ސައިޓޭޝަން ކޮޕީ ކުރުމަށް
[2022] SC 83
އަޙްމަދު މުޖާހިދު އަދި ޙުސައިން ސަމީރު ވ. މުޙައްމަދު ޝާން، [2022] SC 83 (2021/SC-A/90)
Ahmed Mujaahidhu and Hussain Sameeru v. Mohamed Shaan [2022] SC 83 (2021/SC-A/90, Supreme Court of the Maldives, 28 November 2022)
އަޙްމަދު މުޖާހިދު އަދި ޙުސައިން ސަމީރު ވ. މުޙައްމަދު ޝާން
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން C/2017-Cv/1255 ގައި ނިންމީ ރެސްޖުޑިކާޓާއަށް ރިޢާޔަތްކޮށް ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހައިކޯޓުން (2018/HC-A/250) އަޣްލަބިއްޔަތުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވީ، ދެ ދަޢުވާގައި އެދުނީ ތަފާތު ފަރުވާ ކަމަށާއި، އިޝޫ އެސްޓޮޕަލް ނުވަތަ ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤު ނުވާނެ ކަމަށާއި، އިޖުރާއަތުގެ ނަހަމަ ބޭނުމެއް ނުހިފާ ކަމަށް ބުނެއެވެ.
23 ޖޫން 2008 ގައި ހ. ކަޅުފުރުއްގެއާގެ ޢިމާރާތުގެ 4، 5، 6 ވަނަ ފްލޯ 15 އަހަރަށް މަހަކު 9,000 ރުފިޔާއަށް އަޙްމަދު މުޖާހިދާއި ޙުސައިން ސަމީރަށް ކުއްޔަށް ދިނެވެ. C/2013-Cv/924 ގައި މުޙައްމަދު ޝާން އެއްބަސްވުން ބާޠިލުކުރުމާއި ގެއްލުމުގެ ބަދަލަށް އެދުމުން، ކުލި ނުދައްކާތީ އެއްބަސްވުން ބާޠިލުކޮށް ޙުކުމްކޮށް، ހައިކޯޓުން (2015/HC-A/351) ދެމެހެއްޓިއެވެ. 2017 ގައި ޝާން ކުލީގެ ގޮތުގައި 927,000 ރުފިޔާއާއި ޢިމާރާތްކުރުމުގެ ޚަރަދާއެކު 2,141,400 ރުފިޔާއަށް އެދި C/2017-Cv/1255 ހުށަހެޅިއެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ބަނީ ހޯލްޑިންގްސް ޤަޟިއްޔާގައިވާ އިޝޫ އެސްޓޮޕަލް އާއި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ހައިކޯޓުން ރަނގަޅަށް ތަޠުބީޤު ނުކުރާ ކަމަށާއި، ފުރަތަމަ ޙުކުމް އިސްތިއުނާފު ނުކޮށް ބޮޑު ޢަދަދަކާއެކު ދެވަނަ ދަޢުވާ ހުށަހެޅުމަކީ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން ކަމަށެވެ. ޝާން ބުނީ ފުރަތަމަ ދަޢުވާއަކީ އެއްބަސްވުން ބާޠިލުކުރުމުގެ ދަޢުވާ ކަމަށާއި، ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުން ބާޠިލުކުރުމާއި ގެއްލުމުގެ ބަދަލަށް އެދި ކުރި ދަޢުވާއެއްގައި ބަދަލު ނަގައިނުދީ ނިންމި ޙުކުމެއް ނިހާއީވުމަށްފަހު، ހަމަ އެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ގެއްލުމުގެ ބަދަލަށް އެދި ހުށަހެޅި ދެވަނަ ދަޢުވާއަށް ރެސްޖުޑިކާޓާ (އިޝޫ އެސްޓޮޕަލް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް) ނުވަތަ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ އުޞޫލު ތަޠުބީޤުވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލު؛ ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓި
ގެއްލުމުގެ ބަދަލާމެދު ކުރީގެ މައްސަލައިގައި ގޮތެއް ނުކަނޑައަޅާތީ އިޝޫ އެސްޓޮޕަލް ތަޠުބީޤު ނުވިޔަސް، އެއް ފަރާތްތަކެއް، އެއް އެއްބަސްވުމެއް، ދެ މައްސަލައިގައިވެސް ބަދަލަށް އެދިފައިވާތީ ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުވާނެއެވެ. އަދި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ އުޞޫލުން ވެސް ރެސްޖުޑިކާޓާ ތަޠުބީޤުވާތީ ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިޝޫ އެސްޓޮޕަލް ތަޠުބީޤުކުރެވޭނީ، (ހ) ހުށަހަޅާ ނުކުތާއަކީ އެ މަރުޙަލާގައި ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއަކަށް ވެ، (ށ) އެ ނިންމުން ނިހާއީ ނިންމުމަކަށް ވެފައި، (ނ) ދެ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ނަމައެވެ. ފަހުގެ ދަޢުވާގައި ހުށަހަޅާ ނުކުތާ (ގެއްލުމުގެ ބަދަލު) ކުރީގެ މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވާ ނުކުތާއެއް ނޫންނަމަ، ފަރާތްތައް އެއްކަމުގައި ވިޔަސް އިޝޫ އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-20)
- ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމުކުރަނީ، (ހ) ކުރީގެ ދަޢުވާއާ ގުޅިގެން އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން، (ށ) ދެ މައްސަލައިގައި އެއް ފަރާތްތަކެއް ހިމެނުން، (ނ) ދެ މައްސަލައަކީ ފަރަޤެއް ހުރި ތަފާތު މައްސަލަތަކަކަށް ނުވުން، އަދި (ރ) ފަހުގެ މައްސަލައިގެ ނުކުތާތަކަކީ ފަރާތްތަކުން އެކަށީގެންވާ މަސައްކަތާއި ވިސްނުންތެރިކަމާއެކު (reasonable diligence) ހުށަހެޅިނަމަ ކުރީގެ މައްސަލައިގައި ހިމެނި ގޮތް ކަނޑައެޅޭނެ ނުކުތާތަކަކަށް ވުން ފުރިހަމަވާނަމައެވެ. ކުރީގެ ނިންމުން ނިންމީ އޮޅުވާލުމެއް ހިމެނިގެން ކަމަށް ފެނިއްޖެނަމަ މި އުޞޫލުން ފަހުގެ ދަޢުވާ ނުހުއްޓުވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-23)
- އެއް ފަރާތްތަކެއްގެ މެދުގައި، އެއް ކުލީގެ އެއްބަސްވުމެއްގެ މައްޗަށް ބިނާވާ، ދެ މައްސަލައިގައިވެސް ގެއްލުމުގެ ބަދަލަށް އެދިފައިވާއިރު، ކުރީގެ ޙުކުމް ހައިކޯޓުން ތާއީދުކޮށް ދެމިއޮތްނަމަ، ފަހުގެ ދަޢުވާއަށް ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ (abuse of process) އުޞޫލަކީ، މައްސަލައެއްގައި ނިންމުން ބޭނުންވާ ހުރިހާ ނުކުތާއެއް ހިމަނައިގެން، މައްސަލައިގެ ބައިބައި ވަކިވަކިން ނޫނީ، އެއް މައްސަލައެއްގެ ތެރޭގައި ދަޢުވާ ކުރަން ލާޒިމުކުރާ އުޞޫލެވެ. ހުށަހަޅަން ހުރި ހުރިހާ ކަމެއް ހުށަނާޅައިފިނަމަ، ވަކި ޚާއްޞަ ޙާލަތްތަކެއްގައި މެނުވީ، ފަހުން ހުށަހަޅާ މައްސަލަ ބޭރުކޮށްލުމުގެ ފުރުޞަތު އޮވެއެވެ. މިއީ ފަރާތްތަކަށް ނިމުމެއް ނެތި ދަޢުވާތަކުގައި ވަގުތު ހޭދަވުން ހުއްޓުވުމާއި، ކޯޓުގެ ބާރާއި އިންޞާފުގެ ނިޒާމު އަވަސްކޮށް ހިންގުމާއި، ޤާނޫނީ ޔަޤީންކަމާއި ޤާނޫނުގެ ވެރިކަމާ ގުޅިފައިވާ ޢާންމު މަޞްލަޙަތުގެ އުޞޫލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-30)
- ރެސްޖުޑިކާޓާގެ މަބްދައުގެ ތެރެއިން އިޖުރާއަތުގެ ނަހަމަ ބޭނުން ހިފިތޯ ބަލަނީ އިޝޫ އެސްޓޮޕަލް އާއި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭ ޙާލަތްތަކުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ފުރަތަމަ ދަޢުވާގައި އެއްބަސްވުން ބާޠިލުކުރުމާއި ގެއްލުމުގެ ބަދަލު ވެސް އެދިފައިވާއިރު، ބަދަލު ނަގައިނުދީ ނިންމުމުން އެ ޙުކުމް އިސްތިއުނާފުކުރުމުގެ ބަދަލުގައި، ޙުކުމް ނިމުނުތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އައު ހިސާބުތަކާއެކު ބަދަލަށް އެދި ދެވަނަ ދަޢުވާއެއް ހުށަހެޅުމުން، އެ ދަޢުވާއަށް ރެސްޖުޑިކާޓާ ތަޠުބީޤުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-33)
މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައ) ތަޢާރުފ
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/250 ޤަޟިއް ޔާ އިސްތިއުނާފު ކުރުމަށްޓަކައި ގއ.ދާންދޫ، […] އަޙްމަދު މުޖާހިދު އަދި އއ.އުކުޅަސް، […] ޙުސައިން ސަމީރު (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތްތައް" ނުވަތަ "އަޙްމަދ މުޖާހިދު އަދި ޙުސައިން ސަމީރު") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2021/SC-A/90 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފް ރައްދުވަނީ […] މުޙައްމަދު ޝާން (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "މުޙައްމަދު ޝާން)" ގެ މައްޗަށެވެ.
2[…] އެވެ ކިޔާ ބަންޑާރަ ގޯތީގައި، އެ ގޭގެ ވެރިފަރާތް ކަމަށްވާ، […] ޢާއިޝަތު ވަޙީދާގެ ޕަވަރ އޮފް އެޓަރނީއެއ ލިބިގެން އޭނާގެ ދަރިފުޅު މުޙައްމަދު ޝާން ޢިމާރާތްކޮށްފައިވާ 06 (ހައެއް) ބުރީގެ އިމާރާތުގެ 04 (ހަތަރެއް) ވަނަ ފްލޯ އާއި، 05 (ފަހެއް) ވަނަ ފްލޯ އަދި 06 (ހައެއް) ވަނަ ފްލޯ އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް 23 ޖޫން 2008 ގައި އެއްބަސްވުމެއް (މީގެ ފަހުން "ކުލީގެ އެއްބަސްވުން)" ވެފައިވެއެވެ.
3ކުލީގެ އެއްބަސްވުމުގެ ދަށުން […] އެވެ ކިޔާ ބަންޑާރަ ގޯތީގައި ޢިމާރާތް ކޮށްފައިވާ 06 (ހައެއް) ބުރީގެ އިމާރާތުގެ 04 (ހަތަރެއް) ވަނަ ފްލޯ އާއި، 05 (ފަހެއް) ވަނަ ފްލޯ އަދި 06 (ހައެއް) ވަނަ ފްލޯ (މީގެ ފަހުން "ކުއްޔަށްދީފައިވާ ފްލޯތައް") މުޙައްމަދު ޝާންގެ ފަރާތުން އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރަށް ކުއްޔަށް ދީފައިވަނީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރެއިން، ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކުއްޔަށް ދީފައިވާ ފްލޯތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރު އެއްބަސްވެފައިވެއެވެ. އަދި އެޑްވާންސް ފައިސާގެ ގޮތުގައި 'ތަން ރަނގަޅު ކުރުމަށް' -/500,000ރ. (ފަސްލައްކަ ރުފިޔާ) އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރު ދައްކާފައިވާ ކަމާއި، އިމާރާތުގެ ނނިމު ހުރު މަސައްކަތްތައް ނިންމުމަށް ދީފައިވާ 3 (ތިނެއް) މަސްދުވަސް ނިމުމުން، ކުއްޔަށް ދީފައިވާ ފްލޯތަކުގެ ކުލީގެ ގޮތުގައި ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން މަހަކު -/9,000ރ. (ނުވަހާސް ރުފިޔާ) ގެ މަގުން ކުލި ދެއްކުމަށް އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރު އެއްބަސު ވެފައިވާކަން ކުލީގެ އެއްބަސްވުމުން އެނގެން އޮވެއެވެ.
4ކުލީގެ އެއްބަސްވުމާ ގުޅިގެން ސިވިލް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާ، ހުކުމް ކޮށްފައިވާކަން ލިޔެކިޔުމުން އެނގެން އޮވެއެވެ. އެހެންކަމުން އެ ދެ މައްސަލަ ވަކިން ފާހަގަކުރަމެވެ. ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާގެ ނިންމުން
5ކުލީގެ އެއްބަސްވުމާ ގުޅިގެން ސިވިލް ކޯޓުގައި އެންމެ ފުރަތަމަ ހިންގުނު މައްސަލައިގެ ގޮތުގައި ފެންނަން އޮތީ ސިވިލް ކޯޓުގެ 924/Cv-C/2013 ޤަޟިއްޔާއިން ބެލުނު އެ މައްސަލައެވެ.
6އެ މައްސަލައިގައި، ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލެ އަޙްމަދު މުޖާހދި އާއު ޙުސައިން ސަމީރުގެ ފަރާތުން ދައްކަމުން ނުދާ ކަމުގައާއި، ކުލި ދެއްކުމަކީ އެ އެއްބަސްވުމުގެ އެންމެ އަސާސީ އެއް ރުކުން ކަމުގައި ވެފައި، ކުލީގެ އެއްބަސްވުމަށް އަމަލު ނުކުރާތާ 6 (ހައެއް) މަސް ދުވަސް ވެފައިވާތީ އާއި، އިމާރާތް ކުރުމަށް ދީފައިވާ މުއްދަތު ހަމަވެ 10 (ދިހައެއް) މަސްދުވަސް ވެފައިވާތީ، އެ އެއްބަސްވުން ބާޠިލު ވެއްޖެ ކަމުގައި ކަނޑައަޅާ ދިނުމަށާއި، ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށަ އެދި މުޙައްމަދު ޝާންގެ ފަރާތުން އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. އެ މައްސަލަ ނިމުނީ ކުލީގެ އެއްބަސްވުމުގައިވާ ފަދައިން ކުލި ދައްކަމުން ނުދާކަން މަދަނީ މިންގަނޑުން ސާބިތުވާތީ، ކުލީގެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމުގައި ކަނޑައަޅއަ ޙުކުމް ކޮށެ ވެ.
725 އޯގަސްޓް 2015 ގައި ނިންމި މި ޤަޟިއްޔާގެ ނިންމުން އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރުގެ ފަރާތުން އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/351 ޤަޟި އްޔާއިނ މައްސަލް ބަލައްއ ކޯޓުގައި މައްސަލި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައި ވަނަ، ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައެވެ.
8މި ހިނގާ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރ 924/Cv-C/2013 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް މުޙައްމަދު ޝާންގެ ފަރާތުން ހުށަހަޅާފައިވާކަން އެނގެން ނެތެވެ. ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގެ ނިންމުނާ
9އެއަށްފަހު، ކުލީގެ އެއްބަސްވުމުގެ ދަށުން ސިވިލް ކޯޓުގައި ހިންގުނު ދެވަނަ މައްސަލަ 23 އޭޕްރލި 2017 ގައި، އެ ކޯޓަށް ހުށަހެޅުނެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު 2017/C-Cv/1255 ޤަޟިއްޔާއިން ބެލި މައްސަލައެ ވެ.
10އެ މައްސަލައިގައި، މުޙައްމަދު ޝާންގެ ފަރާތުން އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރުގެ މައްޗަށް ދަޢުވާ ކޮށްފައި ވަނީ ކުލީގެ އެއްބަސްވުމުގައިވާ ފަދައިން އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރު ކުލި ދައްކާފައި ނުވާ ކަމަށް ބުނެ، 01 ސެޕްޓެންބަރު 2008 އިން ފެށިގެން 31 މާރިޗު 2017 ގެ ނިޔަލަށް މީލާދީ ކޮންމެ މަހަކަށް -/9000ރ. (ނުވަހާސް ރުފިޔާ) ގެ ރޭޓުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ -/927,000ރ. (ނުވަލައްކަ ހަތާވީސްހާސް ރުފިޔާ) ހޯދުމަށާއި، އެއްބަސްވުމުގައިވާ ގޮތަށް އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރު ޢިމާރާތުގެ ފްލޯތައް ޢިމާރާތް ކޮށްފައި ނުވާތީ އެ ފްލޯތައް ޢިމާރާތް ކުރުމަށްޓަކައި ޚަރަދުވު -/1,214,400ރ. (އެއްމިލިއަން ދެލައްކަ ސާދަހާސް ހަތަރުސަތޭކަ ރުފިޔާ) އާއެކު ޖުމްލަ -/2,141,400ރ. (ދެ މިލިއަން އެއްލައްކަ ސާޅީސް އެއްހާސް ހަތަރުސަތޭކަ ރުފިޔާ) ހޯދުމަށެ ވެ.
11ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، މައްސަލައިގައި ޙަވާލާދޭ އެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން ބަލައި ބާޠިލް ކޮށްފައިވާ އެއްބަސްވުމެއް ކަމުގައިވާތީ، މި ދަޢުވާއަކީރެސު ޖުޑިކާޓާގެ މަބްދަޢުއަށ ރިޢާޔަތްކޮށް ކުރިޔަށް ގެންދެވިދާނެ ދަޢަވާއެއ ނޫން ކަމުގައް ކަނޑައަޅައެވެ. އިސްތިއުނާފުކުރެވެމައްސަލްދިވެހިރާއްޖޭގާހައިކޯޓުންނިންމާފައިވ ގޮތް
12ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގެ ނިންމުން މުޙައްމަދު ޝާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2018/HC-A/250 ޤްޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކށޮވެ. ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
12.1- ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގައި ހިމެނޭ ދަޢުވާގެ މައުޟޫޢު ބިނާވާ އެއްބަސްވުމަކީ އެއް އެއްބަސްވުމެއް ކަމުގައިވީ ނަމަވެސް، މި ދެ މައްސަލައިގައި މުޙައްމަދު ޝާންގެ ފރާތުނަ އެދިފައިވާ ފަރުވާއަކީ މުޅިން ތަފާތު ދެ ފަރުވާއެއްކަން އެނގޭނެ އޮތުމުންނާއި، ސިވިލް ކޯޓުގި ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގެ ސީޣާގައި ހިމެނޭ އެއްވެސް ކަމަކީ އޭ ގެ ކުރިން ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤޟިއްޔާގައަ ގޮތެއް ކަނޑައަޅާފައިވާ ކަމެއް ނޫންކަން އެނގެން އޮތުމުން، މި މައްސަލައަށް ރެސް ޖުޑިކާޓާ ގ މަބްދައު ބިނާވެފައިވާ އުސޫލުތަކުގެ ތެރެއިން އިޝޫ އެސްޓޮޕަލް އާއި ކޯސް އޮފް އކްޝަނެ އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭނެކަން.
12.2- އެއްބަސްވުމާ ގުޅޭގޮތުން މުޙައްމަދު ޝާންގެ ފަރާތުން ހުށަހަޅާފައިވަނީ ދެ ދަޢުވާއެއް ކަމާއި އެއީ އެއްބަސްވުން ބާޠިލް ކުރުމަށް ހުށަހެޅި ދަޢުވާ އާއި އެއްބަސްވުން ކޯޓުން ބާޠިލު ކުރުމުން އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުއްޔާއި ގެއްލުމުގެ މިންވަރު ކަނޑައެޅުމުގެ ދަޢުވާ ކަމަށްވެފައި، ކަންހިނގާފައިވާ ގޮތަށާއި ވަށައިގެންވާ ކަންކަމަށް ބެލުމުން، މުޙައްމަދު ޝާންގެ ފަރާތުން ސިވިލް ކޯޓަށް ފަހުން ހުށަހެޅި ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުށަހެޅި މައްސަލައެއްކަމުގައި ބަލައި ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤު ކުރެ ވޭނެ މައްސަލައެއް ނޫންކަން. ދްވެހިރާއްޖޭގިސުޕްރީމުކޯޓުގައާއިސްތިއުނާފަކޮށްފައިވް ނުކުތާތއ
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/250 ޤަޟިއްޔާ ނިންމާފައިވަން ޤާނޫނާ އެއްގޮތަށާ ނޫންކަމަށް ބުނެ އަޙްމަދު މުޖާހިދަ އަދި ޙުސައިން ސަމީރުގެ ފަރާތުން ދވެހިރާއްޖި ގެ ސ ޕްރީމް ކޯޓުގު އ އިސްތިއުނާފު ކުރުމަށްޓަކައި 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
13.1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައާ ކަނޑައޫ ޅާފައިވަ އިޝޫ އެސްޓޮޕަލް އަދި ކޯޒް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤު ކުރަން ނުޖެހޭ ކަމަށް ކަނޑައަޅައި، ރެސް ޖުޑިކާޓާގެ އުސޫލު ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ސަބަބު.
13.2- ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާއަކީ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް )rocessp of busea( ހުށަހަޅާފައިވާ ދަޢުވާއެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ މައްސަލައިގއަ ކަންހިނގާފައިވާ ގޮތަށް ބަލަންވާ ވަރަށް ނުބަލާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
14މި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައު މުޙައްމަދު ޝާންގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއަކީ ދެފަރާތުގެ މެދުގައި ވެފައިވާ ކުލީގެ އެއްބަސްވުން ބާޠިލް ކުރުމަށް ހުށަހެޅި މައްސަލައަކަށްވެފައި، މި ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާއި ކުލީގެއެއްބަސްވުމާއި އެއްގޮތަށް އަދާކުރަންޖެހޭ ފައިސްގެވާހަކަ ބަޔާނުނުކުރުމަކީ ސިވިލް ކޯޓުގ ނަންބަރ 1255/Cv-C/2017 ޤަޟިއްޔާގައި އިސްތިއުނާފަ ކުރު ފަރާތްތަކުގެ ޙައްޤު ގެއްލިގެންދާނެ ކަމެއް ނޫންކަމަށާއި، މިފަދައިން މައްސަލަ އިސްތިއުނާފު ކުރުމަކީ ރެސް ޖުޑިކާޓާގެ މަބްދަޢު ތަޠުބީޤު ކުރަންޖެހޭ ޙާލަތެއް ނޫންކަމަށް، އަދި ސިވިލް ކޯޓަށް މުޙައްމަދު ޝާން ހުށަހެޅި މައްސަލައަކީ އިޖުރާއަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ކޮށްފައިވާ ދަޢުވާއެއް ނޫންކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ. އިޝޫ އެސްޓޮޕަލް އާއި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤު ކުރަންޖެހޭތަ؟
15ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގަ އ، އެ މައްސަލައިގައި ރެސް ޖުޑިކާޓާގެ މަބްދަޢަށ ރިޢާޔަތްކޮށް މައްސަލް ނިންމާފައިވަނީ، އެ މައްސަލައިގެ ޙަވާލާދޭ ކުލީގެ އެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން ބެލުނު މައްސަލައިގައިވެސް ހިމެނޭ އެއްބަސްވުން ކަމުގައިވެފައި، ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން ބެލުނު މައްސަލަ ހުށަހެޅިއިރު، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގައ ފާހަގި ކޮށްފައި ވާފަދ ނުވަތަ އެ މިންވަރުގެ ފައިސާގެ ޢަދަދެއް ހޯދުމަށް މުޙައްމަދު ޝާންގެ ފަރާތުން ހުށަހަޅާފައި ނުވާތީ، އެކަމުގެ މައްޗަށް ބިނާކޮށް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/250 ޤަޟިއްޔާ ގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ބުނެވުނު ސިވިލް ކޯޓުގެ ދެ މައްސަލައަކީވެސް އެއް ޚަސްމުންނެއް ހިމެނޭ، އަދި އެއް އެއްބަސްވުމެއްގެ މައްޗަށް ހިންގާފައިވާ ދެ މައްސަލައެއް ނަމަވެސް، އެ ދެ މައްސަލައިގައި މުޙައްމަދު ޝާންގެ ފަރާތުން އެދިފައިވަނީ މުޅިން ދެ ފަރުވާއެއް ކަމުގައިވާތީ އާއި، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ގެ ސީޣާގައި ހިމެނޭ އެއްވެސް ކަމަކީ އޭގެ ކުރިން ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ ގައި ގޮތެއް ކަނޑައަޅާފައިވާ ކަންކަން ކަމުގައި ނ ވާތީ، ހައިކޯޓުގެ އަޣްލަބިއްޔަތުން، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ގެ މައްޗަށް އިޝޫ އެސްޓޮޕެލް އަދި ކޯޒް އޮފް އެކްޝަން އެސްޓޮޕެލް ތަޠުބީޤު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.
16ހައިކޯޓު ގެ ނިންމުމުގައި، ސިވިލް ކޯޓަށް ހުށަހެޅުނު ދެ މައްސަލައިގައި އެދިފައިވަނީ ދެ ފަރުވާއެއް ކަމުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔއިނާ ބަދަލު ނަގައިދިނުމަށް އެދި މުޙައްމަދު ޝާންގެ ފަރާތުން ހުށަހެޅުމުގެ ކުރިން، ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ އިން ބެލުނު މައްސަލަ މުޙައްމަދު ޝާންގެ ފަރާތުން ކޯޓަށް ހުށަހެޅިއިރު، ދަޢުވާ ފޯމުގައި އެއްބަސްވުން ބާޠިލު ކޮށްދިނުމަށް އެދިފައިވުމުގެ އިތުރުން، ގެއްލުމުގެ ބަދަލު ޢަދަދުކޮށް، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވެއެވެ.
17އެހެންކަމުން، މިއީ ރެސް ޖުޑިކާޓާ ތަޠުބީޤު ކުރެވިދާނެ ޙާލަތެއްކަން ނުވަތަ ނޫންކަން ބެލުމުގެ ގޮތުން، ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި އޝި އެސްޓޮޕެލް އަދި ކޯޒް އޮފް އެކްޝަން އެސްޓޮޕެލްއާ ގުޅޭގޮތުން އަހުރެން ފާހަގަ ކޮށްފައިވާ މއިގަނޑަ ކަންކަން ނަކަލު ކުރުމާއެކު، އެއިން ކޮންމެ އުޞޫލެއް މި މައްސަލައަށް ތަޠުބީޤު ކުރެވޭ ނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާނަމެވެ.
18ޕްރިސިޑެންސް 1މި އުޞޫލު ތަތުބީޤު ކުރެވޭނީ، މައްސަލައެއްގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ނުކުތާއެއް، އެ ނުކުތާ ހިމެނޭގޮތުން ނުވަތަ އެ މައްޗަށް ބިނާކޮށް ދަޢުވާއެއް ކުރެވި، އެ ނުކުތާއާމެދު ނިންމުމެއް ނިންމާފައިވާނަމަ، އެ ދަޢުވާގައި ހިމެނުނު ފަރާތްތަކުގެ މެދުގައި އުފުލޭ އެހެން ދަޢުވާއެއްގައި، އެ (ކުރިން ގޮތް ކަނޑައެޅުނު) ނުކުތާއަކީ އެ މައްސަލައާ ގުޅޭ ނުކުތާއެއް ކަމުގައި ދެކިގެން، އެ ނުކުތާއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވާނަމަ، އިޝޫ އެސްޓޮޕަލް މެދުވެރިކޮށް، އެ (ކުރިން ގޮތް ކަނޑައެޅުނު) ނުކުތާއާމެދު އަލުން ގޮތް ކަނޑައެޅުން ހުއްޓުވުމަށެވެ.
19މައްސަލައެއްގެ މައްޗަށް އިޝޫ އެސްޓޮޕަލް ޤާއިމު ކުރަނީ އަންނަނިވި ކަންކަން ފުރިހަމަ ވާނަމައެވެ.
(ހ) ހުށަހަޅާފައިވާ ނުކުތާއަކާ (އެ މަރުޙަލާގައި) އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވުން؛
(ށ) ހުށަހަޅާފައިވާ އެ ނުކުތާގެ މައްޗަށް (އެ މަރުޙަލާގައި) ކުރިން ނިންމުމެއް ނިންމާފައިވާނަމަ، އ ނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން؛
(ނ) އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގާއާއި، ފަހުނިހުށަހަޅާފައިވ މައްސަލައިގައި ހމެނެނ އެއީ ފަރާތްތަކެއް ކަމުގައިވުން.
20ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި އޝި އެސްޓޮޕެލް ތަޠުބީޤު ކުރުމާ ގުޅިގެން (މި ރައުޔުގެ ޕެރެގްރާފް 18 އަދި 19 ގައި) އިސްވެ ފާހަގަ ކޮށްފައިވާ ކަންކަމުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 2017/C-Cv/1255 ޤަޟިއްޔގާ މއ ޟުޢަށް އިޝޫ އެސްޓޮޕެލި ތަޠުބީޤު ކުރެވިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:
(ހ) އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ގ ތުނ ހުށަހަޅާފައިވާ ނުކުތާއަކީ ސިވިލް ކޯޓުގައި (ސިވިލ ކޯޓުގް ނަންބަރ 924/Cv-C/2013 ޤަޟިއްޔާގައި) އެ ނުކުތާގެ މައްޗަށް ގޮތް ކަނޑައަޅާފައިވާ ނުކުތާއެއް ނޫންކަމުގައިވާތީ؛
(ށ) ސިވލ ކޯޓުގް ނަންބަރ 924/Cv-C/2013 ޤަޟިއްޔާގަ އެއާ ހުށަހަޅާފައިވި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގައި ހިމެނެނީ އެއް ޚަސްމުންތަކެއް ކަމުގައިވާނަމަވެސް؛ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ ހިންގާފައި ވާތީ، އެ ސަބަބަށްޓަކައި ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ހިންގުމަށް ހުރަސްއެޅޭ ފަދައިން އިޝޫ އެސްޓޮޕެލި ތަޠުބީޤުކުރެވޭނެ ކަމު ގައި އަހުރެން ނުދެކެމެވެ. ކޯސް އޮފް އެކްޝަން އެސްޓޮޕަލް )Cause of Action Estoppel(
21ޕްރިސިޑެންސް 2މި އުޞޫލު ތަތުބީޤު ކ ރެވޭނީ، އުފުލާފައިވާ ދަޢުވާގައި ހިމެނޭ ނުކުތާއަކީ (ނުވަތަ ނުކުތާތަކަކީ) އެއިގު ކުރިން ހުށަހެޅުނު ދަޢުވާ އެއްގައި ހުށަހަޅާފައިވާ ނުކުތާއެއް (ނުވަތަ ނުކުތާތަކެއް) ކަމުގައިވެފައި، ފަހުން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތަކަކީވެސ ކުރިން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތައް ކަމުގައިވާނަމަ، އަދި ފަހުން އުފުލާފައިވާ ދަޢުވާއަކީ އެއް މައުޟޫޢެއްގެ މައްޗަށް ބިނާވާ ދަޢުވި އެއްނަމަ، ކޯސް އޮފް އެކްޝަން އެސްޓޮޕަލް މެދުވެރިކޮށް، އެ (ފަހުން ހުށަހެޅުނު) ދަޢުވާ އާމެދު ގތެއޮ ކަނޑައެޅުން ހުއްޓުވުމަށެވެ.
22އެހެންނަމަވެސް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމުކުރުމުގެ ކުރިން، ކުރިން ހުށަހޅެ ނ ދަޢުވާގައި އެފަދައިން ނިންމާފައިވަނީ އޮޅުވާލުންތަކެއް ހިމެނިގެން ކަމަށް ބުނާނަމަ، އަދި ފެންނަ ފެނުމަށް އެފަދަ ކަމެއް ހިނގާފައިވާ ކަމުގައި ބެލެވޭނަމަ، ކޯސް އޮފް އެކްޝަން އެސްޓޮޕަލް މެދުވެރިކޮށް، (ފަހުން ހުށަހެޅުނު) ދަޢުވާ އާމެދު ގޮތެއް ކަނޑައެޅުން ނުހުއްޓުވޭނެއެވެ.
23މައްސަލައެއްގެ މައްޗަށް ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމު ކުރަނީ އަންނަނިވި ކަންކަނަ ފުރިހަމަވާނަމައެވެ.
(ހ) ކުރިން އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން، އިޚްތިޞް ޞް ލިބިފައިވާ ކޯޓެއްގެ ނންމުމެއ އޮތުން؛
(ށ) ކުރިން ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައް ހމެނެނ އެއީ ފަރާތްތަކެއް ކަމުގައިވުން؛
(ނ) ކުރނި ހުށަހެޅް މައްސަލައާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދ މައްސަލއެއަ ކަމުގައް ނުވުން؛ އަދ
(ރ) ފަހުން ހުށަހެޅި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކަކީ، މައްސަލައިގައި ހިމެނޭ ފަރާތްތަކުނ އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކ )with reasonable diligence( ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި، އެ މައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން.
24ޕްރިސިޑެންސް 3ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި ކޯސް އޮފް އެކްޝަން އެސްޓޮޕެލް ތަޠުބީޤު ކުރުމާ ގުޅިގެން އަހުރެން ފާހަގަކޮށްފައިވާ (މި ރއުޔުގަ 21 ވަނަ ޕެރެގްރާފުން ފެށިގެން 23 ވަނަ ޕެރެގްރާފްގެ ނިޔަލަށް) އިސްވެ ފާހަގި ކޮށްފައިވަ ކަންކަމުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ގެ މއ ޟު ޢޫ ށ ކޯސް އޮފް އެކްޝަން އެސްޓޮޕެލް ތަޠުބީޤު ކުރެވިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:
(ހ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ ގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުނު ތާއިދުކޮށް، ސިވިލް ކޯޓުގެ އެ ނިންމުން ދެމިއޮތަތީ އާއި؛
(ށ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ގައި ދަޢުވާ ކޮށފައިވަން މުޙައްމަދު ޝާންގެ ފަރާތުން ކަމުގައިވެފައި، އެ ދެ ޤަޟިއްޔާގައިވެސް ދޢަ ވާ ރައްދުވަނު އަޙްމަދު މުޖާހިދު އަދި ޙުސައިން ސަމީރުގެ މައްޗަށް ކަމުގައިވާތީ އާއި؛
(ނ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤޟިއްޔަ އާއި ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔއަކާވެސް އެއް ބިނާއެއްގެ މައްޗަށް ތަރުތީބު ކޮށްފައިވާ އަދި ދެ ފަރާތުގެ މެދުގައި ވެފައިވާ ކުލީގެ އެއްބަސްވުމުގެ މައްޗަށް ބިނާވާ، އެއިން ކޮންމެ މައްސަލައެއްގައިވެސް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވާ މައްސަލަ ކަމުގައިވާތީ؛ ސިވިލ ކޯޓުގް ނަންބަރ 1255/Cv-C/2017 ޤަޟިއްޔާ ގެ މއ ޟު ޢޫ ށ ކޯސް އޮފް އެކްޝަން އެސްޓޮޕެލް ތަޠުބީޤު ކުރެވިދާނެ ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
25މުޙައްމަދު ޝާންގެ ފަރާތުން ސިވިލް ކޯޓަށް، އެ ކޯޓުގެ ނަންބަރު 2013/C-Cv/924 ޤަޟިއްޔއިނާ ބެލުނު މައްސަލަ ހުށަހެޅިއިރު، ސިވިލް ކޯޓަށް މުޙައްމަދު ޝާންގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުގައި ހިންގި ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ އިން ހޯދުމަށް އެދުނު ފަރުވާއަކީ ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރުވާއެއް ކަމުގައިވާތީ، ފަހުން ހުށަހެޅުނު (ސިވިލ ކޯޓުގް ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ އިން ބެލުނު) މައްސަލައަކީ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ ގޮތުން ހުށަހަޅާފައިވަ މައސްލައެއްކަނ ނުވަތް ނޫންކަމާމެދު ހައިކޯޓގު އަޣްލަބިއްޔަތު ރައުޔުގައި ރިޢާޔަތް ކޮށް، ފާހަގަ ކޮށްފައިވަނީ:
(ހ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން ބެލުނު މައްސަލައަކީ އެއްބަސްވުމާއި ޚިލާފުވި ކަމަށް ދެކިގެން އެއްބަސްވުން ބާޠިލު ކުރުމަށް އެދި މުޙައްމަދު ޝާންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަން؛
(ށ) އެއްބަސްވުމެއް ބާޠިލު ކުރުމަށުހުށަހަޅާ ކޮންމެ ފަހަރަކު، އެ އެއްބަސްވުމެއް ބަޠިލި ކޮށްފިނަމަ އެއްބަސްވުމުގެ ދަށުން ލިބޭ މަންފާތަކާއި ލިބޭ ގެއްލުންތައް ދަޢުވާގެ ތެރޭގައް ހެދަނ އެދުން ލާޒިމުވާންކަމަށ ބުނެވެން ނެތްކނ؛
(ނ) އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފަރުވާއެއް ހޯދުމަށް އެދެވޭނީ އަދި ގެއްލުމުގެ މިންވަރު ދެނެގަނެވޭނީ އެއްބަސްވުމާމެދު ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ކނަ؛
(ރ) އެއްބަސްވުމާމެދު މުޙައްމަދު ޝާން ހުށަހަޅާފައިވަނީ ދެ ދަޢުވާ ކަމަށާއި، އިރުއަ ރުކޮޅ މައްސަލާ އުފައްދައިގެން ހުށަހަޅާފައިވަނީ ނޫންކނ؛ އަދި
(ބ) މައްސަލައިގަ މައުޟ ޢޫ ށާއި ވަށައިގެންވާ ކަންކަމަށް ބެލުމުން، މުޙައްމަދު ޝާންގިފަރާތުނ ހުށަހެޅުމުން ބެލި ސިވިލް ކޯޓުގެ ނަންބަރ 1255/Cv-C/2017 ޤޟިއްޔަ އަކީ އިޖުރާއަތުގާ ނަހަމަ ބޭނުން ކުރުމުގެ ގޮތުން ހުށަހެޅި މައްސަލައެއް ކަމުގައި ބެލވެނ ނެތް ކަން.
26ހައިކޯޓުން މައްސަލަ ނިންމިއިރު ފާހަގަ ކޮށްފައިވާ އަގައްލިޔަ ރައުޔުގައި، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ އަކީ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި އިސް ފަނޑިޔާރު ހާތިފް ހިލްމީ ބުރަވެވަޑައިގަންނަވާ ކަމަށް ބަޔާން ކުރައްވާފައިވެއެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު C/2017-vC/1255 ޤަޟިއްޔާއަކީ […] އާގެ ކުއްޔަށް ދިނުމާބެހޭ ގޮތުން މުޙައްމަދު ޝާންއާއެކ އަޙްމަދު މުޖާހިދު އާއު ޙުސައިން ސަމީރު 23 ޖޫން 2008 ގައި ވެފައިވާ އެއްބަސްވުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ދެ މައްސަލަކަން؛
(ށ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ ހުށަހަޅާފައިވަނީ 08 މެއި 2013 ގައި ކަމާއި، މައްސަލަ ނިންމާފައިވަނީ 24 އޯގަސްޓް 2015 ގައިކަން؛
(ނ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއަކީ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން އެއްބަސްވުން ބާޠިލު ކޮށްދިނުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުނު މައްސަލައެއްކަން؛
(ރ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާގެ ތެރޭގައި، ސިވިލް ކޯޓަށް ފަހު ން ހުށަހެޅުނު، އެ ކޯ ޓުގެ ނަންބަރު 255/Cv-C/2017 ޤަޟިއްޔާގައި އެދިފައިވާ (މިންވަރުގެ) ގެއްލުމުގެ ބަދަލު ހިމަނާފައި ނުވާކަން؛
(ބ) ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ހުށަހަޅާފައިވަނީ 24 އޭޕްރީލް 2017 ގައި، ކުރިން ބެލުނު (އެ ކޯޓުގެ ނަންބަރު 924/Cv-C/2013) މައްސަލަ ނިމުނުތާ އެއް އަހަރަށްވުރެ ގިނަދުވަސް ފަހުންކަން؛
(ޅ) ކުއްޔަށްދީފައިވ ތަނާ ހުސްކޮށް ހަވާލުކުރުމާ ހަމައަށް އިތުރަށް އަރަމުންދާ ފައިސާ ހިމެނޭގޮތުން، ސިވިލް ކޯ ޓުގެ ނަންބަރ 1255/Cv-C/2017 ޤަޟިއްޔާއިން ހޯދުމަށް އެދިފައިވާ ބަދަލަކީ އެ ކޯޓުގެ ނަންބަރ 013C/2-Cv/924 ޤަޟިއްޔާގައި އެދުމުގެ ފުރުޞަތު އޮތް ބަދަލެއްކަން؛
(ކ) ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ބިނާކޮށްފައިވަނީ އެއްބަސްވު ން ބާޠިލު ކޮށްދިނުމަށް އެއްބަސްވުން ބާޠިލު ކޮށްދިނުމަށް އެދި ހުށަހެޅި (ސިވިލ ކޯޓުގް ނަންބަރު 924/Cv-C/2013) މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށްކަން؛
(އ) ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާގެ ތެރެއިން އެދެވެނީ އޮތް ބަދަލަކަށް ނުއެދި، އެ ގެއްލުމުގެ ބަދަލުގެ ބައި ވަކިކޮށް، އެއްބަސްވުމުގެ ދަށުން އުފެދިފައިވާ މައްސަލަތައް ބައިބައިކޮށްގެން ހުށަހެޅުމުގެ ސަބަބުން، ގުރަތަމަ މައްސަލަ 24 އޯގަސްޓް 2015 ގައި ނިމުނު ނަމަވެސް، އެއްބަސްވުމުގެ ދަށުން އުފެދިފައިވާ މައްސަލަތައް ނިމިފައި ނުވުމުން، ކޯޓުން މި ކަމަށް ހޭދަކުރަންޖެހިފައިވ ވަގުތާ އިތުރުވެ، މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކަށްވެސް އެއްބަސްވުމުގެ ދަށުން އުފެދިފައިވާ މައްސަލަތަކަށް ނިމުމެއް އައިސްފައި ނުވެ، އެކަމުގެ ސަބަބުން ދައުވާ ލިބޭ ފަރާތްތަކަށް ގެއްލުން ވަމުންދާކަން؛ އަދި
27އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމަށް ބުނެ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި، ފާހަގަ ކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤޟިއްޔަ އަށާ މ އުސޫލު ތަޠުބީޤު ކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ ގައި މުޙައްމަދު ޝާން ދަޢުވާ ކޮށްފައިވަނީ ކުލި ނުދައްކާތީ ކުލީގެ އެއްބަސްވުމާއި ޚިލާފު ވެފައިވާ ކަމަށް ބުނެ، އެއްބަސްވުން ބާޠިލެ ކޮށްދިނުމަށާއި ގެއްލުމުގެ ބަދަލު ނަގާދިނުމަށް ކަމަށްވާއިރު، އެ ޤަޟިއްޔާގައި ގެއްލމުގު ބަދަލު ނަގައިދީފައި ނެތުމުން، އޮންނަ އުސޫލުން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ބަދަލުގައި، ސިވިލަ ކޯޓުން އެ މައްސަލަ ނިމުނުތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން، މުޙައްމަދު ޝާން އަށް ވެފައިވާ ކަމަށް ފުރަތަމަ ބުނި ގެއްލުމަށްވުރެ މާބޮޑު މިންވަރެއް ހިމަނައިގެން ދެވަނަ ފަހަރަށް ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ނިޒާމުގެ ބޭނުން ނަހަމަ ގތުގައޮ ހިފުން ކަމުގައި އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރު ބުނެއެވެ. އަދި އެ ސަބަބަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާއަށް ރެސް ޖުޑކާޓި ގ މބްދަޢަ ތަޠުބީޤު ކުރެވެންވާނެ ކަމުގައި އެ ފަރާތްތަކުން ބުނެއެވެ.
28އެހެންކަމުން، ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމާއި ގުޅޭގޮތުން ފާހަގަ ކޮށްފައިވާ މައިގަނޑު ކަންކަން ނަކަލު ކުރުމާއެކު، މިއީ ރެސް ޖުޑިކާޓާ ތަޠުބީޤު ކުރެވިދާނެ ޙާލަތެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާނަމެވަ.
29ޕްރިސިޑެންސް 4އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމާގުޅޭ އުޞޫލަކީ ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާތަކެއް ހިމަނައިގެން ދަޢުވާ ކުރަން ލާޒިމުކުރާ އުޞޫލެކެވެ. މިގޮތުން ދަޢުވާ ހުށަހަޅާއިރު، މައްސަލައިގެ ބައި ބައި ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި، އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި
(ވ) އަހެންކަމާއެކު، ފުރަތަމަވެސް އެދެވެނީ އޮތް ބަދަލެއްގެ ބައި ނުހިމަނާ، މައްސަލަ ބައިބައި ކޮށްގެން ހުށަހްޅާފައިވުމަކީ އިޖުރާއަތުގެ ބޭނުނާ ހިފުމަށްކަމަށް ބުރަވެވޭތީ، ރެސް ޖުޑިކާޓއަށް ހަވާލާދީ ސިވިލް ކޯޓުގެ ނަންބަރ 2017/C-Cv/1255 ޤަޟިއްޔާ ނިންމާފައިވަނީ ރަނގަޅަށްކަން. ހުށަހަޅަން ހުރި ހުރިހާކަމެއް ހުށަނާޅައިފިނަމަ، މި އުޞޫލުގެ ދަށުން (ވަކި ހާއްސަ ޙާލަތް ތަކެއްގައ މެނުވީ) ފަހުން ހުށަހަޅާ މައްސަލަ ބޭރުކޮށްލުމުގެ ފުރުޞަތު އޮވެއެވެ.
30އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމާގުޅޭ މި އުޞޫލަކީ އެއް މައުޟޫޢަކީ ގުޅިގެނާ އެކް ދޢުވާތައަ އުފުލި، މައްސަލައިގައި ހިމެނޭ ފަރާތްތަކަކުން، އެ ދަޢުވާތަކާ ގުޅިގެން ކޮޅެއްގައ ނުޖެހި ގނަދުވަސްތަކެއި ހޭދަކުރަން ޖެހުން ހުއްޓުވުމުގެ މަޤްޞަދުގައި، ޢާންމު މަސްލަހަތުގައި، ބޭނުންކުރެވޭ ޢާންމު އުޞޫލެކެވެ. އެއީ ކޯޓުގެ މަސްއޫލިއްޔަތާއި ބާރު ދެމެހެއްޓުމުގެ އިތުރުން، އަދުލުއިންސާފު ޤާއިމުކުރުމުގެ ނިޒާމު އެކަށޭނަ އަވަސް މިނެއްގައި، ވަކި ތަރުތީބެއްގެ ދަށުން، ހަލުވިކޮށް ހިންގުމުގެ މަޤްޞަދުގައި ބޭނުން ކުރެވޭ، އަދި ޤާނޫނުން ލިއްބައިދޭ ޔަޤީން ކަމާއި ޤާނޫނުގެ ވެރިކަމުގެ މަފްހޫމާވެސް ގުޅިފައިވާ ކަމެކެވެ.
31ޕްރިސިޑެންސް 5ރެސް ޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ އުޞޫލުތައް ތަޠުބީޤު ކުރުމުގައި، އިޖުރާއަތުގެ ނަހަމަ ބޭނުން ހިފި ކަން ނުވަތަ ނޫން ކަމުގެ މައްޗަށް ނަޒަރު ކުރަނީ އިޝޫ އެސްޓޮޕަލް އަދި ކޯސް އޮފޯ އެކްޝަން އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭ ޙާލަތްތަކުގައެވެ.
32ޕްރިސިޑެންސް 6މި ކަންކަމުގެ އަލީގއަ ހުށަހެޅިފައި މިވާ މައްސަލައަށް ބަލާއިރު، އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އަގައްލިޔަ ރައުޔުގައި ފާހަގަ ކޮށްފައިވާ ސަބަބުތައް އެ ގޮތުގެ މަތިން ހުރުމުން، ބަހުސްގެ ބޭނުމަށްޓަކައު މި މައްސަލައަށް ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤު ކުރެވިދާނެ ކަމުގައި ނުބލެ ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާއަކީ އެ މައްޗަށް ރެސް ޖުޑިކާޓާ ތަޠުބީޤު ކުރަންޖެހޭ މައްސަލައެއް ކަމުގައި އަހުރެން ދެކެމެވެ.
33ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ އިން ހުށަހެޅުނު މައްސަލައަކީ އެ ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވެފައި، ފުރަތަމަ ހުށަހެޅުނު (ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013) މައްސަލައިގައިވެސް ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާހިނދު، އެ މައްސަލަ ނިންމުމުގައި ގެއްލުމުގެ ބަދަލު ނަގާދީފައި ނުވުމުން، މައްސަލަ އިސްތިއުނާފު ކުރުމުގެ ބަދަލުގައި، އެ މައްސަލަ ނިމުނުތާ އެއް އަހަރަށްވުރެ ގިނަ ދުވަސްފަހުން، އައު ހިސާބުތަކާއެކު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދެވަނަ (ސިވިލ ކޯޓުގް ނަންބަރު 1255/Cv-C/2017) މައްސަލައެއް ހުށަހެޅުމުން، ރެސް ޖުޑިކާޓާގެ މަބްދއަ ޙަވާލާދީ މައްސަލައިގެ މއ ޟު ޢޫށ ގޮތް ކަނޑައަޅާފައިވި ނ، ( މި ރައުޔުގައި ބަޔާން ކޮށްފައިވާ ސަބަބުތަކަށް ޓަކައި) ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ. އ ދ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/250 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައިވެސ އަހުރެން ދެކެމެވެ.
34އެހެންކަމުން، އަހުރެންނަށް ފެންނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/250 ޤަޟިއްޔާ ގެ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 2017/C-Cv/1255 ޤަޟިއްޔާގެ ޙުކުމް ދެމެހެއްޓުމަށެވެ.
35މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކު ރަމެވެ.
36މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކު ރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/250 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ދެމެހެއްޓުމަ ށ ސުޕްރީމްކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގްއިއްތިފާޤުނ ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް )ރިޔާސަތު(
- އެގްރިމެންޓް ނަންބަރު 459/2008-MC/C ގެ 1 ވަނަ މާއްދާ ("އެއްބަސްވުމާ ބެހޭ ތަޢާރަފު )"
- އެގްރިމެންޓް ނަންބަރު 459/2008-MC/C ގެ 3.1 ވަނަ މާއްދާ
- އެގްރިމެންޓް ނަންބަރު 459/2008-MC/C ގެ 1 ވަނަ މާއްދާގެ (ރ) އަދި 3 ވަނަ މާއްދާ
- އެގްރމެންޓި ނަންބަރު 459/2008-MC/C ގެ 2 ވަނަ މާއްދާގެ (ނ)
- އެގްރިމެންޓް ނަންބަރު 459/2008-MC/C ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) އަދި 3.3 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/250 ޤަޟިއްޔާގެ އަޤައްލިޔަ ރައުޔުގައި މައްސަލައަށް އިޝޫ އެސްޓޮޕެލް އަދި ކޯޒް އޮފް އެކްޝަން އެސްޓޮޕެލް ތަޠުބީޤު ކުރުމާގުޅޭ ގޮތުން އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވެއެވެ.
- ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި to 03 CR3)M page 01-C/2013(B3-CV/924 ގެ ގޮތުގައި ފާހަގަކޮށްފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމް".
- އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އަގައްލިޔަ ރައުޔުގައި ބަޔާންކޮށްފައިވާ ސަބަބުތައް ތިރީގައި މި ވަނީއެވެ.
- 2016/SC-A/25 ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޙުސްނީ މުބާރިކް، އެމިކަސް ކިއުރޭ އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢުމަރު ޒާހިރު ޢަބްދުއްޞަމަދު
- ބެންޗު
- ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް