ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/223
ޢަލީ ޝިހާމް ވ. ތޯން މޯލްޑިވްސް ޕވޓ ލޓޑ، 2018/HC-A/223
Ali Shihaam v. Thoan Maldives Pvt Ltd 2018/HC-A/223 (2018/HC-A/223, High Court of the Maldives, 6 May 2021)
ޢަލީ ޝިހާމް ވ. ތޯން މޯލްޑިވްސް ޕވޓ ލޓޑ
މައްސަލައިގެ ޚުލާޞާ
ޗެކު ދޫކުރީ ކުންފުނީގެ އަމިއްލަ އިޚްތިޔާރުގައި ޝަކުލިއްޔާތު ފުރިހަމަކޮށްކަން ސާބިތުނުކުރެވުނީތީ ފައިސާ ދެއްކުމަށް އަންގާނެ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
ކުންފުންޏަކުން ނެގި ފައިސާއާއި ކޮށްދިން މަސައްކަތުގެ އަގުގެ ގޮތުން 120,000 ޑޮލަރުގެ ޗެކެއް ދޫކުރި ކަމަށާއި ޗެކު ބައުންސްވި ކަމަށް ބުނެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅިއެވެ. ކުންފުނިން ބުނީ މުޢާމަލާތެއް ނުހިނގާ ކަމަށާއި ޗެކަކީ ކުންފުނީގެ ޗެކު ފޮތުން ގެއްލިފައިވާ ޗެކެއް ކަމަށެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޤާނޫނު 16/95 ގެ 21 ވަނަ މާއްދާއާއި 2012/SC-A/22 އަދި 2013/SC-A/29 ގެ އުޞޫލުން ޝަކުލިއްޔާތު ފުރިހަމަ ޗެކެއްގެ ޢަދަދު ދޫކުރި ފަރާތުން ދައްކަންޖެހޭ ކަމަށެވެ. ކުންފުނިން ބުނީ ޗެކު ދޫކޮށްފައި ނުވާ ކަމަށާއި ޝަކުލިއްޔާތު ފުރިހަމަނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ޗެކު ދޫކުރިކަން ޗެކު ދޫކުރިކަމަށް ބުނާ ފަރާތުން އިންކާރުކުރާއިރު، އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނެތި ހަމައެކަނި ޗެކު އޮތުމަކީ ޗެކުގައިވާ ޢަދަދު ދެއްކުން ލާޒިމުކުރެވޭނެ ސަބަބެއްތޯ؛ އަދި ޗެކުގެ ޝަކުލިއްޔާތު ފުރިހަމަވެފައިވާތޯ.
ނިންމި ގޮތް
ނިންމުމުގެ ބައި ލިޔުމުގައި ނެތް (ރައުޔުން ދޭހަވަނީ ސިވިލް ކޯޓުގެ ޙުކުމް ޤާއިމްކުރާ ގޮތަށް)
ޗެކު ފިޔަވައި ދަޢުވާ ސާބިތުކުރުމަށް އިތުރު ހެއްކެއް ހުށަހަޅާފައި ނުވާއިރު، ޗެކެއް ހުރުމަކީ އެކަނި ދަރަނި ސާބިތުވާ އަސާސެއް ނޫންކަމަށާއި، މުޢާމަލާތް ސާބިތުނުކުރެވުމުން އަމިއްލަ އިޚްތިޔާރުގައި ޗެކު ދޫކުރިކަން ނޭނގޭ ކަމަށް ފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޗެކަކީ ދޫކުރާ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ދޫކުރާ ލިޔުމަކަށް ވާންޖެހޭ ލިޔުމެކެވެ؛ ޗެކުގައިވާ ޢަދަދު ދެއްކުމަށް އެންގޭނީ ޗެކުގައި ފުރިހަމަވާންޖެހޭ ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަކޮށްފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ޤާނޫނެއްގައި އެހެން ގޮތެއް ބުނެފައި ނެތްނަމަ، މަދަނީ ޚުޞޫމާތުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ؛ ދަފްޢެއް އުފުލާ ފަރާތުން އެ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ދަޢުވާލިބޭ ފަރާތުން މުޢާމަލާތާއި ޗެކު ދޫކުރިކަމަށް އިންކާރުކުރާ ޙާލަތުގައި، ފައިސާ ނެގިކަމާއި މުޢާމަލާތް ހިނގިކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- އެއްފަރާތުން އަނެއް ފަރާތަށް ޗެކެއް ދީފައިވާކަން ސާބިތުވުމަކީ އިތުރު ޤަރީނާއަކާ ނުލައި ދަރަނި ސާބިތުވެއްޖެ ކަމަށް ބެލެވޭނެ ހަރުދަނާ އަސާސެއް ނޫނެވެ (2011/SC-A/48)؛ މި އުޞޫލު ސުޕްރީމް ކޯޓުން އަދިވެސް ދަމަހައްޓައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ޗެކު ދޫކުރީ އަމިއްލަ އިޚްތިޔާރެއް ނެތިކަމަށް ބުނާނަމަ ނުވަތަ ޗެކު ދޫކުރިކަމަށް ދޫކުރި ފަރާތުން އިޤްރާރުނުވާނަމަ، ޗެކު ދޫކުރަންޖެހުނު ސަބަބު ފައިސާ ލިބެންވާ ފަރާތުން ބަޔާންކޮށް އެކަމަށް އެކަށީގެންވާ ހެކި ނުވަތަ ޤަރީނާ ހުށަހަޅައިގެން މެނުވީ ޗެކު ދޫކުރި ޙާދިޘާ ސާބިތެއް ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- 2013/SC-A/29 ގެ އުޞޫލު ހިނގަނީ ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަކޮށް އަމިއްލަ އިޚްތިޔާރުގައި ޗެކު ދޫކޮށްފިނަމައެވެ؛ ޗެކު ދޫކުރަންޖެހުނު މުޢާމަލާތް ސާބިތުނުކުރެވުމުން އަމިއްލަ އިޚްތިޔާރުގައި ދޫކުރިކަން ނޭނގޭތީ އެ އުޞޫލު މި މައްސަލައަށް ތަޠްބީޤު ނުކުރެވޭ ކަމަށް ރައުޔުން ދޭހަވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
1ލ.ގަން/ ތުނޑި ފެއަރީގާރޑެން ޢަލީ ޝިހާމްގެ އަތުން ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ފައިސާއާއި އެ ކުންފުންޏަށް ޢަލީ ޝިހާމް ކޮށްދީފައިވާ މަސައްކަތުގެ އަގެއްގެ ގޮތުން 120,000.00 US$ (އެއްލައްކަ ވިހިހާސް ޔޫ. އެސް ޑޮލަރު) ނެގުމަށް ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 0000009 ޗެކު ޢަލީ ޝިހާމަށް ދޫކުރެވުނު ކަމަށާއި، އެހެންނަމަވެސް ބުނެވުނު ޗެކުގައިވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ޗެކު ބައުންސްވެފައިވާކަމަށ ބުން ޗެކުގައިވާ ޢަދަދުގެ ފައިސާ ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިގެން ޢަލީ ޝިހާމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1824/Cv-C/2017 ޤަޟިއްޔާއިންނެވެ.
2ބުނެވުނު މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 1824/Cv-C/2017 ޤަޟިއްޔާއިން ބަލާ ޙުކުމް ކޮށްފައިވަނީ؛ ޢަލީ ޝިހާމްގެ ފަރާތުން ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ޝަރީޢަތަށް ހުށަހަޅާފައިވާ ޗެކަކީ، ދަޢުވާލިބޭ ތޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޗެކެއް ކަމަށް ވީނަމަވެސް، އެ ޗެކް ޢަލީ ޝިހާމަށް ދޫކޮށްފައިވަނީ ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންކަމާއި، އަދި އެޗެކަކީ ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އަމިއްލަ އިޚްތިޔާރުގައި، ޝަކުލިއްޔާތު ފުރިހަމަކޮށް ދޫކޮށްފައިވާ ޗެކެއްކަން ޢަލީ ޝިހާމްގެ ފަރާތުން، މިމައްސަލައިގެ ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީ، ޢަލީ ޝިހާމްގެ ފަރާތުން އެދިފައިވާ ފަދައިން އެޗެކްގައިވާ ފައިސާ، ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ން ޢަލީ ޝިހާމަށް ދެއްކުމަށް މިމައްސަލައިގެ ޝަރީޢަތުން އަންގަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައެވެ.
3މިއީ، ސިވިލް ކޯޓުގެ ނަންބަރު 1824/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ލ.ގަން/ ތުނޑި ފެއަރީގާރޑނެ ޢަލީ ޝިހާމގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައ އިސްތިއުނާފު ރައްދުވާ ފަރާތަކީ ތޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 1824/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ލ.ގަން/ ތުނޑި ފެއަރީގާރޑެން ޢަލީ ޝިހާމގް ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
4.1 ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނ) ގެ 21 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4.2 ދިވެހިރއްޖޭގާ ސޕްރީމު ކޯޓުގް ނަންބަރު 2012/SC-A/22 ޤަޟިއްޔާއާއި އަދި 2013/SC-A/29 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވ ކަމަށްބުނާ ހުށަހެޅި ނުކުތާއެވެ.
5އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1824/Cv-C/2017 ޤަޟިއްޔާގައި، ދަޢުވާކުރާ ޢަލީ ޝިހާމްގެ ފަރާތުން ހުށަހެޅި މައިގަނޑު ޝަކުވާއަކީ، ޢަލީ ޝިހާމްގެ ނަމުގައި އޭނާއަށް ފައިސާ ނެގޭގޮތަށް ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޗެކެއް ދޫކޮށްފައިވާކަމަށް މިހެންކަމުން އެ ޗެކުގައިވާ ޢަދަދުގެ ފައިސާއަކީ، ޢަލީ ޝިހާމަށް ލިބެންޖެހނޭ ފއިސާކަ މަށް ބުނެ ހުށަހެޅި ދަޢުވާއެވެ. ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަލީ ޝިހާމަށ ޗެކެއް ދޫކުރަން ޖެހުން ސަބަބެއްކަމަށް ޢަލީ ޝިހާމްގެ ފަރާތުން ބުނަނީ، މިއީ ޢަލީ ޝިހާމްގެ އަތުން ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ފައިސާއާއި ޢަލީ ޝިހާމް އެ ކުންފުންޏަށް ކޮށްދީފައިވާ މަސައްކަތުގެ އަގު ދެއްކުމުގެ ގޮތުން ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޭނާއަށް ދީފައިވާ ޗެކެއްކަމަށެވެ.
6މީގެ އިތުރުން ޤާނޫނުގައި ކަނޑައެޅިފައިވާ ޝަކުލިއްޔާތު ފުރިހަމަވެފައިވާ ގޮތުން އެއްވެސް ފަރާތަކުން ޗެކެއް ދޫކޮށްފިނަމަ، އެއްވެސް ޝަރުތަކާ ނުލައި އެ ޗެކުގައި ބަޔާންވެގެންވާ މިންވަރު، އެ ޗެކު ދޫކުރެވުނު ފަރާތަށް ލިބިދިނުމުގެ ހުރިހާ ޒިންމާއެއް އެ ޗެކު ދޫކުރި ފަރާތުން އުފުލަންޖެހޭނެކަމަށް ޢަލީ ޝިހާމްގެ ފަރާތުން ބުނެއެވެ. މި ބުނުމަށް ބާރު ދިނުމަށް ޢަލީ ޝިހާމްގެ ފަރާތުން ޙަވާލާދީފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އަދި ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) މި ދެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމުގެ މައްޗަށެވެ. އަދި ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށެވެ.
7ޢަލީ ޝިހާމްގެ ފަރާތުން ހުށަހެޅި ދަޢުވާއަށް ޖަވާބުދާރީވަމުން ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ، ޢަލީ ޝިހާމްއއާ ކ އެއްވެސް އިރެއްގައި އެއްވެސް މުޢާމަލާތެއް ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިނުވާނެކަމަށެވެ. އަދި މި މައްސަލައާއެކު ހުށަހެޅިފައަ އޮތި ޗެކަކީ، ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޗެކެއް ނަމަވެސް އެ ޗެކަކީ ކުންފުނީގެ ފަރާތުން ޢަލީ ޝިހާމަށް ދޫކޮށްފައިވާ ޗެކެއް ނޫންކަމަށެވެ. އެ ޗެކަކީ އެ ކުންފުނީގެ ޗެކު ފޮތުން ގެއްލިފައިވާ ޗެކެއްކަމަށާއި، ޗެކަކީ، ޗކެ ދޫކުރި ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ދޫކުރަން ޖެހޭ ލިޔުމެއްކަމަށްވާއިރު މި މައްސަލައާއެކު ހުށަހެޅިފައި އޮތް ޗެކަކީ ތޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލިޔެ ސޮއިކޮށް ދޫކޮށްފައިވާ ޗެކެއް ނޫންކަމުން އަދި ޗެކުގައި ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ޝަކުލިއްޔާތުތައް ފުރިހަމަވެފައިވކަމުގައާ ބެލެވެންނެތުމުން މި ޗެކަށް ތޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކަންޖެހޭނެ ތަނެއް ނެތްކަމަށެވެ.
8މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، ޗެކަކީ އޭގެ ޝަކުލިއްޔާތު ފުރިހަމަވެފައި އޮތް ޗެކެއްތޯ އާއި ޗެކު ދޫކުރެވުނުކަމާމެދު ޗެކު ދޫކުރިކަމަށް ބުނާ ފަރާތުން އިންކާރުކުރަމުންދަނިކޮށް، ހަމަ އެކަނި ޗެކެއް އޮތް އޮތުމަކީ އޭގެ ޒާތުގައި އިތުރު އެހެން ހެއްކެއް ނުވަތަ ޤަރީނާއެއް ނެތި އެ ޗެކުގައިވާ ޢަދަދުގެ ފައިސާ ދައްކަން ލާޒިމް ކުރެވޭނެ ސަބަބެއްތޯ ނުވަތަ ނޫންކަމެވެ. ސިވިލް ކޯޓުގް ޙުކުމަށް ވާސިލުވުމަށް ބިނާކުރި ސަބަބުތައް
9ޢަލީ ޝިހާމްގެ ފަރާތުން ހޯދަން އެދުނު ފައިސާއަކީ، ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަލީ ޝިހާމަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ، ތޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަލީ ޝިހާމަށ ޗެކެއް ދޫކުރީ ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަލީ ޝިހާމްގެ އަތުން ނަގާފައިވާ ފައިސާއާއި، ޢަލީ ޝިހާމް އެ ކުންފުންޏަށް ކޮށްދީފައިވާ މަސައްކަތުގެ އަގުގެ ފައިސް އަނބުރާ ދެއްކުމުގެ ގޮތުންކަމަށް ޢަލީ ޝިހާމިބުނިނަމަވެސެޢަލީ ޝް ހާމްގެ ފަރާތުން އ ފަދައިން ބުނާބުނުން ފިޔަވައި ޢަލީ ޝިހާމްގެ އަތުން ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްއެއްވެސ ފައިސާއެއް ނެގިކަން ނުވަތް ޢަލީ ޝިހާމްގެ ފަރާތުން އެ ކުންފުންޏަށް މަސައްކަތެއް ކޮށްދިންކަނ ސާބިތުކޮށްދިނުމަށް ހެއްކެއި އޭނުހުށަހަޅާފައްނެތމުންކަމަށި ފާހަގަކުރައްވާފައިވެއެވެ. އަދި މި މައްސަލައިގައި ފެންނަނަހުރ ހެކިތަކުން މި މައްސަލައާއެކު ހުށަހެޅުނު ޗެކަކީ ތޯނ މޯލްޑިވްސް ޕްރި އިވެޓް ލިމިޓެޑުގެ އަމިއްލަ އިޚޫތިޔާރުގައ ދ ކުރި ޗެކެއުނޫންކަނ އެނގެން އޮންނަކަމަށ، ޗެކަކީ ޗެކްގެ ޝަކުލިއްޔާތަ ފުރިހަމަކޮށް ދޫކޮށްފައިވާ ޗެކެއް ނޫންކނ އެނގޭކަމަށް ފާހަގަކޮށްފައިވެއެވެ.
10ޕްރިސިޑެންސް 1ޗެކަކީ، ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް،އޭގައި ބަޔާނި ކުރެވިފައިވާ މީހަކަށް ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް، އެ ހިފައިގެން ދިއުމުން، ޝަރުތަކާނުލައ އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރި ކުރާ ފަރާތަކަށް ދޫކުރެވޭ އަދި އެ ލިޔުމެއް ގަނެވިއްކޭނެ، އަދި އެ ލިޔުމުގައިވާ ޙައްޤު އެކަކު ކިބައިން އަނެކަކު ކިބައަށް ފަސޭހަކަމާއެކ ބަދަލު ކުރެވިދާނެ އަދި އެ ލިޔުމެއް ފައިސާގެ ގޮތުގައި ބަދަލުކުރެވޭނެ ގޮތަށް ގެންގުޅޭ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމެކެވެ. ޗެކަކީ ޗެކު ދޫކުރާ ފަރާތުގެ އަމިއްލެ އިޚްތިޔާރުގައި ދޫކުރާ ލިޔުމަކަށްވާންޖެހޭކަމާއި ޗެކުގައިވާ ޢަދަދަށް ފައިސާ ދޫކުރަން އެންގޭނީ ޗެކުގއަ ފުރިހަމަވާންޖެހޭ ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަ ކޮށްފައިވާނަމަ ކަން އެނގެއެވެ. ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ.
11ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލައިގައި ދެއްކި ވާހަކަތަކުގައި، މި މައްސަލައިގައި ޙަވާލާދޭ ޗެކަކީ އެ ކުންފުނިން، އެ ކުންފުނީގެ އަމިއްލަ އިޚްތިޔާރުގައި ދޫކުރި ޗެކެއް ނޫންކަމަށް ބުނެ މި މައްސަލައިގައި ޙަވާލާދޭ ޗެކަކީ އެ ކުންފުނިން ގެއްލިފައިވާ ޗެކެއްކަމަށާ، ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޢަލީ ޝިހާމް އާ ދެމެދު އެއްވެސް މުޢާމަލާތެއް ހިނގާފައިނެތީސް އެ ކުންފުނިން ޢަލީ ޝިހާމަށް ޗެކެއް ދޭންޖެހޭ ސަބަބެއް ނޯންނާނެކަމަށް ބުނެފައިވެއެވެ.
12ޕްރިސިޑެންސް 2ޤާނޫނެއްގައި އެހެން ގޮތެއް ބުނެފައިނެތްނަމަ، މަދަނީ ޚުސޫމަތްތަކުގައި ދަޢުވާ ސާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. އަދި ދަޢުވާގެ ދަފްޢު އުފުލާ ފަރާތަކުން އެ ފަރާތެއްގެ ދަފްޢު ސާބިތު ކޮށްދިނުމަކީ އެ ދަފްޢު އެއް އުފުލާ ފަރާތަކުން އުފުލަންޖެހޭނެ ބުރައެކެވެ.
13ޕްރިސިޑެންސް 3ޢަލީ ޝިހާމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ސީޣާއަށް ބަލާއިރު، ޢަލީ ޝިހާމްގެ ފަރާތުން ހުށަހެޅި ދަޢުވާއަކީ، ކުރިން ފާހަގަކުރި ފަދައިން ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަލީ ޝިހާމްގެ އަތުން ނެގި ފައިސާތަކެއް ބަދަލުގައި އަދި އެ ކުންފުންޏަށް ޢަލީ ޝިހާމްގެ ފަރާތުން ކޮށްދިން މަސައްކަތެއްގެ ބަދަލުގެ ގޮތުގައި ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ ފައިސާ ދިނުމަށް އެކުންފުނިން ޢަލީ ޝިހާމަށް ދިންކަމަށް ބުނާ ޗެކުގައިވާ ޢަދަދަށު ޢަލީ ޝިހާމަށް ލިބިފައިނެތުމެވެ. ޢަލީ ޝިހާމްގެ ދަޢުވާގެ މި މައިގަނޑަށް ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރުކުރެއެވެ. އެއީ ޢަލީ ޝިހާމުގެ އަތުން އެއްވެސް ފައިސާއެއް ނަގާފައި ނުވާނެކަމަށާ ޢަލީ ޝިހާމް އާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށާ އަދި ޢަލީ ޝިހާމަށް ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޗެކެއް ދޫކޮށްފައިނުވާނެކަމަށާ މައްސަލައިގައި ޙަވާލާދޭ ޗެކަކީ ކުންފުނިން ގެއްލިފައިވާ ޗެކެއްކަމުގައި ބުނަމުންނެވެ. މިހެންކަމުން ޢަލީ ޝިހާމްގެ އަތުން ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްން ފައިސާނެގުކަން އަދި ޢަލީ ޝިހާމް އާއި އެކު އެއްވެސް މުޢާމަލާތެއް ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރިކަނި ސާބިތުކޮށްދިނުމުގެ ބުރަ މިޙާލަތުގައ އުފުލަންޖެހޭނީ ޢަލީ ޝިހާމެވެ.
14ޢަލީ ޝިހާމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ސާބިތުކޮށްދިނުމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވަނީ، ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަލީ ޝިހާމަށ ދޫކުރިކަމަށް ބުން ޗެކެވެ. އަދި މި ޗެކަށް ފައިސާ ދައްކަން ތޯނ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލާޒިމްވިކަމަށް ޢަލީ ޝިހާމް ބުނާ ވާޤިޢާ ސާބިތުކޮށް ދިނުމަށް، ޢަލީ ޝިހާމްގެ ފަރާތުން ހެކިން ގެ ގޮތުގައި އދ.ފެންފުށި/ ޗާންދަނީގެ އިބްރާހމީ އަބޫބަކުރާއި ސ.މަރަދޫ/ ވައިލެޓްވިލާ އަޙްމަދު އަޒްހާން ކަމަށް ބުނެ އެމީހުންގެ ނަން ހުށަހެޅިއެވެ. އެހެންނަމަވެސް މި ދެހެކިން މިހާރު އުޅޭ އެޑްރެސް އެނގެން ނެތުމުންކަމަށް ބުނެ ޢަލީ ޝިހާމްގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަކާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމަށް ޢަލީ ޝިހާމްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވެއެވެ. މިހެންކަމުން ބުނެވުނު ޗެކު ފިޔަވައި ޢަލީ ޝިހާމްގެ ދަޢުވާ ސާބިތު ކުރުމަށް އިތުރު ހެއްކެއް ޢަލީ ޝިހާމްގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފއިނެތީކަމަށް ބަލަންޖެހެއެވެ.
15ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، އެ ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ "އެއްފަރާތުން އަނެއް ފަރާތަށް ފައިސް ނުވަތާ ޗެކެއް ދީފައިވާކަން ސާބިތުވާ ކޮންމެ ޙާލަތަކީ އިތުރު އެހެނިހެން ޤަރީނާތަކާ ނުލައި އެ ޗެކަކީ ދަރަންޏެއްގެ ގޮތުގައި ދީފައިވާ ޗެކެއްކަމަކަށްވެސް އަދި ހަމަ އެފަދައިން، އެއި އިތުރު ޤަރީނާތަކާ ނުލައި އެ ޗެކް ލިބުނު ފަރާތުގެ މައްޗަށް އެ ޗެކުގައިވާ ޢަދަދަށް ދަރަނި ސާބިތުވެއްޖެކަމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ބެލެވެންޖެހޭ ފަދަ ހަރުދަނާ އަސާސެއް ނޫންކަމުގައެވެ." ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވާ އޫއުޞޫލަކީ، އެއް ޞެލުގައ ކަނޑައަޅާފައިވި ކަނޑައެޅުމާއި ދުރަށްދާންޖެހޭކަމަށް އ ކޯޓުން މިހާތަނަށްވެސޫކަނޑައަޅާފައިވާ އ ޞލެއު ނޫނެވެ. އަދި މި ބުނެވުނު އ ޞު ލ އެ ގޮތުގައި ސުޕްރީމް ކޯޓުން ދަމަހައްޓާކަން މިފަހުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރ 2013/SC-A/28 (އޭޑީ ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް) އަދި ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު) މައްސަލައިގައި ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން އެނގެއެވެ.
16ޕްރިސިޑެންސް 5ޗެކެއް ދޫކުރީ ޗެކު ދޫކުރި ފަރާތުގެ އަމިއްލަ އިޚްތިޔާރެއް ނެތިކަމަށް ބުނާނަމަ އަދި ޗެކަކީ ދޫކުރި ޗެކެއް ކަމާއިމެދު އެ ޗެކު ދޫކުރި ފަރާތުން އިޤްރާރުނުވާނަމަ، ޗެކެއް ދޫކުރަންޖެހުނު ސަބަބުތަ އ، ފައިސާލިބެންވާ ފަރާތުން ބަޔާންކޮށްދީ އެކަމުގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ހެކި ނުވަތަ ޤަރީނާ ޝަރީޢަތަށް ހުށަހަޅައިގެން މެނުވީ ޗެކު ދޫކުރީ، ޗެކު ދޫކުރި ފަރާތުގެ އަމިއްލަ އިޚްތިޔާރުގައިކަނ ނުވަތް ނޫންކަން އަދި ޗެކު ދޫކުރި ޙާދިސާ ސާބިތުވާނެ ގޮތެއް ނޯންނާނެއެވެ.
17ޕްރިސިޑެންސް 6މ މައްސަލައިގައި ސިވިލް ކޯޓުން ޙަވާލާދީފައިވާ އަދި ޢަލީ ޝިހާމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު A/29-/SC3201 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ "ޤާނޫނީ ގޮތުން ޝަކުލިއްޔާތު ފުރިހަމަކޮށް މީހެއްގެ އަމިއްލަ އިޚްތިޔާރުން ޗެކް ދޫކޮށފް ނަމަ" ކަންވާނ ގޮތެއްގެ ވާހަކައެވެ. ޗެކު ދޫކުރީ ޗެކު ދޫކުރި ފަރާތުގެ އަމިއްލަ އިޚްތިޔާރުގައިކަނ ސާބިތުވާން އޮތް ގޮތަކީ ޗެކު ދޫކުރި ޙާދިސާ ސާބިތވުނު ކަމުގައިވާއިރު، ޗެކު ދޫކުރަން ޖެހުނު މުޢާމަލާތް ޢަލީ ޝިހާމަށް ސާބިތުކޮށްދެވިފައި ނެތުމުގެ ނަތީޖާއެއްގެ ގޮތުން ޗެކު ދޫކުރީ ތޯން މޯލްޑިވްސް ޕްރައިވެޓް ލިމޓެޑުގި އަމިއްލަ އިޚްތިޔާރުގައިކަން އެނގޭކަށްނެތެވެ. މިހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/29-/SC3201 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު މި މައްސަލަ
- ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް