހަޅާ ފަރާތާ ދެކޮޅަށް ހެކިބަސް އަދާކުރުމަށް ބަލާއިރު މަޞްލަޙަތު ފުށުއަރާނެ މީހެއްކަން މައްސަލަ ހުށަހަޅާ ފަރާތުން ފާހަގަ ކޮށްފައިވާނެކަމަށާ އ، އަދި އެ ފަރާތުގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކޮށްފައި ވާނެކަމަށާއި، އެހެން ނަމަވެސް މައްސަލަ ނިންމެވުމުގައި އެއިން ކަމަކަށް ރިޢާޔަތް ކުރެއްވުމެއްނެތި އަދި ސަބަބު ބަޔާން ކުރުމެއްނެތި އޭނާގެ ހެކިބަހަށް ބުރަދަން ދެއްވާފައި ވާކަމަށް ބުނެ އެ ސަބަބުގެ މައްޗަށް ފާހަގަކުރި ނުކުތާތެއްކަން އެނގެން އޮވެއެވެ .
9.4.1- އެ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، ޙަވާލާދޭ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޤާނޫނީ ނުވަތަ ޝަރުޢީ އެއްވެސް އުޞޫލަކާ ޙވާލާދިނުމެއްނެތި އިސްތިއުނާފު ރައްދުވާ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ހެކިވެރިންނަކީ ޢަދުލުވެރި ހެކިވެރިން ނޫންކަ މަށް ބުނެ އުފައްދާފައިވާ ޤާނޫނީ ބަހުޘަކީ، އެ މައްޗަށް ޖަދަލުކުރެވޭނެ އިސްތިއުނާފީ ނުކުތާއެއްކަމުގައި ގަބޫލުނުކުރެވޭކަމަށެވެ .
9.4.2- ޙަވާލާދޭ އިސްތިއުނާފު ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، އިސްތިއުނާފު ރައްދުވާފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ހެކިވެރިންނަކީ، ޢަދުލުވެރި ހެކިވެރިން ނޫންކަ މަށް އިސްތިއުނާފުކުރާ ޢަލީ ޔަސާރުގެ ފަރާތުން ބުނާއިރު، އެ ހެކިވެރިންގެ ޢަދުލުވެރިކަން ގެއްލެނީ ނުވަތަ ޢަދަލުވެރި ހެކިވެރިންކަމުގައި ނުބެލެވޭ ސަބަބަކީ ކޮބައިކަމެއް ބަޔާންކޮށްފައި ނުވެއެވެ . ހެކިވެރިންގެ ޢަދުލުވެރިކަމާ ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާ ފައިވާ އެއްވެސްކަމެއް މިމައްސަލައި ގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ހެކިވެރިންގެ ކިބައިން އުނި ވެފައިވާކަން އެނގެން ނެތެވެ . އިސްތިއުނާފުކުރާ ފަރާތުން ހަމައެކަނި ފާހަގަކޮށްފައިވަނީ، ހެކިބަސްދިން އެއް ފަރާތް ކަމުގައިވާ އިސްތިއުނާފު ރައްދުވާ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ ދޭ ހެކިބަހަކީ މަޞްލަޙަތު ފުށުއަރާ ހެކި ބަހެއް ކަމުގައެވެ . އިސްތިއުނާފުކުރާ ޢަލީ ޔަސާރުވެސް ފާހަގަކޮށްފައިވާ ފަދައިން ކުންފުނީގެ މާލޭ އޮފީހުގައި ޢަލީ ޔަސާރުގެ އިތުރުން އެ އޮފީހުގައި މަސައްކަތްކުރާ ހަމައެކަނި ދިވެހި މުވައްޒަފަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމަށްވުމުން، ޢަލީ ޔަ ސ ރ ގުޅޭގޮތުން އެންމެ ތެދުބަހުން ހެކިބަސްދެވޭނެ ފަރާތަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ . އެ ފަރާތުގެ ހެކިބަހަކީ ޝަރުޢީ ޤާނޫނީ ގޮތުން ބަލައި ނ ގަނެވޭނެ ހެކިބަހެއް ނޫނެވެ . އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، ޢަދުލުވެރިކަން ގެއްލިފައިވާ ހެކިވެރިން ދީފައިވާ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށް ނުބެލެވެއެވެ . ޤާނޫނު ތަޠްބީޤްކުރުން :
9.5- މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުގައި ވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން ކަން ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ )ހ( އިން އެނގެއެވެ . މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރު ކުރުމަށް ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖުރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ . މިގޮތުން ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންފައިވެއެވެ .
9.6- ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައި ކަމާއި، މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާ ކަމަށް ބެލޭނީ، - ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން؛ - ޚިޔާނާތެއް ވެފައިވުންކަން އެނގެއެވެ .
9.7- ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ )ހ( އާއި )ށ( ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް އޮތް ކަމަށް ބެލެވޭނީ، ދެ ޙާ ލަތެއްގައި ކަމަށާއި، އެއީ : ފާޅުކަންބޮޑު ޣައިރުސުލޫކީ ޢަމަލެއް ކުރުމާއި، ޚިޔާނާތެއް ވެފައިވުން ކަމަށާއި، ކޮންމެ ކޮންމެ ޣައިރުސުލޫކީ ޢަމަލެއްގައި ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުން ހުއްދަ ނުވެދާނެ ކަމަށާއި، ނަމަވެސް ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއްގައި ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކި ކުރެވިދާނެ ކަމަށާއި، ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލަކަށްވާނީ، މުވައް ޒަފުކުރި ޢަމަލަކީ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށް ވާނަމަ، ކަމަށާއި، ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުންކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި އެ މުވައްޒަފުގެ މަގާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ ޢަމަލު ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގެ 12ވަނަ ނުކުތާ. - ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނ( ގެ 23 ވަނަމާއްދާގެ )ހ( އާއި )ށ( ގައި. އެހެންކަމުން ޣައިރު ސުލޫކީ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ .
9.8- މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ތަނަށް ނުވަތަ ވަޒީފާއަދާކުރާ ފަރާތަށް އިތުރަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ޖާއިޒު ސަބަބެއްކަމުގައި ބެލެވުނު ނަމަވެސް، ވަޒީފާދިން ފަރާތަށް ނުވަތަ ވަޒީފާދޭ ތަނަށް ލިބިދާނެ ގެއްލުންތަކެއް ކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ފެނުން ބިނާވާން ޖެހޭނީ، އެކަށީގެންވާ ހަމައެއްގެ މައްޗަށް ކަމަށާއި، ވަޒީފާއިން ވަކި ކުރަންވާނީ ޢަދުލުވެރިކަމާ އެކުގައި ކަމަށާއި، ވަޒީފާއިން ވަކިކުރުމުގައި ޝަކްލީ ގޮތުންނާއި އިޖްރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ވަޒީފާދިން ފަރާތުން ތަބައުވެފައިވޭތޯ ބަލަންޖެހޭނެ ކަމަށާއި އަދި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ޑިއުޕްރޮސެސް ނުވަތަ ޕްރޮސީޖަރަލް ފެއަރނެސް ޤާއިމް ކުރެވިފައިވޭތޯ ޝަރީޢަތުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/24 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ .
9.9- މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު ނުވުމަކީ ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ނެތުމަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ކަނޑައެޅުމުގައި ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބިބެއް ކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭ - ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 32 އަދި 33 ވަނަ ނުކުތާ. - ދިވެހިރާއްޖޭގެ ކޯޓުގެ ނަންބަރު 2012/HC-A/24 ޤަޟިއްޔާ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލު ކުރަންޖެހޭ އިޖްރާއާތުތަކެއް ހުންނަ ކަމާއި، ޢާންމު އުޞޫ ލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫ ޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމް ކުރެވިފައިވާނަމަ ކަމާއި؛ މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށްވުން ކަމާއި، އަދި އިޖްރާއީ ޢަދުލުވެރި ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ޢަމަލުކޮށްފައިވާ އިޖުރާއާތަކީ، ޢަދުލުވެރި އިޖުރާއާތަކަށްވުމެވެ . މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ .
9.10- އިސްތިއުނާފުކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ، އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން، ޢަލީ ޔަސާރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ނަޒަރުކުރާއިރު، ޢަލީ ޔަސާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ބިނާވެފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާ (substantive fairness) ގުޅޭގޮތުންކަން، ޢަލީ ޔަސާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ނަޒަރުކުރުމުން އެނގެން އޮންނަކަމާއި، އެހެނީ، ޙަވާލާދޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 34/VTR/2018 މައްސަލަ ނިންމާފައިވާ ނިންމުން ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އިސްތިއުނާފަށް ހުށަހަޅާފައިވާ އެއްވެސް ނުކުތާއެއްގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި ޤާއިމުކުރަން ޖެހޭ އިޖްރާއީޢަދުލުވެރިކމަ fairness) (procedural ގުޅޭ އެއްވެސް ޝަކުވާއެއް ފާހަގަކޮށްފައިނުވެއެވެ .
9.11- މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށްވުމެވެ . މިގޮތުން ހުށަހެޅިފައިވާ މައްސަލައި ގައި ޢަލީ ޔަސާރު، ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑު ގ ވަޒީފާއިން ވަކިކުރެވިފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިތޯ ބަލާއިރު، ޢަލީ ޔަސާރު ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑު ގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ޢަލީ ޔަސާރަށް ލިބިދީފައި ވާ އިޚްތިޔާރާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވުމުންކަމަށާއި، މިގޮތުން މައްސަލަ ހުށަހެޅި ފަރާތުގެ އިހުމާލުގެ ސަބަބުން ކުންފުނިން ގެއްލިފައިވާ -/72000ރ. )ހަތްދިހަ ދެހާސް ރުފިޔާ ( އަދި 129,319.90ރ) .އެއްލައްކަ ނަވާވީސްހާސް ތިން ސަތޭކަ ނަވާރަ ރުފިޔާ ނުވަދިހަލާރި ( ގެ މައްސަލައި ގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެކަމެއް ނޫންކަމަށް މައްސަލަ ރައްދުވި ފަރާތަށް ޤަބޫލުކުރެ ވޭތީކން އެނގެން އޮވެއެވެ .
9.12- މި މައްސަލައި ގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ހުށަހެޅުންތަކަށާއި ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރި ފަރާތުގެ އިހުމާލުގެ ސަބަބުން އިސްތިއުނާފުރައްދުވާ ކުންފުނިން 129,319.90ރ. )އެއްލައްކަ ނަވާވީސްހާސް ތިންސަތޭކަ ނަވާރަރުފިޔާ ނުވަދިހަލާރި( ގެއްލިފައިވާކަމަށް ބުނާ ބުނުމަށް ބަލާއިރު، ޢަލީ ޔަސާރު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި 17 އޮކްޓޫބަރު 2017 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅި، ވަޒީފާގެ ގޮތުން ޙަވާލުކޮށްފައިވާ ފައިސާއަށް ޢަލީ ޔަސާރު ޚިޔާނާތްތެރިވުމުގެ މައްސަލަ ހިމނޭކަނެ އެނގެން އޮވެއެވެ . އަދި އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޭސް ނަންބަރު LC2017/12403 ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާކަމާއި، އެ މައްސަލައިގައި ޖިނާއީ ދަޢުވާކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާކަމަށް ބުނެ 28 ޖޫން 2018 ގައި މައްސަލަ ފައިލްކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން 01 ޖުލައި 2018 ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ ]މައްސަލަ ނިމުނު ގޮތުގެ ލިޔުން [ އިން އެނގެން އޮވެއެވެ .
9.13- ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ހުށަހެޅުންތަކަށާއި ހެކިންގެ ހެކިބަހަށް ރިޢާޔަތް ކޮށް، ޢަލީ ޔަސާރުގެ އިހްމާލުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ކުންފުނިން -/72000ރ. )ހަތްދިހަ ދެހާސް ރުފިޔާ( ގެއްލިފައިވާކަމަށް ބުނާ ބުނުމަށް ބަލާއިރު، ޢަލީ ޔަސާރު ކުންފުނީގައި މަސައްކަތްކުރަމުން ދިޔައިރު ކުންފުނީގެ އެކައުންޓިންގ ސިސްޓަމް SAGE ގައި YASAAR ގެ ނަމުގައި ޔޫސަރއެއް ޤާއިމުކޮށް ފައިވާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ބުނުމަށް އިސްތިއުނާފުކުރާ ފަރާތުނ އިންކާރުކޮށްފައި ނުވެ އެވެ . އެ ޔޫސަރ ބޭނުންކޮށްގެން އެންމެހައި އެންޓްރީތައް 17 އޮކްޓޫބަރު 2017 ގެ ނިޔަލަށް ކުރަމުން އައީ އިސްތި އުނާފުކުރާ ޢަލީ ޔަސާރުކަމާއި އެ ކަމަށް އެ ފަރާތުން އިންކާރުކޮށްފައިނުވެއެވެ . އެ ޔޫސަރ އިން، ކުންފުނީގެ ފަރާތުން ދަނޑުވެރިކަން ކުރާ ށ.މަޑިދޫގައި ތިބޭ މުވައްޒަފުންގެ ކޯޓާ ފައިސާދެއްކުމުގެ ބޭނުމުގައިކަމަށް ބަޔާންކޮށް ކުންފުނީގެ ބިދޭސީ މުވައްޒަފެއް ލައްވާ ބޭންކުން 02 ޖުލައި 2017 ގައި -/32000ރ. )ތިރީސް ދެހާސް ރުފިޔާ ( ނެގުމަށް އެންޓްރީ ހަދާފައިވާކަމަށް އިސްތިއުނާފު ރައްދުވި ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ގ ފަރާތުން ބުނާއިރު، އެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައި ނުވެ އެވެ . އަދި 02 ޖުލައި 2017 ގައި ޢަލީ ޔަސާރުހުރީ ޗުއްޓީގައި މާލެއިން ބޭރުގައި ކަމަށް ބުނިނަމަވެސް، އެ ތާރީޚުގައިޢަލީ ޔަސާރު ހުރި މާލެއިން ބޭރުގައި ކަން ސާބިތުކޮށްދެވިފައި ނުވެއެވެ . އެ ކަން ނަފީކުރަމުން ޢަލީ ޔަސާރު ބުނެފައިވާ ދެވަނަ ބުނުމަކީ ކުންފުނީގެ އެކައުންޓިންގ ސިސްޓަމް SAGE ގައި ތާރީޚާއި ގަޑިއަކީ ސިސްޓަމުން ބަދަލުކުރުމުން ބަދަލުކުރެވޭނެ ތާރީޚަކާއި ގަޑި ކަމަށް ބުނި ބުނުންކަމާއި، އެ ކަން އެ ފަރާތުން ހުށަހެޅި ކ. ދިއްފުށި، […] އިބްރާހީމް ޙައްސާން ދީފައިވާ ކަމަށް ބުނީ ބަޔާނުން އެނގެން އޮތްނަމަވެސް، އިސްތިއުނާފު ރައްދުވި ފަރާތުން ބޭނުންކުރަމުން އައި އެ ކުންފުނީގެ އެކައުންޓިންގ ސިސްޓަމް SAGE ބޭނުންކުރެވެމުން ދިޔައީ ސާރވާ މެދުވެރިކޮށްކަމަށްވެފައި ސިސްޓަމްގެ ގަޑިއަކީ ސާރވާގެ ގަޑިކަމަށް ބަލަންޖެހޭ ކަން އެނގެން އޮވެއެވެ .
9.13- 2017 ޖޫން 24 ފެށިގެން 10 ޖުލައި 2017 އަށް ޢަލީ ޔަސާރުޗުއްޓީގައި ހުރި މުއްދަތުގައި މަސައްކަތްކުރާނ ގޮތް ބަޔާންކޮށް 24 ޖޫން 2017 ގައި ފޮނުވާފައިވާ އީ-މެއިލްގެ ސްކްރީން ޝޮޓްއެއް ޢަލީ ޔަސާރުގެ ފަރާތުން ހުށަހަޅާފައިވާއިރު، އެ ކަން ނަފީކުރުމަށް އިސްތިއުނާފު ރައްދުވި ފަރާތުން ހުށަހަޅާފައިވާ Leave Application Form އަށް ބަލާއިރު، އެފޯމު ހުށަހަޅާފައިވަނީ 17 ޖުލައި 2017 ގައި ކަމާއި، އެ ފޯމުގައި ޗުއްޓީއަށް އެދިފައިވަނީ 27 ޖުލައި 2017 އިން 02 އޯގަސްޓް 2017 ގެ ނިޔަލަށް ކަމާއި، ޗުއްޓީގެ މުއްދަތުގައި ހުންނާނީ މާފުށީގައިކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ ޗުއްޓީ އެޕްރޫވް ކޮށް ފައިވާކަން އެނގެން އޮވެއެވެ .
9.14- ޢަލީ ޔަސާރަކީ، ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑް ގެ އެކައުންޓްސްއާގުޅޭ ހުރިހާ މަސައްކަތެއް ކުރާ ފަރާތްކަން އެނގެން އޮންނަ އިރު، ޢަލީ ޔަސާރު މަސައްކަތްކުރުމަށް ބޭނުންކުރާ ކޮމްޕިއުޓަރަށް ނުވަތަ ގެންގުޅޭ ލިޔެކިޔުންތަކަށް އެހެން ފަރާތަކުން އެކްސެސްވެފައިވާކަ މަށް އިސްތިއުނާފުކުރާ ޢަލީ ޔަސާރަށް ސާބިތުކޮށްދެވިފައި ނުވެއެވެ . ޢަލީ ޔަސާރު ނަމުގައި SAGE ސިސްޓަމުގައި ޤާއިމުކުރެވިފައިވާ ޔޫސަރއިން ޖުމލް -/72000ރ. )ހަތްދިހަ ދެހާސް ރުފިޔާ( ގެ ފައިސާ ހިމެނޭ އެންޓްރީތަކެއް ހެދުމަށްފަހު، އެ އެންޓްރީތަކަށް ޢަލީ ޔަސާރުގެ ނަމުގައި ޤާއިމުކުރެވިފައިވާ ޔޫސަރއިން ބަދަލުތަކެއް ގެނެސްފައިވާކަން ހުށަހެޅިފައިވާލިޔުންތަކުން އެނގެން އޮންނައިރު، ޢަލީ ޔަސާރުގެ ނަމުގައި ޤާއިމުކުރެވިފައިވާ ޔޫސަރއަށް އެހެން ފަރާތަކަށް އެކްސެސް ވެވޭނީ އެ ޔޫސަރގެ ޕާސްވޯޑު ލިބިގެންކަމަށް ބަލަންޖެހެއެވެ . ޢަލީ ޔަސާރުގެ އެ ޕާސްވޯޑު އެހެން ފަރާތަކާ ޙިއްޞާކޮށްފައި ވާކަން އެނގެން ނެތެވެ . ހަވާލާދޭ ފައިސާއަކީ ޢަލީ ޔަސާރު އެންޓްރީ ހަދައިގެން ރިކުއެސްޓުކުރުމުން ދޫކޮށްފައިވާ ފައިސާކަން އެނގެން އޮންނައިރު، އެ ފައިސާ ބޭނުންކޮށްފައިވަނީ ގެރިގުއި ގަތުމަށްކަ މަށްޢަލީ ޔަސާރުގެ ފަރާތުނ ބުނިނަމަވެސް، އެކަން ޢަލީ ޔަސާރަށް ސާބިތުކޮށްދެވިފައިނުވެއެވެ . އިސްތިއުނާފު ރައްދުވާ ކުންފުނިން ގެއްލިފައިވާކަމަށް ބުނާ -/72,000ރ. )ހަތްދިހަ ދެ ހާސް ރުފިޔާ( އަށް ޢަލީ ޔަސާރު ޚިޔާނާތްތެރިވެފައިވާކަން ކަނޑައެޅިގެން ސާބިތުވާން ނެތްނަމަވެސް، އެ ފައިސާ ގެއްލުމުގައި ޢަލީ ޔަސާރު ގެ އިހްމާލެއްވާކަމަށް ބެލެވެއެވެ .
9.15- ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ މިންގަނޑާއި، މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީކަމަށް ކަނޑައަޅާ މިންގަނޑުގައި ތަފާތެއްވެއެވެ . ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވައި ޝަރީޢަތަށް ކުށެއް ސާބިތުވިކަމަށް ބަލާ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތި )beyond reasonable doubt( އެ ކަމެއް ސާބިތުވުމެވެ. މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމޭނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް (balance of probabilities) ބިނާކޮށްގެންނެވެ . މީހަކު ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގައި އޭނާ ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމެއްގެ މައްޗަށް ޝަރީޢަތުން ބަލަންޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން އޮންނަ މިންގަނޑުން ނެވެ . އެހެންކަމުން ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުން މީހަކު ވަޒީފާއިން ވަކިކުރާއިރުވެސް އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާން އޮތް މިންގަނޑަށް ކުށެއް ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެ އެވެ .
9.16- ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުޠެ އ ފުރިހަމަވެގެނނެވެ . އެއީ އެ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު އެ މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެނު ން ނުވަތަ މުވައްޒަފު ޚިޔާނާތެއް ވެފައިވުމެވެ . އެގޮތުން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމަށް މައްސަލަ ރައްދުވިފަރާތުން ތަޠުބީޤުކޮށްފައިވާ ހަމަ އަކީ އެކަށީގެންވާ ހަމައެއްތޯ ބަލާ އިރު، ޢަލީ ޔަސާރަކީ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑްގެ ހުރިހާ މާލީ މުޢާމަލާތެއް ބެލެހެއްޓުމުގެ ޙަ އ ސ ސ ޒިންމާއާ ޙަވާލުވެގެން ހުރި މުވައްޒަފެވެ . އޭނާގެ މައްޗަށް ފައިސާއަށް އިހުމާލުވުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވުމުން، އެ ތުހުމަތުތައް ބަލައި ތަޙުޤީޤުކުރިއިރު ހޯދިފައިވާ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ޢަލީ ޔަސާރު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އިސްތިއުނާފުރައްދުވާ ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑަށް ކުރެވޭނެކަމެއް ނޫން ކަމަށް ޤަބޫލުކުރެވޭ ޙާލަތު މެދުވެރިވެފައިވާކަމަށް ބަލަންޖެހެއެވެ . އެފަދަ މުވައްޒަފަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ޤަބޫލުކުރެވި، ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުން މުވައްޒަފަކުވަޒީފާއިން ވަކިކުރުމުގައި އެ ނިންމުމަށް ވާޞިލުވުމަށް ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަން އިސްވެ ބަޔާންކުރެވުނު ކަންކަމުން އެނގެން އޮންނާތީ، އިސްތިއުނާ ފުކުރާ ޢަލީ ޔަސާރު އިސްތިއުނާފުރައްދުވި ގްރޭޓަރ ގްރީން ޕްރައިވެޓް ލިމިޓެޑގެވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ފުރިހަމަ ވެފައިވާކަން ޝަރުޢީ ޤާނޫނީ ހަމަތަކުން އެނގެއެވެ . N0----0\::r:uI--<--- N ("")00 '"01., "'\o~' .. '\\l'"ll<:; M---"<T>t-<22 0 .........00 "\~} ,~., ..0\,,"'\ '\ oa,~\.. ~~~ \CO., ~~~ 0\........r- "' ., ., "'' , \1~ ~ I "CO.."'\..":\~' 01.,'"\~ \~0\ll'\ 0'\.. ,,\l ~\ ,,,., "\ ,{ ~\"'UO\ ,,ol._.. ~~ ,, , , \~ '\ ., · ~ ..Of\~~~~ • I 0~~~ "\ ~~~~'" .. "\ll"l"'\ ll\\~O\\~ "\"CO.."\"~0\~I:,,, ,.,"~'\''\"~"\"' "CO.."\"~ ,.,\\'':\ "CO.. 0~ ~~~ ~~ ., "' 0\"'-~\' .."\ ,, \~ \ '"Ill., "\"~" ~,.. 0~ '\\l'"0<:; M---"<T>t-<~ N0 .........00"\~} ,.._.. 0\,,"'\ '\ oa,~\.. ,,~,, \CO., ., l \~'\· ~' ., "'' , \1~ ~\"'Ull\'\ Ill._.. ~~ ,,'"01., "'\o~' ,,~':"'\~'\~~~' ,.,'!\\l'"0'\ "'\ 0_)h"\\\I ,,~~'"0'\ .. ~~ ~\"~"\ ~~':"'\i~'\"\ ., "' "' ., .. .. '" .. ,.,"'-'~~\\\ ..~'Ull'\~\'.. ~J:,IlL ,,., '", \~ \~ '"01., ~~ .. 0'\.. ,,\l :n,~,., "\,{ ., ~~'U, ,,"' , ., ~' '\ "' ~\.... , , \~ '\·~ .. "'\ 0\)(~0'\"~"'i O\ ..,:;--,, o~' .. ~~ ,, ':\ ~ :\~ \\ ., 'J:, oN ~~0'\~~~~ ':!\ ,,~~ QL\lloj \~ 'h "' ll\,} "\ ':\ "\ ''i "\ ,, ':\ ~\ "~ 'J:, oN ~ ,r ,, ,........., \\ I ·l ~ "'\J ,,~' · !~ ., ~~\ ~ =~ ':'MN V"l0 N a- ..·~ - ·~ -~' -~ ~ )' "\:}' " (") "'"I~~ Q)·~" ,,• .., ~ ~- •a, \\-~~'\J!~" -~' ~ ~ ..<:· - bJ)..<:u0'§ .bJ)0> ~ ; •a,~ \l =~ .:: .$2@) :.2bJ)..c8 ; 0:> E > .'lQ '\ -~~·
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
- ސުޕްރީމް ކޯޓުގެ 2014/SC-A/27
- ހައިކޯޓުގެ 2012/HC-A/24
- ހައިކޯޓުގެ 2011/HC-A/134
- ބެންޗު
- ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒު، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް