ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/288
އަޙްމަދު ޝިމާޢު ވ. އިބްރާހީމް ވަޙީދު ޢަލީ، 2023/HC-A/288
Ahmed Shimaau v. Ibrahim Waheed Ali 2023/HC-A/288 (2023/HC-A/288, High Court of the Maldives, 18 December 2024)
އަޙްމަދު ޝިމާޢު ވ. އިބްރާހީމް ވަޙީދު ޢަލީ
މައިގަނޑު ސުވާލު
ކުރިން ނިހާއީ ޙުކުމަކުން ދަމަހައްޓާނެ ތަނެއް ނެތްކަމަށް ކަނޑައެޅުނު ކުލީގެ އެއްބަސްވުމެއްގެ ދަށުން، އެ އެއްބަސްވުމުގެ ބާކީ މުއްދަތަށް ކުލި ހޯދުމަށް ހުށަހެޅި އާ ދަޢުވާއެއް އިޝޫ އެސްޓޮޕަލްގެ ދަށުން މަނާވޭތޯއާއި، ދަށުކޯޓުން ގޮތެއް ނުނިންމާ ދޫކޮށްލި އިޖުރާއީ ނުކުތާއަކާމެދު އިސްތިއުނާފީ ކޯޓަށް ގޮތެއް ނިންމިދާނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު (އިޝޫ އެސްޓޮޕަލް)؛ އިތުރު އިސްތިއުނާފަށް ރިޢާޔަތްނުކުރެ
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފީ ނުކުތާތަކުގައި އިޖުރާއީ ނުކުތާއާއި މައުޟޫޢީ ނުކުތާ ހިމެނޭނަމަ، މައުޟޫޢީ ނުކުތާތަކަށް ރިޢާޔަތްކުރުމުގެ ކުރިން އިޖުރާއީ ނުކުތާއަށް ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ދަށުކޯޓުގައި ހުށަހަޅައި އަނެއް ފަރާތުން ރައްދު ދީފައިވާ އިޖުރާއީ ނުކުތާއަކާމެދު ދަށުކޯޓުން ގޮތެއް ނުނިންމައި މައުޟޫޢުގައި ގޮތް ކަނޑައަޅާފައިވާނަމަ، އެ ނުކުތާއާމެދު އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18–20)
- މައްސަލައެއްގައި އިޝޫ އެސްޓޮޕަލް ޤާއިމުވަނީ (ހ) ހުށަހަޅާ ނުކުތާއަކީ ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއަކަށްވުން، (ށ) އެ ނިންމުމަކީ ނިހާއީ ނިންމުމަކަށް ވެފައިވުން، (ނ) ކުރީގެ މައްސަލައާއި ފަހުގެ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއްކަމުގައިވުން، މި ޝަރުޠުތައް ފުރިހަމަވާނަމައެވެ (ސުޕްރީމް ކޯޓުގެ 2016/SC-A/25 ބަނީ ހޯލްޑިންގްސް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20.1)
- އެއްބަސްވުމެއް ދަމަހައްޓާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ބާޠިލުކޮށް ކުރި ޙުކުމެއް މަތީ މަރުޙަލާގެ ކޯޓުތަކުން ދަމަހައްޓާ ނިހާއީވުމަށްފަހު، އެ ބާޠިލުކުރެވިފައިވާ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އެއްބަސްވުމުގެ ބާކީ މުއްދަތަށް ކުލި ހޯދުމަށް އެއް ފަރާތްތަކެއްގެ މެދުގައި ހުށަހަޅާ އާ މައުޟޫޢީ ދަޢުވާއަކީ އިޝޫ އެސްޓޮޕަލްގެ ދަށުން ކުރިއަށް ނުގެންދެވޭނެ ދަޢުވާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20.2–20.5)
- ދަށުކޯޓަށް ހުށަހެޅި މައްސަލައަކީ ބާޠިލުކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހުށަހެޅި މައްސަލައެއް ނޫންނަމަ ނުވަތަ ގެއްލުމުގެ ބަދަލު ހޯދުމުގެ ވަކި ދަޢުވާއެއްނަމަ ނިންމުން ތަފާތުވީހެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20.6)
- އިޖުރާއީ ނުކުތާގައި ދަށުކޯޓުގެ ޙުކުމް ބާޠިލުވާ ކަމަށް ކަނޑައެޅުމުން، މައުޟޫޢީ އިސްތިއުނާފީ ނުކުތާތަކަށާއި ކުލީގެ މިންވަރާ ގުޅޭ އިތުރު އިސްތިއުނާފަށް (2023/HC-A/315) ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 23)
1[…] އެވެ ކިޔާ ބަންޑާރަ ގްތީގެ އުތުރުބައިގައި ހަދާފައިވާ އިމާރާތް )އަށާރަ ކޮޓަރީގޯ ބްލޮކް( އަޙްމަދު ޝިމާޢ އަށު ކުއްޔަށް ދިނުމާ ގުޅޭގޮތުން އިބްރާހީމް ވަޙީދު ޢަލީއާއި އަޙްމަދު ޝިމާޢު އާ ދެމެދު އެއްބަސްވުމެއް ވެފައިވެއެވެ. އެއްބަސްވުމުގެ ދަށުން ތަނުގެ ކުއްޔަކީ މަހަކު 75,000/- )ހަތްދިހަފަސްހާސް ރުފިޔާ( އެވެ.
2މ އެއްބަސްވުމާ އެއްގޮތަށް އަޙްމަދު ޝިމާޢ ފައިސު ދައްކާފައިނުވާތީ މި ފައިސާ ހޯދުމަށާއި، ކުއްޔަށ ދިން ތަން އަނބުރާ ހޯދުމަށް އެދި އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ސިވިލް ކޯޓަށް ނަންބަރ 653/Cv-C/2010 )1440/MC/2010( ޤަޟިއްޔާ ހުށަހެޅިއެވެ.
3އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުން ދަމަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އަޙްމަދު ޝިމާޢުގެ ފަރާތުން ދައްކަންޖެހި ނުދައްކާވާ ފައިސާ ދެއްކުމަށާއި، އެއްބަސްވުމުގ ދަށުން ކުއްޔަށް ހިފި ތަން ހުސްކުރުމަށްފަހު އިބްރާހީމް ވަޙީދު ޢަލީއާ ޙަވާލުކުރުމަށެވެ.
4އ ޤަޟިއްޔާގެ ޙުކުމް ތަންފީޛްކޮށްދިނުނ އެދް އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުންސިވިލ ކޯޓަށް 3 2 ތަންފީޛީ މައްސަލައެއް ހުށަހެޅިނަމަވެސް، މައުޟޫޢީ ޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓުގައި އެއިރު އިސްތިއުނާފުކުރެވިފައިވާތީ، އެ ތަންފީޛީ ޤަޟިއްޔގާ ދައުވާ ފޯމު ބާޠިލްކޮށްފައިވެއެވެ. . ދަށު ކޯޓަށް ހުށަހެޅުނު ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުނ . ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 )1440/MC/2010( ޤަޟިއްޔާ
5އެގޮތުން ސިވިލް ކޯޓގުނަންބރަ 653/Cv-C/2010 )1440/MC/2010( ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުނ،ސިވިލް ކޯޓުގެއްނިންމުނ ހައިކޯޓުން ދަމަހައްޓާފައިވެއެވެ. ހަމައެހެންމެ، އެ ނިންމުންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަނުވެސް ދަމަހއްޓ، 8 މާރިޗު 2020 ގައި ޙުކުމްކޮށްފައިވެއެވެ.
6އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިމުނުތާ 1 )އެކެއް( އަހަރު ފހުނަ 26 ޖަނަވަރީ 2021 ތާރީޚުގައި، އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން މި މައުޟޫޢުގައި ދެވަނަ މައުޟޫޢީ މައްސަލުސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރ 279/Cv-C/2021 ޤަޟިއްޔާއެވެ.
7އެގޮތުން ސިވިލް ކޯޓުގެ ނަންބަރ 279/Cv-C/2021 ޤަޟިއްޔާގައި ކުރެވުނު ދައުވާއަކީސިވިލ ކޯޓުގެ ނަންބަރ 653/Cv-C/2010 ޤަޟިއްޔާގެ ޙުކުމުން 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށްވާ ކުލީގެ ފައިސާ ނަގައިދީފައި ވީނަމަވެސް އެ ޙުކުމަށް ފަހު މޭ 2012 އިނ ފެށިގެން އެއްބަސްވުމުގް މުއްދަތު ހަމަވަންދެންވެސް ދަޢުވާލިބޭ އަޙްމަދު ޝާމެޢު ތަން ބޭނުންކޮށްފައިވާތީ އެތަން ބޭނުންކޮށްފައިވާ މުއްދަތަށްވާ ކުލީގެ ފައިސާ އަޙްމަދު ޝިމާޢުގެ އަތުން ހޯދުމަށް އެދި އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން އަޙްމަދު ޝިމާޢުގ މައްޗަށ ހުށަހެޅި ދައުވާއެވެ.
8ސިވިލް ކޯޓުގެ ނަންބަރު 279/Cv-C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނިއަންން ނިވި ފަދައިންނވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު 2014/SC-A/09 ޤަޟިއްޔާ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، […] އެވެކިޔާ ބަންޑާރަ ގޯތީގެ އުތުރުބައިގައި ހަދާފައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި ދަޢުވާލިބުނު ދަފްތަރު ނަންބަރ 2561، މާލެ އަޙްމަދު ޝިމާޢުގެ ކިބައިން ނަގައިދިނުމަށް ދައުވާކުރާ […] ވަޙީދު ޢަލީގެ ފަރާތުން އެދިފައިވާ ޖުމްލަ 1,575,000/-ރ. )އެއްމިލިޔަން ފަސްލައްކަ ހަތްދިހަފަސްހާސް ރުފިޔާ( އިބްރާހީމް ވަޙީދު ޢަލީއަށް ލިބިދިނުމުގެ ގޮތުން، 2023 ޖޫން 12 އިން ފެށިގެން 5 )ފަހެއް( މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ދަޢުވާލިބުނު އަޙްމަދު ޝިމާޢުއަށް އަންގައި ޙުކުމް ކޮށްފީމެވެ."
9މިއީ ބުނެވުނަސިވުލ ކޯޓުގް ނަންބި ރ 279/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، ދަފްތަރު ނަންބަރ 2561، އަޙްމަދު ޝިމާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނުބެލް ނަންބަރ 2023/HC-A/288 ޤެޟިއްޔެއާ ވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލީ، […] އިބްރާހީމް ވަޙީދު ޢަލީ އެވެ.
10ބުނެވުނު ޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނުކަން އިބްރާހީމް ވަޙީދު ޢަލީ އަށް މިކޯޓުން އެންގުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންއިތުރު އިސްތިއުނާފުގެ މައްސަލައެއާއިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން މިކޯޓަށް ހުށަހެޅިއެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ އިތުރު އިސްތިއުނާފަށް ދެވިފައިވާ ޤަޟިއްޔާ ނަންބަރަކީ 2023/HC-A/315 އެވެ. މިއިތުރު އިސްތިއުނާފުގައި އިސްތިއުނާފުރައްދުވ ފަރާތަކީ އަޙްމަދު ޝިމާޢުއެވެ.
11މީރިޕޯޓަކ ބުނެވުނު 2 )ދޭއް( ޤަޟިއްޔާ އެކުގައި ހިންގާ، މިކޯޓުން ބެލި މައްސަލައިގެ ރިޕޯޓެވެ. . ދރއ. ދރއ
12މ މައްސަލައިގައި ފުރަތަމަ ބަލާލާނީ، މި މައްސަލައިގައި ހިމެނޭ މައި އިސްތިއުނާފު ކަމަށްވާ ނަންބަރ 2023/HC-A/288 ޤަޟިއްޔާއަށެވެ. އެއަށްފަހު އިތުރު އިސްތިއުނާފުގެ މައްސަލައާ މެދު ގޮތް ކަނޑައަޅާނަމެވެ. އިސްތިއުނާފީ ނުކުތާތައި )ނަންބަރު 2023/HC-A/288 ޤަޟިއްޔާ(
13ސިވިލް ކޯޓުގެ ނަންބަރު 279/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރަމުން، މިކޯޓުގެ ނަންބަރ 2023/HC-A/288 ޤަޟިއްޔާގައި އަޙްމަދް ޝިމާޢގެ ފަރާތުނ އަންނަނިވި 07 )ހަތެއް( ނުކުތާ ހުށަހަޅާފައި ވެއެވެ.
13.1. ފުރަތަމަ ނުކުތާ އަކީ: ދަޢުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔާގެ ޙުކުމް ފައިޞަލާކޮށް ބާޠިލްކޮށްފައިވާ އެއްބަސްވުމެއް ކަމަށ ކަނޑައަޅާފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާކޮށްފައިވަނީ، އެއްބަސްވުން ދިރިދެމ އޮތްކަމަށް ބަލައި، އެ އެއްބަސްވުމުގެ މުޅާމުއްދަތަށް )ބާކީ އޮތީ މުއްދަތަށް( ކުލި ނަގައިދިނުމަށް ކަމުގައިވާއިރު، މި ނުކުތްއަކީ އިސްވެދެންނެވުނު ފަދައިން ޝަރީޢަތުން ކުރިން ފައިޞަލާކޮށްފައިވ ނުކުތާއެއްކަމުގައިވާތީ އިޝޫ އެސްޓޮޕަލްގެ އުޞޫލުގެ ދަށުން މި މައްސަލައަކީ ޝަރީޢަތުން ފައިޞެލާކުރަންޖެހޭ މައްސަލައެއް ނޫންކަމުގައި އިސްތިއުނާފުކުރާ ފަރާތުން އިޖުރާއީ ގޮތުގައި ޝަރީޢަތުގައި ފާހަގަކޮށްފައިވާ ނުކުތާއަށް މައުޟޫޢުގައި ގޮތެއް ކަނޑައަޅާފައިނުވުމާއި، އ ނުކުތާއަށް ގޮތެއް ކަނޑައެޅިނަމ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގައ ކަނޑައަޅާފައިވި އިޝޫ އެސްޓޮޕަލްގެ ދަށުން މި މައްސަލައަކީ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫނކަމަށ ބުން ފާހަގަކުރި ނުކުތާއެވެ.
13.2. ދެވަނަ ނުކުތާ އަކީ:އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކީގެ ހެކިބަހުންސިވިލ ކޯޓުގެ ނަންބަރ 653/Cv-C/2010 ޤަޟިއްޔިއާ ގުޅިގެނާ ތަން ހުސްކުރިކަމާއި، އިސްތިއުނާފުކުރާ ފަރާތުން ބަހައްޓާފައި ތިބި ފަރާތްތަކަށް ތަނުން ނުކުންނަން އެންގިކަމާއި، އަދ އެފަރާތައ ތަނުން ނުކުތްކަން ޝަފަހީ ހެކިވެރިޔާއަށް ކިޔައިދެވިފައިވާއިރު، ހަމައެކަނި ހުސްކުރި ތާރީޚު ބުނެދެވިފައިނުވާކަމަށ ބަޔާންކޮށް ތަން ހުސްކުރިކަން އެ ޝަފަހީ ހެކިވެރިޔާއަށް ކިޔައިދެވިފައިނުވާކަމަށް ނިންމައި އެ ހެކި ވަޒަންކޮށްފައިވަނީ، ހެކިވެރިޔާ ތަން ހުސްކުރިކަމަށް ބުނެފައިވާ ބުނުމަށާއި،ތަނުން އިތުރު ބަޔަކު ނިކާތާކަމަށް ބުނެފައިވްބުނުމަށާއި، ޙާދިޘާ ހިނގައިދިޔަ ތާރީޚާއި ހެކިދިނިތާރާޚ ދެމެދާ ހިނގައިދިޔަ މުއްދަތަށް ރިޢާޔަތްކުރުމަކާނުލައ ކަމުގައިވާތީ، މިހެކި ޝަރީޢަތުން ވަޒަންކޮށްފައިވަނީ މި ހެކި ޙާޟިރުކުރެވުނު މައިގަނޑު ސަބަބު )އެއީ ތަން ހުސްކުރިކަން( ޚިލާފަށްކަމާއި އަދި ހަމައެކަނި ތާރީޚް ބުނެދެވިފައިނުވާތީ މިއީ ބުއްދީގެ ހަމަތަކާ ޚިލާފުކަމެއްކަމާއި،މިހެންކަމުން އެ ހެއްކަށް ތަން ހުސްކުރިކަމަށް ބުނެދެވިފައިނުވާކަމަށ ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައިނުވާތީ، މި ޙާލަތުތަކަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގްމޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން މިއީ އިސްތިއުނާފީ ކޯޓުން މިހެކި އަލުން ވަޒަންކުރަންޖެހޭ ޙާލަތެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
13.3. ތިނވަން ނުކުތަ އަކީ:ސިވިލ ކޯޓުގް ޙުކުމާ ގުޅިގެން ތަން ހުސްކުރިކަމާއި، އަދި ދިރިއުޅުނު މީހުން ތަނުން ނެރުމަށް އިސްތިއުނާފުކުރާ ފަރާތުން އެންގިކަން އިސްތިއުނާފުކުރާ ފަރާތުނ ޙާޟިރުކުރި ޝަފަހީ ހެކިވެރިޔާއަށް ބުނެދެވިފައިވާއިރު، ތަން ހުސްކުރި ސީދާ ތާރީޚެއް ޝަފަހީހެކިވެރިޔާއަށް ބުނެދެވިފައިނުވ ކަމަށާ ބަޔާންކޮށް، ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔގާ ޙުކުމުގެ ފަހުން މ 2012 އިނ ފެށިގެން ފެބރުވަރު 2014 ގެ ނިޔަލަށް ތަން ހުރީ އިސްތިއުނާފުކުރާ ފަރާތުގެ ބެލުމުގެ ދަށުގައި ކަމުގައި ކަނޑައަޅާފައިވަނީ، އެ ޙުކުމް އައުމުގެ ފަހުން ތަން ހުސްކުރިކަން އިސްތިއުނާފުކުރާ ފަރާތުން އެންގިކަމާއި ތަނުން މީހުން ނުކުތްކަމަށްރިޢާޔަތްކުރުމަކާނުލައި، އަދި ތަން އިސްތިއުނާފުކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެނައި މުއްދަތާއި ގެނައިގޮތް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެދިނުމަކާނުލައ އަދި އެފަރާތުން އެކަން ސާބިތުކޮށްދިނުމަކާނުލައި، އަދްތަން އިސްތިއުނާފުކުރާ ފަރާތުން ބޭނުންކުރިކަމަށް ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ނެތްއިރުގައި ކަމުގައިވާތީ، މިފަދައިން ތަން ބޭނުންކުރިކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވި ސާބިތުކުރުމުގެ ޒިންމާ އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކޮށްފައިނުވއިރުގައ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
13.4. ހަތަރުވަނަ ނުކުތާ އަކީ: އިސްތިއުނާފު ރައްދުވާ ފަރާތުން ދައުވާސިވިލ ކޯޓަށް ހުށަހަޅާފައިވަނީ ހަމައެކަނި އެއްބަސްވުމެއް އޮތުމުގެ މައްޗަށް ބަލައިގެންކަމުގައިވާއިރު، އެ އެއްބަސްވުމަކީ ސިވިލ ކޯޓުގު ނަންބަރ 653/Cv-C/2010 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާ އެއްބަސްވުމެއް ކަމުގައިވާއިރު، ތަން ބޭނުންކުރިކަން މިޙާލަތުގައި ސާބިތުކޮށްދޭންޖެހެނީ އިސްތިއުނާފުރައްދުވ ފަރާތުނު ނުވަތް އެ ދަޢުވާކުރާ ފަރާތުން ކަމާއި، އެހެންނަމަވެސް ސިވިލް ކޯޓުގެ ނިންމުމުގައި ދަޢުވާގެ ސާބިތުކުރުމުގެ ޒިންމާ އިސްތިއުނާފުކުރާ ފަރާތަށް ފުރޮޅާލާފައިވަނީ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 ޤަޟިއްޔާއި ޚިލާފަށާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
13.5. ފަސްވަނަ ނުކުތާ އަކީ:ސިވިލ ކޯޓުގް ނިންމުމުގައި ތަޠުބީޤުކޮށްފައިވާދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2009/HC-A/257 ޤަޟިއްޔާ މި މައްސަލައަށް ތަޠްބީޤުކޮށްފައިވަނީ، ދެ މައްސަލައިގެ މެޓީރިއަލް ފެކްޓްސް އެއްގޮތް ނުވާ ޙާލަތުގްއި ކަމުގައިވާތީ، އެފަދައިން ތަޠީ ބީޤުކުރިކުރުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠަފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑގް ޤަޟިއްޔާގައި ކަނޑަ އަޅާފައިވާ އުޞޫލުތަކާ ޚިލާފު ކމަށ ބުން ފާހަގަކުރި ނުކުތާއެވެ.
13.6.ހަ ވަނަ ނުކުތާ އަކީ:ސިވިލް ކޯޓުގެ ނަންބަރ 653/Cv-C/2010 ޤަޟިއްޔާގެ ޙުކުމާ ގުޅިގެނ ތަން ހުސްކުރިކަން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިބަހުން އެނގެން އޮތްއިރު، ތަނެބޭނުންކުރިކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ނެތްއިރު، އަދި ތަން ބޭނުންކުރި މުއްދަތު އެނގޭނެ އެއްވެސް ހެއްކއެނެތްއިރު، މިފަދަ ޙާލަތުގައި ތަނަށް ވަދެ ތަން އިސްތިއުނާފުކުރާ ފަރާތުގާ ބެލުމުގެ ދަށަށް ގެންނަންޖެހޭކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މެރީޑިއަމ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤޟިއްޔާއިނ އެނގެން އޮތްއިރު، ބޭނުންކުރި މުއްދަތު އެނގެން ނެތްއިރު، އަދި ބޭނުންކުރި ހެއްކެއްވެސް އެނގެން ނެތްއިރު، ބާޠިލްކޮށްފައިވާ އެއްބަސްވުމެއްގެ މުޅި މުއްދަތަށް ކުލި ނަގައިދީފައިވަނީ އިސްވެދެންނެވުނު ޤްޟިއްޔާގައި ގެއްލުންކުޑަކުރުމަށ ޢަމަލުކުރަންޖެހޭކަމަށް ކަނޑައަޅާފައިވް އުޞޫލާ ޚިލާފަށާ ކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ.
13.7.ހަތް ވަނަ ނުކުތާ އަކީ: އިސްތިއުނާފީ ރައްދުވު ފަރާތުން ކުލި ހޯދުމަށް އެދިފައިވނަ 7 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ކަމުގައިވާއިރު، މިއީ އެކަށީގެންވާ ދިގު މުއްދަތެއްކަމުގައިވާއިރު، ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގް އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ލިމިޓެޑް ޤްޟިއްޔައާ ޙަވާލާދީ މި ދަޢުވާކުރުމަށް މިހާ ގިނަ ދުވަސް ހިނގައިދިޔައިރު މިއީ ދަޢުވާކުރުމަށް އެކަށިގެންވްމުއްދަތެއ ނޫންކަމަށް އިސްތިއުނާފުކުރ ފަރާތުން ފާހަގަކުރި ނުކުތާއަށް ގޮތެއް ކަނޑައަޅާފައިނުވާކަމާއި، މިޙާލަތުގައި މުޅި މުއްދަތަށް އެއްވެސް ހެއްކެއް ނެތި ކުލި ނަގައިދިނުމަކީ އިސްވެ ބުނެވުނުސުޕްރީމ ކޯޓުގް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު ޢަދުލުވެރި ނިންމުމެއްކަމުގައި ނުވކަމަށ ބުން ފާހަގަކުރި ނުކުތާއެވެ. ދެފަރާތުން މައްސަލަ ނިންމައިދިނުމަށް އެދުނު ގޮތް )2023/HC-A/288(
14މިކޯޓުގެ ނަންބަރު 2023/HC-A/288 ޤަޟިއްޔާގައި އަޙްމަދު ޝިމާޢުގެ ފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށެވެ. އަދި އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން އެދިފައިވަނީ އަޙްމަދު ޝިމާޢުގެ އިސްތިއުނާފަށް ބިނާކޮށް ދަށު ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
15ޕްރިސިޑެންސް 1މ މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އިޖުރާއީގޮތުން ފާހަގަކޮށްފައިވާ ނުކުތާ އަކާއި މައުޟޫޢީގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކެއް ހިމީނެއެވެ. އެހެންކަމުން މައުޟޫޢީ އިސްތިއުނާފ ނުކުތާތަކަށް ރިޢާޔަތްކުރުމުގެ ކުރިން އިޖުރާއީ ކަންކަން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއަށް ބަލާލާނަމަވެ.
16އެގޮތުން އަޙްމަދު ޝިމާޢުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުގައި އިބްރާހީމް ވަޙީދު ޢަލީ ދައުވާކޮށްފައިވަނީ އޭގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 653/Cv-C/2010 ޤަޟިއްޔާގެ ޙުކުމުން ބާޠިލްކޮށްފައިވާ އެއްބަސްވުމަކާ ގުޅުވާ،އެ އެއްބަސްވުމުގެ މުއްދަތަށް ކުލި ހޯދުމަށް ކަމަށެވެ. ނަމަވެސް އެއީ އިޝޫ އެސްޓޮޕަލްގެ ދަށުން ހުއްޓުވަންޖެހޭ ކަމެއް ކަމަށްވާއިރު، ދަށު ކޯޓުގައި މިމޭރުމުން ފާހަގަކުރި އިޖުރާއީ ނުކުތާއާމެދު ދަށު ކޯޓުން ގޮތް ކަނޑައަޅާފައިނުވާކަމަށެވެ. އަދި ދަށްކޯޓުން އެ ނުކުތާގައި ގޮތެއް ކަނޑައެޅިނަމަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2016/SC-A/25 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޝޫ އެސްޓޮޕަލްގެ ދަށުން މި މައްސަލައަކީ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށެވެ.
17ޖަވާބުގައި އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގައި ދަށުކޯޓުގައްކުރެވުނުމުޅިން އާ ދައުވާއެއް ކަމަށާއި، އެއީ ކުރިން ފައިސަލާކޮށްފައިވާ ނުކުތާއެއް ނޫން ކަމަށެވެ. އެގޮތުން ދައުވާގައި އެދިފައިވަނީ ސިވިލް ކޯޓުން މި މައުޟޫޢުގެ ފުރަތަމަ މައްސަލަ ނިމުނު ފަހުންވެސް އަޙްމަދު ޝިމާޢު ތަން ބޭނުންކުރަމުންދާތ، އެއްބަސްވުމުގެ ބާކީ މުއްދަތަށް ކުލި ނަގައިދިނުމަށްކަމަށެވެ. އެހެންކަމުން މިއީ އިޝޫ އެސްޓޕލް ތަޠުބީޤުކުރެވޭނެ ހާލަތެއް ނޫންކަމަށެވެ.
18ޕްރިސިޑެންސް 2މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، އަޙްމަދު ޝިމާޢުގެ ފަރާތުންދަށ ކޯޓުގައު މި އިޖުރާއީ ނުކުތާ ނަގާފައިވާކަން އެނގެއެވެ.އަދި އެ ނުކުތާއަށް އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ދަށު ކޯޓުގައި ރައްދުދ ބަޔާނީ ހުށަހަޅާފައިވެއެވެ. މި ނުކުތާގައޮދަށ ކޯޓުނު ނިންމް އިޖުރާއީ ނިންމުމުގައި ބަޔީންކީށްފައިވަނ އެ ނުކުތާއަކީ މައުޟޫޢީގޮތނ މައްސަލް ނުބެލި، ގޮތް ކަނޑައެޅޭނެ ނުކުތާއެއް ނޫން ކަމަށެވެ.
19އެހެންނަމަވެސް މައްސަލި މައުޟޫޢީގޮތުން ބެލިއިރު، އެ އިޖުރާއީ ނުކުތާއާމެދު ގޮތެއް ކަނޑައަޅާފައނެތްކަނ ދަށް ކޯޓުގު ރިޕޯޓަށް ބިލުމުނ އެނގެން އޮވެއެވެ. އަދަދަށް ކޯޓުނު ވަނީމައްސަލ މައުޟޢީގޮތުން ބަލައި ފައިސަލާކޮށްފއެވެ.
20ޕްރިސިޑެންސް 3ޕްރިސިޑެންސް 4ޕްރިސިޑެންސް 5ބުނެވުނު އިޖުރާއީ ނުކުތާއަކީ އަޙްމަދު ޝިމާޢުގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާ، އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ދަށު ކޯޓުގައި ރައްދު ދީފައިވާ ނުކުތާއެއް ކަމުގައިވެފައި، އެ ނުކުތާއާމެދު އިޖުރާއީ ނިންމުމެއް ދަށު ކޯޓުން ނިންމުމަށްފަހު، މައްސަލައިގެ މައުޟޫޢުގައި ދަށު ކޯޓުން ގޮތް ކަނޑައަޅާފައިވާތީ،މ އިސްތިއުނާފި . ސިވިލް ކޯޓުގެ ނަންބަރު 279/Cv-C/2021 ޤަޟިއްޔާގައި އިޖުރާއީ ނުކުތާއާމެދު ނިންމިގޮތް ކޯޓުން އެ ނުކުތާއާމެދު ގޮތް ކަނޑައެޅުމުގެ ޤާނޫނީ ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ. އެހެންކަމުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
20.1. މައްސަލައެއްގައި އިޝޫ އެސްޓޮޕަލް ޤާއިމްކުރަނީ އަންނަނިވި ކަންކަން ފުރިހަމަވާނަމެކަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ބަނީ ހޯލްޑިންގްސް )ބީ.ވީ.އައި( ލިމިޓެޑް ވ. މޯލްޑިވްސް އިންލަނ ރެވެނިއު އޮތޯރިޓީ މައްސަލައިގައި ބަޔާންކުރައްވާފައިވެއެވެ. އެގޮތުން އެ ކަންކަމަކީ؛ )ހ( ހުށަހަޅާފައިވާ ނުކުތާއަކީ އެ މަރުޙަލާގައި އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއެއްކަމުގައިވުނ )ށ( ހުށަހަޅާފައިވާ އެ ނުކުތާގެ މައްޗަށް އެ މަރުޙަލާގައި ކުރިން ނިންމުމެއް ނިންމާފައިވާނަމަ، އެނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން )ނ( އާ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވި މައްސަލައިގައި ހމެނެނ އެއީ ފަރާތްތަކެއް ކަމުގައިވުން، މިއެވެ.
20.2. މި މައްސަލައިގެ މައުޟޫޢުގައި ސިވިލް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަ ކަމަށްވާ 653/Cv-C/2010 ޤަޟިއްޔާގައި، ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގެ ދަށުންއެހާތަނަށް ކުލި ނަގައިދޭ، ތަން ހުސްކުރުމަށް އެނގުމާއެކު، މިދެފަރާތުގެ މެދުގައި އޮތް ޚިލާފު އުފެދުނު އެއްބަސްވުން ދަމަހައްޓާނެތަނެއ ނެތް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ. އެ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށް، ނިހާއީ ވެފައިވާ ޙުކުމެވެ. މިކަމާމެދު ޚިލާފެއް ނެތެވެ.
20.3. ބުނެވުނު މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިމުނުތާ 1 )އެކެއް( އަހަށްވުރެ ގިނަ ދުވަސްވީފަހުން، އެ ޙުކުމުން އެންގި ގޮތަށް ތަން ހުސްކޮށްފައިނުވާކަމަށް ބަޔާންކޮށް، . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ ބާޠިލްކުރެވިފައިވާބުނެވުނު އެއްބަސްވުމުގެ ދަށުނ، އެއްބަސްވުމުގެ ބާކީ މުއްދަތަށްވާ ކުލި ހޯދުމުގެ އާ ދައުވާއެއްއިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި އެވެ. އެއީ މިހާރު އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރ 279/Cv-C/2021 ޤަޟިއްޔާއެވެ.
20.4. މ މައްސަލައަށް އިޝޫ އެސްޓޮޕަލް ތަޠުބީޤުކުރެވޭތޯ ބެލުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ބަނީ ހޯލްޑިންގްސް )ބީ.ވީ.އައި( ލިމިޓެޑް ވ. މޯލްޑިވްސް އިންލަން ރެވެނިއު އޮތޯރިޓީ މައްސަލައިގައި ބަޔާންކުރައްވާފައިވާ، އިޝޫ އެސްޓޮޕަލް ގާއިމްކުރުމުގައި ފުރިހަމަވާންޖެހޭ 3 ޝަރުތަށް ވަކިވަކިން ރިޢާޔަތްކުރާނަމެވެ. އެގޮތުން؛ )ހ( އިބްރާހީމް ވަޙީދު ޢަލީގ ފަރާތުން ދަށު ކޯޓަށް ހުށަހެޅި މައުޟޫޢީ ދެވަނަ ދައުވާގައި ބަޔާންކުރާ އެއްބަސްވުމާމެދު ޚިލާފު އުފެދި، ކުލި ހޯދުމާއި،ތަން ހުސްކުރުމަށް އެންގުމާ ގުޅޭ ދައުވާ އޭގެ ކުރިން ސިވިލް ކޯޓުގެ ނަންބަރ 653/Cv-C/2010 ޤަޟިއްޔާގައްބެލި، އެއްބަސްވުން ބާޠިލްކުރުމާ ހަމައަށް ކުލި ނަގައިދީދެފަރާތުގެ މެދުގައި އޮތް އެއްބަސްވުނ ދަމަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވެއެވ. އެހެންކަމުންދެފަރާތުގެ މެދުގައި އޮތް ކަމަށު ބުން އެއްބަސްވުމުގާ ދަށުން ކުލި ނަގައިދިނުމަށް އެދޭ ސިވިލް ކޯޓުގެ ނަންބަރ 279/Cv-C/2021 ޤިޟިއްޔާގައެހުށަހަޅާފައިވާ ނުކުތާއަކީއެ މަރުޙަލާގައި އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއެއްކަމުގައިވުމުގެ ޝަރުތު ފުރިހަމަވެއެވެ. )ށ( ހުށަހަޅާފައިވާ އެ ނުކުތާގެ މައްޗަށް އެ މަރުޙަލާގައި ކުރިން ނިންމުމެއް ނިންމާފައިވާނަމަ، އެނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުމުގެ ޝަރުތު ފުރިހަމަވޭތޯ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރ 653/Cv-C/2010 ޤަޟިއްޔާގެ ޙުކުމަކީދިވެހިރާއްޖޭގ ސުޕްރީމް ކޯޓުން އެ ޙުކުމަށް ތާއީދުކޮށް ނިހާއީ ވެފައިވާ ޙުކުމެކެވެ. )ނ( އ އެއްބަސްވުމާ ގުޅޭގޮތުން ކުލި ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުނު ފުރަތަމަ އަދި ދެވަނަ މައްސަލައިގައިވެސް ހިމެނެނީ އެއް ފަރާތަތްކެކެވާ.އެހެންކަމުން އެ ނުކުތާގެ މައްޗަށ ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހެމެނެނ އެއީ ފަރާތްތަކެއް ކަމުގައިވުމުގެ ޝަރުތުވެސް ފުރިހަމަވެއެވެ.
20.5. އެހެންކަމުން އިޝޫ އެސްޓޮޕަލް ގާއިމްކުރުމުގައި ފުރިހަމަވާންޖެހޭ އެންމެހާ ކަންކަން މި މައްސަލައިގައި ފުރިހަމަވާތީ، މިހާރު އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ 279/Cv-C/2021 ޤަޟިއްޔާގައި ކުރެވުނު ދައުވާއަކީ އިޝޫ އެސްޓޮޕަލްގެ ދަށުންކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫންކަން އެނގެން އޮވެއެވެ. އެހެނީ ސިވިލް ކޯޓުން އެ އެއްބަސްވުނ ބާޠިލްކޮށް ޙުކުމްކޮށްފައިވަނިކޮށް އަދި ހަމައެހެންމެ މަތީ މަރުޙަލާގެ ކޯޓުތަކުން އެ ޙުކުމް ދަމަހައްޓާފައިވަނިކޮށް، އޭގެ އެތައް ދުވަހެއް ފަހުން،ބާޠިލްކުރެވިފައިވާ އެއްބަސްވުމެއްގެ މައްޗަށ ބިނާކޮށް، އެއްބަސްވުމުގެ ބާކީ މުއްދަތަށް ކުލި ހޯދުމަށް ކަމަށް ބުނެއ މައުޟޫޢާ ދައުވާއެއް ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާވެގެންކަނ އެނގޭކަށް ނެތެވެ.
20.6. ނަމަވެސް އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި މައްސަލައަކީ ދެފަރާތުގެ މެދުގައި ވެވުނު، )މިހާރު ބާޠިލްކުރެވިފައިވާ( އެއްބަސްވުމުގެ ދަށުން ހުށަހެޅުނު މައްސަލައެއްކަމަށ ނުވިނަމަ، ނުވަތަ އެ މައްސަލައަކީ ގެއްލުމުގެ ބަދަލު ހޯދުމުގެ ވަކި ދައުވއެއްނަމަ އަހުރެންގެ ރައުޔު ތަފާތުވީހެވެ.
21ޕްރިސިޑެންސް 6މ ނުކުތާގައި މިފަދައިން ކަނޑައެޅިގެން ދިއުމުން، އަޙްމަދު ޝިމާޢުގެ ފަރާތުން ހުށަހެޅި މައުޟޫޢީ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރުމުގެ ބޭނުމެއް މިހިނދުގައި ނެތެވެ. އިތުރު އިސްތިއުނާފުގައި ހިމެނޭ އިސްތިއުނާފީ ނުކުތާ )2023/HC-A/315(
22އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން އަޙްމަދު ޝިމާޢުގެ މައްޗަށް ހުށަހެޅި އިތުރު އިސްތިއުނާފުގެ މައްސަލަ ކަމަށްވާ ނަންބަރ 2023/HC-A/315 ޤަޟިއްޔާގައި ހުށަހެޅިފައިވަނީ 1 )އެކެއް( އިސްތިއުނާފީ ނުކުތާއެވެ.
22.1. އެ ނކުތާއަކު އިސްތިއުނާފީ ރައްދުވު ފަރާތުން ސިވިލ ކޯޓަށް ހުށަހެޅި ދަޢުވާއަކީ މޭ 2012 އިން ފެބރުވަރ 2014 ގެ ނިޔަލަށް ކުލި ދައްކާފައިނުވާތީ އެ މުއްދަތަށް، މަހަކަށް 75,000 ގ ރޭޓުން ޖެހޭ ފައިސާ ހޯއްދުންކަމަށާއ އެއި 22 މީސްދުވަސ ނަމަވެސް ސިވިލް ކޯޓުގް ޙުކުމުގައި ނަގާދީފައިވަނީ 21 މަސް ދުވަހަށްވާ ފައިސާކަމަށްވުމުން 1 މަސް ދުވހަށްވ ފައިސާ އުނިވެފައިވަ ކަމަށް ބުނެ ހުށަހަޅާ ނުކުތާއެވެ.
23މ އިސްތިއުނާފި ނުކުތާއަކީ ދަށު ކޯޓުން ނަގައިދީފައިވާ ކުލީގެ މިންވަރާ ގުޅޭ، މައްސަލައިގެ މައުޟޫޢާ ގުޅުންހުރ އިސްތިއުނާފި ނުކުތާއެއްކަމަށްވފައި، ސިވިލް ކޯޓުގެ ނަންބަރ 279/Cv-C/2021 ޤަޟިއްޔިއަކާ މައުޟޫޢީގޮތުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް އަޙްމަދު ޝިމާޢ ހުށަހެޅު އިސްތިއުނާފުގައި ކަނޑައެޅިފައިވުމާއެކު، މި ނުކުތާއަށް ވެސް މިހިނދުގައި ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ.
24އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 279/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް މި މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔާރު ޙަސަން ޝަފީޢު ގ ރ އުޔ؛
25ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ފަނޑިޔާރމު ޙައްމަދު ސަލީމުގެ ރައުޔު؛
26ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
27މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ(
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާ
- ސިވިލް ކޯޓުގެ 653/Cv-C/2010 (1440/MC/2010) ޤަޟިއްޔާ (ކުރީގެ ނިހާއީ ޙުކުމް)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2012/HC-A/215 ޤަޟިއްޔާ (ކުރީގެ މަރުޙަލާ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2014/SC-A/09 ޤަޟިއްޔާ (ކުރީގެ މަރުޙަލާ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (އިސްތިއުނާފުގެ މުއްދަތު)
- ބެންޗު
- ޙުސައިން މަޒީދު، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް