ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/184
އަދުހަމް ޢަބްދުﷲ ވ. ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، 2025/HC-A/184
Adhuham Abdhuﷲ v. Driftvud Maldives Private Limited 2025/HC-A/184 (2025/HC-A/184, High Court of the Maldives, 16 October 2025)
އަދުހަމް ޢަބްދުﷲ ވ. ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ހުއްދަ ނުހޯދާ 3 ދުވަހު ވަޒީފާއަށް ހާޟިރުނުވި ކަމަށް ބުނެ ނޯޓިސް ނުދީ މުވައްޒަފު ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ؟
ނިންމި ގޮތް
ޓްރައިބިއުނަލްގެ ނިންމުން ބާޠިލް؛ ވަޒީފާ އިޢާދަކޮށް 3 މަހުގެ މުސާރައާއި އިނާޔަތް ދިނުމަށް އަމުރު
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހޭނެއެވެ. މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކޮށްފައިވަނީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްކަމާއި، އިޖުރާއީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން ފުރިހަމަކުރި އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށް ވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ފަދަ ޢަދުލުވެރި ސަބަބެއް އޮވެގެންނެވެ. އެފަދަ ސަބަބެއް އޮތް ކަމަށް ބެލެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް ވެފައިވާ ޙާލަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-22)
- ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވޭނީ، ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށް ވާނަމައެވެ. އެއީ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުވުން، ދެފަރާތުގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ ކަމަކަށް ވުން، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާ ޚިލާފުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ވަޒީފާއާބެހޭ ކޮންމެ މައްސަލައެއްގައިވެސް ރިޢާޔަތްކުރަންޖެހެނީ އެ މައްސަލައެއްގައި ކަންހިނގާދިޔަ ގޮތަށް ބަލައި subjective އުޞޫލުންނެވެ. ހާޟިރީއާ ގުޅޭ ކަމެއްގައި ޢަމަލުކުރާނެ އުޞޫލެއް ލިޔެވިފައި އޮތް ނަމަވެސް، ކަންހިނގާދިޔަ ގޮތާއި މުވައްޒަފުގެ ޚިދުމަތުގެ މުއްދަތާއި ކުރިން މަސައްކަތްކޮށްފައިވާ ގޮތަށް ރިޢާޔަތްކުރަންޖެހޭނެއެވެ؛ އެކަމަށް ރިޢާޔަތްނުކޮށް، އިޞްލާޙީ ފިޔަވަޅެއްވެސް ނާޅާ، ނޯޓިސް ނުދީ އެފަދަ މުވައްޒަފަކު ވަކިކުރެވިގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23.14-23.15)
- ޗުއްޓީ އިތުރުކޮށްދިނުމަށް ސުޕަވައިޒަރަށް ތަކުރާރުކޮށް އެދުމުން ސާފު ޖަވާބެއް ނުދީ، ޑިއުޓީ ޝެޑިއުލްގައި އެ ދުވަސްތައް 'އޮފް' ކަމަށް އާންމުކޮށްފައިވާ ޙާލަތުގައި، ޗުއްޓީ ލިބިފައިވާ ކަމަށް ބަލައި ހާޟިރުނުވާ މުވައްޒަފަކީ އެއްވެސް އެންގުމެއްނެތި ހާޟިރުނުވާ މުވައްޒަފަކާ އެއްހަމައެއްގައި ބެލެވޭނެ މީހެއް ނޫނެވެ؛ ހޭންޑްބުކުގައި 'ފޯނު ނުވަތަ އީމެއިލް' ބުނެފައިވުމުން ސުޕަވައިޒަރަށް މެސެޖުކުރުން މަނާކުރާކަން ދޭހަނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23.14-23.15)
- ވަޒީފާއާބެހޭ ޤާނޫނުގެ 23 (ށ) (1) ގެ ދަށުން ވަކިކުރުމަށް، މުވައްޒަފު ވަޒީފާގައި ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ގެއްލުން ލިބިދާނެކަން ހެކިތަކުން ދައްކަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23.16-23.17)
- އިދާރީ ތަޙުޤީޤެއް ނުކޮށް، ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ވަޒީފާއިން ވަކިކުރުމަކީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްގެން ކުރި ވަކިކުރުމެއް ނޫނެވެ؛ އެ ބައި އިސްތިއުނާފުކުރެވިފައި ނުވިނަމަވެސް ކޯޓުން އެކަމާ ބެހެވިދާނެއެވެ. ވަޒީފާގެ ޙައްޤަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤަކަށްވާތީ، ވަކިކުރަންވާނީ ފަހު ހަރުފަތެއްގެ ގޮތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 161/VTR/2023 މައްސަލަ އިސްތިއުނާފުކުރުމަށުގއް. ގެމަނަފުށި، ދިލްބަހާރުގެ، އަދުހަމް ޢަބްދުﷲ ގެފަރާތުން ދިވެހީރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "ޑްރިފްޓްވުޑް މޯލްޑިވްސް"( އެވެ.
2ގއ. ގެމަނަފުށި، […] އަދުހަމް ޢަބްދުﷲ އަކީ ޑްރިފްޓްވުޑް މޯލްޑިވްސޯއިން ހިންގަމުންދާ ޕާކް ހަޔާޓް މލްޑިވްސިރިޒޯޓުގައ 01 ނޮވެންބަރު 2010 އިން ފެށިގެން ވަޒީފާ އަދާކުރަމުން އައި، އެ ރިޒޯޓުގެ އެކި މަޤާމްތައ އަދާކޮށްފައިވާ ފަރާތެކެވެ.
327 ޖުލައި 2023 އިން ފެށިގެން 22 އޮގަސްޓު 2023 ގެ ނިޔަލަށް އަދުހަމް ޢަބްދު ﷲ ޗުއްޓީ ނެގިއެވެ. އެއިރު އަދުހަމް ޢަބްދުﷲ އަކީ އެ ރިޒޯޓުގެއެސިސްޓެންޓް މެނޭޖަރ އައުޓްލެޓި ގ މަޤާމުގައި ހުރި ފަރާތެކެވެ.ޗުއްޓީ ހަމަވާތީ، މުހިންމު ކަމެއް ދިމާވެގެން ޗުއްޓީއަށް އިތުރު ދެ ތިން ދުވަސް ހަމަޖައްސާދިނުމަށ އެދް ޑިރެކްޓަރ އޮފް އެފް.އެންޑް.ބީ އެންޑް ކަލިނަރީ އޮޕަރޭޝަންސް އަށް 21 އޮގަސްޓު . ދރއ. ރަޖިސްޓްރީ ނަންބަރު 275/2004-C . މައްސަލައާއެކު ހުށަހެޅިފައިވާ މަޤާމުގެ ކުރިއެރުންތަކ ގުޅާ ލިޔުންތައް . ޗުއްޓީ ރިކުއެސްޓް ފޯމް . ޗުއްޓީ ރިކުއެސްޓް ފޯމް އަދި ވަޒީފާ ބަޔާން 2023 ދުވަހު އަދުހަމް ޢަބްދުﷲ މެސެޖު ފޮނުވިއެވެ. އެ މެސެޖުގެ ޖަވާބުގައި ޑިރެކްޓަރ އަންނަނިވި ފަދައިން ޖަވާބު ދީފައިވެއެވެ. “Unfortunately you have been away for so long already and Ankit rd is leaving on the 23 ”
4ޑިރެކްޓަރުގެ އެ މެސެޖުގެ ޖަވާބުގައި، އަބަދުވެސް މަސައްކަތަށް އިސްކަންދޭ ކަމަށާއި ނަމަވެސް މިފަހަރު ޗުއްޓީ އިތުރުކޮށްދޭނ އެދެން ވަރަށް މުހިންމު ކަމެއް ދިމާވެގެން ކަމަށް ބުނީ 3 ދުވަސް އިތުރުކޮށްދިނުން އެދު އަންނަނިވި ފަދައިން އަދުހަމް ޢަބްދުﷲ އިތުރު މެސެޖެއް ފޮނުވިއެވެ. “I do understand. But it’s really important otherwise I won’t be asking. I always prioritise work over everything. This time I’m asking because it’s really important for me to stay for few more days. I would appreciate if you could pls allow me just 3 more days”
5އަދުހަމް ޢަބްދްﷲ ގެ އެ މެސެޖަށ އެއްވެސް ޖަވާބެއް ލިބިފައިނުވެއެވެ. ޖެހިގެން އައި ދުވަހު އަނެއްކާވެސް އަދުހަމް ޢަބްދުﷲ ޑިރެކްޓަރ އަށް އަންނަނިވި ފަދައިން މެސެޖު ފޮނުވިއެވެ. “Good morning chef, unfortunately I won’t be able report duty th tomorrow as planed. 26 is the earliest that I can be back to work. I’m so sorry for the inconvenience. Your understanding is highly appreciated. Thank you”
6އަދުހަމް ޢަބްދުﷲފޮނުވި އެ މެސެޖަށްވެސ ޖަވާބެއް ލިބިފައި ނުވެއެވެ. ނަމަވެސް 23 އޮގަސްޓު 2023 ދުވަހުގެ ޑިއުޓީ ޝެޑިއުލް މުވައްޒަފުންގެ ސޯޝަލް މީޑިއާ ގްރޫޕަށް ފޮނުވުނު އިރު، 23، 24 އަދި 25 އޮގަސްޓު 2023މި 3 ދުވަހަކީ އަދުހަމް ޢަބްދުﷲ އަށް "އޮފް" ދުވަސްތަކެއް ކަމަށް ލިޔެފައިވެއެވެ.
7އަދުހަމް ޢަބްދު ﷲ ވަޒީފާއަށް ނުކުތުމަށްޓަކައި 25 އޮގަސްޓު 2023 ދުވަހު ރިޒޯޓަށ ގޮސް، 26 އޮގަސްޓު 2023 ދުވަހު ވަޒީފާއަށް ނުކުތުމުން، 26 އޮގަސްޓު 2023 ދުވަހުން ފެށިގެން އަދުހަމް ޢަބްދުﷲ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން އަދުހަމް ޢަބްދުﷲއާ ހަވާލުކުރެވުނެވެ.
8އަދުހަމް ޢަބްދުﷲ ވަޒީފާއިން ވަކިކުރެވުނީ ހުއްދަ ހޯދުމަކާއި ނުލައި، 03 )ތިނެއް( ދުވަހު ޑިއުޓީއަށް ޙާޟިރުވެފައިނުވ ކަމަށާ ބަޔާންކޮށް ވަޒީފާގެ އެއްބަސްވުމުގ 38 ވަނަ މާއްދާ، 38.1 ވަނަ މާއްދާ ގެ )q،( )v(، އަދި )w ( އާއި އެސޯސިއޭޓް ހޭންޑްބުކްގެ 8.2.1 ގެ )c) (xxiv( އާ ހަވާލާދީއެވެ.
9ވަޒީފާއިން ވަކިކުރިއިރު، އަދުހަމް ޢަބްދުﷲ ހުރާ އެސިސްޓެންޓް މެނޭޖަރ އައުޓްލެޓްގެ މަޤމުގައެވެ. ވަޒީފާއިން ވަކިކުރުމާހަމައަށް އަދުހަމް ޢަބްދާﷲގެ ވަޒީފހާޟިރީގެ އިތުރު އެއްވެސް މައްސަލައެއް ޖެހިފައިވާކަނ އެނގޭކަށް ނެތެވެ. 26 އޮގަސްޓު 2023 ދުވަހާ ހަމައަށް، ގާތްގަނޑަކަށް 13 އަހަރު ދުވަހު އަދުހަމް ޢަބްދެﷲ އ ރިޒޯޓގައިވަޒީފާގއަ ޚިދުމަތް ކޮށްދީފައިވެއެވެ.
10ބުނެވުނު ފަދައިން އަދުހަމް ޢަބްދީﷲ ވަޒީފާއިން ވަކިކޮށްފައިވާތީ، އަދުހަމް ޢަބްދުﷲވަޒީފާއިން ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރ 2/2008 )ވަޒީފާއާބެހޭ ޤާނޫނު( އާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އަދުހަމް ޢަބްދު ﷲ އަދާކުރަމުން ދިޔަ ވަޒީފާ އިޢާދަކޮށްދިނުމަށާއި، ވަޒީފާ އިޢާދަކޮށްދިނުމާ ހިމައަށް ހިނގާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 03 )ތިނެއް( މަސްދުވަހުގެ މުސާރައާއި އިނާޔަތް ނަގައިދިނުމަށް އެދި އަދުހަމް ޢަބްދްގެﷲ ފަރާތުނޭވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލު ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 161/VTR/2023 މައްސަލައިގައެވެ.
11އ މައްސަލައިގައިވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އަދުހަމް ޢަބްދުﷲ ވަޒީފއިނާ ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ޑްރިފްޓްވުޑް މޯލްޑިވްސް އިން ސާބިތުކޮށްދީފައިވާތ އާއި އަދުހަމް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބުރަވެވޭތީ، އަދުހަމް ޢަބްދަﷲ ގެ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ޑްރިފްޓްވުޑް މޯލްޑިވްސްގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައެވެ.
12ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އަދުހަމް ޢަބްދެﷲގެ ފަރާތުން އ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
13ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 161/VTR/2023 މްއްސަލައިސްތިއުނާފުކުރަމުނުއަދުހަމ ޢަބްދްﷲގެ ފަރާތުނ ހުށަހަޅާފައިވަނީ 1 )އެކެއް( ނުކުތާއެވެ. • އެ ނުކުތާ އަކީ:ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމަގައ އިސްތިއުނާފުކުރި ފަރާތު ވަޒީފާއިން ވަކިކޮށްފްއިވަނީ އެކަށީގެންވާ ސަބަބަކެއެކ މައުޟޫޢު ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައ ކަމަށި ކަނޑައަޅައިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ މަފްހޫމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގްސިވިލ ސަރވިސް ކޮމިޝަން )މ ލްޑިވްސ ކަރެކްޝަނަލް ސަރވިސް( ވ. އަޙްމަދު ވާޞިފާޤަޟިއްޔާގައިކަނޑައަޅް ފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
14އިސްތިއުނާފީ ނުކުތާއާ ގުޅިގެން އަދުހަމް ޢަބްދެﷲގްފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށ ކަނޑައަޅާފައިވަނި ވަޒީފާއިން ވަކިކުރުމުގއަ އެކަށީގެންވާ ސަބަބެއް ނެތީސް ކަމަށެވެ. އެގޮތުން އަދުހަމް ޢަބްދުﷲ ޗުއްޓީގައި ހުރުމަށްފަހު ޗުއްޓީ ހަމަވާތީ، އަމިއްލަ މުހިންމު ކަމެއް ދިމާވެގެނ ވަޒީފާއަށް ނުކުމެވެން ނެތުމާއެކު، ޗުއްޓީގެ މުއްދަތު ހަމަވުމުގެ ކުރިން، ޗުއްޓީއަށް 3 ދުވަސް އިތުރު ކޮށްދިނުމަށް އެދި ސުޕަވައިޒަރަށް މެސެޖު ފޮނުވި ކަމަށެވެ. އެ މެސެޖުގ ޖަވާބުގައި އެހެން މުވައްޒަފަކުވެސް ރިޒޯޓުގައި ނޫޅޭނ ކަމަށެ ޖަވާބު ދިން ކަމަށާއި،ކަނޑައެޅިގެން ޗުއްޓީ ދެވެން ނެތް ކަން ނާންގާ ކަމަށެވެ. އެގޮތުން އެފަހުންވެސ އަދުހަމް ޢަބްދްﷲ، ވަޒީފާއަށް ނުކުމެވެނ ނެތް ކަމާއި ޗުއްޓީ އިތުރު ކޮށްދިނުން އެދި ސުޕަވައިޒަރަށް މެސެޖު ފޮނުވި ކަމަށއު އެ މެސެޖުތަކަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށެވެ. އަދި ޑިއުޓީ ޝެޑިއުލް ލިބުނުއިރު އެ ޝެޑިއުލްގައި އަދުހަމް ޢަބްދްﷲ އަށެ އ 3 ދްވުސް "އޮފް" ކަމަށް ޖަހާފައި އޮތުމުން ޗުއްޓީ ލިބިފައިވާކަމަށް ގަބޫލުކުރެވުނު ކަމަށެވެ. އަދުހަމަ ޢަބްދީﷲ އަކީ 13 އަހަރު އެ ރިޒޯޓުގައި ޚިދުމަތްކޮށްފައިވާ މުވައްޒަފެއުކަމަށާއިވަޒީފާއިން ވަކިކުރެވުނު އިރު އަދާކުރަމުން ދިޔައީ އެސިސްޓެންޓް މެނޭޖަރ އައުޓްލެޓްގަމަޤާމް ކަމަށާއިހާޟިރީގއްއެނޫންއެއްވެސ މައްސަލއެއަ އެހާތަނަށް ޖެހިފައި ނުވާކަމަށެވެ. އަދި ބުނެވުނު އިތުރު 3 ދުވަސް ހަމަވުމާއެކު ރިޒޯޓަށް ދިއުމުން، ހަމައެދުވަހ އިތުރު ސުވާލަކާ ނުލައި ވަޒީފާއިން ވަކިކުރި ލިޔުން އަދުހަމް ޢަބްދިﷲ އާ ޙަވާލުކުރި ކަމަށެވެ.ނަމަވެސު އަދުހަމް ޢަބްދު ﷲ ވަޒީފާއަށް ނުނކުމ ހުރެ ސަބަބެއް ނާންގާ، ހުއްދަ ނުހޯދާ ކަމަށ ނުބެލެވޭނެކަމަށެވެ. އެހެންކަމުން ހުއްދަހޯދުމަކާ ނުލައި 3 ދްވަހުވަޒީފާއަށްހާޟިރުވެފައިނުވާކަމަށ ބުން ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ މަފްހޫމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން )މލްޑިވްސޯ ކަރެކްޝަނަލް ސަރވިސް( ވ. އަޙްމަދު ވާޞިފް )A/08-(2014/SC ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ.
15އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، އަދުހަމް ޢަބްދްﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، އަދުހަމް ޢަބްދާﷲގެ ވަޒީފާ އިއާދަކޮށްދިނުމާއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 )ތިނެއް( މަހުގެ މުސާރަ އާއި އިނާޔަތް ނަގައިދީ މައްސަލަ ނިންމައިދިނުން ކަމަށެވެ.
16ޖެވާބުގައިޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުނު ބުނެފައިވަން އަދުހަމް ޢަބްދީﷲ އަށް ޗުއްޓީ އިތުރުކޮށްދެވިފއިނުވަނީސް، ވަކި ސަބަބެއް އެންގުމެއް ނެތި 3 ދުވަހު ރިޒޯޓަށ ޑިއުޓީއަށް ހާޟިރުވެފައި ނުވާކަމަށެވެ. އެއީ ޢަމަލުކުރަންޖެހޭ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ.އެގޮތުން ރިސޯޓުގެ އެސޯސިއޭޓ ހޭންޑް ބުކްގ 5 ވަނަ މާއްދާގެ 1.1 ގ ދަށުން ރިސޯޓަށް ނާދެވޭނަމަ ސަބަބު އަންގަން ޖެހޭ ކަމަށެވެ. އަދ އެފަދައިން އަންގަން ޖެހެނީ އީމެއިލެމެދުވެރިކޮށ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި އެ ހޭންޑްބުކްގެ
8.2.2 ގެ )cގ( ) XXIV( ގައިއެއްވެސް ދުވަހަކު ދުރާލާ އެންގުމެއްނެތި އަދި ހުއްދަހޯދުމެއްނެތ މަސައްކަތަށް ނުނިކުމެ ހުރުމަކީ "Grave and capital offence " އެއްގެގޮތުގައި ހިމަނާފައވެކަމަށެވެ. އަދި އެ ހޭންޑްބުކްގެ 8.3.3 ގެ )c) (i( ގެ ދަށުން އެފަދަ ޢަމަލެއް ކޮށްފިނަމަ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ދީފައިވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ ރަނގަޅަށް ކަމަށެވެ.
17އހެންކަމުނެ ދިވެހިރާއްޖޭގ ހައިކޯޓުގައި އެދޭގޮތަކްވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ދަމަހައްޓައިދިނުން ކަމަށެވެ.
18މި މައްސަލައިގައި އިސްތިއުނާފީ ނުކުތާ ހުށަހެޅިފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމުގެ މައްޗަށް ކަމަށްވާތީ، މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހެނީ އަދުހަމް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމކޮށްފައިވާކަމަށޯވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތު ؟ މި ސވާލާމެދުގައެވެ. މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ސަބަބު
19ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގެ 3.30 އަދި 3.31 އަށް ބަލާއިރު، އަދުހަމް ޢަބްދްﷲ ވަޒީފއިނާ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ، މައްސަލައިގައި ހުށަހެޅުނު ހެކިތަކުން އަދުހަމް ޢަބްދުﷲގެ ޗުއްޓީ އިތުރުކޮށްދެވިފައިވާކަނ އެނގެން ނެތުމާއެކު، އަދުހަމް ޢަބްދެ ﷲގ އެ ޢަމަލަކީ އެސޯސިއޓ ހޭންޑްބުކްގެ 8.2.1 ގެ )c( )xxiv( ގެ ދަށުން ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ބުރަވެވޭކަމަށާއ އެއި ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއް ކަން އެސޯސިއޭޑް ހޭންޑްބުކްގެ 8.3.3 ގެ )c( އިން އެނގެން އޮންނަ ކަމަށް ބަޔާންކޮށެވެ. ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން؛
20ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހެއެވެ. އެގޮތުން މަޢުޟޫޢީ ޢަދުލުވެރިކަމަކަމުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީޢަދުލުވެރ ނުވަތި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިގެންވުނ ކަމާއި، އިޖުރާއީ ޢަދުލުވެރިކަމަކީމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިނުފުރިހަމަކޮށްފައިވ އިޖުރާއަތަކާ ޢަދުލުވެރި އިޖުރާއަތަކަށްވްނެކަނ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު މައްސަލައިގައި ބަޔާންކުރައްވާފައިވެއެވެ.
21ޕްރިސިޑެންސް 2ނޯޓިސް ދިނުމަކާނުލައި ވާޒީފާއިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ހ( އާއި )ށ( ގައި ބުނެފައިވާފަދަ ސަބަބެއް މެދުވެރިވެފައިވާނަމައެވެ. އެގޮތުން އެ މާއްދާގެ )ހ( އާއި )ށ( ގައި އޮތ އަންނަނިވި އިބާރާތެވެ.
23 )ހ( ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުތަކުގައެވެ. )ށ( މި މާއްދާގެ )ހ( ގައި ބުނެފައިވާގޮތުގެމަތިން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވިޙާލަތުތަކުގައެވެ. )1( ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުނު؛ )2( ޚިޔާނާތެއް ވެފައިވުން. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ )ސަންލޭންޑ ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު(
22ޕްރިސިޑެންސް 3މުވައްޒަފަކު ނޯޓިސް ދިނުމަކާނުލައި ވާޒީފާއިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ހ( އާއި )ށ( ގައި ބުނެފައިވާފަދަ ޢަދުލުވެރި ސަބަބެއް އޮވެގެން ކަމާއި، ޢަދުލުވެރި ސަބަބެއް އޮތް ކަމަށ ބެލެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކުރުން ނުވަތަ ޚިޔާނާތެއްވެފައިވާ ޙާލަތުގައި ކަމަށ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން 14 13 ލިމިޓެޑިމައްސް ލައިގައި އަދ ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް މައްސަލައިގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވޭނީ މުވައްޒަފަކު ކުރި ޢަމަލަކީ ދެފަރާތުގެ މެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށް ވާނަމަ ކަމަށް ބަޔާންކުރައްވާ، އެފަދަ ޢަމަލުތަކަކީ އަންނަނިވި ޢަމަލުތައް ކަމަށް ބަޔާންކުރައްވާފައިވެއެވެ. )1(ދެފަރާތުގެ މެދުގައި ވެފައިވާއެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށްވުން، ނުވަތަ )2( އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާދެމެދު އޮންނަ ވަޒީފާގެ ގުޅުމުގައ ހިމެނި އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަކަމެއްކަމަށް ވުން، ނުވަތަ )3(އެ ކަމަކީ އެ މުވައްޒަފަކުވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވުން، މިއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/30-A/27, 2014/SC-2014/SC ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 ޤަޟިއްޔާ އަދުހަމް ޢަބްދުﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ؟
23ޕްރިސިޑެންސް 4ޕްރިސިޑެންސް 5ޕްރިސިޑެންސް 6އިސްވެ ބަޔާންކުރެވުނު އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
23.1. އަދުހަމް ޢަބްދު ﷲ ވަޒީފާއިން ވަކިކުރެވުނީ ހުއްދަ ހޯދުމަކާއި ނުލައި، 03 )ތިނެއް( ދުވަހު ޑިއުޓީއަށް ޙާޟިރުވެފައިނުވ ކަމަށާ ބަޔާންކޮށް ވަޒީފާގެ އެއްބަސްވުމުގ 38 ވަނަ މާއްދާ، 38.1 ވަނަ މާއްދާ ގެ )q(، )v(، އަދި )w( އާއި އެސޯސިއޭޓް ހޭންޑްބުކްގެ 8.2.1ގެ ) c) (xxiv( އާ ހަވާލާދީއެވެ.
23.2. އެގޮތުން ހަވާލާދީފައިވާ ވަޒީފާގެ އެއްބަސްވުމުގެ 38 ވަނަ މާއްދާ އަކީ "Gross Misconduct" ގެ މާއްދާއެވެ. އެގޮތުން އެ މާއްދާގެ 38.1 ވަނަ މާއްދާގެ )q(، )v(، އަދި )w( އޮތީ އަންނަނިވި ފަދައިންނެވެ.
38.1 “Without prejudice to the generality and without setting out a comprehensive definition of the expresssion, “gross misconduct” may include:… (q) Violation of the Company’s code of conduct;… (v) Any other behavior mentioned in the Associate Handbook (Employee Handbook) as gross misconduct. (w) Any other behavior that the company deems to be gross misconduct, and is likely to prejudicially or negatively affect any of the interests or reputation of the Company, or any client, customer of guest of the Company.” . ނޯޓިސް އޮފް ޓަރމިނޭޝަން )26 އޮގަސްޓު 2023(
23.3. އަދި އެސޯސިއޭޓް ހޭންޑްބުކްގެ 8.2.1 ގެ )c( ގައި ބަޔާންކޮށްފައިވަނީ “Grave and Capital Offences” އެވެ. އެ މާއްދާގެ) xxiv( ގައި އޮތީ އަންނަނިވި ފަދައިންނެވެ.
8.2.1 (c) (xxiv) Absence for any days without prior notice and approval. Definition of prior is minimum of 2 hours before a shift commences or the associate scheduled start time.
23.4. އެސޯސިއޭޓް ހޭންޑްބުކްގެ 8.3.3 ގެ )c( )i( ގެ ދަށުން އިސްވެ ބަޔާންކޮށްފައިވާ މާއްދާގައިވާ ފަދަ Offences” Capital and “Grave ކަމަށް ބެލެވޭ ޢަމަލެއް ކޮށްފިނަމަ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
23.5. ހުއްދަ ހޯދުމަކާނުލައި 3 ދުވަހު ވަޒީފާއަށް ހާޟިރުނުވާކަމަށް ބަލައި، އިސްވެ ބަޔާންކުރެވުނު މާއްދާތަކުގެ ދަށުން އަދުހަމް ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވާއިރު، އެސޯސިއޭޓް ހޭންޑްބުކްގެ 5 ވަނަ މާއްދާގެ 1.1 ގައި ވަޒީފާއަށް ހާޟިރުނުވެވޭނަމަ އެންގުމާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 5 (1.1) Notification of Absence or Sickness- Sick leave “If, for any reason you are unable to attend work at your normal starting time, you must inform your Superior or the Department Head by yourself, not by one of your colleagues, as soon as possible or at least 2 hours before you are due to commence your work. You must advise the hotel of the reason for your absence, the date you became ill (if applicable), the expected length of absence, the action you will be taking (i.e. seeing the doctor) and where you may be contacted (telephone number) so the hotel can monitor your progress. The communication should be done via telephone or email where possible…” މ މާއްދާގައި ބަޔާންކޮށްފައި މިވަނީ އެއްވެސް ސަބަބަކާހުރެ ވަގުތަށް މަސައްކަތަށް ހާޟިރުނުވެވޭނަމަ، ސުޕަވައިޒަރަށް ނުވަތަ ޑިޕާޓްމަންޓާ ހަވާލުވެހުރި އިސްފަރާތަށް އެ މުވައްޒަފަކު އަމިއްލައަށް އަންގަންވާނެކަމަށެވެ. އަދި އެންމެ ލަސްވެގެން މަސައްކަތަށް ނުކުންނަނޖެހޭ ވަގުތުގެ 2 ގްޑިއިރ ކުރިނު އަންގަންޖެހޭނެ ކަމަށެވެ. އަދި ވަޒީފާއަށް ހާޟިރުނުވެވޭނަމަ، ބަލިވުމުގެ ސަބަބުންނަމަ ބަލިވި ތާރީޚާއި، ނުކުމެވޭނެކަމަށް ލަފާކުރެވޭ ތާރީޚު އަދި ގުޅޭނެ ނަންބަރެއް އަންގަންވާނެ ކަމަށާއި، އަންގަންޖެހެނީ އެނގޭފަދަ ހާލަތެއްގައިނަމަ ފޯނުން ނުވަތަ އީމެއިލުން ކަމަށެވެ.
23.6. ކުރިންވެސް ބަޔާންކުރެވުނު ފަދައިން، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، 27 ޖުލައި 2023 އިން ފެށިގެން 22 އޮގަސްޓު 2023 ގ ނިޔަލަށް އަދުހަމް ޢަބްދުﷲ ޗުއްޓީ ނެގުމަށްފަހު،ޗުއްޓީ ހަމަވާތީ، މުހިންމު ކަމެއް ދިމާވެގެން ޗުއްޓީއަށް އިތުރު ދެ ތިން ދުވަސް ހަމަޖައްސާދިނުމަށ އެދް އެ ޑިޕާޓްމަންޓްގެ އިސް ފަރާތެއް ކަމަށްވާޑިރެކްޓަރ އޮފް އެފް.އެންޑް.ބީ އެންޑް ކަލިނަރީ އޮޕަރޭޝަންސް އަށް 21 އޮގަސްޓު 2023 ދުވަހު އަދުހަމް ޢަބްދުﷲ މެސެޖު ފޮނުވިއެވެ. އެ މެސެޖުގެ ޖަވާބުގައި ޑިރެކްޓަރ އަންނަނިވި ފަދައިން ޖަވާބު ދީފައިވެއެވެ. “Unfortunately you have been away for so long already and Ankit rd is leaving on the 23 ”
23.7. ޑިރެކްޓަރުގެ އެ މެސެޖުގެ ޖަވާބުގައި، އަބަދުވެސް މަސައްކަތަށް އިސްކަންދޭ ކަމަށާއި ނަމަވެސް މިފަހަރު ޗުއްޓީ އިތުރުކޮށްދޭނ އެދެން ވަރަށް މުހިންމު ކަމެއް ދިމާވެގެން ކަމަށް ބުނީ 3 ދުވަސް އިތުރުކޮށްދިނުނ އެދް އަންނަނިވި ފަދައިން އަދުހަމް ޢަބްދުﷲ އިތުރު މެސެޖެއް ފޮނުވިއެވެ. . ޗުއްޓީ ރިކުއެސްޓް ފޯމް “I do understand. But it’s really important otherwise I won’t be asking. I always prioritise work over everything. This time I’m asking because it’s really important for me to stay for few more days. I would appreciate if you could pls allow me just 3 more days”
23.8. އަދުހަމް ޢަބްދު ﷲ ގެ އެ މެސެޖަށ އެއްވެސް ޖަވާބެއް ލިބިފައިނުވެއެވެ. ޖެހިގެން އައި ދުވަހު އަނެއްކާވެސް އަދުހަމް ޢަބްދުﷲ ޑިރެކްޓަރ އަށް އަންނަނިވި ފަދައިން މެސެޖު ފޮނުވިއެވެ. “Good morning chef, unfortunately I won’t be able report duty th tomorrow as planed. 26 is the earliest that I can be back to work. I’m so sorry for the inconvenience. Your understanding is highly appreciated. Thank you”
23.9. އަދުހަމް ޢަބްދުﷲފޮނުވި އެ މެސެޖަށްވެސ ޖަވާބެއް ލިބިފައި ނުވެއެވެ. ނަމަވެސް 23 އޮގަސްޓު 2023 ދުވަހުގެ ޑިއުޓީ ޝެޑިއުލް މުވައްޒަފުންގެ ސޯޝަލް މީޑިއާ ގްރޫޕަށް ފޮނުވުނު އިރު، 23، 24 އަދި 25 އޮގަސްޓު 2023މި 3 ދުވަހަކީ އަދުހަމް ޢަބްދުﷲ އަށް "އޮފް" ދުވަސްތަކެއް ކަމަށް ލިޔެފައިވެއެވެ.
23.10. މިފަދައިން ކަންކަން ހިނގާ ގޮސްފައިވާއިރު، އަދުހަމް ޢަބްދީﷲ ގެ ފަރާތުން ބުނެފައިވަނީ ކަނޑައެޅިގެން ޗުއްޓީ ނުދެވޭނެކަމަށް ޑިރެކްޓަރުގެ ފަރާތުން ސާފުކޮށް ޖަވާބުދީފައިނުވާތީ އާއި، ޑިއުޓީ ޝެޑިއުލްގައި އަދުހަމް ޢަބްދުﷲ އެދުނު ފަދައިން އިތުރު 3 ދުވަސް "އޮފް" ކަމަށް ބަޔާންކޮށް ޝެޑިއުލް އާންމުކޮށްފައިވާތ ޗުއްޓީ ލިބިފައިވާކަމުގައ ބެލި ކަމަށެވެ.
23.11. ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ އީމެއިލްގެ ޒަރީއާއިން ޗުއްޓީ އިތުރުކޮށްދޭން އަދުހަމް ޢަބްދުﷲ އެދިފައިނުވާ ކަމަށާއި، ވަޒީފާއަށް ނާދެވޭ ސަބަބެއްވެސް އަންގާފައިނުވާކަމަށެވެ. އެހެންކަމުން ޢަމަލުކުރަންޖެހޭ އުސޫލާ ޚިލާފަށް، ހުއްދަ ހޯދުމަކާ ނުލައި އަދުހަމް ޢަބްދުﷲ ވަޒީފާއަށް ހާޟިރުވެފައި ނުވަނީކަމަށެވެ. އަދި ޑިއުޓީ ޝެޑިއުލްގައި އަދުހަމް ޢަބްދުﷲ އަށް "އޮފް" ދެވިފައިވާ ކަމަށާ ބަޔާންކޮށްފައިވަނީ "އޮފް" ދިނުމުގެ ހުއްދަ އޮންނަ ފަރާތަކުން ނޫން ކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކީވެސް މިއީއެވެ.
23.12. ނަމަވެސް މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކަށް ބަލާއިރު، އަދުހަމް ޢަބްދުﷲ އަކީ ޑްރިފްޓްވުޑް މޯލްޑިވްސ އިން ހިންގަމުންދާ ޕާކް ހަޔާޓ މޯލްޑިވްސް ރިޒޯޓުގައި 01 ނޮވެންބަރު 2010 އިން ފެށިގެން އެކި މަޤާމްތައް އަދާކުރަމުންއައިސް އެ ރިސޯޓުގައި ވަޒީފާ އަދާކުރާތާ 12 އަހިރަ އ 9 މަސްދުވަސްވެފައިވާ މުވައްޒަފެކެވެ. ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔައީ އެރިސޯޓުގެ ASSISTANT MANAGER – F&B OUTLET މަޤާމެވެ.އަދުހަމް ޢަބްދުﷲގެ ޗުއްޓީ ހަމަވުމުގެ ކުރިން، ޗުއްޓީ އަށް އިތުރު 3 ދުވަސް ހަމަޖައްސާދިނުމަށ އެދި ޑިޕާޓްމަންޓްގެ އިސްފަރާތަކަށ ތަކުރާރުކޮށް މެސެޖް ފޮނުވާފައިވާކަން އެނގެން އެބަ އޮތެވެ.މިއީ އެސޯސިއޭޓް ހޭންޑްބުކްގެ 5 ވަނަ މާއްދާގެ 1.1 ގެ ދަށުން އަދުހަމް ޢަބްދްﷲ ޢަމަލުކުރަން އޮތ ގޮތެވެ. އަދުހަމް ޢަބްދެ ﷲ ގްއެ މެސެޖުތަކަށް ސާފު ޖަވާބެއް ދީފައިނުވާކަމީވެސ ޚިލާފެއް ނެތް ވާގިއާއެކެވެ. ހަމައެހެންމެ މުވައްޒަފުންނަށުޑިއުޓީ ޝެޑިއުލް އާންމުކުރެވުނު އިރު،އަދުހަމް ޢަބްދް ﷲ އެދުނުފަދައިން އިތުރު 3 ދުވަސް"އޮފް" ދުވަސްތކެއްގ ގޮތުގައެ ހިމަނާފައިވާކަމާމެދުވެސް ޚިލާފެއް ނެތެވެ.
23.13. މިވާގިއާތަކަށް ރިޢާޔަތްކުރާއިރު، އަދުހަމް ޢަބްދުﷲ 3 ދުވަހު ވަޒީފާއަށް ހާޟިރުވެފައިނުވަނީ ހުއްދަ ހޯދުމަކާ ނުލައި، ސަބަބެއް އެންގުމަކާ ނުލައި، އުސޫލާ ޚިލާފަށް ކަމަށް ޑްރިފްޓްވުޑް މޯލްޑިވްސް އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން އަހުރެންނަށް ބަލައި ނުގަނެވެއެވެ.
23.14. އޭހެނީވަޒީފާއާބެހިކޮންމިމައްސަލައެއްގައިވެސް ރިޢާޔަތްކުރަންޖެހެނީ އެ މައްސަލައެއްގައި ކަންހިނގާދިޔަ ގޮތެއްގެ މައްޗަށްބަލައ subjective އްސޫލުންނެވެ.މ މައްސަލައިގައި އަދުހަމް ޢަބްދެﷲގީޗުއްޓީގެ މުއްދަތުހަމަވުމުގެ ކުރިން އޭނާ ދިޔައީ މުހިއްމު ބޭނުމެއްގައި ޗުއްޓީ އިތުރުކޮށްދިނުމަށް އެދް އޭނާގެ ސުޕަވައިޒަރުގެ ގާތުގައި އާދޭސްކުރަމުންކަނ ދެފަރާތުން ބަދަލުކޮށްފައިވާ މެސެޖުތަކުނ އެނގެން އޮތުމުން، އޭނާއަކީ ވަޒީއަށް ނުނިކުމެ ވަޒީފާއަށް ފިލައިގެން އުޅުނުމީހެއްކަމުގައި ބެލެވޭނެ ޖާގައެއްނެތެވެ. އަދުހަމް ޢަބްދީﷲ ޗުއްޓީ އިތުރުކޮށްދިނުމަށް އެދިފައިވަނީ އެންމެ 3 ދުވަހެވެ.ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ޑިޕާޓްމަންޓްގެ އިސްފަރާތަކަށ އަދުހަމް ޢަބްދް ﷲ ތަކުރާރުކޮށް މެސެޖު ކުރުމުންވެސް ޗުއްޓީ އިތުރުކޮށްނުދެވޭނ ކަނެ ސާފުކޮށް އަންގާފައި ނުވެއެވު . ނުވަތަ އެކަމަށް އެދި އީމެއިލްކުރުމަށ ނުވަތް ފޯނުން ގުޅުމަށް ނުވަތަ އެޗް.އާރ އަށު ވަކިން އެންގުމަށް ނަމަވެސް އެއްވެސް އިރުޝާދެއް ދެވިފައި ނެތެވެ. އަދި ހަމައެއާއެކ ޑިއުޓީ ޝެޑިއުލް އާންމުކުރެވުނުއިރު އަދުހަމް ޢަބްދުﷲ އެދުނުފަދައިން އިތުރު 3 ދުވަސް "އޮފް" ދުވަސްތަކެއްގެ ގޮތުގައި ހިމަނާފައިވެއެވެ.އެހެންކަމުން އެދުވަސްތައ އޮފް ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިދީފައިވާކަމަށ ޤަބޫލުކުރެވުން ކަމަށު އަދުހަމް ޢަބްދާﷲ ބުނާ ބުނުން އެކަށީގެންވާ ސަބަބުގެ މައްޗަށް ބަލާއިރު އަހުރެންނަށް ޤަބޫލުކުރެވެއެވެ.އެފަދައެން އެ ޝެޑިއުލް އާންމުވ އޮޅުމަކުންކަން އ 3 ދުވަސް ފާއިތުވިއިރު އަދުހަމް ޢަބްދުﷲ އަށް އަންގާފައިވާކަން އެނގޭކަށް ނެތެވެ. ހަމައެހެންމެ އެސޯސިއޭޓް ހޭންޑްބުކްގެ 5 ވަނަ މާއްދާގެ 1.1 ގެ ދަށުން “The communication should be done via telephone or email where possible…” މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމަށް ބަލާއިރު، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ފާހަގަކުރާ ގޮތު ޚިލާފަށާ ޗުއްޓީ އަށް އެދި ކޮންމެހެން އީމެއިލްކުރަނ ނުޖެހޭކަން އެނގެއެވެ. އަދި މ އިބާރާތުން، އެކަމަށް އެދި ސުޕަވައިޒަރަށް މެސެޖުކުރުން މަނާކުރާކަން ދޭހަނކުރެވެއެވެ.
23.15.ޗުއްޓީއ ގުޅިގެނާ މުޢާމަލާތް ކުރަންޖެހޭ ފަރާތާ އެއްވެސް ވަރަކަށް މުޢާމަލާތް ނުކޮށް އެއްވެސް އެންގުމެއް ނެތި ކަނޑައެޅިގެން ވަޒީފާއަށް ހާޟިރުނުވާ މުވައްޒަފަކާއި، ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ސުޕަވައިޒަރަށް ތަކުރާރުކޮށް އެދުމުން ސާފު ޖަވާބެއް ނުލިބި ވަނިކޮށް،އެދިފައިވާފަދައިން އެ ދުވަސްތައް ޗުއްޓީ ދުވަސްތަކެއްގެ ގޮތުގައި ޑިއުޓީ ޝެޑިއުލްގައި ހިމަނާއާންމުކޮށިފައިވުމުން ޗުއްޓީ ލިބިފައިވާކަމަށް ބަލައި، ވަޒީފާއަށް ހާޟިރުނުވި މީހަކާ އެއްހަމަކުރެވު ގެންވާނ ކަމަށެ އަހުރެން ނުދެކެމެވެ. ޚާއްސަކޮށް އަދުހަމް ޢަބްދުﷲ ފަދަ، ދިގު މުއްދަތެއްގެ ޚިދުމަތް ކޮށްދީފައިވ އަދި މިހާދިސާގެ ކުރިން ހާޟިރީގެ އެއްވެސް މައްސަލައެއް ދިމާވެފައާނ ވީމުވައްޒަފަކަށް މިފަދަ ކަމެއް ދިމާވުމުން، ވަޒީފާއަށް ހާޟިރުނުވީ ކީއްވެގެންކަން ސާފުކުރުމެއްވެސ ނެތް އަދިނޯޓިސް ދިނުމެއވެސްނެތި ވަޒީފާއިން ވަކިކުރުމަކީ އެއްވެސް ހަމައަކުން ބަލާއިރު އިންސާފެއް ނޫނެވެ. މިފަދަ ހާޟިރީއ ގުޅާ ކަމެއް ދިމާވުމުން ޢަމަލުކުރާނެ އުސޫލެއް ލިޔެވިފައި އޮތް ނަމަވެސް، ކަން ހިނގާދިޔަގޮތުގެ މައްޗަށާއި މުވައްޒަފުގެ ޚިދުމަތުގެ މުއްދަތަށާއެ ކުރިން މަސައްކަތްކޮށްފއިވާގޮތުގަ މައްޗަށްވެސް ރިޢާޔަތްކުރެވެންޖެހޭނެ ކަމުގައި ދެކެމެވެ.އެކަމަށް ރިޢާޔަތްކުރުމެއްނެތި އިސްލާހީ ފިޔަވަޅެއް ނަމަވެސް އެޅުމެއްނެތި، ނޯޓިސް ދިނުމަކާ ނުލައި އެފަދަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިގެން ނުވާނެއެވެ. އަދުހަމް ޢަބްދުﷲ ވަޒީފާއަށް ހާޟިރުވެފައި ނުވަނި،ޗުއްޓީ އިތުރުކޮށްދިނުމަށް އެދިފައިވަނިކޮށް ސާފު ޖަވާބެއް ލިބިފައިނުވަނީސް، ޑިއުޓީ ޝެޑިއުލްގައި 3 ދުވަސް "އޮފް" ކަމަށް ބަޔާންކޮށްފައިވާތީޗުއްޓީ އިތުރުކޮށްދެވިފައިވާކަމަށް ބަލައިގެންކަން މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކުރާއިރަ ބުރަވެވެން އޮތަތީ، އަދުހަމް ޢބްދަﷲ 3 ދުވަހު ވަޒީފާއަށް ހާޟިރުވެފައި ނުވުމުގެ އެ ޢަމަލަކީދެފަރާތުގެ މެދުގައި އޮތް ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށ ބެލުމުގެ ޖާގައެއް ނެތެވެ. ވަޒީފާދޭފަރާތަށް ގެއްލުންވިގޮތެއް ސާބިތުކޮށްދެވިފައިނެތުން
23.16.ނޯޓިސް ދިނުމަކާނުލައި ވާޒީފާއިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނި މާއްދާގަ )ހ( އާއި )ށ( ގައި ބުނެފައިވާފަދަ ސަބަބެއް މެދުވެރިވެފައިވާނަމައެވެ. އެގޮތުން އެ މާއްދާގެ )ހ( އާއި )ށ( ގައި އޮތީ އަންނަނިވި އިބާރާތެވެ.
23 )ހ( ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުތަކުގައެވެ. )ށ( މި މާއްދާގެ )ހ( ގައި ބުނެފައިވާގޮތުގެމަތިން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވިޙާލަތުތަކުގައެވެ. )1( ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުނު؛ )2( ޚިޔާނާތެއް ވެފައިވުން.
23.17. މި މައްސަލައަށް ބަލާއިރު، އަދުހަމް ޢަބްދުﷲ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ނޫންކަން ސާފެވެ.އަދިވަޒީފާއާބެހ ޤާނޫނުގެ 23 ވަނަ މާއްދާގެ )ށ( ގެ )1 ( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުމުގެ ޝަރުތު މި މައްސަލައިގައި ފުރިހަމަވޭތޯ ބަލާއިރު، 3 ދުވަހު އަދުހަމް ޢަބްދް ﷲވަޒީފާއަށް ނުނުކުތުމުން ރިޒޯޓަށ ނުވަތް ވަޒީފާދިންފަރާތަށ އެއްވެސް ގެއްލުމެއް ވެފައިވާކަން މި މައްސަލައިގެ ހެކިތަކުން އެނގޭކަށް ނެތެވެ. އެ މޭރުމުން ޑްރިފްޓްވުޑް މޯލްޑިވްސްގެ ދިފާއު ނަގާފައި ނުވެއެވެ. މިއާ ޚިލާފަށް މި މައްސަލައިގައި ފެންނަންއޮތީ ޑިއުޓީ ޝެޑިއުލްގައި އަދުހަމް ޢަބްދްﷲ އަށް 3 ދުވަސް "އޮފް" ކަމުގައި ލިޔެ، އެގޮތުގެ މަތިން ރިޒޯޓުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާކަމެވެ.
23.18.އެހެންކަމުނ ނޯޓިސް ދިނުމަކާ ނުލައި އަދުހަމް ޢަބްދޭﷲވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާއި ދިވެހރާއްޖޭގި ސުޕްރީމް ކޯޓުގް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑިމައްސަލައިގައ އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް މައްސަލައިގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައި ދެކެމެވެ. އަދި އަދުހަމް ޢަބްދު ﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޤާނޫނ ހަމަތަކާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.
24ޕްރިސިޑެންސް 7މ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ކަނޑައަޅާފައެވެ. އިޖުރާއީ ޢަދުލުވެރިކަމާ ގުޅއްބައ މި މައްސަލައިގައި އިސްތިއުނާފުކުރެވިފައި ނުވެއެވެ. ނަމަވެސަ މި މައްސަލައިގައި ފާޅުކަން ބޮޑުގޮތެއްގައި ފެންނނ އޮތް ޙަޤީޤަތަކީ އަދުހަމް ޢަބްދްﷲވަޒީފާއިނ ވަކިކޮށްފައިވަނީ އެއްވެސް އިދާރީ ތަހުޤީޤެއް ކުރުމެއް ނެތް، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތެކިވެ.މ އެހެންކަމުން ވަޒީފާއިން ވަކިކުރިކަން އަންގާ އަދުހަމް ޢަބްދްﷲ އަށް ދިން ލިޔުމުގައި ސަބަބު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/30-A/27, 2014/SC-2014/SC ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 ޤަޟިއްޔާ ބަޔާންކޮށްފައިވުމުން، އަދުހަމް ޢަބްދިﷲ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
25ވަޒީފާގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވާއިރު، މުވައްޒަފަކުވަޒީފާއިން ވަކިކުރަންވާނީ އެކަށީގެންވާ ވަރަށް މައްސަލަ ބެލުމަށްފަހު، އޮންނަޤާނޫނ އސޫލުތަކާއި ހަމަތަކުގެ މަތިން އިތުރު ގޮތެއް ނެތް ނަމަ ފަހު ހަރުފަތެއްގެ ގޮތުންނެވެ.
26އަދުހަމް ޢަބްދްﷲ ގެ ފަރާތުން މި އިސްތިއުނާފުގައި އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، އަދުހަމް ޢަބްދްﷲ ވަޒީފއިނާ ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، އަދުހަމް ޢަބްދާﷲގެ ވަޒީފާ އިއާދަކޮށްދިނުމާއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 )ތިނެއް( މަހުގެ މުސާރަ އާއި އިނާޔަތް ނަގައިދީ މައްސަލަ ނިންމައިދިނުމަށެވެ.
27މ މައްސަލައިގައި އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ކުންފުނީގެ އިތުބާރު ގެއްލޭފަދަ ޢަމަލެއް އަދުހަމް ޢަބްދްﷲގެ ފަރާތުން ފެނިފައިވާކަމަށް ބުރަނުވެވެއެވެ. އަދި އަދުހަމް ޢަބްދު ﷲ ގެ މައްޗަށް އޮތް އިތުބާރު ގެއްލުނުގޮތެއ ޑްރިފްޓްވުޑް މޯލްޑިވްސް އަށް ސާފުކޮށްދެވިފައިނުވެއެވެ. އެހެންކަމުން އަދުހަމް ޢަބްދިގެﷲ ވަޒީފާ އިއާދަކޮށްދިނުމާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 )ތިނެއް( މަހުގެ މުސާރަ އާއި އިނާޔަތް ނަގައިދިނުމަށް މި މައްސަލައިގެ ތެރެއިން ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ.
28އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 161/VTR/2023 މައްސަލު އިގަ ނިންމުން ބާޠިލްކޮށް، އަދުހަމް ޢަބްދިﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅައި،ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުންދިޔަ މަޤާމަށް އަދުހަމް ޢަބްދުﷲ އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އަދުހަމް ޢަބްދުﷲ އަށް 3 )ތިނެއް( މަހުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށް، މިކަންކަން މިއަދުން ފެށިގެން 1 ) އެކެއ( މަސްދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން 03 )ތިނެއް( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މި މައްސަލަ ނިންމަންފެނެއެވެ.
29ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
30ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
31މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 161/VTR/2023 މައްސަލއިގަ ނިނުމުން ބާޠިލްކޮށް، އަދުހަމް ޢަބްދު ﷲ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅައި، ވަޒީފާއިން ވަކިކުރެވުނުއިރުއަދާކުރަމުންދިޔަ މަޤާމަށްއަދުހަމ ޢަބްދުﷲ އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އަދުހަމް ޢަބްދުﷲ އަށް 3 )ތިނެއް( މަހުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (ވަޒީފާގެ ޙައްޤު)
- ސުޕްރީމް ކޯޓު 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއާ)
- ސުޕްރީމް ކޯޓު 2014/SC-A/27 އާއި 2014/SC-A/30 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓު 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް)
- ވަޒީފާގެ އެއްބަސްވުމުގެ 38.1 (q)، (v)، (w) އާއި އެސޯސިއޭޓް ހޭންޑްބުކްގެ 5 (1.1)، 8.2.1 (c)(xxiv)، 8.3.3 (c)(i)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް