ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/264
އާއިޝަތު ޝައްމާ ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ، 2023/HC-A/264
Aaishathu Shamaa v. People's Majlis Secretariat 2023/HC-A/264 (2023/HC-A/264, High Court of the Maldives, 2 April 2026)
އާއިޝަތު ޝައްމާ ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ
މައިގަނޑު ސުވާލު
ޕްރޮބޭޝަން (ވަގުތީ) މުއްދަތުގައި ވަޒީފާއިން ވަކިކުރުމުގައި ތަފާތުކޮށްފައިވާކަމަށް ބުނެ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް، އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ޓްރައިބިއުނަލުން ކަނޑައެޅުން ޞައްޙަތޯ.
ނިންމި ގޮތް
ޓްރައިބިއުނަލްގެ ނިންމުމަށް އަލުން ގޮތް ކަނޑައެޅުމަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ސަބަބުން، ވަގުތީ މުއްދަތުގައި ވަކިކުރެވޭ މުވައްޒަފުންނާއި އިސްތިއުފާދޭން ނުވަތަ މުސްކުޅިކުރަން ޖެހޭ މުވައްޒަފުންނަށް، އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރުމުގެ (unfair dismissal) ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14)
- ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާ އެކުއެކީ ބެލުމުން، ވަޒީފާގެ މާހައުލުގައި ހިނގާ ތަފާތުކުރުމުގެ ޝަކުވާ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާއިރު، ވަޒީފާގެ ގުޅުން ޤާއިމުވުމުގެ ކުރިން ވަޒީފާއަށް ހޮވުމުގެ މައްސަލަތަކުގައިވެސް އެ އިޚްތިޞާޞް ލިބިގެންވެއެވެ؛ ވަޒީފާއިން ވަކިކުރުމުގައި ތަފާތުކުރިކަމަށް ބުނެ 4 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުގެ ޙައްޤު މަސައްކަތްތެރިންނަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-19، 23)
- ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ ބާބުގެ ދަށުން ހުށަހެޅޭ މައްސަލަތަކަކީ ވަޒީފާގެ ދާއިމީ ގުޅުމެއްގެ މައްޗަށް ބިނާވާ މައްސަލަތަކެއް ނޫނެވެ؛ ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުން މަނާކުރުމަކީ ޤާނޫނު ބިނާވާ އަސާސީ އުޞޫލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- 14 ވަނަ މާއްދާގެ ދަށުން ވަގުތީ މުއްދަތުގައި ނޯޓިހަކާނުލައި އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު އޮތުމުން ހަނިވަނީ 21 ވަނަ މާއްދާއިން ލިބޭ އެކަށީގެންވާ ސަބަބެއް ނެތި ވަކިނުކުރުމުގެ ޙައްޤެވެ؛ 4 ވަނަ މާއްދާއިން ލިބޭ ޙައްޤާއި 28 ވަނަ މާއްދާއިން ލިބޭ ޙައްޤަކީ ތަފާތު ދެ ޙައްޤެވެ. 28 ވަނަ މާއްދާގެ ޙައްޤުގައި މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ސާބިތުކުރުމަށް ވަޒީފާދޭ ފަރާތަށް ލާޒިމުވާއިރު (އަންފެއަރ ޑިސްމިސަލް)، 4 ވަނަ މާއްދާގެ ޙާލަތުގައި (wrongful dismissal ގެ ބާވަތުގެ) ވަޒީފާދޭ ފަރާތަށް ލާޒިމުވަނީ މުވައްޒަފާމެދު ތަފާތުކޮށް ޢަމަލުކޮށްފައިނުވާކަން ބުނެދިނުމުގެ ޒިންމާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26)
- ހުށަހެޅި ފަރާތުން 4 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްކަމަށް ބަޔާންކުރި ކުރުމާއި ދައުލަތުން އުފެއްދި ބަހުޘަށް ރިޢާޔަތްކޮށް ގޮތެއް ނުނިންމައި، ޓްރައިބިއުނަލްގެ ގަވާއިދުގެ 14 ވަނަ މާއްދާއަށް ހަމައެކަނި ބިނާކޮށް އިޚްތިޞާޞް ނެތްކަމަށް ކަނޑައެޅުމަކީ މައްސަލައިގެ ވާޤިޢާތަކާއި ހުށަހެޅުންތަކަށް ރިޢާޔަތްނުކޮށް ނިންމި ނިންމުމެކެވެ؛ އެހެންކަމުން، 4 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ބެލިދާނެ މައްސަލައެއްތޯ ކަނޑައެޅުމަށް މައްސަލަ ޓްރައިބިއުނަލަށް ތަޙުވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 27)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/IJ/2023/14 "އިޖުރާއީގޮތުން ނިންމި ގޮތް" އްސްތިއުނޫފ ކުރުމަށު ކެނދިކޮޅު.މަނަސް، ނ.ކެނދިކުޅުދާ، ޢާއިޝަތު ޝައްމާ )މީގެ ފަހުން "ޢާއިޝަތު ޝައްމާ " ނުވަތަ "އިސްތިއުނާފ ކުރު ފަރާތް"( އިންދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ނަންބަރު 2023/HC-A/264 ޤަޟިއްޔާއެވެ.
2މާ ޤަޟިއްޔާގައި އިސްތިއުނާފުރައްދުވ ފަރާތަކީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ )ދިވެހި ދައުލަތް( އެވެ. )މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުހަލާ:
3ޢާއިޝަތު ޝައްމާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަޤާމުގައި، 04 އޮކްޓޫބަރު 2022 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް، 03 ޖަނަވަރީ 2023 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ،އެކަށީގެންވާ ސަބަބަކާއި ނުލައިމައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރުމަކާނުލައި ވަޒީފާއާބެހޭ ޤާނޫނާއި ޕާލަމެންޓަރީ ސަރވިސް މުވައްޒަފުންގެ ގަވާއިދް އާ ޚިލާފަށްކަމަށެވާތީ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، ބަދަލު ނަގައިދިނުމަށް އެދްރައްޔިތުންގ މަޖިލީހުގެ އިދާރާގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލައަށް ޓްރައިބިއުނަލުން ދީފައިވާ ނަންބަރަކީ 39/VTR/2023 އެވެ.
4މިމައްސަލައަށް ރައްދު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ. އެގޮތުންހުށަހެޅި އިޖުރާއީ ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ މާރިޗު 2010 3 2 ޤާނޫނުގެ 14 ވަނަ މާއްދާގެ )ށ(، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 14 ވަނަ މާއްދގާ އަލީގައި، ޕްރޮބޭޝަން މުއްދަތުގައި މުވައްޒަފަކު އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައީ ވަޒީފާއިން ވަކިކުރުމަކާ،ވަޒީފާދޭ ފަރާތަށް ލިބިގެންވާ ޙައްޤެއްކަން އެނގޭއިރު، އެފަދަ ވަޒީފާއަކުން އެއްވެސް ނޯޓިހެއް ދިނުމަކީ ނުލައި ވަކިވުމުގެ ޙައްޤު ވަޒީފާ އަދާކުރާ ފަރާތަށްލިބިގެންވާކަން އެނގޭކަމަށާއި، އަދި މިޙައްޤުގެ ނަތީޖާއަކީ މިބާވަތުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބްއަނަލަށ ނުލިބުންކަމްށްވާތީ، މިމައްސަލައަކ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެވޭނެ މައްސަލައެއް ނޫންކަމަށް ދެކޭކަމަށެވެ.އިސްތިއުނާފު ގައު ބެލިފައި މިވަނީ އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރ 200-VTR/IJ/2023/14 "އިޖުރާއީގޮތުން ނިންމް ގޮތް" މި ނިންމުމެވެ.
5އެނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އަންނަނިވި ފަދައިންނެވެ. "މުވައްޒަފަކު ވަޒީފާގެ ވަގުތީ މުއްދަތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ބުނެ ހުށަހަޅާ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އެމް ވެއްޒަފަކަށ ލިބިގެންނުވާކަނ އެނގެން އޮންނާތީއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 14 ވަން މާއްދއަށާ ރިޢާޔަތްކޮށް ވަޒީފާގެ ވަގުތީ މުއްދަތުގައި ނުވަތަ ޕްރޮބޭޝަންގައި ވަޒީފާއިން ވަކިކުރި މައްސަލައެއް ބެލޭނީ އެހެން ޤާނޫނަކުން އެފަދަ މައްސަލައެއް ބެލޭނެކަމަށް ކަނޑައަޅާފައިވާނަމަކަންއެނގެނ އޮންނައިރު، ވަޒީފާގެ ވަގުތީ މުއްދަތުގައި ނުވަތަ ޕްރޮބޭޝަންގައި ވަޒީފާއިން ވަކިކުރާ މައްސަލަ ބެލޭނެކަމަށް އެހެން ޤާނޫނެއްގައި ކަނޑައަޅާފައިނެތަތީ، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމައިފީމެވެ." ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މިނިންމުން ބިނާކޮށްފައިވްޤާނޫނީ އަސާސްއަކީ،ޢާއިޝަތު ޝައްމްވަޒީފާއިން ވަކިކި ރެވިފައިވަނީ ވަޒީފާގެ ވަގުތީ މުއްދަތުގައިކަންވަޒީފާއިން ވަކިކުރި ލިޔުމަށ ބެލުމުން އެނގެނެއޮތްއިރ، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި "ވަޒީފާގެ 2022/R-14 ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "އިޖުރާއީ ނުކުތާ ހުށަހަޅާ ފޯމް" ގެ ނަންބަރ 4 ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން "،... "އެކަމުގެ ޝަކުވާ، މިމާއްދާގެ )ހ( ގައިވާ ގޮތުގެމަތިން ކުރުމުގެ ޙައްޤު އެމުވައްޒަފަކަށް ލިބިގެނެއް ނުވެއެވެ." މިފަދައިން ބަޔާންކޮށްފައިވާތީއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 14 ވަނަ މާއްދާގައި "ޤާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅިހައި ހިނދަކެ، ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ، އެ ވަޒީފާގެ ގޮތުން އިސްތިއުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސް އައުމުން ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމުގެ އިޚްތިޞާޞް، ވަޒީފާއާބެހޭ ޓްރައބިއުނަލަށ ލިބިގެނެއް ނުވެއެވެ". މިފަދައިން ބަޔާންކޮށްފައިވާތީކަމަށް އެނިންމުމުގއ ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާ:
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 200-VTR/IJ/2023/14 "އިޖުރާއީގޮތުން ނިންމް ގޮތް" އިސްތިއުނާފު ކުރުމަށްޢާއިޝަތު ޝައްމގ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.
6.1. އިސްތިއުނާފެ ކުރު ފަރާތާ ވަޒީފާއާބެހް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައިގެ މަޢުޟޫއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފަށް އިސްތިއުނާފު ކުރާ ފަރާތް ބަލިވެއިނުމުގެ ސަބަބުން އެކަމާއެގުޅިގެނ ތަފާތުކުރުން ގެންގުޅެ، ޕްރޮބޭޝަންގައި އެ ކަމަށް ބިނާކޮށް ވަޒީފާއިން ވަކިކުރުން ކަމުގައިވާއިރު އަދި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުޞޫލަކީ ޕްރޮބޭޝަންގައިވެސ ޢަމަލް ކުރެވޭނެ އުޞޫލެއް ކަމުގައިވާއިރު އަދި މިފަދައިން ޕްރޮބޭޝަންގައި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤނޫނުގ 4 ވަނަ މާއްދާ ތަތުބީގު ނުކުރެވޭނ ކަމަށެ ނުވަތް އެ މާއްދާއަށް ޢަމަލުކުރަން ނުޖެހޭނެ ކަމަށް ދީއެލަތަށ ޤާނޫން ނައްސުތަކާއި ޙަވާލާދީ ބުނެދެވިފައި ނުވާއިރުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގާ ގިވެއދުގ 14 ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ބެލުމުގެ އޚި ތިޞާޞ ލިބިގެނ ނުވާކަމަށް ވަޒީފާއާބެހް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ އިސްތިއުނާފު ކުރާ ފަރާތުނ ވަޒީފާއާބެހް ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގެ ބާވަތަށް ރިޢާޔަތްކުރުމެއްނެތ އަދ މި މައްސަލި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ބެލުމުގެ އ ޚެތިޞާޞް ލިބޭނެ ކަމަށް ހުށަހެޅ ޤާނޫނީ ބަހުސްއަށ ގޮތެއް ކަނޑައެޅުމެއްނެތި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ އެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ހ( އާ، އެ ޤާނޫނުގެ 21 ވަނި މާއްދާގަ )ށ( އެއާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގާގިވެއދުގ 13 ވަނި މާއްދާގަ )ހ( އާއަ،އެގިވެއދުގ 14 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުގެ ވާހަކަތަކުގޚެ ލާސާ:
7އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީޕްރޮބޭޝަންގ މުއްދަތުގެ ތެރޭގައި ޢަމަލު ކުރަންޖެހޭ ގޮތްތަކެއް ޕާރލަމެންޓްރީ މުވައްޒަފުންގާގިވެއދުގ 44 ވަނި މާއްދާގަ )ރ( ގައި ބަޔާން ކޮށްފައާވީނަމަވެސް، އެފަދައިން ޢަމަލު ކުރުމެއްނެތި ތަފާތު ކުރުމަގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްއްށ ހުށަހެޅް މައްސަލައިގައީދައުލަތުނިވަގުތ މުއްދަތުގައްވަޒީފާއިން ވަކިކުރި މައްސަލައެއިޓްރައިބިއުނަލް ހުށަހެޅުމުގެ އީޚްތިޞާޞޭއ ނެތްކަމަށް ކަނޑައެޅިއިރު، މިއު ވަޒީފާއާބެހޭ ޤާނޫނ ގެ 4 ވަނި މާއްދާގަ ދަށުން ހުށަހަޅާ މައްސަލައެއް ކަމަށް ބުނެ އުފެއްދި ބަހުޘަށް ރޢޔަތްކޮށްފައިނުވާކަމަށެވެ.
8އިސްތިއުނާފެ ކުރު ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 39/VTR/2023 މައްސަލާގައި ނިންމާފައިވާ 200-VTR/IJ/2023/14 އިޖުރާޢީގޮތުން ނިންމި ގޮތަކީ ބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅައިދީ މި މައްސަލަ ބެލުމުގެ އޭޚީ ތިޞާޞ ވަޒީފާއާބެހް ޓްރައިބިއުނަލްއަށް ލިބިގެންވާ ކަމުގައި ކަނޑައަޅައިދީ ދީ މައްސަލަ ނިންމައިދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކުގެ ޚު ލާސާ:
9ރައްދުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނ ވަޒީފާއާބެހޭ ޤާނޫނގު 4 ވަނަ މާއްދާއާ ގުޅޭގޮތުން ހުށަހަޅާފައި އޮތް މަޢުޟޫއީ ޤާނޫނީ ބަހުސކަށ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މި ޙާލަތުގައި ރިޢާޔަތް ކުރަންޖެހޭ ކަމަށް ނުދެކޭ ކަމަށެވެ. އަދި ވުޒީފާގަ ވަގުތީ މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލާ ވަޒީފާގެ އެއްބަސްވުން ބާޠިލު ކުރުމުގެ އިޚުތިޔާރު ވަޒީފާއާބެހޭ ޤާނޫނ ގެ 14 ވަނަ މާއްދާގެ )ށ( ގައި ބަޔާން ކުރުމާއެކު އެފަދަ މައްސަލައެއް އެޤާނޫނުގެ 28 ވަން މާއްދާގަ )ށ( އިން ނުބެލޭނެ ކަމަށ އޮންނަ އޮތުމުން އެޤާނޫނުގެ 14 ވަނަ މާއްދާގެ )ހ( އަދި 28 ވަނީ މާއްދާގަ )ށ( އަކީ ޚާއްސަ ވަޒީފާގެ ގުޅުމެއް ޤާއިމުވުން ނުވަތަ ވަޒީފާގެ ގުޅުމެއް ދައިމވުމުގެ މައްޗަށް އޮންނަ ޚާއްސަ މާއްދާއެއްކަން އެނގިގެންދާކަމަށެވެ. ވަޒީފާއާބެހޭ ޤާނޫނު ގެ 14 ވަން މާއްދާގަ ދަށުން އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤަކީ ދެފަރާތަށްވެސް އެއްމިންވަރަކަށިއޮތްއިޚތިޔާރެއްކަމަށާއ، ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި ތަފާތުނުކުރާކަން ސާބިތުކުރުމުގެ ޒިންމާއަދާކުރުމުގެ ތެރެއިން ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްކަން ސާބިތުކުރުމަށް ވަޒީފާދޭ ފަރާތަށް ލާޒިމުވެގެންދާކަމަށެވެ.
10އިސްތިއުނާފ ރައްދުވު ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ އިޖުރއަނިންމުމަށ ބަދަލް ގެންނަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައޅައިދުއެގޮތުގެ މަތިން ފައިސަލާކުރަނިވި ޙުކުމެއް ކޮށދިނުމާއެކް މި މައްސަލި ނިންމއަ ދިނުމަށެވެ. ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ކަންތައްތައް:
11މިއިސްތިއުނާފުގައިއުފެދިފައިވާ މައިގަނޑުޚސޫމާތަކާ،ޕްރޮބޭޝަން މުއްދަތުގައި ވަޒީފާއިން ވަކިކޮށްފައިވުމ މުވައްޒަފި ވަޒީފާއިން ވަކިކުރުމުގައި ތަފާތުކޮށްފައިވާކަމަށް ބުނެ ހުށަހަ ޅ މިމައްސަލ ބެލުމުގެ އިޚްތިޞާޞިވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވަނީ މައްސަލައިގެ ވާޤިއާތަކަށް ރިޢޔަތްކުރުމެއްނެތޫޤާނޫނީ އޞު ލުތަކާ ޚިލާފަށތޯއެވ؟ ޕްރޮބޭޝަން މުއްދަތުގައި ވަކިކުރެވުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުގެ ޤާނޫނީ އޞު ލުތައް
12ވަޒީފާއާބެހޭ ޤާނޫނަ ގެ 14 ވަނަ މާއްދިގެ )ހ( ގައި ވަގުތީ ގޮތުން ގެންގުޅޭ މުއްދަތުގައި 3 )ތިނެއް( މަސްދުވަހަށްވުރާދިގުނޫނ މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެކަމަށް ބަޔާންކުރެއެވެ. އަދި، އެމާއްދިގެ )ށ( ގައި މިމާއްދާގެ )ހ(ގައި ބަޔާންކުރި ވަގުތާ މުއްދަތުގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައް، ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ދެފަރާތުންކުރެ ކޮންމެ ފަރާތަކަށވެސ ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
13ޕްރިސިޑެންސް 1ވަޒީފާއާބެހޭ ޤާނޫނު ގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
28)ހ( ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރާ މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހި ގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރާ މީހާއަށ ނޯޓިސް ލިބުން ތާރީޚުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ. )ށ( ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ، އެވަޒީފާގެ ގޮތުން އިސްތިޢުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސްއައުމުން، ވަޒީފާއިން ވަކިކޮށްފިނަމަ، އެކަމުގެ ޝަކުވާ، މިމާއްދާގެ )ހ( ގައިވާ ގޮތުގެމަތިން ކުރުމުގެ ޙައްޤެއް އެމުވައްޒަފަކަށް ލިބިގެނެއް ނުވެއެވެ.
14ވަޒީފާއާބެހޭ ޤާނޫނގު މިމާއްދާގެ ދަށުން މުވައްޒަފުންނަށް ލިއްބައިދޭ ޙައްޤަކޮ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކަށްފިކަމަށޭޤަބޫލުކުރެވޭނަމަ އެމައްސަލްވަޒީފާއާބެހެޓްރައިބިއުނަލ އަށް ހުށަހެޅުމުގަ ޙް އްޤެވެ.މިޙައްޤުން އިސްތިސެނާވ ފަރާތަކާ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރްވޭ ފަރާތްތެކާއި ވަޒީފާގެ ގޮތުނ އިސްތިއުފާދޭންޖެހޭ ނުވަތަ މުސްކުޅި ކުރާވޭ މުވައްޒަފުންނެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދގާ)ށ( އަށް ބެލުމުން، މިފަރާތްތަކަށް އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއް )unfair dismissal( ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމުގަ ޙައްޤު ނުލިބޭ ކަން ސާފެވެ.
15އެހެންކަމުން، ދެން އުފެދޭ ސުވާލަކީ، ވަގުތީ މއްދަތުގައ ހުރި މުވައްޒަފަކަށު، ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްޓްރައިބިއުނަލް އަށާހުށަހެޅުމުގ އެހެނެ ޙލަތެއ ވަޒީފާއާބެހް ޤާނޫނީގެ ދަށުން ލިބޭތޯއެވެ. އިސްތިއުނާފު ކުރާ ފަރާތުގެ ބަހުޘަކީ، އެފަރާތުން މައްސަލަ ހުށަހަޅާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނގު 4 ވަނަ މާއްދާއިން އެފަރާތަށް ލިބޭ ޙައްޤުގެ ދަށުންކަމަށެވެ.
16ވަޒީފާއާ ބެހޭ ޤާނޫނ ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ،ވަޒީފާ ދިނުމުގައްޔާއި، އުޖޫރަ ކަނޑައެޅުމުގައްޔާއި، އުޖޫރު އިތުރު ކުރުމުގައްޔާއި ތަމްރީނު ދިނުމުގައްޔާއި ވަޒީފާގެ ޝަރުތުތަކާއި ވަޒީފާ އަދާކުރާނ ގޮތެ ކަނޑައެޅުމުގައްޔާއ ވަޒީފާއިން ވަކިކުރުމުގައްޔާއ ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައ އަދާކުރި ޒިންމާތަކަށް، މި ޤާނޫނާ ޚިލާފްނުވު ގޮތުނާ އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް މިންވަރަކަށް ތަފާތުކުރުމަކީ މަނާކަމެއްކމަށެވެ.
17ޕްރިސިޑެންސް 2ވަޒީފާއާބެހޭ ޤާނޫނގު 5 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ،އެބާބުގައި ބަޔާންކޮށްފައިވާ އަސާސީ އްޞްލުތަކުގެ ދަށުން ލިބިދޭ ޙައްޤަކަށް އުނިކަމެއް ލިބޭ ޢަމަލެއް ހިންގައިފިނަމަ އެއުނިކަނ ލިބޭކަމަށް ދެކޭ ފަރާތުން އެކަމުގެ ޝަކުވާ ޓްރައިބިއުނަލްއަށ ހުށަހެޅިދާނެކަމަށެވެ.
18އަދި، މިފަދަ ޝަކުވާއަކީ ރަނގަޅު ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ޞައޚް ޝަކުވާއެއްކަމަށ ޓްރައިބިއުނަލްއަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތައް ނެރުމުގެ ބާރު އެޓްރައިބިއުނަލްއަށ ލިބިގެންވާކަން ވަޒީފާއާބެހް ޤާނޫނުގެ 5 ވަނަ މާއްދާގެ )ނ( އަށް ބެލުމުން އެނގެއެވެ.
18.1.1. ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު؛
18.1.2. ވަޒީފާއިން ވަކިކޮށްފައިވާ މީހާއަށް އަނބުރާ އެވަޒީފ ދިނުމަށާ ކުރް އަމުރު؛
18.1.3. މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައެއް، އަނބުރާ އެމީހަކަށް ލިބޭނެގޮތް ހެދުމަށް ކުރާ އަމުރު
18.1.4. ބަދަލުދިނުމަށް ކުރާ އަމުރު.
19ވަޒީފާއާބެހޭ ޤާނޫނގު 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާ އެކުއެކީ ބެލުމުން ވަޒީފާގެ މާހައުލުގައި ހިނގާ ތަފާތުކުރުމުގެ ޝަކުވާގެމައްސަލަތައް ބެލުމުގެ އިޚްތިޞާޞްވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.ޢާންމު އާޞް ލުން ބަލާއިރު، ވަޒީފަ އާބެހޭ މައްސަލަތައް ހުށަހެޅެނީ ވަޒީފާގެ ގުޅުމެއް ޤާއިމުވުމުން ކޮން އެނގޭއިރު، މިމާއްދާގެ ދަށުން ވަޒީފާގެ ގުޅުން ޤާއިމުވުމުގެ ކުރިން ހުށަހެޅ ވަޒީފާއަށް ހޮވުމުގެ މައްސަލަތަކުގައިވެސް، ތަފާތުކުރުމުގެ އަސާސްއަށ ބިނާކޮށް ހުށަހެޅިއްޖެނަމަ އެމައްސަލަތައް ބެލުމުގ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ލިބިގެންވެއެވެ.އެހެންކަމުން، ވަޒީފާއިން ވަކިކުރުމުގައި ތަފާތުކޮށްފައިވ ކަމަށާ ބުން ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަމާއްދާގެ ދަށުނާމައްސަލ ހުށަހެޅުމުގެ ޙައްޤު މަސައްކަތްތެރިންނަށް ލިބިގެންވާކަން މިމާއްދާ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 3 ވަނަމާއްދާގައި ބަޔާންކުރާޢާންމު މާނައަށް ބެލުމުގެއް ޞލުނ މާނަކުރުމުން ސާފެވެ.
20މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައިގަނޑު އެއް ބަހުޘަކީ، ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދި އިން ލިބިދީފައިވާ ތަފާތު ނުކުރުމުގެ ޙައްޤާއި އަދި އެޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ، އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލާ ވަޒީފާއިން ވަކިކުރުމުގެ ޙައްޤަކީ، ވާދަވެރި ޙައްޤުތަކެއް )competing rights( ކަމަށު އާ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަ އުޞޫލަކީ އެއްދާއިމަ ވަޒީފާގެ ގުޅުމެއްގައި އޮންނަ އަސާސީ އުޞޫލެއެކަމށ ބުން އުފައްދާ ބަހުޘެވެ. މިގޮތުން، ވަޒީފާގެ ވަގުތީ މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލާ ވަޒީފާގެ އެއްބަސްވުން ބާޠިލު ކުރުމުގެ އިޚުތިޔާރު ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަން މާއްދާގަ )ށ( ގައި ބަޔާން ކުރުމާއެކު އެފަދަ މައްސަލައެއް އެޤާނޫނުގެ 28 ވަން މާއްދާގަ )ށ( އިން ނުބެލޭނެ ކަމަށް، ޓްރައިބިއުނަލްއަށް މައްސަލަ ހުށަނޭޅޭނެ ކަމަށް، އެ ޙައްޤު ލިބިގެން ނުވާކަމަށް ބަޔާން ކޮށްފައި އޮންނަ އޮތުމުން އެޤާނޫނުގެ 14 ވަނަ މާއްދާގެ )ހ( އަދި 28 ވަނަ މާއްދާގަ )ށ( އަކީ ޚާއްސަ ވަޒީފާގެ ގުޅުމެއް ޤާއިމުވުން ނުވަތަ ވަޒީފާގެ ގުޅުމެއް ދއް މވުމުގެ މައްޗަށް އޮންނަ ޚާއްސަ މާއްދާއެއްކަން އެނގިގެނދާކަމަށެވެ.
21އަދި މިފަރަޤު ގެންނަންޖެހޭ ސަބަބެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރާ މައިގަނޑު އެއްކަމަކީ، ވަޒީފާއާބެހޭ ޤާނޫނ ގެ 14 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤަކީ ދެފަރާތަށްވެސް އެއްމިންވަރަކަށް ލިބިދޭ އޚި ތިޔާރެއްކަމަށާއ، ވަޒީފާއާބެހޭ ޤާނޫނގު 4 ވާނަ މާއްދާގަ ދަށުން ހުށަހެޅޭ މައްސަލައެއްގައި ތަފާތުނުކުރް ކަން ސާބިތުކުރުމުގެ ޒިންމާ ވަޒީފާދިން ފަރާތުނ އަދާކުރުމުގެ ތެރެއިން ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްކަން ސާބިތުކުރުމަށް ލާޒިމުވާކަމަށެވެ.
22ޕްރިސިޑެންސް 5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، މައްސަލަހުށަހެޅި ފަރާތުންހުށަހަޅާފައިވާ ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނި މާއްދާގަ ދަށުން ހުށަހަޅާ މައްސަލައެއް ކަމުގައި ބަޔާންކުރާ ކުރުމަށް ރޢޔަތްކޮށްފައިވާކަނ އެނގެން ނެތެވެ. ހަމައެފަދައިން، ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާއިން ލިބޭ ޙައްޤާއި އެޤާނޫނުގެ 28 ވަނަ މާއްދާއިން ހަނިކުރާ ޙައްޤު ފަރަޤުކޮށް ދައުލަތުން އުފައްދާ ބަހުޘާ މެދ ގޮތެއު ކަނޑައަޅާފައިނުވެއެވެ. އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުނީ ހުށަހެޅި އިސްތިއުނާފ ނުކުތާގައި މައްސަލައިގެ ވާޤިއާތަކާއި ހުށަހެޅުންތަކަށް ރާޢިޔަތްނުކޮށ މައްސަލައިގައް ގޮތެއް ނިންމާފައިވާ ކަމަށ ބުނާ ބުނުން ބަލައިގަނެވެއެވެ.އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 14 ވަނަ މާއްދާއަށް ޙަވާލާދީ ވަގުތީ މުއްދަތުގައި ވަޒީފާއިން ވަކިކުރެވޭ މައްސަލަތައް،ވަޒީފާއާބެހަޓްރައިބިއުނަލޮ އިން ބެލޭނީ ޤާނޫނެއްގައި އެހެންގޮތަކަށް ކަނޑައަޅާފައިވާނަމ ކަމަށް ބަޔާންކށީއެފަދަ ޤާނޫނެއް ނެތްކަމަށް ކަނޑައަޅާފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއިން އެފުރުސަތު ލިބޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ކުރުމާ މެދު ގޮތެއް ކަނޑައަޅާފައިނުވެއެވެ. 2013/SC-A/44 2022/R-14
23ޕްރިސިޑެންސް 3ކުރިންވެސް ފާހަގަކުރެވުނު ފަދައިން ވަޒީފާއާބެހޭ ޤާނޫނު ގެ 2 ވަނަ ބާބުގެ ދަށުން ހުށަހެޅ މައްސަލަތަކަކީ ވަޒީފާގެ ދާއިމީ ގުޅުމެއް އޮތުމުގެ މައްޗަށް ބިނާވާ މައްސަލަތަކެއް ނޫނެވެ.ވަޒީފާގެ ގުޅުން އުފެދުމުގެ ކުރިންވެސް، ނަސްލަށް، ކުލަޔަށް، ސިޔާސީ، ވިސްނުމަށް، ޖިންސަށް، ކާވެނީގެ ނިސްބަތަށް، ހުރި ނުކުޅެދިންތެރިކަމަކަށް ބަލައު، ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުން މަނާކުރުމ ވަޒީފާއާބހެ ޤާނޫނު އެމައްޗަށް ބިނާވާ އަސާސީ އެއީ އުޞޫލެވެ. ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގައި ތަފާތުނުކުރެވޭ ކަންތައްތަކުގެ ތެރޭގައި ވަޒްފާއިން ވަކިކުރުމުގައި ތަފާތުނުކުރުނ ހިމަނާފައިވެއެވެ.
24ޕްރިސިޑެންސް 4ނިޓިހެއ ދިނުމެއް ނެތް ވަގުތީމުއްދަތުގައިއެއްބަސްވުނު ބާޠިލުކުރުމަކީ ވަޒީފާ އަދާކުރާ ފަރާތަށް އަދ ވަޒީފާދޭ ފަރާތަށް ލިބިގެންވާ ޙައްޤެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާއިން އެނގެއެވެ. މިޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއިން މުވައްޒަފުންނަށް ލިބޭ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުން މަނާކުރުމުގެ ޙައްޤު ހަނިވެގެންދެއެވެ. މިކަމަށް އިތުރަށް ބާރު ލިބިދެނީ، ޤާނޫނުން ލިއްބައިދިން މި ޙައްޤު t)righ statutory( ގެއްލިފައިވާކަމަށް ފެންނަނަމަ އެމައްސަލަ ޓްރައިބިއުނަލ އަށް ހުށަހެޅުމުގެ ޙައްޤު ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއިންއުފަންކުރާއިރު، އެމާއްދާގެ )ށ( އިން މިޙައްޤ ވަގުތީ މުއްދަތުގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ނުލިބޭތީއެވެ.
25ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާއިން ލިބޭ ޙައްޤާއި އެޤާނޫނުގެ 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤަކީ ތަފާތު ދެޙައްޤެކެވެ. އެގޮތުން އެޤާނޫނުގެ 28 ވަނަ މާއްދާއިން ލިބިދާޙައްޤަކީ ޢާންމުއުޞިލުނ ވަޒީފާއިން ވަކިކުރުމުގައްމައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމވެފައިވާކަނ ސާބިތުކުރުމަށް ވަޒީފާދޭ ފަރާތަށް ލާޒިމުވާ ޙެލަތެވެ. މިއީ ދުނިޔޭގެ ޖޫރިސްޑިކްޝަންތަކުގައި އަންފެއަރ ޑިސްމިސަލްގެ ގޮތުގައި ތަޠްބީޤުކުރާ މަފްހޫމެވެ.
26ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާއިން ބަލައިގަންނަ ޙް ލަތަކީ އިނގިރޭސި ވިލާތަފަދަ ޤައުމުތަކުގައިވެސް ތަފާތު މަބްދައުއެއްގ ގޮތުގައެ ބަލައިގަންނަ dismissal wrongfulގެ ޙި ލަތާކަމުގައި ބެލެވެއެވެ. މީޙަލަތުގައި މައުޟޫއޭއްދުލުވެރިކަނ އޮތްކަން ސާބިތުކުރުމަށްވުރެ ވަޒީފާދޭ ފަރާތަށެ ލާޒިމުވާނީ މިމުވައްޒަފާމެދު ތަފާތުކޮށް ޢަމަލުކޮށްފައިނުވާކަން ބުނެދިނުމުގަޒިންމާއެކެވެ. މިސާލަކަށް މިމައްސަލައިގައިނަމާ،އިސްތިއުނާފ ކުރު ފަރާތުން ފާހަގަކުރާކަމަކީ ކަނޑައެޅިފައިވާ އިޖުރާއަތާ ޚިލާފަށެ )ޕާލަމެންޓަރީ ސަރވިސް މުވައްޒަފުންގެ ގަވާއިދުގެ 44 ވަނަ މާއްދާ( އާ ޚިލާފަށް އެފަރާތާމެދ ޢަމަލުކޮށްފައިވަން،އެފަރާތަކީ ބަލިވެއިން އަންހެނެއީކަން އެނގިގެން ކަމަށްބުނެ ކަމަށް ވާތީ އެތަފާތުކޮށްފައިނުވާކަން ބުނެދިނުމުގެ ޒިންމާއެވެ.
27ބުނެވިދިޔަ ކަންތައްތަކަށް ރޢި ޔަތްކުރާއިރު،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނ ގެ 4 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު މައްސަލައެއްކަމުގައިއިސްތިއުނާފު ކުރާ ފަރާތުން ބުނެފައވިނަމަވެސް، މިމައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނި މާއްދާގަ ދަށުން ހުށަހަޅާ މައްސަލައެއްކަމުގައުބަޔާންކުރިކުރުމާމެދ ގޮތެއު ކަނޑައަޅާފައިނުވތީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނި މާއްދާގަ ތަރަހައިގެ ތެރެއިން ބެލިދާނެ މައްސަލައެއްތޯ ކަނޑައަޅައް، އިސްތިއުނާފު ކޮށްފައިވާ ނިންމުމާމެދު އަލުން ގޮތް ކަނޑައެޅުމަށަމިމައްސަލަ ވަޒީފާއާބެހް ޓްރައިބިއުނަލްއަށް ތްޙ ވީލުކުރުމަށ ފެނެއެވެ. |[2021] IECA 37, |[2023] 1 IR 619 Donal O'Donovan, Plaintiff v Over-C Technology Limited and Over-C Limited, Defendants, [2023] 1 IR 619 މާރިޗު 2010
28ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ. ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް :
29ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
30މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްމައްސަލައިސްތިއުނާފުކުރުމަށްހުށަހެޅޭނީދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ)
- ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 14 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޕާލަމެންޓަރީ ސަރވިސް މުވައްޒަފުންގެ ގަވާއިދުގެ 44 ވަނަ މާއްދާ
- ހައިކޯޓުގެ ނަންބަރު 2021/HC-A/337 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާ
- Donal O'Donovan v Over-C Technology Limited and Over-C Limited [2021] IECA 37; [2023] 1 IR 619
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް