ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/250
މުޙައްމަދު ޝާން ވ. އަޙްމަދު މުޖާހިދު، 2018/HC-A/250
Mohamed Shaan v. Ahmed Mujaahidhu 2018/HC-A/250 (2018/HC-A/250, High Court of the Maldives, 22 June 2021)
މުޙައްމަދު ޝާން ވ. އަޙްމަދު މުޖާހިދު
މައިގަނޑު ސުވާލު
ކުރިން ކުލީގެ އެއްބަސްވުން ބާޠިލުކުރުމަށް ހުށަހެޅި ދަޢުވާއެއް ނިމުމަށްފަހު، ހަމަ އެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި އާއި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ދަޢުވާއަށް ރެސް ޖުޑިކާޓާ (އިޝޫ އެސްޓޮޕަލް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް، އެބިއުސް އޮފް ޕްރޮސެސް) ތަޠުބީޤުކޮށް ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ނިންމުން ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި (އަޣްލަބިއްޔަތު)
ކަނޑައެޅުނު އުޞޫލުތައް
- ރެސް ޖުޑިކާޓާއަކީ ދިވެހި ކޯޓުތަކުން ބަލައިގެންފައިވާ މަބްދައެއް ކަމަށާއި، އޭގެ ޙަޤީޤީ ބޭނުމަކީ ޚަސްމުންގެ ޙައްޤުތަކާއި ޤާނޫނީ މަރުކަޒުތައް އިސްތިޤްރާރުކޮށް، ކޯޓާއި ޝަރީޢަތުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10-11)
- ރެސް ޖުޑިކާޓާ ތަޠުބީޤުކުރުމަށް 2012/HC-A/305، 2012/SC-A/07 އަދި 2016/SC-A/25 ގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ؛ ޙުކުމުގެ ޙުއްޖިއްޔަތު ދެމިގެންދާނީ ހަމަ އެ ޚަސްމުން، މަޙައްލު (ސަބްޖެކްޓް މެޓަރ) އަދި ދަޢުވާގެ ސަބަބުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ދެ ދަޢުވާގެ މައުޟޫޢު ބިނާވަނީ އެއް އެއްބަސްވުމެއްގެ މައްޗަށް ކަމަށާއި ޚަސްމުން އެއްބައެއް ކަމަށްވިޔަސް، އެދިފައިވާ ފަރުވާ މުޅިން ތަފާތުވެ، ފަހުގެ ދަޢުވާގައިވާ ކަމަކާމެދު ކުރިން ގޮތެއް ނިންމާފައި ނުވާނަމަ، އިޝޫ އެސްޓޮޕަލް އާއި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ކޯޓަށް ހުށަހެޅޭ މައްސަލައެއް އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމެއްކަން ދެނެގަނެވޭނީ ކޮންމެ މައްސަލައެއްގެ ކަންހިނގާދިޔަ ގޮތާއި މައުޟޫޢާއި ވަށައިގެންވާ ކަންކަމަށް ބަލައިގެންނެވެ؛ ދަޢުވާލިބޭ ފަރާތަށް ގެއްލުން ދިނުމުގެ ޤަޞްދުގައި ދަޢުވާގެ ބައިތައް ވަކިކޮށް ދަޢުވާ ކުރަމުން ދާނަމަ އެބިއުސް އޮފް ޕްރޮސެސް ތަޠުބީޤުކޮށް މައްސަލަ ބެލެން ނެތްކަމަށް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
- އެއްބަސްވުމަކާ ޚިލާފުވެގެން އެއްބަސްވުން ބާޠިލުކުރުމަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު، އެއްބަސްވުމުގެ ދަށުން ލިބޭ ކުލި/މަންފާއާއި ގެއްލުން ހަމަ އެ ދަޢުވާގެ ތެރޭގައި ހޯދަން އެދުން ލާޒިމެއް ނޫނެވެ؛ އެހެނީ އެފަދަ ފަރުވާއެއް ހޯދެވޭނީ އެއްބަސްވުމާމެދު ކޯޓުން ނިންމާ ގޮތަށާއި ޚިލާފުވި މިންވަރަށް ބިނާކޮށެވެ؛ އެހެންކަމުން ބާޠިލުކުރުމުގެ ދަޢުވާއަށްފަހު ކުލި އާއި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ހުށަހަޅާ ދަޢުވާއަކީ އިޖުރާއަތުގެ ނަހަމަ ބޭނުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20؛ އަޣްލަބިއްޔަތު ރައުޔު)
1[…] އެވެ ކިޔާ ބަންޑާރަ ގޯތީގައި މިގޭގެ ވެރިފަރާތްކަމަށްވާ […] ޢއިޝަތާ ވަޙީދާގެ ޕަވަރ އޮފް އެޓާރނީ ލިބިގެން (ދަރިފުޅު) […] މުޙައްމަދު ޝާން ޢިމާރާތްކޮށްފައިވާ 06 ބުރީގެ ޢިމާރާތުގެ 04 ވަނަ ފްލޯއާއި، 05 ވަނަ ފްލޯ އަދި 06 ވަނަ ފްލޯ ގއ.ކޮނޑޭ/ ކޮނޑޭގެ އަޙްމަދު މުޖާހިދުއާއި އއ.އުކުޅަސް / ލަގްޒަރީވިލާ ޙުސައިން ސަމީރުއަށް ދިގު މުއްދަތަކަށް ކުއްޔަށް ދނުމަށި މުޙައްމަދު ޝާން އާއި އަޙް މަދު މުޖާހިދު އަދި ޙުސައިން ސަމީރު އާ ދެމެދު އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުން ވެފައިވާކަން އެނގެން އޮތް ތާރީޚަކީ 23 ޖޫން 2008 އެވެ.
223 ޖޫން 2008 މި ތާރޚުގައީ ވެފައިވާ އެއްބަސްވުމުގެ 02 ވަނަ މާއްދާއއާ 1 ވަނަ މާއްދާގެ (ރ) އާ އަޙް މަދު މުޖާހިދުއާއި ޙުސައިން ސަމީރު ޚިލާފުވެފައިވާކަމަށާއި، މިހެންކަމުން މި އެއްބަސްވުމަކީ ޤާނޫނެ ގޮތުން ބާޠިލް އެއްބަސްވުމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި، އަޙްމަދު މުޖާހިދްއާއި ޙުސައިން ސަމީރުގެ މައްޗަށް މުޙައްމަދު ޝާން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. މުޙައްމަދު ޝާން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން ބައްލަވާ ޙުކުމް ކުރައްވާފައިވަނީ، މި ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު އެގްރީމެންޓް ނަންބަރު 459/2008-MC/C ގެ އެއްބަސްވުމުގެ ތަޢާރަފު. އެއްބަސްވުމުގެ 2 ވަނަ މާއްދާއަކީ، ކުލި ދައްކަންޖެހޭ ގޮތް ބަޔާންކުރާ މާއްދާއެވެ. އެއްބަސްވުމުގެ 3 ވަނަ މާއްދާއަކީ، ޢިމާރާތުގެ މަސައްކަތާއި ގުޅޭ ގޮތުން އޮތް މާއްދާއެކެވެ. 924/Cv-C/2013 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/351 ޤަޟިއްޔާއިން ތާއީދުކޮށްފައި ވެއެވެ.
3އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާއަކީ، މުޙައްމަދާ ޝާންއާއި، އަޙްމަދު މުޖާހިދުއާއި، ޙުސައިން ސަމީރުއާ ދެމެދު 23 ޖޫން 2008 ގައި ވެފައިވާ ބުނެވުނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކާފައިނުވާތީ، 01 ސެޕްޓެމްބަރު 2008 އިން ފެށިގެން 31 މާރިޗު 2017 ގެ ނިޔަލަށް މީލާދީ ކޮންމެ މަހަކަށް -/9،000ރ. (ނުވަހާސް ރުފިޔާ) ގެ ރޭޓުން ކުލީގެ ގޮތުގައި އެހާތަނަށް ލިބެންޖެހޭކަމަށް ބުނާ ޖުމްލަ -/000،927ރ. (ނުވަލައްކަ ހަތާވީސްހާސް ރުފިޔާ) ހޯދުމަށާއި، އެއްބަސްވުމުގެ ދަށުން އޙަ މަދް މުޖާހިދު އާއު ޙުސައިން ސަމީރު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޢިމާރާތުގެ ފްލޯރތައް ޢިމާރާތްކޮށްފައި ނުވާތީ އެ ފްލޯރތައް ޢިމާރާތް ކުރުމަށްޓަކައި ޚަރަދުވާ -/1,214,400ރ. (އެއްމިލިއަން ދެލައްކަ ސާދަހާސް ހަތަރު ސަތޭކަ ރުފިޔާ) އަޙްމަދު މުޖާހދުއާއި، ޙުސައިން ސަމީރުގެ އަތުން ހޯދުމަށް އެދި މުޙައްމަދު ޝާންގެ ފަރާތުން މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބެލިގެން ދިޔަ ޤަޟިއްޔާއެވެ.
4ސިވިލް ކޯޓު ގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު،[…] / މާލެ މުޙައްމަދު ޝާންގެ ފަރާތުން ކާމިނީގ މުޖާހިދުއާއި ލަގްޒަރި ވިލާ ސަމީރުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މ މައްސަލައަކީ "ރެސްޖުޑިކާޓާ" judicata) res( ގެ މަބުދައަށް ރިޢާޔަތްކޮށް، ކުރިއަށް ގެންދެވިދާނޭ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
5މިއީ ސިވިލް ކޯޓގު ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި […] ޝާންގެ ފރާތުނަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެވެ. މިޤަޟިއްޔާގައ އިސްތިއުނާފި ރައްދުވާ ފަރާތްތކަ ކ ގއ.ދާންދޫ/ ކާމިނީގެ އަޙްމަދު މުޖާހިދު އާއި ލަގްޒަރީވިލާ ސަމީރވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފޞް ލުތައީ
6ސިވިލް ކޯޓު ގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މުޙައްމަދު ޝާނގް ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
6.1 "ރެސް ޖުޑިކާޓާ" judicata) (res ގެ މަބްދައުގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަ ވެފައިނެތީސް، "ރެސް ޖުޑިކާޓާ" judicata) (res ގެ މަބުދައަށ ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ނިންމަވާފައިވުމަކ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް މައްސަލަ ނިންމެވުން ކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6.2 ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ލިބިދީފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމުގެ ޙައްޤު ހަނިވާގޮތަށް ނިންމަވާ ފައިވާ ނިންމެވުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7މުޙައްމަދު ޝާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ތަފޞްލުކޮށްދެމުން އޭނާގެ ފަރާތުން ދެއްކި ވާހަކަތަކުގައި ފާހަގަކުރާ މައިގަނޑު ކަމަކީ، ސިވިލް ކޯޓުން މި މައްސަލައިގައި ރެސް ޖުޑިކާޓާގެ މަބްދައު ތަތުބީޤު ކޮށްފައިވަނީ މި މަބްދައު ތަތުބީޤު ކުރުމުގައި ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ވެފައިނެތީސްކަމަށެވެ. މުޙައްމަދު ޝާންގެ ފަރާތުން ދަށު ކޯޓުން ފަރުވާއެއް ހޯދުމަށް އެދި ހުށަހެޅި ކަންކަމަކީ އޭގެ ކުރިން އެކަމުގައި ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމެއް ނޫންކަމަށާއި، ކޯޓުން ފަރުވާއެއް ހޯދައިދީފައިނުވާކަމަކަށ ފަރުވާއެއް ހޯދަން ހުށަހެޅުމަކީ، ރެސް ޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. އަދި މި ގޮތަށް ރެސް ޖުޑިކާޓާ މާނަކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރުމުގެ ޙައްޤު ހަނިވާކަމެއްކަމުގައި ދެކޭކަމަށެވެ.
8މުޙައްމަދު ޝާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބގައ އިސްތިއުނާފި ރައްދުވާ، އަޙު މަދް މުޖާހިދު އާއި ޙުސައިން ސަމީރުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާގައި ޤާއިމުކުރައްވާފައި އުޞޫލުތަކުގައި ބުނާ ގޮތަށް ކަމަށެވެ.
9މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ޖަވާބުދޭން އޮތް ސުވާލަކީ، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާ ގައި، ރެސް ޖުޑިކާޓާގެ އުޞޫލު ތަތުބީޤުކޮށް އެ މައްސަލައަކީ އެ ކޯޓުން ބެލެންނެތް މައްސަލައެއްކަމަށް ނިންމި ނިންމުން ސައްޙަކަން ނުވަތަ ނޫންކަމެވެ.
10ޕްރިސިޑެންސް 1ރެސް ޖުޑިކާޓާގެ މަބްދައުއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާ އަދި އެ މަބްދައުގެ މައްޗަށް ރިޢާޔަތްކުރެވިގެން ކޯޓުތަކުން މައްސަލަތައް ބެލިގެން ގޮސްފައިވާ މަބްދައު އެކެވެ.
11ރެސް ޖުޑިކާޓާގެ މަބްދައު ނުވަތަ ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ މައްސަލައެއް ދެވަނަ ފަހަރަށް ޝަރީޢަތަށް ހުށަހެޅުން މަނާކުރާ މަބްދައުގެ ޙަޤީޤީ ބޭނުމަކީ، ޚަސްމުންގެ މެދުގައި އުފެދޭ މައްސަލަތަކަށް ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމުގެ ތެރެއިން ޙިމާޔަތް ލިބި، އެ ފަރާތުގެ ޙައްޤުތަކާއި ޤާނޫނީ މަރުކަޒުތައް އިސްތިޤްރާރުވެގެން ދިއުމއާ އެކި ކޯޓާއި ޝަރީޢަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ހިފުން ހުއްޓުވުމެވެ.
12ޕްރިސިޑެންސް 2ރެސް ޖުޑިކާޓާގެ މަބްދައު ތަތުބީޤުކޮށ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 (އެޓާރނީ ޖެނެރަލްގެ އޮފީސް ވ ޢަބްދުލްހާދީ) ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ "ރެސް ޖުޑިކާޓާގެ މަބްދައު ތަތުބީޤުކޮށް، އެ ދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމުގައި ނުވަތަ ކޮށްފައިވާ ދަޢުވާއެއް ބާތިލުކަމަށް ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ 3 ޝަރުތެއް އޮންނަކަ މަށެވެ. އަދި އެ ޝަރުތުތަކަކީ؛ - (ހ) ފަހުން ހުށަހެޅުނު މައްސަލާގައި ހުށަހަޅާފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ކަންކަން އެމައްޗަށް ބިނާކޮށް ހުށަހެޅުނު އެހެން މައްސަލައެއް ކަމާބެހޭ ޝަރުޢީ ކޯޓަކުން ބެލިފައިވުން އަދި - (ށ) ފަހުން ހުށަހެޅުނު މައްސަލައާ ކުރިން ބަލާފައިވާ މައްސަލާގެ ޚަސްމުންނަކީ އެއްބައެއްކަމުގައިވުން އަދި - (ނ) ކުރިން ހުށަހެޅުނު މައްސަލާގައި ހިމެނުނު ކަންތައްތައް އެމައްޗަށް ބިނާކޮށްފައިވާ ޙަޤީޤަތްތަކުގެ މައްޗަށް އެ މައްސަލާގައި ފައިސަލާކުރަނިވި ޙުކުމެއް ކުރެވިފައިވުން ކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/07 (އިބްރާހީ މ ޙަސަން ވ ޢަލީ ރަޝީދު އަދި ޙަސަން ޝަރީފް) ޤަޟިއްޔާގައި، " ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެންނުވާއިރު ބުނެވިދިޔަ ޙުކުމުގެ ޙުއްޖިއްޔަތު ދެމިގެންދާނީ އެ ޙުކުމަކުން ފައިސަލާކުރެވުނު ދަޢުވާގައި ހިމެނޭ ޚަސްމުންގެ މައްޗަށާއި، ފައިސަލާ ކުރެވުނު ދަޢުވާގެ މަޙައްލު (ސަބްޖެކްޓް މެޓަރ) ގެ މައްޗަށާއި އަދި އެ ދަޢުވާގެ ސަބަބު (ކޯސަ އޮފް އެކްޝަންގެ) ނުވަތަ ދަޢުވާކުރާ ފަރާތުން ހުށަހަޅާ ޤާނޫނީ ވަޤާއިޢު (ފެކްޓް) ތަކުގެ މައްޗަށްކަމަށާއި، މިގޮތުން ކޯޓަށް އަލުން ބެލުމަށް ހުށަހެޅޭ މައްސަލައިގެ މަޙައްލު އަކީ ފައިސަލާކުރަނިވި ޙުކުމެއްގެ މަޙައްލު އާއި ތަފާތު މަޙައްލަކަށްވާނަމ ނުވަތަ އެ މައްސަލާގައި ހިމެނޭ ޚަސްމުންނަކީ ތަފާތު ޚަސްމުންނަށް ވާނަމަ ނުވަތަ މައްސަލައިގެ ޤާނޫނީ ވަޤާއިޢުތަކަކީ ތަފާތު ވަޤާއިޢު ތަކެއްނަމަ އެ މައްސަލައެއް ޝަރުޢީ ކޯޓަކުން ބެލުމުން އިޖުރާއީ ހުރަހެއް ނުވާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާ ގައި، ރެސްޖުޑިކާޓާގެ މަބްދައު ބިނާވެފައިވާ 3 (ތިނެއް) އުޞޫލު ބަޔާންކޮށްފައި ވެއެވެ. އެއީ، އިޝޫ އެސްޓޮޕަލް estoppel) (issue އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލް estoppel) (cause of action އާއި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) ކަމަށް ބަޔާންކޮށް މި އުސޫލުތައް ތަތުބީޤު ކުރެވޭނެ ހަމަތައް އެ ޤަޟިއްޔާގައި ބުނެދީފައިވެއެވެ. މި ގޮތުން؛ - މިއުސޫލުތަކުގެ ތެރެއިން އިޝޫ އެސްޓޮޕަލް (issue estoppel) ތަތުބީޤު ކުރެވޭނޭ ގޮތް ބަޔާނެ ކުރަމުން ފާހަގަކޮށްފައިވަނީ، އިޝޫ އެސްޓޮޕަލް ޤާއިމް ކުރުމަށްޓަކައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއީ:-
(ހ) ހުށަހަޅާފައިވާ ނުކުތާއަކީ (އެމަރުހަލާގައި) އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވުން؛
(ށ) ބުނެވިދިޔަ ނިންމުން ނިންމާފައިވާނަމަ، އެ ނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން؛ އަދ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރު.
(ނ) އެނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން؛ މިއެވެ. - މ އ ޞލުތަކުގެ ތެރެއިން ކޯސް އޮފް އެކްޝަން އެސްޓޮޕަލް oppel)tes (cause of action ތަތުބީޤު ކުރެވޭނެ ގޮތް ބަޔާންކުރަމުން އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމް ކުރުމަށްޓަކައި، އަންނަނިވ ކަންކަން ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއީ :-
(ހ) ކުރިން އުފުލާފައިވާ ދަޢުވާއަކއާ ގުޅިގެން އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން؛
(ށ) ކުރިން ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން؛
(ނ) ކުރިން ހުށަހެޅި މައްސަލައާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލަ ކަމުގައި ނުވުން؛ އަދ
(ރ) ފަހުން ހުށަހެޅި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށިގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި އެމައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން." އެވެ. - މ އަޞް ލުތަކުގެ ތެރެއިން އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) ތަތުބީޤު ކުރެވޭނެ ގޮތް ބަޔާންކުރަމުން އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބުނެފައިވަނީ، މިއުޞޫލަކީ ހުށަހެޅ މައްސަލައަކާ ގުޅިގެން ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާތަކެއް ހިމަނއަގެނ ދަޢުވާކުރަން ލާޒިމްކުރާ އުސޫލެއްކަމަށާއ މި ގޮތުނި ދަޢުވް ހުށަހަޅާއިރު، މައްސަލައިގެ ބައި ބައި ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި، އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި ހުށަހަޅަން ހުރި ހުރިހާކަމެއް ހުށަނާޅާއިފިނަމަ، މި އުޞލުގޫ ދަށުން (ވަކި ޚާއޞް ޙާލަތްތަކެއްގައި މެނުވީ) ފަހުން ހުށަހަޅާ މައްސަލަ ބޭރުކޮށްލުމުގެ ފުރުޞަތު އޮންނަކަމަށާއި، ރެސް ޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ އުޞޫލުތައް ތަތުބީޤުކުރުމުގައި އިޖުރާއަތުގެ ނަހަމަ ބޭނުންހިފ ކަނި ނުވަތް ނޫންކަމުގެ މައްޗަށް ނަޒަރުކުރަނީ އިޝޫ އެސްޓޮޕަލް އަދި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަތުބީޤު ނުކުރެވޭ ޙާލަތްތަކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 13.1.2 ވަނަ ނަންބަރުގައި، މިނަންބަރުގެ
(ހ)،(ށ) އަދި (ނ) ގައި ޝަރުޠުތައް ބަޔާންކޮށްފައި ވެއެވެ. - ބުނެވުނު ރިޕޯޓުގެ 13.2.1 އާއި، 13.2.2 އަދި 13.2.3 ވަނަ ނަންބަރު . ރެސް ޖުޑިކާޓާގެ އޞު ލ ސިވިލް ކޯޓުން މި މައްސަލައަށް ތަތބީޤުކޮށްފައު އޮތި ގޮތް ރަނގަޅުތޯ ބެލުން
13މުޙައްމަދު ޝާންގެ ފަރާތުން ހުށަހެޅި މައްސަލައަކީ، ރެސް ޖުޑިކާޓާގެ މަބްދައު އަށް ރިޢާޔަތްކޮށް، ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ނޫންކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ބިނާކޮށްފައިވަނީ، މި މައްސަލައިގައި މުޙައްމަދު ޝާންގެ ފަރާތުން ޙަވާލާދޭ އެއްބަސްވުމަކީ، މުޙައްމަދު ޝާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން ބަލައި، އެ ޤަޟިއްޔާއިން ބޠާ ލުކޮށްފައިވާ އެއްބަސްވުމި އްކަނ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން އެނގޭއިރު، ބުނެވުނު ޤަޟިއްޔާގައި އެއްބަސްވުން ބޠާ ލުކޮށްދިނުމަށ މުޙައްމަދް ޝާންގެ ފަރާތުން އެދި ހުށަހެޅިއިރު، މި މައްސަލައިގައި ފހަގާކުރާފަދ ނުވަތަ އެ މިންވަރުގެ ފައިސާގެ ޢަދަދެއް މުޙައްމަދު ޝާން އަށް އަޙްމަދު މުޖާހިދު އެއާ ޙުސައިން ސަމީރު އަދާކުރަން ޖެހިފައި އޮތްކަން މުޙައްމަދު ޝާންގެ ފަރާ ތުން ފާހަގަކޮށްފައި ނެތް ނެތުމުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަން އެނގެއެވެ.
14މުޙައްމަދު ޝާންގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން ބައްލަވާ ނިންމަވާފައިވާ މައްސަލައިގެ ދަޢުވާގެ ސީޣާއަށް ބަލާއިރު، އެ ދަޢުވާގައި މުޙައްމަދު ޝާންގެ ފަރާތުން އެދިފައިވަނީ، 23 ޖޫން 2008 ދުވަހު މި ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ބުނާ ކުލި ދައްކަމުންނުދާތީ އެއާ އެއްބަސްވުމުގި ދަށުން ޢިމާރާތް ކުރުމަށް ދީފައިވާ މުއްދަތުގައި އެކަން ކޮށްފައިނެތަތީ އަޙް މަދު މުޖާހިދު އާއި ޙުސައިން ސަމީރު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމާއިއެކު އެއްބަސްވުން ބާޠިލް ކޮށްދިނުމަށެވެ. ބުނެވުނު ދަޢުވާގައި، އެއްބަސްވުމުގެ ދށުނަ ލިބެންޖެހޭ ކުލި ހޯދުމަށް އެދިފައި ނުވެއެވެ. އަދި އެއްބަސްވުމާއި ޚިލާފުވުމުން މުޙައްމަދު ޝާން އަށް ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރު. ގެއްލުމެއް ލިބުނުކަމަށްބުނެ ގެއްލުމުގެ ބަދަލެއްހޯދުމަށް އެދިފައެއްނުވެއެވެ.މުޙައްމަދު ޝާންގެ ފަރާތުނ ހުށަހެޅް ދަޢުވި ބަލައެ ސިވިލ ކޯޓުގު ނަންބަރ C/2013-/Cv924 ޤަޟިއްޔާ ގައި ކަނޑައަޅާފައިވަނީ، މި ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްވެއްޖެކަމަށެވެ. އެ ޤަޟިއްޔާގައި ކުލީގެ ގޮތުގައި ނުދައްކައު އޮތް ފައިސާއަކާއި މެދު އަދި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނުކަމަށް ބުނު ގެއްލމުގު ބަދަލަކާއި މެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.
15ޕްރިސިޑެންސް 3ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ އާއި އިސްތިއުނާފު ކުރެވެމުން މި ބެލެވޭ ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގެ މައުޟޫއު ބިނާ ވަނީ، މުޙައްމަދު ޝާން އާއި އަޙްމަދު މުޖާހިދު އަދި ޙުސައިން ސަމީރު އާ ދެމެދު 23 ޖޫން 2008 ގައި ވެފައިވާ އެއްބަސްވުމުގެ މައްޗަށް ކަން އެނގެއެވެ. އަދި މި ދެ ދަޢުވާގައި ހިމެނެނީ އެއް ފަރާތްތަކެއް ކަންވެސް އެނގެއެވެ. އެހެންނަމަވެސް މި ދެ ދަޢުވާގައި ހޯދުމަށް އެދުނު ފަރުވާ އާއި ބެލުނު މައްސަލަ އަދި ދަޢުވާގެ ސީޣާގައި ފަރަޤު ހުރިކަން އެނގެއެވެ. މި ގޮތުން ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ އާއި އިސްތިއުނާފު ކުރެވެމުން މި ބެލެވޭ ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގައި ހިމެނޭ ދަޢުވާގެ މައުޟޫއު ބިނާވާ އެއްބަސްވުމަކީ އެއް އެއްބަސްވުމެއްކަމުގައި ވީނަމަވެސް އަދި މި ދެ މައްސަލައިގައި ހިމެނޭ ޚަސްމުންނަކީ އެއް ޚަސްމުންކަމުގައި ވީނަމަވެސް މި ދެމައްސަލައިގައި މުޙައްމަދު ޝާންގެ ފަރާތުން އެދިފައިވާ ފަރުވާ އަކީ މުޅިން ތަފާތު ދެ ފަރުވާއެއްކަނ އެނގެން އޮތުމުންނާއި ސިވިލް ކޯޓަށް މުޙައްމަދު ޝާ ންގެ ފަރާތުން ފަހުން ހުށަހެޅި ޤަޟިއްޔާގެ (އިސްތިއުނާފު ކުރެވިފައިމިވާ ޤަޟިއްޔާ) ގެ ސީޣާގައި ހިމެނޭ އެއްވެސް ކަމަކީ އޭގެ ކުރިން ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާފައިވާކަމެއ ނޫންކަން އެނގެން އޮންނަކަމުން، ރެސް ޖުޑިކާޓާގެ މަބްދައު ބިނާވެފައިވާ އުޞޫލުތަކުގެ ތެރެއިން އިޝޫ އެސްޓޮޕަލް estoppel) (issue އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލް (cause of action estoppel) މި މައްސަލައަށް ތަތުބީޤު ނުކުރެވޭނެކަން އެނގެއެވެ.
16މިހެންކަމުން ދެން މި މައްސަލާގައި ބަލަން ޖެހޭނެ ރެސް ޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ އޞު ލުތަކުގޫ ތެރެއިން އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) މި މައްސަލައަށް ތަތުބީޤު ކުރެވިދާނެ ތޯއެވެ. އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) މި މައްސަލައަށް ތަތުބީޤު ކުރެވެން އޮތްތޯ ބެލުން
17ޕްރިސިޑެންސް 4ކޯޓުގެ ބޭނުން ނަހަމަގޮތުގައި ހިފޭނެ ފަދަކަމަކަށް ފުރުޞަތު ލިބޭގޮތަކަށ ކޯޓަށް މައްސަލް ހުށަހަޅާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުގެ ޢަމަލުތައް ބަހައްޓާކަމަށް ބެލެވެންއޮތްނަމަ އަދި އެފަދަކަމަކަށް ފަހިވާން ދިމާވާ ފަދަ ކަންތައްތަކެއް ހުރިނަމަ އެފަދަ ފުރޞުތުތަކަށް ހުޅުވާލެވިފައިވާ ދޮރުތައް ބަންދުކުރުމާއިއެކު އެކަން އެމަގުން ހިނގާދިއުން ހުއްޓުވުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޯޓުތަކުންވެސް ކުރަންޖެހޭކަމެކެވެ.
18ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ބޭނުމަކީ، އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުންކަން ދެނެގަނެވޭނީ، ކޮންމެ މައްސަލައެއްގައިވެސް ކަން ހިނގާދާ ގޮތަށާއި، މައްސަލައިގެ މައުޟޫޢު އަށާއި، ކޮންމެ މައްސަލައެއްގެ ވެސް ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ބަލައި ރިޢާޔަތް ކޮށްގެންނެވެ. މި ގޮތުން ދަޢުވއެއާ ހުށަހަޅާއިރު، އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި ދަޢުވާ ހުށހެޅަ ން އޮތެކަމެއްގައި އެ ދަޢުވާގެ މައުޟޫޢުގައި ހިމެނިދާނެ ކަމެއް ވަކި ވަކި ކޮށްގެން ދަޢުވާ ލިބޭ ފަރާތަށް ގެއްލުން ދިނުމުގެ ޤޞަ ދުގައް ދަޢުވާތައް ކުރަމުންދަނީ ނަމަ އެކަމަކީ ރެސް ޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ "އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން" ތަތުބީޤުކޮށް އެ މައްސަލައަކީ ކޯޓުން ބެލެން ނެތް މައްސަލައެއްކަމުގައި ކަނޑައެޅުމުގެ ފުރަ ޞުތު އޮންނާނެ މައްސަލައެކެވެ.
19މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި ޙަވާލާދީފައިވާ އެއްބަސްވުން ބާޠިލު ކުރުމަށި މުޙައްމަދު ޝާންގެ ފަރާތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރޭގައި، ސިވިލް ކޯޓަށް އޭނާގެ ފަރާތުން ފަހުން ހުށަހެޅި މައްސަލައިގައި ހޯދުމަށް އެދުނު ފަރުވާ ހޯދަން އެދުމުގެ ފުރޞު ތަކީ ލިބި އޮތަ ފުރޞު ތަކެވެ. މިހެންކަމުން މުޙައްމަދު ޝާންގެ ފަރާތުން ސިވިލް ކޯޓަށް ފަހުން ހުށަހެޅި މައްސަލައަކީ، އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ ގޮތުން ހުށަހެޅި މައްސަލައެއްތޯ ރެސް ޖުޑިކާޓާގެ މަބްދައުގައ ބުނި އާ އޞު ލުގޫ އަލީގައި ބަލަންޖެހޭ ކަމަށް ފެނެއެވެ. އިސްތިއު ނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގެ ޙުކުމަށް ވާސިލުވެފައިވާ ސަބަބުތަކަށް ބެލުމުން ސިވިލް ކޯޓުގެ ނިންމުން ބިނާކުރި މައިގަނޑު ސަބަބަކީވެސް، މުޙައްމަދު ޝާންގެ ފަރާތުން ސިވިލް ކޯޓަށް ކުރިން ހުށަހެޅި މައްސަލައިގެ ތެރޭގައި މުޙއްމަދަ ޝާންގެ ފަރާތުން ސިވިލް ކޯޓަށް ފަހުން ހުށަހެޅި މައްސަލައިގައި ހިމެނޭކަންކަން ހުށަހެޅުމުގެ ފުރުޞަތު ލިބި އޮވެ އެ ފުރުޞަތު ދޫކޮށްލާފައި އޮތުންކަމަށް ބެލެވެއެވެ.
20ޕްރިސިޑެންސް 5ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާއިން މުޙައްމަދު ޝާންގެ ފަރާތުން ހުށަހެޅި ދަޢުވާ އަށާއި އޭގެ ކުރިން ސިވިލް ކޯޓުން ނިންމާފައިވާ ނަންބަރު 924/Cv-C/2013 ޤަޟިއްޔާގައި ހުށަހެޅި ދަޢުވާގެ މައްޗަށާއި މައްސަލއިގަ މައުޟޫޢުގެ މައްޗަށާއި ކަންހިނގާދިޔަ ގޮތުގަ މައްޗަށް ބަލާއިރު، މުޙައްމަދު ޝާންގެ ފަރާތުން ހުށަހެޅި C/2013-24/Cv9 ޤަޟިއްޔާގައި ބެލުނު މައްސަލައަކީ އެއްބަސްވުމާއި ޚިލާފުވިކަމަށް ދެކިގެން އެއްބަސްވުން ބާޠިލްކުރުމަށް އެދި ހުށަހެޅި މައްސަލައެކެވެ. އެއްބަސްވުމަކާއި ޚިލާފުވެގެން އެއްބަސްވުމެއް ބާޠިލްކުރުމަށް އެދި މައްސަލައެއް ހުށަހަޅާ ކޮންމެ ފަހަރަކު އެ އެއްބަސަ ވުމެއް ބާޠިލް ކޮށްފިނަމަ އެއްބަސްވުމުގެ ދަށުން ލިބޭ މަންފާތަކާއި ލިބޭނެ ގެއްލުން ތައް އެ ދަޢުވާގެ ތެރޭގައި ހޯދަން އެދުން ލާޒިމް ވާނެކަމަށް ބުނެވޭކަށްނެތެވެ. އެހެނީ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފަރުވާއެއް ހޯދުމަށް އެދެވޭނީ އެއްބަސްވުމާއި މެދު ކޯޓުން ނިން މާ ގޮތެއްގެ މައްޗަށް ބިނާކޮށް ގެން ކަމަށްވާއިރު އެމިންވަރު ދެނެގަނެވޭނެ އެއްބަސްވުމާއި ޚިލާފުވެފައިވާ މިންވަރަކާއި ގޮތެއްގެ މައްޗަށް ބިނާކޮށްގެންކަމުގައިވާތީއެވެ. އ އްބަސްވުމ ގުޅާ ގޮތުން މުޙައްމަދެޝާންގެ ފަރާތުން ވަކި ވަކިން ހުށަހަޅާފައިވަނީ ދެ ދަޢީ ވާއެވް. އެއް އެއްބަސްވުން ބާޠިލް ކުރުމަށް ހުށަހެޅް ދަޢުވާއާއި އެއްބަސްވުން ކޯޓުން ބާޠިލްކުރުމުން އެއްބަސްވުމުގެ ދަށުނ ލިބެންޖެހޭ ކުއްޔާއި ގެއްލުމުގެ މިންވަރު ކަނޑައެޅުމުގެ ދަޢުވާއެވެ. އެއްބަސްވުމާއި ގުޅިގެނި އެކި މައްސަލަތައް ވަކިވަކްކޮށްގެނިއިރު އިރުކޮޅ މައްސަލާ އުފައްދައިގެން ހުށަހަޅަމުން ގޮސްފައިވަނީ އެއް ނޫނެވެ. މިހެންކަމުން މި މައްސަލައިގެ މައުޟޫޢު އަށާއެމުޙައްމަދި ޝާންގެ ފަރާތުން ކަން ކޮށްފައިވާ ގޮތަށާއި ހުށަހެޅި ދަޢުވާގެ މައްޗަށާއްމައްސަލައިގެ ވަށައިގެންވާ މި ބުނެވުނު އެންމެހައި ކަނު ކަމުގެ މައްޗަށް ބެލުމުނެމުޙައްމަދިޝާންގ ފަރާތުނު ފަހުން ސިވިލް ކޯޓަށް ހުށަހެޅް ނަންބަރ 1255/Cv-C/2017 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ ގޮތުން ހުށަހެޅި މައްސަލައެއްކަމުގައި ބަލައި ރެސް ޖުޑިކާޓާގެ މަބްދައު ތަތުބީޤު ކުރެވެން އޮތް މައްސަލައެއް ނޫންކަން އެނގެއެވެ. މިހެންކަމުން މުޙައްމަދު ޝާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 1255/Cv-C/2017 ޤަޟިއްޔާއަށް ރެސް ޖުޑިކާޓާގެ މަބްދައު ތަތުބީޤު ކުރި ގޮތް ސައްޙަކަމުގައި ނުބެލެވެއެވެ.
21ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލައިގައި އަހުރެން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލް ކުރަން ޖެހޭކަމަށެވެ. އަދ މި މައްސަލައިގެ މައުޟޫޢުއަށް ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި މި މައްސަލަ އެ ކޯޓަށް ތަޙްވީލު ކުރަން ޖެހޭކަމަށެވެ. އިސފަނޑިޔާރް ހާތިފް ޙިލްމީ ގެ ރައުޔު:
22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ނިންމާފައިވާ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (ދައުލަތް) (2020) އެވެކިޔުނު ޤަޟިއްޔާގައި އެ މައްސަލައިގެ ޙުކުމް ބިނާކޮށްފައިވާ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގެ 13 ވަނަ ނަންބަރުގައި ރެސް ޖުޑިކާޓާގެ މަބްދައު ބިނާކޮށްފައިވާ 3 (ތ ނެއް) އުޞޫލުގެ ތެރެއިން އެ ރައުޔުގެ 13.3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ނަހަމަ ބޭނުންހިފުން (Abuse of Process) މި އުޞޫލު، މި މައްސަލައިގައި
23ސިވިލް ކޯޓުގެ ނަންބަރ 924/Cv-C/2013 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާއަކީ […] އާގެ ކުއްޔަށް ދިނުމާބެހޭ ގޮތުން މުޙައްމަދު ޝާން އާއެކު އަޙުމަދު މުޖާހިދު އާއި ޙުސައިން ސަމީރު 23 ޖޫން 2008 ގައި ވެފައިވާ އެއްބަސްވުމާ ގުޅިގެން ސިވިލް ކޯޓަށް ހުށހެޅުމުނަ ބަލާފައިވާ ދެ މައްސަލައެވެ. އެތަނުން އެންމެ ފުރަތަމައިނުނ ސިވިލް ކޯޓަށް ހުށަހެޅުން މައްސަލައަކީ އެ ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާއިން ބެލުނު މައްސަލައެވެ. އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ 08 މޭ 2013 ގައެވެ. އަދި އެ މައްސަލަ އެ ކޯޓުން ނިންމާފައިވަނީ 24 އޮގަސްޓު 2015 ގައެވެ. އެ މައްސަލައަކީ އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން، އެ އެއްބަސްވުން ބާޠިލުކޮށްދިނުމަށާއި އަދި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅުނު މައްސަލައެކެވެ . އެ މައްސަލައިގެ ތެރޭގައި ސިވިލް ކޯޓަށް ފ ހުނ ހުށަހެޅުމުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 1255/Cv-C/2017 ޤަޟިއްޔާގައި އެދިފައިވާ ގެއްލުމުގެ ބަދަލު ހިމަނާފައެއް ނުވެއެވެ. ސިވިލް ކޯޓަށް ފަހުން ހުށަހެޅުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/25 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތް އެ ޤަޟިއްޔާގެ ދަޢުވާ ފޯމުގެ 6 ވަނަ ނަންބަރުގައާއި، 8 ވަނަ ނަންބަރުގައާއި އަދި 11 ވަނަ ނަންބަރުގައި. މައްސަލައަކީ އެ ކޯޓަށް 24 އެޕްރީލް 2017 ގައި ހުށަހަޅާފައިވާ މައްސަލައަކެވެ. ވީމާ އެ މައްސަލަ ހުށަހަޅާފައިވަނީ، ކުރިން ހުށަހެޅުނު މައްސަލަ ނިމުމަށްފަހު އޭގެ އެއް އަހަރަށްވުރެވެސް ގިނަ ދުވަސް ފަހުންނެވެ. މި މައްސަލައިގައި އެދިފައިވާ ގެއްލުމުގެ ބަދަލަކީ މީގެ ކުރިން ބަލާފައިވާ ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާގައި އެދުމުގެ ފުރުޞަތު އޮތް ގެއްލުމުގެ ބަދަލެކެވެ. އަދި ކުއްޔަށް ދީފައިވާ ތަން ހުސްކޮށް ޙަވާލުކުރަންދެނ އިތުރަށް އަރަމުންދާ ގެއްލުމުގެ ބަދަލަކީވެސް އެ މައްސަލައިގައި އެދުމުގެ ފުރުޞަތު އޮތް ކަމެކެވެ. މީގެ އިތުރުން، ފަހުން ހުށަހެޅުނު މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލުތައް ބިނާކޮށްފައިވަނީ އެ އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށެވެ. މިހެންކަމުން، އެ މައްސަލައިގައި އެދުމުގެ ފުރުޞަތު އޮތް ގެއްލުމުގެ ބަދަލެއް، އެ މައްސަލައިގައި ނުއެދި، އެ ގެއްލުމުގެ ބަދަލުގެ ބައި ވަކިކޮށް، އެ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ މައްސަލަތައް ބައިބައިކޮށްގެން ދެ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ސަބަބުން، ފުރަތަމަ މައްސަލަ 24 އޮގަސްޓު 2015 ގައި ނިމުމަކަށް އައި ކަމުގައިވިއަސް، މި އެއްބަސްވުމުގެ ދަށުން އުފެދިފައިވާ މައްސަލަތަކަށް މިއަދާ ހަމައަށް އައިއިރުވެސ ނިމުމެއް އައިސްފައެއް ނުވެއެވެ. މީގެ ސަބަބުން މި މައްސަލައާ ގުޅިގެން ކޯޓުން ހޭދަކުރަންޖެހޭ ވަގުތު އިތުރުވެގެން ގޮސްފައިވެއެވެ. އަދި މި މައްސަލައިގައި ދަޢުވާލިބޭ ފަރާތްތަކަށް، މި އެއްބަސްވުމުގެ ދަށުން އުފެދިފައިވާ މައްސަލައަށް ނިމުމެއް ލިބިފއެއަ ނުވެއެވެ. އެއް މައްސަލައެއްގެ ތެރެއިން ހުށަހެޅެން އޮތް ނުކުތާއެއް ހުށަނާޅާ މުޅި މައްސަލަ ބައި ބައިކޮށްގެން ހުށަހެޅުމުގެ ސަބަބުން މި މައްސަލަ ނިމުމަކަށް ގެނައުމުގެ ފުރުޞަތެއް ނުލިބެއެވެ. ދިގު ދެމިގެންދާ ގޮތަށް ދަޢުވާލިބޭ ފަރާތްތަކުން މި މައްސަލައިގައި އަބަދު ދެމި ހުންނަން ޖެހުމަކީ އެ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ގެއްލުމެއް ކަމަށް އަހުރެން ދެކެމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ހައިކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާ (އެޓަރނީ ޖެނެރަލްގެ އޮފީސް ވ ޢަބްދުލްހާދީ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާ (އިބްރާހީމް ޙަސަން ވ ޢަލީ ރަޝީދު އަދި ޙަސަން ޝަރީފް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސިވިލް ކޯޓުގެ ނަންބަރު 924/Cv-C/2013 ޤަޟިއްޔާ އަދި ހައިކޯޓުގެ ނަންބަރު 2015/HC-A/351 ޤަޟިއްޔާ (ކުރީގެ މައްސަލަ)
- ބެންޗު
- ޢަލީ ސަމީރު، ހާތިފް ޙިލްމީ، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ހާތިފް ޙިލްމީ