ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/102
އަޙްމަދު ޒާހިރު ވ. އިސްމާއިލް ޝާހިދު އަދި އިތުރު ފަރާތްތައް، 2023/HC-A/102
Ahmed Zahir v. Ismail Shaahidhu and other parties 2023/HC-A/102 (2023/HC-A/102, High Court of the Maldives, 22 October 2023)
އަޙްމަދު ޒާހިރު ވ. އިސްމާއިލް ޝާހިދު އަދި އިތުރު ފަރާތްތައް
މައިގަނޑު ސުވާލު
ބަންޑާރަ ގޯތީގައިވާ ރުއްގަހާއި ޢިމާރާތްތައް ތަރިކައިގެ އުޞޫލުން ބަހައިދިނުމަށް އެދުނު މައްސަލައެއްގައި، ދެ ޚަޞްމުން ވެސް އެދިފައިނުވާ ގޮތަކަށް ބަންޑާރަ ބިން ވާރިސުންނަށް ހަމަހަމައަށް މިލްކުވާކަމަށް ދަށުކޯޓުން ނިންމުން ޤާނޫނާ ޚިލާފުތޯ؛ އަދި ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ބަންޑާރަ ބިމާއި އޭގައިވާ ޢިމާރާތް ވަކިކޮށް ބެލޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުން ހުށަހަޅާ ވާޤިޢާތަކުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުން ފައިޞަލާކުރަން އެދިފައިވާ ކަންތަކަށެވެ؛ ޚަޞްމުން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވާޤިޢާތަކަކަށް ފައިޞަލާކޮށްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.5، 20)
- ދަޢުވާގައި އެދިފައިވާ ކަންތައްތައް ސާބިތުވާނަމަ އެގޮތަށް ޙުކުމްކުރުމާއި، ސާބިތުނުވާނަމަ ނުވަތަ އެދިފައިވާ ގޮތަށް ޙުކުމްކުރެވެން ނެތްނަމަ ސާބިތުނުވާކަމަށް ޙުކުމްކުރުމަކީ މަދަނީ ދަޢުވާ ފައިޞަލާކުރުމުގެ އުޞޫލެވެ؛ ދެ ޚަޞްމުން ވެސް އެދިފައިވާ ގޮތާ ޚިލާފަށް މައްސަލަ ނިންމުމަކީ މި އުޞޫލާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.6، 19.2، 20)
- ހުށަހެޅި މައްސަލައާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާނަމަ، ކޯޓުތަކާބެހޭ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކަންހިނގާފައިވާ ގޮތް އަލުން ބެލުމަށް މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ތަރިކައިން ބައިލިބޭ ވާރިސަކު ތަރިކަ ބެހުމުގެ ކުރިން ނިޔާވެފައިވާނަމަ، އެ ވާރިސުގެ ވާރިސުންގެ ބަހެއް ނުހޯދާ، އެހެން ވާރިސުންނާ އެއްހަމައަކުން އެ ވާރިސަށް ބައެއް ކަނޑައެޅުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ރަނގަޅަށް ބެލިކަމުގައި ނުބެލެވޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19.1، 20)
- ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ޤާނޫނީ އުޞޫލަކީ އަމިއްލަ ނުވަތަ ބަންޑާރަ ބިމުގައި ހުންނަ ޢިމާރާތަކީ އެ ބިމާ ވަކިނުކުރެވޭނެ އެއްޗެއްކަމުގައި ބެލުމެވެ (ބިމާއި ޢިމާރާތް ވަކިނުވުމުގެ ޢާއްމު ދޭހަ)؛ ބަންޑާރަ ގޯތި ދޫކުރެވިފައިވާ މީހަކު މަރުވުމުން އޭގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ބަހާއިރު ބިން ހިމެނޭ ގޮތުން ގޯތި ބައިކޮށް ވަކިވަކި ރަޖިސްޓްރީ ހެދިދާނެކަން ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި (ށ) ން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21.1–21.4)
- ބަންޑާރަ ބިމާއި އޭގައިވާ ޢިމާރާތް ވަކިކޮށް، ބަންޑާރަ ބިމަކީ އެ ބިން ދޫކުރެވިފައިވާ ފަރާތުގެ ތަރިކައިގައި ނުހިމެނޭ އެއްޗެއްކަމަށް ބެލޭގޮތަށް ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަރުޖަމާކުރުމަކީ، ގޯތި ދޫކުރެވިފައިނުވާ ތިންވަނަ ފަރާތަކަށް ބަންޑާރަ ގޯތީގައި ކުރާ ޢިމާރާތުގެ ޚާލިސް މިލްކުވެރިކަން އުފެދުމަށް ފުރުޞަތު ހުޅުވާލާ ނުރަނގަޅު ތަރުޖަމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21.3، 21.4، 22)
ތާއީދު ކުރައްވައެވެ).
1މި މައްސަލައަކީ، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/B10C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، […] އަޙްމަދު ޒާހިރު (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އަޙްމަދު ޒާހިރު" ކަމަށްބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ […] އިސްމާޢީލް ޝާހިދީ 4 3 އާއި، […] ނާޒްނީން ޙަމީދު އާއި، […] ނާހިދާ މުޙައްމަދު 6 5 އާއި، […] ޝިޔާމާ މުޙައްމަދު އަދި […] ފަރީދާ ޢަލީ (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތްތައް" ނުވަތަ "އިސްމާޢލީ ޝާހިދު"، "ނާޒްނީން ޙަމީދު"، "ނާހިދާ މުޙައްމަދު"، "ޝިޔާމާ މުޙައްމަދ"، "ފަރީދާ ޢަލ" ކަމަށްބުނެފައިވާ) އެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […].
3މި މައްސަލައިގައި މިހައިތަނަށް ލިބިފައިވާ ލިޔުންތަކަށް ބަލާއިރު، […] މުޙައްމަދު ޙަމީދު، 09 ޖުލައި 1983 ދުވަހު ނިޔައުވެފައިވާއިރު، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރު ކ އާގުޅޭގޮތުނަ ދަށުކޯޓުގައި މިހައިތަނަށް 3 (ތިނެއް) ޤަޟިއްޔާއެއް ހިނގާފައިވާކަމަށް ބެލެވެއެވެ. އަދި އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައާމެދު ގޮތެއްނިންމުމުގައި ބައިބައިން އެކިކޯޓުތަކުގައި އެކިފަހަރު ވަކިވަކި ޤަޟިއްޔާތައް ހިންގާފައިވާތީ، މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ މައްސަލައާ ހަމައަށް ކަންހިނގާފައިވާގޮތުގެ ޚުލާޞާއެއް ބަޔާންކޮށްފައިއޮތުން މުހިއްމުކަމަށްދެކި، މީގެކުރިން ހިންގާފައިވާ ޤަޟިއްޔާތަކުގއަ ކަންހިނގާފައިވާގޮތް މި ނިންމުމުގައި ތަފުޞީލުކުރަމެވެ.
4މި އިސްތިއުނާފީ މައްސަލައިގެ ތެރެއިން ލިބިފައި ވާ ލިޔުންތަކަށް ބަލާއިރު، އަލްމަރުޙޫމ މުޙައްމަދު ޙަމީދުގް ތަރިކައާ ގުޅޭގޮތުން އެންމެފުރަތަމަ ހިންގުނު މައްސަލައަކީ 23 އޭޕްރީލް 2006 ދުވަހު މައްސަލަ ހުށަހެޅުމުން، މަދަނީ ކޯޓުގެ ނަންބަރު 721/MC/2006 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައެވެ. އަދި އަލްމަރުޙޫމް މުޙައްމަދު ޙަމީދު ނިޔައުވިއިރު ވާރިސުންގެ ގޮތުގައިތިބީ މުޙައްމަދު ޙަމީދުގެ މަންމަ މަރްޔަމް މުޙައްމަދުއާއި، އަނބި ފަރީދާ ޢަލީއާއި، ދަރިން ކަމުގައިވާ އަޙްމަދު ޒާހިރުއާއި، އިސްމާޢީލް ޝާހިދުއާއި ޝިޔާމާ މުޙައްމަދުއާއި ނާހިދާ މުޙައްމަދުއާއި ނާޒްނީން މުޙައްމަދުއާއެކު ޖުމްލަ 7 (ހަތެއް) ވާރިސުންނެވެ. އެހެންނަމަވެސް، ބުނެވިދިޔަ މައްސަލަ މަދަނީ ކޯޓަށް ހުށަހެޅުނުއިރު އަލްމަރުޙޫމް މުޙައްމަދު ޙަމީދގު މަންމަ މަރްޔަމް މުޙައްމަދު ނިޔައުވެފައިވެއެވެ.
5މަދަނީ ކޯޓުގެ ނަންބަރު 721/MC/2006 ޤަޟިއްޔާގައި، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައިގެ ތެރޭގައިހުރީ […] އެވެކިޔާ ބަންޑާރަ ގޯތީގައިހުރ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަންކަމަށް ހެކިންގެ ހެކިބަހުން ސާބިތުކޮށްފައިވެއެވެ. އަދި މަދަނީ ކޯޓުން އިތުރަށް ސާފުކުރިއިރު، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއް އޭރުނެތްކަމަށް ބަޔާންކޮށްފައިވެއެވެ.
6މަދަނީ ކޯޓުގެ ނަންބަރު 721/MC/2006 ޤަޟިއްޔާއިން، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ވާރިސުންގެ މެދުގައި […] ތަރިކައިގެ އުޞޫލުން ބެހުމުން، މުޙައްމަދު ޙަމީދުގެ ވާރިސުންގެ ތެރެއިން، މަންމަ މަރްޔަމް މުޙައްމަދުއަށް 168/28 ބަޔާއި، އަނބި ފަރީދާ ޢަލީއަށް 268/21 ބަޔާއި، އަޙްމަދު ޒާހިރއާއު، އިސްމާޢީލް ޝާހިދުކުރ ކޮންމެ ދަރިއަކަށް 168/34 ބަޔާއި، ޝިޔާމާ މުޙައްމަދުއާއި، ނާހިދު މުޙައްމަދުއާއި، ނާޒްނީން ޙަމީދުކުރެ ކޮންމެ ދަރިއަކަށޮ 168/17 ބައި މިލްކުވާކަމަށް ޙުކުމްކޮށްފައިވެއެވެ.
7އަލް މަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައާ ގުޅޭގޮތުން ކުރިއަށްގެންދެ ވުނު ދެވަނަ ޤަޟިއްޔާއަކީ، 25 ޑިސެމްބަރު 2007 ދުވަހު ހުށަހެޅުމުން މަދަނީ ކޯޓުގެ ނަންބަރު 2086/MC/2007 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައެވެ.
8މަދަނީ ކޯޓުގެ ނަންބަރު 2086/MC/2007 ޤަޟިއްޔާއަކީ، އަލްމަރްޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައިގައި ހިމެނޭ […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި މުދަލުގެތެރެއިން، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ވާރިސުންގެ ތެރެއިން މަންމަ މަރްޔަމް މުޙައްމަދުއަށް މަދަނީ ކޯޓުގެ ނަންބަރު 721/MC/2006 ޤަޟިއްޔާއިން ކަނޑައަޅާފައިވާ 168/28 ބަޔަށްވ މިންވަރާ އަގުކޮށް، މަރްޔަމް މުޙައްމަދުގެ ވާރިސުންގެ ތެރެއިން ފިރިހެންދަރި […] އަޙްމަދު ޙަމީދުއާއި، […] ސާރާ އިސްމާޢީލްއާއި، […] ސަކީނާ އިސްމާޢީލްއާއި، […] ފަރީދާ އިސްމާޢލްއަށީ ދިނުމަށްފަހު، މަރްޔަމް މުޙައްމަދަށްވާބައި އޭގެޒާތުން ލިބިދިނުމަށްއެދި، އަލްމަރުޙޫމ މުޙައްމަދު ޙަމީދުގް ދުނިޔޭގައިތިބި ވާރިސުންގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
9މަދަނީ ކޯޓުގެ ނަންބަރު 721/MC/2006 ޤަޟިއްޔާގެ ޝަރީޢަތުގައި، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައިން، މަންމަ އަލްމަރްޙޫމް މަރްޔަމް މުޙައްމަދުއަށް […] ލިބޭކަމަށް ކަނޑައަޅާފައިވާ 168/28 ބައިގެ މިންވަރު، އަލް މަރުޙޫމް މުޙައްމަދު ޙަމީދުގެ ދެންތިބި ވާރިސުންނަށް ހަމހަމަވާގޮތަށް ހަދިޔާކޮށްފައިވާކަމަށް، އަލްމަރްޙޫމާ މަރްޔަމް މުޙައްމަދުގެ ވާރިސުންގެ ފަރާތުން ބުނެފައިވެއެވެ. އަދި އަލްމަރްޙޫމް މަރްޔަމް މުޙައްމަދުގެ ވާރިސުންގެ ފަރާތުން އެގޮތުގެމަތިން އެދުމުން، […] އެވެކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ވާރިސުނކުރެ ފަރީދާ ޢަލީއަށް 1008/154 ބަޔާއި، އަޙްމަދު ޒާހިރާއި، އިސްމާޢީލް ޝާހިދުކުރެ ކޮންމެ ދަރިއަކަށް 1008/232 ބަޔާއި، ނާހިދާ މުޙައްމަދުއާއި، ނާޒްނީން ޙަމީދުކުރ ކޮންމެ ދަރިއަކަށް 1008/130 ބައި މިހާރު މިލްކުވާކަމަށް ޙުކުމްކޮށްފައިވެއެވެ.
10މި މައްސަލައަކީ، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައިގެ ތެރޭގައިހިމެނޭ ހދ. ކުރިނބި، "މަންޒިލް" އެވެކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ރުއްގަހާއި ނުއުފުލޭމުދާ ބަހައިދިނުމަށްއެދި، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ވާރިސުންގެ ތެރެއިން އަޙްމަދު ޒާހިރުގެ ފަރާތުން 28 ނޮވެމްބަރ 2019 ދުވަހު މައްސަލަ ހުށަހެޅުމުން، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/B10C/2019 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގާފައިވާ އިސްތިއުނާފީ ޤަޟިއްޔާއެކެވެ. ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓނު ނިންމިގޮތް
11އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "ދެންފަހެ، ކ.މާލެ ޙަމީދުގެ ތަރިކައިގެ ތެރޭގައި ހިމެނޭ ހދ.ކުރިނބި "މަންޒިލް" އެވެކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ރުއްގަހާއި ނުއުފުލޭމުދާ ވާރިޘުންގެ މެދުގައި ބަހައިދިނުމަށއެދި މަރުޙޫމް މުޙައްމަދް ޙަމީދުގެ ވާރިޘުންކުރެ ފިރިހެންދަރި ކ.މާލެ ޒާހިރު (އައިޑީކާޑް:) ހުށަހެޅި މި މައްސަލާ ގައި […] އަލްމަރުޙޫމ މުޙައްމަދު ޙަމީދްމީގެ 30 ހަކަށް އަހަރު ކުރިން ނިޔާވެފައިވާކަމާއި، އެ މަރްޙޫމް ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ތިބީ، […] އަޙްމަދް ޒާހިރުއާއި، […] އިސްމާޢީލް ޝާހިދުއާއި، […] ސިޔާމް މުޙައްމަދާއި، ނާހިދާ މުޙައްމަދާއި، ނާޒްނީން ޙަމީދުގެ އިތުރުން އަނބީ […] ފަރީދާ ޢަލީއާއި، މަންމަ މަރްޔަމް މުޙައްމަދާއެކު ޖުމްލަ 7 ވާރިޘުންކަން ހުށަހަޅާފައިވާ ލިޔުން ތަކުންނާއި، ހެކިންނާއި ވާރިޘުންގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމަށާއި، މި ޤަޞިއްޔާގައި ވާރިޘުންގެ މެދުގައި ހަމަޖައްސަން އެދިފައިވާ […] އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ހދ.ކުރިނބި، "މަންޒިލް" ކިޔާ ބަންޑާރަ ގޯއްޗާ އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާކަމަށްވާއިރު، މި ތަރިކައިން ލިބެން ބޭނުންކަމަށް ބުނާ ވާރިޘުންގެ މެދުގައި ބިމުން ލިބޭނީ ހަމަހަމައަށް ކަމަށާއި، ވާރިޘުންގެ ތެރެއިން ކ.މާލެ، ފަރީދާ ޢަލީ () މި ތަރިކައިން ލިބޭ ބައި ވާރިޘުންގެ ތެރޭގައި ހިމެނޭ ކ.މާލެ، އަޙްމަދު ޒާހިރު (އައިޑީކާޑް:37A0442)އަށް ހަދިޔާ ކޮށްފައިވާކަމާއި، ތަރިކައިން ބޭނުންކަމަށްބުނާ ވާރިޘުން އެމީހުންނަށް ލިބޭބައި ހަމަހަމައަށް ލިބުމަށް އެދޭކަމަށްބުނެ ޝަރީއަތަށް ބަޔާން ދީފައިވާކަމަށާއި، އެހެންކަމުން ބިމުން ލިބިދެވޭނީ މި ތަރިކައިގައި ހިމެނޭ 6 ވާރިޘުންގެ މެދުގައި ހަމަހަމައަށްކަމަށް އެނގެން އޮތުމުން، މ ތަރިކައިގައި ހިމެނޭ ހދ.ކުރިނބި، "މންޒިލަ " އެވެކިޔ ބަންޑާރަ ގތީގޯ ބިން، މި ތަރިކައިން ލިބެންތިބި ކ.މާލެ ޒާހިރު (އައިޑީކާޑް:) އަށާއި، […] އިސްމާޢީލް ޝާހިދު () އަށާއި، ކ.މާލެ، […] ނާޒްނީން ޙަމީދުގެ () އަށާއި، ކ.މާލެ، […] ނާހިދާ މުޙައްމަދު () އަށާއި، ކ.މާލެ، […] ސިޔާމް މޙު އްމަދަ () އަށާއި، އަދި ކ.މާލެ، […] މަރްޔަމް މުޙައްމަދުއަށް މި ތަރިކައިގެ ދަށުން ހަމަހަމައަށް މިލްކު ވެއްޖެކަމަށ ކަނޑައަޅައް ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
12ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓނ މައްސަލް ނިންމަވާފައިވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 2 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާގެ ތަފޞުލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
13ޕްރިސިޑެންސް 1ޕްރިސިޑެންސް 2[…] އަޙްމަދު ޒާހިރުގެ ފަރާތުން ހދ. ކުރިނބި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކީ، އޭނާގެ ބައްޕަ، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ނަމުގައި ރަޖިސްޓަރީ ކޮށް ފައިވާ ހދ. ކުރިނބި، "މަންޒިލް" އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ރުއްގަހާއި ޢިމާރާތްތައް ތަރިކައިގެ އުޞޫލުން ވާރިސުންގެ މެދުގައި ބަހައިދިނުމަށްއެދ ހުށަހެޅި މައްސަލައެއްކަމަށާއި، ބަންޑާރަގޯތީގެ ބިމަކީ އެގޯއްޗެއް ޙަވާލުކޮށްފައިވާ ފަރާތުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ މުދަލެއްނޫންކަން އެނގޭކަމަށާއި، ބަންޑާރަގޯތީގެ ބިން އެގޯތި ޙަވާލުކޮށްފައިވާ ފަރާތް ނިޔައުވުމުން އެފަރާތުގެ ތަރިކަމުދާ ބަހާއިރު ވާރިސުންގެ މެދުގައި ނުބެހޭނެކަން އެނގޭއިރު، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ނަމުގައި ރަޖިސްޓރީކޮށްފައިވާ ކުރިނބަ "މަންޒިލް" އެވެކިޔާ ބަންޑާރަގޯތީގެބިން، މުޙައްމަދު ޙަމީދުގެ ތަރިކައިންލިބޭ ވާރިސުންނަށް ހަމަހަމައަށް މިލްކުވެއްޖެކަމަށް އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2200/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) އާއި، (ށ) ގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ.
1.13. ދިރިއުޅު މަށްޓަކައި އެކިއެކި ފަރާތްތަކާ ޙަވާލުކުރެވޭ ބަންޑާރަގޯތީގެ ބިމަކީ އެބިން ޙަވާލުކުރެވޭ ފަރާތުގެ މިލްކުގެތެރޭގައި ހިމެނޭ މުދަލެއް ނޫންކަމަށާއި، ބަންޑާރަގޯތީގައި ބިމަކީ ދައުލަތުގެ މިލްކިއްޔާތެއް ކަމަށާއި، އެބިން ޙަވާލުކޮށްފައިވާ މީހަކު ނިޔައުވެގެން އެގޯތީގެ ބިމުގައިހުރި ނުއުފުލޭ ރުއްގަސްފަދަ ތަކެތި ތަރިކައިގެ އުޞޫލުން ބަހާއިރު، ބަންޑާރަބިން ތަރިކައިގެ އުޞޫލުން މީގެފަހުން ބިމާބެހޭ ޤާނޫނުކަމަށް ބުނެފައިވާ. މީގެފަހުން ފަނޑިޔާރުންގެ ޤާނޫނުކަމަށް ބުނެފައިވާ. ބެހިގެން ނުދާނެކަމަށާއި، ބަންޑާރަގޯތީގައި ހުންނަމުދާ ތަރިކައިންލިބޭ މީހުންނަށް ހަމހަމަވާގޮތަށް ބަހައިދެވޭނީ އެގޮތަށް އެމީހުން އެދޭނަމކަމަށެވެ.
2.13. މި މައްސަލައިގައި އަޙްމަދު ޒާހިރުގެ ފަރާތުން ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ހދ. ކުރިނބި، "މަންޒިލް" އެވެކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ރުއްގަހާއި ޢިމާރާތްތައް ތަރިކައިގެ އުޞޫލުން ބަހައިދިނުމަށް ކަމަށާއި، އަދި އެ ބަންޑާރަގޯތީގެ ބިން ބަހައިދިނުމަށް އެދިފައިނުވާނެކަމަށާއި، އެ ބިމަކީ އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ މިލްކުގައިހިމެނޭ މުދަލެއް ނޫންކަމަށެވެ.
3.13. ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ބަލާއިރު، ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތްތައް ތަރިކައިގެ އުޞޫލުން ބެހުމުން ބައިލިބޭ މީހުންނަށް ވަކިގޯތިތަކެއްގެގޮތުގައި، އެ ގޯތި ބައިކޮށް، ރަޖިސްޓަރީ ކޮށްދިނުމަށް އެދެފިނަމަ، އެގޮތަށް ރަޖިސްޓަރީ ކުރެވިދާނެކަން އެނގޭކަމަށެވެ.
4.13. ފަނޑިޔާރުންގެ ޤނޫނުގާ 5 ވަނަ މާއްދާއަށް ބަލާއިރު، ފަނޑިޔާރުން މައްސަލަތައް ބެލުމުގައި ޢަމަލު ކުރަންވާނީ ޤާނޫނުއަސާސީއާއި، ޤާނޫނަށާއި، މައްސަލައިގައި ހުށަހެޅިފައިވާ ވާޤިޢާތަކަށާއި، ހެއްކާއި ޤަރީނާ ތަކަށކަމަށް ވެ. އަދި އެކޯޓުންނާއި އެކޯޓަށްވުރެ މަތީ ކޯޓަކުނެ ނިންމާފައިވާ އެއްބާވަތެއްގެ މައްސަލަތަކުގެ ނިންމުންތަކަށް ރިޢާޔަތް ކުރަންޖެހޭ ކަމަށާއި، އެގޮތުން ފަނޑިޔާރުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި މިނިވަންކަމާއި ޢަދުލުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރަންވާނެކަމަށް ބުނެފައިވާކަމަށެވެ.
5.13. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 8 ވަނަ ނަންބަރުގެ (ހ)ގައި، ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކ ގުޅިގެނާ ފުރަތަމް މަރުޙަލާގެ ކޯޓުން ފައިސަލާ ކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިސަލާކުރުމަށް އެދިފައިވާ ކަންތަކަށކަމަށާއް، ޚަޞްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
6.13. މީގެއިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުން ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އާމިނަތު މުޙައްމަދުދީދީ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ)ގައި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާކުރުމުގައި ޢަމަލުކުރަމުން ގޮސްފައިވާގޮތަކީ، ހުށަހެޅިފައިވާ ދަޢުވާގައި އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެމަތިން އެދިފައިވާ އެކަންތައްތައް ކުރުމަށް ޙުކުމް ކުރެއްވުންކަމށައި، ދަޢުވާގައި އެދިފައިވާ ކަންކަމަކީ ސާބިތުނުވާ ނުވަތަ އެދިފައިވާ ގޮތަށް ޙުކުމްކުރެއްވނެ ނެތްނަމަ، ސާބިތުނުވާކަމަށް ޙުކުމް ކުރެއްވުންކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
7.13. މި މައްސަލައިގައި، ހދ. ކުރިނބި "މަންޒިލް" އެވެކިޔާ ބަންޑާރަގޯތީގެ ބަންޑާރަބިން، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައިގެ ތެރޭގައި ހިމަނައިގެން ވާރިސުންނަށް ހަމަހަމައަށް މިލްކްވެއްޖެކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއްވާފައިވަނީ، މި މައްސަލައިގައި ވާރިސުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިހުރި ހެކިތަކަށާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/66 ޤަޟިއްޔާ. ރިޢާޔަތްނުކޮށް، ފަނޑިޔާރުންގެ ޤާނޫނާއި، ބިމާބެހޭ ޤާނޫނާއި، އިސްވެބަޔާންވެދިޔަ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.
8.13. މި މައްސަލައިގައި ބަހައިދިނުމަށް އެދިފައިވަނީ ހދ. ކުރިނބި، "މަންޒިލް" އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ރުއްގަސްކަން އެނގޭއިރު، އެމުދާ ތަރިކައިގެ އުޞޫލުން ބހައިދީފައަ ނުވާއިރު، އަދި އެގޯތީގެބިނ ހަމަހަމައަށް ބަހައިދިނުމަށް އެދިފައިވާކަން އެނގެން ނެތްއިރު، އެ ގޯތީގެ ބަނޑާރަބިނ ވާރިސުންނަށް ހަމަހަމައަށް މިލްކުވެއްޖެކަމަށް ކަނޑައަޅާފައިވަނީ ބަންޑާރަ ގޯތީގައިވާ ތަރިކަމުދާ ބަހައިދިނުމުގައި ޢަމަލުކުރަމުންދާ އުޞޫލާ ޚިލާފަށްކަމަށެވެ.
9.13. އެހެ ންކަމުން، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓު ނަންބަރު 07/B10C/2019 ޤަ ޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކުރަން ޖެހޭކަމަށް ދެކޭކަމަށެވެ.
10.13. އަލް މަރުޙޫމް މުޙައްމަދު ޙަމީދު ނިޔައުވިއިރު ވާރިސުންގެ ގޮތުގައިތިބީ، މަންމަ މަރްޔަމް މުޙައްމަދާއި، އަނބި ފަރީދާ ޢަލީއާއި، ދަރިންކަމުގައިވާ އަޙްމަދު ޒާހިރުއާއި، އިސްމާޢީލް ޝާހިދުއާއި، ނާޒްނީން ޙމީދުއާއި، ނާހިދާ މުޙައްމަދުއާއި، ޝިޔާމާ މުޙައްމަދު ކަމަށެވެ.
11.13. އަލް މަރުޙޫމް މުޙައްމަދު ޙަމީދުގެ މުދައު، ބުނެވިދިޔަ ވާރިސުންގެ މެދުގައި ތަރިކައިގެ އުޞޫލުން ބެހުމުން، މަންމަ މަރްޔަމް މުޙައްމަދަށް 168/28 ބައި، އަނބި ފަރީދާ ޢަލީއަށް 168/21 ބައި، ދަރިންކަމުގައިވާ އަޙްމަދު ޒާހިރުއާއި، އިސްމާޢީލް ޝާހިދުކުރ ކޮންމެ މީހަކަށް 168/34 ބައި، އަދި ނާޒްނީން ޙަމީދުއާއި، ނާހިދާ މުޙައްމަދުއާއި، ޝިޔާމާ މުޙައްމަދުކުރ ކޮންމެ މީހަކަށް 168/17 ބައިކަމަށެވެ.
12.13. ތަރިކައިން ބައިލިބުމަށް އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ވާރިސުންގެ ތެރެއިން 5 ދަރިން ބުނެފައިވާކަމަށެވެ. އަދި އަލް މަރުޙޫމް މުޙައްމަދު ޙަމީދުގެ އަނބި ފަރީދާ ޢަލީއަށް ލިބޭބަޔާއި، އެހެންވާރިސަކު ހަދިޔާކުރާބައި އަޙްމަދު ޒާހިރުއަށް ހަދިޔާކުރާކަމަށް ފަރީދާ ޢަލީ ބުނެފައިވާކަމަށެވެ.
13.13. އަލް މަރުޙޫމް މުޙައްމަދު ޙަމީދު ނިޔައުވިއިރު މަންމަ މަރްޔަމް މުޙައްމަދު ދުނިޔޭގައި ހުރިނަމަވެސް، ތަރިކައިގެ މި މައްސަލަ ހުށަހެޅިއިރު މަރްޔަމް މުޙައްމަދު ނިޔައުވެފައި ވާކަމަށެވެ. އަދި މަރްޔަމް މުޙައްމަދުގެ ވާރިސުންގެ ގޮތުގައި ފިރިހެން ދަރިއަކާއި 3 (ތިނެއް) އަންހެން ދަރިން ތިބިކަމުގައި ވީނަމަވެސް، މި މައްސަލަ ހިނގަމުން ދަނިކޮށް 2 (ދޭއް) އަންހެން ދަރިން ނިޔައުވެފައި ވާކަމަށެވެ. އަދި މި މައްސަލައިގައި މަރްޔަމް މުޙައްމަދުގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި މިހާރު ތިބިމީހުން ގެ ބަހެއް ޝަރީޢަތުން ހޯދައިފައިވާކަނ އެނގެން ނެތްކަމަށެވެ.
14.13. މި މައްސަލައިގައި އިސްމާޢީލް ޝާހިދު ބުނެފައިވަނީ، އަލްމަރުޙޫމ މުޙައްމަދް ޙަމީދުގެ ތަރިކައިންލިބޭ އެއްޗެއް، އަދި އެހެން ވާރިސަކު ހަދިޔާކުރާ އެއްޗެއް އޭގެޒާތުން ބޭނުންކަމަށެވެ. އަދި ވާރިސުންގެ މެދުގައި ހަމަހަމަކޮށް ބަހައިދިނުމަށް އެދޭކަމަށް ބުނެފައިނުވާކަމަށެވެ. އަލްމަރުޙޫމ މުޙައްމަދު ޙަމީދުގެ އަންހެން ދަރިންވެސް އެދިފައިވަނީ ތަރިކައިން ލިބޭއެއްޗެއް އަދި އެހެން ވާރިސަކު ހަދިޔާކުރާ އެއްޗެއް އޭގެޒާތުން ބޭނުންކަމަށެވެ.
14އަލް މަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައިގައި ހިމެނޭ ހދ. ކުރިނބި "މަންޒިލް" އެވެކިޔާ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ރުއްގަހާއި ނުއުފުލޭމުދާ ވާރިސުންގެ މެދުގައި ބަހައިދިނުމަށް އެދިފައިވާއިރު، މުޙައްމަދު ޙަމީދުގެ ތަރިކައިގެ ތެރޭގައި ހެމެނޭ ރުއްގަހުގެ ޢަދަދު ދަށުކޯޓުން ބަލާފައިނުވާކަމަށެވެ. އަދި ތަރިކަ ބަހައިދިނުމަށް ވާރިސުން އެދިފައިވާގޮތް ޚިލާފަށާ މައްސަލް ނިންމވަ ފައިވަނާ ފނޑިޔާރުންގަ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. އެހެންކަމުން، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓު ނަންބަރު 07/B10C/2019 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލު ކުރަންޖެހޭކަމަށެވެ.
15އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ.
1.15. "ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/B10C/2019 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލކޮށު ދެއްވުން އެދެމެވެ."
2.15. "މ މައްސަލި އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަހުވީލުކޮށް ދެއްވުން އެދެމެވެ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
16މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ނުކުތާތަކުގެ ޖަވާބުގައާއި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.16. ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓަށް އަޙްމަދު ޒާހިރުގެ ފަރާތުން ހުށަހެޅި މައްސަލައަކީ، އަލްމަރުޙޫމ މުޙައްމަދު ޙަމީދުގެ ތަރިކައިގައި ހިމެނޭ ހދ. ކުރިނބި "މަންޒިލް" އެވެކިޔާ ބަންޑާ ރަގޯތީގައިވާ ރުއްގަހާއ ޢިމާރާތްތަކާއި ގޯތި ހަމަޖައްސައި ދިނުމުގެ މައްސަލަކަމަށެވެ. ހދ. ކުރިނބި "މަންޒިލް" އެވެކިޔާ ގޯއްޗަކީ ބަންޑާރަ ގޯއްޗއްކަމަށާއި އެ ގޯތީގެބިމަކީ މުޙައްމަދު ޙަމީދުގެ ތަރިކައިގައި ހިމެނޭ މުދަލެއް ނޫންކަމަށެވެ. އަދި އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައިގައި ހިމެނޭނީ އެ ގޯތީގައިހުރި ރުއްގަހާއި ޢިމާރާތްތައް ކަމަށާއި، ވާރިސުންގެ މެދުގައި ތަރިކައިގެ އުޞޫލުން ބެހޭނީ މުޙައްމަދު ޙަމީދުގެ މިލްކުގައި ހިމެނޭ ބަޔާންވެދިޔަ މުދއަކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގައި އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ މިލްކުގައިހިމެނޭ ތަރިކަމުދާ ބަހައި ނުދެއްވައި، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ތަރިކައިގައި ނުހިމެނޭ ބނަޑާރަބިނ ވާރިސުންނަށް ހަމަހަމައަށް މިލްކުވެގެންވާކަމަށް ނިންމަވފައާވާކަމަށާއި، އެއީ ޤާނޫނާޚިލާފު ނިންމެވުމެއް ކަމަށެވެ.
2.16. އަލް މަރުހޫމ މުޙައްމަދް ޙަމީދުގެ ތަރިކަ ބެހުމަށް ވާރިސުން އެދޭގޮތް، މި މައްސަލައިގެ އިސްތިއުނާފު ފޯމުގައި ބާޔންކޮށްފައިވަނީ ރަނގަޅަށްކަމަށެވެ. އަދި ވާރިސުންގެ ތެރޭގައި ހިމެނޭ މުޙައްމަދު ޙަމީދުގެ މަންމަ އަލްމަރުޙޫމ މަރްޔަމް މުޙައްމަދު، މި ތަރިކަ ބެހުމުގެކުރިން ނިޔއަވެފައިވއިރު، މަރްޔަމް މުޙައްމަދުގާ ވާރިސުންގެ ބަހެއް ޝަރީޢަތުން ހޯދުމެއްނެތި، އެހެން ވާރިސުންނާ އެއްހަމައަކުން ބައެއް މަރްޔަމް މުޙައްމަދަށް ނަގައިދިނުމަށް ކަނަޑައަޅާފައިވާގޮތް ރަނގަޅު ކަމުގައި ނުދެކޭކަމަށެވެ.
17އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "މައްސަލަ އިސްތިއުނާފުކުރަ އަޙްމަދު ޒާހިރުގެ ފަރާތުން އެދިފައިވާ ގޮތުގެމަތިން ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/B10C/2019 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް ދެއްވައި އަލުން މި މައްސަލަ ބެލުމަށްޓަކައި ދަށު ކޯޓަށް ތަހުވީލު ކޮށްދެއްވުން އެދެމެވެ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
18މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓު ނ މައްސަލް ނިންމަވާފައިވަނީ އަޙްމަދު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ ޚިލާފަށްކަމަށެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ބުނެފައިވަނީ މިގޮތުގެމަތިންނެވެ.
19ޕްރިސިޑެންސް 4މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ތިރީގައިވާ ކަންކަން އެގޮތުގެމަތިން ހިނގާފައިވާކަމަށް ބުރަވެވެއެވެ.
1.19. އަޙްމަދު ޒާހިރުގެ ފަރާތުން ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ، އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ހދ. ކުރިނބި، "މަންޒިލް" އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ރުއްގަހާއި ޢިމާރާތްތައް ތަރިކައިގެ އުޞޫލުން އަލްމަރުޙޫމް މުޙައްމަދު ޙަމީދުގެ ވާރިސުންގެ މެދުގައި ބަހައިދިނުމގެ މައްސަލައެވެ. އަލްމަރުޙޫމ މުޙައްމަދު ޙަމީދުގެ ވާރިސުންގެ ތެރެއިން މަންމަ މަރްޔަމް މުޙައްމަދު ނިޔއަވެފައިވާއިރު، މައްސަލަ ނިންމެވުމުގައި މަރްޔަމް މުޙައްމަދުގެ ވާރިސުންގެ ބަހެއް ކޯޓުން ހޯއްދެވިކަން އެނގޭކަށްނެތެވެ.
2.19. މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމަވާފައިވަނީ މައްސަލައިގެ ދެ ޚަޞްމުންވެސް އެދިފައިވާގޮތާ ޚިލާފަށެވެ.
20ޕްރިސިޑެންސް 3މި ނިންމުމުގެ ނަންބަރ 13.2، 13.4 އިން 13.7، 13.13 އަދި 14 ނުކުތާގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، މި މައްސަލައާ ގުޅިގެން ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމަވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އާމިނަތު މުޙައްމަދުދީދީ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)އާ ޚިލާފަށެވެ. އެހެންކަމުން، މި މައްސަލައަކީ، ކޯޓުތަކާބެހޭ ޤާނޫނުގެ 46 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/66 ޤަޟިއްޔާ. ވަނަ މާއްދާގެ (ށ)ގެ ދަށުން، މައްސަލައިގައި ކަންހިނގާފައިވާގޮތް އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ތަޙުވީލުކުރަންޖެހޭ މައްސަލައެކެވެ.
21ޕްރިސިޑެންސް 5ޕްރިސިޑެންސް 6އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރެއިން، ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަރުޖަމާ ކުރަންޖެހޭގޮތާ ގުޅޭގޮތުން މި ނިންމުމުގެ ނަންބަރު 13.1 އަދި 13.4 ނުކތާގައު ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންކަން ތިރީގައިއެވަނީއެވެ.
1.21. ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ)ގައި، ބަންޑާރަ ގޯއްޗއެ ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލެވޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކިގޯތިތަކަކަށ ބައިކޮށް ވަކިކޮށްދެވިދާނެކަމަށް ބުނެފައިވެއެވެ. އަދި ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭމުދާ، ތަރިކައިގެ އުޞޫލުންލިބޭ އެންމެންގެ ނަމުގައި، އެބަޔަކު އެދޭނަމަ، އެ ގޯއްޗެއް ރަޖިސްޓަރީކޮށް ވަކިވަކި ރަޖިސްޓަރީ ހަދައިދެވިދާނެކަމަށް ބުނެފައިވެއެވެ.
2.21. ދިވެހިރާ އްޖޭގެ ހައިކޯޓުން އަޙްމަދު ޙަސަން ވ. އިބްރާހީމް ޙަސަން ޢަލީ ޤަޟިއްޔާގައި، ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރަޢުޔުގައި ބަޔާންކޮށްފައިވަނީ ތިރީގައިވާގޮތަށެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ "އެކެއްގެ ބިމުގައި ހުންނަ އަނެކެއްގެ ތަކެތި" މި އަރިމަތީ ސުރުޚީގައިވާ 41 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އެހެން ފަރާތެއްގެ އެއްޗެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ލިޔުމެއްނެތި، އެކި ފަރާތް ފަރާތުގެ އަމިއްލަ ބިމުގައި ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ދޫކޮށްފައިވާ ބަންޑާރަ ބިމެއްގައި ހުންނަ އިމާރާތާއި، ރުއްގަސް ފަދަ ބިމާގުޅިފައިވާ ތަކެއްޗަކީ، އެ ބިމުގެ ވެރިފަރާތުގެ ނުވަތަ އެ ބަންޑާރަ ބިމެއްނަމަ، އެ ބިމެއް ދޫކުރެވިފައިވާ ފަރާތުގެ ތަކެތިކަމަށެވެ. މި މާއްދާގެ (ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 672A/-HC2022/ ޤަޝިއްޔާ. ގައިވަނީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ ފަރާތްނޫނ އެހެންފަރާތަކަށް މިލްކުވެރިކަން ލިބޭގޮތަށް ބަންޑާރަ ގޯއްޗެއްގައި، އެގޯތި ދޫކުރެވިފައިވާ ފަރާތްނޫނ އެހެން ފަރާތަކުން ޢިމާރާތް ކޮށްގެން ނުވާނެކަމަށެވެ. ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ނިންމާފައިވާ ޤަޟިއްޔާތަކުންނާއި، ސަރުކާރުގެ ބިމާބެހޭ އިދާރާތަކުން ޒަމާނުއްސުރެ ޢަމަލުކުރަމުންދާ އުޞޫލަކީ ބަންޑާރަ ގޯއްޗެއްގައި ހަދާ އެންމެހައި އިމާރާތްތަކުގެ މިލްކުވެރިއަކީ އެ ގޯއްޗެއް ސަރުކާރުން ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތްތަކަށްވުމެވެ. އަދި ބަންޑާރަ ބިމެއްގައި ހުންނަ ޢިމާރާތަކީ ރަޖިސްޓަރީއޮތް ފަރާތުގެ ފުރިހަމަ މިލްކެއްކަމާއި އެ އިމާރާތްތައްވަނީ އެ މީހެއްގެ ތަސައްރުފުގެ ދަށުގައިކަމާއި، އަދި އެ މީހަކު މަރުވެއްޖެނަމަ އެ މަރްޙޫމްގެ ވާރިސުންނަށް އެ މުދާ ވާރުތަވާނެކަމެވެ. އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ކަންކަމުގެ މައްޗަށް، އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ މާއްދާތަކަށް ބެލުމުން ނެގޭ އާއްމު ދޭހައަކީ (ޖެނެރަލް ޕްރިޒަމްޝންއަކީ) ބިމާއި އިމާރާތާ ވަކިނުވުމެވެ.
3.21. ބަންޑާރަބިން ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ މީހެއްގެ ބިމުގައިވާ ޢިމާރާތްތައް ބެހުމުގެ ތެރޭގައި ބިންހިމެނޭގޮތުން ގޯތީގެ ވަކިވަކި ރަޖިސްޓަރީ ހެދިދާނެކަމަށް ބުނެފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގައި، ބަންޑާރަ ބިމަކީ އެބިން ދޫކޮށްފައިވާ ފަރާތުގެ މިލްކުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫންކަމަށް ބުނާބުނުމަށް ބާރުލިބޭ އަދި އެފަދަ ތަރުޖަމާއަކަށް ވާސިލުވި ޤާނޫނީ ހުއްޖަތެއް މި މައްސަލައިގައި ހުށަހެޅުނު ލިޔުންތަކާއި ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުން ސާފުކޮށްދީ ފައިނުވެއެވެ.
4.21. ދިވެހިރާއްޖޭގައި ގާއިމުވެފައިވާ ޤާނޫނީ އުޞޫލަކީ އަމިއްލަ ނުވަތަ ބަންޑާރަ ބިމުގައިހުންނަ ޢިމާރާތްތަކަކީ އެބިމަކާ ވަކިނުކުރެވޭނެ އެއްޗެއްކަމުގައި ބެލުންކަމަށްވާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް އެބިމާވަކިން މިލްކު ކުރެވުމުގެ ނަތީޖާގެ ތެރޭގައި، އެކެއްގެ ބަންޑާރަގޯތީގައި، އެ ގޯއްޗާ ގުޅުމެއްނެތް ތިންވަނަ ފަރާތަކުންކުރާ ޢިމާރާތެއްގައި، އެފަދަ ތިންވަނަ ފަރާތުގެ ޚާލިސް މިލްކުވެރިކަމެއް އުފަންވުމަށް ފުރުޞަތު ހުޅުވުމަކީ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ނުރަނގަޅު ތަރުޖަމާއެކެވެ.
22އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ އިގައި ބިމުގެ މިލްކުރެވިކަމާއި ބިމުގައިވާ ޢމާރާތި ފަރަގުކޮށް ހުށަހެޅގޮތަށް ބިމާބެހޭ ޤާނޫނުގި 15 ވަނަ މާއްދާ ތަރުޖަމާ ކުރެވޭނެކަމަކަށް ނުދެކެމެވެ.
23ބުނެވިދިޔަ ސަބަބުތަކަށްޓަކައި، ތިރީގައިވާ ގޮތުގެމަތިން ނިންމަންފެނެއެވެ.
1.23. ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/B10C/2019 ޤަޟިއްޔާގެ ނިންމުން ބާޠިލު ކުރުމަށާއި، އަދި
2.23. މި މައްސަލައިގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލއިގައަ ކަންހިނގާފައިވާގޮތް އަލުން ބއްވަލައަ، މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، މި މައްސަލަ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓަށް ތަޙުވީލު ކުރުމަށް ނިންމަން ފެނެއެވެ.
24މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނގޮތުގު ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
25މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
26މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/B10C/2019 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް، މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، މި މައްސަލަ އަލުން ބެލުމަށްޓަކައި ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ).
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ހ) އާއި (ށ) (2022/HC-A/672 ގެ ރައުޔުން ނަކަލުކޮށް)
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ކޯޓުތަކާބެހޭ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު)
- ހައިކޯޓުގެ ނަންބަރު 2010/HC-A/66 (ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އާމިނަތު މުޙައްމަދުދީދީ)
- ހައިކޯޓުގެ ނަންބަރު 2022/HC-A/672 (އަޙްމަދު ޙަސަން ވ. އިބްރާހީމް ޙަސަން ޢަލީ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުއްރައޫފު އިބްރާހީމް
- ބެންޗު
- ދީބާނާޒް ފަހުމީ، ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް