ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/261
އަޙްމަދު އަފްޟަލް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް، 2017/HC-A/261
Ahmed Afdal v. Maldives Police Service 2017/HC-A/261 (2017/HC-A/261, High Court of the Maldives, 28 June 2021)
އަޙްމަދު އަފްޟަލް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް
މައިގަނޑު ސުވާލު
ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަކުން ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ، އަދި ވަކިކުރުން ނުޞައްޙަ ނަމަ 10 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވުމަށްފަހު ދޭންވީ ފަރުވާއަކީ ކޮބައިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ސިވިލް ކޯޓަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- މައުޟޫޢީ ގޮތުން ބަލައި ފައިޞަލާނުކޮށް ނިންމާފައިވާ ކުރީގެ ޤަޟިއްޔާއެއްގެ ޙުކުމަކުން، ހަމަ އެ މައުޟޫޢާ ގުޅޭ ފަހުން ހުށަހަޅާ ދަޢުވާއަކަށް އަސަރެއް ނުކުރެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ހިނގަނީ ވަޒީފާއާބެހޭ ޤާނޫނުގެ ޢާންމު ހަމަތަކާއި މިންގަނޑުތަކެއް ނޫނެވެ. ފުލުހުންގެ ޤަވާޢިދުތަކާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޢާންމު ޤާނޫނުގެ މިންގަނޑަށްވުރެ ލުއިވާންޖެހެއެވެ (ސުޕްރީމް ކޯޓުގެ 2019/SC-A/17). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކުރި މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، ކޯޓުން ފުރަތަމަ ބަލަންވާނީ ބޯޑުގެ ނިންމުމަށް ބުރަވެވުނު އެކަށީގެންވާ ހެއްކެއް އެވަގުތު ބޯޑުގެ ކުރިމަތީގައި އޮތްތޯ އެވެ؛ ދެވަނައަށް، ވަކިކުރުމަށް ބޯޑަށް ޤަބޫލުކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙްޤީޤެއް ކޮށްފައިވޭތޯ އެވެ (ސުޕްރީމް ކޯޓުގެ 2019/SC-A/17). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ވަޒީފާއާބެހޭ މައްސަލަތަކުގައި ޤާއިމުވެ އިސްތިޤްރާރުވެފައިވާ ޢާންމު މަބްދައަކީ ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަން ސާބިތުކޮށްދިނުމަކީ ވަޒީފާއިން ވަކިކުރި ފަރާތުގެ ޒިންމާކަމެވެ. ބޯޑުގެ ނިންމުން ބިނާކުރި ހެކި ދައުލަތުން ކޯޓަށް ހުށަނާޅައިފިނަމަ، ތަޙްޤީޤަށްފަހު އެކަށީގެންވާ ހެކީގެ މައްޗަށް ނިންމިކަން ސާބިތުނުވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ފުލުހަކު ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވީ ކަމަށް ބެލެވޭނީ، އެންމެ ކުޑަމިނުން، ޚިލާފުވި ކަމަށް ފެންނަ ސަބަބުތައް ތަފްޞީލާއެކު އޭނާއަށް އަންގައި، ބޯޑުގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، ވަކިކުރަން ނިންމައިފިނަމަ ނިންމުމާއި އެ ނިންމުން ބިނާކުރި ސަބަބުތައް ލިޔުމަކުން އޭނާއަށް ރައްދުކޮށްގެންނެވެ (ސުޕްރީމް ކޯޓުގެ 2019/SC-A/17). ފޯނުން ގުޅަން މަސައްކަތްކުރިކަމަށް ލޮގް ފޮތެއްގައިވާ ލިޔުމަކާއި، ސަސްޕެންޑްކޮށްފައިވާ މުއްދަތުގައި ނޯޓިސް ބޯޑުގައި ކުރި އިޢުލާނަކީ، ވަކިކުރި ސަބަބާއެކު ނިންމުން އޭނާއަށް އެންގުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10، 13)
- ފުލުހަކު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމަށްފަހު ދިގު މުއްދަތެއް (10 އަހަރަށްވުރެ ގިނަ) ފާއިތުވެފައިވާނަމަ، ފުލުހުންގެ މަސައްކަތުގެ ޠަބީޢަތާއި ޝަރުޠުތަކަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް، ވަޒީފާއަށް އަލުން ރުޖޫޢަކުރުމުގެ ބަދަލުގައި އެންމެ ޢަދުލުވެރި ގޮތަކީ ގެއްލުމުގެ ބަދަލު ނަގައިދިނުމެވެ (ސުޕްރީމް ކޯޓުގެ 2019/SC-A/75). ބަދަލާމެދު ވާހަކަ ދެކެވިފައިނުވާނަމަ ބަދަލުގެ މިންވަރު ކަނޑައެޅުމަށް މައްސަލަ ދަށު ކޯޓަށް ތަޙުވީލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14–16)
1މި މައްސަލައަކީ،ސިވިލ ކޯޓުގް ނަންބަރ 536/Cv-C/2016 ޤަޟިއްޔާ ނިންމާފައިވާ ގޮތާއިމެދު ހިތްހަމ ނުޖެހިގެން،އަޙްމަދު އަފްޟަލްގެ ފަރާތެނާއ ޤަޟިއްޔި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހެ ދައުލަތް )މޯލްޑިވްސ ޕޮލިސް ސަރވިސް( ގ މައްޗަށް ރައްދުވާގޮތަށް ބަލާފައިވާ މައްސަލައެކެވެ.
2އަޙްމަދު އަފްޟަލް އަކީ 27 ފެބރުވަރު 2007 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރަމުންދިޔަ ފުލުހެކެވެ. ކެމްޕަސް ފިހާރައިގަހަތަރު މިލިއަނަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ފޭރިގަނެ، މީހެއްގެ ގައިގާ ކަޓަ ރުއަޅާ ޒަޚަމްކޮށްލ މައްސަލާގައި ޢަމަލީގޮތުން އަޙްމަދު އަފްޟަލް ބައިވެރިވެފައިވް ކމަށ ތުހުމަތުކުރެވުމާއި ގުޅިގެނ، 28 ޑިސެންބަރު 2009 ވަން ދުވަހުން ފެށިގެން ހައްޔަރުގައި ބެހެއްޓުމީށް ކޯޓުނަ އަމުރެއް ނެރެފައިވާތީ،އެތާރީޚުނ ފެށިގެން މުސާރަ ނުލިބޭގޮތަށް އޭނާ ވަޒީފާއިން ސަސްޕެންޑްކުރެވުނެވެ. އެކަން އޭނާއަށް އަންގާފައިވަނީ 09 މޭ 2010 ތާރީޚުގައި ސޮއިކޮށްފައިވާ، ވަޒީފާއިން ސަސްޕެންޑްކުރިކަން އަންގާ ލިޔުމުންނެވެ. ޕޮލިސް ކޮންސްޓަބަލްގެ މަޤާމުގައި އޭރު ވަޒީފާ އަދާކުރަމުންދިޔަ އަޙްމަދު އަފްޟަލްގ މި މައްސަލަ، 11 ޖަނަވަރީ 2010 ވަނަ ދްވަހު ފުލުހުންގެ ޑިސިޕްލިނަރީ ބޑަށ، ފޯމު ނަންބަރު: 55/DBMF/2010 )ޑިސިޕްލިނަރީ ބޯރޑަށ މައްސަލް ހުށަހަޅަ ފޯރމެނު ( ހުށަހި ޅުނެވެ. އެފޯމުގައި މައްސަލައިގައ ފާހަގަކުރެވުނު ނުކުތާތަކުގެ ތެރޭގައި، ފޭރުމުގެ މައްސަލައާއި ބެހޭ މަޢުލޫމާތު، އަޙްމަދު އަފްޟަލް ފުލުހަކަށްވެހުރެ،އެކަން ހިނގައިދިއުމުގެ ކުރިންއެނގޭ އިރުވެސް ވެރިންނެ ށ އާންގާފައިނުވާކަމަށާއި، އ ޙާދިޘިހިނގިތަނުން އޭނާގެ ސައިކަލު ފެނިފައިވާ ކަމަށާއި، އނި ފުލުހުންނަށް ދިން މަޢުލޫމާތަށް ބަލައި ހޯދި ތަންތަނުން ފެންނާނެ ކަމަށް ބުނި ތަކެތް ފެނިފައިވާ ކަމަށާއި، ފަހުން ތަޙި ޤީޤުގައި ވާހަކަ އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށާއި އަދ 28 ޑިސެންބަރު 2009 އިން 07 މޭ 2010 ގ ނިޔަލަށް މައްސަލައިގެ ތުހުމަތުގައި އޭނާ ހއްޔަރުކޮށްފައިވާކަމުގައި ބަޔާންކޮށްފައިވެއެވެ. 11 މޭ 2010 ވަނަ ދުވަހު ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އަދި ވަކީލަކު ޢައްޔަނުކުރުމަށް ފުރުޞަތު ދިންކަން އަންގާ ލިޔުމުގައި، ބޯޑަށް ޙާޟިރުވާނެ ބޭނުން ނުވާކަމަށާއި، ޙާޟިރުވުމަށް އިޢުތިރާޟުކުރާ ކަމަށް ލިޔެ އަޙްމަދު އަފްޟަލް ސޮއިކޮށްފައިވެއެވެ. 12 މޭ 2010 ވަނަ ދުވަހު ޑިސިޕްލިނަރީ ބޯޑުން، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނި މާއްދާގަ )ށ( އަށް ރިޢާޔަތްކޮށް، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމޭ އާބެހ ޤަވާޢިދުގެ 8 ވަނި މާއްދާގަ )ކ( ގެ ދަށުން، އަޙްމަދު އަފްޟަލް ވަޒީފާއިން ވަކިކުރަން ނިންމާފައިވެއެވެ. އަދ 10 ޖޫން 2010 ގައި ޕޮލިސް ކޮންސްޓަބަލް އަޙްމަދު އަފްޟަލް )ސ. ނަންބަރު: 3629 ( ފުލުހުންގެ ވަޒީފާއިން ވަކިކުރެވޭ، 13 ޖޫން 2010 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެހުރިހާ މުވައްޒަފުންގެ މަޢުލމާތަށްޓަކައ އެކަނި އަންގާފައިވެއެވި . އަދްވަޒީފާއިނ ވަކިކުރިކަން އަންގާ ލިޔުން އަޙްމަދު އަފްޟަލްއ ޙަވާލުކުރަންމޯލްޑިވްސ ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސް ސެކްޝަނުން މަސައްކަތް ކުރިކަމަށް ދައުލަތުން ބުނެފައިވެއެވެ. ނަމަވެސް އަޙްމަދު އަފްޟަލް ބުނާ ގޮތުގައި އޭނާއަށް އެލިޔުން ލިބިފައިނުވެއެވެ. ނަންބަރު: VKL/2010/54/171 )10 ޖޫން 2010( "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ނަންބަރު: (E)/2010/149-PGO )13 ޖޫން 2010( "ދެންނެވުނ 2010" ނޯޓު: ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޖަވާބު ފޯމުގެ 7.9 ވަނަ ނަންބަރުގައި "ދަޢުވާކުރާފަރާތް 10 ޖޫން 2010 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޯޓިސް ބޯޑުގައި 9 ޖޫން 2010 ގައި އިޢުލާން ކުރެވިފައިވާކަން ފާހަގަކުރަމެވެ."މިފ ދައިނ ބަޔާންކޮށް އެކަން އެންގި ދެންނެވުމުގެ ކޮޕީއެއް އެގްޒިބިޓ-5 ގެ ގޮތު ގައި ޖަވާބާއެކު ހިމަނާފައިވާކަމަށް ބުނެފައިވެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރ 536/Cv-C/2016 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ ތަކުގ 02 ވަނަ ނަންބަރުގައި )ޞ. 5 ( އެފދައިނަ 9 ޖޫން 2010 ގައި އިޢުލާނު ކުރެވިފައިވާކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ދެންނެވުމަކ 13 ޖނޫ 2010 މި ތާރީޚު ޖަހާފައިވާ ދެންނެވުމެކެވެ. އަދ އެ ދެންނެވުމުގައ ވަނީ އަޙްމަދު އަފްޟަލް 10 ޖޫން 2010 ގައާ ވަޒީފާއިން ވަކިކުރެވިފައިވާ ވާހަކައެވެ. އެ ތާރީޚުގައި ވަޒީފާއި ނ ވަކިކުރުމަށް ހަމަޖެހިފައިވާ ވާހަކައެއް ނޫނެވެ. 27 ސެޕްޓެންބަރު 2011 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވާނަމަ އެކަމުގެ ލިޔުމާއި، އެދުވަހާއި ހަމައަށ ވަޒީފާއިން ވަކިކުރިކަން އޭނާއަށް އަންގާފައިނުވާކުމަށި އ، އެކަމުގެ ސަބަބްލިޔުމަކުނ ދިނުމަށް އެދް އަޙްމަދު އަފްޟަލް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ސިޓީއެއް ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ . ނަމަވެސް އެފަދަ އެއްވެސް ސިޓީއެއް ހުށަހަޅާފައިނުވާ ކަމަށް ދައުލަތުން ޖަވާބުގައި ބުނެފައިވެއެވެ .
330 ސެޕްޓންބަރެ 2010 ގައި އޭނާގެ މައްޗަށް ދަޢުވާނުކުރަން ޕް ރޮސިކިއް ޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާއރ، އޭނާގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިނުވ ކަމަށާ ބުނެ، އަދި އެކަން ނިމުމަކަށް ގެނެސް އޭނާ އަލުން ވަޒީފާއަށް ނެރުމަށާއި، ސަސްޕެންޝަނުގައި ހޭދަވަމުއްދަތުގައި އޭނާއަށް ލިބެންވާ ކަމަށ ބުނި މުސާރައާއި ޢިނާޔަތްތަކާއި ކުރިއެރުންތީ އ ލިބިދިނުމަށާއި، އޭނާގެ މައްޗަށް ދަޢުވާ ނުކުރަން ނިންމި ހިސާބުން ފެށިގެން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އޭނާގެ ސަސްޕެންޝަނާމެދ ގޮތެއު ނިންމާފައިނުވާތީ އެކަމުގެ ސަބަބުނ އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި ވަކީލުގެ ފޯ،މޯލްޑިވްސ ޕޮލިސް ސަރވިސް އިން ހޯދައިދިނުމަށް އެދި އަޙްމަދު އަފްޟަލްގެ ފަރާތުން މޯލްޑިވްސ ޕޮލިސް ސަރވިސް )ދައުލްތު( ގެ މައްޗަށ ދަޢުވާކޮށް، 28 ނޮވެންބަރު 2013 ގައު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވ. ސިވިލް ކޯޓުގެ ނަންބަރ 2275/Cv-C/2013 ޤަޟިއްޔާއިން ބެލެވުނު )26 މޭ 2014 ގައި ނިމުނު( އ މައްސަލައިގެ ޙުކުމުގައި، "އަޙްމަދު އަފްޟަލްޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވުނުކަމާއި، ވަޒީފާއިން ސަސްޕެންޑެ ކޮށްފައިވަނީ އަޙްމަދު އަފްޟަލްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާތީކަމާއި، އެމައްސަލައިގެ ތަޙުޤީޤު ނިމުމުގެ ކުރިން 10 ޖޫން 2010 ސިވި ލ ކޯޓަށް އަޙްމަދް އަފްޟަލްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމުގެ 8.2 ވަނަ ނަންބަރު ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބގ 7.10.1 ވަނަ ނަންބަރު ޕެރޮސިކުޓަރ ޖެނެރަލްގެ އޮފް ހުގެ ނަންބަރު: 250/2013/INDIV/އޭ-951 )12 އޮގަސްޓު 2013 ( އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީގެ ޖަވާބު ގައި އަޙްމަދު އަފްޟަލް ވަޒީފާއިން ވަކިކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުނުތަކުން އެނގެން އޮތުމުން، އަޙްމަދު އަފްޟަލްއަށ އަލުން ވަޒީފާ ދިނުމާއި ނުލިބިވާ މުސާރައާއި ޢިނާޔަތްތައް ލިބިދް ނުމާއިމެދ ގޮތެއު ނިންމޭނީ އަޙަމަދު އަފްޟަލް ވަޒީފާއިން ވަކިކުރިކުރުމާއިމެދ ގޮތެއު ކިނޑައެޅިގެން ކަމަށްވާތއާއެ،ވަޒީފާއިން ވަކިކުރިގޮތާއި އެކަމުގެ ޞައްޙަ ކަމާއިމެދު ގޮތެއް ކަނޑައެޅުމަކީ މިދަޢުވާގެ ޙުދޫދުން ބޭރުކަމެއް ކ މަށްވާތީ، މިދަޢުވާ މިހާރު ހުށައެޅިފައ މިއޮތްގޮތުނ އަޙްމަދް އަފްޟަލް މިދަޢުވާގައި އެދިފައިވާ ކަންކަމަށް މިދަޢުވާގެ ތރެއިނ ގޮތެއް ނިންމެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންވެއެވެ.
4އަޙްމަދު އަފްޟަލްގެ ފަރާތުން، އޭނާގެ ވަޒީފާގެ މައްސަލައާ ގުޅިގެން، ސިވިލް ކޯޓަށް 13 މާރިޗު 2016 ތާރީޚުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް )ދައުލަތު( ގެ މައްޗަށް ރައްދުވާ ގޮތަށް، އިތުރު މައްސަލައެއް ހުށަހެޅިއެވެ. ސިވިލް ކޯޓުގ ނަންބަރ 536/Cv-C/2016 ޤުޟިއްޔާއިނ ބެލެވުން އެ މައްސަލައިގައި، އޭނާ 10 ޖޫން 2010 ވަނި ދުވަހު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދާއި ޚިލާފަށްކަމަށް ކަނޑައަޅާދިނުމަށާއި، އާ މަޤާމުގެ ވަޒީފާއާއި، އޭނާ ސަސްޕެންޑްކުރި ދުވަހުން ފެށިގެން ވަޒީފާ ދިނުމާއި ހަމައަށް ލިބެންވް މުސާރައާއި ޢިނާޔަތްތަކާއި، ވަޒީފާއިން ވަކިކޮށްފިކަން އެންގުމުގައި އިހުމާލުވެފައިވާތ ލިބުނު ގެއްލުމުގެ ބަދަލު މޯލްޑިވްސް ޕޮލިސް ސަރވިސް އިން )ދައުލަތުން( ނަގައިދިނުމަށް އަޙްމަދު އަފްޟަލް އެދިފައިވެއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ކަން ޝަރީޢަތަށް ސާބިތުނުވާ ކަމަށެ ކަނޑައަޅައި، އޭނާ އެދިފައިވާގޮތަށް މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް )ދައުލަތު( ގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް، ސިވިލް ކޯޓުގ ނަންބަރ 536/Cv-C/2016 ޤަޟިއްޔގައާ ޙުކުމްކޮށްފައީވެއެވެ. މިއާ އަޙްމަދު އަފްޟަލްގެ ފަރޭ ތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފ ކުރުމުން ބެލެވޭ އިސްތިއުނާފ މައްސަލައެވެ. ސިވިލް ކޯޓުގެ ނިންމުން:
5ސިވިލް ކޯޓުގެ ނަންބަރ 536/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ، " ދެންފަހެ، އިސްވެދިޔަބަޔާންތަކަށާއ ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް ކަމުގެ މަޤާމުގައި ހުރި އދ. މާމިގިލި ފްރީޕާކ އަޙްމަދް އަފްޟަލް 10 ޖޫން 2010 މިތާރީޚުގައި ފުލހުންގު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު: 2008/5 )ފުލުހުންގެ ޤާނޫނު( އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފުލުހުންގެ ވަޒީފާއާއި ބެހޭ ޤަވާޢިދާއި ޑިސިޕްލިނަރީ އަދ އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާއި ބެހޭ ޤަވާޢިދާއި އެއްގޮތަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް ކަމުގެ މަޤާމުގެ ވަޒީފާއިން އަޙްމަދު އަފްޟަލް ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު: 2008/5 )ފުލުހުންގެ ޤާނޫނު( އާއި ފުލުހުންގެ ވަޒީފާއާ ބެހި ޤަވާޢިދާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކުން އަދަބު ދިނުމާއި ބެހޭ ޤަވާޢިދާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި، ބުނެވިދިޔ ގޮތުގަ މައްޗަށް އަޙްމަދު އަފްޟަލް އެދިފައިވާ ގޮތަށް އެވަޒީފާއާއި މުސާރައާއި ޢިނާޔަތްތަކާއި ކުރިއެރުން އަޙްމަދު އަފްޟަލް އަށް ލިބިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި ދިވެހި ދައުލަތުގެ މައްޗަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއް ނެތް ކަމަށ ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކާ ތާތު ކާއި، އެ ނުކުތާތަކަށް ދީފައިވާ ރައްދު:
6ސިވިލް ކޯޓުގެ ނަންބަރ 536/Cv-C/2016 ޤްޟިއްޔާއިސްތިއުނާފުކުރަމުނ އަޙްމަދް އަފްޟަލްގ ފަރާތުނ
03 )ތިނއެ ( އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ . މްގޮތުނާއަޙްމަދު އަފްޟަލްގެ ފަރާތުނ ހުށަހަޅާފައިވާ، )ހ( ފެރަތަމ އިސްތިއުނާފަ ނުކުތާއަކީ، ފުލުހުންގެވަޒީފާއާބެހ ޤަވާޢިދުގެ 24 ވަނަ މާއްދާ އާއި 25 ވަނަ މާއްދާއާ ޚިލާފަށް، ސިވިލް ކޯޓުގެ ނަންބަރު 536/Cv-C/2016 ޤާޟިއްޔާނިންމާފައިވ ކަމަށި ބުނެ ހުށަހެޅ ނުކުތާއވެ. މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުނު އަޙްމަދް އަފްޟަލްއާ ޙަވާލުކުރުމުގައި، ޢާންމުކޮށް ޢަމަލު ކުރާ އުޞޫލާ އެއްގޮތަށް، އޭނާގެ ފޯނަށް ގުޅާ ޗިޓް ޙަވާލުކުރުމަށް މަސައްކަތްކުރެވުނު ކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމާފައިވަނީ އެ މާއްދާތަކާއި ޚިލާފަށްކަމަށް ބުނެވޭނެ އެސާސެއް ނެތްކަމުގައެވެ. )ށ( ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރ 536/Cv-C/2016 ޤަޟިއްޔާ ނިންމާފައިވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، )މިނުކުތާގެތަފްޞީލުގައ އިސްތިއުނާފުކުރި ފަރާތުން ބަޔާންކޮށްފައިވާ( ހައިކޯޓުގެ ނަންބަރ 2012/HC-A/305 ޤަޟިއްޔާގައި، ކޯޓުން ކުރިން ފައިޞަލާކޮށް ނިމިފައިވާ ކަމެއްގައި އެ ނޫން ގޮތަކަށް ޙުކުމު ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވނަމަވެސް، ސިވިލް ކޯޓުގެ ނަންބަރ 2275/Cv-C/2013 ޤަޟިއްޔާއިން، އިސްތިއުނާފު ކުރެވިފައިވާ ނަންބަރު 536/Cv-C/2016 ޤަޟިއްޔާ ގައު ބެލެވުނު ކަންކަމަށް ގޮތެއް ކަނޑައަޅާފައި ނުވާއިރު، ހައިކޯޓުގެ އެ ޤަޟިއްޔާއަކީ މ މައްސަލައަށް ތަޠްބީޤުކުރެވޭނެ ޤަޟިއްޔާއެއް ނޫންކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރ 536/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށް ބުނެވޭނެ ހަމައެއް ނެތްކަމުގައެވެ. )ނ( ތިންވަނުއިސްތިއުނާފީ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/27 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2012/HC-A/85 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ ޤާނޫނީ ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރ 536/Cv-C/2016 ޤަޟިއްޔާ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުނ ބަޔާންކޮށްފައިވާ ޤަޟިއްޔާތަކުން އެފަރާތުން ސާބިތުކޮށްދިނުމަށް ބޭނުންވާ މައިގަނޑު ނުކުތާއަކީ ސިވިލ ކޯޓުގެ ނަންބަރ 536/Cv-C/2016 ޤަޟިއްޔާ ނިންމުމުގައި، އިސްތިއުނާފުކުރާ ފަރާތް ވަޒީފއިނާ ވަކިކުރުން ބިނާކުރި ހެއްކާއި ޤަރީނާ ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާކަން ކަމަށާއި، ނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލު އިންޞާފުގެ ހަމަތަކުގެ މަތީންކަނ ނުވަތް ނޫންކަން ކަށަވަރުކުރުމަށް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި އެ މުވައްޒަފީ ކ ތަބާވާ އިދާރާއިން ނިންމި ނިންމުން ބިނާކުރި ހެކި ޤަރީނާ އަލުނ ކޯޓަށް ހުށަހެޅް ވަޒަންކުރަންޖެހޭނެ ކަމަށް ދައުލަތުން ނުދެކޭކަމަށާއި، ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭނ އެ ފަރާތެއް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤް އިމްކޮށްފައިވޭތ އާއި އެ ފަރާތުގެ މައްޗަށް ތުހުމުކުރެވޭ ޢަމަލަކީ އެ ފަރާތެއްގެ މައްޗަށް މަދަނީ މިންގަނޑުން ކުރިކަމަށް ސާބިތުވާ ކަމެއްގެ މައްޗަށްކަން ދައުލަތުން ފާހަގަކުރާކަމަށެވެ. އަދ ސިވިލް ކޯޓުގެ ނަންބަރ 536/Cv-C/2016 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށް ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕާލިނަރީ ބޯޑުން ކުރި ތަޙުޤީޤަށް ސާބިތުވެފައިވާ ކަންކަމުގެ މައްޗަށް ކަމުގައިވާއިރު، އެކަންކަން ނަފީކުރުމަށް،ޑިސިޕްލިނަރީ ބޯޑުން މައް ސަލަ ބެލިއިރުވެސް އަދި ސިވިލް ކޯޓް ގައިވެސް، އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުނ ބަޔާންކޮށްފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚލާފަށި ނޫން ކަމުގައެވެ.
7ޕްރިސިޑެންސް 1މ މައްސަލައިގައި އިސްތިއުނާފުކުރާއަޙްމަދު އަފްޟަލް ޙަވާލާދީފައިވާ ސިވިލް ކޯޓުގެ ނަންބަރ 2275/Cv-C/2013 ޤަޟިއްޔާއަކީ މައުޟޫޢީ ގޮތުން ބަލައި ފައިޞަލާކޮށްފައިވާ ޤަޟިއްޔާއެއް ނޫނެވެ. އެ ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު: 536/Cv-C/2016 ޤަޟިއްޔާއަށް އަސަރުކޮށްފައެއް ނުވާނެއެވެ. އަދި އިސްތިއުނާފީ ނުކުތާތަކުގައިއަޙްމަދު އާފްޟަލު ޙަވާލާދީފައިވާ ޤަޟިއްޔާތަކަށްފަހު، ފުލުހުންގެ ވަޒީފާއާބެހޭ މައްސަލަތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މުހިންމު ނިންމުންތަކެއް ނިންމާފައިވެއެވެ. އަދި މި ނިންމުންތަކަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެތީވެ، މ މައްސަލައިގައި ސުޕްރީމް ކޯޓުގް ފަހުގެ ނިންމުންތައް ބަލާލެވިފައިވާނެއެވެ.
8ޕްރިސިޑެންސް 2ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވ ޢާންމު ހަމަތަކާއި މިންގަނޑުތަކޯއާ ނޫނެވެ. އަދި ފުލުހުންގެ ޤަވާޢިދުތަކާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޢާންމު ޤާނޫނުގެ ދަށުން ރިޢާޔަތްކުރި ސބިތުކުރުމުގާ މިންގަނޑަށްވުރެ ލުއިވާންޖެހީ ނެކަން ދިވެހިރާއްޖޭގެ ސުޕު ރ މ ކޯޓނ ބަލް ނިންމާފައިވާ މުޙައްމަދު ޝަމްޢޫން ނަޞީރު ވ ދިވެހި ދައުލަތް )2021( އެވެކިޔުނު ޤަޟިއްޔާގައި އުކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 20 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވެއެވެ.
9މ މައްސަލައި އިސްތިއުނާފުކޮށްފައިވާ އަޙްމަދު އަފްޟަލީމޯލްޑިވްސް ޕް ލިސް ސަރވިސްގެ ވަޒީ ފާއިނ ވަކިކޮށްފައިވަނީ 10 ޖޫން 2010 ގައެވެ. އަދި އޭނާ ވަޒީފާއިނޭވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނި މާއްދާގަ )ށ( އަށެ ރިޢާޔަތްކޮށް ޑިސިޕްލަނަރީ އަދި އިދާރީ ކުށްތަކާއު އެކުށްތަކަށް އަދަބު ދިނުމާއި ބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ )ކ( ގެ ދަށުންނެވެ. ސުޕުރްމް ކޯޓު ގ ނަންބަރ: A/17-SC/2019 ޤަޟިއްޔާ .
10ޕްރިސިޑެންސް 3ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ސުޕްރމ ކޯޓުން ބަލް ނިންމާފައިވާ މުޙައްމަދާ ޝަމްޢޫން ނަޞީރު ވ ދިވެހި ދައުލަތީ )2021( އެވެކިޔުނު ޤަޟިއްޔާގައި އެ ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 21 ވަން ނަންބަރުގައި ފާހަގަކޮށފައިވަނީ، "ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރި ވިސްގ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅައްޖެނަމަ، ފުރަތަމަ، ކޯޓުން ބަލަންވާނީ އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑާ ށ ބުރަވެވުން ބެރަވުން ބިނާވާ އެކަށޭނަ ހެއްކަ އ އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްތޯ ނުވަތަ ނޫންތޯއެވެ. ދެވަނެކަ ކަމަކަށް ކޯޓުނ ބަލަންވާނެ ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބައ އޮތްކަމަށް އ ބޯޑަށް ގަބޫލުކުރެވުނު ސ ބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއ ކޮށްފައިވޭތޯއެވެ." މިފަދައިންނެވެ. އަދި އެ ރ އ ޔުގ 22 ވަނަ ނަންބަރުގައި ފާހަގަކޮށފައިވަނީ، "ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވާ ކަމަށް ބެލެވޭނީ އެންމެ ކުޑަމިނުން، އެ ފުލުހަކު ވަކިކުރުމުގެ ކުރިން ގާނޫނާއި ނުވަތަ ގަވާއިދާއި ނުވަތަ ކޯޑް ކޮންޑަކްޓާއި ނުވަތަ ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތަކާއި ނުވަތަ އުސޫލަކާ ޚިލާފުވެއްޖެ ކަމަށް ފެންނަ ސަބަބުތައް )އޭރަކު ދެވެން ހުންނަ ތަފްސީލާއެކު( އެ ފުލުހަކަށް އެންގުމަށްފަހު، އެ ކަންކަމާ މެދު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ މައްސަލަތައް ބަލާ ބޯޑުން ނުވަތަ ކޮމިޓީއިން އެ ފ ލުހް ކަށް އެ ކަންކަމާބެހޭ ގޮތުން ބޯޑުގެ ނުވަތަ ކޮމިޓީގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ނަމައެވެ. މީގެ އިތުރުން ސުޕްރެމް ކޯޓީ ގ ނަންބަރ: A/17-SC/2019 ޤަޟިއްޔާ . އެ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނުވަތަ އެ ނޫންވެސް ތައުދީބީ ފިޔަވަޅެއް އަޅަން ބޯޑުން ނުވަތަ ކޮމިޓީއިން ނިންމައިފިނަމަ، ބޯޑުން ނުވަތަ ކޮމިޓީއިން ނިންމި ނިންމުން ލިޔުމަކުން އެ ފުލުހަކަށް ރައްދުކުރަންވާނެއެވެ. ބޯޑުން ނުވަތަ ކޮމިޓީއިން ނިންމާ ނިންމުމުގައި ބޯޑގ ނުވަތެ ކޮމިޓީގެ ނިންމުން ބިނާކުރި ސަބަބުތައް ބަޔާންކުރަންވާނެއެވެ." މިފަދައިންނެވެ.
11ޕްރިސިޑެންސް 4އަޙްމަދު އަފްޟަލެ ގެ މައްޗަށް ތުހުމަތުކޮށްފައިވަނީ،ކެމްޕަސް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ފޭރިގަނެ، މީހެއްގެ ގައިގާ ކަޓަރުއަޅް ޒަޚަމްކޮށްލި މައްސަލާގައްއަޙްމަދު އަފްޟަލާ ޢަމަލީގޮތުން ބައިވެރިވެފައިވު ކަމުގެ ތުހުމަތެވެ.ޕޮލިސް ކޮންސްޓަބަލްގެ މަޤާމުގައި އޭރު ވަޒީފާ އަދާކުރަމުންދިޔަ އަޙްމަދ އަފްޟަލގެ މައްޗަށް ކޮށްފައިވާ މި ތުހުމަތާ ގުޅޭ ވަޒީފާގެ މައްސަލަ، 11 ޖަނަވަރީ 2010 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާފައިވެއެވެ. އާ ފޯމުގައި މައްސަލައާ ގުޅޭގޮތުން ހުށަހަޅާފައިވާ ހެކިތައްކަމަށް ބަޔާންކޮށްފައިވަނީ، )ހ( އަޙްމަދު އަފްޟަލާ ކިޔައިދިން ތަންތަނުން މައްސަލެއ ގުޅުންހުރި ފައިސާއާ އަދި އެހނިހންތަކެތ ފެނިފައިވާކަން. )ށ( ފޭރުމުގައި މީނާގެ ސައިކަލް ބޭނުންކޮށްފައިވުން. މި ހެކިތައްކަމަށެވެ. އަޙްމަދް އަފްޟަލް މި ހެކިތަކަށްއިންކާރުކޮށްފައިވިއަސް، ދައުލަތުން މި ހެކިތައް ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.ދައުލަތުން ބުނެފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލު އިންޞާފުގެ ޑިސިޕްލިނަރީބޯރޑަށ މައްސަލް ހުށަހަޅަ ފޯމާ )ފޯމު ނަންބަރ: 55/DBMF/2010( ހަމަތަކުގެ މަތީންކަނ ނުވަތް ނޫންކަން ކަށަވަރުކުރުމަށް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި އެ މުވައްޒަފަކު ތަބާވާ އިދާރާއިން ނިންމި ނިންމުން ބިނާކުރި ހެކި ޤަރީނާ އަލުން ކޯޓަށް ހުށަހްޅު ވަޒަންކުރަންޖެހޭނެ ކަމަށ ދައުލަތުން ނދެކޭކަމަށްވެ. އަދި ކޯޓުތަކުގެ ދަޢުރަކީ އަލުން އަނެއްކާ ތަޙްޤީޤެއް ހިންގާ، އެ ފަރާތުގެ މައްޗަށ ތުހުމަތުކުރެވިފައިވާ ކަމަކީ މަދަނީ މިންގަނޑުން ސާބިތުވާ ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ނޫންކަމަށެވް . މޯލްޑިވްސ ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުނި ބިނާކުރި އެއްވެސް ހެއްކެއް މ މައްސަލައިގައް ދައުލަތުން ހުށަހަޅާފައިނުވާތީ،އެ ނިންމުން ނިންމާފައިވަނީ ތުހުމަތުގެ ޙަޤީޤަތް ހޯދުމަށް ބޯޑުން މަސައްކަތްކުރުމަށް ފަހުގައިކަން އަދި އެނިންމުން ނިންމާފައިވަނީ އެކަށީގެންވާ ހެކީގެ މައްޗަށްކަން ދައލަތަށ ސާބިތުކޮށްދެވިފައެއް ނުވެއެވެ. ވަޒީފާއާބެހޭ މައްސަލަތަކުގައި ޤާއިމުވެ އިސްތިޤު ރާރުވެފައިވ އެއާ ޢާންމު މަބްދައުއަކީ، އެ މީހަކު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށްކަން ސާބިތުކޮށް ދިން މަކީ ވަޒީފާއިން ވަކިކުރި ފަރާތުގެ ޒިންމާއެކެވެ. މޯލްޑިވްސް ޕޮލިސްސަރވިސްގްވަޒީފާއިނީއަޙްމަދު އަފްޟަލް ވަކިކޮށްފައިވަނީ އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށްގެންކަން ދައުލަތަށް ސާބިތުކޮށްދެވިފައިފައިނުވާތީ، އަޙްމަދު އަފްޟަލް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށެވެ.
12ދެން މި މައްސަލައިގައި ބަލަން އޮތް ކަމަކީ، އަޙްމަދު އަފްޟަލް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯއެވެ.އަޙްމަދު އަފްޟަލްގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން މޯލްޑިވްސ ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ބަލަމުންދިޔަ މައިސަލައިގައި އަޙްމަދު އަފްޟަލް އަށާ ދެ ފ ޢުވުމުގ ފުރުޞތަ ދީފައިވެއެވެ. މި ގޮތުނި ބޭއްވުނު ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމުގައްއަޙްމަދު އަފްޟަލް އަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 4.3.2 ވަނަ ނަން ބަރުގައި. ބައިވެރިވުމުގެ ފުރުޞަތު ދީފައިވެއެވެ. އަދި އެ ފުރުޞަތުގައި އަޙްމަދް އަފްޟަލުއަށ ވަކީލަކު ޢައްޔަނުކުރުމް ގެ ފުރުޞަތުވެސް ދީފައިވެއެވެ. އެހެންވިނަމްވެސުއަޙްމަދު އަފްޟަލް މި ފުރުޞަތުގެ ބޭނުން ހިފާފައެއް ނުވެއެވެ.
13އަޙްމަދު އަފްޟަލް އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމުމަށްފަހު، އެކަން އަޙްމަދު އަފްޟަލް އަށް އެންގް މަށްޓަކައްއެ ސަރވިސް އިން ފޯނުން ގުޅުމަށް މަސައްކަތްކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި މިކަމަށް އަޙްމަދު އަފްޟަލް އިންކާރުކޮށްފައިވެއެވެ. އަދި މިކަން ސާބިތުކުރުމަށްޓަކައި ދައުލަތުންހުށަޅާފައިވ ހެއްކަކާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސް ސެކި ޝަނުގ ލޮގް ފޮތުގެ ގަނޑެކެވެ. އެ ގަނޑުގައ އަޙްމަދް އަފްޟަލިއަށް ނުގުޅިވާކަމަށ ލިޔެފައް ވެއެވެ. އަޙްމަދު އަފްޟަލް އަށް ފ ނުން ގުޅުމަށް މަސައްކަތްކޮށްފައިވާކަމަށް އަޙްމަދު އަފްޟަލް އިންކާރުކުރުމުން ދައުލަތުން މި ލިޔުމަށް ބާރުދޭ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.މީގެ އިތުރުން އަޙްމަދ އަފްޟަލް ވަޒީފާއިން ވަކިކުރެވިފައިވާކަން އިޢްލާނެއްގ ގޮތުގައެ ފުލުހުންގެ ނޯޓިސް ބޯޑުގައި ބަހައްޓާފައިވާނެކަމަށ ދައުލަތުން ބުނެފައިވެއެވެ.މި އިޢްލާނުގ މުއްދަތުގައި އަޙްމަދު އަފްޟަލް ހުރީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި އެ ނޯޓިސް ބޯޑު ބަލާލުމުގެ ފުރުޞަތެއް އަޙްމަދު އަފްޟަލްއަށިލިބިފައިވާކަނ އެނގޭކަށް ނެތެވެ. އަދްއަޙްމާދު އަފްޟަލުއަށް އޭނު ވަޒީފާއިން ވަކިކޮށްފައިވާކަން އެންގުމަކީ، އަޙްމަދ އަފްޟަލ ވަޒީފާއިން ވަކިކުރި ސަބަބާއެކީއެކަނ އޭނާއަށް އެންގުމެވެ. މިހެންކަމުން މ މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިވާކަމަށް އަހުރެން ނުދެކެމެވެ. މޯލްޑިވްސ ޕޮލިސް ސަރވިސްގެ ޑިސިޕްލަނަރީ ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އ ދ ވަކީލަކު ޢައްޔަނުކުރުމަށް ފުރުޞަތު ދިންކަން އަންގާ ލިޔުން )11 މެއި 2010.(
14ޕްރިސިޑެންސް 6މި މައްސަލައިގައި އަޙްމަދު އަފްޟަލް އަދާކުރަމުންދިޔަ ވަޒީފާއިން އޭނަވަކިކޮށްފައީ ވަނީ މިއުޟޫޢ ޢަދުލުވެރިކަމާއި އަދ އިޖުރާއީ ޢަދުލުވެރިކަނެފުރިހަމައަށ ޤާއިމުނުކޮށް ވެ.އަޙްމަދު އަފްޟަލީ މޯލްޑިވްސ ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ 10 ޖޫން 2010 ގައެވެ. މިހެންކަމުންމިހާރު އްޙްމަދ އަފްޟަލ ވަޒީފާއިން ވަކިކުރުމަށްފަހު 10 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެ ގޮސްފައިވެއެވެ.
15ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާ ނިންމާފައިވާ ޢަބްދުﷲ ޖާމިޢު ވ އެޓަރނީ ޖެނެރަލްގެ އޮފީސް )2021( އެވެކިޔުނު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެރުއެ ޔގ 30 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ، "ޢަބްދު ﷲ ޖާމިޢުއަށ 8 ނޮވެމްބަރު 2006 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމައްސައިދިންކަނ އެނގެން އޮންނައިރު، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވާ 17 އޯގަސްޓް 2009 އިން ފެށިގެން 11 އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވާ ފަހުން، ޢަބްދުﷲ ޖާމިޢެގެ ވަޒީފާ އަލުން އަނބުރާ ރުޖޫޢަކުރަން އެންގުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމުގައި ނުދެކުމެވެ. އެހެނީ، ފާއިތުވި މ އްދަތުގެ ތެރޭގައި ފުލުހުންގެ ތެރެއަށް އަލަށް ރެކްރޫޓްކުރާ މީހުންގެ ޝަރުޠުތައް ބަދަލުވުމުގެ އިހުތިމާލު އޮތުމާއި، ޢަބްދީﷲ ޖާމިޢުއ އެކާ ރެކްރޫޓ ކުރު ފުލުހުންވެސް އިތުރު ތަމްރު ންތައް ހަދައި، އެމީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފަދަ ކަންކަން މިހާރު ބަދަލުވުމުގެ ފުރުޞަތު އޮތްއިރު، ފުލުހުންކުރާ މަސައްކަތުގެ ޠަބީޢަތަށް ރިޢާޔަތްކުރުމާއެކު، ޢަބްދުﷲ ޖްމިޢުއަށް މިހާރައެ އިދާރާއިން ޕޮލިސް ކޮންސްޓަބަލްގެ ވަޒީފާ ހަމަޖައްސައިދިނުމަށް އެންގުމަކީ އެންމެ ރަނގަޅުގޮތް ކމުގައަ ނުވާތީއެވެ." ސުޕްރީމް ކޯޓުގެ ނަންބަރު: A/75-SC/2019 ޤަޟިއްޔާ މިފަދައިންނެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ވަޒީފާއަށް އަލުން ރުޖޫޢަކުރުމުގެ ބަދަލުގައި، ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ނިންމާފައިވެއެވެ.އަދި ގެއްލުމުގެ ބަދަލު ކަނޑައެޅުމަށްޓަކައި އެ މައްސަލަ ސިވިލ ކޯޓަށް ތަހުވީލުކުރުމަށްޓަކައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހވީލުކޮށްފައިވެއެވެ.
16ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ރުއެ ޔގ 30 ވަނި ނަންބަރުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރުގައި، މި މައްސަލައިގައްއަޙްމަދު އަފްޟަލީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ 10 ޖޫން 2010 ގައި ކަމަށްވާތީ،އަޙްމަދު އަފްޟަލު ވަޒީފާއިން ވަކިކުރުމަށްފަހު 10 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެ ގޮސްފައިވާތީ،އަޙްމަދު އަފްޟަލޫ މޯލްޑިވްސ ޕޮލިސީ ސަރވިސްގެ ވަޒީފާއަށް އަލުން ރުޖް ޢަކުރުމުގެ ބަދަލުގައި އެންމެ ޢަދުލުވެރި ގޮތަކައަޙްމަދު އަފްޟަލް އަށް ގެއްލުމުގެ ބަދަލު ނަގައިދިނުމެވެ. އަދި މިފަދަ ގެއްލުމުގެ ބަދަލާމެދު މި މައްސަލައިގައި ވާހަކަ ދެކެވިފައިނުވާތީ، މި ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައ މި މައްސަލި ސިވިލް ކޯޓށ ތަޙްވީލުކުރަންޖެހޭކަމަށ އަހުރެން ދެކެމެވެ. • ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު:
17މިމައްސަލައިގައި، ރިޔާސަތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން 10 ވަނަ ނުކުތާއާހަމައަށ ބަޔާން ކޮށްފައިވާ ކަންކަމަށް އަހުރެން ތާއީދު ކުރަމެވެ.
18މިމައްސަލައިގައި،އަޙްމަދު އަފްޟަލުވަޒީފާއިން ވަކިކުރުމް ށ ޑިސިޕްލިނަރީ ބޯޑަށް ބުރަވެވުނު ހެކިތައް ބަޔާން ކޮށްދީފައިވެއެވެ. އެއީ، އަޙްމަދްއަފްޟަލްކިޔައިދިނި ތަންތަނުނާ މައްސަލަޔާގުޅުންހުރިފައިސާއ އަދި އެހެނިހެންތަކެތެ ފެނިފައިވުމާއި، ފޭރުމުގައް މީނާގެ ސައިކަލު ބޭނުންކޮށްފައިވާކަމަށް ޤަބޫލު ކުރޭ ހެކިތަކެވެ. ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޢާންމު ހަމަތަކާއި މިންގަނޑުތަކެއް ނޫނެވެ. އަދި ފުލުހުންގެ ޤަވާޢިދުތަކާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފާ އިވޭތ ބެލުމުގައި ރިޢާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޢާންމު ޤާނޫނުގެ ދަށުން ރިޢާޔަތްކުރި ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭކަން އެނގެއެވެ. މިޙާލަތުގައި، ހަތަރު މިލިޔަން ރުފިޔާ ހިމެނޭ ވައްކަމެއްގައި ޢަމަލަކީ ގޮތުން ފުލުހަކު ބައިވް ރިކަނ ސާބިތް ކުރުމަށު އެމައްސަލައިގައި ހިމެނޭ އެހެނ ކަންތައްތަކުގެ ބޭރުން ހަމައެކަނި އެފުލުސް މީހާ ކިޔައިދޭ ތަންތަނުން އެފޭރުމ ގުޅިފައިވާ ތަކެތި ފެންނަ ފެނުނު ފުދި އިތުރުވެއެވެ. އެހެންކަމުން، ކޯޓުން ބެލުމަށް އެހެކިތައް ހުށައަޅާފައި ނެތުމަކީ މައުޟޫއީ ޢު ދ ލ ވެރިކަން ފުރިހަމަ ނުވާކަމަށް ބުރަވެވޭނެ ސަބަބެއް ނޫނެވެ.
19މިމައްސަލައިގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ކުރެވޭ ސުވާލާއި ގުޅިގެން ބަލާއިރު، އަޙްމަދު އަފްޟަލްގ މައްޗަށު ކުރެވުން ތުހުމަތު ގުޅިގެން މޯލްޑިވްސް ޕޮލިސީ ސަރވިސްގް ޑިސިޕްލިނަރަ ބޯޑުން ބަލަމުންދިޔު މައްސަލައިގައް އަޙްމަދް އަފްޟަލް އަށު ދިފާޢު ވުމުގެ ފުރުޞަތު ދީފައިވެއެވި. މުގޮތުނީ ބޭއްވުން ޑިސިޕްލިނަރި ބޯޑުގު ބައްދަލުވުމުގައި އަޙްމަދް އަފްޟަލް އަށެ ބައިވެރިވުމުގު ފުރުޞަތާއި އަދ ވަކީލަކު ޢައްޔަނުކުރުމުގެ ފުރުޞަތުވެސް ދީފައިވެއެވް. ނަމަވެސު އަޙްމަދްއަފްޟަލ ޚިޔާރު ކުރީ ޑިސިޕްލިނަރީ ބޯޑަށް ހާޒިރު ނުވުމަށާއި ވަކީލަކުވެސ ޢައްޔަން ނުކުރުމަށެވެ.
20އިޖުރއާ ޢަދުލުވެރިކަމަކީ ގަދަކަމުން ފޯރުކޮށްދެވިދާނެ ކަމެއް ނޫނެވެ.އަޙްމަދު އަފްޟަލްގަމައްޗަށ ކުރެވުން ތުހުމަތާއިއެކު އޭނާ ވަޒީފާއިން ސ ސްޕެންޑ ކުރިކަން އޭނާއަށް އެންގިފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާއ ގުޅިގެނި އެމައްސަލަ ޑިސިޕްލިނަރީ ބޯޑުން ތަޙްޤީޤު ކުރާކަން އޭނާއަށް އެންގިފައިވެއެވެ. އަދި އެބޯޑަށ ހާޟިރުވުމަށާއި ވަކީލެއްގެ އެހީތެރިކަމާއިއެކ ޖަވާބު ދިނުމުގެ ފުރުޞަތު ދ ވިފައިވާކަން އެނގެއެވެ. އަޙްމަދ އަފްޟަލް އާމެދު ކުރެވުނު ތަޙްޤީޤާއި ގުޅިގެން އޭނާ ޑިސިޕްލިނަރީ ބޯޑަށް ޙާޟިރު ނުވުމާއި ވަކީލަކު ޢައްޔަން ނުކުރުމަކީ އޭނާ އެބޯޑަށް ޖަވާބުދާރީ ނުވުމަށް އަދުއޭނާގެ ފަރާތުން އެބޯޑަށް ދޭންޖެހޭ އެއްބާރް ލްނ ނުދިނުމަށް ކުރިކަމެއް ކަމަށް ބުރަވެއެވެ. އެހެންކަމުން، ބޯޑުން ނިންމާ ނިންމުން އެނގެން ބޭނުން ނުވަނީ ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ. މިހާލަތުގައިއެމީހައެކުރުނުރަގަޅު ޢް މަލު ނ މަންފާއެއް ހޯދުމަށް ކޯޓުން އެނާއަށ އެހީތެރިވެވިދާނެ ކަމަކަށް ނުދެކެމެވެ.
21ވީމާ، މިމައްސަލައިގައި، ދަށު ކޯޓުން ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ކަމަށް އަހުރެންނަކަށ ބުރައެއް ނުވެވުނެވެ. • ޙުކުމް: ދެންފަހެ،އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފުކުރި ފަރާތުނ ހުށަހަޅާފައިވްއިސްތިއުނާފެނުކުތާތަކުގެ މައްޗަށް ބިނާކޮށު ސިވިލް ކޯޓުގ ނަންބަރ 536/Cv-C/2016 ޤަޟިއްޔާ ގްޙުކުމް ބާޠިލުކޮށް،މޯލްޑިވްސ ޕޮލިސް ސަރވިސްގެ ވަޒީފާއިނީއަޙްމަދު އަފްޟަލް ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، އަޙްމަދު އަފްޟަލި އަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައ ޤާނޫނު ނަންބަރ: 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު ( ގެ 46 ވަނަ މާއްދާގެ
- ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާ (ށ)
- ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) (ދަށު ކޯޓުގެ ޙުކުމުގައި)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-A/17 (މުޙައްމަދު ޝަމްޢޫން ނަޞީރު ވ ދިވެހި ދައުލަތް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2019/SC-A/75 (ޢަބްދުﷲ ޖާމިޢު ވ އެޓަރނީ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާ
- ސިވިލް ކޯޓުގެ 2275/Cv-C/2013 ޤަޟިއްޔާ (ކުރީގެ މައްސަލަ)
- ބެންޗު
- ހާތިފް ޙިލްމީ، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ހާތިފް ޙިލްމީ · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- މުޙައްމަދު ނިޔާޒް