ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/342
ޢާއިޝަތު ޝިޔާމާ އަޙްމަދު ވ. މުޙައްމަދު ޔޫސުފް މޫސާ، 2021/HC-A/342
Aishath Shiyaamaa Ahmed v. Mohamed Yoosuf Moosa 2021/HC-A/342 (2021/HC-A/342, High Court of the Maldives, 19 May 2022)
ޢާއިޝަތު ޝިޔާމާ އަޙްމަދު ވ. މުޙައްމަދު ޔޫސުފް މޫސާ
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމުގައި ސޮއިކުރި ޕަވަރ އޮފް އެޓަރނީގެ މުއްދަތުން ބޭރަށް އެއްބަސްވުމުގެ މުއްދަތު ދިގުވާތީ އެއްބަސްވުން ބާޠިލުވޭތޯ؛ 5 ވަނަ ފަންގިފިލާގެ ހުއްދަ ނެތްކަމުގެ ދިފާޢު ދަށު ކޯޓުން ނުބެލުމަކީ ޙުކުމް ބާޠިލުކުރެވޭ ސަބަބެއްތޯ؛ އަދި ލަސްވާ ކޮންމެ ދުވަހަކަށް 1,500ރ. ދޭން ބުނާ މާއްދާގެ ދަށުން ފައިސާ ނަގައިދިނުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޕަވަރ އޮފް އެޓަރނީގައި ބަޔާންކޮށްފައިވާ މުއްދަތަކީ ދިން ފަރާތުގެ ފަރާތުން ކަންކަން ކުރުމަށް އެޓަރނީއަށް ހުއްދަ ދެވިފައިވާ މުއްދަތެވެ؛ ޕަވަރ އޮފް އެޓަރނީން ލާޒިމުކޮށްފައި ނުވާނަމަ، އެ މުއްދަތުގެ ތެރޭގައި ވެވޭ އެއްބަސްވުމުގެ މުއްދަތު އެ މުއްދަތަށް ވުރެ ދިގުނުވުން ލާޒިމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-33)
- ޕަވަރ އޮފް އެޓަރނީއާ ގުޅޭ ދެބަސްވުމެއް އޮތްނަމަ އެއީ ޕަވަރ އޮފް އެޓަރނީ ދިން ފަރާތާއި ލިބުނު ފަރާތާ ދެމެދު އޮތް ކަމެކެވެ؛ އެއްބަސްވުމުގެ ޙަޤީޤީ ބައިވެރިންގެ މެދުގައި އެއްބަސްވުމާއި އޭގެ މުއްދަތާ މެދު ޚިލާފެއް ނެތްނަމަ، އެކަމުގެ ނުކުތާ މައްސަލައިގެ މައުޟޫޢަށް އަސަރުކުރާ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-37)
- ޚުލާޞާ ބަޔާނަކީ ހެކި ހުށަހަޅައި ނިމުމަށްފަހު މުޅި މައްސަލަ ޚުލާޞާކޮށް ވާހަކަދެއްކުމަށް ދެވޭ އެންމެ ފަހު ފުރުޞަތެވެ؛ ކުރިން ހުށަނާޅާ އޮތް ކަމަކަށް އެކަށީގެންވާ ސަބަބެއް ނުދައްކައި ޚުލާޞާ ބަޔާނުގައި އައު ކަންކަން ހުށަހެޅުމުން އެ ކަންކަމަށް ބުރަދަނެއް ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-42)
- ޚުލާޞާ ބަޔާނުގައި ފުރަތަމަ ފަހަރަށް ހުށަހަޅާ ދިފާޢަކަށް ބުރަދަން ނުދެވޭނަމަ ދަށު ކޯޓުން އެކަން ސަބަބާއެކު ބަޔާންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ؛ ނަމަވެސް އެ ދިފާޢަށް ބާރުދޭ ހެއްކެއް ނެތްނަމަ، އެ ނުކުތާއާ މެދު ދަށު ކޯޓުން ގޮތެއް ނުނިންމުމަކީ ޙުކުމް ބަދަލުކުރެވޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-44)
- ދަށު ކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2020/SC-A/28 ގެ އުޞޫލުތަކަށް ރިޢާޔަތްކޮށް ވާޤިޢާތަކަށް ތަޠުބީޤުކޮށްފައިވާއިރު، އެ ތަޠުބީޤު ގޯސްކަމަށް ނުބުނެ ހަމައެކަނި އެ އުޞޫލުތަކަށް ނުބަލާކަމަށް ބުނާ ނުކުތާއަކީ އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45)
މަޒީދު ތާއީދުކުރއެވެ ).
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2623 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު […] / ޢާއިޝަތު ޝިޔާމާ އަޙްމަދު ދިވެހިރާއްޖޭގެ ހައިކޓަށޯ ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ދަފްތަރު ނަންބަރު ރސ 1393 / މުޙައްމަދު ޔޫސުފއް ވެ .
2ޢާއިޝަތު ޝިޔާމާ އަޙްމަދު އާއި މުޙައްމަދު ޔޫސުފްއާ ދެމެދު 29 ޖަނަވަރީ 2017 ގައި "ގ.މިއަލަނިއާގެ" އެވެ ކިޔާ ގޯތީގައި އިމާރާތްކޮށްފައިވާ އިމާރާތުގެ 3 ވަނަ ފަންގިފިލާ އާއި 4 ވަނަ ފަންގފިލި އާއި 5 ވަނަ ފަންގިފިލާ މީލާދީ 72 (ހަތްދިހަ ދޭއް) މަސްދުވަހަށް ކުއްޔަށްދިނުމަށްޓަކައި އެއްބަސްވެފައިވެއެވެ.
3އިސްވެ ބުނެވުނު އެއްބސްވުމުގަ ކަންކަމުގައި ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ޕަވަރ އޮފް އެޓަރނީގެ ދަށުން އުޅެފައިވަނީ އެ ފަރާތުގެ ދަރިއެއްކަމުގައިވާ އަލްމަރުޙޫމް މުޙައްމަދު ޝިނާން ޔޫސުފްއެވެ.
4އެއްބަސްވުމުގައިވާ ފަދައިން، މުޙައްމަދު ޔޫސުފް، 72 (ހަތްދިހަ ދޭއް) މަސް ދުވަހުގެ ކުއްޔަށްވާ
00.806,400ރ. (އަށްލައްކަ ހަހާސް ހަތަރުސަތޭކަ ރުފިޔާ) ޢާއިޝަތު ޝިޔާމާ އަޙްމަދަށ ދައްކާފައިވެއެވެ.
5އެއްބަސްވުމުގެ ދަށުން މީލާދީ 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި 03 (ތިނެއް) ފްލޯރ މުޙައްމަދު ޔޫސުފާއި ހަވާލުކުރަންޖެހެއެވެ. ނަމަވެސް، އެއްބަސްވުމާއެއްގޮތަށް ޢާއިޝަތު ޝިޔާމާ އަޙްމަދު އެ ފްލޯރ ތައް ހަވާލުކޮށްފައިނުވެއެވެ. އަދި އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފައިސާ ދޭނެކަމަށާއި، ފްލޯރ ތއަ ނިންމައި ހަވާލުކުރާނެ ކަމަށް ޢާއިޝަތު ޝިޔާމާ އަޙްމަދު ބުނެފައިވާކަމަށް މުޙައްމަދު ޔޫސުފް ބުނެއެވެ. އައިޑީއައިޑީ
6އެހެން ނަމަވެސް، 8201 ވަނަ އަހަރު ފާއިތުވެގެން ދިޔައިރުވެސ އެ ފްލޯރތައް ހަވާލުކޮށްފައިނުވެއެވެ. އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ކުރިން މުޙައްމަދު ޔޫސުފް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/873 ޤަޟިއްޔާއެވެ. ޢާއިޝަތު ޝިޔާމާ އަޙްމަދު ލޯނު ނަގައިގެން 01 (އެކެއް) މަސްދުވސަތެރޭގައި މުޙައްމަދު ޔޫސުފް ދެއްކި ފައިސާ އަނބުރާ ދޭނެކަމަށް ބުނުމުން އެ މައްސަލަ އަނބުރާ ގެންގޮސްފައި ވީނަމަވެސް 03 (ތިނެއް) މަސްދުވަސް ފާއިތުވެގެން ދިޔައިރވު ސ ފައިސާ ލިބިދީފައިނުވާކަމަށް މުޙައްމަދު ޔޫސުފް ބުނެއެވެ.
7އެހެންކަމުން، އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ ފްލޯރ ތައް ހަވާލުނުކުރުމުގެ ސަބަބުން އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދުވާލަކަށް 1,500.00ރ. (ފަނަރަސަތޭކަ ރުފިޔާ) ގެ ރޭޓުން 01 ޖޫން 2017 އިން ފެށިގެން 14 ޖުލައި 2019 ގެ ނިޔަލަށް 500.00،159،1 (އެއްމިލިއަން އެއްލައްކަ ފަންސާސް ނުވަހާސް ފަސްސަތޭކަ ރުފިޔާ) ހޯދުމަށާއި އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ ފްލޯރތައް ވަގުތުން މުޙައްމަދު ޔޫސުފާ ހަވާލުކުރުމަށް ޢާއިޝަތު ޝިޔާމާ އަޙްމަދު ގެ މައްޗަށް އަންގައި އަދި އެއްބަސްވުމުގެ މުއްދަތުގައި އެއްބަސްވުމަށް ކަމޭހިތައި އެއްބަސްވުން ދެމެހެއްޓުމަށް ޢާއިޝަތު ޝިޔާމާ އަޙްމަދަށް އަންގައި ހުކުމްކޮށްދެއްވުން އެދި މުޙައްމަދު ޔޫސުފް ސިވިލްކޯޓުގައި ދައުވާކުރިއެވެ. އިސްތިއުނފުކުރެވިފައިމިވަނާ އެގޮތުން ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2623 ޤަޟިއްޔާއެވެ.
8ސިވިލް ކޯޓަށް ހުށަހެޅި ދައުވާގެ ޞީޣާގައި ބުނެފައިވަނީ: "މިއީ، މުޙައްމަދު ޔޫސުފް (މީގެ ފަހުން "ދައުވާ ކުރާ ފަރާތް" ކަމަށް ބުނެފައިވާ) ފަރާތާއި ޢާއިޝަތު ޝިޔާމާ އަޙްމަދު (މީގެފަހުން "ދަ އވު ލިބާ ފަރާތް" ކަމަށް ބުނެފައިވާ) ފަރާތާ ދެމެދު 29 ޖަނަވަރީ 2017 ގައި ސޮއިކޮށް ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެކޯޓުގެ ނަންބަރު 106/2017-C/C-Cv އެގްރިމެންޓާ ދައުވާ ލިބޭ ފަރާތުން ޚިލާފްވ އެއްބަސްވުމުގެ ދަށުން ދައުވާ ކުރާ ފަރާތާއި ހަވާލުކުރަންޖެހޭ ފްލޯރތައް އެއްބަސްވުމުގައި ބުނެފައިވާ މުއްދަތުގައި ހަވާލުކޮށްފައިނުވާތީ، އެއްބަސްވުމުގެ 6 ވަނަ މާއްދާ ގެ ދަށުން ދުވާލަކަށް 1,500.00ރ. (ފަނަރަ ސަތޭކަ ރުފިޔާ) ގެ ރޭޓުން 01 ޖޫން 2017 އިން ފެށިގެން 14 ޖުލައި 2019 ގެ ނިޔަލަށް އަރާފައިވާ 1,159,500.00ރ. (އެއްމިލިއަން އެއްލައްކަ ފަންސާސް ނުވަހާސް ފަސްސަތޭކަ ރުފިޔާ) ދައުވާ ލިބޭ ފަރާތުގެ ކިބައިން ހޯދުމަށާއި އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ ފްލޯރތައް ވަގުތުން ދައުވާ ކުރާ ފަރާ ތާއި ހަވާލުކުރުމަށް ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަންގައި އަދި އެއްބަސްވުމުގެ މުއްދަތުގައި އެއްބަސްވުމަށް ކަމޭހިތައި އެއްބަސްވުން ދެމެހެއްޓުމަށް ދައުވާ ލިބޭ ފަރާތުގެމައްޗަށް އަންގައި ހުކުމްކޮށްދެއްވުން އެދި ހުށަހަޅާ ދަ އުވާއެކެވެ." މިފަދައިންކަނ އެނގެން އޮވެއެވެ.
9އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، […] އެވެ ކިޔާ ބަންޑާރަ ގޯތީގެ އުތުރު ފަރާތުގެ 630 އަކަފޫޓުގައި ކޮށްފައިވާ އިމާރާތުގެ ތިންވަނަ ފަންގިފިލާ އާއި، ހަތަރުވަނަ ފަންގިފިލާ އާއި، ފަސްވަނަ ފަންގިފިލާ މުޙައްމަދު ޔޫސުފްއަށް ކުއްޔަށްދިނުމަށް ޢާއިޝަތު ޝިޔާމާ އަޙްމަދު އާއި މުޙައްމަދު ޔޫސުފް އާދެމެދު 29 ޖެނުއަރީ 2017 ގެ ތާރީޚުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޔޫސުފްއަށް ޢާއިޝަތު ޝިޔާމާ އަޙްމަދު ހަވާލުކުރަންޖެހޭ ފަންގިފިލާތައް އެއްބަސްވުމާ އެއްގޮތަށް ހަވާލުކޮށްފައިނުވާކަން ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ބަހުން އެނގެން އޮތްނަމަވެސް، އެ ފަންގިފިލާތަ ކުގެ މަސައްކަތް ނިމިފައިނުވާތީ، އެ ފަންގިފިލާތައް މުޙައްމަދު ޔޫސުފްއަށް ހަވާލުކުރުމަށް އަންގާނެ ތަނެއް މި ހިނދު ނެތްކަމަށް ކަނޑައަޅައި، އެއްބަސްވުމާ އެއްގޮތަށް ޢާއިޝަތު ޝިޔާމާ އަޙްމަދު ޢަމަލުކޮށްފައިނުވާތީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން މުޙައްމަދު ޔޫސުފްއަށް ޢާއިޝަތު ޝިޔާމާ އަޙްމަދު ދޭންޖެހޭ ފައިސާގެ ތެރެއިން މި މައްސަލަ ހުށަހެޅި ފޯމުގައި ފައިސާ ހޯދުމަށް އެދި ފައިވާ މުއްދަތުކަމުގައިވާ 01 ޖޫން 2017 އިން ފެށިގެން 14 ޖުލައި 2019 ގެ ނިޔަލަށް ލަސްވާ ކޮންމެ ދުވަހަކަށް 1,500.00ރ. (އެއް ހާސް ފަސް ސަތޭކަ ރުފިޔާ) ގެ މަގުން މި ދަ އުވާގައި ހޯދުމަށް އެދިފައިވާ 1,159,500.00ރ. (އެއް މިލިއަން އެއް ލައްކަ ފަންސާސް ނުވަ ހާސް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގެ 7 ވަނަ ނަންބަރު ފަސް ސަތޭކަ ރުފިޔާ) އަކީ މުޙައްމަދު ޔޫސުފްއަށް ޢާއިޝަތު ޝިޔާމާ އަޙް މަދު ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގައި ސާބިތުވެފައިވާ ޖުމްލަ 001,159,500.ރ. (އެއް މިލިއަން އެއް ލައްކަ ފަންސާސް ނުވަ ހާސް ފަސް ސަތޭކަ ރުފިޔާ) މުޙައްމަދު ޔޫސުފްއަށް ލިބިދިނުމުގެ ގޮތުނި 21 ސެޕްޓެމްބަރ 2021 މި ތާރީޚުން ފެށިގެން 7 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް މި ދަރަނި ޚަލާޞްކުރުމަށް ޢާއިޝަތު ޝިޔާމާ އަޙްމަދުއަށް އަންގައި، ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.
10ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2623 ޤަޟިއްޔާ އިސްތިއުނާފކު ރުމަށް އެދު […] / ޢާއިޝަތު ޝިޔާމާ އަޙްމަދު އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.10އިސް ތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާއި ދެމެދު ސޮއިކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 106/2017-C/C-Cv އެއްބަސްވުން ވުޖޫދކުރުމުގު ގޮތުނެ އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ޕަވަރ އޮފް އެޓާރނީގައި އެއްބަސްވުން ވުޖޫދުކުރެވޭނެ މުއްދަތަކީ ކޮބއިކަނަ ކަނޑައަޅާފައިވާއިރު، އެ މުއްދަތަށްވުރެ އިތުރުވާ ގޮތަށް އެއްބަސްވުމުގެ މުއްދަތު އެޓަރނީގެ ފަރާތުން ކަނޑައަޅާފައި އޮތް އޮތުމާއި ގުޅިގެން ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމެވުން ޕަވަރ އޮފް އެޓަރނީގެ 4 ވަނަ މއްދާގާ ނައްސުގައ ބަޔާންކުރި ބަޔާނާ ކުރުމާއި، ޕަވަރ އޮފް އެޓަރނީގެ އެ މާއްދާގެ މަގްސަދާއ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/503-HC/2019 ޤޟަ އްޔާގައި ގާއިމްކޮށްފައިވާ ޤާނޫނީ އުސޫލާ ޚިލާފުކަމަށް ބުނު ހުށަހެޅި ނުކުތާ؛ އާއި
2.10އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ސޮއިކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 106/2017-C/C-Cv އެއްބަސްވުމުގެ ދަށުން ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ އިމާރާތުގެ 5 ވަނަ ފްލޯރއަކީ އިމާރާތް ކުރުމުގެ ހުއްދަ ނުލިބޭ ފްލޯރއެ އ ކަމާއި، އެހެންކަމުން، އއ ޤާނޫނާ ގޮތުން ތަންފީޒު ނުކުރެވޭނެ އެއްބަސްވުމުގެ ބައެއްކަން އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވީނަމަވެސް، އެ ނުކުތާގައި ސިވިލް ކޯޓުން އެއްވެސް ނިންމުމެއް ނިންމާފއިނުވާކަން އަދ ސިވިލް ކޯޓު ގެ މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/66 ޤޟަ އްޔާގައި ގާއިމްކޮށްފައިވާ ޤާނޫނީ އުސޫލާ ޚިލާފކު މަށަ ބުން ހުށަހެޅި ނުކުތާ؛ އަދި
3.10އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ސޮއިކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 106/2017-C/C-Cv އެއްބަސްވުމުގެ 6 ވަނަ މާއްދާއާ ހަވާލާދީ އިސްތއުނާފި ކުރާ ފަރާތުނު އިސްތިއުނާފރައްދުވާ ފަރާތަށު 1,159,500.00 (އެއް މިލިޔަން އެއް ލައްކަ ފަންސާސް ނުވަ ހާސު ފަސް ސަތޭކަ ރުފިޔާ) ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ދިވެހރާއްޖޭގި ސުޕްރީމް ކޯޓުގެ ނަންބަރު A/28-SC/2020 ޤޟަ އްޔާގައި ގާއިމި ކޮށްފައިވް ޤާނޫނާ އުސޫލުތަކާއި އަދި ކޮންޓްރެކްޓާއި ބެހޭ ޤނޫނުގާ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "1. ސިވިލް ކޯޓުގެ ނަންބަރު 2019/C-Cv/2623 ގަޒިއްޔާގެ ޙުކުމް ބާތިލުކޮށް ދެއް ވުމަށް.
2. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ސިވިލް ކޯޓުން ފައިސާ ނަގާފައިވަނީ ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/28-SC/2020 ގަޒިއްޔާގައި ފާހަގަ ކުރާ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށް.
3. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިންސާފުވެރި ހުކުމެއްކޮށް ދެއްވައި، އެ ނުކުތާތަކުގެ މައްޗަށް ސިވިލް ކޯޓުގެ ހުކުމަށް ގެންނަން ފެންނަ ބަދަލުތައް އަދި ސިވިލް ކޯޓުގެ ހުކުމުން ބާތިލު ކުރަންޖެހޭ ބައިތައް ބާތިލުކޮށް ދިނުމަށް އެދި." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކމެދާ އިސްތިއުނާފުކުރު ފަރާތުން ފާހަގަކުރާ ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
12މ ޤަޟިއްޔާގައި ހަވާލާދޭ ޕަވަރ އޮފް އެޓަރނީގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިބާރާތްތައް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެ ކަންކަން ފާހަގަކޮށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ޕަވަރ އޮފް އެޓަރނީގައި 06 (ހއެއް) އަހަރުދުވަހުގަ މުއްދަތެއް ބަޔާންކޮށްފައިވާކަމަށެވެ.
13ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު A/503-HC/2019 ޤަޟއްޔާގި ޝަރީޢަތަށް ފާހަގަ ކުރެވޭ ނުކުތާތަކުގެ ތެރެއިން 13 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ: "ޕަވަރ އޮފް އެޓަރނީ އަކީ މީހަކު ހާޒިރުވެހުރެގެން ކުރަންޖެހޭ ކަމެއް ކުރުމަށް އެމީހާއަށް ހ ޒިރުވެވެން ނެތުމުގެ ސަބަބުން ނުވަތަ އެ ނޫން އެހެން ސަބަބެއް ދިމާވެގެން އެ މީހާގެ ފަރާތުން އެކަން ކުރުމުގެ ބާރު އެހެން އެ މީހަކަށް ދިނުމެވެ. މިގޮތުން ހަވާލު ކުރެވޭ ކަމެއްގެ ދާއިރާގެ ތެރޭގައި ޕަވަރ އޮފް އެޓަރނީ ލިބޭ ފަރާތުން ކުރާ ކަންކަމަކީ ޕަވަރ އޮފް އެޓަރނީ ދިން ފަރާތުން ކުރާ ކަމެއް އަދި އެ ފަރާތުން ޒިންމާ އުފުލަންޖެހޭނެ ކަމެކެވެ." މިހެންނެވެ.
14ހަވާލާދެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟި އްޔާގައި ފާހަގަކޮށްފައިވަނީ "ހަވާލު ކުރެވު ކަމެއްގެ ދާއިރާގެ ތެރޭގައި ޕަވަރ އޮފް އެޓަރނީ ލިބޭ ފަރާތުން ކުރާ ކަންކަމަކީ" ޕަވަރ އޮފް އެޓަރނީ ދިން ފަރާތުން ޒިންމާވާންޖެހޭ ކަންކަންކަމުގައެވެ. އެހެންކަމުން، އެޓަރނީގެ ފަރާތުން ކުރަންޖެހޭ ކަންކަމަކީ ހަވާލު ކުރެވޭ އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު ކަމެއްގެ ދާއިރާގެ ތެރޭގައި ހުންނަންޖެހޭ ކަންކަމަށްވުން ލާޒިމްވެއެވެ. އަދި އެ ދާއިރާގެ ތެރެއިން ނޫން ގޮތަކަށް އެޓަރނީ ކުރާ ކަންތައްތަކަށް ޑޯނަރގެ ފަރާތުން ޒިންމާވާން ނުޖެހޭނެކަން އެނގެން އޮވެއެވެ.
15ބުނެވުނު އުސޫލުތައް އިސްތިއުނާފުކުރެވިފައިމިވާ މައްސަލައަށް ތޠަ ބުޤުކުރާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާއި ދެމެދު ސޮއިކޮށްފައިވާ ނަންބަރ 106/2017-C/C-Cv އެގްރިމަންޓުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އެއްބަސްވުމުގެ މުއްދަތަކީ 72 (ހަތްދިހަ ދޭއް) މަސްދުވަސް ކަމުގައެވެ. އެއީ 06 (ހައެއް) އަހަރު ދުވަހެވެ. އަދި އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ތަނުގައި އިމާރާތް ކުރުމަށްޓަކައ 04 (ހަތަރެއް) މަސް ދޭ ކަމަށާއި، އެ މުއްދަތު ދެންނެވުނު 06 (ހައެއް) އަހަރު ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެހެންނަމަވެސް، ޕަވަރ އޮފް އެޓަރނީގައި ބަޔާންކޮށްފައިވަނީ، ކުއްޔަށް ދިނުމާއި، އިމާރާތް ކުރުން، މި ދެކަންތައް އެކުއެކީގައި 06 (ހައެއް) އަހަރު ދުވަހަށްވުރެ އިތުރު ވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ކޯލު ގެ މުއްދަތުގެ ގޮތުގައި އޮތް 06 (ހައެއް) އަހަރުން 04 (ހަތަރެއް) މަސްދުވަސް އުނި ކުރެވިގެން ނޫން ގޮތަކަށް، އެއްބަސްވުމަކީ ދެވިފައިވާ ޕަވަރ އޮފް އެޓަރނީގެ ދާއިރާގެ ތެރެއިން ވެފައިވާ އެއްބަސްވުމެއް ކަމަށް ނުވާނެއެވެ.
16މ ނުކުތާގައި ފާހަގަ ކުރާ ކަންކަން ސިވިލް ކޯޓުން މާނަ ކުރައްވާފައިވަނީ ޤާނޫނީ ގޮތުން ނުބައި މާނަ ކުރުމެއްގެ ތެރެއިން ކަމަށް އިސްތިއުނި ފުކުރާ ފަރާތުން ދެކެއެވެ.
17އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވ ފަރާތުގާ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ ތަންތަނަކީ […] އެވެ ކިޔާ ބިމުގެ އުތުރު ފަރާތުގެ 630 އަކަފޫޓު ބިމުގައި ކޮށްފައިވާ އިމާރާތުގެ 3، 4 އަދި 5 ވަނަ ފަންގިފިލާ އެވެ. އިސްތިއުނާފުކުރާ ފ ރާތުނ ސިވިލް ކޯޓަށް ހުށަހެޅި ހެކި ލިސްޓާއި، ޚުލާސާ ބަޔާނުގައި ފާހަގަކޮށްފައިވާނޭ ފަދައިނަ އިމާރާތުގައި 5 ވަނަ ފަންގިފިލާއެއ ހެދުމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާއިން ހުއްދަ ދީފައިނުވެއެވެ. އެހެންކަމުން، 5 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމާއި ގުޅިގެން އޮތު އެއްބަސްވުމުގް ބޔަ ކ ޤާނޫނީ ގޮތުނާ ތަންފީޒުކުރެވޭނެ ކަމެއު ނޫނެވެ. އެ ނުކުތާގައި ސިވިލް ކޯޓުން އެއްވެސް ނިންމެވުމެއް ނިންމާފައިނުވެއެވެ.
18ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު A/66-HC/2010 ޤަޟިއްޔާގައި ގާއިމްކޮށްފައިވާ ޤާނޫނާ އުސޫލަށް ބަލާއިރު، އެ ޤަޟއްޔާގި ޝަރީޢަތް ނިމނ ގޮތުގު ޚުލާސާ ރިޕޯޓުގެ ޝަރު ޢީ ތަށް ފާހަގަ ކުރެވޭ ނުކުތާތަކުގަ ( )ށ(3 ވަނަ ޞަފްޙާ)ގައި: "ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދައުވާތައް ފައިސަލާ ކުރުމުގައި އަމަލު ކުރުމުން ގޮސްފައިވާ ގޮތަކީ ހުށައެޅިފައިވާ ދައުވާގައި އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެ މަތީން އެދިފައިވާ އެކަންތައް ކުރުމަށް ހުކުމް ކުރެއްވުން ކަމާއި، ހަމަ އެހެންމެ ދައުވާގައި އެދިފައިވާ ކަންކަމަކީ ކޯޓަށް ސާބިތުނުވާ ކަންތައް ތަކެއް ކަމުގައި ވެއްޖެނަމަ، ދައުވާގައި އެދިފައިވާ ގޮތަށް ޙުކުމް ކުރެވެން ނެތް ކަމަށް ނުވަތަ އެކަންކަން ސާބިތު ނުވާކަމަށް ޙުކުމް ކުރެއްވުން" ކަމަށް ބަޔާންކޮށްފައިވެއެވެ.
19މިގޮތުން، ކޯޓުގެ ކުރިމަތީގައި ދައުވާއެއް ނުވަތަ ދަފްޢުއެއް ހުށަހެޅުމުގެ މާނައަކީ ދައުވާކުރާ ފަރާތުން ހުށަހަޅާ ދަފްޢުތަކާއި، ދައުވާލިބޭ ފަރތުންވެސ ހުށަހަޅް ދިފާއީ ދަފާ ޢް ތައްކަން ފާހަގަ ކުރަމެވެ. ދައުވާއިން ދިފާއުވުމަށް ދއުވަ ލިބޭ ފަރާތުނާ ހުށަހަޅް ދިފާއީ ދަފްޢުތަކަކީވެސް މި ދެންނެވުނު އުސޫލުން، ސާބިތުވާނަމަ، ސާބިތުވާކަން ނުވަތަ ސާބިތުނުވާނަމަ ސާބިތުނުވާކަމަށް ކަނޑައަޅަންޖެހޭ ކަންތައްތަކއެ ކަމުގައިވާއިރު، ސިވިލް ކޯޓުގެ ޙުކުމުން މި އަސާސްތައް ނެގެހެއްޓިފައިނުވެއެވެ.
20އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި: "މ އެއްބަސްވުމުގި ދަށުން ކުއްޔަށް ހިފާ ފަރާތަށް ތަން ހަވާލު ކުރަން އެއްބަސްވެފައިވާ މީލާދީ 4 (ހަތަރު) މަސް ދުވަސްތެރޭގައި ހަވާލުނުކޮށް ލަސްވާ ކޮންމެ ދުވަހަކަށް -/1500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ކުއްޔަށް ދޭ ފަރާތުން ކުއްޔަށް ހިފާ ފަރާތަށް ދޭންވާނެއެވެ." ބަޔާންކޮށްފައިވެއެވެ.
21އެއްބަސްވުމުގެ 6 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް ވުޖޫދުވެއްޖެނަމަ، އިސްތިއުނާފކުރު ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ ކަމަށް ބަޔާންކުރާ ފައިސާއަކީ ކޮން އުސޫލަކުން ކޮން ގޮތަކަށް ދޭންޖެހޭފައިސާއެއްކަން ބަޔާންކޮށް ފައިނުވެއވެ. ކަންމިހެން އޮތްއިރު، މިއީ ދިވެހިރާއްޖޭގައި ގާއިމް ކުރެވިފައިވާ ޤާނޫނީ އުސޫލުތަކުގާ ތެރެއިން ނެގިދާނެ ފައިސާއެއްތޯ ބަލަންޖެހެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/28-SC/2020 ޤޟަ އްޔާގި ޝަރުޢީ ތަށް ފާހަގަ ކުރެވޭ ނުކުތާތަކުގެ ތެރެއިން 36 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ: "އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ފައިސާއަކީ ހިއްސާ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ މިންވަރެއް ނޫންކަން އެނގެން އޮތްއިރު، އެ ފައިސާއަކީ ކިހިނަކުން، ކޮން ބޭނުމަކު ނަގައިދޭ ފައިސާއެއްކަން އެނގިގެން މެނުވީ، އެއީ ނަގައި ދެވޭނެ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އަދި ފައިސާ ނަގައި ދެވޭނަމަ އޭގެ މިންވަރށަ ވާސިލުވުމުގައި އުނދަގޫތަކެއ ހުރް ކަމުގައި ދެކެމެވެ." މިހެންނެވެ.
22އެހެންކަމުން، އެއްބަސްވުމެއްގައި ފައިސާއެއް ނެގޭނެ ކަމަށް ބަޔާންކުރާއިރު، އެއީ ކިހިނަކުން، ކޮން ބޭނުމަކު ނެގޭ ފައިސާއެއްކަން ބަޔާން ކުރެވެންވާނ ކަމަށެ ދެކެމެވެ. އެފަދަ އެއްވެ ސ ތަފްސީލެއް އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިނުވެއެވެ.
23މީގެ އިތުރަށް، ހަވާލާދެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟއްޔާގި 41 ވަނަ ނަންބަރުން ފެށިގެން 51 ވަނަ ނަންބަރުގެ ނިޔަލަށް ފާހަގަކޮށްފައިވާ ނުކުތާތަކާއި، އަދި 60 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލުތަކަށް ބަލާއިރު، ގެއްލުންވި ކަމާއި، ގެއްލުންވި މިންވަރާއި، ގެއްލުންވި ގޮތް ސާބިތުނުކޮށް، ޑެމޭޖަސްގެ ގޮތުގައި ފައިސާ ނުނެގޭނެއެވެ. އެއީ ކޮންޓްރެކްޓާއި ބެހޭ ޤނޫނުގާ 23 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލެވެ.
24މި އުސޫލަށްބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް އެއްވެސް ގެއްލުމެއވިކަން، އަދި ގެއްލުމެއްވިނަމް ވި މިންވަރު އަދި ގެއްލުންވި ގޮތެއް އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު، އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ފައިސާ އެގޮތަށް ނަގައި ދިނުމަކީ މަތީގައި ފާހަގކޮށްފައިވަ ޤާނޫނީ އުސޫލުތަކާ ޚިލާފު ކަމެކެވެ.
25އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ފައިސާ ނެގުމުގައި، ކޮންޓްރެކްޓާއި ބެހޭ ޤނޫނުގާ 23 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/28-SC/2020 ޤަޟި އްޔާގައި ފާހަގަކުރާ ޤާނޫނާ އުސޫލުތަކުގެ ދަށުން ބަލަންޖެހޭ އަސާސީ ކަންތައްތައް ސިވިލް ކޯޓުން ބަލާފައިނުވެއެވެ.
2605 ވަނަ ފްލޯއެއްގެ ވާހަކަ އިސްތިއުނާފު ކުރާ ފަރާތުން ދައްކާއިރު، އިސްތިއުނާފރައްދުވު ފަރާތުން އިމާރާތް ބަލަން ދިޔއިރަ ހުރީ ދެ ފްލޯއެއްގެ މަސައްކަތް ނިންމާފައިކަމާއި، އިސްތިއުނާފރައްދުވު ފަރާތުން ދިން ފައިސާއިން އިމާރާތުގެ މަސައްކަތްކޮށްފައިވާކަމަށް އިސްތިއުނާފކުރު ފަރާތުން ބުނެފައިވާކަމާއި، ފަސްބުރިއަށް އިމާރާތް ނިންމާފައި ނެތްނެތުމަކީ ޤާނޫނީ ގޮތުން ބަލާއިރު އިސްތިއުނާފުރައްދުވާ ފަރާތުން ބަލަންޖެހޭ ކަމެއް ނޫންކަމާއި، ދެފަރާތުން ވެފައިވާ އެއްބަސްވުމާއެއްގޮތަށް އިސްތިއުނާފުރައްދުވާ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް އެ ފަރާތުން ކޮށްފައިވެއެވެ.
27އިސްތިއުނާފުރައްދުވާ ފަރާތުން ފައިސާ ދައްކާފައިވަނީ ލޯނު ނަގައިގެންކަމާއި، އަދި އެކަމުގެ ސަބަބުން އެ ފަރާތަށް ވަރަށް ބޮޑު ގެއްލުންތައް ވެފައިވާކަމާއި، އެގޮތުން މީހެއްގެ އަތުން ހަތަރުލައްކަ ރުފިޔާ މަހަކު ވިހިހާސް ރުފިޔާ ދައްކާގޮތަށް ނަގާފައިވާތީ އެ ފައިސާ ދެއްކޭ ވަރު ކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުގައު އެދުމުން އެ ފައިސާ އެއްވެސް ލިބިފައިނުވާތީ، އެއް އަހަރާއި 02 މަސްވަންދެން މަހަކު ވިހިހާސްރފު ޔާ އ ފަރާ ތަށް ދައްކަމުން ގޮސް އިސްތިއުނާފުކުރެވިފައިމިވ މައްސަލާ ނިމުމުން އިސްތިއުނާފުރައްދުވާ ފަރާތުން ހަލައްކަ ރުފިޔާއަށް ގަނެފައި ހުރި ދޯންޏެއް ހަތަރު ލައްކަ ރުފިޔާއަށް ވއްކާފައި އެދަރަނި އަދާކުރުމުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
28އިސްތިއުނާފުރައްދުވާ ފަރާތަށް ޤާނޫނާއި އިސްލާމީ ޝަރީޢަތުގައި އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ބުނެފައިވާ އެއްޗެއް މާ ރަނގަޅަށް ސާފުނުވާކަމަށާއި ނަމަވެސް މައްސަލާގައި ކަން ހިނގާދިޔަގޮތް ބަޔާންކޮށްދީފައިވާކަން ފާހަގަކުރެއެވެ.
29އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން އިސްތިއުނާފރައްދުވާ ފަރާތުގު ޙައްޤު ލިބޭނެގޮތަށ މައްސަލާގައް އަވަހަށް ފައިސަލާއެއްކޮށްދިނުމެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް އިސްތިއުނާފީ ފުރަތަމަ ނުކުތާ – ޕަވަރ އޮފް އެޓަރނީއާ ގުޅޭ
30އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކުރާ ކަންކަމަކީ ޕަވަރ އޮފް އެޓަރނީއ ގުޅިގެނާ ފާހަގަކޮށްފައިވާ ނުކުތާއެއްކަން އެނގެންއޮވެއެވެ.
31ޕްރިސިޑެންސް 1ޢާއިޝަތު ޝިޔާމާ އަޙްމަދު ދީފައިވާ ޕަވަރ އޮފް އެޓަރނީއަށް ބަލާއިރު، އެއީ ޚާއްޞަ ޕަވަރ އޮފް އެޓަރނީއެއްކަމަށް އެ ލިޔުމުގެ ސުރުހީގައ ލިޔެފައި އޮންނަކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ، އެ ލިޔުމުގެ ފެށުމުގައި ބަޔާންކޮށްފައިވާގޮތުން އެ ޕަވަރ އޮފް އެޓަރނީއަކީ އެ ލިޔުމުގެ ތިރީގައި ބަޔާންކުރާ ޚާއްޞަ ބޭނުމަށް އޭނާގެ އެޓަރނީއެއްގެ ގޮތުގައި އަމަލުކުރުމަށް މުޙައްމަދު ޝިނާނު ޔޫސުފް ޢައްޔަންކޮށް ދީފައިވާ ޕަވަރ އޮފް އެޓަރނީއެއްކަނ އެނގެން އޮވެއެވެ. އެގޮތުން، އެ ޕަވަރ އޮފް އެޓަރނީ ދީފައިވަނީ […] އުތުރުފަރާތް އިމާރާތްކުރުމާއި 4،3،އަދި 5 ވަނަ ފަންގިފިލާތައް ކުއްޔަށްދީ ނަފާހޯދުމަށް ކަން އެނގެން އޮވެއެވެ. އަދި އެ ޕަވަރ އޮފް އެޓަރނީގެ މުއްދަތު ކަމުގައި އެ ލިޔުމުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ މީލާދީ 06 (ހައެއް) އަހަރުދުވަސްކަން އެނގެންއޮވެއެވެ.
32އަހު ރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެ ޕަވަރ އޮފް އެޓަރނީގައި ބަޔާންކޮށްފައިވާ މުއްދަތަކީ ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމަށް މުޙައްމަދު ޝިނާނު ޔޫސުފަށް ހުއްދް ދެވިފައިވާ މުއްދަތެވެ. އެ ހައަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ކަންކަން ކުރެވިދާނެކަމށަ އަހުރެން ދެކެމެވެ. އެ ޕަވަރ އޮފް އެޓަރނީގައި ބަޔާންކޮށްފައިވާ ތާރީޚަކީ 25 ޖަނަވަރީ 2017 އެވެ. އެހެންކަމުން، އެ ތާރީޚުން ފެށިގެން މިއަދާ ހަމައަށްވެސް އަދި އެ ޕަވަރ އޮފް އެޓަރނީގައި ބަޔާންކުރާ މުއްދަތު ހަމަވެ ގޮސްފައި ނުވާކަން އެނގެއެވެ. އަދި ހަމައެހެންމެ، […] އުތުރުފަރާތް އިމާރާތް ކުރުމާއި ގްރައުންޑް ފްލޯރ، 1 ވަނަ ފްލޯރ، 2 ވަނަ ފްލޯރ، 3 ވަނަ ފްލޯރ، 4 ވަނަ ފްލޯރ އަދި 5 ވަނަ ފްލޯރތައް ކުއްޔަށް ދިނުމާބެހޭ ގޮތުން ސޮއިކުރަންޖެހޭ އެއްބަސްވުންތަކާއި ލިޔުންތަކުގެ ސޮއިކުރުމުގެ ހުއްދަ އެ ޕަވަރ އޮފް އެޓަރނީގެ 2 ވަނަ ނަންބަރުގެ ދަށުން ލިބޭކަން އެނގެއެވެ. އެގޮތުން ވެވޭ އެއްބަސްވުމުގެ މުއްދަތަކީ ވަކި މިވެނި ދުވަހަކަށް ވުރެ ދިގުނޫން މުއްދަތަކަށް ވުން އެ ޕަވަރ އޮފް އެޓަރނީން ލާޒިމްކޮށްފައިވާކަނ އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
33އެހެންކަމުން، އެ އެއްބަސްވުމަކީ ދެވިފައިވާ ޕަވަރ އޮފް އެޓރނަގ ދާއިރާގެ ތެރެއިން ވެފައިވާ އެއްބަސްވުމެއް ކަމަށް ނުވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، ފެންނަން ހުރި ހަގީގަތްތައް އެގޮތަށް ހުރިއިރު، އިސްތިއުނާފުކުރާ ފަރާތުގެ ބުނުން ޝަރީޢަތަށް ޤަބޫލުކުރެވޭފަދަ ހަމައަކުން ބަޔާންކޮށްދެވިފައި އޮތްކަމަށް އަހުރެންނަކަށް ބެލެވޭނެ ޖާގައެއްނެތެވެ.
34އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަ ކުރާ ކަންކަން ސިވިލް ކޯޓުން މާނަ ކޮށްފައިވަނީ ޤާނޫނާ ގޮތުން ނުބައި މާނަ ކުރުމެއްގެ ތެރެއިން ކަމަށް އިސްތިއުނި ފުކުރާ ފަރާތުން ދެކޭކަމަށް ބަޔާންކޮށްފައިވީނަމަވެސް، ސިވިލްކޯޓުން އެކަމާމެދު ނިންމި ނިންމުން ޤާނޫނީ ގޮތުން ގޯސްވާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފަ އިވާކަމަށް އަހުރެންނުދެކެމެވެ. އެހެނީ، ހަމައެކަނި ފާހަގަކޮށްފައިވަނީ ޕަވަރ އޮފް އެޓަރނީގެ މުއްދަތާމެދު ފާހަގަކުރާ ކުރުމެއްކަމުގައި ވާތީއެވެ.
35ޕްރިސިޑެންސް 2އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި ހަވާލާދޭ އެއްބަސްވުމުގެ ހަގީގ ބައިވެރިންނަކީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތްކަމީ ޚަޞްމުންގެ މެދުގައި އެއްވެސް ޚިލާފެއް އޮތްކަމެއްނޫންކަން އެނގެއެވެ.
36އަދި ޕަވަރ އޮފް އެޓަރނީއ ގުޅިގެނާ އެއްވެސް ދެބަސްވުމެއް އޮތްނަމަ އެކަމަކީ ޕަވަރ އޮފް އެޓަރނީ ދިންފަރާތާއި ޕަވަރ އޮފް އެޓަރނީ ހަވާލުކުރެވުނު ފަރާތާ ދެފަރާތުގެ ދެމެދު އޮތްކަމެއްކަމުގައި އަހުރެންދެކެމެވެ. އަދި ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނގޮތުގު 3 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާދެމެދު އެއްބަސްވުން ވެފައިވާކަން ފާހަގަކޮށްފައިވާކަން އެނގެންއޮވެއެވެ. އަދި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ހައިސިއްޔަތުވެސް އެ ނުކުތާގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ޝަރީޢަތް ނިމުނު ގޮތުގެ 5 ވަނަ ނަންބަރުގެ (ހ) އިން
(ނ) އަށް ޕަވަރ އޮފް އެޓަރނީއ ގުޅިގެނާ ސިވިލް ކޯޓުގައި ފާހަގަކުރި ނުކުތާއާ ގުޅިގެން ފާހަގަކުރެވުނު ކަންކަން ބަޔާންކޮށްފައިވެއެވެ.
37އެއްބަސްވުމުގެ މުއްދަތާމެދު ހަގީގީ ބައިވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަން އެނގެން އޮތްހިނދު އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ އެކަމުގެ ސަބަބުން މައުޟޫޢުއަށް އަސަރުކުރުމުގެ އިޙްތިމާލެއް ނެތް ނުކުތާއެއްކަމުގައި އަހުރެންދެކެމެވެ. އަދި ސިވިލް ކޯޓުން އެކަމާމެދު ނިންމާފައިވާ ނިންމުން ގޯސްވާ އެއްވެސް ޤާނޫނީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަކަށް ދެއްކިފައިވާކަމަކަށް އަހުރެންނުދެކެމެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ – 5 ވަނަ ފްލޯރ އިމާރާތްކުރުމުގެ ހުއްދައާ ގުޅޭ
38އިސްތިއުނާފީ ދެވަނަ ނުކުތާއަކީ އިމާރާތުގެ 5 ވަނަ ފްލޯރއަކީ އިމާރާތް ކުރުމުގެ ހުއްދަ ނުލިބޭ ފްލޯރއެއް ކަމަށްބުނެ، އެއީ ޤާނޫނީ ގޮތުން ތަންފީޒު ނުކުރެވޭނެ އެއްބަސްވުމުގެ ބައެއްކަން އިސްތިއުނާފުކުރާ ފަރާތުނު ސިވިލް ކޯޓުގައި ފާހަގަކުރުމުން އެ ނުކުތާގައި ސިވިލް ކޯޓުން އެއްވެސް ނިންމުމެއް ނިންމާފައިނުވާކމަށަ އަދި ސިވިލް ކޯޓގު އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/66-HC/2010 ޤޟަ އްޔާގައި ގާއިމްކޮށްފައިވާ ޤާނޫނީ އުސޫލާ ޚިލާފކަމަށު ބުން ހުށަހެޅި ނުކުތާކަން އެނގެންއޮވެއެވެ.
39އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ ފަންގިފިލާތައް އެއްބަސްވުމާ އެއްގޮތަށް ހަވާލުކޮށްފައިނުވާކަން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބު ފޯމުންވެސް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ. އަދި ދައުވާގެ ޖަވާބު ފޯމުގައި އިމާރާތުގެ 5 ވަނަ ފްލޯރއަކީ އިމާރާތް ކުރުމުގެ ހއްދު ނުލިބޭ ފްލޯރއެއް ކަމަށްބުނެ، އެއީ ޤާނޫނީ ގޮތުނާ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމުގެ ބައެއްކަން ޢާއިޝަތު ޝިޔާމާ އަޙްމަދު ސިވިލް ކޯޓުގައި ފާހަގަކޮށްފައި ނުވާކަން އެނގެންއޮވެއެވެ. 31 ޖަނަވަރީ 2021 ގައި ޢާއިޝަތު ޝިޔާމާ އަޙްމަދު ސިވިލް ކޯޓަށް ހުށަހެޅި ބަޔނުގައިވެސާ އިމާރާތުގެ 5 ވަނަ ފްލޯރއަކީ އިމާރާތް ކުރުމުގެ ހުއްދަ ނުލިބޭ ފްލޯރއެއް ކަމަށްބުނެ، އެއީ ޤާނޫނީ ގޮތުން ތަންފީޒު ނުކުރެވޭނެ އެއްބަސްވުމުގެ ބައެއްކަން ފާހަގަކޮށްފައެއްނުވެއެވެ.
40އިމާރާތްކުރުމަށް ސަރުކާރުން ދީފައިވާ ހުއްދައާ ގުޅޭގޮތުން ޢާއިޝަތު ޝިޔާމާ އަޙްމަދު ވާހަކަދައްކާފައި ވަނީ 28 މާރިޗް 2021 ގައެވެ. އެއީ އެ ފަރާތުން ހުށަހެޅި ޚުލާސާ ބަޔާނުގައެވެ. އެ ބަޔާނުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ: "ގޯތީގައި އިމާރާތްކުރުމަށްޓަކައި ސަރުކާރުން ދީފައިވާ ހުއްދައިގެ ކޮޕީއެއް ހެކިންގެ ލިސްޓާއެކު ހުށހަޅާފައިވާނެއެވެ. މި ހުއްދައިން އެނގޭގޮތުގައި ސަރުކާރުން ހުއްދަ ދީފައިވަނީ ގްރައުންޑް ފްލޯރ ހިމެނޭހެން ޖުމްލަ ފަސް ފަންގިފިލާގެ މައްޗަށް އިމާރާތްކުރުމަށެވެ. ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ފަސްވަނަ ފަންގިފިލާގެ ގޮތުގައި މާނަކޮށްފައިވަނީ އިމާރާތުގެ 6 ވަނަ ބަޔަށެވެ. 6 ވަނަ ބަޔަކީ މި ހުއްދައިގެ ދަށުން،އިމާރާތް ކުރެވޭނެ ތަނެއް ނޫނެވެ. އެހެންކަމުން، އިމާރާތުގެ 5 ވަނަ ފަންގިފިލާ (6 ވަނަ ބައި) ކުއްޔަށް ދިނުމަށް އޮތް އޮތުމަކީ އޭގެ ޒާތުން ޤާނޫނީ ގޮތުން ތަންފީޒުކުރެވޭނެ ކަމެއްނޫނެވެ." މިފަދައިންނެވެ.
41ޕްރިސިޑެންސް 3ޚުލާސާ ބަޔާނަކީ މައްސަލައެއް ކޯޓަށް ހުށަހަޅައި، އެކަމާގުޅޭ ވާގިއާތައް ސާބިތުކުރުމަށް ކިތާބީ ނުވަތަ ޝަފަހީ ހެކި ހުށަހަޅައި، މައްސަލައިގެ ޚަޞްމުން އެއް ފަރާތް އަނެއް ފަރާތާ ކުރިމަތިކުރާ ޖަދަލުތައް ތައުނުކޮށް ބަހުސްކޮށް ނިމުމުން، ކޮންމެ ޚަޞްމެއްވެސް އެ ޚަޞްމެއްގެ ނަޒަރުން ޝަރީޢަތަށް ހުށަހެޅިފައި ހުރި ހެކިތަކުން ފަނޑިޔާރު ބުރަދަންދޭންވ މުހިންމީ ހެކިތަކާއި، ރިއާޔަތްކުރަންޖެހޭ ޤާނޫނީ ނުކުތާތަކަކީ ކޮބައިކަމާއި، އެ ޚަޞްމު ވަކާލާތުކުރާ ކަންކަމަށް ހުށަހެޅިފައިހުރި ހެއްކާއި ޤާނޫނު ބާރުދޭގޮތާއި، އަދި އެ ޚަޞްމާ އެއްކޮޅަށް މައްސަލަ ނިމެންވީ ކީއްވެގެންކަން ފަނޑިޔާރު އިޤްތިނާޢު )convince( ކުރުމަށް މަސައްކަތްކުރުމަށް ލިބޭފުރުސަތެއްކަމާއި "ޚުލާސާ ބަޔާން"ގެ ލަފުޒީ މާނައިން ދޭހަވާފަދައިން، އެ ބަޔާނަކީ، މައްސަލައެއްގައި ހުށަހަޅަންހުރ ހެކި ހުށަހަޅައި ނިމުމަށްފަހު، މުޅި މައްސަލައާ ގުޅޭ ގޮތުން ޚުލާސާކޮށް ވާހަކަ ދެއްކުމަށް ދެވޭ އެންމެ ފަހު ފުރުސަތުކަން އެނގެންއޮވެއެވެ.
42އެހެންކަމުން، އައު ކަންކަން ޚުލާސާ ބަޔާނުގައި ފާހަގަކޮށް ހުށަހަޅާ ހާލަތުގައި، އެ ކަނަ ކުރިން ހުށަނޭޅުނު އެކަށީގެންވާ ސަބަބެއް ނުވަތަ ހަމައެއް ބަޔާންކުރުމެއްނެތި، އެކަންކަމަށް ބުރަދަން ދެވިދނެކަމަކަށާ އަހުރެންނުދެކެމެވެ. އެހެނީ ޚުލާސާ ބަޔާނަކީ އެންމެ ފަހު ބަޔާންކަމުގައިވާތީއެވެ.
43ޕްރިސިޑެންސް 4އިމާރާތުގެ 5 ވަނަ ފްލޯރއަކީ އިމާރާތް ކުރުމުގެ ހުއްދަ ނުލިބޭ ފްލޯރއެއް ކަމަށްބުނެ، އެއީ ޤާނޫނީ ގޮތުނާ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމުގެ ބައެއްކަން ޢާއިޝަތު ޝިޔާމާ އަޙްމަދު ސިވިލް ކޯޓުގައި ފާހަގަކޮށްފައި ވަނީ ހަމައެކަނި ޚުލާސާ ބަޔާނުގައި ކަމަށްވާއިރު، އެކަމާމެދު ސިވިލް ކޯޓުން ނިންމި ނިންމުމެއް ބަޔާންކޮށްފައު އޮތްކަން އެނގޭކަށް ނެތެވެ. އެހެންކަމުން، އަހުރެން ދެކެނީ ސިވިލް ކޯޓުންވެސް އެ ވާހަކަތަކަށް ބުރަދަން ނުދެވޭނަމަ އެކަން ސަބަބާއިއެކު ބަޔާންކުރުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ. އެ ނުކުތާއމެދާ އެއްވެސް އެއްޗެއް ބުނުމެއްނެތި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމަކަށް އަހުރެންނުދެކެމެވެ.
44އަދި ޢާއިޝަތު ޝިޔާމާ އަޙްމަދުގެ އެ ބުނުމަށް ބާރުދޭ ހަމައެކަނި ހެއްކެއްގެގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ […] އުތުރުފަރާތުގެ 630 އަކަފޫޓުގެ ބިމުގައި އިމާރާތްކުރުމަށް ފާސްކޮށްފައިވާ ކުރެހުމުގެ ކޮޕީ އކެ ންޏެވެ. ހަބުރިއަށް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅިކަމާއި، އެ ހުއްދަ ދެވެން ނެތްކަމާއި، އެ ހުއްދަ ނުދެވޭނެކަމަށް ބުނާ އެއްވެސް ސަބަބެއްވެސް އެ ޑޮކިއުމަންޓަކުން ފެންނާކަށްނެތެވެ. އަދި އެކަން އިތުރަށް ސާފުކޮށްދިނުމުގ ގޮތުނެ އިތުރު އެއްވެސް ތަފުސީލެއްވެސް ބަޔާންކޮށްފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC 102 ]2021[ ގެ 27 ވަނަ ޕެރެގްރާފް، ސަފުހާ 16-17 އެ ނގޭކަށްނެތެވެ. އެހެންކަމުން، އިސްވެ ދިޔަ ކަންކަމަށް ރިއާޔަތްކުރާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ބުނުމަށް ބުރަދަންދޭންޖެހޭ ފަދަ ސަބަބެއް އެ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމަށ އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ – އެއްބަސްވުމުގެ 6 ވަނަ މާއްދާއާ ގުޅޭ
45ޕްރިސިޑެންސް 5އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ފައިސާ ނެގުމުގައި، ކޮންޓްރެކްޓާއ ބެހޭ ޤނޫނުގާ 23 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/28-SC/2020 ޤަޟި އްޔާގައި ފާހަގަކުރާ ޤާނޫނާ އުސޫލުތަކުގެ ދަށުން ބަލަންޖެހޭ އަސާސީ ކަންތައްތައް ސިވިލް ކޯޓުން ބަލާފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެއެވެ. މި ނުކުތާއަކީ ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އެ ކޯޓުން އެކަންކަމަށް ބެލި ބެލުން ގޯސްވެގެނ ހުށަހަޅާފައިވް ނުކުތާއެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުނި ބުނެފައެއްނުވެއެވެ. ހަމައެކަނި ބުނެފައިވަނީ ކޮންޓްރެކްޓާއި ބެހޭ ޤނޫނުގާ 23 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/28-SC/2020 ޤަޟި އްޔާގައި ފާހަގަކުރާ ޤާނޫނާ އުސޫލުތަކުގެ ދަށުން ބަލަންޖެހޭ އަސާސީ ކަންތައްތައް ސިވިލް ކޯޓުން ބަލާފައިނުވާ ކަމަށެވެ. ނަމަވެސް، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 5 ވަނަ ނަންބަރުގެ (ޅ) ގައި ސިވިލް ކޯޓުން އެ އުސޫލުތަކަށް ރިއާޔަތްކޮށް ހުށަހެޅިފައިވާ މައްސަލާގެ ވަޤާއިޢުތަކަށް އެ އުސޫލުތައް ތަޠުބީޤުކޮށްފައިވާކަން އެނގެންއޮވެއެވެ. އެހެންކަމުން، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ފައިސާ ނެގުމުގައި، ކޮންޓްރެކްޓާއި ބެހެ ޤނޫނުގާ 23 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/28-SC/2020 ޤަޟި އްޔާގައި ފާހަގަކުރާ ޤާނޫނާ އުސޫލުތަކުގެ ދަށުން ބަލަންޖެހޭ އަސާސީ ކަންތައްތައް ސިވިލް ކޯޓުން ބަލާފައިނުވާ ކަމށަ ބުން ހުށަހެޅި ނުކުތާއަކީ، އެގޮތަށް އެ ނުކުތާ އޮތްހިނދު، މި ކޯޓުން ބަލައި އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމަށް އަހުރެންނުދެކެމެވެ.
46އިސްވެދިޔަ ކަންކަނަ އެގޮތުގައި ހުރުމުން ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަކަ ށ އަހުރެން ނުދެކެމެވެ.
- ސުޕްރީމް ކޯޓުގެ [2021] SC 102 (ޕެރ. 27)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ (ދަށު ކޯޓުން ތަޠުބީޤުކޮށްފައިވާ ކަމަށް ފާހަގަކޮށް)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2020/SC-A/28 (ދަށު ކޯޓުން ތަޠުބީޤުކޮށްފައިވާ ކަމަށް ފާހަގަކޮށް)
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް