ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/633
ޢަބްދުﷲ ރަޝީދު ވ. ޢަލީ ރަޝީދު، 2019/HC-A/633
Abdhuﷲ Rasheed v. Ali Rasheed 2019/HC-A/633 (2019/HC-A/633, High Court of the Maldives, 29 December 2020)
ޢަބްދުﷲ ރަޝީދު ވ. ޢަލީ ރަޝީދު
މައްސަލައިގެ ޚުލާޞާ
ކުރިން ކޮށްފައިވާ ޙުކުމަށް ހަމަ އެކޯޓުން ބަދަލު ގެނެވޭނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ބަލައިނުގަތެވެ.
ބައްޕަގެ ތަރިކައިން ދެއަޚުންނަށް ލިބުނު ގޭގެ ބައިކުރުމުގެ ޤަޟިއްޔާއެއް (71/O8C/2009) ގައި، އިސްތިއުނާފުކުރި ފަރާތް އޭނާއަށް ލިބިފައިވާ ބިމުގައި ގެ ހަދައި ބަދަލުވެވެންދެން އެ ގޭގައި އުޅެވޭނެ ޝަރުޠެއްގެ މައްޗަށް އޭނާގެ ބައި ބޭބެއަށް ދޫކޮށްލިއެވެ. ފަހުން ގެ ނިމުމުގެ ކުރިން ގެއިން ނިކުތުމަށް ބޭބެ އެންގުމުން، ދޫކޮށްލި ބައި އަބުރާ ހޯދުމަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ދަޢުވާ ފޯމުގައި ހެކިންގެ މަޢުލޫމާތު ހިމަނައި ހެކިން ޙާޟިރުކުރުމަށް އެދިފައިވާއިރު، ހެއްކާބެހޭ ޤާނޫނުގެ 5 އަދި 6 ވަނަ މާއްދާއާ ޚިލާފަށް ހެކިބަސް ނުނަގައި މައްސަލަ ނިންމާފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ކުރިން ނިމިފައިވާ ބައިކުރުމުގެ ޤަޟިއްޔާއެއްގައި އަޚާއަށް ދޫކޮށްލި ގޭގެ ބައި އަބުރާ ހޯދުމަށް ހުށަހެޅި ދަޢުވާގައި، ހެކިން ޙާޟިރުނުކޮށް ދަށުކޯޓުން މައްސަލަ ނިންމުމަކީ ހެއްކާބެހޭ ޤާނޫނާ ޚިލާފު ކަމެއްތޯ؛ އަދި ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމަކަށް ފަހުން ހުށަހަޅާ ޤަޟިއްޔާއެއްގެ ތެރެއިން ބަދަލު ގެނެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ގެއިން ނިކުތުމަށް ބުނިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރު ނުކުރާތީ ހެކިން ޙާޟިރުކުރަން ނުޖެހެއެވެ. 71/O8C/2009 ޤަޟިއްޔާއަކީ އިސްތިއުނާފު ނުކޮށްވާ، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމަކަށް ވާތީ، ފަހުން ހުށަހަޅާ ޤަޟިއްޔާއެއްގެ ތެރެއިން އޭގެ ޙުކުމަށް ބަދަލު ނުގެނެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާކުރާ ފަރާތް ބުނާ ވާހަކައަކަށް ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ނުކޮށްފިނަމަ، އެކަން ސާބިތުކުރުމަށް އިތުރު ހެކިން ކޯޓަށް ޙާޟިރުކުރާކަށް ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- އެއްވެސް ފަރާތަކުން އިސްތިއުނާފު ނުކޮށްވާ ޤަޟިއްޔާއެއްގެ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމެއް ކަމުން، އެ ޙުކުމަށް ފަހުން ހުށަހަޅާ ޤަޟިއްޔާއެއްގެ ތެރެއިން އެ ޙުކުމަށް ބަދަލު ގެނެވުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ކުރިން ނިމިފައިވާ ޤަޟިއްޔާއެއް ނިންމާފައިވަނީ ޤާނޫނާ (ބިމާބެހޭ ޤާނޫނާ) އެއްގޮތަށްތޯ ނުވަތަ ނޫންތޯ ބެލުމަކީ، އެ ޤަޟިއްޔާއާ ގުޅިގެން ފަހުން ހުށަހަޅާ ޤަޟިއްޔާއެއްގެ އިސްތިއުނާފުގެ މައުޟޫއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
- ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/O8C/2009 ޤަޟިއްޔާ
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، އިސް ފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް