ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-I-SH/2
ސުހާ އިބްރާހީމް ވ. އިލެކްޝަން ކޮމިޝަން، 2026/HC-I-SH/2
Suhaa Ibrahim v. Election Commission 2026/HC-I-SH/2 (2026/HC-I-SH/2, High Court of the Maldives, 14 May 2026)
ސުހާ އިބްރާހީމް ވ. އިލެކްޝަން ކޮމިޝަން
މައިގަނޑު ސުވާލު
2026 ގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓު ފޮށި އަލުން ގުނިއިރު ބާޠިލު ބަންޑެލީގެ 15 އަދި 17 ވަނަ ވޯޓު ކަރުދާސް ބާޠިލުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާއާ އެއްގޮތްތޯ، އަދި 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންތިޚާބު ބާޠިލުކުރަންޖެހޭ ޙާލަތެއް ވޭތޯ.
ނިންމި ގޮތް
ބައެއް ބަލައިގަނެވުނު: 15 ވަނަ ވޯޓު ބާޠިލުކުރި ނިންމުން ޤާއިމް، 17 ވަނަ ވޯޓު ޞައްޙަ ވޯޓެއްގެ ގޮތުގައި ބަލައި ނަތީޖާ އަލުން އިޢުލާންކުރަން ޖެހޭ؛ އިންތިޚާބު ބާޠިލު ނުކުރެ
ކަނޑައެޅުނު އުޞޫލުތައް
- އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، ވޯޓެއް ބާޠިލުތޯ ކަނޑައެޅުމުގައި ބަލާނެ ކަންކަމާއި އިޖުރާއަތު ކަނޑައަޅަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުންނެވެ؛ ވޯޓު ގުނާއިރު ޚިލާފެއް އުފެދިއްޖެނަމަ ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ވޯޓުލާ މަރުކަޒަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކުރާ އިސްމީހާއަށް ކަމަށާއި، ޝަކުވާއާއި ނިންމި ގޮތް 58 ވަނަ މާއްދާގެ ރިޕޯޓުގައި ހިމަނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-31, 37)
- ވޯޓު ކަރުދާހުގައި ހޮވި ކެންޑިޑޭޓާ ދިމާގައި ޖަހާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް އޮތްނަމަ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އެ ވޯޓު ބާޠިލެވެ؛ އިތުރު ފާހަގައަކީ އޮޅިގެން ޖެހުނު ފާހަގައެއްތޯ ބަލައި ގޮތެއް ނިންމުމަކީ އެ ނަންބަރާ ޚިލާފު ކަމެކެވެ. އެ ނަންބަރުގެ މަޤްޞަދަކީ ބާޠިލުވާ ޙާލަތްތައް ސާފުކޮށްދިނުމާއި ވޯޓުދޭ މީހާ ދެނެގަނެވޭ ފަދަ ފާހަގަ ލުން ހުއްޓުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38-42)
- 56 ވަނަ މާއްދާގެ (ބ) އަދި (ޅ) (ޤާނޫނު ނަންބަރު 3/2024 އިން އިތުރުކުރި) ގެ ދަށުން، ހޮވި ކެންޑިޑޭޓާ ދިމާގައި ޖެހި ހެޔޮ ފާހަގަ ފުރިހަމަކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފަވާފައި އޮތުމަކުން ވޯޓު ބާޠިލު ނުވާނެއެވެ؛ ރައްޔިތުންގެ މަޖިލީހުގެ ބަހުސުން ފާޅުވާ ގޮތުން އެ އިޞްލާޙުގެ މަޤްޞަދަކީ ވޯޓުލީ މީހާގެ ނިޔަތް ސާފުކޮށް އެނގެން އޮތްނަމަ ވޯޓު ޞައްޙަކަމަށް ބެލުމެވެ؛ ފެވުމަކީ 'އިތުރު ކުރެހުމެއް' ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47-52)
- އިންތިޚާބެއްގެ ރަސްމީ ނަތީޖާ ބާޠިލުކޮށް އަލުން އިންތިޚާބު ބާއްވާނީ، 65 ވަނަ މާއްދާގެ (ހ) ގައިވާ ސަބަބެއް (އެކަށީގެންނުވާ ނުފޫޒު، ރިޝްވަތު، ނުވަތަ ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރުން) މެދުވެރިވެގެން ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާކަން ސާބިތުވެ، ނަތީޖާއަށް ބަދަލު އައުމަށް ކޯޓުން ކަނޑައަޅައިފިނަމައެވެ؛ ވަކި ވޯޓު ކަރުދާހެއްގެ ޞައްޙަކަމާ ބެހޭ ޝަކުވާއަކީ އެފަދަ ޙާލަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54-56)
1މިއީ، އިންތހިބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމުން ދ. މީދޫ، […] ސުހާ އިބްރާހީމް (މީގެ ފަހުން "ސުހާ އިބްރާހިމް") ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަން އެވެ.
2މި މައްސަލައަށް ދ. މީދޫ، […] މުހައްމަދު ޝާހިދު (މީގެ ފަހުން "މުޙައްމަދު ޝާހިދު)" ތަދައްޚުލް ވެފައިވެއެވެ.
3މައްސަލައިގެ ހުލާސާ ސުހާ އިބްރާހީމް ބުނެފައިވަނީ؛ "މިއީ، 4 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ދ.މީދޫ ވޯޓު ފޮށި (ނަންބަރު M1.2/208) ގެ ވޯޓު، 4 އޭޕްރީލް 2026 ގައި ގުނިއިރު، ޞައްޙަ ވޯޓާއި ބާތިލު ވޯޓު ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭތީ، އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، އެ ވޯޓު ފޮށި ގުނާފައިވާ ދެ މަރުޙަލާގައި ބާތިލުކަމަށް ކަނޑައަޅާފައިވާ ވޯޓު ކަރުދާހާއި އެ ފޮށި އަލުން ގުނުމަށް ނިންމައި، 10 އޭޕްރީލް 2026 ގައި މިވޯޓު ފޮށި އަލުން ގުނިއިރު، ކުރިން ބާތިލުކަމަށް ކަނޑަނާޅާ ވޯޓު ކަރުދާހެއް ބާތިލުކަމަށް ކަނޑައެޅުމާއި، ޞައްޙަކަމަށް ބަލަންޖެހޭ ވޯޓެއް ބާތިލުކަމަށް ކަނޑައަޅައިފައިވުމަކީ، ޞައްޙަ ވޯޓެއް ބާތިލުކަމަށް ކަނޑައެޅުންކަމުގައިވާތީ، ހަވާލާދެވިފައިވ ވޯޓާ ފޮށީގެ ބާތިލު ބަންޑެލީގެ ނަންބަރު 15 އަދި 17 ނަންބަރު ވޯޓު ކަރުދާސް ބާތިލުކަމށަ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 56 ވަނަ މާއްދާއާއި، އެ މާއްދާގެ (ބ) އާއި (ޅ) ގެ ނައްސާއ މަޤްޞަދާއި ރޫޙާއި ޙިލާފަށްކަމުގައިވާތީ، އަދި އެނިންމުން ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ވޯޓުލުމުގެ ހައޤަށް އުނިކަން އަންނަ ގޮތަށްކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 2 މާއްދާއިން ތަސައްވަރުކުރާ މަޤްސަދު ޚިލާފަށާ ނިންމާފައިވާ ނިންމުމެއްކަމަށްވާތީ އިންތިޙާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (5) ގައިވެސް މިކަމަށް ހަވާލާދީފައިވާތީ، މި ނިންމުމުގެ ސަބަބުން، ދ.މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ ނަތީޖާއަށް ބަދަލުއައިސްފައިވާތީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ އައި.ޑީ ކާރޑް ނަންބަރު: އައި.ޑީ ކާރޑް ނަންބަރު:
(ހ) ގެ ދަށުން ހަވާލާދެވިފައިވ ވޯޓާ ފޮށީގެ ދ.މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ ބާތިލުކުރުމަށްފަހު އަލުން ދ.މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރކޮށްދިނުނު ނުވަތަ ދ.މީދޫ ވޯޓު ފޮށި (ނަންބަރު M1.2/208) ގެ ވޯޓު ފޮށީގެ ބާތިލު ބަންޑެލީގެ ނަންބަރު 15 އަދި 17 ނަންބަރު ވޯޓު ކަރުދާސް އަކީ ޞައްޙަ ވޯޓު ކަރުދާސްކަމަށް ކަނޑަ އަޅާ، ދ.މީދޫ ކައުންސިލްގެ ރައީސް އިންތިޙާބ ކުރުމަށު ބެހެއްޓުން ދ.މީދޫ ވޯޓު ފޮށި (ނަންބަރު M1.2/208) އަލުން ގުނައިދިނުމަށް ޙުކުމް ކޮށްދެއްވުމަށް އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ހުށަހަޅާ ދަޢުވާއެކެވެ". މިފަދައިންނެވެ.
44 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ދ. މީދޫގައި ބެހެއްޓިފައިވާ ނަންބަރު M1.2/208 ވޯޓު ފޮށީގެ ކަރުދާސް ގުނަމުން ދަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ބާތިލު ވޯޓު ކަމަށް ކަނޑައަޅާފައިވާ މިންގަނޑުން ބާތިލު ވޯޓެއް ފެނުމުން، އެ ޝަކުވާ ވޯޓު ފޮށީގެ ވެރިޔާއަށް ހުށަހެޅުމުން، އެ ވޯޓަކީ ސައްހަ ވޯޓެއްކަމަށް ވޯޓު ފޮށީގެ ވެރިޔާ ކަނޑައަޅާފައިވާތީ ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓު ކަރުދާސް އަލުން ގުނައިދިނުމަށ އެދް ސުހާ އިބްރާހީމް 5 އޭޕްރިލް 2026 އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅިއެވެ.
5ލ. ފޮނަދޫގައި ހުރި 07.3 ލ. ފޮނަދޫ-3 ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ދ. މީދޫގެ 4 (ހަތަރެއް) މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެތެރެއިން އެކަކު ވޯޓުލާފައި ނުވާކަން އެނގޭއިރު، އެ ވޯޓު ފޮއްޓަށް 4 (ހަތަރެއް) މީހުން ވޯޓު ލާފައިވާކަމަށް ބަޔާންކޮށް، ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވ ކެންޑިޑޭޓާ ނަންބަރު 2 މުޙައްމަދު ޝާހިދުގެ ފަރާތުން އެ ޝަކުވާ ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 045/WDC/2026-NECB/LCE ޝަކުވާ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 079/WDC/2026-NECB/LCE ޝަކުވާ ހުށަހަޅާ ފޯމު
6ސުހާ އިބްރާހީމާއި މުހައްމަދު ޝާހިދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާ ބެލުމަށްފަހު އެ ކޮމިޝަނުން ނިންމާފައިވަނީ ދ. މީދޫ ކައުންސިލްގެ ރައީސް އިންތިހާބުގައި ލ. ފޮނަދޫ-3 ނަންބަރު ވޯޓު ފޮއްޓަށް ލާފައިވާ 4 (ހަތަރެއް) ވޯޓުގެ ތެރެއިން 01 (އެކެއް) ވޯޓަކީ ބާތިލު ވޯޓެއްކަމަށެވެ. މިފަދައިން ކަނޑައެޅުމުން، ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރ ކެންޑިޑޭޓާ ނަންބަރު 01 ސުހާ އިބްރާހީމާއި ކެންޑިޑޭޓް ނަންބަރު 2 މުޙައްމަދު ޝާހިދުގެ ނަތީޖާއަށް އަސަރުކުރާކަމަށާއި އަދި ދ. މީދޫ ނަންބަރު ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓު ކަރުދާސް ގުނައިގެން މެނުވީ، ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓު ކަށަވަރު ނުކުރެވޭނެތީ، ނަންބަރު M1.2/208 ވޯޓު ފޮށީގެ ހާއްސަ ސެކިއުރިޓީ އުރަ ކަނޑައި އެ ވޯޓު ފޮށީގައިވާ ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓު ގުނައި އަލުން ނަތީޖާ ކަނޑައަޅަންޖެހޭކަމަށް ނިންމިއެވެ.
7އެގޮތުން، 10 އޭޕްރީލް 2026 ގައި ނަންބަރު M1.2/208 ވޯޓު ފޮށި އަލުން ގުނުމަށްފަހު، ކުރިން ސައްހަ ވޯޓެއްކަމަށް ކަނޑައަޅާފައިވާ ވޯޓެއް (15 ވަނަ ވޯޓު ކަރުދާސްކަމަށް ބަޔާންކުރާ) ބާތިލުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމާ ގުޅިގެން ދ. މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްގެ ރަސްމީ ނަތީޖާ އިއުލާންކުރިއިރު 1 (އެކެއް) ވޯޓުގެ ފަރަގަކުން ދ. މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ކެންޑިޑޭޓް ނަންބަރ 2 މުޙައްމަދު ޝާހިދއެވެ.
8ދ. މީދޫ ނަންބަރު M1.2/208 ވޯޓު ފޮށި ދެވަނަ ފަހަރަށް ގުނިއިރު ކުރިން ސައްހަ ކަމަށް ކަނޑައެޅި 15 ވަނަ ވޯޓު ކަރުދާސް ފަހުން ބާތިލު ވޯޓެއް ގޮތުގައި ކަނޑައަޅާފައިވާކަމަށާއި، މިގޮތުން މި ވޯޓު ކަރުދާހުގައި ކުރިން ނެތް ފާހަގައެއް މި ކަރުދާހުގައި ޖަހާފައިވާ ދެލި ނޫން އެހެން ދެއްޔަކުން ކުޑަ ރޮނގެއް އެޅިފައިވާކަމަށާއި، މި އަމަލަކީ އިންތިހާބުތަކާބެހޭ އާންމު ގާނޫން ގެ 74 ވަނަ މާއްދގާ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަމަށްވާ ސައްހަ ވޯޓެއް ބާތިލުކޮށްލުންކަމަށާއި، މިކަމަށް މަގުފަހި ކުރުވުމަށް ވޯޓު ލ މަރުކަޒުގައި ކުރިން ނުފެންނަ ފާހަގައެއް ނުވަތަ ރޮނގެއް އޮތުމަކީ ޖަދުވަލު 5 ގެ ގޮތުގައި ސުހ އިބްރާހީމާ ހުށަހަޅާފައިވް ލިޔުން ގާނޫނު ނަންބަރު 2008/11 އިތުރަށް ތަހްގީގުކޮށް ބަލަންޖެހޭ ކަމެއްކަމަށްވާތީ، މިކަން ހިނގިގޮތް ޖިނާއީ އަދި އިދާރީ ތަހްގީގަކުން ތަހްގީގުކޮށްދިނުމަށް އެދި 10 އޭޕްރީލް 2026 ގައި ދެވަނަ ފަހަރަށް ސުހާ އިބްރާހީމް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅިއެވެ.
9ސުހ އިބްރާހީމާ ދެވަނަ ފަހަރަށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވަނީ ގަވާއިދު ނަންބަރު 48-2020/R (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 47 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ދުވަހުގެ މުއްދަތު ފާއިތުވިފަހުންކަމަށްވާތީ، ސުހ އިބްރާހީމާ ހުށަހެޅް މައްސަލި ބަލައިގަނެވެން ނެތްކަމަށް ނިންމާ އެކަން ސުހާ އިބްރާހީމްއަށް އިލެކްޝަންސް ކޮމިޝަނުން އެންގިއެވެ.
10ސުހާ އިބްރާހީމް މިމައްސަލަ ހުށަހެޅި ސަބަބަކީ 4 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ދާއިރާގެ ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓު ގުނިއިރު، އެ ވޯޓު ފޮށީގެ ބާތިލު ބަންޑެލީގެ ނަންބަރު 15 އަދި 17 ނަންބަރު ވޯޓު ކަރުދާސް ބާތިލުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާއާއި، އެ މާއްދާގެ (ބ) އާއި (ޅ) ގެ ނައްސާއި މަގްސަދާއި ރޫހާ ހިލާފަށް އަދި އެ ނިންމުން ނިންމާފައިވަނީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ވޯޓުލުމުގެ ހައްގަށ އުނިކަން އަންނަ ގޮތަށްކަމަށާއި، އެ ނިންމުމަކީ ގާނޫނުއަސާސީއާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 2 ވަނަ މާއްދާއިން ތަސައްވަރުކުރާ މަގްސަދާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައި ވެއެވެ. މި ނިންމުމުގެ ސަބަބުން ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ ނަތީޖާއަށް ބަދަލު އައިސްފައިވާތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ދ. މީދޫގައި ބަހައްޓާފައިވާ ނަންބަރ M1.2/208 ވޯޓު ފޮށީގެ ނަތީޖާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ޝަކުވާ ހުށަހަޅާ ފޯމު (10 އޭޕްރީލް 2026) އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއިން 11 އޭޕްރީލް 2026 ގައި ސުހާ އިބްރާހީމްއަށް ފޮނުވި އީ މެއިލް ބާތިލކުރުމަށު ނުވަތަ ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިހާބު އަލުން ބޭއްވުމަށް ނުވަތަ ވޯޓު ފޮށީގެ ބާތިލު ބަންޑެލީގެ 15 އަދި 17 ނަންބަރު ވޯޓު ކަރުދާހަކީ ސައްހަ ވޯޓު ކަރުދާސްކަމަށ ކަނޑައަޅް މި ވޯޓު ހިމަނައިގެން ދ. މީދޫ ކައުންސިލްގެ ރައީސްގެ ރަސްމީ ނަތީޖާ މުރާޖައާކޮށ ބަދަލުކުރުމަށް އަމުރުކޮށްދިނުމަށް ނުވަތަ ސައްހަ ވޯޓު ބާތިލު ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށް ތުހުމަތުކުރެވޭތީ ވޯޓު ފޮށީގެ ބާތިލު ބަންޑެލީގެ 15 އަދި 17 ނަންބަރު ވޯޓު ކަރުދާހަކީ ސައްހަ ވޯޓު ކަރުދާސްކަމަށް ކަނޑައަޅާ، ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓުތައް އަލުން ގުނައިދިނުމަށ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގެ
(ހ) އާއި (ށ) ގެ ދަށުން ހުށަހެޅި މައްސަލައެއްކަމަށް މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައި ވެއެވެ.
1.10. މި ނުކުތާ ތަފްސީލް ކުރަމުން ސުހ އިބްރާހީމާ ބުނެފައިވަނީ، 4 އޭޕްރީލް 2026 ގައި ނަންބަރ M1.2/208 ވޯޓު ފޮށީގެ ވޯޓު ގުނިއިރު ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައަޅާފައިވާ ގޮތާ މެދު ސުވާލު އުފެދޭތީ އެ ފޮށީގެ ވޯޓު އަލުން ގުނައިދިނުމަށ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅިކަމަށެވެ.
2.10. މި ޝަކުވާއާ ގުޅިގެން އެ ވޯޓު ފޮށީގެ ވޯޓު އަލުން ގުނާ، އެ ވޯޓު ފޮށީގެ ނަތީޖާ ކަށަވަރުކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިކަމަށާއި، 10 އޭޕްރިލް 2026 ގައި ނަންބަރ M1.2/208 ވޯޓު ފޮށގީ ވޯޓު އަލުން ގުނުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ބާތިލު ބަންޑަލީގެ 17 ނަންބަރު ވޯޓަކީ ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ބާތިލު ވޯޓެއް ކަމަށެވެ. އަދި ކުރިން ސައްހަ ވޯޓެއްކަމުގައި ކަނޑައެޅި ބާތިލު ބަންޑެލީގެ 15 ނަންބަރު ވޯޓަކީ ބާތިލު ވޯޓެއްކަމަށް ނިންމިކަމަށެވެ.
3.10. މި މައްސަލާގައި ސުހ އިބްރާހީމާ ހުސޫމާތު އުފައްދަނީ ބާތިލު ވޯޓު ބަންޑެލީގެ 15 އަދި 17 ވަނަ ނަންބަރު ވޯޓު ކަރުދާހ ގުޅާ ގޮތުންކަމަށެވެ. ސުހ އިބްރާހީމާ ހުށަހަޅާފައި ޝަކުވާގައި ބަޔާންކުރަނީ ބާތިލު ވޯޓު ބަންޑެލީގެ 15 ނަންބަރު ވޯޓު ކަރުދާހަކީ 4 އޭޕްރީލް 2026 ދުވަހު ވޯޓު ގުނަމުންދިޔައިރ ވޯޓު ގުނަމުންދިޔަ މަރުކަޒުގައި ދެއްކި ކަރުދާސްތަކުގެ ތެރެއިން ފެނިފައިވާ ކަރުދާހެއް ނޫންކަމަށެވެ. އެފަދަ ރޮނގުކޮޅެއް އެޅިފައިވާ އެއްވެސް ކަރުދާސްކޮޅެއް އެ ދުވަހު ވޯޓު ގުނާ މަރުކަޒުގައި ތިބި އެއްވެސް މީހަކަށް ފެނިފައި ނުވާކަމަށެވެ. ނަމަވެސް 10 އޭޕްރިލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން އަލުން ވޯޓު ގުނިއިރު މި ކަރުދާސް ފެނިފައިވާކަމަށާއި، މި ވޯޓު ކަރުދާހުގެ 3 ނަންބަރު ކެންޑިޑޭޓާއ ދިމާގައި ވަރަށް ފަންޑު ގޮތަކަށް ފޮޓޯއިން ފެންނަ ރޮނގުކޮޅަކީ 4 އޭޕްރީލް 2026 ގައި ދ. މީދޫ ވޯޓު ކަރުދާސްތައް ވކިކުރުމުގައަ ވެސި އަދި ވޯޓު ގުނި ވަގުތު މަންދޫބުންނާއި އޮފިޝަލުންނަށް ވޯޓު ކަރުދާސް ދައްކަމުން ދިޔައިރު ވެސް އެތަނުގައި ތިބި އެކަކަށް ވެސް ފެނިފައިވާ ރޮނގެއް ނޫންކަމަށެވެ. އެފަދަ އެއްވެސް ރޮނގެއް ފެންނަ ވޯޓު ކަރުދހެއާ އެ ފޮށީގައި ނޯންނާނެކަން ވަރަށް ޔަގީންކަމާއެކު އެތަނުގައި ތިބި އިންތހާބި ގުޅޭ ބައެއް އޮފިޝަލުންނާއި ކެންޑިޑޭޓު ންގެ މަންދޫބުންނާއި އަދި އޮބްޒާވަރުންނަށް ފާހަގަކުރެވިފައިވާކަމަށް އެ މީހުން ބުނެފައިވާކަމަށެވެ. އަދި 4 އޭޕްރީލް 2026 ގައި ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓު ގުނަމުންދާ ވީޑިއޯއަށް ބަލާއިރުވެސް ބާތިލު ބަންޑެލީގެ 15 ނަންބަރު ކަމަށް ބުނާ ވޯޓު ކަރުދާސް ވުޖޫދުގައި ވާތަނެއް ނުފެންނަކަމަށް ބުނެ އެ ވޯޓު ކަރުދާހުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައި ވެއެވެ.
4.10. މީގެ އިތުރުން، ބތާ ލ ވޯޓު ކަރުދާސްތަކުގެ ތެރެއިން 17 ވަނަ ނަންބަރު ވޯޓު ކަރުދާހަކީ ސައްހަ ވޯޓެއްކަމަށް ބަލައިދިނުމަށް ސުހ އިބްރާހީމާ އެދުން އެ ވޯޓު ކަރުދާހުގައި ވޯޓު ލީ މީހާ ފާހަގަ ޖަހާފައިވާ ގޮތުން ދެ ފާހަގަ ޖަހާފައިވާކަމަށް ގަބޫލު ނުކުރެވޭތކަމަށާއީ، ވޯޓު ކަރުދާހުގައި އެމީހަކަށި ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގަ ފުރިހަމަކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދ ގޮތަށާ ރަނގަޅު ފާހަގައެއް ޖަހާފައި އޮންނަ އޮތުމަކުން އެ ވޯޓު ބާތިލު ނުވާނެކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާތީކަމަށެވެ.
5.10. 17 ވަނަ ނަންބަރު ވޯޓު ކަރުދާހަށް ބަލާއިރު، މި ފާހަގައިގެ ބައެއް އެހެން ގޮޅިއަކަށް އަރާ މިއީ ދެ ފާހަގައެއްކަމަށް ބަލާނެ ޖާގައެއް ނެތްކަމަށެވެ. އަދި އެހެން އެއްވެސް ގޮޅިއެއްގައި މިފަދަ އަދި އެހެން އެއްވެސް ފާހަގައެއް ޖަހާފައި ނެތްކަމަށާއި، މި ފާހަގަ ޖެހި ފަރާތުގެ ނިޔަތަކީ އެ ފަރާތުން އިހްތިޔާރުކޮށްފައިވާ ކެންޑިޑޭޓާ ދިމގައާ ފާހަގަ ޖެހުންކަމަށާއ އެކަނި މި ކަރުދާހަށް ބެލުމުން ފެންނަކަމަށެވެ. ރޮނގު ނުވަތަ އިތުރު ފާހަގަ އޮނނަންވާނ ގޮތެ ކަނޑައެޅި ބަޔާނކޮށްފައް ނެތްއިރު މިކަން ކަނޑައަޅަނީ އެ ވަގުތު ވޯޓުލާ މަރުކަޒުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލްގެ ވިސްނުމާ އެއްގޮތަށްކަން އަމަލުކޮށްފައިވާ ގޮތަށް ބެލުމުން އެނގެން އޮންނަކަމަށާއި، މިއީ ގާނޫނީ ބުރަދަނެއްނެތް ނިންމުމެއްކަމަށާއި، އެހެންކަމުން މި ވޯޓުކަރުދސާ ބާތިލުކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމައެއް ނެތްކަމަށެވެ.
6.10. ވޯޓު ކަރުދާހަކުން ވޯޓުލާ ފަރާތުގެ ނިޔަތް އޭނާ އހިތިޔާރުކުރާ ކެންޑިޑޭޓު ސާފުވާނަމަ، އެ ވޯޓު ކަރުދާހެއް ސައްހަކަމަށ ބަލަންވާނެކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ
(ބ) ގައި ފާހަގަކޮށްފައިވާ ކަމަށާއި ގަސްދަކާ ނުލައި އޮޅިގެން ޖެހިފައިވާ ފާހަގައެއްގެ ސަބަބުން ވޯޓު ކަރުދާހެ ބާތިލކުރުމަކީ ކަމާގުޅޭ މާއްދާތަކާ ހިލާގު އޭގެ ރޫހު ވެސް ހިލާފު ކަމެއްކަމަށެވެ.
7.10. ވޯޓު ކަރުދާހެއްގައި ޖަހާފައިވާ ފާހަގައެއް ނުވަތަ ނިޝާނެއްގެ ސަބަބުން ވޯޓު ކަރުދާހެއް ބާތިލުކުރަންވާނީ، ވަކި ރަމްޒެއ ނުވަތް ވަކި ނިޝާނެއް ރަމްޒުކޮށްދިނުމަށ ނުވަތް މާނައެއް ނުވަތަ ސިފަކުރުމެއ ނުވަތް މެސެޖެއް ދެވޭގޮތަށ އޮތް ފާހަގައެއް ނަމަ ކަމަށއާ ވޯޓު ކަރުދާހެއްގައި ކުރެހުން އޮތުމުގެ ސަބަބުން އެ ވޯޓު ކަރުދާހެއް ބާތިލުކުރަންވާނީ ވަކި ހަމައެއްގެ މަތިން އެއްޗަކަށް ނުވަތަ ރަމްޒަކަށް ވާނެހެން އަޅާފައިވނަމަ ކަމަށެވެ.
8.10. އިންތިހާބުތަކުގެ ސައްހަކަން ދެމެހެއްޓުމަށް ވޯޓުގެ ސިއްރުކަން ހިމާޔަތްކުރުމަކީ މުހިއްމުކަމަކަށްވީ ފަދައިން ވޯޓުލުމުގެ ހައްގު އޭގެ އެންމެ މިނިވަން ފުޅާ މިނަށް ލިއްބައިދިނުމަކީ ވެސް މުހިއްމު ކަމެއްކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން 15 އަދި 17 ނަންބަރު ވޯޓު ބާތިލުކަމަށް ނިންމާފައިވަނީ އިންތިހާބތަކު ބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހަރުކަށި އަދި ލުގަވީ މާނަކުރުމަކުން މަނާކޮށްގެންކަމަށެވެ.
9.10. އިންތިހާބުން އެންމެ ގިނަ ވޯޓު ލިބުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކެންޑިޑޭޓް ނަންބަރު 2 މުޙައްމަދު ޝާހިދު އާއި ސުހާ އިބްރާހީމަށް ލިބުނު ވޯޓުގެ އަދަދުގެ ފަރަގަކީ 1 (އެކެއް) ވޯޓުކަމަށްވާތީ، އިލެކްޝަންސް ކޮމިޝަނުން ނަންބަރު 15 އަދި 17 ވޯޓު ކަރުދާސް ބާތިލު ކަމަށް ނިންމުމުން، އިންތިހާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރު ފޯރާކަމަށެވެ.
10.10. 10 އޭޕްރީލް 2026 ގައި ދެވަނަ ފަހަރަށް ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓު ގުނުމުން، މި ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް މުއްދަތު ހަމަވެފައިވާކަމަށް ބުނެ އެ މައްސަލަ ބަލއަ ނުގަތްކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ބުނާފަދައިން މި ޝަކުވާ 9 އޭޕްރީލް 2026 ހުށަހެޅުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި މި މައްސަލަ ބެލޭނެ އެއްވެސް މަގެއް އިލެކްޝަންސް ކޮމިޝަނުން ދައްކާފައި ނުވާކަމަށެވެ.
11.10.އިންތިހާބެއްގ ނަތީޖާގެ ޑިމޮކްރެޓިކް ސައްހަކަން ބިނާވެފައިވަނީ އެ ނަތީޖާއަކީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުން ދިން ވޯޓުތައް ރަނގަޅަށް ނުވަތަ ސާފުކޮށް ރަމްޒުކޮށްދޭ ނަތީޖާއަކަށްވުމުގެ މައްޗަށްކަމަށާއި، ވޯޓު ކަރުދާސް ގުނުމުގައާއި އެއާމެދު ގޮތް ނިންމުމުގައި ހެދޭ އިދާރީ ގޯސްތަކެއްގެ ސަބަބުން ވޯޓުލީ މީހުންގެ ހަގީގީ އިހުތިޔާރާ ހިލާފު ނަތީޖާއެއް ނުކުމެއްޖެނަމަ އޭގެ ސަބަބުން އެ އިންތިހާބެއްގެ ޑިމޮކްރެޓިކް ސައްހަކަން ގެއްލިގެންދާކަމަށެވެ.
11ސުހާ އިބްރާހީމް އެދޭގޮތްކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " 4 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ވޯޓު ފޮށި (ނަންބަރު 208/M1.2) ގެ ވޯޓު، 4 އޭޕްރީލް 2026 ގައި ގުނިއިރު، ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭތީ، އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، އެ ވޯޓު ފޮށި ގުނާފައިވާ ދެ މަރުހަލާގައި ބާތިލުކަމަށް ކަނޑައަޅާފައިވާ ވޯޓު ކަރުދާހާއި އެ ފޮށި އަލުން ގުނުމަށް ނިންމައި، 10 އޭޕްރީލް 2026 ގައި މި ވޯޓު އަލުން ގުނިއިރު، ކުރިން ބާތިލުކަމަށް ކަނޑަނާޅާ ވޯޓު ކަރުދާހެއް ބާތިލުކަމަށް ކަނޑައެޅުމާއި، ސައްހަކަމަށް ބަލަންޖެހޭ ވޯޓެއް، ބާތިލުކަމަށް ކަނޑައަޅައިފައިވުމަކީ، ސައްހަ ވޯޓެއް ބާތިލުކަމަށް ކަނޑައެޅުންކަމުގައިވާތީ، ހަވާލާދެވިފައިވާ ވޯޓު ފޮށީގެ ބާތިލު ބަންޑެލީގެ ނަންބަރު 15 އަދި 17 ނަންބަރު ވޯޓު ކަރުދާސް ބާތިލުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ގާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ވޯޓުލުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށްކަމަށާއި، ގާނޫނުއަސާސީއާއި ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 2 މާއްދާއިން ތަސައްވަރުކުރާ މަގްސަދާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާއާއި، އެ މާއްދާގެ (ބ) އާއި (ޅ) ގެ ނައްސާއި މަގްސަދާއ ރޫހާއި ހިލާފަށްކަމުގައިވާތީއާއި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ (5) ގައިވެސް މިކަމަށް ހަވާލާދީފައިވާތީ، މި ނިންމުމުގެ ސަބަބުން ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ ނަތީޖާއަށް ބަދަލު އައިސްފައިވާތީ، ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަވާލާދެވިފައިވ ވޯޓާ ފޮށީގެ ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ ބާތިލުކުރުމަށްފަހު އަލުން ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުން. ނުވަތަ، ދ. މީދޫ ވޯޓު ފޮށި (ނަންބަރު 208/M1.2) ގެ ވޯޓު ފޮށީގެ ބާތިލު ބަންޑެލީގެ ނަންބަރު 15 އަދި 17 ނަންބަރު ވޯޓު ކަރުދާސް އަކީ ސައްހަ ވޯޓު ކަރުދާސްކަމަށ ކަނޑައަޅް މި ވޯޓު ހިމަނައިގެން ދ. މީދޫ ކައުންސިލްގެ ރައީސްގެ ރަސްމީ ނަތީޖާ މުރާޖަޢާކޮށް ބަދަލުކުރުމަށް އަމުރުކުރުމަށް ނުވަތަ، ސައްހަ ބޯޓު ބާތިލުވޯޓުގ ގޮތުގައެ ގުނާފައިވާކަމަށް ތުހުމަކުރެވޭ ދ. މީދޫ ވޯޓު ފޮށި (ނަންބަރު 208/M1.2) ގެ ވޯޓު ފޮށީގެ ބާތިލު ބަންޑެލީގެ ނަންބަރު 15 އަދި 17 ނަންބަރު ވޯޓު ކަރުދާސްއަކީ ސައްހަ ވޯޓު ކަރުދާސްކަމަށ ކަނޑައަޅް ދ. މީދޫ ކައުންސިލްގެ ރައީސް އިންތިހާބ ކުރުމަށު ބެހެއްޓުނު ދ. މީދޫ ވޯޓު ފޮށި (ނަންބަރު 208/M1.2) އަލުން ގުނައިދިނުމަށ ހުކުމް ކޮށްދެއްވުން." އިލެކްޝަންސް ކޮމިޝަންގެ ރައްދު
12އިލެކްޝަންސް ކޮމިޝަނުން ޖަވާބުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.
1.12. އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) އިން ވޯޓެއް ބާތިލުކަމަށް ކަނޑައެޅޭނު ހާލަތްތައް ބަޔާންކޮށްފައިވާކަމަށާއި، މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތަށް ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓަކީ ބާތިލު ވޓޯ އްކަމަށެ މި ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
2.12. ބާތިލު ބަންޑެލީގެ 15 ވަނަ ނަންބަރު ވޯޓު ކަރުދާހުގައި ވޯޓު ދިނުމަށް ޖަހާފައިވާ ރަނގަޅު ފާހަގައިގެ އިތުރުން، ދ. މީދޫ ކައުނސިލްގ ރައީސްގެ މަގާމަށް ކުރިމަތިލާފައިވް ކެންޑިޑޭޓު ނަންބަރު 2 އަދި 3 ގެ ގޮޅީގެ ދެމެދުގައި ކެންޑިޑޭޓު ނަންބަރު 3 ގެ ގޮޅީގެ ތެރެއަށް ވަންނަ ގޮތަށް ފާހަގައެއް ޖަހާފައިވާކަން އެނގޭކަމަށެވެ. އަދި ބާތިލު ބަންޑެލީގެ 17 ވަނަ ނަންބަރު ވޯޓު ކަރުދާހުގައި، ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވޯޓު ދިނުމަށް ޖަހާފައިވާ ފާހަގައިގައި އެ ފާހަގައިގެ މަތިން ފެވުމުގެ ބަދަލުގައި ފާހަގައިގެ ކައިރީގައި އިތުރު ފާހަގައެއް ޖަހާފައިވާކަން އެނގޭކަމަށެވެ.
3.12. 4 އޭޕްރީލް 2026 ގައި ދ. މީދޫ ދާއިރާގެ ނަންބަރު M1.2/208 ވޯޓު ފޮށީގެ ކަންހިނގާދިޔީ ގޮތުގެ ރިޕޯޓުގައި މި ކަރުދާސްތައް ބާތިލުކޮށްގެނ ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ނަމަވެސް 10 އޭޕްރީލް 2026 ގައި ދ. މީދޫ ދާއިރާގެ ނަންބަރު M1.2/208 ވޯޓު ފޮށި އަލުން ގުނިއިރު ސެކިއުރިޓީ އުރަ 3 ކެނޑި ގޮތުގެ ރިޕޯޓުގައި މި ދެ ވޯޓު ކަރުދާސް ބާތިލު ވޯޓެއްގެ ގޮތުގައި ނިންމާފައިވާ ނިންމުމާއި ގުޅިގެން ސުހާ އިބްރާހީމްގެ ފަރާތުން ޝަކުވާ ހުށަހެޅިކަމަށެވެ.
4.12. ބަހުސްގެ ބޭނުމަށް މި ވޯޓު ކަރުދާސްތަކާއ ގުޅިގެނި ނިންމާފައިވާ ނިންމުންތައް އަލުން މުރާޖައާކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް ބާތިލު ބަންޑެލީގެ 15 އަދި 17 ވަނަ ކަރުދާހަކީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން ބާތިލު ވޯޓު ކަރުދާހެއްކަމަށެވެ.
5.12. އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އިން ސައްހަ ވޯޓެއްލާނެގޮތް ބަޔާންކޮށްފައިވުމުންނާއި މި ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި "އިތުރު އެހެން ފާހަގައެއް ޖަހާފައިވާ" ބަޔާންކޮށްފައިވުމުން ވޯޓު ކަރުދާހުގައި ކޮންމެ ފަރާތަކުން ދީފައިވާ ވޯޓު ސައްހަކަމަށް ބެލެވޭނެ ހާލަތަކީ، އެ ފަރާތަކުން ތާއީދުކުރާ ކެންޑިޑޭޓުގެ ނަމާ ދިމގައާ 1 (އެކެއް) ރަނގަޅު ފާހަގަ ޖަހާފައިވުމުންކަން ސާފުވާކަމަށާއި، ފާހަގަ ފުރިހަމަކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދ ގޮތަށާ ރަނގަޅު ފާހަގައެއް ޖަހާފައި އޮންނަ އޮތުމަކުން ބާތިލުނުވާނެ ހާލަތަކީ ޖަހާފައިވާ ރަނގަޅު ފާހައިގެ މަތިން، ޖަހާފައިވާ ފާހަގަ ބޯލްޑްވާ ގޮތުގެ މަތިން 01 (އެކެއް) ފާހަގަ ފެންނަން އޮތް ހާލަތުކަމަށް ގާނޫނުގެ ބޭނުމަށް ބަލަންޖެހޭކަމަށެވެ. އެހެންކަމުން މިހާލަތުގައި ބާތިލު ބަންޑެލީގެ 15 އަދި 17 ވަނަ ވޯޓު ކަރުދާސް ބާތިލުކަމަށް ކަނޑައަޅާފައިވާ ނިންމުން ގާނޫނީ ގޮތުން ބަދަލުކުރާނެ އަސާސެއް ނެތްކަމަށެވެ.
13އިލެކްޝަން ކޮމިޝަނުން މިމައްސަލައިގައި އެދިފައިވަނީ ސުހ އިބްރާހީމާ ހުށަހަޅަފައިވާ މައްސަލައިގައި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސަބަބެއް މެދުވެރިވެފައިވާކަމަށް ޝަރީއަތަށް ސާބިތުވާ މިންވަރަށް ކަންކަން ހުށަހަޅާފައި ނުވުމުންނާއ މައްސަލި ހުށަހަޅަ ފަރާތުން ހުސޫމާތް އުފައްދާ ދެ ވޯޓު ކަރުދާހ ގުޅިގެނާ އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށްވާތީ، ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އާއި ގާނޫނު ނަންބަރު އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން، ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބުކުރުމަށް ބެހެއްޓުނު ނަންބަރު M1.2/208 ވޯޓު ފޮށގީ ނަތީޖާ ބާތިލުކުރުމަށާއި، އެ އިންތިހާބު އަލުން ބޭއްވުމަށް ނުވަތަ އިންތިހާބުގެ ރަސްމީ ނަތީޖާ މުރާޖއަކޮށ ބަދަލުކުރުމަށް އަމުރުކޮށްދިނުމަށް ނުވަތަ ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓުތައް އަލުނީ ގުނައިދިނުމަށް ޝަރުއީ ތުނ ނިންމަންޖެހޭ ސަބަބެއް މެދުވެރިވެފައި ނުވާތީ، ދ. މީދޫ ދާއިރާގެ ރަސްމީ ނަތީޖާއަށް އަސަރު ނުކުރާކަމަށް ކަނޑައަޅާ ދެއްވުމަށެވެ.
14މި އިންތިހާބީ ޝަކުވާގެ މައްސަލައަށް ތަދައްހުލްވި މުޙައްމަދު ޝާހިދު ބުނެފައިވަނީ އޭނާ މި މައްސަލައަށް ތަދައްހުލްވި ސަބަބަކީ ދ. މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްގެ މެގަ މަށް ވާދަކޮށާ 1 (އެކެއް) ވޯޓުގެ ތަފާތަކުން މި އިންތިހާބު އޭނާ ކާމިޔާބުކޮށްފައިވަނިކޮށް، މި އިންތިހާބުގައި ދެވަނަ އަށް ދިޔަ ސުހާ އިބްރާހމީ ހުށަހަޅާފައިވާ މިމައްސަލައިގ ނިންމަ ކޮންމެ ނިންމުމަކީ މި ދާއިރާގެ ނަތީޖާއަށް އަސަރު ކުރާނެކަމަށްވުމުން، މި މައްސަލާގައި އޭނާގެ މަސްލަހަތު އޮތްކަމަށް ފެންނާތީކަމަށެވެ.
15ސުހ އިބްރާހީމާ ސުވާލު އުފައްދާ 15 ވޯޓު ކަރުދާހާއ ގުޅިގެނި މުޙައްމަދް ޝާހިދު ބުނެފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައި ވޯޓު ބާތިލުކަމަށް ކަނޑައެޅޭނެ ހާލަތްތައް ބަޔާންކޮށްފައިވާކަމަށާއި، މި މާއްދާގެ ވަނަ ނަންބަރުގައި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެނޑިޑޭޓެއްގ ނަމެ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގް އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓަކީ ބާތލްވޯޓެއްކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
16ސުހ އިބްރާހީމާ ސުވާލު އުފައްދާފައިވާ 17 ވަނަ ވޯޓު ކަރުދާހާއ ގުޅިގެނި ބުނެފައިވަނީ ސުހާ އިބްރާހީމް މ ވޯޓު ކަރުދާހުގައިވާ ފާހަގައަކީ ފާހަގައިގެ މަތިން އަޅާފައިވާ ފަވާލުމެއްކަމަށް ބުނިނަމަވެސް، މި ވޯޓު ކަރުދާހަށ ބެލުމުން އެއް ފާޅުކަން ބޮޑު ގޮތެއްގައި ދެ ފާހަގަކަން ސާފުކަމަށެވެ.
17މުޙައްމަދު ޝާހިދު މި މައްސަލައިގައި އެދިފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކުރާ ސަބަބެއް މެދުވެރިވެފައިވާކަން ސުހާ އިބްރާހީމްގެ ދައުވާއިނ ސާބިތުވާން ނެތަތީއާއި ސުހ އިބްރާހީމާ ހުސޫމާތު އުފެއްދި 15 އަދި 17 ވަނަ ވޯޓު ކަރުދާސްއ މެދާ އިލެކްޝަންސް ކޮމިޝަނުން ގޮތް ނިންމާފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގެ ތަރަހައިގެ ތެރޭގައިކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނާތީ ނަންބަރު M1.2/208 ވޯޓު ފޮށީގެ ނަތީޖާ ބާތިލުކުރުމަށާއި ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބުކުރުމަށ އަލުން އިންތިހާބު ބޭއްވުމަށް ނުވަތަ މި އިންތިހާބުގެ ރަސްމީ ނަތީޖާ މުރާޖައާކޮށ ބަދަލުކުރުމަށް އަމުރުކޮށްދިނުމަށް ނުވަތް ވޯޓު ފޮށި އަލުން ގުނައިދިނުމަށް ޝަރީޢަތުން ނިންމަންޖެހޭ ސަބަބެއް ނެތަތީއާއި އެކަންކަމަށް ބާރުދޭނޭ އެއްވެއ ހެއްކެއް ނެތަތީ ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ އިންތިހާބުގެ ރަސްމީ ނަތީޖާއަށް އަސަރުކުރާނޭ އެއްވެސް ކަމެއް ހިނގާފައިނެތްކަމަށް ކަނޑައަޅާދެއްވައި ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ އިންތިހާބުގެ ރަސްމީ ނަތީޖާއަށް އެއްވެސް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅާދެއްވައި މައްސަލަ ނިންމަވާދެއްވުމަށެވެ.
18ހުށަހެޅިފައިމިވާ އިންތިހާބީ ޝަކުވާގެ މައްސަލައިގައި، ހައިކޯޓުން ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން، ދ. މީދޫ ކައުންސިލްގެ ރައީސަށް އިންތިހާބުވެފައިވާ ކެންޑިޑޭޓުގެ މަގާމުގެ ހުވާކުރުން ފަސްކުރުމުގެ އަމުރެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މައްޗަށް ނެރެދިނުމަށް ސުހ އިބްރާހީމާ މި ކޯޓުގައި އެދުނެވެ.
19މިފަދައިން ވަގުތީ އަމުރަކަށް ސުހ އިބްރާހީމާ އެދުން ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ، 16 އޭޕްރިލް 2026 ގައި ދ. މީދޫ ކައުންސިލްގެ ރައީސް މަގާމުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފައިވާއިރު، ހައިކޯޓުން މިފަދަ މައްސަލަތައް ނިންމުމަށް އޮންނަނީ 30 (ތިރީސް) ދުވަހުގެ މުއްދަތެއްކަމަށާއި، 16 އޭޕްރީލް 2026 އިން ފަށާގެން މި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާކަމަށްވާނަމަ، އެ މުއްދަތު ކެންޑިޑޭޓުން މަގާމުގެ ހުވާކުރުމަށް ހަމަޖެހިފައިވާ ތާރީޚްކަމުގައިވާ 17 މެއި 2026 އަށް ވުރެ 1 (އެކެއް) ދުވަސް ފަހަށް ހަމަވާތީކަމަށެވެ. އަދި މިފަދަ އަމުރެއް ނެތްނަމަ ހުވާކުރުމުގެ ކަންކަން ކުރިއަށް ދާނެތީ ވަގުތީ އަމުރަކަށް އެދުނީކަމަށެވެ.
20އެހެންނަމަވެސް، މި މައްސަލަ 17 މޭ 2026 ދުވަހުގެ ކުރިން ހުކުމްކުރުމަށް ތާވަލުކުރެވިފައިވާތީ ސުހާ އިބްރާހީމް އެދިފައިވާ ފަދައިން މި މައްސަލައިގެ ވަގުތީ އަމުރެއް ނެރޭނެ ހާލަތެއް ނެތްކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާންކުރެވިފައި ވެއެވެ. މައްސަލައާއި ގުޅިގެން 04 މެއި 2026 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ސުހާ އިބްރާހީމްގެ ވަކީލް ދީފައިވާ ބަޔާން އިންތިހާބުގެ ރަސްމީ ނަތީޖާ
21ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކޮށްފައިވަނީ 3 (ތިނެއް) ކެންޑިޑޭޓންނެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ("ޕީ.އެން.ސީ") އިން އެ ގޮނޑިއަށް ވާދަކުރ އަދި މި މައްސަލައިގައި ޝަކުވާ ހުށަހެޅި ސުހ އިބްރާހީމާ (ކެންޑިޑޭޓް ނަންބަރު 1) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް ("އެމް.ޑީ.އޭ") އިން ވާދަކުރި ކެނޑިޑޭޓ މުޙައްމަދް ޝާހިދު (ކެން ޑިޑޭޓް ނަންބަރ 2) އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ދ. މީދޫ، […] އިބްރާހީމް ނަސީމް (ކެންޑިޑޭޓް ނަންބަރ 3) އެވެ.
224 އޭޕްރީލް 2026 ގައި ދ. މީދޫ ދާއިރާގެ ނަންބަރު M1.2/208 ވޯޓު ފޮށީގެ ކައުންސިލް ރައީސްގީ ނަތީޖާ އިއުލާން ކުރިއިރު ސުހާ އިބްރާހީމްއަށް ލިބިފައިވަނީ 115 ވޯޓެވެ. މުހައްމަދު ޝާހިދުއަށް ލިބިފައިވަނީ 127 ސވޯޓެވެ. އަދި އިބްރާހީމް ނަސީމްއަށް ލިބިފައިވަނަ 36 ވޯޓެވެ. މި ވޯޓު ފޮށީގެ ބާތިލު ވޯޓުގެ ޖުމްލަ އަދަދަކީ 16 އެވެ.
23މި ނަތީޖާއާއެކު މި ތިން ކެންޑިޑޭޓުންގެ ތެރެއިން ދ. މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްގެ ވަގުތީ ނަތީޖާއިން އެގޮނޑިއަށް 393 ވޯޓުން އިންތިހާބުވެފައިވަނީ ސުހާ އިބްރާހީމްއެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާއިން 392 ވޯޓާއެކު ދެވަނައިގައ އޮތި މުޙައްމަދު ޝާހިދުއެވެ. މި ދެ ކެންޑިޑޭޓުންގެ މެދުގައި ހުރީ 1 ވޯޓުގެ ފަރަގަކެވެ.
244 އޭޕްރީލް 2026 ގައި ދ. މީދޫގައި ބެހެއްޓިފައިވާ ނަންބަރު M1.2/208 ވޯޓު ފޮށީގެ ކަރުދާސް ގުނަމުން ދިޔައިރު، ކެންޑިޑޭޓް 2 ގެ 3 ވަނަ ބަންޑެލީގެ ސައްހަ ވޯޓުކަމަށް ބަލާފައިވާ 26 އަދި 27 ނަންބަރު ވޯޓު ކަރުދާހަކީ ބާތިލު ވޯޓު ކަރުދާސްތަކެއްކަމަށް ބުނެ އެ ޝަކުވާ ވޯޓު ފޮށީގެ ވެރިޔާއަށް ސުހާ އިބްރާހިމް ހުށަހެޅިއެވެ. މި ޝަކުވާއާއެކު ބާތިލު ވޯޓު ބަންޑެލީގެ 17 ވަނަ ނަންބަރު ވޯޓު ކަރުދާހަކީ ސައްހަ ވޯޓެއްކަމަށް ބުނެ އެ ޝަކުވާ ވެސް ވޯޓު ފޮށީގެ ވެރިޔާއަށް ހުށަހެޅިކަމަށް ސުހ އިބްރާހީމާ ބުނެއެވެ. ނަމަވެސް އެ ޝަކުވާ ވޯޓު ފޮށީގެ ވެރިޔާ ނޯޓކޮށްފައު ނުވާކަމަށް ސުހ އިބްރާހީމާ ބުނެއެވެ. 26 އަދި 27 ނަންބަރު ވޯޓަކީ ސައްހަ ވޯޓެއްކަމަށް ވޯޓު ފޮށީގެ ވެރިޔާ ނިންމުމުން، އެ ވޯޓު ފޮށީގެ ވޯޓު ކަރުދާސް އަލުން ގުނައިދިނުމަށް އެދި 5 އޭޕްރީލް 2026 ގައި ސުހާ އިބްރާހީމް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅިއެވެ.
25އަދި ލ. ފޮނަދޫގައި ބަހައްޓާފައި ހުރި 07.3 ލ. ފޮނަދޫ-3 ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ދ. މީދޫގެ 4 (ހަތަރެއް) މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު އެކަކު ވޯޓުލާފައި ނުވާކަން އެނގޭއިރު، އެ ވޯޓު ފޮއްޓަށް 4 (ހަތަރެއް) މީހުން ވޯޓު ލާފައިވާކަމަށްބުނެ މުޙައްމަދު ޝާހިދުގެ ފަރާތުން ވެސް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅިއެވެ.
26އިލެކްޝަންސް ކޮމިޝަނުން މި ޝަކުވާތައް ބެލުމަށްފަހު ނިންމީ ލ. ފޮނަދޫ- 3 ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލާފައިވާ 4 (ހަތަރެއް) ވޯޓުގެ ތެރެއިން 1 (އެކެއް) ވޯޓަކީ ބާތިލު ވޯޓެއކަމަށެވެ. އަދި މިފަދައިން ކަނޑައެޅުމުން، ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރ ކެންޑިޑޭޓާ ނަންބަރު 1، ސުހާ އިބްރާހީމާއި ކެންޑިޑޭޓް ނަންބަރު 2، މުޙައްމަދު ޝާހިދުގެ ނަތީޖާއަށް އަސަރުކުރާތީ، ދ. މީދޫ ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި އެލުން އެ ފޮށި ގުނުމަށް ނިންމިއެވެ. ދ. މީދޫގައ ބެހެއްޓި ނަންބަރު M1.2/208 ވޯޓު ފޮށި އަލުން ގުނުން
27އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން ދ. މީދޫ ދާއިރާގެ ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ސެކިއުރިޓީ އުރަ 3 ކަނޑައި އެ ފޮށި އަލުން 10 އޭޕްރީލް 2026 ގައި ގުނިއެވެ. އެ އުރަ ކަނޑާފައިވަނީ 10 އޭޕްރީލް 2026 ދުވަހުގެ 16:10 ގައި އިންތިހާބާބެހޭ މަރުކަޒުގއަކަމާއި، ވޯޓު ގުނައި އަލުން އެ އުރަ ބަންދުކޮށްފައިވަނީ ހަމަ އެ ތާރީޚުގެ 17:25 ގައިކަމާއި، ސެކިއުރިޓީ އުރަ ކަނޑައި މި ފޮށީގެ ވޯޓު އަލުން ގުނާފައިވަނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައިކަން ސެކިއުރިޓީ އުރަ 3 ކެނޑި ގޮތުގެ ރިޕޯޓުން އެނގެއެވެ.
28ދެވަނަ ފަހަރަށް މި ވޯޓު ފޮށި ގުނިއިރު ބާތިލު ވޯޓުގެ ގޮތުގައި ބަލާފައިވާ ވޯޓު ކަރުދާހުގެ ތެރެއިން 15 އަދި 17 ވޯޓު ކަރުދާހަކީ ސައްހަ ވޯޓުތަކެއްގ ގޮތުގައެ ބަލަންޖެހޭކަމަށް ބުނެ ސުހާ އިބްރާހީމް ޝަކުވާ ހުށަހެޅިއެވެ. ނަމަވެސް ވޯޓު ފޮށީގެ ވެރިޔާ ނިންމީ އެ ދެ ވޯޓަކީ ވެސް ބާތިލު ދެ ވޯޓގ ގޮތުގައެ ބަލަންޖެހު ދެ ވޯޓު ކަމަށެވެ.
29ކުރިން ސައްހަ ކަމަށް ނިންމި 15 ވަނަ ވޯޓު ކަރުދާސް ފަހުން ގުނިއިރު ބާތިލުކަމަށް ނިންމުމުން، މި ވޯޓު ފޮށީގެ ނަތީޖާއަށް ބަދަލުއައެވެ. ފަހުން އެ ވޯޓު ފޮށީގެ ވޯޓު ކަރުދާސް ގުނިއިރު ބާތިލުކަމަށް ކަނޑައެޅު ސުހާ އިބްރާހީމްއަށް ލިބިފައިވާ ވޯޓެކެވެ. މި ވޯޓު ކަރުދާސް ބާތިލކުރުމުން، ކުރިން ސުހާ އިބްރާހީމްއަށް ލިބިފައިވާ 115 ވޯޓު 114 ވޯޓަށް ބަދަލުވިއެވެ. އަދި މި ނިންމުމާއެކު ދ.މީދޫ ދާއިރާގެ ކައުންސިލް ރައީސްގެ ޖުމްލަ ނަތީޖާ ބަދަލުވެގެން ދިޔައެވެ. އަދި 392 ވޯޓއެކާ އިންތިހާބު ކާމިޔާބުކުރީ މުޙައްމަދު ޝާހިދުކަމަށ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި އެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ސައްހަ ވޯޓު އަދި ބާތިލު ވޯޓު
30ޕްރިސިޑެންސް 1އިންތިހާބަކާބެހޭ ހާއްސަ ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، ދިވެހިރާއްޖޭގއަ ބޭއްވޭ އިންތިހާބުތަކުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައަޅާނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުންކަން އެ ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔަންކޮށްފައި ވެއެވެ. ވޯޓު ގުނުމުގެ ތެރޭގައި ވޯޓު ކަރުދާހުގައި ހުރި ލިޔުމެއްގެ ސަބަބުން ނުވަތަ ގާނޫނުގައި ބުނާ އެނޫން ސަބަބެއް އޮވެގެން ވެސް އެ ވޯޓަކީ ބާތިލު ވޯޓެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ބަލާނެ ކަންކަމަކީ ކޮބައިކަމާއި، އެކަމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކަކީ ކޮބައިކަން އިންތިހާބުތަކާބެހޭ އާންމު ގާނޫނގައު ބަޔާންކޮށްފައިވެއެވެ.
31ވޯޓު ގުނުމުގެ ތެރޭގައި ވޓަކޯ ބާތިލު ވޯޓެއްކަނ ނުވަތް ނޫންކަން ކަނޑައެޅުމުގައި ބަލާނެ ކަންކަމަކީ ކޮބައިކަމާއި، އެކަމުގައި އަމަލުކުރަންޖެހޭ އިޖުރާއަތަކީ ކޮބައިކަން އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. ބާތިލު ވޯޓު 56. (ހ) ވޯޓު ގުނުމުގައި ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.
1. މި ޤާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
2. އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓު
3. ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު .
4. ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެން ޑިޑޭޓެއ ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު.
5. މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރަހުމެއް ކުރާހަފާދައިވާ ވޯޓު.
6. އަދި މިނޫންވެސް، އެ އިންތިހާބަކާގުޅޭ ހާއްސަ ގާނޫނެއްގައި ބާތިލް ވޯޓުކަމަށ ކަނޑައަޅާފައިވް ވޯޓު.
32ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފާހަގަ ޖަހާފައިވާ ވޯޓުތަކަކީ ސައްހަ ވޯޓު ކަމުގައި ބަލަންވާނެކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވެއެވެ.
33އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކުރަނީ؛
(ބ) ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގައެއް ޖަހާފައިވާނަމަ، އެއީ ސައްހަ ވޯޓެއްކަމުގައި ބަލަންވާނެއެވެ.
(ޅ) ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދ ގޮތަށާ ރަނގަޅު ފާހަގައެއް ޖަހާފައި އޮންނަ އޮތުމަކުން އެ ވޯޓު ބާތިލު ނުވާނެއެވެ.
34ސުހ އިބްރާހީމާ ސުވާލު އުފައްދާފައިވާ ދެ ވޯޓު ކަރުދާހުގެ ތެރެއިން ޖަދުވަލު 5 ގެ ގޮތުގައި ހުށަހަޅާފައިވާ ބާތިލު ވޯޓު ކަރުދާސްތަކުގެ ތެރެއިން 15 ވަނަ ވޯޓު ކަރުދާހަކީ 4 އޭޕްރީލް 2026 ދުވަހު ދ. މީދޫ ގައި ބހައްޓާފައިވަ ނަންބަރު M1.2/208 ވޯޓު ފޮށީގެ ވޯޓު ގުނިއިރު ސައްހަ ވޯޓެއްގެ ގޮތުގައި ކަނޑައެޅި ވޯޓެކެވެ . މި ވޯޓެ ބާތިލު ވޯޓެއްގެ ގޮތުގައި ވޯޓު ފޮށީގެ ވެރިޔާ ކަނޑައަޅާފައިވަނީ އެ ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި 10 އޭޕްރީލް 2026 ގައި އަލުން ވޯޓު ގުނިއިރު، ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓު ނަންބަރު 2 ގެ ނަމާ ދިމާގައި ޖަހާފައިވާ ރަނގަޅު ފާހަގައިގެ އިތުރުން، ކެންޑިޑޭޓު ނަންބަރު 2 އަދި 3 ގެ ގޮޅީގެ ދެމެދުގައި ކެންޑިޑޭޓު ނަންބަރު 3 ގެ ގޮޅީގެ ތެރެއަށް ވަންނަ ގޮތަށް ފާހަގައެއް ޖަހާފައިވާތީކަމަށ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ސުހ އިބްރާހީމާ ބަޔާންކުރާ ގޮތުގައި ސައްހަ އަދި ބާތިލު ވޯޓު ވަކިކުރުމުގައި ބަލަންޖެހޭ އެންމެ މުހިއްމު މިންގަނޑަކީ ވޯޓުލާ ފަރާތުގެ ނިޔަތް ނުވަތަ އޭނާ ބޭނުންވާ ގޮތް ނުވަތަ އޭނާ ހިޔާރުކުރާ ކެންޑިޑޭޓު ދެނެގަތުމުގެ އުސޫލުކަމަށެވެ. މި އުސޫލު ބިނާވަނީ ވޯޓުލާ މީހާ ގަސްދު ގައި ޖަހާ ވޯޓުގެ ނިޝާން ނުވަތަ ފާހަގައަށް ކަމަށެވެ. މިގޮތުން 15 ވަނަ ވޯޓު ކަރުދާހުގައިވާ ރޮނގުކޮޅަށް ބަލާއިރު، އެއީ ގަސްތަކާ ނުލައި އެޅިފައިވާ ރޮނގުކޮޅެއްކަން ސާފުވާކަމަށާއި، މި ވޯޓު ކަރުދާހުގައި ވޯޓުލާ މީހާ އިހުތިޔާރުކުރާ ކެންޑިޑޭޓާ ދިމާގައި ސާފުކޮށް ރަނގަޅު ފާހަގަ ޖަހާފައި އޮތުމުން، ވޯޓުލީ މީހާގެ ނިޔަތާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
35މީގެ އިތުރުން، ބާތިލު ވޯޓު ބަންޑެލީގެ 15 ނަންބަރު ވޯޓު ކަރުދާހަކީ 4 އޭޕްރީލް 2026 ދުވަހު ވޯޓު ގުނަމުންދިޔަ މަރުކަޒުގައި ދެއްކި ކަރުދާސްތަކުގެ ތެރެއިން ފެނިފައިވާ ކަރުދާހެއް ނޫންކަމަށާއި، ނަމަވެސް 10 އޭޕްރިލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން އަލުން ވޯޓު ގުނިއިރު 15 ނަންބަރު ވޯޓު ކަރުދާސް ފެނިފައިވާކަމަށާއި، މި ވޯޓު ކަރުދާހުގެ 3 ނަންބަރު ކެންޑިޑޭޓާއ ދިމާގައި ވަރަށް ފަންޑު ގޮތަކަށް ފޮޓޯއިން ފެންނަ ރޮނގުކޮޅަކީ 4 އޭޕްރީލް 2026 ގައި ދ. މީދޫ ވޯޓު ކަރުދާސްތައް ވަކިކުރުމުގައި ވެސް އަދި ވޯޓު ގުނި ވަގުތު މަންދޫބުންނާއި އޮފިޝަލުންނަށް ވޯޓު ކަރުދާސް ދައްކަމުން ދިޔައިރު ވެސް އެތަނުގައި ތިބި އެކަކަށް ވެސް ފެނިފައިވާ ރޮނގެއް ނޫންކަމަށް ބުނެ މި ވޯޓު ކަރުދާހުގެ ސައްހަކަމާއ ގުޅި ގޮތުން ސުހާ އިބްރާހީމް ސުވާލު އުފައްދާފައިވއާވެއެވެ.
36ސުހ އިބްރާހީމާ މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ރެކޯޑިންގ ބެލިއިރު، އިލެކްޝަންސް ކޮމިޝަނުން ބަޔާންކުރިހެން ވީޑިއޯ ރެކޯޑިންގްގެ 12 ވަނަ މިނެޓް 53 ވަނަ ސިކުންތުގައި، މި ވޯޓު ކަރުދާސް ސައްހަކަމަށް ނިންމާ، ވޯޓުލާ މަރުކަޒުގައި ތިބި ފަރާތްތަކަށް މި ވޯޓު ކަރުދާސް ދައްކާފައިވާކަން އެނގެއެވެ. ޝަރީޢަތުން މިކަމާއި ގުޅިގެން ސުހ އިބްރާހީމްއާ ސުވާލުކުރުމުން ބުނެފައިވަނީ، ސުހާ އިބްރާހީމްގެ ސަމާލުކަމަށް އެކަން އައީ އިލެކްޝަންސް ކޮމިޝަނުގެ ޖަވާބުގައި އެހެން އެގޮތަކަށް ފާހަގަކުރުމުން ކަމަށާއި، ފަހުން އެ ވީޑިއޯ ބެލުމުން އެ ވޯޓު ކަރުދާސް ފާހަގަކުރެވުނުކަމަށާއި، ސުހާ އިބްރާހީމް އެއީ ނުފެންނަ ވޯޓެއްކަމަށްކުރިން ބުނިނަމަވެސް، މިހާރު އެ ސެޓޭންޑް ބަދަލުވެފައިވާކަމަށެވެ. އެހެންކަމުން، މި ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް އޮތްކަމީ، ޚިލާފު އުފެދިފައިވާ ވާގިއާއެއް ނޫނެވެ.
37ވޯޓު ގުނުމުގެ ތެރޭގައި ވޯޓަކީ ބާތިލު ވޯޓެއްކަނ ނުވަތް ނޫންކަން ކަނޑައެޅުމުގައި ބަލާނެ ކަންކަމަކީ ކޮބައިކަން އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ 5 ވަނަ ނަންބަރުގައި، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރާހެފައިވާ ވޯޓެއް ބާތިލު ވާނެކަމަށް ބަޔާންކޮށްފައިވާއިރު، ވޯޓު ގުނާއިރު ބާތިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާތިލު ވޯޓެއްކަނ ނުވަތް ބާތިލު ވޯޓެއް ނޫންކަން ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ވޯޓުލާ އެ މަރުކޒަކަށަ އިލެކްޝަންސް ކޮމިޝަނުން އައްޔަންކޮށްފައިވާ އިސްމީހަކަށް ކަމއާ އަދި އެކަމާމެދު ޝަކުވާ އުފުލި ފަރާތާއި އެކަން ނިންމި ގޮތް ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. 4 މެއި 2026 ގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ޝަރީއަތުން ކުރި ސުވާލުތަކަށް ސުހާ އިބްރާހީމްގެ ވަކީލު ދީފައިވާ ޖަވާބު ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 56 ވަނަ މާއްދާގެ (ނ)
38ޕްރިސިޑެންސް 2ސުހ އިބްރާހީމާ ސުވާލު އުފައްދާ މި ވޯޓު ކަރުދާހަށް ބަލާއިރު، ސުހާ އިބްރާހީމްގެ ނަމާ ދިމާގައި ރަނގަޅާ ފާހަގަޖެހުމުގެ އިތުރުން، އިތުރު ފާހަގައެއް/ކުރެހުމެއް މި ވޯޓު ކަރުދާހނު ފެނެއެވެ. އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް/ކުރެހުމެއް ޖަހާފައިވާނަމަ އެ ވޯޓަކީ ބާތިލު ވޯޓެއްކަމަށް ބަލަންޖެހޭނެކަމށަ ބަޔާންކޮށްފައި ވެއެވެ.
39ވޯޓުލާ ކެންޑިޑޭޓުގެ ނަމާ ދިމާގައި ފާހަގަ ޖެހުމަށް ކަނޑައަޅާފައިވާ ގޮޅީގައި ޖަހާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ކުރެހުމަކީ އެ ވޯޓެއް ބާތިލުކަމަށް ކަނޑައެޅޭނެ ހާލަތެކެވެ. މި ވޯޓު ކަރުދާހުގައި އެފަދަ ކުރެހުމެއް ހުރިކަން ސާފުކޮށް ފެންނަން އެބައޮތެވެ. އެކަމާމެދު ހުސޫމާތެއް ނެތެވެ. މި ފހަގާ / ކުރެހުން ފެންނަން އޮތީ ކެންޑިޑޭޓު ނަންބަރު 3، އިބްރާހީމް ނަސީމްގެ ނަމާ ދިމާގައި އޮތް ގޮޅިން ފެށިގެން މުޙައްމަދު ޝާހިދުގ ނަމެ ދިމާގައި އޮތް ގޮޅި ކައިރިއަށް ކުރަހަފާއިވާ ގޮތަކަށެވެ.
40އެ ވޯޓު ކަރުދާހުގައި ގަސްދުގައި ނޫން ގޮތަކަށް އެ ފާހަގަ ކުރެހިފައި އޮތުމަކީ ވެދާނެ ކަމެއްކަމަށް ސުހާ އިބްރާހީމް ހުށަހަޅާފައިވާ ބަހުސުން ދޭހަވެއެވެ. ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަ ޖެހުމުގެ އިތުރނު އިތުރު ފާހަގައެއް/ކުރެހުމެއް އޮތްނަމަ އެ ވޯޓަކީ ބާތިލު ވޯޓެއްކަމަށް ބަލަންޖެހޭނެކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގައި ސަރީހަކޮށް ބަޔާންކޮށްފައި އޮތުމުން، މި ވޯޓަކީ ބާތިލު ވޯޓެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ރަނގަޅަށް ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
41ވޯޓުލާ ކެންޑިޑޭޓުގެ ނަމާ ދިމާގައި ޖަހާ ހެޔޮ ފާހަގައިގެ އިތުރުން، އިތުރު ފާހަގައެއް ވޯޓު ކަރުދާހުގައި އޮތްނަމަ، އެ ފާހަގަ/ ކުރެހުމކީ އޮޅިގެން ޖެހިފައި އޮތަ ކުރެހުމެއްތޯ/ފާހަގައެއްތޯ ބަލައި ގޮތެއް ނިންމުމަކަ އިންތިހާބުތަކާބެހޭ އާންމު ގާނޫނގު 56 ވަނަ މާއްދގާ (ހ) ގެ 5 ވަނަ ނަންބަރާ ޚިލާފު ކަމެއްކަމަށް ދެކެމެވެ. އަދި އެކަން ދެނެގަތުމަކީ މި ގާނޫނު ތަސައްވަރުކުރާ މަގުސަދު ނޫންކަން ވެސް އެނގެއެވެ. ވޯޓެއް ބާތިލުކަމަށް ކަނޑައެޅޭނެ ހާލަތްތައް ސަރީހަކޮށް މި ގާނޫނުގައި ލިޔެފައިވާ މަގުސަދަކީ ވޯޓެއް ބާތިލުކުރެވޭނެ ހާލަތްތައް ވީހާވެސް ސާފުކޮށް ބަޔާންކޮށްދިނުމެވެ. އަދި، ވޯޓު ދޭ މީހާއަކީ ކާކުކަން އަންގައިދިނުމުގެ ގޮތުން މިފަދަ ކުރެހުންތައް ކުރެހުން ނުވަތަ ފާހަގަލުން ހުއްޓުވުމެވެ.
42މި ވޯޓު ކަރުދާހުގައި އިހުތިޔާރުކުރި ކެންޑިޑޭޓާ ދިމާގައި ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ޖަހާފައި އޮތުމުން، މި ވޯޓަކީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބާތިލު ވޯޓެއްގެ ގޮތުގައި ބަލަންޖެހޭ ވޯޓެއްކަމަށް އަހުރެން ދެކެމެވެ.
43ސުހ އިބްރާހީމާ ސުވާލު އުފައްދާ ދެވަނަ ވޯޓު ކަރުދާހަކީ ޖަދުވަލު 7 ގެ ގޮތުގައި ހުށަހަޅާފައިވާ 17 ވަނަ ވޯޓު ކަރުދާހެވެ. މި ވޯޓު ކަރުދާހަކީ 4 އޭޕްރީލް 2026 ގައި ދ. މީދޫ ގައި ބހަ އްޓަ އަފައިވާ ނަންބަރު 208/M1.2 ވޯޓު ފޮށީގެ ވޯޓުތައް ގުނިއިރު ބާތިލު ވޯޓެއްގެ ގޮތުގައި ވޯޓު ފޮށީގެ ވެރިޔާ ކަނޑައެޅި ވޯޓެކެވެ. މި ވޯޓު ކަރުދާސް ބާތިލުކޮށްގެން ސުހާ އިބްރާހީމް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކމަށަ އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، މި ވޯޓު ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅުމުން އެ ޝަކުވާ ސުހާ އިބްރާހީމް، ވޯޓު ފޮށީގެ ވެރިޔާއަށް ހުށަހެޅިކަމާއި، ވޯޓު ފޮށީގެ ވެރިޔާގެ ނިންމުން ބަދަލު ނުކުރުމުން އެ ޝަކުވާ ކޮމްޕްލެއިންސް ބިއުރޯއަށް ވެސް ހުށަހެޅިކަން ސުހ އިބްރާހީމާ މައްސަލައިގައް ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮވެއެވެ.
4410 އޭޕްރީލް 2026 ގައި މި ވޯޓު ފޮށި ދެވަނަ ފަހަރަށް ގުނިއިރު ވެސް މި ވޯޓަކީ ބތާ ލ ވޯޓެއްކަމަށް ވޯޓު ފޮށީގެ ވެރިޔާ ކަނޑައަޅާފައިވެއެވެ. މި ވޯޓަކީ ބާތިލު ވޯޓެއްކަމަށް ވޯޓު ފޮށީގެ ވެރިޔާ ކަނޑައަޅާފައިވަނީ އިންތިހާބީ ޝަކުވާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ޖަވާބު ފޯމުގެ 4.1.2.13 ވަނަ ނުކުތާ. 4 މެއި 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުން ދެއްކި ވާހަކަތައް. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ޝަކުވާ/މައްސަލަ ހުށަހަޅަ ފޯމާ (05 އޭޕްރީލް 2026) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން، ކެންޑިޑޭޓުގެ ނަމާ ދިމާގައި އިތުރު ފާހަގައެއް ޖަހާފައިވާތީކަމަށ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
45ސުހ އިބްރާހީމާ ބަޔާންކުރާ ގޮތުން 17 ނަންބަރު ވޯޓު ކަރުދާހަށ ބަލާއިރް މި ފާހަގައިގެ ބައެއް އެހެން ގޮޅިއަކަށް އަރާ މިއީ ދެ ފާހަގައެއްކަމަށް ބަލާނެ ޖާގައެއް ނެތްކަމަށާއި، ވޯޓު ކަރުދާހުގ އެހެނެ އެއްވެސް ގޮޅިއެއްގައި މިފަދަ އެހެން އެއްވެސް ފާހަގައެއް ޖަހާފައި ނެތްކަމަށާއި، ފާހަގަ ފެށިފައިވަނީ އެއް ރޮނގަކުންކަމަށާއި، ފާހަގަ ދެވަނަ ފަހަރަށް ފެވިއިރު ވެސް ފާހަގައިގެ ފެށޭ ކޮޅާއ ނިމި ކޮޅު ގުޅޭކަމަށއި، ދެ ފާހަގައިގެ ދެމެދު ތިރިއަށްވާބައިގައި ކުޑަ ފަރަގެއް ހުރި ނަމަވެސް، މި ފާހަގައަކީ ކުރިން އަޅާފައިވާ ފާހަގަ ފަވާ ލުމުގެ ގޮތުން އެ ނިޔަތުގައި އަޅާފައިވާ ފާހަގައެއް ކަމަށެވެ. މީގެ އިތުރުން، މިފާހަގަ ޖެހި މީހާގެ ނިޔަތަކީ އޭނާ އިހުތިޔާރު ކޮށްފައިވާ ކެންޑިޑޭޓާ ދިމގައާ ފާހަގަ ޖެހުންކަމަށާއި އެކަން މި ވޯޓު ކަރުދާހަށް ބެލުމުން އެނގޭ ކަމަށެވެ. ރޮނގު ނުވަތަ އިތުރު ފާހަގަ އޮންނަންވާނެ ގޮތް ކަނޑައެޅި ބަޔާންކޮށްފައި ނުވާއިރު، މިކަން ކަނޑައަޅަނީ އެ ވަގުތު ވޯޓުލާ މަރުކަޒުރުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލްގެ ވިސްނުމާއި އެއްގޮތަށްކަން މި މައްސަލާގައި އަމަލުކޮށްފައިވާ ގޮތަށް ބެލުމުން އެނގޭކަމަށާއި، މިއީ ގާނޫނީ ބުރަދަނެއް ނެތް ނިންމުމެއް ކަމަށެވެ. އެހެންކަމުން 17 ވަނަ ވޯޓު ކަރުދާސް ބާތިލުކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމައެއް ނެތްކަމަށު ސުހ އިބްރާހީމާ ފާހަގަކޮށްފައި ވެއެވެ.
46ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ
(ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފާހަގަ ފުރިހަމަ ކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮންނަ އޮތުމަކުން ވޯޓު ބާތލި ނުވާނެ ހާލަތަކީ ޖަހާފައިވާ ރަނގަޅު ފާހަގައިގެ މަތިން، ޖަހާފައިވާ ފާހަގަ ބޯލްޑްވާ ގޮތުގެ މަތިން 1 ފާހަގަ ފެންނަން އޮތް ހާލަތުކަން ގާނޫނުގެ ބޭނުމަށް ބަލަންޖެހޭކަމަށެވެ. މިގޮތުން 17 ވަނަ ވޯޓު ކަރުދާހަށް ބަލާއިރު، ފާހަގައިގެ ފެށޭކޮޅާއ ނިމި ކޮޅު ޖހިފައެ ވީނަމަވެސް، ދެ ފާހަގަ ދޭތެރޭ އިތުރު ޖާގައެއް އޮތްކަމަށާއި، މިއީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ޅ) ގައި ބުނާފަދަ ފެވުމެއް ނޫން ކަމަށެވެ. ބުނެވުނު މާއްދާގައި ބަޔާންކުރަނީ ފާހަގަ އޮންނަންވާނީ ފާހަގައިގެ މަތިން ފެވިގެންދާގޮތަށް ކަމަށާއި، މި ވޯޓު ކަރުދާހުގައިވާ ފާހަގައަކީ އެފަދަ ފާހަގައެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
47ޕްރިސިޑެންސް 3ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގައެއް ޖަހާފައިވާނަމަ، އެއީ ސައްހަ ވޯޓެއްކަމުގައި ބަލަންވާނެކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ޅ) ގައި ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ފުރިހަމަ ކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދ ގޮތަށާ ރަނގަޅު ފާހަގައެއް ޖަހާފައި އޮންނަ އޮތުމަކުން އެ ވޯޓު ބާތިލެއ ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
48އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ބ) އަދި (ޅ) އަކީ ގާނޫނު ނަންބަރު 2024/3 (ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އިން އިތުރުކޮށްފައިވާ ދެ އަކުރެވެ.
49އިންތިހާބުތަކުގައި ވޯޓު ކަރުދާސް ބާތިލުވުން އިތުރުވަމއި، ވޯޓުލާ ކަރުދާހުގައި ރަނގަޅު ފާހަގައެއް ދެ ފަހަރަށް ފަވާފައި އޮވެގެން ވެސް ވޯޓު ކަރުދާސްތައް ބާތިލު ކުރަމުންދާކަން ފާހަގަކުރެވޭތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް މި އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަން މި ގާނޫނަށް އިސްލާހު ގެނައުމަށް ކުރެވުނު ބަހުސނު އެނގެއެވެ. 11 ފެބުރުވަރީ 2024 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އޭރުގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު ޢަލީ ހުސައިން ދައްކަވާފައިވާ ވާހަކަތަކަކީ މި މައްސަލައިގައި މި ކުރެވޭ ބަހުސާ ނުހަނު ގުޅުންހުރި ވާހަކަތަކަކެވެ. އެ ވާހަކަތަކުގެ ތެރެއިން މި މައްސަލައާ ގުޅުންހުރި ބައެއް ވާހަކަތައް ނަކަލުކޮށްލާނަމެވެ. މި އިސްލާހަކީ 2024 ފެބްރުއަރީ 11 ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް އަލުން ވިސްނުމަށް އަނބުރާ ފޮނުވުމުން، 2024 ފެބްރުވަރީ 28 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއިން އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ މަޖިލީހުން ފާސްކުރުމުން، ގެޒެޓްކޮށްފައިވަނީ 29 ފެބްރުވަރީ 2024 ގައެވެ. 19 ވަނަ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާ (05 ފެބްރުވަރީ 2024) "...އަޅުގަނޑުމެންނަށް އެބަ ފެނޭ އިންތިހާބުތަކުގައި ބައެއް ފަހަރަށް އާދަޔާ ޚިލާފަށް ބާތިލު ވޯޓު ގިނަވާކަން. އެހެން ނަމަވެސް، ވޯޓުލާ ކަރުދާހުގައި ނުވަތަ ވޯޓު ކަރުދާހުގައި ބައެއް ފަހަރަށް ފަވާފައި އޮވެގެން، ރަނގަޅު ފާހަގައެއް ވެސް ދެ ފަހަރަށް ފަވާފައި އޮތީމަ ވެސް ބާތިލުވާތީތާ މި ގޮތަށް އިސްލާހު ހުށަހަޅަންޖެހިފައ މި އޮތީ. އެހެންވީމާ، އެކަން މި އޮތީ ހިމަނާފައި. މިހާރު އިސްލާހު ހުށަހަޅާފައި މިވާ ގޮތުން ވޯޓުލާ މީހާގެ ނިޔަތް، ސާފުކޮށް ވަކި މީހަކަށް ވޯޓުލާފައި އޮތްކަމަށް ފެންނަން އޮވެއްޖ ކަމަށެ ވާނަމަ، އެ ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުން ހަމަ ރަނގަޅު ކަމެއް"...
50ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު ޢަލީ ޙުސައިންގެ މި ވާހަކައިގައި ފާހަގަކުރައްވާ ފަދަ ހާލަތެއް މި މައްސަލައިގައި ކުރިމަތި ވެފައިވާކަން ފާހަގަކުރެވެއެވެ. ބާތިލު ވޯޓު ކަރުދާސްތަކުގެ ތެރެއިން 17 ނަންބަރު ވޯޓު ކަރުދާހުގައި ޖަހާފައިވާ ހެޔޮ ފާހަގައިގެ މަތިން ފަވާފައިވކަނާ ފާހަގަކުރެވެއެވެ. ވޯޓުދިނ ފަރާތުން ވޯޓު ދީފައިވަނީ ކާކަށް ކަމާމެދު މި ވޯޓު ކަރުދާހުން އިތުރު ސުވާލެއް އުފެދޭ ފަދަ ޖާގައެއް ނެތެވެ. އަދި، އެ ހެޔޮ ފާހަގަ ފިޔަވައި ވޯޓު ކަރުދާހުގައި އިތުރު ކުރެހުމެއް އޮތްކަން ފާހަގަކުރެވޭކަށް ނެތެވެ. ކައުންސިލްގެ ރައީސްގެ މަގާމަށް ތާއީދުކުރި ކެންޑިޑޭޓާ ދިމާގައި ޖަހާފައިވާ ހެޔާ ފާހަގައިގެ މަތިން ފަވާފައިވާކަން އެނގެއެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނގު 56 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ މަގުސަދަކީ ވެސް މި ފަދަ ހާލަތްތަކުގައި ވޯޓު ދިނީ ކާކަށްކަން އެ ވޯޓު ކަރުދާހުން ސާފުކޮށް އެނގެން އޮތްނަމަ، އެ ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބެލުންކަން އެނގެއެވެ. އަދި، ވޯޓު ދިން ކެންޑިޑޭޓާ ދިމާގައި ޖަހާފައިވާ ހެޔޮ ފާހަގަ ފެވުމުގ ގޮތުނެ ކުރަހާ ރޮނގަކީ ނުވަތަ ފާހަގައަކީ އިތުރު ކުރެހުމެއްގ ގޮތުގައެ ބެލެވި ފަދަ ކަމެއް ނޫންކަން މި ގާނޫނަށް އިސްލާހު ގެނައުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދައްކަވާފައިވާ ވާހަކަތަކުން ސާފުވެއެވެ.
51މި އިސްލާހު ހުށަހަޅާފައިވާ މަގްސަދަށް ބަލާއިރު، ވޯޓުލާ މީހާގެ ނިޔަތް ސާފުކޮށް ވަކި މީހަކަށް ވޯޓުލާފައި އޮތްކަމަށް ފެންނަން އޮވެއްޖެ ކަމަށްވާނަމަ، އެ ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި ވޯޓެއް ބާތިލުކުރަންވާނީ އެނޫންވެސް ގޮތެއް ނެތިގެންކަން މެންބަރުން ފާހަގަކޮށްފައިވެއެވެ.
52މި ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގައިގެ މަތިން ފަވާފައިވާއިރު، އަދި މި ފާހަގައިގެ އިތުރުން، އިތުރު އެހެން އެއްވެސް ފާހަގައެއް، ނޫނީ ކުރެހުމެއް މި ވޯޓު ކަރުދާހަގައި ނެތުމުން، ވޯޓުލާ މީހާ އޭނާ ހިޔާރުކޮށްފައިވާ ކެނޑިޑޭޓަކީ ކޮބައިކަން ސާފުކޮށް އެނގެއެވެ. އެހެންކަމުން، މި ވޯޓަކީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސައްހަ ވޯޓެއްގެ ގޮތުގައި ބަލަންޖެހޭ ވޯޓެއްކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ.
53ސުހ އިބްރާހީމާ އެދިފައިވާ ކަންކަމުގެ ތެރޭގައި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ
(ހ) ގެ ދަށުން ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ ބާތިލްކުރުމަށްފަހު އަލުން ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށ އަމުރުކޮށްދިނުން ހިމެނެއެވެ.
54ޕްރިސިޑެންސް 4އިންތހިބެއް ބތާ ލުކޮށް އަލުން އިންތި ހިބު ބޭއްވޭނެ ހާލަތު ބަޔާންކުރަނީ އިންތާ ހިބުތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައެވެ. އެ މާއްދާގައި ބުނަނީ އަންނަނިވި ފަދައިންނެވެ. އިންތހިބު ބާތިލުކުރުން 65 (ހ) އިންތިޚާބެއްގެ ރަސްމީ ނަތީޖާ މި ޤާނޫނުގައިވާ ގޮތުގެމަތިން އިޢުލާންކޮށްފައިވަނިކޮށް، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި ތިރީގައިމިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށ ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގެ އިންތހިބު ބާތިލުކޮށް، އަލުން އިންތިޚާބު ބާއްވަންވނެއެވާ. 1- އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން . 2- އިންތިޚާބީ ޙައް ގެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން. 3- މި ޤާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްސަ ގނޫނާއ ނުވަތި އާ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ޢަމަލުކުރުން.
55އެ މާއްދާއަށް ބަލާއިރު އިންތހިބެއްގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފައިވަނިކޮށް، އެ ސަރީހަ އްދެއްގެ އިންތަ ހ ބާ ބާތިލުކޮށް، އަލުން އިންތިޚާބު ބާއްވައި ދިނުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، އިންތހިބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން، ނުވަތަ އިންތހިބީ ހއ ގްއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން، ނުވަތަ އިންތހި ބުތަކާބެހާ އާންމު ޤާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތހިބަކާބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ޢަމަލުކުރުމާއި، މިއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތހިބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށ ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތހިބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެކަމުގެ މައްޗަށް ބިނާކޮށް އިންތހިބެއްގެ އއިލާންކުރެވިފައިވާ ރަސްމީ ނަތީޖާ ބާތިލުކޮށް، އަލުން އިންތހިބު ބާއްވަން ޖެހެއެވެ.
56މި މައްސަލައިގައި އޮތް ޝަކުވާއަކީ، 4 އޭޕްރީލް 2026 ގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ދ. މީދޫގައި ބެހެއްޓިފައިވާ ނަންބަރު M1.2/208 ވޯޓު ފޮށީގެ ކަރުދާސް ގުނަމުން ދަނިކޮށް، ބާތިލް ބަންޑެލިން ފެނުނު 15 ވަނަ ނަންބަރު ވޯޓާއި 17 ވަނަ ނަންބަރު ވޯޓަކީ ބާތިލް ވޯޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާތީ އެކަމުގެ ޝަކުވާއެވެ. މި ހުށަހެޅުމުގައި، އިންތހިބުތަކާބެހޭ އާންމު ގނޫނުގާ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 3 ޙާލަތުންކުރެ ޙާލަތެއް ބަޔާންކޮށްފައި ނުވެއެވެ. ހަމައެހެންމެ، ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، މިއީ އެ ކަމުގެ ސަބަބުން މުޅި އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާ ކަމެއްކަމުގައި ނުފެނެއެވެ. ނުވަތަ މި މައްސަލައިގައި ހިމެނޭ ކަރުދާސްތަކާމެދ ގޮތެއު ނިންމުމަކުން އެ ވޯޓު ފޮށީގެ ހުރި އެހެން ވޯޓު ކަރުދާސްތަކުގެ ސއަ ހްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު SH/03-I-2014/HC ޤަޟިއްޔާ އަސަރެއް ފޯރާނެ ފަދަ ސަބަބެއް ހުށަހެޅިފައި ނުވެއެވެ. އެހެންކަމުން، މިމައްސަލައަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރާ ފަދައިން އިންތިޚާބު ބތާލުކުރަންޖެހޭފަދަ ޙާލަތެއް މި މައްސަލައިގައި ނެތްކަމުގައި ދެކެމެވެ.
57އިސްވެ ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ސުހާ އިބްރާޙީމް ސުވާލު އުފައްދާފައިވާ ދެ ވޯޓު ކަރުދާހުގެ ތެރެއިން 15 ނަންބަރު ވޯޓު ކަރުދާހުގ ގޮތުގައެ ފާހަގަކޮށްފައިވާ ވޯޓު ކަރުދާސް ބާތިލު ވޯޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ އެއްގޮތުގެ މަތިންކަމަށް ދެކެމެވެ.
58މ މައްސަލައިގައި ސުހާ އިބްރާޙީމް ސުވާލު އުފައްދާފައިވާ ދެ ވޯޓު ކަރުދާހުގެ ތެރެއިން 17 ނަންބަރު ވޯޓު ކަރުދާހުގ ގޮތުގައެ ފާހަގަކޮށްފައިވާ ވޯޓަކީ ބާތިލު ވޯޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ބ) އަދި (ޅ) އާ ޚިލާފަށްކަމަށް ކަނޑައަޅައި، މި ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލައި، އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަންޖެހޭކަމަށް ދެކެމެވެ.
59މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރަޢުޔަށު އަހުރެން ތާއީދު ކުރަމެވެ.
60މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރަޢުޔަށް އަހުރެނ ތާއީދު ކުރަމެވެ.
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 3، 51 (ހ)، 56 (ހ)(5)، (ނ)، (ބ)، (ޅ)، 58، 64 (ހ)(ށ)، 65 (ހ) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2024 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ އަދި 172 ވަނަ މާއްދާގެ (ހ) - ޝަކުވާ ހުށަހެޅި ފަރާތުން ހަވާލާދީފައި
- ގަވާއިދު ނަންބަރު R-48/2020 (އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދު) ގެ 47 ވަނަ މާއްދާގެ (ނ)
- ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގެ ބަހުސް (05 ފެބުރުވަރީ 2024)
- ހައިކޯޓުގެ 2014/HC-I-SH/03
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަލްއުސްތާޛު އަޙްމަދު ޝިފާޢ ލޯފަރމް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢާލިޔާ ޙަނީފް، މުޙައްމަދު ޔާމީން، ޔާމީން އެންޑް އެސޯސިއޭޓްސް
- ބެންޗު
- އިސްމާޢީލް ޝަފީޢު، ޢަބްދުﷲ ޖަމީލް މޫސާ، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- އިސްމާޢީލް ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް