ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/267
އަޙްމަދު ފިރާޤު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2024/HC-A/267
Ahmed Firaaqu v. Prosecutor General 2024/HC-A/267 (2024/HC-A/267, High Court of the Maldives, 20 July 2025)
އަޙްމަދު ފިރާޤު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ބ) ގެ އިފްތިރާޟަށް ބަލައި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ކުރިއެވެ.
އިސްތިއުނާފުކުރާ ފަރާތުން ދެ ދޯނި ކުއްޔަށް ހިފުމަށްފަހު ކުލި ދެއްކުމުގެ ގޮތުން 17 އޮގަސްޓް 2017 ގައި US$ 7,770 ގެ ޗެކެއް ދޫކުރިއެވެ. އެކައުންޓުގައި ފައިސާ ނެތުމުން ޗެކު ބައުންސްވެ، އެންގުމަށްފަހު 7 ދުވަހުގެ ތެރޭ ފައިސާ ނުދެއްކުމުން މަކަރާއި ޙީލަތް ހެދުމުގެ ދަޢުވާ ކުރިއެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނީ ޗެކަކީ ކުލީގެ ވަޢުދެއް ފުއްދުމަށް ދިން ގެރެންޓީއެއް ކަމަށާއި، 212 (ހ) ގެ (1) އަދި (2) ގެ އުންސުރުތައް ފުރިހަމަ ނުވާކަމަށާއި، (ބ) އަކީ ކުށުގެ އުންސުރު ކަނޑައަޅާ މާއްދާއެއް ނޫންކަމަށާއި، އިބްތިދާއީ އަޑުއެހުމުގައި އިޢުތިރާފުވި ނަމަވެސް އަވަސްނިޔާއިން ނުބެލުމާއި އަދަބަށް ލުއި ނުދިނުން ގޯސްކަމަށެވެ. ދައުލަތުން ބުނީ މި ބަހުސްތައް ދަށުކޯޓުގައި ނުދައްކާތީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ބަލައިނުގަނެވޭނެ ކަމަށާއި، ޗެކަކީ ގެރެންޓީއެއް ނޫން، ކުލި ދެއްކުމަށް ދިން ޗެކެއް ކަމަށާއި، ލަސްވީ އިސްތިއުނާފުކުރާ ފަރާތް ޙާޟިރުނުވުމުން ކަމަށެވެ.
މައިގަނޑު ސުވާލު
ދޯނި ކުއްޔަށް ހިފުމުގެ މުޢާމަލާތެއްގައި ކުލި ދެއްކުމަށް ދޫކުރި ޗެކު ބައުންސްވުމަކީ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ޙާލަތެއްތޯ، އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ބ) ގެ ޤާނޫނީ އިފްތިރާޟަކީ ކުށުގެ އުންސުރުތައް ކަނޑައަޅާ މާއްދާއެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ހައިކޯޓުން ކަނޑައެޅީ މުޢާމަލާތަކީ ދޯނި ކުއްޔަށް ހިފުމުގެ މަދަނީ މުޢާމަލާތެއް ކަމާއި، ދެމިއޮތް ވިޔަފާރީގެ ގުޅުމެއްގެ ތެރެއިން ދިން ޗެކަކީ ކުލި ދެއްކުމުގެ ގެރެންޓީއެއް ކަމަށް ބެލެވޭތީ 212 (ރ) ގެ ޙާލަތަށް ވެއްޓޭކަމާއި، ފައިސާ ނުދެއްކުމުގެ ނިޔަތެއް ނެތްކަމާއި، ދަޢުވާ ކޮށްފައިވަނީ ޕީޖީގެ އަމިއްލަ ޗެކު ބައުންސް އުޞޫލާވެސް ޚިލާފަށް ކަމެވެ. ފަނޑިޔާރު ނިޔާޒް ތާއީދުކުރެއްވީ 212 ގެ ކުށަކީ ޙީލަތުން މުދާ ނިގުޅައިގަތުން ކަމަށާއި، މި ޙާދިޘާގައި ކުއްޔަށް ހިފި މުދާ ނިގުޅައިގަނެފައި ނުވާތީ ދަޢުވާ އަސްލުން ބާޠިލު ކަމަށް ބުނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ޙީލަތް ހެދުމުގެ ކުށް ކޮށްފިކަމަށް ބެލެވޭނީ، އެ މާއްދާގެ (ހ) ގެ (1) (އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުން) އަދި (2) (މަކަރާއި ޙީލަތުން އެކަން ކުރުން) ގައިވާ އުންސުރުތައް ދެކަމަށްވެސް ފުރިހަމަވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ބ) އަކީ، އެހެން ގޮތަކަށް ސާބިތުނުކުރެވޭހާ ހިނދަކު މަކަރާއި ޙީލަތް އޮތްކަމަށް ފަނޑިޔާރު ޤަބޫލުކުރަންޖެހޭ ޙާލަތްތައް ބަޔާންކުރާ ޤާނޫނީ އިފްތިރާޟެއް ކަމަށްވާތީ، އެއީ ކުށުގެ އުންސުރުތައް ބަޔާންކުރާ މާއްދާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ރ) ގެ ދަށުން، ކުރިން ވަޢުދުވެފައިވާ ކަމެއް އެ ވަޢުދާ އެއްގޮތަށް ފުރިހަމަނުކުރުމަކީ އޭގެ ޒާތުގައި މަކަރާއި ޙީލަތުގެ ޢަމަލެއް ކަމުގައި ބަލައިގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
- ދެފަރާތުގެ މެދުގައި ދެމިއޮތް ވިޔަފާރީގެ ގުޅުމެއްގެ ތެރެއިން އަނގަބަހުން ކުރެވުނު ގިނަ މުޢާމަލާތްތަކެއް އޮތްއިރު، ކުލީގެ ގޮތުގައި ކުރިންވެސް ދައްކަންޖެހިފައިވާ ފައިސާ ދައްކާނެކަމުގެ ގެރެންޓީއެއްގެ ގޮތުން ދޫކުރި ޗެކަށް ފައިސާ ނުލިބުނު އެއް މުޢާމަލާތް އެކަހެރިކޮށް، އެއީ "މަކަރާއި ޙީލަތުން" އެނގިހުރެ އަނެކާގެ މުދާ ނިގުޅައިގަތުމެއް ކަމުގައި ނުބެލެވޭނެއެވެ؛ އެއީ 212 ވަނަ މާއްދާގެ (ރ) ގައިވާ މަކަރާއި ޙީލަތްކަމަށް ޤަބޫލުނުކުރެވޭ ޙާލަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-31)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "ޗެކު ބައުންސް މައްސަލަތަކާ ގުޅޭ" އުޞޫލުގެ 8 ވަނަ ނަންބަރުގައި އަގު އަދާކުރުމުގެ ގެރެންޓީއެއްގެ ގޮތުން ދޫކުރާ ޗެކު ބައުންސްވާ މައްސަލަތަކުގައި ދަޢުވާ ނުކުރުމަށް އޮތުމުން، އެ އުޞޫލު ޝާއިޢުކުރުމަށްފަހު އެފަދަ ޗެކެއްގެ ސަބަބުން ކުރި ދަޢުވާއަކީ އެ އުޞޫލާވެސް ޚިލާފަށް ކުރެވިފައިވާ، ކުރެވޭނެ ދަޢުވާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
- ކުށުގެ އުންސުރުތައް ފުރިހަމަނުވާތީ ދަޢުވާ ސާބިތުނުވާ ޙާލަތުގައި، ޝަރީޢަތުގެ އިޖުރާއަތާއި އަދަބު ކަނޑައެޅުމާ ގުޅޭ ބާކީ އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35)
- (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ތާއީދީ ރައުޔު) 212 ވަނަ މާއްދާއިން އުފައްދާ ކުށަކީ މަކަރާއި ޙީލަތް ނުވަތަ ޓެކުން މެދުވެރިކޮށް "އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުން" (theft by deception) ގެ ކުށެވެ؛ މަކަރާއި ޙީލަތަކީ މިނިވަން ކުށެއް ނޫން، އެއީ ކުށުގެ ވަސީލަތެވެ. ކުށުގެ ޢަމަލުގެ ރުކުނަކީ އަނެކާގެ މުދާ ނިގުޅައިގަތުމާއި، ނިޔަތުގެ ރުކުނަކީ އެކަން އެނގުމާއި އޮޅުވާލުމުގެ ނިޔަތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40-41، 46)
- (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ތާއީދީ ރައުޔު) ކުއްޔަށް ހިފި އުޅަނދުތަކަށް ކުލި ދެއްކުމަށް ދޫކުރި ޗެކަށް ފައިސާ ނުލިބުމުން ކުއްޔަށް ހިފި މުދާ ވެރިފަރާތުން ނިގުޅައިގަތްކަން ނާންނާތީ، 212 ވަނަ މާއްދާގެ (ހ) ގެ ދަށުން އެފަދަ ދަޢުވާއެއް ޤާނޫނީ ގޮތުން ނެގެހެއްޓޭނެ ދަޢުވާއެއް ނޫނެވެ؛ ކުލީގެ އެއްބަސްވުމާ ގުޅޭ މަކަރާއި ޙީލަތަކީ 212 ވަނަ މާއްދާގެ (ބ) ގެ (3) ގައިވާ ފަދަ ކުއްޔަށް ހިފި މުދާ ރައްދުނުކުރުން ނުވަތަ ދޮގު މަޢުލޫމާތު ދިނުމެވެ؛ އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރުމަކީ ޤާނޫނު ނަންބަރު 16/95 ގެ 39 ވަނަ މާއްދާގެ ދަށުން ކުށެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-50)
މައްސަލައިގެ ތަޢާރަފު:
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ސ. ހުޅުދޫ، ބުލޫބެލް، އަޙްމަދު ފިރާޤު ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކޮށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަ ފަރާތކަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
2ސ. ހުޅުދޫ، ބުލޫބެލް، އަޙްމަދު ފިރާޤު، […] މުނައްވަރުހާދގެ އަމާޒު ދޯންޏާއި، އަމާޒު ކުރައުނީ ދޯނި، ކުއްޔަށް ނެގުމަށްފަހު އެ ދޯނިތަކުގެ ކުލި މުނައްވަރު ހާދީއަށް ދެއްކުމުގެ ގޮތުން، އަޙްމަދު ފިރާޤުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު 002 111835 7702 އެކައުންޓުން، 17 އޮގަސްޓް 2017 ދުވަހު، 7770 $US (ހަތްހާސް ހަތްސަތޭކަ ހަތްދިހަ އެމެރިކާ ޑޮލަރު) ނެގޭގޮތަށް އަޙްމަދު ފިރާޤު ސޮއިކޮށް ފޮނުވާފައިވާ ނަންބަރު 000061 ޗެކަށް ފައިސާ ނެގުމަށްޓަކައި، އެ ޗެކު ބޭންކަށް ހުށަހެޅުމުން އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އެ ޗެކްގައިވާ ޢަދަދަށް ފައިސާ ދެވެން ނެތްކަން ޗެކު ހުށަހެޅި ފަރާތަށް ބޭންކުން އެންގުމުން ޗެކުގައިވާ ޢަދަދަށް ފައިސާ ދިނުމަށް ޗެކަށްފައިސާ ލިބެންވީ ފަރާތުން ޗެކު ދޫކުރި ފަރާތަށް އެންގުމުން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޗެކުގައިވާ އަދަދަށް ފައިސާ ދައްކާފައި ނުވާތީ، ޤާނޫނު ނަންބަރު 2014/9 (ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތު)ގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި އެ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ އެ ޤާނޫނުގެ210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއެވެ .
3ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، ދައުލަތުން ސ. ހުޅުދޫ / ބުލޫބެލް، އަޙްމަދު ފިރާޤުގެ މައްޗަށް ކުޅަ، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދައުވާ ޝަރީޢަތުން ބެލި ބެލުމުން، އަޙްމަދު ފިރާޤު […] މުނައްވަރު ހާދީގެ އަމާޒު ދޯންޏާއި، އަމާޒު ކްރައުން ދޯނި، ކުއްޔަށް ނެގުމަށްފަހު އެދޯނި ތަކުގެ ކުލި މުނައްވަރު ހާދީއަށް ދެއްކުމުގެ ގޮތުން، މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު 002 111835 7702 އެކައުންޓުން، 17 އޮގަސްޓް 2017 ދުވަހު، 7770 $US (ހަތްހާސް ހަތްސަތޭކަ ހަތްދިހަ އެމެރިކާ ޑޮލަރު) ނެގޭގޮތަށް މީނާ ސޮއިކޮށް ފޮނުވާފައިވާ ނަންބަރު 000061 ޗެކަށް ފައިސާ ނެގުމަށްޓަކައި، އެޗެކު ބޭންކަށް ހުށަހެޅުމުން އެކައުންޓް ގައި ފައިސާ ނެތުމުގެ ސަބަބުން، އެ ޗެކު ގައިވާ ޢަދަދަށް ފައިސާ ދެވެން ނެތްކަން ޗެކު ހުށަހެޅި ފަރާތަށް ބޭންކުން އެންގުމުން، ޗެކުގައިވާ ޢަދަދަށް ފައިސާ ދިނުމަށް ޗެކަށް ފައިސާ ލިބެންވީ ފަރާތުން ޗެކު ދޫކުރި ފަރާތަށް އެންގުމުން، 07 (ހަތެއް) ދުވަހުގެ ތެރޭގައި އެޗެކުގައިވާ އަދަދަށް ފައިސާ ދައްކާފައި ނުވާތީ ކަމަށްބުނެ ދައުލަތުން ހުށަހެޅި މި ދައުވާއަށް އަޙްމަދު ފިރާޤު އިންކާރުކުރުނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއް ކަމުގައި ކަނޑައަޅައި؛ (1) ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި، އެ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ކުށުން، ސ. ހުޅުދޫ/ ބުލޫބެލް، އަޙްމަދު ފިރާޤު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި؛ ކްރިމިނަލް ކޯޓު ގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާގެ ރިޕޯޓު (2) މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި، އެ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ ދަށުން، ސ. ހުޅުދޫ/ ބުލޫބެލް، އަޙްމަދު ފިރާޤު 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ .
4ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޓަކައ އިސްތިއުނާފު ކުރާ ފަރާތުން 03 ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ؛
1.4- އަޙްމަދު ފިރާޤު، […] މުނައްވަރު ހާދީއަށް 17 އޮގަސްޓް 2017 ގައި ފައިސާ ނެގޭގޮތަށް ދީފައިވާ ޗެކަކީ، އެ ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ވިޔަފާރީގެ މުޢާމަލާތަކަށް ފައިސާއެއް ދެއްކުމުގެ ގޮތުން ދީފައިވާ ޗެކެއްކަމާއި، އެ މުޢާމަލާތްގެ ފަހުންވެސް، ވިޔަފާރީގެ ގިނަގުނަ މުޢާމަލާތްތަކެއް ކޮށްފައިވާ ކަމާއި، އެމުޢާމަލާތްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން މުނައްވަރު ހާދީގެ ބަހުންވެސް އެނގޭކަމާއި، މިމުޢާމަލާތަށް ދައްކަންޖެހޭ ފައިސާ / ޗެކުގައިވާ ފައިސާ ދެއްކުމާމެދު އަޙްމަދު ފިރާޤު އެއްވެސް އިރަކު އިންކާރުކޮށްފައިނުވާ ކަމާއި، މިދެފަރާތުގެ ދެމެދުގައި ކޮށްފައިވާ ދޯނި ކުއްޔަށްހިފުމުގެ މުޢާމަލާތުގެ ދަށުން އަޙްމަދު ފިރާޤު، މުނައްވަރު ޙާދީގެ މުދަލެއް އޭނާގެ ކިބައިން ނިގުޅައިގެންފައިނުވާކަން އެނގޭއިރު، އަދި އެކަމުގައި މަކަރާއިހީލަތުގެ ޢަމަލެއް އަދި ނިޔަތެއްވެސް ނެތްއިރު، އަޙްމަދު ފިރާޤުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާގެ ރިޕޯޓު ކަނޑައަޅުއްވާފައިވަނީ، ޤާނޫނުލް ޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) އާއި (ށ) ގެ (2( ގެ )5)އާއި އެމާއްދާގެ (ރ) އާއި (ބ) އާއި ޤާނޫނުނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފުވެފއިވަ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
2.4- އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤު ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިގެންވާއިރު، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އަޙްމަދު ފިރާޤު ދަޢުވާއަށް އިޢުތިރާފުވެފައިވަނިކޮށް، ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި ޝަރީޢަތް ހިންގުމަށް ބަޔާންކޮށްފައިވާ އިޖްރާއާތާ ޚިލާފަށް،ޝަރީޢަތުގެ އަޑުއެހުން ބާއްވައި، އަލުން ދަޢުވާ އިއްވައި، ޖަވާބުދިނުމަށް އެންގުމުން ޖަވާބު ދީފައިވަނިކޮށް، އޭގެ ފަހުން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ދަޢުވާ އަލުން އިއްވައި ޖަވާބުދޭން ބުނުމުން ދަޢުވާއަށް އިޢުތިރާފުވާކަމަށް ބުނެފައިވަނިކޮށް، އަޙްމަދު ފިރާޤު އެދަޢުވާއަށް އިންކާރުކުރާކަމަށް ނިންމައި، ހެކިން ހާޒިރުކޮށް ހެކިބަސް ނަގައި، ޚުލާޞާ ބަޔާން ހުށަހަޅައި ޝަރީޢަތުގެ އަޑުއެހުންތައް ނިންމާފައިވަނީ، ޤާނޫނުނަންބަރު 2016/12 (ޖިނާއީ އިޖްރާޢަތުގެ ޤާނޫނު)ގެ 108 ވަނަ މާއްދާގެ (ށ) އާއި 162 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3.4- އަޙްމަދު ފިރާޤުގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ކަނޑައެޅުމުގައި ލުއި ލިބިދޭންޖެހޭ ޙާލަތްތަކެއް އޮތްއިރު، އަދަބު ކަނޑައެޅުމުގައި ލުއި، ލިބިނުދީ އަޙްމަދު ފިރާޤުގެ މައްޗަށް އަދަބު ކަނޑައަޅުއްވާފައިވަނީ ޤާނޫނުނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފީ ނުކުތާތަކާ ގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ
5އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެ ނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚލާސު ގޮތެއްގައި އެކަންކަން ބަޔާންކުރާނަމެވެ. މިގޮތުން؛
1.5- މި މައްސަލާގައި ދޫކޮށްފައިވާ ޗެކަކީ ދޯންޏެއްގެ ކުލީގެ މުއާމަލާތެއްގެ ތެރެއިން ދޫކޮށްފައިވާ ޗެކެއްކަމާއި، ޗެކުގައިވާ ފައިސާ ނުދެއްކިވަނީ އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ މަސައްކަތަކަށް އޭނާއަށް ލިބެންޖެހޭ ފައިސާ ނުލިބިގެންކަމާއި، އެޗެކަކީ ފައިސާ ދޭނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ދީފައިވާ ޗެކެއްކަމާއި، އެއީ މަކަރާއި ހީލަތް ހެދުމުގެ ގޮތުން ދީފައިވާ ޗެކެއްނޫންކަމާއި، އެ ޗެކުގައިވާ ފައިސާ ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިނުވާނެކަމަށް އެފަރާތުން ބުނެއެވެ.
2.5- ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގ 212 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ ދެ ކުށއްކަމާއެ އެއީ މަކަރާއި ހީލަތް ހެދުމުގެ ކުށާއި، ޓެކުމުގެ ކުށްކަމާއި، މި މާއްދާގައިވާ މަކަރާއި، ހީލަތް ހެދުމުގެ ކުށް ފުރިހަމަވާނީ (1) އަދި (2) ގައި ބަޔާންކޮށްފައިވާ އުންސުރުތައް ފުރިހަމަވެގެނކަމާއް އަދި ޓެކުމުގެ ކުށް ފުރިހަމަވާނީ (1) އަދި (3) ގައިވާ ކަންކަން ފުރިހަމަވެގެންކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
3.5- އަދި ފައިސާ ދެއްކުމަށް ޗެކު ދޫކުރެވޭ ހާލަތުގައި މަކަރާއި ހީލަތަކަށްވާނީ، ޗެކުގައި ލިޔެފައިވާ ޢަދަދަށް އެލިޔުން ދޫކުރެވޭ ފަރާތުން އެއަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނެކަން އެނގިހުރެ އެފަދަ ޗެކެއް ދޫކުރުމުންކަމާއި، އަޙްމަދު ފިރާޤު އެއްވެސް އިރަކު މި ފައިސާ ދެއްކުމަކަކަށް އިންކާރުކޮށފައް ނުވާކަމާއި، އެދިފައިވާނީ އެ ފައިސާ ދެއްކުމަށް ފުރުޞަތެއް ދިނުމަށްކަމާއި، އަދި އެފައިސާގެ ތެރެއިން -/10،000ރ (ދިހަހާސް ރުފިޔާ) ވަނީ މުނައްވަރު ހާދީއަށް ދައްކާފައިކަމާއި، އެ ފައިސާ ދެއްކިގޮތވެސް އޭނާ ބަޔާންކޮށްދީފައިވނެކަމާއި، އަދި އެ ފައިސާ ލިބުނުކަމަށް މުނައްވަރު ހާދީ އެއްބަސްވެފައި ވީނަމަވެސް، އެއީ އެ މުޢާމަލާތުގެ ފައިސާއެއް ނޫންކަމަށް މުނައްވަރު ހާދީ ބުނެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
4.5- ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 212 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވަނީ، މަކަރާއި ހީލަތެއް އޮތްކަމުގައި، ފަނޑިޔާރު ޤަބޫލު ކުރަންވާނީ އެމާއްދާގެ (ހ)ގެ (2) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭ ނަމައެވެ. މިއީ ޗެކުން ފައިސާ ދޫކުރެވޭ މައްސަލަތަކުގައި ކުށް ކަނޑައަޅާ މާއްދާއެއް ނޫންކަމާއި، މަކަރާއި ހީލަތް ހެދުންކަމަށް ފަނޑިޔާރު ބަލައިގެން ނުވާނެ ޙާލަތެއް އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަމާއި އެ އަކުރުގައިވަނީ، "ކުރިން ވަޢުދުވެފައިވާ ކަމެއް އެވަޢުދާ އެއްގޮތަށް ދަޢުވާލިބޭފަރާތުން ފުރިހަމަ ނުކުރުން އެއީ އޭގެ ޒާތުގައި މަކަރާއި ހީލަތެއް ކަމުގައި ފަނޑިޔާރު ޤަބޫލުކޮށްގެން ނުވާނެއެވެކަމަށެވެ. ކުއްޔަށްހިފި ދެ ދޯނީގެ ކުލި ދެއްކުމަކީ އެ ދޯނި ކުއްޔަށް ހިފުމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން (ޗެކު ދޫކުރުމުގެ ކުރިން) ވެފައިވާ ވަޢުދއްކަމާއި، އެ ވަޢުދާ އެއްގޮތަށް ފައިސާ ނުދެއްކުމަކީ ނުވަތަ އެފައިސާ ދެއްކުމުގެ ގޮތުން ދިން ޗެކަށް ފައިސާ ހަމައަށް ނުލިބިވުމަކީ، މަކަރާއި ހީލަތެއް ކަމަކަށް ނުބެލެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
5.5- މި މައްސަލައިގައި ހިމެނޭ މުޢާމަލާތަކީ ދޯނި ކުއްޔަށްހިފުމުގެ މުޢާމަލާތެކެވެ. އެ މުޢާމަލާތުގެ ދަށުން ދައްކަންޖެހޭ ފައިސާއަކީ، މި މައްސަލައިގައި ހިމެނޭ ޗެކު ދޫކުރުމުގެ މާކުރިން އަޙްމަދު ފިރާޤު މުނައްވަރު ހާދީއަށް ދައްކަންޖެހިފައިވާ ފައިސާއެއްކަމާއި، އަޙްމަދު ފިރާޤު، މުނައްވަރު ހާދީއަށް ޗެކެއް ދީގެން އޭނާގެ މުދަލެއް މަކަރާއި ހީލަތުން ނިގުޅައިގެންފައެއް ނުވާނެކަމާއި، އެމުޢާމަލާތަށްފަހުވެސް، މި ދެފަރާތުގެ ދެމެދު ވިޔަފާރީގެ އެކިއެކި މުޢާމަލާތްކޮށްފައިވާ ކަމާއި އެމުޢާމަލާތްތަކަށް ދައްކަންޖެހޭ ފައިސާ ހަމައަށް ދައްކާފައިވާކަން މުނައްވަރު ހާދީގެ ބަހުން ސާފުކޮށް އެނގޭ ކަމާއި، އަދި ޗެކު ދީފައިވަނީ ފައިސާ ދެއްކުމުގެ ގެރެންޓީއެއްގެ ގޮތުގައި ކަމާއި، އެފައިސާ ދެއްކޭނީ އަޙްމަދު ފިރާޤު ކޮށްފައިވާ މަސައްކަތަކަށް ލިބެންޖެހޭ ފައިސާ ލިބުމުންކަން މުނައްވަރު ހާދީއަށްވެސް އެނގޭނެތީ، މިކަމުގައި އޮޅުވާލުމެއް ނުވަތަ މަކަރާއި ހީލަތުގެ ޢަމަލެއް އަދި ނިޔަތެއްވެސް ނެތްކަން އިސްތިއުނާފުކުރަ ފަރާތާ ން ފާހަގަކޮށްފައިވެއެވެ.
65- މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އުންސުރުތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ގައި ބަޔާންކޮށްފައިވާ އުންސުރުތައްކަމާއި، އެކުށް ސާބިތުވާކަމަށް ކަނޑައެޅޭނީ މި ދެ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމަކަމާއި، މި މާއްދާގައި ބަޔާންކޮށްފައިވާ ނަންބަރުތައް ކިޔަންޖެހޭނީ އެކުއެކީގައިކަމާއި، ވަކިވަކިން ނަންބަރުތއަ ކިޔައިގެން އެމާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އުންސުރު ފުރިހަމަ ނުވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ޗެކު ބައުންސުގެ މައްސަލަތަކުގައި މަކަރާއި ހީލަތް ހެދުން އޮތްތޯ ބެލުމުގައި އެމާއްދާގެ (ށ)ގެ (2) ގެ (5) ވަނަ ނަންބަރުގައި ބުނާކަންކަން ފުރިހަމަވޭތޯ ބަލަންޖެހޭނެކަމާއި، އެ މާއްދާގެ (ބ) އަކީ ޗެކު ބައުންސް މައްސަލަތަކުގެ ކުށް ކަނޑައަޅާ އަކުރެއް ނޫންކަމާއި، ދަޢުވާ އުފުލިފައިވާ މީހެއްގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ކުރިން ފަނޑިޔާރު ބަލައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް (ޖިނާއީ އިޖްރާއަތުގެ ޤާނޫނު)ގެ 159 ވަނަމާއްދާގެ (ށ) ގެ (1) އަދި (2) ގައި ބަޔާން ކުރައްވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
75- ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގައި ބުނާ ކުށުގެ އުންސުރުތައް ފުރިހަމަވުމަށްޓަކައި އެމާއްދާގެ
(ބ) ގައިވާ ކަންކަން ފުރިހަމަވާ ވަގުތުން ފެށިގެން ކުށުގެ އުންސުރު ފުރިހަމަވާނެ ކަމަށް މިމައްސަލަ ބެއްލެވި ޤާޟީ ނިންމާފައިވާ ނިންމުން ރަނގަޅެއް ނޫންކަމަށާއި، އެހެނީ، އެމާއްދާގައި ބުނެފައިވަނީ 212 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "މަކަރާއިހީލަތް" އޮތްކަމުގައި، ފަނޑިޔާރު ޤަބޫލުކުރަންވާނެ ޙާލަތްކަމާއި، އެނޫން އެހެން ގޮތަކަށް ސާބިތުކޮށްދެވޭނަމަ މަކަރާއިހީލަތް ނެތްކަމަށްވެސް ޤާޟީ ޤަބޫލު ކުރަންވާނެކަން އެމާއްދާއިން ދޭހަވާކަމާއި، އެ މާއްދާގެ (ހ)ގެ ދަށުން ކުށުގެ އުންސުރުތައް ފުރިހަމަވާނީ، އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައި ގަތުމާއި، މަކަރާއިހީލަތުން އެކަން ކުރުމުންކަމާއި، އެހެންކަމުން ހަމައެކަނި އެއަކުރުގެ 2 ވަނަ ނަންބަރުގައިވާ މަކަރާއި ހީލަތުގެ ހާލަތެއް އޮތުމަކުން، އެއަކުރުގެ (1) ގައި ބަޔާންކޮށްފައިވާ އެނގިހުރެ އެހެން މީހެއްގެ މުދަލެއް ނިގުޅައިގަނެވިފައިނުވާ ޙާލަތެއްގައި، އެމާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމަށް ނުބެލެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށް ފާހަގަކުރެއެވެ.
85- ފައިސާ ދެއްކުމުގެ ގޮތުން ދޭ ޗެކެއް ބައުންސްވާ ޙާލަތުގައި މަކަރާއި ހީލަތަކަށްވާނީ، ޗެކު ދޫކުރާ ފަރާތަށް ފައިދާއެއް ލިބުމާއެކު، އަނެއްފަރާތަށް ލިބޭނެ ގެއްލުމެއް އޮތުމާއި، އެ ޗެކުގައިވާ ފައިސާ ދެއްކުމަށް އެއްބަސްނުވުމާއި، ޗެކުދޫކޮށް އެހެންމީހެއްގެ މުދަލެއް ނިގުޅައިގަތުމާއި، އެކަންކޮށްފައިވަނީ މަކަރާއި ހީލަތުން ކަމުގައިވާނަމަކަމާއި، މި މައްސަލައިގައި ހިމެނޭ ފައިސާއަކީ އެ ޗެކު ދޫކުރުމުގެ މާކުރިންވެސް މުނައްވަރު ހާދީއަށް ދައްކަންޖެހިފައިވާ ފައިސާއެއްކަމާއި، ވަޢުދެއް ފުއްދުމުގެގޮތުން ނުވަތަ ޒިންމާއެއް އަދާކުރުމުގެގޮތުން ދޫކުރާ ޗެކަށް ފައިސާ ނުލިބުމަކީ މަކަރާއިހީލަތް ހެދުމުގެ ކުށެއް ނޫންކމާއަ އެ ފައިސާ ދެއްކުމަށް އަޙްމަދު ފިރާޤު އެއްވެސް އިރަކު އިންކާރުކޮށްފއެއް ނުވާނެކަމަށާއި، އެ ޗެކު ދޫކޮށްގެން އަޙްމަދު ފިރާޤަށް ލިބުނު ފައިދާއެއް ނެތްކަމަށާއި، އަދި އެ ޗެކު ދޫކޮށްގެން މުނައްވަރު ހާދީއަށް ލިބުނު ގެއްލުމެއް (ކުރިން ނެތް ގެއްލުމެއް) ނުވަތަ އޭނާގެ އަތުން ގެއްލިގެން ދިޔަ މުދަލެއް ނުވަތަ އެއްޗެއްވެސް ނެތްކަމުން، މި މައްސަލައިގައި މަކަރާއިހީލަތް ހެދުމުގެ ކުށުގެ އުންޞުރުތައް ފުރިހަމަ ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
95- ޖިނާއީ ކުށުގެ ދަޢުވާގެ ޝަރީޢަތް ހިންގުމުގެ އިޖރު އާތު ހަމަޖެހިފައިވާ ގޮތުން އިބްތިދާއީ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެއްޖެނަމަ، އެ މައްސަލަ ހިންގަންޖެހޭނީ އަވަސްނިޔާއިންކަމަށާއި، މިކަން ބަޔާންކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގު 108 ވަނަމާއްދާގެ (ށ) ގައިވަނީ، އިބްތިދާއީ އަޑުއެހުމުގައި ދަޢު ވާލިބޭ މީހާ ކުށަށް އާއި ތިރާފުވެއްޖެނަމަ، އޭނާގެ މައްޗަށް ކޮށްފައިވާ ދަޢވާގު ޝަރީޢަތް، މި ޤާނޫނުގެ 17 ވަނަ ބާބުގައިވާ ގޮތުގެމަތިން ހިންގުމަކާ ނުލައި، އެ ޤާނޫނުގެ 23 ވަނަ ބާބުގެ ދަށުން އެ މައްސަލަ އަވަސްނިޔާއިން ނިންމުމަށްޓަކައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވޭނެ ކަމުގައި ނުވަތަ މި މާއްދާގެ (ރ) ގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބަލައި ނިންމޭނެކަން ދަޢުވާލިބޭ މީހާއަށު ފަނޑިޔާރު އަންގަންވާނެކަމށަ އާ، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާފައިވަނީ 28 ސެޕްޓެންބަރު 2020 ދުވަހުކަމާއި، އެދުވަހުގެ އަޑުއެހުމުގައި އަޙްމަދު ފިރާޤުގެ މައްޗަށް ދަޢުވާ އިއްވުމުން އެދަޢުވާއަށް އަޙްމަދު ފިރާޤު އިޢުތިރާފުވެފައިވާ ކަމާއި، އަޙްމަދު ފިރާޤު އިޢުތިރާފުވެފައިވާތީ ޤާނޫނު ބުނާ ގޮތުން މިމައްސަލައަކީ އަވަސްނިޔާއަށްގޮސް 5 (ފަހެއް) ދުވަހުގެ ތެރޭގައި ޙުކުމްކުރަންޖެހޭ މައްސަލައެއްކަމަށް ޤާޟީ ފާހަގަ ކުރައްވާފައިވީ ނަމަވެސް، މި މައްސަލަ އަވަސްނިޔާއިން ބައްލަވާފައި ނުވާކަމަށާއި، ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ހ) ގައި، އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢތިރާފުވެފައިވު މީހުންގެ މައްސަލަތަކުގެ ޝަރީއަތ ހިންގަންވާނީ، އެޤާނޫނުގެ 23 ވަނަ ބާބުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަވަސްނިޔާއިން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި އެ ބާބުގައި އަވަސްނިޔާއިން މައްސަލަ ނިންމުމުގެ އިޖރާއު ތ ބަޔާންކޮށްފައިވާކަމަށް އިސްތިއުނާފުކުރާފަރާތުން ބުނެފައިވެއެވެ.
105- އިބްތިދާއީ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެފައިވަނިކޮށް އަވަސްނިޔާއިން މި މައްސަލަ ނުބައްލަވައި، އޭގެފަހުން 15 ނޮވެންބަރު 2022 ގައި މައްސަލައިގެ އަޑުއެހުން ބާއްވައި، މި މައްސަލައިގެ ދަޢުވާ އަލުން އިއްވާ ޖަވާބުދޭން އެންގުމުން ހަމަކުރިން ދުވަހު ޖަވާބުދޭން ގޮތަށް ދަޢުވާއަށް ޖަވާބުދާރީވެފައިވި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ކަމަށާއި، ނަމަވެސް، މި މައްސަލަ ބެއްލެވި ޤާޟީ އެކި ގޮތްގޮތަށް ސުވާލުކުރުމުން، ދަޢުވާއަށް އިންކާރުކުރާ ކަމަށް ބުނެފައވާނެ ކަމަށާއި، އިންކާރުކޮށްފައިވަނީ ޗެކު ދޫކުރިކަމަށް ނުވަތަ އެ ފައިސާ އެއްކޮށް ދައްކާފައިވާ ކަމަކަށްނޫން ކަމަށާއި، އިންކާރުކުރަނީ އެފައިސާގެ ޢަދަދަށް ކަމަށާއި، އަދި މި މައްސަލައިގެ ދަޢުވާ ހުށަހަޅައި، ދަޢުވާއަށް ޖަވާބުދިނުމަށް އެންގުމުގެ ކުރިން ދަޢުވާލިބޭ ފަރާތަށް ޤާނޫނުން ލިބިދީފައިވާ ޙައްޤުތައް ބުނެދީފައިނުވާކަނވެސް އިސްތިއުނާފުކް ރ ފަރާތުން ބުނެފައިވެއެވެ.
115- އޭގެ ފަހުން 11 ޖޫން 2024 ދުވަހު ބޭއްވުނު މި މައްސަލައިގެ އަޑުއެހުމަކީ މި އިސްތިއުނާފުކުރެވޭ ޤަޟިއްޔާއާއި ކްރިމިނަލް ކޯޓުގެ ނަންބަރު 24/Cr-C/2023 ޤަޟިއްޔާއާ އެއްކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމެއް ކަމަށާއި، އެ ދުވަހުގެ އަޑުއެހުމުގައި މި އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ އިފްތިތާހީ ބަޔާން ހުށަހެޅުމަށް ދަޢުލަތަށް އެންގުމުން، ދަޢުލަތުގެ ފަރާތުންހުށަހެޅީ ކްރިމިނަލް ކޯޓުގެ ނަންބަރު 24/Cr-C/2023 ޤަޟިއްޔާގައި ބެލެވޭ މައްސަލައިގެ ދަޢުވާކަމަށާއި، އެ ދަޢުވާއަށް އަޙްމަދު ފިރާޤު އިޢުތިރާފުވާ ކަމަށްބުނެ ޖަވާބުދިން ފަހުން، އެކަން ޤާޟީގެ ސަމާލުކަމަށް އައިސްފާވާކަމަށާއި، އޭގެ ފަހުން މި އިސްތިއުނާފުކުރެވޭ މައްސަލައިގައި ދައުލަތުން އިފްތިތާހީ ބަޔާން ހުށަހެޅުމުން އަޙްމަދު ފިރާޤުގެ ފަރާތުން ހުށަހެޅި އިފްތިތާޙީ ބަޔާންނުގައި ދަޢުވާއަށް އިންކާރު ނުކުރާ ކަމަށާއި، އެއީ ރަނގަޅު ޞައްޙަ ޗެކެއް ކަމަށްބުނެފައިވާ ކަމަށާއި، ނަމަވެސް ފައިސާގެ ޢަދަދާމެދު އިންކާރުކުރާ ކަމަށް ބުނެފައިވނެ ކަމަށާއި، އެއަށްފަހު ދައުލަތުން ހުށަހެޅި ހެކިން ހާޒިރުކޮށް ހެކިބަސް ނަގައި، ޚުލާޞާ ބަޔާން ހުށަހަޅައި އަޑުއެހުން ނިންމާލިކަން އިޢުލާންކޮށްފައިވަނީ، އެއަޑުއެހުމުގައި އޮންނާނެ ކަމަށް ޤާޟީ އިޢުލާންކުރި ގޮތާ ޚިލާފަށްކަން ފާހަގަކރު ކަމަށާއި، އެކަމުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދަޢުވާއިން ދިފާޢުވުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތާއި ވަސީލަތްތައް ލިބުމުގެ ޙައްޤުން އަޙްމަދު ފިރާޤު މަހުރޫމްކޮށްފައިވާ ކަމަށް އިސްތިއުނާފކުރު ފަރާތުން ބ ނެފައިވެއެވެ.
125- ކުށެއްގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤުތަކުގެ ތެރޭގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ކަށަވަރުކޮށްދީފައިވާއިރު، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވުމުން އަވަސްނިޔާއިން މި މައްސަލަ ނުބެލުމުގެ ސަބަބުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤުން އަޙްމަދު ފިރާޤު މަހުރޫމްކޮށްފައިވާ ކަމަށާއި، މިފަދަ މައްސަލަތައް ނިންމުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ، އިޢުތިރާފުވުމުން 5 (ފަހެއް) ދުވަހުގެ ތެރޭގައި އަވަސްނިޔާއިން މައްސަލަ ބަލައިނިންމުންކަން އެނގޭކަމާއި، މި ޙާލަތުގައި އެކަށީގެންވާ މުއްދަތު ކަމަށް މާނަކުރަންޖެހޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ނިންމނު ކަމަށާއި، އެއަށްވުރެ ލަސްވެއްޖެނަމަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމި ކަމަކަށް ނުބެލެވޭނެ ކަމަށާއި، މި މައްސަލައިގައި އިބްތިދާއީ އަޑުއެހުމުގައި އިޢުތިރާފުވުމުން އަވަސްނިޔާއިން މައްސަލަ ނުބެލުމުގެ ސަބަބުން މިމައްސަލަ ނިންމިފައިވަނީ، އޭގެ 4 (ހަތަރެއް) އަހަރު ދުވަސްފަހުނކަމުން، އެކަމުގެ ސަބަބުން މި މައްސަލައިގެ އަދަބު ކަނޑައެޅުމުގައި އަޙްމަދު ފިރާޤުގެ ޙައްޤުތަކެއް ގެއްލިގެން ގޮސްފައިވާކމަށަ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
135- މިމައްސަލައިގައި ކޮށްފައިވާ ދަޢުވާ ސާބިތުވެއްޖެނަމަ، އަސާސީ އަދަބެއްގެ ގޮތުން ކަނޑައެޅެނީ 1 (އެކެއް) އަހަރާއި 7 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށާއި، އަދަބު ދައްކުރެވިގެންދާ ޙާލަތްތަކަށް ބަލާއިރު،ކުށަށް އިޢުތިރާފުވާނަމަ، އަސާސީ މިންގަނޑުން 1 (އެކެއް) ދަރަޖަ ދަށްކުރަންޖެހޭކަން ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ށ) އިން އެނގޭކަމާއި، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އަޙްމަދު ފިރާޤު، އޭނާގެ މައްޗަށް ކުރެވޭ ދަޢުވާއަށް އިޢުތިރާފުވެފައިވާކަމާއި، ދަޢުލަތުގެ ފަރާތުން ހުށަހެޅި ޚުލާޞާ ބަޔާނުގައިވެސް އަޙްމަދު ފިރާޤު ކުށަށް އިންކާރުކޮށްފައިނުވާ ކަމާއި ޗެކު ދޫކުރިކަމާއި އެޗެކުގައިވާ ފައިސާ ދައްކާފައިނުވާކަމާއި އެ ޗެކަކީ ރަނގަޅު ޗެކެއް ކަމަށް ބުނެފައިވާކަން ފާހަގަކޮށްފައިވާކަމާއި، އެހެންކަމުން، މި މައްސަލައިގައި އަޙްމަދު ފިރާޤު އިޢުތިރާފުވެފައިވާކަން ދައުލަތުގެ ފަރާތުންވެސް ބަލާފައިވާކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަމާއްދާގެ (ހ) ގައި "ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތްކުރަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި އަޙްމަދު ފިރާޤު ދަޢުވާއަށް އިޢުތިރާފުވުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައު ބަޔާންކޮށްފައިވާ ގޮތުގެމަތިން އަވަސްނިޔާއިން ބެލުމަށް މި މައްސަލަ ފޮނުވިނަމަ، އަދި އަވަސްނިޔާއިން ބެލިނަމަ، ކުށުގެ އަދަބު ކަނޑައެޅުމުގެ މިންގަނޑު ލުއިވުމާއި އަދި ޖޫރިމަނާއަކަށް ނުވަތަ އެނޫން އަދަބަކަށް ބަދަލުވުމުގެ ފުރުޞަތު، އަދި އިޢުތިރާފުގެ އެއްބަސްވުމެއް ދައުލަތާއެކު ވުމުގެ ފުރުޞަތު އަޙްމަދު ފިރާޤަށް ލިބިގެން ދިއުމުގެ ފުރުޞަތު އޮތްއިރު، އެފުރުޞަތު އަޙްމަދު ފިރާޤަށް ގެއްލިގެން ގޮސްފައިވަނީ ޖިނާއީ މައްސަލަތައް ބެލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތު އެއްގޮތަށް މި މައްސަލަ ބެއްލެވި ޤާޟީ ޢަމަލު ނުކުރެއްވުމުގެ ސަބަބުންކަމަށް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
6. އިސްތިއުނާފުކުރާ ފަރާތުން އެދެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްދެއްވމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކތައަ
7. މި މައްސަލއިގައަ އިސްތިއުނާފުކުރާ ފަރާތުން މަކަރާއު ޙީލަތް ހެދުމުގެ ކުށުގެ އުންސުރުތައް ފުރިހަމަނުވާކަމަށް ބުނެ ދައްކަވާފައިވާ ވާހަކަތަކަކީ ދަށު ކޯޓުގައި އެއްވެސް މިންވަރަކަށް އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ )ހ(ގައި، ހައިކޯޓުން މައްސަލަ ބެލުމުގެ އުސޫލު ބަޔާންކޮށްފައި އޮންނަކަމަށާއި، އެ މާއްދާގައި ބަޔާންކުރާ ގޮތުން، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބުނެފަވެއެވެ. އިސްތިއުނާފީ މި އުސޫލަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ އެތައް ނިންމުމެއްގައިވެސް ބަޔާންކޮށް، އިސްތިޤުރާރުވެފައިވާ އުސޫލެއްކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު އަޙްމަދުދީދީ ވ. ހަބީބް ބޭންކް ލިމިޓެޑް ޤަޟިއްޔާގައި އެ ކޯޓުން ފާހަގަކުރައްވާފައިވާ ގޮތުން، "އާންމު އުސޫލެއްގެ ގޮތުން ހައިކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތައް ހައިކޯޓުގެ ފަނޑިޔާރުން ބަލައި ގޮތް ނިންމާނީ، އެ މައްސަލަތައް ދަށު މަރުޙަލާއިން ނިންމުމުގައި ޤާނޫނީ ގޮތުން ހެދި ގޯހަކީ ނުވަތަ އައިބަކީ ކޮބައިކަން ބަޔާންކޮށް، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ ޤާނޫނީ ނުކުތާތަކުގެ މައްޗަށެވެ. " އަދި، މި އުސޫލާ ޚިލާފުވެ، ދަށު ކޯޓުގައި ފާހަގަނުކުރާ ކަމެއް ހައިކޯޓުގައި އާންމު އުސޫލެއްގެ ގޮތުން ފާހަގަކޮށްފިނަމަ، އެ ކަމެއް ހައިކޯޓުން ނުބަލާނެ ކަމަށް އެޤަޟިއްޔާގައި ބަޔާން ކުރައްވާފައިވެއެވެ.
8. އިސްތިއުނާފީ އުސޫލާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ ޤަޟިއްޔާގެ 15 ވަނަ ނުކުތާގައި ބަޔާންކޮށވާފައިވް ގޮތުން، ދަށު ކޯޓުގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ޤާނޫނު ނަންބަރު: 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/89 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 ޤަޟިއްޔާ ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަށް ކޯޓުތަކުގެ ޤާނޫނު ހުއްދައެއް ނުކުރެއެވެ. އަދި އެފަދަ ކަންކަމަކީ އިސްތިއުނާފުކުރުމުގެ އާންމު މަފްހޫމާވެސް ޚިލާފުކަމއްކަމާއެ ދަށު ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ދިޔައިރު، ކުށުގެ އުންސުރުތައް ފުރިހަމަނުވާކަމަށް، ނުވަތަ ސާބިތުނުވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން އެއްވެސް އަޑުއެހުމެއްގައި ވާހަކަދައްކާފައިނުވާ ކަމަށާއި، ދަށު ކޯޓުގައި 28 ސެޕްޓެންބަރު 2020 ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ކުށަށް އިޢުތިރާފުވެފައި، އޭގެ ފަހުން ބޭއްވުނު އަޑުއެހުންތަކުގައިވެސް ދަޢުވާއަކީ ރަނގަޅު ދަޢުވާއެއްކަމަށް ބުނެ ދަޢުވާއަށް ޖަވާބުދާރީވެފައި، އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި ސުވާލުއުފެއްދީ، ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދާ ގުޅިގެންކަމާއި، ބަދަލުލިބޭ މީހާއަށް ވަކި މިންވަރަކަށް ފައިސާ އަދާކޮށް ނިމިފައިވާކަމަށް ބުނެފައިވާކަމާއި، ޚުލާސާ ބަޔާން ހުށަހެޅުމާ ހަމައަށްވެސް، ކުށުގެ އުންސުރެއް ފުރިހަމަނުވާކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތުން ވަކާލާތުކޮށްފައެއް ނުވާ ކަމަށާއި، އެންމެފަހު އަޑުއެހުމުގައިވެސް އިސްތިއުނާފުކުރާ ފަރާތުން އެދުނީ ފައިސާ އަދާކޮށް ނިންމަން އިތުރު ފުރުސަތެއް ދިނުމަށްކަމަށް ދައުލަތުން ބުނެއެވެ.
9. އިސްތިއުނާފީ ދެވަނަ ނުކުތާގައި އަޙްމަދު ފިރާޤު ދައްކާފައިވާ ވާހަކތަކަށަ ބަލާއިރު، އިސްތިއުނާފީ ދެވަނަ ނުކުތާގައި އަޙްމަދު ފިރާޤު ކުރާ ޝަކުވާއަކީ، މީނާ އިބްތިދާއީ މަރުޙަލާގައި ކުށަށް އިޢުތިރާފުވުމުން، އަވަސްނިޔާއިން ޝަރީޢަތް ކުރިއަށް ގެންގޮސްފައިނުވުމއި، އެހެންކަމުން، އެ ނުކުތާއިންވެސް ދޭހަމިވަނީ، މީނާ އިސްތިއުނާފުކޮށްފައި މިވާ ޤަޟިއްޔާއިން މީނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކުށަކީ މީނާ އިޢުތިރާފުވާ ކުށެއްކަމަށް މި މަރުޙަލާގައިވެސް މީނާ އިޤުރާރުވާކަމއި، އެހެންކަމުން، އިސްތިއުނާފީ ދެވަނަ ނުކުތާއިން، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި މި ދައްކާ ވާހަކަތައް ނަފީވާކަމަށް ދެކޭކަމަށާއި، އިސްވެދެންނެވުނު ސަބަބުތައް އެހެން ހުރުމުން، މި ނުކުތާއަކީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ، އިސްތިއުނާފީ އޮޅިގަނޑު ގިރާކރު ނުކުތާއެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުން އެދޭކަމަށާއި، އަދި ބަހުސްގެ ބޭނުމަށް މި ނުކުތާގެ ތަފްސީލުގެ 2 ވަނަ ނަންބަރުގައި އަޙްމަދު ފިރާޤު ބުނެފައިވަނީ، މައްސަލައިގައި ހިމެނޭ ޗެކަކީ ފައިސާ ދޭނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ދީފައިވާ ޗެކެއްކަމަށާއި، އެއީ މަކަރާއި ޙީލަތް ހެދުމުގެ ގޮތުން ދީފައިވާ ޗެކެއް ނޫންކަމަށެވެ. އެހެންނަމަވެސް، އެއީ ހަމައެކަނި ފައިސާ ދޭނެކަމުގެ ޔަޤީންކަން ދިނުމުގަ ގޮތުން ދިން ޗެކެއް ކަން ސާބިތުކުރުމަށް އަޙްމަދު ފިރާޤު ދަށު ކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވާކަމަށާއި، އަދި މި މޭރުމުން ދަށު ކޯޓުގައި ވާހަކަދައްކާފައި ނުވާކަމަށްވެސް އިސްތިއުނާފު ރައް ދުވާ ފަރާތުން
10. އަދި މި ދެ ދޯނީގެ ޚިދުމަތް އަޙްމަދު ފިރާޤު ލިބިގަނެ އެ ދޯނިތަކަށް އަގު އަދާކޮށްފައި ނުވާތީ، ޤާނޫނުގައި ބަޔާންކުރާ މި މަކަރާއި ޙީލަތުން އަނެކާގެ މުދާ ނިގުޅައިގަތުމުގެ މި އުންޞުރުތައް މިވަނީ ފުރިހަމަވެފައިކަމާއި، މި އުންޞުރުތައް މިގޮތަށް ފުރިހަމަ ނުވާ ކަމަށް ބުނެ މި އާގިއުމަންޓަށް ސަޕޯޓް ދިނުމުގެ ގތުނޮ އަޙްމަދު ފިރާޤުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި މެލޭޝިޔާގެ ޕިނޭންގެ ހައިކޯޓުން ނިންމާފައިވާ ނިންމުމެއްގެ ވާހަކަ ފާހަގަ ކުރައްވާފައިވާއިރު މެލޭޝިޔާގެ ހައިކޯޓުގެ ނިންމުން މި މައްސަލައަށް އަޅުގަނޑުމެން ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާ މާނަކުރުމަށް ބޭނުން ކުރެވޭނެ ގޮތެއް އަދި ބޭނުން ކުރެވޭނެ ޙާލަތެއް އަޙްމަދު ފިރާޤުގެ ފަރާތުން މި ހައިކޯޓުގެ މަޖިލީހުގައި ބުނެދެވިފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާ މާނަކުރުމަށް ޓަކައި މަކަރާއި ޙީލަތުން އަނެކާގެ މުދާ ނިގުޅައިގަތުނު މާނަކުރުމަށް ޓަކައި މެލޭޝިޔާގެ ހައިކޯޓުގެ ނިންމުމަކާ ޙަވާލާދެވޭނީ ދައުލަތުން ޤަބޫލު ކުރެވޭ ގޮތުގައި މެލޭޝިޔާގެ ޕީނަލް ކޯޑު ނުވަތަ އެ ނިންމުމުގައި އެ ޙަވާލާ ދީފައިވާ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ މާއްދާއާއު އެ ކުށާއި ދިވެހިރާއްޖޭގެ ޤާނޫނުގައި ބަޔާންކުރާ ކުށާއި އެއްގޮތްވާ ކަމުގައި ވާނަމަ ނުވަތަ މި ދެ ޤައުމުގެ ދެ ޤާނޫނުގެ ކުށުގެ އުންޞުރުތައް އެއްގޮތްވާ ކަމުގައި ވާނަމކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
11. އިސްތިއުނާފުކުރާ ފަރާތުގެ ޝަކުވާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ށ) އަދި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ހ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެކުރާ ޝަކުވާއެއްކަމާއި، އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތު ން މި ކުށަށް އިޢުތިރާފުވެފައި ވަނިކޮށް އަވަސް ނިޔާއިން މައްސަލައިގެ ޝަރީޢަތް ނިންމުމުގެ ބަދަލުގައި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ފަށާ ހެކިންގެ ހެކިބަސް ނަގާ މިގޮތުގެ ޝަރީޢަތުގެ މަރުޙަލާއަށް ކުރިއަށް ގެންދިއުމުގެ ސަބަބުން މައްސަލަ ނިމިފައި މިވަނީ އިބްތިދާއީ އަޑުއެހުމުގައާ އިސްތިއުނާފުކުރާ ފަރާތުން ކުށަށު އިޢުތިރާފުވިތާ އެތަކެއް އަހަރުތަކެއްގެ ފަހުން ކަމަށާއި، އަދި އެގޮތަށް މައްސަލަ ކުރިއަށް ގެނދެވީމް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އިން ކަށަވަރު ކޮށްދޭ އަވަހަށް ޝަރީޢަތް ނިންމުމުގެ ޙައްޤަށް ވެސް އުނިކަން ލިބިފައިވާ ކަމަށް އިސްތިއުނާފުކުރާފަރާތުން ބުނެފައިވާއިރު، ދަށު ކޯޓުގެ މަރުޙަލާގައި ކަންހިނގާދިޔަ ގޮތަށް ތަފްޞީލީ ގޮތެއްގައި ބަލާލީމަ ޙަޤީޤަތުގައި މިގޮތަށް ޝަރީޢަތުގެ މަރުޙަލާއާއި ހަމައަށް މައްސަލަ ދިޔަ ސަބަބު އެނގިގެންދާ ކަމަށް ބުނެއެވެ.
12. ޗެކު ބައުންސްވާ މައްސަލަތަކުގައި އަދި އެ ނޫންވެސް މަކަރާއި ޙީލަތގު މައްސަލަތަކުގައި ބަދަލު ލިބޭ މީހާއަށް ދޭންޖެހޭ ފައިސާ ދައްކާ ޚަލާޞް ކުރުމުން ދައުލަތުން އެ ދަޢުވާއެއް އަނބުރާ ގެންދިއުމުގައި ދައުލަތުނަ ޢަމަލު ކުރާ ގޮތަކީކޮބާތޯ ޝަރީޢަތުން ސާފު ކުރެއްވިކަމަށާއި، 28 ސެޕްޓެންބަރު 2020 ގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ޢާންމުކޮށް މި ބާވަތުގެ މައްސަލަތަކުގައި ފައިސާ ބަދަލު ލިބޭ މީހާއަށް ދައްކާ ޚަލާޞް ކޮށްފި ކަމުގައި ވާނަމަ މައްސަލަ އަނބުރާ ގެންދިއުމުގެ ޕްރެކްޓިސްއެއް ދައުލަތުން ގެންގުޅޭ ކަމށަ ބުނެފައިވނެކަމާއާ އެހެންވީމަ މި މައްސަލައިގައި ވެސް އެގޮތަށް ފައިސާ ދައްކާ ޚަލާޞް ކޮށްފި ކަމުގައި ވާނަމަ އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމިދާނެ ކަމަށާއި، އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރު އެންގެވީ ދަޢުވާ ލިބޭ އަޙްމަދު ފިރާޤުއަށް އިތުރު ފުރުޞަތެއް ދިނުން އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ޝަރީޢަތަށް ފެންނާތީވެ، ދަށު ކޯޓުގެ ޤާޟީ ފާހަގަ ކުރެއްވި މި މައްސަލައަކީ އިބްތިދާއީ މަރުޙލާގައަ އިޢުތިރާފުވެފައިވާތީ، އަވަސް ނިޔާއިން ޝަރީޢަތް ކޮށްގެން ނިންމޭނެ ބާވަތުގެ މައްސަލައެއް ކަމަށްވާތީ، އެންމެ އިންސާފުވެރި ގޮތަކީ އަޙްމަދު ފިރާޤުއަށް އިތުރު ފުރުޞަތެއް ދިނުން ކަމަށާއި، އެ ފުރުޞަތު ދިނުމުން، އަޙްމަދު ފިރާޤއަށު ދެއްކުމަށް އެންގެވި ފައިސާ ދައްކާ ނިންމުމަށްފަހު އެކަމާ ގުޅޭ ލިޔެކިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށާއި ކޯޓަށް ފޮނުވައި ދިނުމަށް އަންގާފައިވު ކަމާއާ އެ އަޑުއެހުމުގައި އެގޮތަށް ފުރުޞަތު ދޭން ދަށު ކޯޓުގެ ޤާޟީ ނިންމެވުމުން އަޙްމަދު ފިރާޤު އެކަމަށް އިޢުތިރާޟެއް ނުކުރައްވާ ކަމަށާއި، އަދި މައްސަލަ އަވަސް ނިޔާއިން ނިންމަވަންވެސް އެދިނުލައްވައި އެދިލެއްވީ ފުރުޞަތަކަށް ކަމަށާއި، އެހެންވީމާ އެއީ އަޙްމަދު ފިރާޤުގެ މަޞްލަޙަތުގައި އަޙްމަދު ފިރާޤުގެ ޙައްޤުތައް އެންމެ ފުޅާކޮށްދިނުމުގެ ގޮތުން ދަށު ކޯޓުގެ ޤާޟީ ނިންމެވި ނިންމެވމު ކަމަށް ދައުލަތުން ބުނެއެވެ.
13. އަދި 15 ނޮވެންބަރު 2022 ގައި ބޭއްވުނު މައްސަލައިގެ ދެވަނަ އަޑުއެހުމުގައި އަނެއްކާ ވެސް ދަށު ކޯޓުގެ މައްސަލަ ބެއްލެވި ޤާޟީ އިޢުލާން ކުރެއްވީ މިއްސަލައިގެ އަޑުއެހުން މިބޭއްވެނީ ދެ އަހަރު ދުވަސް ފަހުން ކަމަށާއި، އަލުން ދަޢުވާ އިއްވުމަށްކަމާއި އޭގެ ކުރީގެ އަޑުއެހުމުގައި ދަޢުވާ އިއްވާ ދަޢުވާއަށް އިޢުތިރާފުވެސްވެފައި ވަނިކޮށް އަލުން ދަޢުވާ އިއްވަން ދަށު ކޯޓުގެ ޤާޟީ އެންގެވި އެންގެވުމަކީ ނުވަތަ އަލުން އެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމަކީވެސް އަޙްމަދު ފިރާޤު އަށް ޤާނޫނުއަސާސީން ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ން ކަށަވަރު ކޮށްދޭ ޙައްޤަކަށް އުނިކަން ލިބޭ ކަމެއް ކަމަށް ދައުލަތުން ނުދެކކަމޭ އާ ދެ އަހަރު ދުވަސް ފަހުން ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި އަލުން ދަޢުވާ އިއްވުމުން އަޙްމަދު ފިރާޤު ދަޢުވާއަށް އިންކާރު ކުރިކަމާއި، ދަޢުވއަށާ އިންކާރު ކުރުމާއި ގުޅިގެން ހެކި ހުށަހަޅައިގެން އެ މަރުޙަލާތައް ކުރިއަށް ގެންދަން ޖެހުނކަމާއި، އެ އަޑުއެހުމުގއަ އަޙްމަދު ފިރާޤގެ ފަރާތުން ވާހަކައެއް ނުދައްކު ކަމަށާއި، އެ އިންކާރު ކުރާ ކަމަށް ކަނޑައަޅައި ހެކި ހުށަހަޅަން ނުވަތަ ހެކި ހާމަ ކުރަން އެންގުމުންވެސް އިޢުތިރާފުވާ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމމެދާ އަޙްމަދު ފިރާޤގެ ފަރާތުން އެދިފައު ނުވާކަމަށް ދައުލަތުން ބުނެއެވެ.
14އަދި 11 ޖޫން 2024 ގައި މައްސަލައިގެ 03 ވަނަ އަޑުއެހުމުގައި ދަށުކޯޓުން މައްސަލަ ބެއްލެވި ޤާޟީ ފާހަގަ ކުރެއްވީ 15 ނޮވެންބަރު 2022 ގައި ބޭއްވުނު އަޑުއެހުމުގެ ރެކޯޑިންގ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ގެއްލިފައިވާކަމަށާއި، ރެކޯޑިންގ ގެއްލިފައިވުމުގެ ސަބަބުން އެދުވަހު އަނެއްކާ އަޑުއެހުން ބާއްވައިގެން ކުރިއަށް ގެންދަން ޖެހުނކަމާއު އެހެންނަމަވެސް އެ ދުވަހުގެ އަޑުއެހުމުގައި މިދެންނެވި މަރުޙަލާތައް ކުރިއަށް ގެންދިޔައިރު އަޙްމަދު ފިރާޤު ގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީ ވީއިރު ދަޢުވާގައި ދޭންޖެހޭ ފައިސާގެ ޢަދަދާ ގުޅޭ ގޮތުން އިހްތިލާފެއް އުފެދުނުކަމާއި، އެ ޢަދަދާ ގުޅޭ ގޮތުން އުފެދުނު އިހްތިލާފާ ގުޅިގެން ދަށު ކޯޓުގައި މައްސަލަ ބެއްލެވި ޤާޟީ ނިންމެވީ އަޙްމަދު ފިރާޤގެ ފުރިހަމު އިޢުތިރާފެއް އޮތް ކަމަށް ޤާޟީއަށް ނުބެލވެ ކަމަށާއި، އަޙްމަދު ފިރާޤު ދަޢުވާއަށް އިންކާރު ކުރާ ކަމަށް ޤާޟީ ނިންމވިކަމާއި، އެގޮތަށް ނިންމވުމުން އެ ދުވަހުގެ އަޑުއެހުމުގައި ޝަފަހީ ހެއްކެއްގެ ގޮތުގައި ބަދަލު ލިބޭ މުނައްވަރު ހާދީ، ދައުލަތުން ހުށަހެޅިކަމާއި، އެ ފަރާތުގެ ހެކިބަސް ނަގައިގެން ހަމަ އެއަޑުއެހުމުގައި ޝަރީޢަތުގެ މަރުޙަލާ ނިންމި ކަން އިޢުލާންކޮށް ޚުލާޞާ ބަޔާން ހުށަހަޅާ މައްސަލަ ނިންމާލެވުނުކަމަށް ދައުލަތުން ފާހަގަކުރެއެވެ.
15މި މައްސަލައިގައި 28 ސެޕްޓެންބަރު 2020 އިން ފެށިގެން 11 ޖޫން 2024 ގެ ނިޔަލަށް މައްސަލަ ދިގު ދެމިގެން ދިޔައިރު އަޙްމަދު ފިރާޤު ގެ ފަރާތުން މައްސަލައިގެ ޝަރީޢަތް ނުނިމި ލަސްވެގެން ޝަކުވާއެއް ހުށަހަޅުވާފައެއް ނުވާކަމާއި، ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި އަޙްމަދު ފިރާޤު ކުށަށް އިޢުތިރާފުވެފައި ވތީވާ އަވަސް ނިޔާއިން އަވަހަށް މައްސަލަ ނިންމަދިނުން އެދި އަޙްމަދު ފިރާޤު ޝަކުވާއެއް ހުށަހަޅާފައި ނުވާކަމާއި، ހުލާޞާ ބަޔާން ހުށަހެޅި އަޑުއެހުމުގައިވެސް އަޙްމަދު ފިރާޤު އެދިފައިވަނީ ފައިސާ ދައްކާ ޚަލާޞް ކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް ކަމަށާއި އެހެންކަމުން މި މަރުޙަލާގައި މިކޯޓުގައ އެ ޝަކުވާ ހުށަހެޅޭނެ ކމާއަ އިސްތިއުނާފީ ނުކުތާ މިގޮތުގެ މަތިން ހުށަހެޅޭނެ ކަމަކަށް ދައުލަތުން ނުދެކޭކަމަށ ބުނެއެވެ. އޭގެ އިތުރަށް ދަށު ކޯޓުން ޢަމަލު ކުރެއްވި ގޮތުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އިން ކަށަވަރު ކޮށްދޭ ޙައްޤަށް އުނިކަން ލިބިފައިވާ ކަމަށް އަޙްމަދު ފިރާޤު ފާހަގަ ކުރައްވާފައިވާ ކަމާއި، އެހެންނަމަވެސް މައްސަލައިގެ 03 އަޑުއެހުމެއް ބޭއްވުނު އިރު އެތަކެއް ދުވަހު ދަށު ކޯޓުން މައްސަލަ ތާވަލް ކުރެއްވކަމާއި، މައްސަލައިގެ ގިނަ އަޑުއެހުންތައް ނުބޭއްވުނީ އަޙްމަދު ފިރާޤު އަށް ކޯޓަށް ޙާޟިރު ވުމުގެ އަމުރު ރައްދު ނކުރުވެގެން ނުވަތަ އަމުރު ރައްދުވެ އަޙްމަދު ފިރާޤު ކޯޓަށް ޙާޟިރު ނުވެގެންކަމާއި، އެހެންވީމާ މި މައްސަލައިގައި ޝަރީޢަތް ލަސްވެފައި މިވަނީ ކޯޓުން ޢަމަލު ކުރި ގޮތެއްގެ ސަބަބުއްނެއް ނޫންކަން ދައުލަތުން ފާހަގަ ކުރއެބެ.
16އިސްތިއުނާފީ 03 ވަނަ ނުކުތާގައި އަޙްމަދު ފިރާޤު މި ފާހަގަކުރައްވަނީ ލުއި އަދަބެއް ދޭންޖެހޭ ޙާލަތެއް އޮތް އިރު ލުއި އަދަބު ނުދީ އަދަބު ކަނޑައަޅާފައިވާކަމަށާއި، އަޙްމަދު ފިރާޤު މި ފާހަގަކުރައްވަނީ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވީ ކަމަށް އިޢުތިރާފުވފައިވާތީވެ ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ށ) ބަޔާންކުރާ ގޮތުން ކުށުގެ އަދަބުގެ ދަރަޖަ އެއް ދަރަޖަ ދަށް ކުރެވއިރޭ އެ ދަރަޖަ ދަށް ނުކޮށް އަދަބު ކަނޑައަޅާފައިވާ ކަމާއި، މިއީ ވެސް އަޙްމަދު ފިރާޤު ދަށު ކޯޓުގައި ފާހަގަ ކުރެއްވި ކަމެއް ނޫންކަމާއި، ދށަ ކޯޓުގައި އަދަބާ ގުޅިގެން ވާހަކަ ދެއްކި އިރު އަދަބާމެދު އަހްމަދު ފިރާޤު އިޢުތިރާފުވެފައި ވާކަމަށާއި، އަދި އަދަބު ލުއިކޮށްދޭން އަޙްމަދު ފިރާޤު އެދިފައި ނުވާކަމަށާއި، ދައުލަތުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކި އިރު ދައުލަތުން ޤާނޫނުލް އުގޫބާތުގެ 1106 ވަނަ މާއްދާގައި އެ އަދަބު ލުއިކުރެވޭނެ ޙާލަތެއް ނެތް ކަމަށް ފާހަގަކުރި ކަމަށާއި، އަޙްމަދު ފިރާޤު ވަނީ ކުށަށް އިންކާރު ކޮށްފައކަމާއި، އެހެންވީމާ މި ނުކުތާއަކީ ވެސް ޙަޤީޤަތުގައި ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި ޚިލާފަށް ހުށަހަޅާފައިވާ ނުކުތާއެއް ކަމަށް ދައުލަތުން ދެކކަމަށޭ ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން
17މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އަޙްމަދު ފިރާޤުގެ ފަރާތނު ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކު ށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ ޤާނޫނު ނަންބަރު 2014/9 (ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) އާއި (ށ) ގެ (2( ގެ )5) އާއި އެ މާއްދާގެ (ރ) އާއި (ބ) އާ ޚިލާފަށް ކަމަށް ބުނާ ނުކުތާ
18މަކަރާއި ހީލަތް ހެދުމުގެ ކުށް ކަނޑައަޅައި ބަޔާންކޮށްފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގައެވެ. އަދި މަކަރާއި ހީލަތް މާނަކޮށްފައިވަނީ 212 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައެވެ. އެ މާއްދާގައި ވަނީ އަންނަވި ފަދައިންނެވެ؛ "212. މަކަރާއި ޚީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކުށް ކަނޑައެޅުން (ހ) އަންނަނވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ. (1) އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުން ؛ އަދި (2) މަކަރާއި ޙީލަތުން އެކަން ކުރުން؛ ނުވަތަ (3) ޓެކުމަކުން އެކަން ކުރުން. މާނަކުރުން (ށ) ... )1( (2) "މަކަރާއި ޙީލަތް " ކަމަށް ބުނެފައި އެވަނީ ޓެކުމަށް ނުހިމެނޭ ގޮތުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭ ގޮތަށް ކުރާ އަންނަނިވި ކަންކަމަށެވެ : (i) ޤާނޫނާ ގުޅޭ ގޮތުން ނުވަތަ މުދަލުގެ އަގާ ގުޅޭގޮތުން ނުވަތަ ސިކުނޑީގެ ޙާލަތާ ގުޅޭ ގޮތުން ތެދު ނޫން ތަޞައްވުރެއް އުފެއްދުން ނުވަތަ އެފަދަ ތަޞައްވުރަކީ، ތެދު ތަޞައްވުރެއްކަމުގައި ބަޔާންކުރުން ؛ ނުވަތަ (ii) މުދަލަކާ ގުޅޭ ގޮތުން ހިންގޭ މުޢާމަލާތެއްގައި ވަކި މަޢުލޫމާތެއް ލިބިއްޖެނަމަ، އެ މުޢާމަލާތެއްގެ ނަތީޖާ އޭނާ ބަދަލުކޮށްފާނެކަމަށް ހީކުރެވޭ މަޢުލޫމާތެއް އޭނާއަށް ލިބުނަނުދީ ހިފެހެއްޓުން؛ ނުވަތަ (iii) އޭނާ ކުރިން އުފައްދައިފައިވާ، ނުވަތަ ތެދުކަމަށް ބަޔާންކޮށްދީފައިވާ ތަޞައްވުރެއް ފަހުން ރަނގަޅުނުކުރުން؛ ނުވަތަ (iv) އެ މުދަލުގެ މައްޗަށް ރަހުނެއް އޮތްކަން، ނުވަތަ އެ މުދާ އޭނާގެއަތުން ބީވެގެންހިނގައިދާނެ ދަޢުވާއެއް އޮތްކަން، ނުވަތަ މިނިވަންކަމާއެކު، އޭނާގެ އަތުގައި އެމުދާ ބެހެއްޓުމަށް އޮތް ހުރަހެއް (ޤާނޫނީ ހުރަހަކީ، އެއާ މެދު ސުވާލު އުފެދޭ ހުރަހެއްކަމުގައިވީނަމަވެސް އެފަދަ ހުރަހެއް ) އޮތްކަން ހާމަނުކުރުން؛ ނުވަތަ (v) ޗެކެއްގައި ލިޔެފައިވާ ޢަދަދަށް ނުވަތަ ފައިސާގެ ގޮތުގައި ބަދަލުކުރެވޭ އެނޫންވެސް މާލީ ލިޔުމެއްގައި ލިޔެފައިވާ ޢަދަދަށް، އެ ލިޔުން ދޫކުރެވޭ ފަރާތުން، އެއަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނެކަން އެނގިހުރެ، އެފަދަ ޗެކެއް ނުވަތަ ލިޔުމެއް ދޫކުރުން .
19ޕްރިސިޑެންސް 1މި މާއްދާ އަށް ބެލުމުން މަކަރާއި ހީލަތް ހެދުމުގެ ކުށް ކޮށްފިކަމަށް ބެލެވޭނީ (ހ) ގެ (1) އަދި (2) ގައި ބަޔާންކުރާ ކުށުގެ އުންސުރުތައް ފުރިހަމަވެގެންނެވެ.
20ޤާނޫނުލް ޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ގައި މަކަރާއި ހީލަތަކީ ކޮބައިކަން މާނަކޮށް ޓެކުމަށް ނުހިމެނޭ ގޮތުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭ ގޮތަށް ކުރާ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ އަކުރުގެ (v) ގައި ޗެކެއްގައި ލިޔެފައިވާ ޢަދަދަށް ނުވަތަ ފައިސާގެ ގޮތުގައި ބަދަލުކުރެވޭ އެނޫންވެސް މާލީ ލިޔުމެއްގައި ލިޔެފައިވާ ޢަދަދަށް، އެ ލިޔުން ދޫކުރެވޭ ފަރާތުން، އެއަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނެކަން އެނގިހުރެ، އެފަދަ ޗެކެއް ނުވަތަ ލިޔުމެއް ދޫކުރުން މަކަރާއި ހީލަތުގެ ޢަމަލެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.
21ދަށު ކޯޓުން މައްސަލަ ބެލިއިރު ދައުލަތުގެ ފަރާތުން ދައުވާކޮށްފައިވާ މާއްދާއަށް ބަލައި އެ މާއްދާގެ (ބ) ގައި ޤާނޫނީ އިފްތިރާޟެއް އޮތްކަމަށް ބަޔާންކުރެއެވެ.
22ޤާނޫނުލް ޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ބ) ގައި ވަނީ އަންނަނިވި ފަދައިންނެވެ؛ "އެހެން ގޮތަކަށް (ބ) އަންނަނިވި ޙާލަތްތަކުގައި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާބިތުނުވާހާހިނދަކު ގޮތުގެމަތިން މަކަރާއި ޙީލަތެއް އޮތްކަމުގައި، އެހެންގޮތަކަށް ސާބިތުނުކުރެވޭހާހިނދަކު، ފަނޑިޔާރު ޤަބޫލުކުރާނެ ގޮތް ޤަބޫލުކުރަންވާނެއެވެ: (1) މީހަކު ޗެކަކުން ފައިސާ ދިނުމުގައި: (i) އެޗެކުގައިވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދުމަށް އެދި ޗެކު ދޫކުރެވިފައިވާ ބޭންކަށް ހުށަހެޅުމުން، އެ ޗެކުގައިވާ މިންވަރަށް އެކައުންޓުގައި ފައިސާ ނެތްކަމަށް ބުނެ އެ ފައިސާ ދެވެން ނެތްކަމަށް އެ ބޭންކުން އެންގުމުން، އެގޮތަށް އަންގައިފިކަން ދަޢުވާ ރައްދުވާ ފަރާތަށް އެނގޭތާ 7 ދުވަހުގެ ތެރޭގައި، އެ ފައިސާ ފުރިހަމައަށް އަދާކޮށް ނުނިންމުން؛ ނުވަތަ (ii) އެ ޗެކު ދަޢުވާ ރައްދުވާ ފަރާތުން ދޫކުރިއިރު، އެ ޗެކު ދޫކުރެވިފައިވާ ބޭންކުގައި ދަޢުވާ ރައްދުވާ މީހާގެ އެކައުންޓެއް ނެތުން؛ ނުވަތަ "... )2(
23ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް މީހަކު ޗެކަކުން ފައިސާ ދިނުމުގައި އެޗެކުގައިވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދުމަށް އެދި ޗެކު ދޫކުރެވިފައިވާ ބޭންކަށް ހުށަހެޅުމުން، އެޗެކުގައިވާ މިންވަރަށް އެކައުންޓުގައި ފައިސާ ނެތްކަމަށް ބުނެ އެ ފައިސާ ދެވެން ނެތްކަމަށް އެ ބޭންކުން އެންގުމުން، އެގޮތަށް އަންގައިފިކަން ދަޢުވާ ރައްދުވާ ފަރާތަށް އެނގޭތާ 7 ދުވަހުގެ ތެރޭގައި، އެ ފައިސާ ފުރިހަމައަށް އަދ ނުކޮށްފިނަމަ އެއީ އެހެން ގޮތަކަށް ސާބިތުނުކޮށްދެވޭހާ ހިނދަކު މަކަރާއި ހީލަތުގެ އަމަލެއްކަމުގައި ބަލަންވާނެކަމަށް އެ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި ބަހުސްގެ ބޭނުމަށް އިސްތިއުނާފުކުރާ ފަރާތުން މުނައްވަރު ހާދީއަށް ވަކިވަރަކަށް ފައިސާ ދައްކާފައި އޮތްކަމުގައިވިޔަސް ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ 212 ވަނަ މާއްދާގައި ބުނާ ކުށުގެ އުންސުރުތައް ފުރިހަމަވުމަށްޓަކައި އެ މާއްދާގެ (ބ) ގައިވާ ކަންކަން ފުރިހަމަވާ ވަގުތުން ފެށިގެން ކުށުގެ އުންސުރުތައް ފުރިހަމަވާނެކަމަށް ބުނެފައިވެއެވެ.
24ޕްރިސިޑެންސް 2ޤާ ނޫނޫލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ބ) ގެ އަރިމަތި ސުރުހީގައި ލިޔެވިފައިވަނީ "އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު ޤަބޫލުކުރާނެ ގޮތް" މިފަދައިންނެވެ. އެ މާއްދާގެ (ބ) ގެ އިބާރާތަށް ބެލުމުން މި އަކުރުގައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަކަރާއި ހީލަތް އެހެންގޮތަކަށް ސާބިތުކޮށްނުދޭ ނަމަ މަކަރާއި ހީލަތް އޮތްކަމަށް ފަނޑިޔާރު ޤަބޫލުކުރަންޖެހޭނެ ހާލަތްތަކެއްކަމާއި މި އަކުރަކީ މަކަރާއި ހީލަތްހެދުމުގެ ކުށުގެ އުނުސުރުތައް ބަޔާންކުރާ މާއްދާއެއްނޫންކަން ފާހަގަކުރަމެވެ. ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ސުރުހީއަށް ބެލުމުން މިއީ މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުމުގެ ކުށާ ގުޅޭ މާއްދާއެއްކަން އެނގެއެވެ. އަދި މަކަރާއި ހީލަތުގެ ކުށް ކަނޑައަޅައި މި ކުށުގެ އުންސުރުތައް ބަޔާންކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައެވެ.
25ޤާނޫނުލް ޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ރ) ގައި މަކަރާއި ހީލަތްކަމަށް ޤަބޫލުނުކުރެވޭ ޙާލަތް ބަޔާންކޮށްފައި އޮވެއެވެ. އެ އަކުރުގައިވަނީ އަންނަނިވި ފަދައިންނެވެ؛ "މަކަރާއި ޙީލަތްކަމަށް (ރ) ކުރިން ވަޢުދުވެފައިވާ ކަމެއް، އެ ވަޢުދާ އެއްގޮތަށް ދަޢުވާ ރައްދުވާ ފަރާތުން ޤަބޫލު ނުކުރެވޭ ޙާލަތް ފުރިހަމަނުކުރުން އެއީ އޭގެ ޒާތުގައި، މަކަރާއި ޙީލަތެއްކަމުގައި ފަނޑިޔާރު ޤަބޫލުކޮށްގެން ނުވާނެއެވެ." ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 18 ވަނަ ނަންބަރ އިން 20 ވަނަ ނަންބަރ އަށް
26ހައިކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ކުރިއަށްދިޔައިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޗެކް ބައުންސް މައްސަލަތަކުގައި ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 މާރިޗު 2020 ގައި އެކުލަވާލެވިފައިވާ ނަންބަރު PGB/171/2020/605-196 "ޗެކު ބައުންސް މައްސަލަތަކާ ގުޅޭ" އުސޫލާއި ގުޅޭ ގޮތުން ޝަރީޢަތުން 28 ޖަނަވަރީ 2025 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި ކުރި ސުވާލުތަކަށް 30 ޖަނަވަރީ 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސިޓީއެއް ފޮނުވައި ޖަވާބުދާރީ ވެފައިވެއެވެ. ދައުލަތުގެ ފަރާތުން އެ ސިޓީގައި ބުނެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު PGB/171/2020/605-196 "ޗެކު ބައުންސް މައްސަލަތަކާ ގުޅޭ" އުސޫލަކީ ޗެކު ބައުންސް މައްސަލަތަކުގައި މިހާރު ޢަމަލުކުރެވެމުންދާ އުޞޫލުކަމާއި މި އުޞޫލު ޝާޢިއުކޮށްފައިވަނީ 03 މާރިޗު 2020 ގައި ކަމާއި މި އުޞޫލުގެ ފަހުން މި ބާވަތުގެ މައްސަލަތަކާ ގުޅޭ އިތުރު އުޞޫލެއް އެ އޮފީހުގެ ފަރާތުން އެކުލަވާލަފައި ނުވާނެކަމަށާއި ހުށަހެޅިފައިމިވާ މައްސަލަ ދެވަނަ ފަހަރަށް ދަށު ކޯޓަށް ހުށަހެޅީ އުޞޫލަށް ޢަމަލު ކުރަން ފެށިފަހުން 10 އޮގަސްޓް 2020 ގައި ކަމެވެ. މީގެ އިތުރުން އެ އުޞޫލުގައި ހުރި ވަކިވަކި ކަންކަމަށް އެ ސިޓީގައި އަލިއަޅުވާލައި އެ އުޞޫލުގައި ދައުވާ ނުކުރާނެކަމަށް ބަޔާންކުރާ އެއްވެސް ޙާލަތަކަށް މި މައްސަލަ ނުފެތޭކަމަށް ބަޔާންކޮށްފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި "ޗެކު ބައުންސް މައްސަލަތަކާ ގުޅޭ" އުސޫލުގައި ހުރި ކަންކަން ލިސްޓުކޮށް "އުސޫލު ނަންބަރު 8" ގައި ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ؛ "އުސޫލު ނަންބަރު 8: މި މައްސަލައިގައި އެކުލެވޭ ޗެކަކީ، ކުލީގެ އަގު އަދާކުރުމުގެ ގެރެންޓީއެއްގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ނޫނެވެ. މިއީ ގެރެންޓީއެއްގެ ގޮތުން ދޫކުރި ޗެކެއްކަމަށް ބުނެ އަޙްމަދު ފިރާޤު ދަށު ކޯޓުގައި ވާހަކަދައްކާފައެއްވެސް ނުވެއެވެ. އަޙްމަދު ފިރާޤު ތަޙުޤީޤަށް ދިން ބަޔާނުގައި ބުނެފައިވަނީ، "ކުލީގެ ފައިސާ ދެއްކުމުގެ ގޮތުން އަޅުގަނޑުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 7702111835002 އެކައުންޓުން 17 އޮގަސްޓް 2017 ވަނަ ދުވަހު $7770 ޑޮލަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު A/95/2025/44-196 ސިޓީ (29 ޖަނަވަރީ 2025) ނެގޭގޮތަށް 000061 ނަންބަރު ޗެކު މުނައްވަރު ހާދީއަށް ވަނީ ޙަވާލުކޮށްފައެވެ"، މިހެންނެވެ. މުނައް ވަރު ހާދީ ދަށު ކޯޓުގައި ހެކިބަސް ދިންއިރު، މުނައްވަރު ހާދީވެސް ބުނެފައިވަނީ، މި ޗެކަކީ ކުލީގެ ފައިސާ ދެއްކުމުގެ ގޮތުން ދިން ޗެކެއް ކަމަށެވެ. އަޙްމަދު ފިރާޤުވެސް ދަށު ކޯޓުގައި ވާހަކަދެއްކީ އެހެންނެވެ. އެހެންކަމުން، މިޗެކަކީ ކުލީގެ ފައިސާ ދައްކާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުން ދީފައިވާ ޗެކެއް ނޫންކަން އެނގެއެވެ."
27ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު PGB/171/2020/605-196 "ޗެކު ބައުންސް މައްސަލަތަކާ ގުޅޭ" އުސޫލުގެ 8 ވަނަ ނަންބަރުގައި އަގު އަދާކުރުމުގެ ގެރެންޓީއެއްގެ ގޮތުން އެމުޢާމަލާތަކާ ގުޅިގެން ދޫކުރާ ޗެކު ބައުންސްވާ މައްސަލަތަކުގައި ދަޢުވާ ނުކުރުމަށް އޮތްކަން އެނގެން އޮވެއެވެ.
28ޕްރިސިޑެންސް 3ޤާނޫނުލްޢުޤޫބާތިގެ 212 ވަނަ މާއްދާގެ (ރ) އަށް ބެލުމުން ވައުދުވެފައިވާ ކަމެއް ވައުދާ އެއްގޮތަށް ފުރިހަމަ ނުކުރުން އެއީ އޭގެ ޒާތުގައި މަކާރި ހީލަތުގެ އަމަލެއް ކަމުގައި ބަލައިގެން ނުވާނެކަން ދޭހަވެއެވެ.
29ޕްރިސިޑެންސް 4ހުށަހެޅިފައިމިވާ މައްސަލާގައި އިސްތިއުނާފުކުރާ އަޙްމަދު ފިރާޤު އާއި މައްސަލާގައި ޗެކު ދޫކުރެވުނު ފަރާތްކަމުގައިވާ މުނައްވަރު ހާދީއާ ދެމެދު ކޮށްފައިވާ މުއާމަލާތަކީ ދޯނި ކުއްޔަށް ހިފުމުގެ މަދަނީ މުޢާމަލާތެއްކަން އެނގެއެވެ. އަދި މި މުޢާމަލާތުގެ ކުރިންވެސް އަދި ފަހުންވެސް އަޙްމަދު ފިރާޤުއާއި މުނައްވަރު ހާދީއާ ދެމެދު މިބާވަތުގެ ވިޔަފާރީގެ ބައިވަރު މުޢާމަލާތްތަކެއް އެކި ދުވަސްތަކުގެ މަތިން ހިނގާފައިވާކަމާއި ފައިސާވެސް ލިބިފައިވާކަމަށް ދަށު ކޯޓުގައި މުނައްވަރު ހާދީ ދީފައިވާ ހެކިބަހުން އެނގެން އޮވެއެވެ. ދެފަރާތުގެ މެދުގައި މާކުރިންވެސް ވިޔަފާރީގެ ގުޅުމެއް އޮތްކަން މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބެލުމުން ސާފެވެ. ދެފަރާތުން ރުހި ދެފަރާތުގެ ދެމެދުގައި އަނގަބަހުން އެއްބަސްވެ ކުރެވުނު ބައިވަރު އެކި މުޢާމަލާތްތައް އޮވެ ޗެކެއް ދޫކޮށް ޗެކަށް ފައިސާ ނުލިބިވާ އެއް މުޢާމަލާތް އެކަހެރިކޮށް ޤާނޫނުލުޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "މަކަރާއި ހީލަތުން" އެނގިހުރެ އަނެކާގެ މުދާ ނިގުޅައިގަތީކަމަށް ބެލެވިދާނެކަމަކަށް ޝަރީޢަތަށް ޤަބޫލުނުކުރެވެއެވެ.
30ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ށ) ގެ (2) ގައި މަކާރާއި ހީލަތުގެ ގޮތުގައި މާނަކޮށް ބެލެވޭ ކަންކަމުގެ ތެރޭގައި (v) ގައި "ޗެކެއްގައި ލިޔެފައިވާ ޢަދަދަށް ނުވަތަ ފައިސާގެ ގޮތުގައި ބަދަލުކުރެވޭ އެނޫންވެސް މާލީ ލިޔުމެއްގައި ލިޔެފައިވާ ޢަދަދަށް، އެ ލިޔުން ދޫކުރެވޭ ފަރާތުން، އެއަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނެކަން އެނގިހުރެ، އެފަދަ ޗެކެއް ނުވަތަ ލިޔުމެއް ދޫކުރުން. " މިފަދައިން އިބާރާތްކޮށްފައިވެއެވެ. އިސްވެ ބަޔާންކުރެވިފައިވާ ފަދައިން އިސްތިއުނާފުކުރާ ފަރާތާއި މުނައްވަރު ހާދީއާ ދެމެދު ވިޔާފާރީގެ ގުޅުމެއް ގާއިމުވެ މި މުއާމަލތުގާ ކުރިންނާއި ފަހުންވެސް އެތައް ފަހަރެއްގެ މަތިން އެކި މުޢާމަލާތްތަކަށް ފައިސާ ދައްކައި، ގުޅުން ދމަހައްޓާފައިވާއިރު މ މައްސަލާގައިވާ މުއާމަލަތަށް ފައިސާ ނުދެއްކުމުގެ ނުނިޔަތެއެ ނުވަތަ ފައިސާ ނުދެއްކުމުގެ ވިސްނުމެއްވެސް އަޙްމަދު ފިރާޤުގެ އޮތްކަމަކަށް ނުބެލެވެއެވެ.
31އިސްތިއުނާފުކުރާ އަޙްމަދު ފިރާޤު އާއި މައްސަލާގައި ގެއްލުން ލިބިފައިވާ ފަރާތްކަމުގައިވާ މުނައްވަރު ހާދީއާ ދެމެދު ކޮށްފައިވާ މުއާމަލާތަކީ ދޯނި ކުއްޔަށް ހިފުމުގެ މުޢާމަލާތެކެވެ. ހިނގާފައިވާ މުޢާމަލާތުގެ އަސްލަކީ ދޯނިތަކުން މުދާ ލޯޑުކުރުމާއި އަންލޯޑްކުރުމެވެ. މި މުއާމަލާތުގެ ތެރެއިން އަޙްމަދު ފިރާޤު ދައްކަންޖެހިފައިވާ ފައިސާއަކީ ޗެކު ދޫކުރުމުގެ ކުރިންވެސް ކުލީގެ ގޮތުގައި ދައްކަންޖެހިފައިވާ ފައިސާތަކެއްކަން އެނގެއެވެ. އެއީ ދެފަރާތުގެ ދެމެދެގައި ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން ދޯނީގެ ކުލި ދެއްކުމަށް ވެފައިވާ ވައުދެއްކަމއި މާ ޗެކަކީ ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ ގުޅުމުގެ ތެރެއިން ހިނގާފައިވާ އެކި މުޢާމަލާތްތަކުގެ ތެރެއިން އެއް މުއާމަލާތެއްގައި ފައިސާ ދައްކާނެކަމުގެ ގެރެންޓީއެއް ކަމަށް ބެލެވެއެވެ. އެހެންކަމުން މިއީ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މަކަރާއި ހީލަތްކަމަށް ޤަބޫލުނުކުރެވޭ ޙާލަތެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވެއެވެ.
32ޕްރިސިޑެންސް 5މިބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތާ ން ޢަމަލުކުރަމުންދު އުޞޫލަށް ބަލާއިރު އުޞޫލުގެ 8 ވަނަ ނަންބަރުގައިވެސް "އަގު އަދާކުރުމުގެ ގެރެންޓީއެއްގެ ގޮތުން އެ މުޢާމަލާތަކާ ގުޅިގެން ދޫކުރާ ޗެކު ބައުންސްވާ މައްސަލަތަކުގައި ދަޢުވާ ނުކުރުން" އޮވެއެވެ. އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު ހުށަހެޅިފައިމިވާ މައްސަލާގައި އިސްތިއުނާފުކުރާ އަޙްމަދު ފިރާޤު އާއި ޗެކު ދޫކުރެވުނު ފަރާތްކަމުގައިވާ މުނައްވަރު ހާދީއާ ދެމެދު އޮތް ގުޅުމަށް ރިޢާޔަތްކުރާއިރު އަޙްމަދު ފިރާޤު ދޫކޮށްފައިވާ ޗެކަކީ ދޯނި ކުއްޔަށް ހިފުމުގެ މުޢާމަލާތަށް ފައިސާ ދައްކާނެކަމުގެ ގެރެންޓީއެއްކަމަށް ފެންނަން އޮތުމުނނާއް އަޙްމަދު ފިރާޤުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ އުޞޫލު ޝާޢިއުކުރުމަށްފަހުގެ ތާރީޚެއްގައިކަމުން މި ދަޢުވާ ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ މި އުޞޫލާވެސް ޚިލާފަށްކަމަށް ޝަރީޢަތަށް ފާހަގަކުރެވޭތީ މި ދަޢުވާއަކީ އަޙްމަދު ފިރާޤުގެ މައްޗަށް ކުރެވޭނެ ދައުވާއެއްނޫންކަމަށް ޤަބޫލުކުރެވެއެވެ.
33އަޙްމަދު ފިރާޤުގެ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާފައިވަނީ 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ށ) އާއި 162 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
34އަދި އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ އަޙްމަދު ފިރާޤުގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ލުއި ލިބިދޭންޖެހޭ ޙާލަތެއް އޮވެ، އަދަބު ކަނޑައެޅުމުގައި ލުއި ނުދީ އަދަބު ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރ 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
35ޕްރިސިޑެންސް 6އަޙްމަދު ފިރާޤުގެ މައްޗަށް ދައުވާކޮށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާ ފައިވާ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ އުންސުރުތައް ފުރިހަމަ ނުވާކަމަށް މި ރިޕޯޓުގެ 17 ވަނަ ނަންބަރުން ފެށިގެން 32 ވަނަ މި އުޞޫލު ޝާޢިއު ކުރެވިފައިވަނީ 03 މާރިޗު 2020 ގައެވެ. އަޙްމަދު ފިރާޤުގެ މައްޗަށް ދެވަނަ ފަހަރަށް ދައުވާ ހުށަހެޅުނީ 10 އޮގަސްޓް 2020 ގައެވެ. ނަންބަރާއި ހަމައަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ތަފްޞީލުކޮށް ހިމެނިފައިވާތީ އަޙްމަދު ފިރާޤުގެ މައްޗަށް ދައުވާ ސާބިތުނުވާ ޙާލަތުގައި އިސްތިއުނާފީ ދެވަނަ ނުކުތާއާއި ތިންވަނަ ނުކުތާއަކީ މިކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ ނުކުތާތަކެއް ކަމުގައި ޝަރީޢަތުން ނުދެކެމެވެ.
36އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ކޯޓުގެ ނަންބަރު 528/Cr-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރުމަށް އަހުރެންނަށް ފެނެއެވެ.
37އަޙްމަދު ފިރާޤުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޤާނޫނު ނަންބަރު 2014/9 (ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތު)ގެ 212 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއެވެ. މަކަރާއި ޙީލަތް އޮތްކަމަށް ބަޔާން ކޮށްދިނުމަށް ޕްރޮސިކިއުޝަނުން ޙަވާލާދީފައިވަނީ މިމާއްދާގެ (ބ)ގެ (1) ވަނަ ނަންބަރުގެ (i) އަށެވެ.
38ޕްރޮސިކިއުޝަނުން ކޮށްފައި މިއޮތް ދަޢުވާއަށާއި ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާއަށް ބެލުމުން، ފުރަތަމަވެސް އުފެދޭ ސުވާލަކީ، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާއިން އުފައްދާ ކުށަކީ ކޮބާހެއްޔެވެ؟ އެކަން ސާފުވެގެން މެނުވީ، އިތުރަށް ކުރިއަށް ދެވިދާނެ ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވުނެވެ. އެހެނީ ޤާނޫނީ ވަކި ނައްޞަކާއި ޙަވާލާދީ މީހެއްގެ މައްޗަށް ކުށުގެ ދަޢުވާއެއް އުފުލާއިރު، އެޙަވާލާދެވޭ ނައްޞުގައި ބަޔާންކުރާ ކުށަކީ ކޮބާކަން އެނގިގެން މެނުވީ ދަޢުވާ ރައްދުވާ މީހާއަށް އެދަޢުވާއަށް ޖަވާބު ދާރީވުމަކީ މުސްތަޙީލު ކަމެކެވެ.
39ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ނައްޞަށް ބަލާއިރު، އެމާއްދާގައި ބަޔާން ކުރަނީ؛ ކުށް ކަނޑައެޅުން 212. (ހ) އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ. (1) އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުން؛ އަދި (2) މަކަރާއި ޙީލަތުން އެކަން ކުރުން؛ ނުވަތަ (3) ޓެކުމަކުން އެކަން ކުރުން. މިފަދައިންނެވެ.
40ޕްރިސިޑެންސް 7ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާއަށް ބެލުމުން އެނގެނީ އެމާއްދާއިން އުފައްދާ ކުށަކީ "އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުން" (theft by deception) މި ކުށް ކަމެވެ. އެމާއްދާއިން އިތުރު އެހެން ކުށެއް ނުއުފައްދާކަމެވެ. މަކަރާއި ޙީލަތް ހެދުމއާ ޓެކުމަކީ (deception) އެމާއްދާއިން އުފައްދާ ކުށްތަކެއް ނޫން ކަމެވެ. އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަންނަނީ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމަކުން މިއިން ޙާލަތެއް މެދުވެރިކޮށެވެ. ވީމާ، މިމާއްދާގައި ބަޔާން ކުރާ މަކަރާއި ޙީލަތް ހެދުމާއި ޓެކުމަކީ، އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައި ގަތުމަށޓަކައް ބޭނުން ކުރާ އޮޅުވާލުމުގެ އުކުޅެކެވެ. އެކަން އެނގޭ އެއްގޮތަކީ، 212 ވަނަ މާއްދާގެ (ހ) ގެ (2) އަދި (3) ވަނަ ނަންބަރުގައި މަކަރާއި ޙީލަތުން "އެކަނ" ކުރުން، ޓެކުމަކުން "އެކަނ" ކުރުން މިފަދައިން އޝާރާތިކުރާ "އެކަމަކީ" ކޮންކަމެއްތޯ ސުވާލު ކުރާއިރު، އެކަމަކީ 212 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށުގެ ޢަމަލު ކަމަށްވާ " އަނެއްކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުން" ކަން ސާފުކޮށް އެނގޭތީއެވެ. މިކަން އެނގޭ އަނެއްގޮތަކީ، 212 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، އެއަކުރުގެ ދެން އޮތް ދެނަންބަރާއި ގުޅުވަން ބޭނުންކޮށްފައިވާ "އަދި" މިއަކުރާއި 212 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު ގުޅުވަން ބޭނުންކޮށްފައިވާ "ނުވަތަ" މިއަކުރަށް ބެލުމުންނެވެ. ވީމާ، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާއިން އުފައްދާ ކުށަކީ "މަކަރާއި ޙީލަތް" ކަމަށް ނޫނީ "ޓެކުން" ކަމަށް ކުރެވޭ މާނައަކީ މުޅިންގޯސް މާނަ ކުރުމެވެ.
41ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ކުށުގެ ޢަމަލުގެ ރުކުން (actus reus) ބިނާވަނީ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމާއެވެ. މިކުށުގެ ނިޔަތާއި ގުޅޭ ރުކުން (mens rea) ބިނާވަނީ، އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމުގެ ކުށުގެ ޢަމަލު ހިންގުމުގައި، އެމުދާ އޭނާގެ ކިބައިން ނިގުޅައިގަނެވޭކަން އެކަން ކުރާ މީހާއަށް އެނގުމާއި (knowledge of the deprivation)، އެކަން ކުރުމުގައި މަކަރާއި ޙީލަތް ނުވަތަ ޓެކުމުގެ (intent to decevive) ނިޔަތް އޮތުމެވެ.
42ދަޢުވާ އުފުލާފައިވާ ޙާދިޘާއަށް ބަލާއިރު، ދަޢުވާ ރައްދުވާ ފަރާތުން ކޮށްގެން އުޅޭ ކަމަކީ، އެހެން މީހެއްގެ އަތުން ދެ އުޅަނދެއް ކުއްޔަށް ހިފުމެވެ. އެހެންކަމުން، އެދެމީހުންގެ މެދުގައި އޮންނާނީ ލިޔުމުން ކަމަށްވިޔަސް ނުވަތަ އަނގަބަހުން ކަމަށްވިޔަސް ކުލީގެ އެއްބަސްވުމެއް ކަމަށް ބުރަވެއެވެ. އެއެއްބަސްވުމުގެ ދަށުން ކުއްޔަށްހިފި އުޅަނދުތަކަށް ކުލި ދެއްކުމަކީ ކުއްޔަށް ހިފިފަރާތުން އަދާކުރަންޖެހޭނެ ތަޢާޤުދީ ޒިންމާއެވެ. ކުލީގެ އެއްބަސްވުމުގެ ދަށުން ވެފައި އޮންނާނެ އެއްވަޢުދަކީވެސް ދައްކަންޖެހޭ ކުލި އެދައްކަންޖެހޭ ގޮތަކަށް ދެއްކުމުގެ ވަޢުދެވެ. އެޒިންމާ އަދާކުރުމުގެ ގޮތުން، މި ދެއުޅަނދު ކުއްޔަށް ހިފި، މިދަޢުވާ ރައްދުވާ ފަރާތުން ދޫކުރީ ޗެކެވެ. ނަމަވެސް އެޗެކު ބޭންކަށް ހުށަހެޅުމުން އެޗެކަށް ފައިސާ ލިބޭ ގޮތެއް ނުވިއެވެ.
43ޕްރިސިޑެންސް 8މިހާދިޘާގެ މައްޗަށް ބިނާކޮށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން ދަޢުވާ އުފުލާނަމަ، އުފުލޭނެ ދަޢުވާއަކީ، ދަޢުވާ ރައްދުވާ ފަރާތުން ކުއްޔަށް ހިފިކަމަށް ބަޔާންކުރާ ދެއުޅަނދު ނުވަތަ އެތަނުން އުޅަނދެއް އޭގެ ވެރިފަރާތުގެ ކިބައިން ދަޢުވާ ރައްދުވާ ފަރާތް ނިގުޅައިގަތްފި ކަމުގެ ދަޢުވާއެވެ. އެކަން އޭނާ ކުރީ މަކަރާއި ޙީލަތުގެ ޢަމަލަކުން ނޫނީ ޓެކުމުގެ ޢަމަލަކުންކަމެވެ.
44ނަމަވެސް، ޕްރޮސިކިއުޝަނުން އުފުލާފައިވާ ދަޢުވާގައި، ކުއްޔަށް ހިފި ދެއުޅަނދު ނުވަތަ އެތަނުން އުޅަނދެއް އޭގެ ވެރިފަރާތުގެ ކިބައިން ދަޢުވާ ރައްދުވާ މީހާ ނިގުޅައިގަން ކަމަށް ނުބުނެއެވެ. ޕްރޮސިކިއުޝަނުން ބަޔާން ކުރަނީ، ކުއްޔަށް ހިފި އުޅަނދަށް ދައްކަންޖެހޭ ކުލި ދެއްކުމަށް ދަޢުވާ ރައްދުވާ ފަރާތުން ދިން ޗެކަށް ފައިސާ ނުލިބުމަކީ މަކަރާއި ޙީލަތެއް ކަމަށެވެ. އެ ޗެކަށް ފައިސާ ނުލިބުމަކީ ހެދި މަކަރާއި ޙީލަތަކަށްވެސް ވެދާނެއެވެ. ނަމަވެސް، އެމަކަރާއި ޙީލަތުގެ ޢަމަލުގެ ސަބަބުން، ކުއްޔަށްދިން ދެއުޅަނދު ނުވަތަ އެތަނުން އުޅަނދެއް އޭގެ ވެރިފަރާތުގެ ކިބައިން ނިގުޅައި ގަތްކަން ބަޔާން ކޮށްދެވެން ޖެހޭނެއެވެ. އެކަން އެގޮތަށް ހިނގާފައި ނުވާކަން މިޙާދިޘާއިން އެނގެއެވެ.
45ވީމާ، މިޙާދިޘާ ހިނގާފައި އޮތްގޮތަށް ބަލާއިރު، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ދަޢުވާ އުފުލޭނެ ޙާދިޘާއެއް ވާޤިޢުވެގެން ގޮސްފައެއް ނުވެއެވެ. ވާޤިއުވާ ޙާދިޘާއަކީ، އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން ޗެކަށް ފައިސާ ނުލިބުމުގެ ޙާދިޘާ އެކެވެ. މިފަދަ ޢަމަލުތައް ކުށް ކަމަށް ބަޔާންކޮށް އަދަބު ކަޑައަޅާފައި އޮންނަނީ ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއިބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އާއި (ށ) ގައެވެ. އެކައުންޓްގައި ފައިސާ ނެތި ޗެކު ދޫކުރި ކުރުމަކީ އޮޅުވާލުމުގެ ޢަމަލެއް ކަމަށް ބަލާނަމަ، އެކަމާއި ގުޅޭ ކުށުގެ ބައިތައް ބަޔާން ކުރަނީ، ޤާނޫނުލްޢޫބާތުގެ 310 ވަނަ ބާބުގެ ދަށުގައެވެ.
46ޤާނޫނުލްއުޤޫބާތުގެ 212 ވަނަ މާއްދާގެ (ބ) ގެ (1) ގެ (i) ގައި ޗެކަކުން ފައިސާ ދިނުމާއި ގުޅޭ ގޮތުން ބަޔާން ކޮށްފައިވާ ބަޔާން ކުރުމަކީ، "މަކަރާއި ޙީލަތެއް" އޮތްކަމަށް ޤަބޫލު ކުރެވިދާނެ ޙާލަތެކެވެ. މިތަނުގައި ބަޔާން ކުރާ މަކަރާއި ޙީލަތަކީ، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާން ކުރާ "އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމަށް" ކުށް ކުރުމަށް ބޭނުން ކޮށްފާނެ މަކަރާއި ޙީލަތުގެ ޢަމަލެކެވެ. އެއަކުރުން ކަނޑައަޅަނީ މަކަރާއި ޙީލަތުގެ ވަކި މިނިވަން ކުށެއް ނޫނެވެ.
47މިކަންކަން މިހެންހުރިއިރު، ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޝަނުން ކޮށްގެން އުޅޭ ދަޢުވާއަކީ ނެގެހެއްޓޭނެ ދަޢުވާއެއް ނޫނެވެ. ސަބަބަކީ، ދަޢުވާ ރައްދުވާ މީހާ ކުލި ދެއްކުމުގެގޮތުން، ދޫކުރި ޗެކަށް ފައިސާ ނުލިބުމާއި އެކު، އެއީ މަކަރާއި ޙީލަތެއް ކަމަށް ބެލިޔަސް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ ކުށުގެ ޢަމަލު ކަމަށްވާ، ކުއްޔަށް ހިފި އުޅަނދު އޭގެ ވެރިފަރާތުން ނިގުޅައިގަންކަން އެއްވެސް ގޮތަކަށް އެނގެން ނެތުމުންނެވެ. ވީމާ، ޤާނޫނުލްޢުޤޫބާތުގ 212 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ވަކި މިނިވަން ކުށެއްގެ ގޮތުގައި، އުފުލާފައި މިވާ މަކަރާއި ޙީލަތުގެ ކުށުގެ ދަޢުވާއަކީ ޤާނޫނީ ގޮތުން ނެގެހެއްޓޭނެ ދަޢުވާއެއް ނޫނެވެ. އެދަޢުވާވެގެންދާނީ އެކަށައެޅުމުގައިވެސް ބާޠިލު ދަޢުވާއަކަށެވެ.
48މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) އިން އުފައްދާ ކުށާއި ގުޅިގެންދާ ކުލީގެ އެއްބަސްވުންތަކާއި ގުޅޭ ގޮތުން، ބަޔާން ކުރަނީ އަންނަނި ގޮތަށެވެ؛ އެހެން ގޮތަކަށް 212. (ބ) އަންނަނިވި ޙާލަތްތަކުގައި މި މާއްދާގެ (ހ) ގެ (2) ވަނަ ސާބިތުނުވާހާހިނދަކު ނަންބަރުގައިބަޔާންކޮށްފައިވާ ގޮތުގެމަތިން މަކަރާއި ޙީލަތެއް ޤަބޫލުކުރާނެ ގޮތް އޮތްކަމުގައި، އެހެން ގޮތަކަށް ސާބިތުނުކުރެވޭހާހިނދަކު، ފަނޑިޔާރު ޤަބޫލުކުރަންވާނެއެވެ. (3) މީހެއްގެ މުދާ ކުއްޔަށް ދޫކުރުމުގައި ނުވަތަ ކުއްޔަށް ހިފުމުގައި: (i) ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި، އެ މުދަލުގެ ވެރިފަރާތަށް ނުވަތަ މުދަލުގެ ވެރިފަރާތުން އެ ކަމަށް ކަނޑައަޅާފައިވާ މީހާއަށް، އެ މުދާ ރައްދުނުކުރުން؛ ނުވަތަ (ii) އެ މުދަލުގެ ވެރިފަރާތާއެކު ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަޤްޞަދުގައި، އޭނާގެ ޝަޚްޞާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ދިނުން، ނުވަތަ އޭނާގެ ނަމާއި ނުވަތަ އެޑްރެހާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނާއި ނުވަތަ އެއްބަސްވުމުގައި އޭނާ ސޮއިކުރުމާ ގުޅޭ ގޮތުން ދިން މަޢުލޫމާތަކީ، ތެދު މަޢުލޫމާތެއްކަމުގައި ނުވުން. (iii) މިމާއްދާގެ މިއަކުރުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއްގެ ސަބަބުން މީހެއްގެ މިލްކުވެރިކަމުގައިވާ މުދާ އަނބުރާ އޭނާއާ ހަވާލުކުރުމަށް އެންގުމަށް، އޭނާއަށް އޮތް ޙައްޤަކުން އޭނާ ބަރީއައެއް ނުވެއެވެ. އެފަދަ އެންގުމެއް ލިޔުމުން އަންގާ އިރުގައި، ކުލީގެ އެއްބަސްވުމުގައި ސޮއިކުރިއިރު ދަޢުވާ ރައްދުވާ މީހާ، ދީފައިވާ އެޑްރެހަށް އެފަދަ ލިޔުމެއް ޕޯސްޓުން ފޮނުވުމަކީ، ޞައްހަ ގޮތުގައި އެންގި އެންގުމެއް ކަމުގައި ބެލެވޭނެއެވެ. މިފަދައިންނެވެ.
49ވީމާ، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ " އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުގެ ކުށް، ކުލީގެ އެއްބަސްވުމަކާއި ގުޅިގެން ވުޖޫދު ވުމުގައި މަކަރާއި ޙީލަތް ހެދީކަމަށް ބަލަންޖެހެނީ، ކުއްޔަށް ހިފި މުދާ ޤާނޫނުގައި ބަޔާން ކުރާ ގޮތަށް ރައްދުނުކުރުމާއި، ކުއްޔަށް ހިފުމުގައި މުދަލުގެ ވެރިފަރާތާދެމެދު ކުއްޔަށް ހިފާރާތުން ބަދަލުކުރާ ޒާތީ ނުވަތަ ޤާނޫނުގައި ބަޔާން ކުރާ މަޢުލޫމާތުތައް އޮޅުވާލުމެވެ. ކުއްޔަށް ހިފި މުދަލަށް ކުލި ދެއްކުމަށް ދޫކުރި ޗެކަށް ފައިސާ ނުލިބި އޮތުމަކީ، ކުލީގެ އެއްބަސްވުމާއި ގުޅޭ ގޮތުން މަކަރާއި ޙީލަތް ހެދުން ކަމަކަށް ބަޔާނެއް ނުކުރެއެވެ. ހަމައެހެންމެ، ކުއްޔަށް ހިފި ދެއުޅަނދަށް ކުލި ދައްކާނެ ކަމަށް ބުނެ، ކުއްލި ނުދެއްކިނަމަވެސް، އެއީ މިމާއްދާގެ ބޭނުމަށްޓަކައި މަކަރާއި ޙީލަތް ހެދުންކަމަށް ޤާނޫނު ނުބަލައެވެ.
50މިޙާދިޘާ އާއި ގުޅިގެން، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ މަކަރާއި ޙީލަތް ހެދުމުގެ ދަޢުވާ ކޮށްފައިވަނީ ޤާނޫނީ ގޯހަކުންނެވެ. މިގޯސް މިހެން އޮތްކަން ބެލިފައި ނެތުމުގެ ސަބަބުން، ޤާނޫނީ މިގޯހުގެ މައްޗަށް ގޯސްތަކެއްހެދި، ދަޢުވާ ރައްދުވާ ފަރާތަށް ދަޢުވާ ރަގަޅަށް ސާފުކޮށް ނުދެވި، އޭނާއަށް އޭނަ އިޢުތިރާފުވާ ކުށަކީ ކޮބާކަން ނޭގި، ވަރަށް ގިނަ އޮޅުން ބޮޅުންތައް ހިންގައި މިޙާދިޘާގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޝަނުން އުފުލި ދަޢުވާއިން ކުށްވެރި ކުރަންނުޖހެ މީހަކު ކުށްވެރިވެއްޖެކަމަށް ކޯޓުން ކަނޑައެޅުމގު ސަބަބުން މިވަނީ އިންޞާފުގެއްލިގެން (miscarriage of justice) ގޮސްފައެވެ. މިޙާލަތުގައި، ދަޢުވާ ރައްދުވާ ފަރާތް ކުށްވެރިވެއްޖެކަމަށް ދަށުކޯޓުން ކަނޑައެޅި ކަނޑައެޅުން ނެގެހެއްޓޭނެ ޝަރުޢީ ޤާނޫނީ އެއްވެސް ހަމައެއް އޮތްކަމަށް ނުފެއެވެ. އެހެންކަމުން، ރިޔާސަތުގެ ނިންމުމަށް އަހުރެންވެސް ތާޢީދު ކުރަމެވެ.
51މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) (1)(2)(3)، (ށ) (2) (v)، (ރ)، (ބ) (1) (i) އަދި (ބ) (3)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "ޗެކު ބައުންސް މައްސަލަތަކާ ގުޅޭ" އުޞޫލު (ނަންބަރު PGB/171/2020/605-196، 03 މާރިޗު 2020) ގެ 8 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ށ) އަދި 162 ވަނަ މާއްދާގެ (ހ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ (ދައުލަތުގެ ބަހުސްގައި)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/89 ޤަޟިއްޔާ (ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު އަޙްމަދު ދީދީ ވ. ހަބީބް ބޭންކް ލިމިޓެޑް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/66 ޤަޟިއްޔާ (މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުއްރައޫފު އިބްރާހީމް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ޝަހުމާ، އަޙްމަދު ފަރާސް ޝާކިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- މުޙައްމަދު ނިޔާޒް