ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/59
ޢަބްދުﷲ މާނިޢު ވ. ރޯޔަލް ސަޕްލައި ޕވޓ ލޓޑ، 2017/HC-A/59
Abdhuﷲ Maaniu v. Roayal Saplai Pvt Ltd 2017/HC-A/59 (2017/HC-A/59, High Court of the Maldives, 6 February 2020)
ޢަބްދުﷲ މާނިޢު ވ. ރޯޔަލް ސަޕްލައި ޕވޓ ލޓޑ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ފައިސާ ދައްކަންޖެހޭކަން ސާބިތުވާކަމަށް ކަނޑައަޅައި ވަކި މުއްދަތެއްގެ ތެރޭގައި ބައިބަޔަށް ދައްކާ ޚަލާޞްކުރުމަށް ޙުކުމްކުރިއެވެ. އިންވޮއިސްގެ ޖަޒާ ޝަރުޠާ ފުށުއަރާ ގޮތަށް އެދުނު ގެއްލުމުގެ ބަދަލު ނަގައިނުދިނެވެ.
15 ދުވަހަށް ކްރެޑިޓަށް ނެގި ޑީސަލާއި ޕެޓްރޯލްގެ އަގު ދެއްކުމަށް އިސްތިއުނާފުކުރި ފަރާތުން ދޫކުރި ދެ ޗެކް ފައިސާ ނެތުމުން ބޭންކުން އަނބުރާ ރައްދުކުރުމުން، ތެޔޮ ވިއްކި ކުންފުނިން 555,250 ރުފިޔާ ހޯދުމަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ފޯރުކޮށްދީފައިވަނީ 36,000 ލީޓަރު ތެޔޮ ކަމަށާއި، ތެޔޮ ލޯޑުކުރި އުޅަނދުތަކަކީ އޭނާގެ އުޅަނދުތަކެއް ނޫންކަމަށާއި، މިކަންކަން ދަށުކޯޓުން ނުބަލާ ނިންމިކަމަށެވެ.
މައިގަނޑު ސުވާލު
ކްރެޑިޓަށް ނެގި ތެޔޮގެ އަގު ދެއްކުމަށް ދޫކުރި ޗެކްތައް އަނބުރާ ރައްދުވުމުން، ޗެކުގައިވާ ފައިސާ ހޯދުމަށް ކުރި ދަޢުވާގައި ތެޔޮ ޑެލިވަރީކުރެވުނު މިންވަރާއި ތެޔޮ ބަލައިގަތް އުޅަނދުތަކާ ބެހޭ އިޢުތިރާޟުތައް ބަލައިނުގަނެ ދަށުކޯޓުން ފައިސާ ދެއްކުމަށް ޙުކުމްކުރުން ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އޯޑަރު ފޯމުތަކާއި ޓެކްސް އިންވޮއިސްތަކުން ތެޔޮ ފޯރުކޮށްދިންކަން ސާބިތުވާތީއާއި، އުޅަނދުތަކަކީ އޯޑަރު ފޯމުގައިވާ އުޅަނދުތައް ކަމުންނާއި، ޝަކުލިއްޔާތު ފުރިހަމަ ޗެކަކީ ފައިސާ ދައްކަންޖެހޭކަމުގެ ހަރުދަނާ ހެއްކަކަށްވާތީ ދަށުކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ބޭނުންވާ ތަކެތީގެ އޯޑަރު ފޯމުތަކާއި ޓެކްސް އިންވޮއިސްތަކުން ތަކެތި ފޯރުކޮށްދީފައިވާކަން ސާބިތުވާއިރު، އަދި ޗެކްތައް ދޫކުރިކަން ދަޢުވާލިބޭ ފަރާތުން އިންކާރުނުކޮށް، އެއީ އެހެން މުޢާމަލާތަކާ ގުޅިގެން ދޫކުރި ޗެކްތަކެއްކަން ސާބިތުނުކުރާނަމަ، އެ ޗެކްތަކަކީ އެ މުޢާމަލާތުގެ އަގު ދެއްކުމަށް ދޫކުރި ޗެކްތަކެއްކަމަށް ބެލެވޭނެއެވެ. (3.2)
- ތެޔޮ ފޯރުކޮށްދީފައިވާ އުޅަނދުތަކަކީ ގަތް ފަރާތުން ފޮނުވި އޯޑަރު ފޯމުތަކުގައި ބަޔާންކޮށްފައިވާ އުޅަނދުތައްކަން ލިޔެކިޔުމާއި ދެފަރާތުގެ ބަހުން އެނގޭނަމަ، އެ އުޅަނދުތަކަކީ ގަތް ފަރާތުގެ އަމިއްލަ އުޅަނދުތަކެއް ނޫންކަމަކީ ތަކެތި ޙަވާލުކުރެވުނުކަން ނަފީކުރާ ސަބަބެއް ނޫނެވެ. (3.3)
- ޤާނޫނު ނަންބަރު 15/96 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ ދަށުން، ކަނޑައެޅިފައިވާ ޝަކުލިއްޔާތު ފުރިހަމަކޮށް ދޫކުރެވޭ ޗެކެއްގައިވާ ފައިސާ އެއްވެސް ޝަރުޠަކާ ނުލައި ޗެކު ދޫކުރެވުނު ފަރާތަށް ލިބިދިނުމުގެ ޒިންމާ ޗެކު ދޫކުރި ފަރާތުން އުފުލަންޖެހެއެވެ. (3.4)
- ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަކޮށް ދޫކުރާ ޗެކެއްގައިވާ ފައިސާ ލިބިދިނުމަށް އެހެން އިތުރު ވާޤިޢާއެއް ޤާނޫނީ ގޮތުން ލާޒިމެއް ނުވާނެއެވެ. އެފަދަ ޗެކަކީ އޭގެ ޒާތުގައިވެސް އޭގައިވާ ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެކެވެ. (3.4)
- ޤާނޫނު ނަންބަރު 15/96 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު)
- 2012/SC-A/22
- 2013/SC-A/29
- 2016/HC-A/454
- 2017/HC-A/106
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް