ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/176
ދަ ހޯކްސް ޕްރަައިވެޓް ލިމިޓެޑް ވ. އިވޯން ގެހްރމަން، 2021/HC-A/176
The Hoaks Private Limited v. Ivoan Gehrman 2021/HC-A/176 (2021/HC-A/176, High Court of the Maldives, 14 July 2026)
ދަ ހޯކްސް ޕްރަައިވެޓް ލިމިޓެޑް ވ. އިވޯން ގެހްރމަން
މައިގަނޑު ސުވާލު
ކޮވިޑް-19 ގެ ސަބަބުން މުވައްޒަފެއްގެ މުސާރައިން 50% އުނިކުރުމަކީ ޤާނޫނީ ތަރަހައިގެ ތެރެއިން ކުރި ކަމެއް ނޫންކަމަށް ޓްރައިބިއުނަލުން ކަނޑައެޅީ (ފަހުން ހެދުނު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު ރަޖްޢީކޮށް ތަޠުބީޤުކޮށްގެން) ތޯއާއި، މުވައްޒަފު ނޭދެނީސް ބާކީ ސަލާމުގެ ޗުއްޓީ ދުވަސްތަކަށް ފައިސާ ދޭން ޓްރައިބިއުނަލުން ކަނޑައެޅުން ރަނގަޅުތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (މުސާރައިން އުނިކުރި ފައިސާ ނަގައިދިނުން ޤާއިމް؛ ސަލާމުގެ 7 ދުވަހުގެ ފައިސާ 8,906.48ރ. ދިނުމަށް ކަނޑައެޅި ބައި ބާޠިލު)
ކަނޑައެޅުނު އުޞޫލުތައް
- ވަކި ޚާއްޞަ ޙާލަތެއް (ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިއަށް އަސަރުކޮށް މުސާރަ ދެމުން ނުގެންދެވޭ ޙާލަތު) އޮތްކަމަށް ބުނާ ފަރާތުގެ މައްޗަށް އެ ޙާލަތު ސާބިތުކުރުމުގެ ބުރަ އޮވެއެވެ. އެކަން ސާބިތުކުރާނެ ހެކި ހުށަނާޅާކަމަށް ބުނުމަކީ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ޚަޞްމަކު ދެއްކި ވާހަކައަކާ ގުޅިގެން، ކަމަކަށް ޢާންމުކޮށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބެލިފައިވޭތޯ ދެނެގަތުމަށް ފަހުން ހެދުނު ޤާނޫނެއްގައި ކަން އޮތްގޮތް ބަޔާންކުރުމަކީ، އެ ޤާނޫނު ރަޖްޢީކޮށް ތަޠުބީޤުކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 25)
- ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ (2) ގައިވާ ފަދައިން މުވައްޒަފުގެ ރުހުން އޮތްކަމުގެ ސަބަބެއް ހުށަނާޅާ ޙާލަތުގައި، މުސާރަ އުނިކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަމަށް ބުރަނުވެވޭނެއެވެ؛ އެ އުނިކުރި ފައިސާ ނަގައިދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 27)
- މުސާރަ ނުލިބޭ ޗުއްޓީއެއް ހަމަޖެއްސުމުގެ ކުރިން ބާކީ ސަލާމުގެ ޗުއްޓީ ބޭނުންކުރުމަކީ މުވައްޒަފަށް މަންފާހުރި ގޮތަކަށް ވެދާނެ ނަމަވެސް، އެކަން ނިންމާނީ ޢާންމު އުޞޫލުން މުވައްޒަފެވެ. ޚާއްޞަ ޙާލަތެއްގައި ދެފަރާތުން މަޝްވަރާކޮށް މުވައްޒަފު އެދޭ ގޮތެއްގެ މަތިން ބާކީ ޗުއްޓީ ހަމަޖައްސައިދިނުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް އޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- މުވައްޒަފު އެދިގެން ވަޒީފާދޭ ފަރާތުން ޗުއްޓީއެއްގެ ގޮތުގައި ހަމަޖައްސާފައި ނުވާ، ނުވަތަ ރަނގަޅު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައި އަންގާފައި ނުވާ ދުވަސްތަކަކީ ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކެވެ. ބާކީ ސަލާމުގެ ޗުއްޓީ އޮތްނަމަވެސް، އެ ޗުއްޓީއަށް އެދި އުޞޫލުން ހަމަނުޖެހޭނަމަ، މުވައްޒަފު ހުރީ ސަލާމުގެ ޗުއްޓީގައިކަމަށް ނުބެލެވޭނެއެވެ؛ އެ ދުވަސްތަކުގައި ޢަމަލުކުރާނީ ހާޒިރުނުވާ ދުވަސްތަކުގައި ޢަމަލުކުރާ އުޞޫލުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34)
- ސަލާމުގެ ޗުއްޓީއާއި މުސާރަ ނުލިބޭ ޗުއްޓީއަކީ ވަކި އުޞޫލަކުން ނެގޭ ޗުއްޓީ ކަމުން، މުވައްޒަފު އެދިފައި ނުވަނީސް ވަކި ދުވަސްތަކަކީ އެ ޗުއްޓީގެ ދުވަސްތަކެއްކަމަށް ކަނޑައެޅިދާނެކަމަށް ނުފެނެއެވެ؛ ހުއްދަނެތި ވަޒީފާއަށް ނުނިކުތް ދުވަސްތަކަކީ އުޞޫލުން މުސާރައިން ކެނޑޭ ދުވަސްތަކެއްކަމަށް ބަލައި އިދާރީ ފިޔަވަޅު އެޅުން އެއް ޙައްލެކެވެ. އެހެންކަމުން ބާކީ ސަލާމުގެ ޗުއްޓީ ދުވަސްތަކަށް ފައިސާ ދޭން ކަނޑައެޅުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35–39)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2020 މައްސަލަ އެ ޓްރައިބިއުލައިން ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް") ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޖަރުމަނުގެ ރައްޔިތެއްކަމުގައިވާ އިވޯން ގެހްރމަން، Gehrmenn) (Yvonne 11359 ބަރލިން (ޕާސްޕޯޓު ނަންބަރު […]) (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް") ގެ މައްޗަށެވެ. ކަން ހިނގާފައިވާ ގޮތް:
2އިވޯން ގެހްރމަން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ މާރކެޓިންގ މެނޭޖަރގެ މަޤާމަށް އައްޔަންކުރެވިފައިވަނީ 13 ޖުލައި 2017 ގައެވެ. އެ މުއްދަތު ހަމަވުމުން އަލުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ވަޒީފާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 ޖުލައި 2019 ގައެވެ.
3އިވޯން ގެހްރމަންގެ ޞިއްޙީ ޙާލަތަށް ރިޢާޔަތްކޮށް 32 ދުވސަ ބެޑްރެސްޓ ކުރުމަށް ޑޮކްޓަރު ލަފާދީފައިވާތީ 23 މާރިޗު 2020 އިން 24 މާރިޗު 2020 ނިޔަލަށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތް (ވާރކް ފްރޮމް ހޯމް) ހަދައިދިނުމަށް އެދި މެޑިކަލް ސެޓްފިކޭޓާއެކު އީ-މެއިލްގެ ޒރަ އީ އިނާ ހުށަހަޅާފައިވެއެވެ. C-0109/2007 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި "މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު" 4.1 ގައި ބަޔާންކޮށްފައިވެއެވެ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި އިވޯން ގެހްރމަން އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުން. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން 23 ޖުލައި 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެގްޒިބިޓް -1 ގެ ގޮތުގައި ހުށަހަޅާފައިވާ 24 މާރިޗު 2020 ގެ 'މެޑިކަލް ސެޓްފިކެޓް' މެއިލްގެ ކޮޕީ.
4އިސްވެ ބުނެވުނު އީ -މެއިލްއަށް ދަ ހޯކްސްގެ ފަރާތުން ޖަވާބުދީފައިވަނީ ސަލާމާއި އަހަރީ ޗުއްޓީގައި ބާކީ އެ މިންވަރަށް ދުވަސް ނެތުމާއެކު ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ބ) ގެ ދަށުން މުސާރަ ނުލިބޭ ޗުއްޓީއެއް އިވޯން ގެހްރމަނ އަށް ދިނުމަށެވެ.
5އަދި އޭގެ ފަހުން އިވޯން ގެހްރމަން ގެ ފަރާތުން ވަޒީފާއިން ވަކިވުމަށް 17 މެއި 2020 ގައި ނޯޓިސް ހުށަހަޅާފައިވެއެވެ . އިވޯން ގެހްރމަނ ފަރާތުން ހުށަހެޅި އިސްތިއުފާ ބަލައިގަނެ 30 ދުވަސް ހަމަކޮށް 15 ޖޫން 2020 ގެ ނިޔަލަށް އިވޯން ގެހްރމަނ ވަޒީފާއިން ވަކިކުރާނެކަން އަންގާ 17 މެއި 2020 ގައި އީ- މެއިލް އަކުން އިވޯން ގެހްރމަން އަންގާފައިވެއެވެ.
6ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ މާކެޓިން މެނޭޖަރ ގެ މަޤާމުގައި އިވޯން ގެހްރމަން ވަޒީފާއިން ވަކިވުމާ ހަމައަށް ހިނގި މުއްދަތުގައި މުސާރައާއި، ޢިނާޔަތްތައް ގޮތުގައި ލިބެންޖެހޭ ފައިސާ ހަމައަށް ލިބިފައިނުވާތީއާއި، ޤާނޫނީ މަސައްކަތްތައް ކުރަންޖެހުނު ޚަރަދު ނަގައިދިނުމަށް އެދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާ ރައްދުވާގޮތަށް 28 ޖޫން 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 107/VTR/2020 މައްސަލައިންނެވެ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން 23 ޖުލައި 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި 25 މާރިޗު 2020 ގައި ފޮނުވާފައިވާ މެއިލްގެ ކޮޕީ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން 26 އޮކްޓޯބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ 25 މާރިޗު 2020 ގައި ފޮނުވާފައިވާ މެއިލްގެ ކޮޕީ. އިވޯން ގެހްރމަން 28 ޖޫން 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހޫށަހެޅި އާމިނަތު އަގްލީމާގެ ފަރާތުން އިވޯން ގެހްރމަން އަށް 17 މެއި 2020 ގައި ފޮނުވާފައިވާ 'ރެސިގްނޭޝަން ނޯޓިސް' މެއިލްގެ ކޮޕީ.
7ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ ނަންބަރު 107/VTR/2020 މައްސަލައިގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެ ންފަހ މައްސަލެ ހުށަހެޅަ ފަރާތުންނާއި މައްސަލި ރައްދުވަ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އިވޯން ގެހްރމަން (Yvonne Gehrmann) (ޕާސްޕޯޓު ނަންބަރު […]) 17 ޖުލައި 2019 އިން ފެށިގެން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު -C 0109/2007) ގެ 'މާކެޓިން މެނޭޖަރ" ގެ މަޤާމުގައި ވަޒީފާ އަދާކުރަމުންގޮސް، މައްސަލަ ހުށަހެޅި ފަރާތއާ މައްސަލި ރައްދުވަ ފަރާތި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 15 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިވުމުގެ ކުރިން ދޭންޖެހޭ 30 (ތިރީސް) ދުވަހުގެ ނޯޓިސް، 17 މެއި 2020 ގައި މައްސަލަ ރައްދުވި ފަރާތށަ ފޮނުވައި އެނޯޓިސްއާއެކު ވަޒީފާގެ އެއްބަސްވުމުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތަށް ނުލިބިވާ މުސާރައާއި އިނާޔަތްތައް ބަޔާންކުރެވިފައިވާކަމަށާއި، މައްސަލަ ރައްދުވި ފަރާތުން ހަމަ އެ ދުވަހު (17 މެއި 2020) ގައި މައްސަލަ ހުށަހެޅި ފަރާތުން ފޮނުވާފައިވާ ނޯޓިސް ބަލައިގަނެ، ވަޒީފާގެ މަސައްކަތށަ ނިކުންނަންޖެހޭ އެންމެ ފަހު ތާރީޚު ކަމުގައިވާ 15 ޖޫން 2020 ގެ ނިޔަލަށް މައްސަލަ ހުށަހެޅި ފަރާތަށް ނުލިބިވާ މުސާރައާއި އިނާޔަތްތައް ހަމަޖައްސައި ދޭނެކަމަށް ބުނެ އީމެއިލްއެއް ފޮނުވާފައިވާކަމަށާއި، ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ތާރީޚާ ހަމައަށްވެސް 26 މެއި 2020 އިން 51 ޖޫން 2020 ވަނަ ދުވަހުގެ މުއްދަތަށް ހިނގާ މުސާރައާއި ޢިނާޔަތްތައް މައްސަލަ ހުށަހެޅި ފަރާތށަ ލިބިފައިނުވާކަމަށާއި، މައްސަލަ ރައްދުވި ފަރާތާ ނ 2020 ވަނަ އަހަރުގެ ޖޫން މަހުގެ މުސާރަ ސްލިޕް ލިބިފައިނުވާތީ، މި ފައިސާއާއި ސްލިޕަކީ އިވޯން ގެހްރމަންއަށ ދޭންޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ހުށަހެޅި މި މައްސަލައިގައި، އޮފީހުގެ އެހެން މުވައްޒަފުންނޭ އެއްފަދައިން، މައްސަލަ ހުށަހެޅި ފަރާތުންވެސް މަސައްކަތް ކުރަންޖެހޭނީ ހަފްތާއަކު 6 ދުވަހު ޖުމްލަ 48 ގަޑިއިރުކަމަށާއި، ހަފްތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކށޮފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެކަން ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެކަމަށާއި، ކުންފުނީގެ މަސައްކަތު ދުވަސްތައް ކަމުގައި ކަނޑައަޅާފައިވަނީ ހުކުރު ދުވަސް ފިޔަވައި ހަފްތާއަކު 6 (ހައެއް) ދުވަހު ކަމުގައިވީނަމަވެސް، ހޮނިހިރު ދުވަހަކީ މައްސަލަ ހުށަހެޅި ފަރާތުން މަސައްކަތް ކުރަންނުޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން، އެފަރާތުގެ ވަޒީފާގެ އެއްބަސްވުމަށް އިޞްލާޙް ގެނެސް، ހޮނިހިރު ދުވަހަކީ މުސާރަ ނުލިބޭ “unpaid” ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދީފައިވާނެކަމަށާއި، 23 މާރިޗު 2020 އިން ފެށިގެން 23 އޭޕްރީލް 2020 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 32 (ބައްތިރީސް) ދުވަހަށް އެފަރާތުން މަސައްކަތަށް ނުނިކުމެ ގޭގައި ހުރި ދުވަސްތަކަކީ ސަލާމުގެ ޗުއްޓީއެއްކަމަށ ބުން އެ ދުވަސްތަކަށް މުސާރައާއި އިނާޔާތް ލިބިދިނުމަށް އެދި މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައި ގޭގައި މަސައްކަތްކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދުނު ނަމަވެސް، އެފަދަ އިންތިޒާމްއެއް ހަމަޖައްސައި ދެވިފައިނުވަނީ، ކުންފުނީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޕޯޓަލްތަކާއި ވަޞީލަތްތަކަކީ އޮފީހުން ބޭރުން އެކްސެސް ވެވޭ ގޮތަށް އިންތިޒާމް ކުރެވިފައިވާ ޕޯޓަލްތަކެއ ކަމުގައް ނުވާތީއާއި، އެދުވަސްވަރު އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ އެހެން މާބަނޑު ފަރާތްތަކާއި، ހަކުރު ބަލި، އާތްރައިޓިސް ފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ "ހއ- ރިކްސް" މުވައްޒަފުންވެސް ރައްކާތެރިކަމުގެ ފިޔަވަޅާއެކު އޮފީހަށް ނިކުމެ މަސައްކަތް ކުރަމުންދާތީ، މައްސަލަ ހުށަހެޅި ފަރާތަށް ޚާއްޞަ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ އެފަދަ މުވައްޒަފުންނާއި އެ ފަރާތާއި ދެމެދު ތަފާތުކުރެވިގެންދާނެ ކަމެއް ކަމުގައިނުވާތީކަމަށާއި، އޮފީހުން ބޭރުގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީއާއި، މައްސަލަ ހުށަހެޅި ފަރާތުން އެހާތަނަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި 19 ދުވަސް ނަގާފައިވުމުން ސަލާމުގެ ޗުއްޓީއިން ބާކީ އޮތީ 11 (އެގާރަ) ދުވަސްކަމުގައިވާތީއާއި، މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައިވަނީ މައްސަލަ ހުށަހަޅާ ފަރާތަކީ މާބަނޑު ފަރާތެއް ކަމުގައިވާތީކަމަށްވުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ބ) ގެ ދަށުން ވަޒީފާދޭ ފަރާތަށް ޤާނޫނުން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއެއް ދިނުމަށް ނިންމިކަމަށާއި، 23 މާރިޗު 2020 އިން ފެށިގެން 23 އޭޕްރީލް 2020 އާ ދެމެދު ހިނގާ 32 (ބައްތިރީސް) ދުވަހުގެ ތެރެއިން މުސާރަ ނުލިބޭގޮތަށް ދީފައިވަނީ 28 (އަށާވީސް) ދުވަސްކަމަށާއި، ބާކީ 4 (ހަތަރު) ދުވަސް މުސާރަ ލިބޭގޮތަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައި އެ ދުވަސްތަކށަ ޖެހޭ މުސާރައާއި އިނާޔަތްތައް މައްސަލަ ހުށަހެޅި ފަރާތށަ ދީފައިވާނެކަމަށާއި، 26 އޭޕްރީލް 2020 އިން ފެށިގެން މުސާރައިގެ އޮނިގަނޑަށް ބަދަލުގެންނަން މަޖުބޫރުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް- 19 ގެ ސަބަބުން އގިތިސާދަށ ކުރް ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ ހުރިހާ ފަރާތަކަށްވެސް ކޮށްފައިވާއިރު، މައްސަލަ ރައްދުވި ފަރާތަށްވެސް އެކަމުގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެން ކަމަށާއި، އަދި އެކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިވާނެކަމަށާއި، މީގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތަށް ހައްޤުވާ އެއްވެސް އަހަރީ ޗުއްޓީއެއް ނެތްކަމަށް ބަޔާންކޮށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖަވާބުދާރީވެފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ބ) ގެ ދަށުން މުވައްޒަފަކަށް އެންމެ ގިނަވެގެން ދެވޭނީ 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް ކަމުގައިވީނަމަވެސް، މެޑިކަލް ސެޓްފިކެޓްގައި ބަޔާންކޮށްފައި ވާ މުއްދަތަށް މައްސަލަހުށަހެޅި ފަރާތަށް ޗުއްޓީ ހަމަޖައްސައިދިނުމުގެ ގޮތުން، 23 މާރިޗު 2020 އިން ފެށިގެން 23 އޭޕްރީލް 2020 އާ ދެމެދު ހިނގާ 32 (ބައްތިރީސް) ދުވަހުގެ ތެރެއިން މުސާރަ ނުލިބޭގޮތަށް ދީފައިވާނީ 28 (އަށާވީސް) ދުވަސްކަމާއި، އަދި ބާކީ 4 (ހަތަރެއް) ދުވަސް މުސާރަ ލިބޭގޮތަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައި، އެ ދުވަސްތަކަށް ޖެހޭ މުސާރައާއި އިނާޔަތްތައް މައްސަލަ ހުށަހެޅި ފަރާތށަ ދީފައިވާކަން މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ “Final Settlement Details as of
16.06.2020” އިން އެނގެން އޮންނަކަމާއި ސަލާމުގެ ޗުއްޓީއެއް މައްސަލަ ހުށަހެޅި ފަރާތަށް ޙައްޤުވާކަން އެނގެން އޮންނާތީއާއި، ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ބ) ގެ ދަށުން މުސާރަ ނުލިބޭގޮތަށް ޗުއްޓީއެއް ދެވިފައިވާއިރު، މައްސަލަ ހުށަހެޅި ފަރާތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ޙައްޤުވާ 7 (ހަތެއް) ދުވަސް އޮތްކަން އެނގެން އޮންނާތީ، ސަލާމުގެ ޗުއްޓީއަކީ މުސާރައާއެކު ޙައްޤުވާ ޗުއްޓީއެއްކަމުން އެ 7 (ހަތެއް) ދުވަހުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާގެ ގޮތުގައި ޖެހޭ -/8،906.48ރ. (އަށްހާސް ނުވަސަތޭކަ ހަ ރުފިޔާ ސާޅީސް އަށްލާރި) މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތުގެ މެއި އަދި ޖޫން 2020 ގެ މުސާރައިން %50 އުނިކޮށްފައިވަނީ ކޮވިޑް- 19 އާ ގުޅިގެން މައްސަލަ ރައްދުވި ފަރާތުގެ ކުންފުނީގެ އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުން ނުގެންދޭ މިންވަރަށް މައްސަލަ ރައްދުވި ފަރާތުގެ ވިޔަފާރިއށަ އަސަރުކޮށްފައިވާ ޙާލަތުގައި ކަމށަ މައްސަލް ރައްދުވި ފަރާތުން ބަޔާންކޮށްފައިވީނަމަވެސް، އެކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނެތުމުން މައްސަލަ ހުށަހެޅި ފަރާތުގެ މުސާރައިން 50% އުނިކޮށްފައިވަނީ ޤާނޫނާ އަދި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށް ޚިލާފަށްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތުގެ މެއި ޖޫން 2020 ގެ މުސާރައިން އުނިކޮށްފައިވާ -19,721.50/ރ. (ނަވާރަ ހާސް ހަތް ސަތޭކަ އެކާވީސް ރުފިޔާ ފަންސާސް ލާރި) އާއި -13,359.73/ ރ. ( ތޭރަ ހާސް ތިން ސަތޭކަ ފަންސާސް ނުވަ ރުފިޔާ ހަތްދިހަ ތިން ލާރި) މައްސަލަ ހުށަހެޅި އިވޯން ގެހްރމަން (Yvonne Gehrmann) އަށް ނަގައިދިނުމަށް ކަނޑަޅައި، މި ފައިސާ، މިއަދު (09 މާރިޗު 2021) އިން ފެށިގެން (ރަސްމީ ބަންދުނޫން) 21 (އެކާވީސް) ދުވަހުގެ ތެރޭ އޭނައަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 05 (ފަހެއް) ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
8ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 107/VTR/2020 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އމައްސަލެ އިސްތިއުނާފު ކުރުމަށް އެދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ. އެގޮތުން ހުށަހެޅި ނުކުތާތަކަކީ؛
1.8 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 107/VTR/2020 މައްސަލއަ ގައި އިސްތިއުނާފު ރައްދުވި ފަރާތުގެ މުސާރައިން %50 އުނިކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތުގައިކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، އެފަދައިން މުސާރަ އުނިކޮށްފައިވަނީ ޤާނޫނާ އަދި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅާފައިވަނީ، 24 އޭޕްރީލް 2020 ގައި އިސްތިއުނާފުކުރާ ފަރާތނު ނިންމާފައިވާ ނިންމުމެއްގެ މައްޗަށް 22 ސެޕްޓެންބަރު 2020 ގައި ޢަމަލުކުރަންފެށި ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ތަޠުބީޤުކޮށް ކަމަށްވާތީ، އެއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޤާނޫނު ރަޖްޢީކޮށް ތަޠުބީޤު ނުކުރުމުގެ ޤާނޫނީ ޢާންމު މަބްދަޢުއާ ޚިލާފުކަމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ؛
2.8 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2020 މައްސަލއަ ގައި އިސްތިއުނާފު ރައްދުވި ފަރާތުގެ ސަލާމުގެ ޗުއްޓީގެ ގޮތުގައި ބާކީ އޮތް 7 ދުވަހަށްވާ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ސަލާމުގެ ޗުއްޓީއަކަށް އެދިފައި ނުވަނީސް ކަމާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ތަޠުބީޤުކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ބ) ގެ ދަށުން މުސާރަ ނުލިބޭ ޗުއްޓީއެއް ހަމަޖައްސައިދިނުމުގެ ކުރިން އެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަލާމުގެ ޗުއްޓީ ހުރިނަމަ ދޭންޖެހޭނީ ސަލާމުގެ ޗުއްޓީކަމަށަ ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މއ އަދި ޖޫނެ 2020 ގެ މުސާރައިގެ %50 އުނިކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން މައްސަލަ ރައްދުވި ފަރާތުގެ ކުންފުނީގެ އާމްދަނީ ދަށްވުމުގެ ސަބަބުންކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށް ބުނެ، ފަހުން ހަދާފައިވާ ޤާނޫނެއްގެ މާއްދާތައް ތަޠުބީޤުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އުނިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޤާނޫނު ރަޖްޢީކޮށް ތަޠުބީޤު ނުކުރުމުގެ ޤާނޫނީ ޢާންމު މަބްދަޢުއާ ޚިލާފަށްކަމަށެވެ.
10ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން މެޑިކަލް ސެޓްފިކެޓް ހުށަހަޅައި ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވާއިރު އެ އިންތިޒާމް ހަމަޖައްސާ ދެވެން ނެތްކަން އަންގައި މުސާރަ ނުހިނގާ ގޮތަށް ޗުއްޓީ ހަމަޖެއްސިދާނެކަން އީ-މެއިލް އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ޖަވާބު ދީފައި އަދި އެކަން އިސްތިއުނާފު ރައްދުވާ ފަރާތުން ގަބޫލުކޮށްފައިވާއިރު،އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަލާމުގެ ޗުއްޓީއިން ބާކީއޮތް 07 (ހަތެއް) ދުވަސް އެއްކޮށް ހަމަޖައްސައިދިނުމަށް އިސްތިއުނާފުކުރާ ފަރާތަށް ލާޒިމްވާނޭ ޤާނޫނީ ހަމައެއް ނެތްކަމަށެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާގެ (ނ) ތަޘުބީޤުކޮށް ވަޒީފާއާބެހޭ ޤާނޫނު ގެ 43 ވަނަ މާއްދާގެ (ބ) ގެ ދަށުން މުސާރަ ނުލިބޭ ޗުއްޓީއެއް ހަމަޖައްސައިދިނުމުގެ ކުރިން އެ ޤާނޫނު ގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަލާމުގެ ޗުއްޓީ ހުރިނަމަ ސަލާމުގެ ޗުއްޓީ ދޭންޖެހޭ ޤާނޫނީ ޙާލަތެއްވެސް އުފަން ނުވާއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސަލާމުގެ ޗުއްޓީގެ ގޮތުގައި އޮތް ބާކީ 07 (ހަތެއް) ދުވަހަށްވާ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ.
11އިސްތިއުނާފުކުރާ ފަރާތުން އެދި ފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2020 މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަލާމުގެ ޗުއްޓީގެ ތެރެއިން 07 (ހަތެއް) ދުވަހަށްވާ މުސާރައާއި ޢިނާޔަތްތައް މައްސަލަ ހުށަހެޅި ފަރާތަށް ދީފައިވާކަން އެނގެން ނެތުމުން، އެ 07 (ހަތެއް) ދުވަހު މައސަލް ހުށަހެޅަ ފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ބ) ގެ ދަށުން ސަލާމުގެ ޗުއްޓީގައި ހުރިނަމަ ލިބިދެވޭނެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 8,906/48ރ. (އަށް ހާސް ނުވަ ސަތޭކަ ހަ ރުފިޔާ ސާޅީސް އަށް ލާރި) ދިނުމަށް ކަނޑައަޅާފައިވާ ބަޔާއި، މައްސަލަ ހުށަހެޅި ފަރާތުގެ މޭ އަދި ޖޫން 2020 ގެ މުސާރައިން %50 އުނިކޮށްފައިވަނީ ޤާނޫނާ އަދި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި، މޭ އަދި ޖޫން 2020 ގެ މުސާރައިން އުނިކޮށްފައިވާ 19,721/50ރ. (ނަވާރަހާސް ހަތްސަތޭކަ އެކާވީސް ރުފިޔާ ފަންސާސް ލާރި އާއި 13,359/73ރ. (ތޭރަހާސް ތިން ސަތޭކަ ފަންސާސް ނުވަތަ ހަތްދިހަ ތިން ލާރި) މައްސަލަ ހުށަހެޅި ފަރާތަށް ނަގައިދިނުމަށް ކަނޑައަޅާފައިވާ ބައިތަކަކީ، ބާޠިލް ބައިތަކެއްކަމަށް ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދގައ ދެއްކި ވާހަކަތަކުގެ ޚުލާސު
12އިސްތިއުނާފީ ނުކުތާތަކުގެ ފުރަތަމަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ކޮވިޑް- 19 ގައި އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރިއަށް ގެއްލުން ލިބިފައިވާކަމަށް ސާބިތުކޮށް ދެވިފައިނުވާތީ، މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު B3/CIR/2020/30-13 ސަރކިއުލަރގެ ދަށުން ލިބިދެވޭ ލުއި ލިބިގަތުމަށް ޙައްޤުވެރި ފަރާތެއް ނޫންކަމަށާއި، އަދި އެ ޙާލަތުގެ ފައިދާ ނަހަމަ ގޮތުގައި އިސްތިއުނާފކުރު ފަރާތުން ނަގާފައިވާކަމަށެވެ.
13އިސްތިއުނާފީ ނުކުތާތަކުގެ ދެވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 107/VTR/2020 މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަލާމުގެ ޗުއްޓީގެ ގޮތުގައި ބާކީ އޮތް 07 (ހަތެއް) ދުވަހަށްވާ ފައިސާ ދެއްކުމަށް ކަނޑައަޅާފައި ވަނީ އެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަލާމުގެ ޗުއްޓީ ހުރިނަމަ ދޭންޖެހޭނީ ސަލާމުގެ ޗުއްޓީކަމަށް ބަޔާންކުރާ މާއްދާގެ ދަށުން ކަމަށްވާތީވެ، އެ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ކަމާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ (ބ) ގެ ދަށުން މުސާރަ ނުލިބޭ ޗުއްޓީއެއް ހަމަޖައްސައިދިނުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާގެ (ނ) ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 107/VTR/2020 މައްސަލަ އަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ދީމިގރު ތ އުޞޫލުތަކަށް ބަލައި ނިންމާފައިވާ ޢަދުލުވެރި އިންސާފުވެރި ނިންމުމެއް ކަމަށްވާތީ، އެ ނިންމުމުގެ އެއްވެސް ބޔަކަށ ބަދަލް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅއަ އަދި އިސްތިއުނާފި ރައްދުވު ފަރާތުން އެދިފައިވާ ކަންކަމަށް ރިޢާޔަތް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އެންމެހައި ފައިސާގެ ބަދަލަކާއި، 2020 ވަނަ އަހަރުގެ މެއި އަދި ޖޫން މަހުގެ މުސާރައަށްވާ ފައިސާ ޤާނޫނީގޮތުން ނގައިދަ މި މައްސަލަ ފައިޞަލާކޮށް ނިންމައިދިނުމަށެވެ.
15މި މައްސަލާގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އަހުރެންގެ ކުރިމަތީގައި އޮތީ އަންނަނިވި ސުވާލުތައް ކަމުގައި ދެކެމެވެ.
1.15 ކޮވިޑް -19 އާ ގުޅިގެން އިސްތިއުނާފު ރައްދުވި ފަރާތުގެ މުސާރައިން %50 އުނިކުރުމަށް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށްތޯ؛
2.15 އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަލާމުގެ ޗުއްޓީގެ ގޮތުގައި ބާކީއޮތް 07 (ހަތެއް) ދުވަހަށްވާ ފައިސާ ދެއްކުމަށް އިސްތިއުނާފު ކުރާ ފަރާތަށް އަންގާފައިވަނީ ރަނގަޅަށްތޯއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ ކޮވިޑް- 19 އާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން %50 އުނިކުރުމަށް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވުން:
16މި ނުކުތާގައި، އިސްތިއުނާފު ކުރާ ފަރާތުން އުފައްދާފައިވާ މައިގަނޑު ބަހުސަކީ، އިސްތިއުނާފު ރައްދުވާ ފަރާތާ ގެ މުސާރައިން % 50 އުނިކުރުމަށް ނިންމިއިރު، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 އަކީ ވުޖޫދުގައިވާ ޤާނޫނަކަށް ނުވާއިރު، އާ ޤާނޫނު ތ ޠބުޤުކޮށ ޓްރައިބިއުނަލްއިން މި ނުކުތާގައި ގޮތް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމުގައެވެ.
17ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަށް ބަލާއިރު، މި ނުކުތާއާމެދު ޓްރައިބިއުނަލްއިން ރިޢާޔަތްކުރިގޮތް ފެންނާންއޮތީ، ޓްރައިބުނަލްގ މައްސަލެ ނިމުނުގޮތުގެ ރިޕޯޓުގެ 11 ވަނަ ނުކުތާއިން ފެށިގެން 13 ވަނަ ނުކުތާގެ ނިޔަލަށެވެ.
18އެގޮތުން 11 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، މުސާރަ އެގޮތުގެ މަތީން އުނިކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ނިންމާފައިވާގޮތާއި، އެކަން ހިނގައިދިޔަ ގޮތާއި، ސެލރީ ރީސްޓްރަކްޗަރ ކުރި ނޯޓިސެ ދީފައިވާކަން އެނގެން އޮތްނަމަވެސް، އިގު ތިސާދީގޮތުން ހީނަރުކަނ އައިކަން ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާއިރު، ސެލެރީ ރީސްޓްރަކްޗަރ ކުރި ނޯޓިސް އަށް ބެލުމުން، މުސާރައިން %50 އުނިކުރުމަށް ނިންމާފައިވާކަން އެނގޭކަމުގައެވެ. އަދި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ގެ 9 ވަނަ މާއްދާގެ (ހ)ގައި، އެ މާއްދާގެ (ށ) ގައިވާ އިސްތިސްނާ ޙާލަތެއްގައި މެނުވީ، ކޮވިޑް-19 އާ ގުޅިގެން އުޖޫރައިން އެއްވެސް މިންވަރެއް އުނި ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ ޤާނޫނު ގެ 9 މާއްދާގެ (ށ) ގައި، "މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ފިޔަވަޅެއް ވަޒީފާދޭ HR/CIR/2020/04/019 (މުސާރަ ރީސްޓްރަކްޗަރ ކުރި ކަން އެންގި ނޯޓިސް) R/CIR/2020/04/019 (މުސާރަ ރީސްޓްރަކްޗަރ ކުރި ކަން އެންގި ނޯޓިސް ) ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ފަރާތުން އެޅުމަށް ހުއްދަވާނީ، ކޮވިޑް-19 އާ ގުޅިގެން ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުންނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތުގައި އެކަންޏެވެ. " މިފަދައިން ބަޔާންކޮށްފައިވާ ކަމަށެވެ.
19ހަމައެހެންމެ، 12 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، 26 މެއި 2020 އިން ފެށިގެން 15 ޖޫން 2020 ގެ މުއްދަތަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ޙއަޤވާ މުސާރައިގެ ތެރެއިނު 21 ދުވަހަށްވާ ފައިސާއިން 50% އުނިކުރުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާކަން މުސާރަ ސްލިޕުން އެނގެން އޮންނަކަމަށެވެ.
20ހަމައެފަދައިން، 13 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، މުސާރައިން %50 އުނިކޮށްފައިވަނީ ކުންފުނީގެ އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުންއައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވިޔަފާރިއަށް އަސަރުކޮށްގެންކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި، މުސާރަ އުނިކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަމަށް ބުރަވެވެން ނެތުމުން، އެ އުނިކުރި ފައިސާ ނަގައިދޭންޖެހޭކަމަށެވެ.
21ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މި މައްސަލއަ ގައި މުސާރި އިނަ އުނިކުރުމާ ގުޅޭގޮތުން، ގޮތް ނިންމުމުގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ގެ 9 ވަނަ މާއްދާގައިވާ ޙާލަތާ ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާއަށް ޚިލާފަށް ވަކިކަމެއް ކޮށްފައިވާކަމަށް ކަނޑައަޅާފައިނުވެއެވެ. އަދި ގޮތް ނިންމުމުގައި މައިގަނޑުގޮތެއްގައި ބަޔާންކޮށްފައިވަނީ، މުސާރައިން %50 އުނިކޮށްފައިވަނީ ކުންފުނީގެ އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުންއައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވިޔަފާރިއަށް އަސަރުކޮށްކޮށްގެންކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، މުސާރަ އުނިކޮށްފައިވަނީ ޤާ ނޫނީ ތަރަހައިގެ ތެރެއިންކަމަށް ބުރަވެވެން ނެތުމުން، އެ އުނިކުރި ފައިސާ ނަގައިދޭންޖެހޭކަމަށެވެ.
22އިސްތިއުނާފު ކުރާ ފަރާތުން، ޓްރައިބިއުނަލުގައި އެނުކުތާއަށް ޖަވާބުދާރީވެފައިވާ ގޮތަށް ބަލާއިރު،
1.22 މުވައްޒަފުންގެ މުސާރަ އުނިކޮށްފައިވަނީ، ކޮވިޑްގެ ހާލަތާއި ގުޅިގެން ކަމަށްވާތީ، މިއީ ޚއާ ޞް ޙާލަތެއް ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ މާއްދާއަކީ އާންމު ހާލަތުގައި މުސާރައިން އުނިކުރާއިރު ތަޠުބޤީ ކުރެވޭ މާއްދާއެއު ކަމަށާއި، އެ މާއްދާއަކީ "މި މައްސަލާގައިވާ މުސާރަ ކުޑަކޮށްކޮށްފައިވާ ހާލަތުގެ މައްޗަށް ތަޠުބީޤު ކުރެވިދާނެ މާއްދާއެއް ނޫން" ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ "މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު" ގައި ބަޔާންކޮށްފައިވެއެވެ.
2.22 ހަމައެހެންމެ، ކޮވިޑްގެ ޙލަތާއ ގުޅިގެނި ކުންފުނީގާ ޙާލަތު ދަށްވުމުގެ ސަބަބުން އެނޫން އެހެނ ގޮތެއް ނެތިގެން މުސާރަ އުނިކުރަންޖެހި، އެކަން މުވައްޒަފުންނަށް އަންގާފައިވާނެކަމަށް ބަޔާންކޮށްކަން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ "މައްސަލަ ރައްދުވަ ފަރާތުން ހުށަހަޅާ ފުރަތަމަ ބަޔާން" ގައި ފާހަގަކޮށްފައިވެއެވެ.
23ޕްރިސިޑެންސް 1ޕްރިސިޑެންސް 2ކޮވިޑްގެ ޙލަތާއާ ގުޅިގެނި މުސާރަ އުނިކުރިކަމަށް އިސްތިއުނާފު ކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނލްގައަ ބަހުސްކޮށް ބުނެފައިވާތީ، އެ ޚއާ ޞް ޙާލަތު އޮތްތޯ ބެލުމުގެ ގޮތުން އެކަން ސާބިތުކުރުމުގެ ބުރައަކީ، އެ ޙާލަތު އޮތްކަމަށް ބުނާ ފަރާތަކުން ސާބިތުކޮށްދޭންޖެހޭ ކަމަކަށްވާއިރު، އެފަދާ ހާލަތެއް އެކަށީގެންވާ ހަމައަކުން ބަޔާންކޮށްދެވިފައި ނުވާކަމަށް، ނުވަތަ އެފަދަ ޙާލަތެއް އޮތްކަން ދައްކުވައިދޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ "މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު"ގެ 4.23.4 ވަނަ ނުކުތާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ "މައްސަލަ ރައްދުވަ ފަރާތުން ހުށަހަޅާ ފުރަތަމަ ބަޔާން" (25 އޮކްޓޯބަރ 2020) ގެ 11 ވަނަ ނުކުތާ ހެކި ހުށަހަޅާފައި ނުވާކަމަށް ބަޔާންކުރުމަކީ ގޯހެއް ނޫނެވެ. އެއީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ތ ޠބުޤކުރުނ ކަމުގައް އެމިންވަރުން ނުބެލެވެއެވެ.
24އެވާހަކައިގެ އިތުރުން، މުސާރަ އުނިކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިނާ ކަމަށް ބުރަވެވެން ނެތްކަމަށް ވަޒިފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވުމުން، އެކަމުގައި އެއޮތީ ގޮތް ކަނޑައަޅާފައެވެ. އެކަށީގެންވާ ގޮތެއްގައި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާތަކާ ޙވާލާދަ ގެން އެކަމުގެ ތަފީ ސީލުތައު ބަޔާންކޮށްދވުނުނަމަ އެގޮތެ އަދި މާ ރަނގަޅުވީހެވެ.
25އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން، ވަޒިފާއާބެހޭ ޓްރައިބިއުނަލްގައި މި ނުކުތާއަށް ޖަވާބުދާރީ ވެފައިވަނީ، މިއީ މިފަދަ ހާލަތްތަކަށް ޙައްލު ހޯދުމުގެ ގޮތުން ދީމިގުރާތީ މުޖުތަމައުތަކުގައި އިސްކަންދޭ ޕަބްލިކް ޕޮލިސީ ކޮންސިޑަރޭޝަންގެ އުސޫލުން ބަލަންޖެހޭ ނުކުތާއެއްކަމުގައި ވަޒިފާއާބެހޭ ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވާހިނދު، އެކަން ކޮށްފައިވަނީ އެކަމަށް ކަނޑައެޅިފައިއޮތް އުޞޫލުތަކާ އެއްގޮތަށްތޯ ވަޒަންކޮށްލުމަކީ އެންމެ ރަނގަޅުކަމެކެވެ. އެއީ ފަހުން ހެދިފައިއޮތް އުޞޫލެއް ނުވަތަ ޤާނޫނެއް ނަމަވެސް، އެކަމުގައި ޢާންމުކޮށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބެލިފައިވޭތޯ ދެނެގަތުމުގެ ގޮތުން، މައްސަލައިގެ ޚަޞްމަކު ދައްކާފައިވާ ވާހަކައަކާ ގުޅިގެން، އެ ޤާނޫނެއްގައި ކަން އޮތްގޮތް ބަޔާންކޮށްލުމަކީ ގޯހެއްކަމުގައި ނުދެކެމެވެ. އަދި އެއީ އެ ޤާނޫނު މި މައްސަލައަށް ތާޠުބޤީކުރުނ ކަމުގައިވެސް ނުދެކެމެވެ.
26ޕްރިސިޑެންސް 3މުސާރަ އުނިކުރީ ގޯސްކޮށްކަމަށް ކަނޑައެޅި ކަނޑައެޅުމަކީ، ގޯސް ނިންމުމެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، އެކަމުގައި ހަވާލާދިން ޤާ ނޫނީ އަސާސް ގޯސްވުމުގެ މައްޗަށް ކަމުގައިވުމުން، ބަހުސްގެ ބޭނުމަށް ޢންމާ ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ޙަވާލާދީ ބަޔާންކޮށްފައިވަ ކަންކަން ބާޠލުކިމުގައި ކަނޑައެޅިނަމަވެސް، މުސާރަ އުނިކޮށްފައިވަނީ ޤާ ނޫނީ ތަރަހައިގެ ތެރެއިންކަމަށް ބުރަވެވެން ނެތުމުން، އެ އުނިކުރި ފައިސާ ނަގައިދޭންޖެހޭކަމަށް ވަޒީފާބެހޭ ޓްރައިބިއުނަލްއިން ކަނޑައެޅި ކަނޑައެޅުން އަދިވެސް އެބައޮތެވެ.
27މުސާރަ އުނިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މުވައްޒަފުގެ ރުހުން އޮތްކަމުގައި ބެލެވޭ ސަބަބެއް ޓްރައިބިއުނަލްއަށް ނުވަތަ މި ކޯޓަށްވެސް ހުށަހެޅިފައި ނުވާހިނދު، މުސާރަ އުނިކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބަޔާންކޮށްފައިވާގޮތަށް، ޤާ ނޫނީ ތަރަހައިގެ ތެރެއިންކަމަށް ބުރަވެވެން ނެތްހިނދު، ޓްރައިބިއުނަލްގެ ނިންމމު ގައި، އެ އުނިކުރި ފައިސާ ނަގައިދޭންޖެހޭކަމަށް ކަނޑައަޅާފައިވާ ބަޔަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ.
28އިސްތިއުނާފީ ދެވަނަ ނުކުތާގައި، އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ސަލާމުގެ ޗުއްޓީއިނ އެއްވެސް މިންވަރެއް ބޭނުންނުކޮށް ހުރިނަމަ، މުސާރަ ނުލިބޭ ޗުއްޓީއެއް ނުދެވޭނެކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަލާމުގެ ޗުއްޓީގެ ގޮތުގައި ބާކީއޮތް 7 (ހަތެއް) ދުވަހަށްވާ ފައިސާ ދެއްކުމަށް ޓްރައިބިއުނަލްއިން އިސްތިއުނާފު ކުރާ ފަރާތަށް އަންގާފައިވަނީ ރަނގަޅަށް ނޫންކަމުގައެވެ.
29ޓްރައިބިއުނަލްއިން މި ނުކުތާގައި ރިޢާޔަތްކުރިގޮތް ބަޔާންކޮށްފައިވަނީ، ޓްރައިބިއުނަލްގެ ނިންމުމުގެ 9 ވަނަ ނުކުތާއިން ފެށިގެން 10 ވަނަ ނުކުތާގެ ނިޔަލަށެވެ. އެގޮތުން ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ކޮންމެ އަހަރަކު މުސާރަ ލިބޭ ގޮތަށް 30 (ތިރީސް) ދުވަހުގެ ސަލާމުގެ ޗުއްޓީ މުވައްޒަފުންނަށް ލިބިދެވޭކަމާއި، ވިދވިދިގެނި 02 (ދޭއް) ދުވަހަށްވުރެ އިތުރަށް ސަލާމުގެ ޗުއްޓީ ނެގޭނީ ޑޮކްޓަރުގެ ލިޔުން ހުށަހަޅައިގެންކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މާބަނޑު މީހަކަށްވުމުން 32 (ބައްތިރީސް) ދުވހަށަ އިސްތިއުނާފު ރައްދުވާ ފަރާތަށް ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް މި މައްސަލާގައި ހުށަހެޅިފައިވާކަމާއި، އެ ސެޓްފިކެޓާ ހަވާލާދީ ގޭގައި މަސައްކަތް ކުރެވޭނެގޮތ ހަދައިދިނުމަށް އެދި 24 މާރިޗު 2020 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް އީ-މެއިލް ފޮނުވާފައިވާކަމާއި، އެހެންނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން އެފަދަ އިންތިޒާމެއް ހަމަޖައްސައިދީފައި ނުވާކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ލިޔުމުގައިވާ 32 ދުވަހުން 28 ދުވަހަކީ މުސާރަ ނުލިބޭ ދުވަސްތަކެއް ކަމުގައޔާއް އަނެއް 4 (ހަތަރެއް) ދުވަހަކީ ސަލާމުގެ ޗުއްޓގ ގޮތުގައެ އެހާތަނަށް ބާކީ ބޭނުންނުކޮށް ހުރީ 11 (އެގާރަ) ދުވަހުގެ ތެރޭގައި ހިމެނޭ ދުވަސްތަކެއްގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ހަމަޖެއްސިކަމށަ ޓްރައިބިއުނަލް އިން ބަޔާންކޮށްފައިވެއެވެ. އަދި އެކަންކަމަށް ރިއާޔަތްކޮށް، ސަލާމުގެ ޗުއްޓީއަކީ މުސާރައާއެކު ލިބޭ ޗުއްޓީއަކަށްވެފައި، އެ ޙައްޤު ނުލިބޭގޮތަށް ނުވަތަ އެކަމަށް އުނިކަން އަންނަގޮތަށް ވަޒީފާއާބެހޭ ޤާނޫނާ މާނަކޮށްގެން ނުވާނެކަމަށް ބަޔާންކޮށް، މުސާރައާއި ޢިނާޔަތްތައް ލިބިދެވޭ ޗުއްޓީއެއް ޙއަޤުވާނަމަ، މުސާރަ ނުލިބޭ ޗުއްޓީއެއް ދިނުމުގެ ކުރިން، އެކަމަށް އިސްކަން ދޭންވާނެކަމަށް ކަނޑައަޅައި، ބަޔާންވެދިޔަ ފަދައިން އެހާތަނަށް ބޭނުންނުކޮށް ބާކީއޮތް 11 ދުވަހުން 4 ދުވަސް އުނިކުރުމުން ބާކީ އޮތް 7 ދުވަހަށްވާ މުސާރައާ ޢިނާޔަތް ލިބިދެވޭނެކަމަށް ޓްރައިބިއުނަލްއިން ބަޔާންކޮށްފައިވެއެވެ.
30ޓްރައިބިއުނަލްއިން މި ނުކުތާގައި ޤނޫނުގާ މަގުސަދު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށް ބަޔާންކޮށްފައިވާ އެއް ވާހަކައަކީ، މާބަނޑުވުމުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ހަމަޖައްސައިދެވޭ މުވައްޒަފު ގެ ސަލާމު ޗުއްޓީގައި ބާކީ ދުވަސްތަކެއް އޮތްނަމަވެސް، އެ ދުވަސްތައް ސަލާމުގެ ޗުއްޓީގެ ގޮތުގައި ނެގުމަށް އެ މުވައްޒަފަކު އެދި ހުށަހަޅާފައިނުވާނަމަ، އެކަން އެގޮތަށް ހަމަޖައްސައި ނުދެވޭނެކަމަށާއި، ބައެއް ހާލަތްތަކުގައި ބަޔާންވެދިޔަ މުސާރަ ނުލިބޭ ޗުއްޓީ ނިންމާލުމަށްފަހު އަނބުރާ ވަޒީފާއަށް ނިކުމެ ބޭނުންކުރުމަށް، ސަލާމުގެ ޗުއްޓީ ބެހެއްޓުމަށްވެސް މުވައްޒަފުން ބޭނުންވެދާނެކަމަށެވެ.
31ޕްރިސިޑެންސް 4ޓްރައިބިއުނަލްއިން ބަޔާންކޮށްފައިވާ ފަދައިން، މުސާރަ ނުލިބޭ ޗުއްޓީއެއް ދިނުމަށް ނިންމުމުގެ ކުރިން ސަލާމުގެ ޗުއްޓީ ބާކީ އޮންނަ ހާލަތުގައި، އެފަދަ ސަލާމުގެ ޗުއްޓީއެއް ހަމަޖެއްސުމަކީ، މުވައްޒަފަށް އެންމެ މަންފާހުރ ގޮތްކަމުގައި ވެދާނެއެވެ. އެހެންނަމަވެސް، އެކަން ނިންމާނެ ފަރާތަކީ އާންމު އުސޫލަކުން އެ މުވައްޒަފެވެ. ހާއްސަ ހާލަތެއްގައި މުސާރަ ނުލިބޭ ޗުއްޓީއެއް ހަމަޖައްސަން އެދޭއިރު، އެ އަހަރެއްގައި ލިބޭ ޗުއްޓީތަކުގެ މުއްދަތު ހަމަވާ ތާރީޚު އެދުވަސްތަކުގެ ތެރެއަށް ވަންނަގޮތަށް ދިމާވާ ހާލަތުގައި މުސާރަލިބޭ ގޮތަށް ނެގެނީ އޮތް ޗުއްޓީއެއް އޮތްނަމަ ދެފަރާތނު މަޝްވަރާކޮށް، ވަޒީފާއަދާކުރާ ފަރާތުން އެދޭ ގޮތެއްގެ މަތީން، ބޭނުންނުކޮށް އޮތް އެ ޗުއްޓީގެ ދުވަސްތައް އެ މިންވަރަށް ހަމަޖައްސައިދިނުމުގެ އިޚުތިޔާރު ވަޒީފާދޭ ފަރާތަށް އޮންނާނެކަމުގައި ދެކެމެވެ.
32މި މައްސަލއަ ގައި ބަޔާންވެދިޔަ މުސާލަ ނުލިބޭ ޗުއްޓި އާ ގުޅޭގޮތުން، ނުވަތީ އިސްތިއުނާފަ ރައްދުވު ފަރާތް މާބަނޑުވުމުން ގޭގައި މަސައްކަތްކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދު ބަދަލުކުރެވުނު އީ-މެއިލް ތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން، ނ-ޕޭ ލީވްއަކަށް ނުވަތަ މުސާރަ ނުލިބޭ ޗުއްޓީއަކަށް އެދިފައިވާތީ ފެންނާކަށް ނެތެވެ. އަދި ސަލާމުގެ ޗުއްޓީގެ ބާކީއޮތް ބައި ހަމަޖައްސައިދިނުމަށް އެދިފައިވާތީވެސ ފެންނާކަށް ނެތެވެ. މި މައްސަލއަ ގައި އިސްތިއުނާފި ރައްދުވު ފަރާތުން އެދިފައިވަނީ، އޭނާއަކީ މާބަނޑު މީހަކަށްވެފައި، އެހެން ޞިއްޙީ ސަބަބުތަކާއެކު ހައި-ރިސްކު މީހެއްގެ ޙާލަތު އޮތުމުން، ޑޮކްޓަރު ދީފައިވާ ލިޔުމއެއްގޮތަށާ ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ އިންތިޒާމް (ވާރކް ފްރޮމް ހޯމް) ހަމަޖައްސައި ދިނުމަށެވެ. އެފަދަ އިންތިޒާމެއް ހަމަޖެހިފައިނެތުމުން އެކަން އެގޮތަށް ހަމަޖައްސައި ދެވެން ނެތްކަމަށާއި، އެހެންނަމަވެސް އެދިފައިވާ މުއްދަތަށް ނ-ޕޭ ލީވްއަކަށް އެދެވިދާނެކަމަށް އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގުމުން، އެކަމަށް ޝުކުރު ދަންނަވައި “noted” ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެ އީ-މެއިލްއަށް ރިޕްލައި ކޮށްފައިވެއެވެ.
33ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނީ ވާރކް ފްރޮމް ހޯމް ހަމަޖައްސައިދިނުމަށެވެ. މުސާރަ ނުލިބޭ ޗުއްޓީއެއް ހަމަޖައްސައިދިނުމަކަށް ނޫނެވެ. އަދި ކަނޑައޅިފައިވެ އުސޫލާއި އެއްގޮތަށް ސަލާމުގެ ޗުއްޓީއަށްވެސް އެދިފައިނުވެއެވެ.
34ޕްރިސިޑެންސް 5އެހެންކަމުން އުސޫލެއްގެ ގޮތުން، ވަޒީފާ އަދާކުރާ ފަރާތުން އެދިގެން، އެދުވަސްތަކަކީ ޗުއްޓީއެއްގައި ހުރި ދުވަސްތަކެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން ހަމަޖައްސާފައިނުވާނަމަ، ނުވަތަ ވަޒީފާއަށް ނުނިކުތަސް އެންމެ ރަނގަޅު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައި އެކަން އަންގާ ފައިނުވާނަމަ، އެދުވަސްތައް ވެގެންދާނީ ވަޒީފާއަށް ނުނިކުންނަ ނުވަތަ ހާޒިރުނުވާ ދުވަސްތަކެއްގެ ގޮތުގައެވެ. އެހެންކަމުން، ސަލާމުގެ ޗުއްޓީއެއް ނުވަތަ އެހެން ޗުއްޓީއެއް ބޭނުންނުކޮށް ބާކީ އޮތްނަމަވެސް، އެފަދަ ޗުއްޓީއަކަށް އެދި، އެކަން އޮންނަ އުސޫލުން ހަމަޖެހިފައި ނުވާނަމަ، ވަޒީފާއަދާކުރާ ފަރާތް ހުރީ އެފަދަ ޗުއްޓީއެއްގައި ކަމުގައި ނުބެލެވޭނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކުގައި އަމަލުކުރެވޭނ އުސޫލުގެ މަތީން އެދުވަސްތަކާމެދު އަމަލުކުރެވިގެންދިއުނ ކަމުގައް ދެކެމެވެ.
35ޕްރިސިޑެންސް 6އެހެންނަމަވެސް، މި މައްސަލަ އަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް ނުނިކުމެ ހުރި ދުވަސްތަކުން 28 (އަށާވީސް) ދުވަހަކީ މުސާރަ ނުލިބޭ ޗުއްޓީގެ ގޮތުގައި ހަމަޖައްސައި، އަނެއް 4 (ހަތަރެއް) ދުވަހަކީ އެހާތަނަށް ބޭނުންނުކޮށް އޮތް ސަލާމުގެ ޗުއްޓީގެ ދުވަސްތަކެއްގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ހަމަޖެއްސިއެވެ. މިއީ އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން ކޮށްފައިވާ ކަމެއް ނޫނެވެ. ސަލާމް ބުނުމާއި، މުސާރަ ނުލިބޭ ޗުއްޓީއަކީ އޮންނަ ވަކި އުސޫލަކުން ނެގޭ ޗުއްޓީއެއް ކަމުގައިވާއިރު، އެ އުސޫލުން ބޭރުން މުވައްޒަފު އެދިފައިވެސް ނުވަނީސް، ވަކި ދުވަސްތަކަކީ ސަލާމުގެ ޗުއްޓީގެ ގޮތުގައި ނުވަތަ މުސާރަ ނުލިބޭ ޗުއްޓީގެ ދުވަސްތަކެއް ކަމުގައި ކަނޑައެޅިދާނެކަމަށް ނުފެނެއެވެ.
36މިހާލަތުގައި ލިބިދެވޭނެ އެއް ހައްލެއް ކަމުގައިވާނީ، ވަޒީފާދޭ ފަރާތުގެ ހުއްދަނެތި މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރި ދުވަސްތަކަކީ، އޮންނަ އުސޫލުން މުސާރައިން ކެނޑޭނަމ، ކެނޑޭނެ ދުވަސްތަކެއް ކމުގައަ ބަލައި، ހުއްދަނެތި ވަޒީފާއަށް ނުނިކުމެ ހުރި ހުރުމުގެ މައްޗަށް އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
37އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ނުނިކުމެ ހުރި ދުވަސްތަކަކީ މުސާރަ ނުލިބޭ ޗުއްޓީ ކަމުގައްޔާއި، ސަލާމުގެ ޗުއްޓީގެ ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވެއެވެ.
38ޓްރައިބިއުނަލްއިން މި ނުކުތާގައި ކަނޑައަޅާފައިވަނީ، ވަޒިފާއިން ނުނިކުމެ ހުރި ދުވަސްތަކުގެ ތެރެއިން، ސަލާމުގެ ޗުއްޓީގެ ތެރެއިން ބޭނުންނުކޮށް ބާކީ އޮތް ދުވަސްތަކަށްވާ ފައިސާ ދޭންޖެހޭ ކަމުގައެވެ.
39އެހެންނަމަވެސް، ކުރިންވެސް ބަޔާންވެދިޔަ ފަދައިން، މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރީ އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ހަމަޖެހިގެން ކަމުގައިނުވާއިރު، ވަޒީފާއިން ނުނިކުމެ ހުރި ދުވަސްތަކުގެ ތެރެއިން ވަކި ދުވަސްތަކަކީ ސަލާމުގެ ޗުއްޓީގައި ހުރި ދުވަސްތަކެއް ކަމުގައި ކަނޑައެޅިދާނެކަމުގައި ނުފެންނަހިނދު، ސަލާމު ޗުއްޓީގައި ބޭނުންނުކޮށް އެހާތަނަށް ބާކީ އޮތް ދުވަސްތަކަކީ، ވަޒީފާއަށް ނުނިކުމެ ހުރި ދުވަސްތަކުން އުނިކުރެވޭނެ (ސަލާމުގެ ޗުއްޓީގައި ހުރި) ދުވަސްތަކެއް ކަމުގައި ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުފެނެއެވެ.
40ބަޔާންވެދިޔަ ކަންކަމަށް ރިއާޔަތްކޮށް، ވަޒީފާ އަދާކުރާ ފަރާތުގެ މުސާރަ އުނިކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަމަށް ބުރަވެވެން ނެތްހިނދު، ޓްރައިބިއުނަލްގެ ނިންމުމުގައި، މުސާރައިން އުނިކުރި ފައިސާ ނަގައިދޭންޖެހޭކަމަށް ކަނޑައަޅާފައިވާ ބަޔަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި،
41މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރީ އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ހަމަޖެހިގެން ކަމުގައިނުވާއިރު، ވަޒީފާއިން ނުނިކުމެ ހުރި ދުވަސްތަކުގެ ތެރެއިން ވަކި ދުވަސްތަކަކީ ސަލާމުގެ ޗުއްޓީގައި ހުރި ދުވަސްތަކެއް ކަމުގައި ކަނޑައެޅިދާނެކަމުގައި ނުފެންނަހިނދު، ސަލާމު ޗުއްޓީގައި ބޭނުންނުކޮށް އެހާތަނަށް ބާކީ އޮތް ދުވަސްތަކަކީ، ވަޒީފާއަށް ނުނިކުމެ ހުރި ދުވަސްތަކުން އުނިކުރެވޭނެ (ސަލާމުގެ ޗުއްޓީގައި ހުރި) ދުވަސްތަކެއް ކަމުގައި ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމުގައި ކަނޑައަޅައި، ވަޒިފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި "މައްސަލަ ހުށަހެޅަ ފަރާތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ޙައްޤުވާ 7 (ހަތެއް) ދުވަސް އޮތްކަން އެނގެން އޮންނާތީ، ސަލާމުގެ ޗުއްޓީއަކީ މުސާރައާއެކު ޙައްޤުވާ ޗުއްޓީއެއްކަމުން އެ 7 (ހަތެއް) ދުވަހުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާގެ ގޮތުގައި ޖެހޭ - /8،906.48ރ. (އަށްހާސް ނުވަސަތޭކަ ހަ ރުފިޔާ ސާޅީސް އަށްލާރި) މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދޭންޖެހޭ" ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
42މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދުކުރަމެވެ.
43މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދުކުރަމެވެ.
44ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅދާނެއި ވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2020 މައްސަލަ އިސްތިއުނާފުކޮށް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް،
1. ވަޒީފާ އަދާކުރާ ފަރާތުގެ މުސާރަ އުނިކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަމަށް ބުރަވެވެން ނެތްހިނދު، ޓްރައިބިއުނަލްގެ ނިންމުމުގައި، މުސާރައިން އުނިކުރި ފައިސާ ނަގައިދޭންޖެހޭކަމަށް ކަނޑައަޅާފައިވާ ބަޔަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި، . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ (2)
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) އަދި 43 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މަޢާޝާ ލުޠުފީ، އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު މުޙައްމަދު ޝުކުރީ
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުﷲ ޖަމީލް މޫސާ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް