ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/76
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ވ. އަޙްމަދު އައިމަން ލަޠީފް، 2023/HC-A/76
State Ilektrik Company Limited v. Ahmed Aiman Lateef 2023/HC-A/76 (2023/HC-A/76, High Court of the Maldives, 13 May 2025)
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ވ. އަޙްމަދު އައިމަން ލަޠީފް
މައްސަލައިގެ ޚުލާޞާ
ސްޓެލްކޯއަކީ ދައުލަތުގެ އިދާރާއެއްކަމަށާއި މަޢުލޫމާތަކީ 37 (ފ) ގެ ދަށުން ހާމަކުރަންޖެހޭ، އިސްތިސްނާއަކަށް ނުފެތޭ މަޢުލޫމާތުކަމަށް ބުނެ 7 ދުވަހުގެ ތެރޭގައި ދޫކުރުމަށާއި، އިންފޮމޭޝަން އޮފިސަރަކާއި މުރާޖަޢާ ކޮމިޓީއެއް ޢައްޔަނުކުރުމަށް ކޮމިޝަނަރު ނިންމިއެވެ.
ކޮވިޑް-19 ގެ ކުރިން ސްޓެލްކޯގެ ބޯޑު، ސީނިއަރ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތާއި މަޤާމުތަކުގެ ތަފްޞީލު ހޯދަން އެދުމުން، ތިންވަނަ ފަރާތުގެ ޒާތީ މަޢުލޫމާތު ކަމަށް ބުނެ ސްޓެލްކޯއިން ދޫނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރިއެވެ.
ސްޓެލްކޯއިން ބުނީ ކޮމިޝަނަރަށް ޤާނޫނުއަސާސީ މާނަކުރުމުގެ ބާރެއް ނެތްކަމަށާއި، ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚްޞަކަށްވާތީ ދައުލަތުގެ އިދާރާއެއް ނޫންކަމަށާއި، މުސާރައަކީ ޒާތީ މަޢުލޫމާތުކަމަށެވެ. ކޮމިޝަނަރުގެ އޮފީހުން ބުނީ ސުޕްރީމް ކޯޓުގެ 2021/SC-A/46 އިން މި ސުވާލު ނިމިފައިވާކަމަށާއި ޒާތީ މަޢުލޫމާތެއް ހޯދަން އެދިފައި ނުވާކަމަށެވެ.
މައިގަނޑު ސުވާލު
ސަރުކާރުގެ 100% ހިއްސާވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 (ޅ) ގެ ބޭނުމަށް ދައުލަތުގެ އިދާރާއެއްތޯ، އަދި ބޯޑު، ސީނިއަރ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި މަޤާމުތަކުގެ ތަފްޞީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު ނިންމުމަކީ ޤާނޫނުއަސާސީ މާނަކުރުމެއްތޯ ނުވަތަ ޒާތީ ދިރިއުޅުމުގެ ޙައްޤާ ތަޢާރުޟުވާ ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ޤާއިމް
ސުޕްރީމް ކޯޓުގެ ޓެސްޓުން ސްޓެލްކޯއަކީ ދައުލަތުގެ އިދާރާއެކެވެ؛ މުސާރައާއި މަޤާމުތަކުގެ މަޢުލޫމާތު 37 (ފ) ގެ ދަށުން ހާމަކުރަންޖެހޭ އަދި ވާދަވެރިން ނެތުމުން ބީއެމްއެލް މައްސަލައިގެ ވިޔަފާރީގެ ސިއްރުގެ އަސާސް ނުހިނގާތީ، ޒާތީ މަޢުލޫމާތު ނުހިމަނައި ދޫކުރަންޖެހޭކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިންފޮމޭޝަން ކޮމިޝަނަރު ސްޓެލްކޯއަކީ ޤާނޫނުއަސާސީގެ 23 (ކ) ގައިވާ އަސާސީ ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުންޏެއްކަމަށް ބަޔާންކުރުމަކީ ޤާނޫނުއަސާސީ މާނަކުރުމެއް ނޫން، ކަމެއްގެ ޙަޤީޤަތް އޮތްގޮތަށް ބަޔާންކުރުމެވެ؛ އެ ޙަޤީޤަތް ބަދަލުވެފައިވާނަމަ އެކަން ބަޔާންކުރަންޖެހޭނީ އެ ދަޢުވާ ކުރާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ސަރުކާރުގެ ހިއްސާވާ ކުންފުންޏަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 (ޅ) ގެ 'ދައުލަތުގެ އިދާރާ' އެއްތޯ ބަލާނީ ސުޕްރީމް ކޯޓުގެ 2021/SC-A/46 ގައި ކަނޑައެޅި ޓެސްޓުން (ސިޔާސަތާއި ހިންގުމުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުން ނުވަތަ ސިޔާސަތެއް ތަންފީޛުކުރުން، ދައުލަތުގެ ބަޖެޓުން މާލީ އެހީ) ކޮންމެވެސް ޝަރުޠެއް ފުރިހަމަވޭތޯ ބަލައިގެންނެވެ؛ މި ސުވާލަކީ އަލުން ބަހުސްކުރެވޭނެ ސުވާލެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ކުންފުންޏާބެހޭ ޤާނޫނުގެ 15 (ހ) ގައި ކުންފުންޏަކީ މެންބަރުންނާ ވަކި ޤާނޫނީ ޝަޚްޞެއްކަމަށް ބުނިނަމަވެސް، ސަރުކާރު ކުންފުނިތަކާބެހޭ 98 ވަނަ މާއްދާގައި އެފަދައިން ނުބުނާތީއާއި ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް އާއި ޤާނޫނު ނަންބަރު 3/2013 އަށް ބަލާއިރު، ސަރުކާރު ކުންފުންޏަކީ ސަރުކާރާ މުޅިން ވަކިވެފައިވާ ޝަޚްޞެއްކަމަށް ނުބުނެވޭނެއެވެ؛ ޤާނޫނުގެ އެއްބައި ކިޔައި އަނެއްބައި ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-29)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއްގެ ނަތީޖާއަކީ (މިސާލަކަށް ބީއެމްއެލްގެ މުސާރައިގެ މަޢުލޫމާތު ދޫނުކުރުން) ހުރިހާ މައްސަލައަކަށް ތަޠުބީޤުކުރެވޭނެ ކަމެއް ނޫން، ތަޠުބީޤުކުރެވޭނީ އެ ނަތީޖާއަށް ވާޞިލުވުމަށް ގެންގުޅުނު ރޭޝިއޯއެވެ؛ މަޢުލޫމާތަކީ އިސްތިސްނާ ޙާލަތަކަށް ފެތޭ މަޢުލޫމާތުތޯ ކޮންމެ މައްސަލައެއްގައި ވަޒަންކުރަންވާނެއެވެ. ވާދަވެރި ކުންފުނިތަކެއް ނެތް ޢާންމު ޚިދުމަތެއް ދޭ ކުންފުންޏަކަށް ވިޔަފާރީގެ ސިއްރުގެ އަސާސް ހިންގިދާނެކަމަކަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36، 39-40)
- ދައުލަތުގެ އިދާރާގެ މުވައްޒަފުންނަށް ދޭ މުސާރައަކީ އޭގެ ޒާތުގައި ސިއްރުކުރެވޭނެ މަޢުލޫމާތެއް ނޫނެވެ، އަދި ހުރިހާ ޙާލަތެއްގައި ވިޔަފާރީގެ ސިއްރެއްވެސް ނޫނެވެ؛ މަޤާމުތަކުގެ ޢަދަދާއި އެ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ ޢަދަދުވެސް އިސްތިސްނާ ޙާލަތެއްގެ ދަށުން މެނުވީ ސިއްރުނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 (ހ) އާއި (ފ) ގެ ދަށުން ދައުލަތުގެ އިދާރާގެ އޮނިގަނޑާއި ހުރިހާ މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތް މަދުވެގެން އަހަރަކު އެއްފަހަރު އަމިއްލަ އިސްނެގުމުން ޝާއިޢުކުރުމަކީ ޤާނޫނުން އުފައްދާފައިވާ އިލްތިޒާމެކެވެ؛ އެއިން ރެކެވޭނީ ޤާނޫނުގައިވާ ނުވަތަ ކޯޓުން ބަޔާންކުރި އިސްތިސްނާއެއް ދެއްކިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38، 44)
- ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓަށް ދޭ މުސާރައާއި އިނާޔަތް އެނގުމަކީ ރައްޔިތުންގެ މަޞްލަޙަތު އޮތް ކަމަކާއި، ހާމަކުރުމަކީ ޤާނޫނީ މަންހަޖެވެ؛ ދަށް ގިންތީގެ މަޤާމުތަކުގެ މުސާރަ ހާމަކުރަންޖެހޭނީ ޙާލަތަށް ބަލައި ކަމުގައިވިޔަސް، މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ނުހިމެނޭގޮތަށް މަޤާމަކަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތާއި މަޤާމުތަކާއި މުވައްޒަފުންގެ ޢަދަދު ހިފެހެއްޓުމުގެ އިޚްތިޔާރެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-44)
- މަޤާމަކަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތް ހާމަކުރުމަކީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ރައްކާތެރިކުރާ ޒާތީ ކަމެއް ނޫނެވެ؛ ނަމަވެސް މުވައްޒަފުގެ ނަމާއި ކާކުކަން އަންގައިދޭ ނަންބަރު ފަދަ ޒާތީ މަޢުލޫމާތު ހާމަކުރާކަށް ނުޖެހޭނެއެވެ (ޤާނޫނު ނަންބަރު 1/2014 ގެ 23 (ހ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45-47)
- ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ހޯދަން އެދޭ ފަރާތާ އެއްކޮޅަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމުގެ އިލްތިމާސް ނިމޭގޮތުން އެ ފަރާތުގެ މަޞްލަޙަތަށް އަސަރުކުރާތީ، އެ ފަރާތަށް އިސްތިއުނާފު ރައްދުކޮށް އިންފޮމޭޝަން ކޮމިޝަނަރު ތަދައްޚުލްކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމަކީ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5-6، 48)
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 (ށ) ގައި ކޮމިޝަނަރުގެ ނިންމުމެއް ޝަރުޢީ ކޯޓަކުން ބެލޭނީ އިލްތިމާސްގެ މަރުޙަލާގައި އެކަނިކަމަށް ބުނާތީ، މި ނިންމުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ އިޖުރާއަތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52 - ފަނޑިޔާރު ފަރްހީޒާ މި ޕެރެގްރާފަށް ތާޢީދު ނުކުރެއެވެ)
ތާޢީދުކުރެއެވެ.) މައްސަލައިގެ ތަޢާރފަ
1މިއީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު: 16/1A/202-ICOM އިން ނިންމި ނިންމުން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ނިންމުން އލްތިމާސްކުރުމަށި އެދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ("އިސްތިއުނާފުކުރާ" ނުވަތަ "ސްޓެލްކޯ)" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުމަށް ހަމަޖެހުނު މިކޯޓުގެ ނަންބަރު:2022/HC-A/142 ޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށް ސްޓެލްކޯ އިން ޙާޟިރު ނުވުމުގެ ސަބަބުން، އެޤާޟިއްޔާ ބާޠިލު ކުރުމުން، އެމައްސަލަ ސްޓެލްކޯއިން ދެވަނަ އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތކަ […] / އަޙްމަދު އައިމަން ލަޠީފް ("އިސްތިއުނާފު ރައްދުވާ" ނުވަތަ "އައިމަން") އެވެ.
2އިންފޮމޭޝަން ކޮމިޝަނަރުގެ މިނިންމުން، ސްޓެލްކއިނޯ އިސްތިއުނާފުކުރުމުން، އިންފޮމޭޝަން ކޮމިޝަނަރަށް މިމައްސަލައިގ ތެރެއަށް ތަދައްޚުލްވުމުގެ ފުރުސަތު އޮތްކަން މިކޯޓުން އެންގުނެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ("އައިކޮމް") މިމައްސަލައަށް ތަދައްޚުލްވެފައިވެއެވެ. ރަޖިސްޓްރޭޝަން ނަންބަރު: 0486/20212-C 2023 ޖަނަވަރީ 19 ވަނަ ދުވަހުގެ 11:00 އަށް ސްޓެލްކޯއަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވުމަށް ފޮނުވުނު ނަންބަރު B2/CHT/2023/120-95 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުވެ، އެއަމުރުގައިވާ ގަޑިއަށް ޙާޟިރުވެފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އެޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލްކުރެ ވުނީއެވެ. އައި.ޑީ.ކާރޑް ނަންބަރު: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B2/460/2023/2-95 ސިޓީ (20 މާރިޗް 2023) މައްސަލައިގެ އިދާރީ ބައެއްކަންކަން ދިޔަގޮތް:
3އިދާރީ ފިޔަވަޅު އެޅުމުގެ ތެރެއިން، ސްޓެލްކޯއިން ހުށަހެޅި މި މައްސަލައިގެ އިސްތިއުނާފު ފޯމުގެ ކޮޕީ އާއި ލިޔުންތައް، އައިމަންއަށް ފޮނުވުމުން 02 މާރޗް 2023 އެލިޔުންތަކާއި ޙަވާލުވެފައިވެއެވެ. އައިމަންއަށް ފޮނުވި، އިސްތިއުނާފު ފޯމުގައި، އިސްތިއުނާފު ރައްދުކޮށްފައި އޮތީ، އައިކޮމއަށް ކަމަށްބުނެ، 08 އޮގަސްޓް 2023 ގައި އެކަން މިކޯޓަށް އައިމަން އެންގިއެވެ. މިކަން ބެލިބެލުމުން، ސްޓެލްކޯއިން މިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ އަޞްލު ބެލިއިރު، އެފޯމުގައި އިސްތިއުނާފު ރައްދުކޮށްފައި އޮތީ، އައިމަންއަށްކަން ސާފުވާތީ، އެފޯމްގެ ކޮޕީއެއް 08 އޮގަސްޓް 2023 ގައި އައިމަނއަށް މެއިލްކުރެވުނެވެ. އައިކޮމްއަށް އސްތިއުނާފި ރައްދުކޮށްފައި އޮތް ފޯމެއްވެސް މިމައްސަލައިގެ ތެރޭގައި އޮތުމުން، އެކަންވީ ގޮތް ސާފުކުރެވިފައިވެއެވެ.
4ސްޓެލްކޯއިން އިސްތިއުނާފު ރައްދުކޮށްފައިވަނީ އައިމަންއަށް ކަމަށްވާތީ، 52 ސެޕްޓެމްބަރ 2024 ގައި އިޖުރާއީ އިޢުތިރާޒެއް އައިމަން ހުށަހެޅިއެވެ. މި އިޖުރާޢީ އިޢުތިރާޟްގައި އައިމަން ބަޔާންކޮށްފައިވަނީ، ސްޓެލްކޯއިން ހޯދުމަށް އެދިފައިވާ ފަރުވާތަކަކީ އިންފޮމޭޝަން ކޮމިޝަނަރަށް ދެވޭނެ ފަރުވާތަކެއް ކަމަށްވާތީ، އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އައިމަން ހިމަނައިގެން މިމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މިއިޖުރާއީ ނުކުތާ ހުށަހަޅާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 287 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތް ފާއިތުވިފަހުން ކަމަށބް ނ، މިނުކުތާ ބަލައި ނުގަތުމަށް ސްޓެލްކޯއިން އެދިފައިވެއެވެ. އަޙްމަދު އައިމަން ލަތީފްގެ ފަރާތުން ފޮނުވި ފޯމާއި ސެކްޝަންގައ އޮތި އިސްތިއުނާފު ފޯމާއި އަޅާ ކީއިރ އިސްތިއުނާފު ރައްދުވު ފަރާ ތުގެ ނަން ފިޔަވައި އިތުރު އެއްވެސް ބަދަލެއް މި ދެ ފޯމު ގައި ނެތެވެ. އެހެންކަމުން މިއީ، އިސްތިއުނާފުކުރާ ފަރާތުން ފޯމު ސެޓްގެ ކޮޕީ ހުށަހެޅިއިރު ދިމާވިކަމަށް ބެލެވެއެވެ. 25 ސެޕްޓެމްބަރ 2024 ގައި އައިމަންގެ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟް ޤާނޫނު ނަންބަރު: 32/2021 25 ސެޕްޓެމްބަރ 2024 ދުވަހު ބޭއްވުނު އަޑުއެހުމުގައި ސްޓެލްކޯގެ ވަކީލުންގެ ފަރާތުން ދެއްކި ބަޔާން
5ޕްރިސިޑެންސް 9ޙަޤީޤަތުގައި، އައިމަންގެ ފަރާތުން، އިޖުރާއީ އިޢުތިރޟްގ ގޮތުގައެ ފާހަގަކޮށްފައިވާ ނުކުތާއަކާ މިމައްސަލަ މިކޯޓަށް ފުރަތަމަ ހުށަހެޅުމުން، ހިންގުނު، ނަންބަރު 2022/HC-A/142 ޤަޟިއްޔާ ގެ ތެރެއިންވެސް ނެގި ނުކުތާއެކެވެ. ނަމަވެސް، މިމައްސަލައަށް އައިކޮމް ތަޛައްޚުލްވެފައިވާތީ، 19 ޖަނަވަރީ 2023 ގައި އައިމަންގެ ފަރާތުން މިނުކުތާ އަނބުރާ ގެންގޮސްފައިވެއެވެ.
6މިހާރު މިހިންގާ މައްސަލައަކީ، ދެވަނަ ފަހަރަށް ސްޓެލްކޯއިން ހުށަހެޅި މައްސަލަކަމަށްވެފައި، އައިކމޮ އިން މިމައްސަލައަށް ތަދައްޚުލުވެފައިވާތީ، އައިމަން ކުރިން ހުށަހެޅި އިޖުރާއީ އިޢުތިރާޟް އަނބުރާ ގެންގޮސްފައިވަނީ، އައިކމޮ މިމައްސަލައަށް އޭރު ތަދައްޚުލުވުމުން ކަމަށްވާތީ، މިހާރު މިހިންގާ މައްސަލައިގައިވެސް އައިމަން އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ނިންމާފައިވެއެވެ. މައްސަލައިގއަ ކަންހިނގާފައިވާ ގޮތް؛
7ކޮވިޑް -19 ގެ ޙާލަތުގެ ކުރިން ސްޓެލްކޯގެ މުވައްޒަފުންނަށް ދީފައިވާ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލް (ބޯޑު ޑިރެކްޓަރސް، ސީނިއަރ މެނޭޖެމަންޓް ސްޓާފުން، އަދި ސްޓެލްކޯގެ މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް) ވަކިވަކިން އެނގޭނެހެން ހޯދުމަށާއި، ސްޓެލްކޯގެ މަސައްކަތްކުރާ މުވައްޒަފުންގެ މަޤާމުތަކުގެ ތަފްސީލް އެނގޭނެހެން ހޯދުމަށް އެދި އައިމަން ސްޓެލްކޯއަށް ހުށަހެޅިއެވެ. 31 ޖުލައި 2022 ގައި އަޙްމަދު އައިމަން ލަޠީފްގެ ފަރާތުން ހުށަހެޅި އިޖުރާއީ ޢިއުތިރާޒް ހިސާނ އެންޑް ސަފާ އެލް.އެލް.ޕީގެ ނަންބަރު FZ/H&S/2023/17 ސިޓީ (19 ޖަނަވަރީ 2023) 26 ނޮވެންބަރު 2024 ދުވަހު ބޭއްވުނު އަޑުއެހުމުގައި ބެންޗުން އިޖުރާއީ އިޢުތިރާޒް ބަލައިނުގަތުމަށް ނިންމާ މައްސަލައިގެ ހިމެނޭ އެންމެހާ ފަރާތްތަކަށް އެކަން އެންގި އައިމަން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މަޢުލޫމާތު ކަމަށްބުނެ، އެމަޢުލޫމާތު ދެވެން ނެތްކަމަށް ސްޓެލކް އިނ އައިމަނއްށް ޖަވާބުދީފައިވެއެވެ.
8ސްޓެލްކގޯ މިނިންމުން، މުރާޖަޢާ ކޮށްދިނުމަށް އެދި އައިމަން ސްޓެލްކޯއަށް ހުށަހެޅިއެވެ. ނަމަވެސް މަޢުލޫމާތާ ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގައި ބަޔާންކުރާ މުރާޖަޢާ ކުރުމުގެ މުއްދަތު ހަމަވީއިރުވެސް ސްޓެލްކޯއިން ޖަވާބެއް ދީފައެއްނުވެއެވެ. އެހެންވެ، އިންފޮރމޭޝަން ކޮމިޝަނަރަށް މިމައްސަލަ އައިމަން އިލްތިމާސްކުރިއެވެ. ސްޓެލްކޯއިން މިކޯޓުގައި އިސްތިއުނާފުކޮށްފައި މިވަނީ އިންފޮމޭޝަން ކޮމިޝަނަރަށް އައިމަން އިލްތިމާސްކުރި މައްސަލް ބަލައި އިންފޮމޭޝަން ކޮމިޝަނަރ ނިންމިގޮތެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން:
9އައިކޮމްގެ ނަންބަރު 16/1A/202-ICOM ނިންމުމުން ނިންމާފައިވަނީ؛ "1. ޤާނޫނު ނަންބަރު:2014/1 (މަޢުލޫމާތާ ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ޅ) ގައި ދައުލަތުގެ އިދާރާކަމަށ ބަޔާންކޮށްފައިވް ބައިތަކުގެ ތެރޭގައި ދައުލަތުގެ މަސްޢޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނެއް ހިމެނޭކަމަށް ބަޔާންކޮށްފައިވީހިނދު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަކީ ކަރަންޓުގެ ޚިދުމަތްތަކާއި އެ ޚިދުމަތްތަކާއި ގުޅިގެން ހިންގޭ އެކިއެކި ޕްރޮޖެކްޓްތައ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏަކަށްވެފައި، އެކުންފުނީގެ މަސްޢޫލިއްޔަތަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ކުންފުންޏެއްކަމުގައިވާތީ، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތާ ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ދައުލަތުގެ އިދާރާއެއްކްމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ހިމެނޭތީ، މައްސަލަ ހުށަހެޅި ފަރާތުން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ހާމަކުރަންޖެހޭނެ މަޢުލޫމާތުކަމުގައި ދެކެމެވެ.
2. އަޙްމަދު އައިމަން ލަޠީފް އެދިފައިވާ މަޢުލޫމާތަކީ ޤާނޫނު ނަންބަރު:2014/1 (މަޢުލޫމާތާ ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ފ) ގައި ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް ހާމަކުރުމަށް ލާޒިމްކުރާ މަޢުލޫމާތެއްކަމަށާއި، މި މަޢުލޫމާތަކީ އިސްވެ ދެންނެވުނު ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ އިސްތިސްނާ ޙާލަތަކަށް ފެތޭ މަޢުލޫމާތެއް ނޫންކަން ފާހަގަކޮށް އެމަޢުލޫމާތު މައްސަލަ ހުށަހެޅި ފަރާތަށް 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދޫކުރުމަށް ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ.
3. މީގެ އިތުރުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މީގެ ފަހުން ހުށަހަޅާ ހުށަހެޅުންތަކަށް މައްސަލަ ހުށަހަޅާ ފަރާތަށް ޤާނޫނުގެ ދަށުން ވީހާވެސް އަވަހަށް ރަސީދު ދިނުމާއެކު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މީގެ ފަހުން ހުށަހަޅަ ހުށަހެޅުންތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޖާބަދިނުމަށާއި، ރައްޔިތުންނަށް މަޢުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރެއް އައްޔަނުކުރުމަށާއ އަދި އެ ކުންފުނީގައި މުރާޖޢަ ކޮމެޓީއެއް އެކުލަވައިލުމަށްފަހު 07 (ހަތެއް) ދުވަހުގެ ތެރޭގައި މި އޮފީހަށް އެންގުމަށް އަންގަމެވެ." މިފަދައިންނެވެ.
10އައިކޮމްގެ ނަންބަރު 16/1A/202-ICOM ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ނިންމުން ސްޓެލްކޯއިން އިސްތިއުނާފުކޮށޯ ހުށަހަޅާފައިވާ ނުކުތާ ތަކަކީ:
1.10. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤނޫނުއަސާސީގާ 143 ވަނަ މާއްދާއާއި ޚިލާފަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ މާނަކުރުންކަމަށްބުނެ ހުށަހެޅި ނުކުތާ،
2.10. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކުރުމުގައާއި، ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ޅ) މާނަކޮށް ތަޠުބީޤުކުރުމުގައި، އެމާއްދާތަކުގެ ނައްސުތަކުގައި ނުހިމެނޭކަންކަން ހިމެނުމާއެކު، ޤާނޫނީ އުސޫލުތަކާއި ޚިލާފަށް މާނަކޮށް ތަޠުބީޤުކުރުންކަމަށްބުނެ ހުށަހެޅި ނުކުތާ،
3.10. ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ މަފްހޫމާއި ޤާނޫނީ އުސޫލާއި، ޤާނޫނީ ބާރު ނަފީވާގޮތަށް ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 72 ވަނަ މާއްދާގެ (ޅ) މާނަކުރުންކަމަށް ބުނެ ހުށަހެޅި ނުކުތާ،
4.10. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުވެގެންވ އަސާސާ ޙައްޤުތައް ނަފީވާގޮތަށް ޒާތީ މަޢުލޫމާތު ހާމަކުރުމަށް ލާޒިމްކުރާކަމަށްބުނެ ހުށަހެޅި ނުކުތާ.
11ސްޓެލްކޯއިން އިސްތިއުނާފީ ނުކުތތައާ ތަފްޞީލް ކޮށް އިސްތިއުނާފު ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިނުކުތާތަކާއ ގުޅި ގޮތުން، ޝަރީޢަތުގެ މަޖިލީހުގައި ސްޓެލްކޯއިން ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްޞީލު ތަކަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ބަޔާން ކުރާނަމވެ.
1.11. އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން ސްޓެލްކޯގެ ފަރާތުން ބުނެފައިވަނީ އައިކޮމް އަކީ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ނުވާހިނދު، އެފަރާތަށް ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ މާނަކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް އަދި އިޚްތިޞާޞެއް ލިބިގެންވާކަމުގައި ބެލެވޭނޭ އަސާސެއް ނެތްކަމަށާއި، އެފަދަކަމެއް ކުރުމުގެ ބާރެއް ނުވަތަ އިޚްތިސާސެއް ލިބިފައިނުވާނަމަ، އެފަރާތުން ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ މާނަކުރިކުރުން،ޞައްޙަކަމުގައި ބެލެވޭނެ ޤާނޫނީ އަސާސެއް ނެތްކަމަށެވެ.
2.11. އިސްތިއުނާފީ ދެވަނަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ނައްޞުގައި 09 ފަރާތެއްގެ މައްޗަށް އެޤާނޫނު ހިނގާނޭކަމަށާއި، ދައުލަތުގެ އިދާރާގެ ގޮތުގައި އެފަރާތްތައް ބެލެވޭނޭކަމުގައި ބަޔާންކޮށްފައިވާކަމަށާއި، ނަމަވެސް އެމާއްދާގައި ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ
(ހ) ގެ ދަށުން ޤާއމުވެފައިވި ކުންފުނިތައް ހިމެނިފައި ނެތްކަމަށެވެ. މީގެ އިތުރުން، ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ މާނަކުރުމުގައި، އައިކޮމްއިން ގެންގުޅެފައިވާ ޤާނޫނީ އޞު ލުތަކަކޫ އެމާއްދާގައި ބަޔާންކުރާ ކަންކަމާއި ޚިލާފު އުސޫލުތަކެއް ކަމަށެވެ. މިހެން ދެކޭ ސަބަބުތައް ސްޓެލްކޯއިން އިސްތިއުނާފު ފޯމުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.
3.11. އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، ކުންފުންޏާބެހޭ ޤާނޫނު ގެ 15 ވަނަ މާއްދާގެ (ހ) ގައި ކުންފުންޏެއް ރަޖިސްޓްރީވުމުގެ ނަތީޖާއަކީ ކުންފުނީގެ މެންބަރުންނާއް ވަކިން އުފެދިފައިވާ ޤާނޫނީ ޝަޙްސެއްކަމަށް ވުން ކަމަށާއި، މެންބަރުންނާއި ވަކިން ކުންފުނީގެ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދައި ލިބިގަތުމާއި މިލްކު ކުރުމުގެ އިތުރުން އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިގެން ވުން ކަމަށެވެ. އަދި މި އުސޫލު ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް ނަފީވާފަދަ އެއްވެސް މާއްދާއެއް ނުވަތަ ބަޔާންކުރުމެއް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ނުވަތަ އެޤާނޫނުގެ އެހެންވެސް މާއްދާއެއްގައި ނުވާކަމަށެވެ. މީގެ އިތުރުން، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އަކީ ޤާނޫނުއަސާސީއާއި ފުށުއަރާ މާއްދާއެއްކަމގައު ނުވަތި ބާޠިލު މާއްދާއެއްކަމުގައި އިޚްތިޞާޞް ލިބިގެންވާ އެއްވެސް ކޯޓަކުން ކަނޑައަޅާފައިނެތަތީ، ދައުލަތުގެ މިމައްސަލައިގައި ޙަވާލާދެވޭ ކުންފުންޏާބެހޭ ޤާނޫނަކީ ކުރިން ޢަމަލު ކުރަމުންދިޔަ ޤާނޫނު ނަންބަރު 96/10 އެވެ. ވިޔަފާރި ތަންތަންވެސް އުފެދިފައިވަނީ ދައުލަތާއި ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ޝަޙްސެއގް ގޮތުގައި ކަމަށެވެ. މީގެ އިތުރުން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނގައު އެފަދަ، ލަފްޒެއް ބޭނުންކުރުމެއްނެތި ދައުލަތުގެ އިދާރާތަށ ބަޔާންކޮށް މާނަކުރުމުން، ޤާނޫނު ހެދުމުގެ ބާރު ލިބިގެންވާ ރައްޔިތުންގެ މަޖިލީހުން، މި ޤާނޫނު ފާސްކުރުމުގައި، ދައުލަތުގެ ވިޔަފާރި ތަންތަނުގެ މައްޗަށް އިސްވެ ބަޔާންކޮށްފައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ތަޠުބީޤުކުރުމަށް ނޭދޭކަމުގައި ބަލަން ޖެހޭކަމަށެވެ. އަދި މިކަންކަން ތަފްސީލީ ގޮތެއްގައި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.
4.11. އިސްތިއުނާފީ ހަތަރުވަނަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ، ކޮންމެ މީހެއްގެވެސް އާމްދަނީ އާއި ފުދުންތެރިކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދއާއާ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ކަށަވަރުވެފައިވާ ޙައްޤުތަކާއި ގުޅިލާމެހިފައިވާ ކަންކަންކަމަށާއި، އަދި އެޙައްޤުތައ ޙިމާޔަތްކޮށް ކުރިއެވުމުގެ ވާޖިބު ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާކަމަށެވެ. މީގެ އިތުރުން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ ދަށނު މުވައްޒަފަކަށް ލިބިދެވޭ އުޖޫރައިގެ ތަފްސީލުތައް ބަޔާންކުރާ މުސާރައިގެ ބަޔާން ވަޒީފާދޭ ފަރާތަށް ހިއްސާކުރެވޭނީ ހަމައެކަނި އެމުވައްޒަފަކާ ކަމަށާއި، ވަޒީފާދޭ ފަރާތުގެ އެތެރޭގެ ހިންގުމުގައިވެސް ނުހިމެނޭ ފަރާތްތަކަށް އެފަދަ މަޢުލޫމާތުތައް ހިއްސާކޮށް ހާމަކުރުމަކީ ވަޒިފާދޭ ފަރާތަށް ލިބިގެންވާ ބާރެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމަށެވެ. މިކަންކަމުގެ ތަފްސީލް ބަޔާންކުރަމުން ބުނެފައިވަނީ މިސަބަބުތަކަށްޓަކައި އިންފޮމޭޝަން އޮފިސަރުގެ ފަރާތުން މައްސަލަ ހުށަހަޅާ ފަރާތަށް އަންގާފައިވާ އެންގުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ އެންގުމެއްކަމަށެވެ.
12އ ސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ:
1.12. އިންފޮމޭޝަން ކޮމިޝަނަރު އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ކޯޓެއްކަމުގައިނުވާ ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ މާނަކުރުމުގެ އެއްވެސް އިޚްތިޞާޞެއް ނުވަތަ ޤާނޫނީ ބާރެއް އެފަރާތަށް އަދި އެފަރާތުގެ އޮފީހަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދެއްވުމަށާއި؛
2.12. އިންފޮމޭޝަން ކޮމިޝަނަރު އަދި އ ނފް މޭޝަން ކޮމިޝަނަރުގެ އޮފީހަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގޮ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ މާނަކުރުމުގެ ބާރު ނެތްކަމަށާއި، އެމާއްދާ މާނަކޮށްފައިވަނީ އެމާއްދާގެ ނައްޞުގައި ނުހިމެނޭ ކަންތައްކެއްގެ މައްޗަށް ބިނާކޮށް، އެމާއްދާގެ މަޤުޞަދާއި ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި؛
3.12. ދައުލަތުގެ އިދާރާތަކަކީ ކޮބައިކަމާއި، އެފަދަ އިދާރާއެއްގެ ބާރުތައް އަދި ބައިވެރިން ކަނޑައެޅުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރު އަދި އެފަރާތުގެ އޮފީހަށް ލިބިގެންނުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި،
4.12. ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ މަފްހޫމާއި، ޤާނޫނީ އުސޫލާއި، ޤާނޫނީ ބާރު ނަފީވާގޮތަށް ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތާ ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ޅ) މާނަކުރެވޭނޭ އެއްވެސް އަސާސެއް ނެތްކަމަށާއި، އެފަދައިން ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ޅ) މާނަކުރުމުގެ ޤާނޫނީ ބާރު އިންފޮމޭޝަން ކޮމިޝަނަރު އަދި އެފަރާތުގެ އޮފީހަށް ލިބިގެންނުވާކަމަށް ކަނޑައަޅުއްވާދެއްވުމަށާއި،
5.12. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ އަދި އެޤާނޫނުގެ 33 ވަނަ މާއްދާ، އަދި "ޔުނިވަރސަލް ޑެކްލެރޭޝަނ އޮފް ހިއުމަން ރައިޓްސް" (Universal Declaration of Human Right) ގެ 12 ވަނަ މާއްދާ، އަދި "އިންޓަރނޭޝަނަލް ކވޯ ނަންޓެ އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" (International Covenant on Civil and Political Rights) ގެ 17 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތުގެ މުވައްޒަފުން ހިމެނޭގޮތަށް، ކޮންމެ ދިވެހި ރައްޔިތަކަށް އަދި ފަރުދަކަށް ކަށަވަރުވެގެންވާ ޒާތީ ދިރިއުޅުމުގެ ޙައްޤު އަދި އަނބުރު ރައްކާތެރިކުރުމުގެ ޙައްޤު ނަފީވާގޮތަށް، "އިންޑިވިޖުއަލ ޕަރސަނަލް އައިޑެންޓިޓީ" އެއް ނުވަތަ ވަކި ފަރުދެއް ދެނެގަނެވޭގޮތަށް އެފަރާތުގެ އުޖޫރަ ހާމަކުރުމަށް އަންގާފައިވާ އެންގުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ކަށަވަރުވެފައިވ އަސާސާ ޙައްޤުތަކާއި ޚިލާފު އަދި ބާޠިލު އެންގުމެއްކަމުގައި ކަނޑައަޅުއްވައިދެއްވުމަށާއި،
6.12. މައްސަލަ ހުށަހަޅާ ފަރާތަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މީގެ ފަހުން، ހުށަހަޅާ ހުށަހެޅުންތަކަށް ޤާނޫނުގެ ދަށުން ވީހާވެސް އަވަހަށް ރަސީދު ދިނުމާއެކު، މިޤާނޫނު ދަށުން މީގެ ފަހުން ހުށަހަޅާ ހުށަހެޅުންތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޖާބަ ދިނުމަށާއި، ރައްޔިތުންނަށް މަޢުލޫމާތު ދޫކުރުމުގެ މަސްޢޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރެއް ޢައްޔަނުކުރުމަށާއި، އަދި މައްސަލަ ހުށަހަޅާ ފަރާތުގެ މުރާޖަޢާ ކޮމިޓީއެއް އެކުލަވާލުމަށް އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމުގައި ކަނޑައަޅުއްވައިދެއްވުމަށެވެ.
13އައިމަންގެ ފަރާތުން ޖަވާބގައު ބުނެފައިވަނީ އައިމަންގެ މައްޗަށް މިމައްސަލަ މިހެން ހުށަހެޅިދާނެކަމަށް ނުދެކޭކަމަށެވެ. ސަބަބަކީ އިސްތިއުނާފީ ނުކުތާތަކަށާއި އިސްތިއުނާފުކުރާ ފަރާތުން އެދޭ ފަރުވާއަށް ބަލާއިރުވެސް މިކަންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުދާރީ ނުވެވޭނެތީ ކަމަށެވެ.
14މީގެ އިތުރުން، މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މަޢލޫމާތަށު އެދް ފަރާތުގެ ހައިޞިއްޔަތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ޖަވާބުދާރީ ވެވޭނެ ކަންތައްތަކެއްކަމުގައި ނުދެކޭކަމަށެވެ. އަދި މިޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުން އިސްތިއުނާފު ކުރުމުގެ އިލްތިމާސް މަރުހަލާގައި އެކަން ކުރަންޖެހޭނީ އިންފޮރމޭޝަން ކޮމިޝަނަރާއި ދެކޮޅަށްކަމަށވެ.
15އައިމަންގެ ފަރާތުން އެދެނީ، މިމައްސަލައަކީ އޭނާ ހިމަނއަގެނ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވާދެއްވުމަށެވެ.
16ތަދައްޚުލްވި އައިކޮމ އިން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ތަފްޞީލްކޮށް ލިޔުމުން ހުށަހަޅާފައިވެއެވެ. މިމޭރުމުން، ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްޞީލު ތަކަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ބަޔާން ކުރާނަމެވެ.
1.16. ސްޓެލްކޯއިން ހުށަހެޅި ފުރަތަމަ ނުކުތާއާއި ގުޅިގެން އައިކޮމްގެ ފަރާތުން ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމުގެ 1 ވަނަ ނަންބަރުގައި ޤާނޫނުއަސާސީ ވަކިގޮތަކަށް މާނަކޮށްފައިވާކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ. މިގޮތުން އިސްތިއުނާފުކރު ފަރާތަކާ މަޢުލޫމާތު ހޯދައި ލިބިގަތުމުގަ ޙައްޤުގެ ޤާނޫނގު 72 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް ދައުލަތުގެ އިދާރާއެއްކަމުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ އަސާސީ ޚިދުމަތަށް ގުޅުވައި، ސްޓެލްކޯއަކީ އަސާސީ ޚިދުމަތް ފޮރ ކޮށްދޭ ދައުލަތުގެ ކުންފުންޏެއްކަމުގައި ބަޔާންކުރުމަކީ ޤާނޫނުއަސާސީ މާނަކުރުންކަމުގައި ބެލެވިދާނެކަމަށް ނުދެކޭކަމަށެވެ.
2.16. އިސްތިއުނާފީ ދެވަނަ އަދި ތިންވަނަ ނުކުތާގެ ތަފްސީލްކުރަމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތަކީ ސަރުކާރުގެ %100 ހިއްސާ އޮތް ތަނެއް ކަމަށެވެ. އަދި އެ ކުންފުންޏަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އަދި ދައުލަތުގެ ސިޔާސަތެއް ތަންފީޛުކުރާ ތަނެއްކަމަށެވެ. ވީމާ ސްޓެލްކޯ އަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެކުންފުނީގެ މައްޗަށް ހިނގާނެ އެޤާނޫނުގައި ބަޔާންކުރާ ދައުލަތުގެ އިދާރާއެއް ކަމަށެވެ. ސަރުކާރު ޙިއްޞާވާ ކުންފުނިތައް ދައުލަތުގެ އިދާރާގެ މާނައިގެ ތެރޭގައި ހިމެނޭތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުޘް މިހާރުވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2120/SC-A/46 ޤަޟިއްޔާ ނިންމުމާއެކު ނިމުމަކަށް އައިސްފައިވާކަމަށް އައިކޮމް އިން ފާހަގަކުރެއެވެ. ވީމާ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ
(ޅ) މާނަކޮށް ތަޠުބޤީ ކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ސްޓެލްކޯއިން ބުނާ ބުނުން ނަފީވެގެން ދާކަމަށް އައިކޮމްއިނ ބަޔާން ކުރެއެވެ.
3.16. އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހޯދުމަށް އައިމަންގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ. އޭނާ ހޯދުމަށް އެދިފައިވަނީ ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢަދަދާއި، ކުންފުނިން އުޖޫރައެއް ނުވަތަ އިނާޔަތެއް ދޭ ފަރާތް ތަކަށްދޭ އުޖޫރައިގެ ނުވަތަ އިނާޔަތުގެ ތަފްޞީލުކަމަށެވެ. މީގެ އިތުރުން، ޤާނޫނު މާނަކުރުމުގެ ޢާންމު އުސޫލަށް ރިޢާޔަތްކޮށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ މަޤްސަދަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ރައްޔިތުންގެ މަސްލަހަތު އެކަމުގައި އެކުލެވޭ ކަންކަންކަމާއި، އެކަންކަމުގެ މަޢުލޫމާތު ހާމަކުރުމަކީ ދައުލަތުގެ އިދާރާތަކަށް ލާޒިމު ކަމެއްކަމަށެވެ. އެހެންކަމުން މިއުސޫލުން ބުނެވުނު މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުންނަށް ދެވޭ އުޖޫރައާއި އިނާޔަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަކީ ކޮންމެ ދައުލަތުގެ އިދާރާއަކަށް ލާޒިމުކަމެއްކަމަށެވެ.
17އައިކޮމްއިން އެދިފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި، އެނިންމުން ދަމަހައްޓައި ދެއްވައި މިމޭރުމުން ފައިސަލާކުރަނިވި ޙުކުމެއް ނެރުއްވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން:
18މިމައްސަ ލައާ ގުޅިގެން، އައިކޮމްގެ ނަންބަރު 16/1A/202-ICOM ނިންމުމަށާއި، އެނިންމުން އިސްތިއުނާފު ކުރު މަށް ސްޓެލްކޯ އިން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތތަކާއި ގުޅިގެނާ އިސްތިއުނާފު ރައްދުވާ އައިމަން އާއި ތަދައްޚުލްވި އައިކޮމްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިންފޮމޭޝަން ކޮމިޝަނަރު ހާމަކުރަން އެންގި މަޢުލޫމާތު:
19އިންފޮމޭޝަން ކޮމިޝަނަރު ހާމަކުރަން އެންގި މަޢުލޫމާތަކީ، "ކޮވިޑް- 19 ގެ ހާލަތުގެ ކުރިން ސްޓެލްކޯގެ މުވައްޒަފުންނަށް ދީފައިވާ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލް (ބޯޑު އޮފް ޑިރެކްޓަރސް، ސީނިއަރ މެނޭޖްމަންޓް ސްޓާފުން، އަދި ސްޓެލްކޯގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ވަކިވަކިން" އަދި "ސްޓެލްކޯގައ މަސައްކަތްކުރި މުވައްޒަފުންގެ މަޤާމްތަކުގެ ތަފްސީލް ކޮންމެ މަޤމެއްގައ ތިބި މުވައްޒަފުންގާ ޢަދަދު" މި މަޢުލޫމާތުތަކެވެ.
20އެމަޢުލޫމާތުތައ ދޭން އެންގީ ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. ފުރަތަމަ ސަބަބެއްކަމަށް ބަޔާންކުރަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ 72 ވަނަ މާއްދާގެ (ޅ) ގައި ދައުލަތުގެ އިދާރާކަމަށް ބަޔާންކޮށްފައިވާ ބައިތަކުގެ ތެރޭގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނެއް ހިމެނޭކަމަށް ބަޔާންކޮށްފައިވާތީ، ސްޓެލްކޯއަކީ ޤާނޫނުއަސާސީގޯ 23 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ދައުލަތުން ކޮންމެ ރައްޔިތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ދައުލތުގަ ކުންފުންޏެއްކަމުގައިވާތީ، ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ސްޓެލްކޯ ހިމެނޭތީއެވެ. ދެވަނަ ސަބަބަކަށް ބަޔާންކޮށްފައިވަނީ، މައްސަލަ ހުށަހެޅި ފަރާތުން ހޯދުމަށް އެދުނު މަޢުލޫމާތަކީ މައުލޫމާތު ހޯދައި ލިމިގަތުމުގ ޙައްޤުގެ ޤާނޫނު ގެ 37 ވަނަ މާއްދާގެ (ފ) ގައި ދައުލަތުގެ ކޮންމެ އިދާރާއަކުންވެސ ހާމަކުރުމަށް ލާޒިމްކުރާ މޢުލޫމާތެއަ ކަމަށް ވާތީއެވެ. އބމ އިސްތިއުނާފީ ފުރަތަމަ ނުކުތާ:
21އ ސްތިއުނާފ ފުރަތަމަ ނުކުތާއާއި ގުޅިގެން ބަލާއިރު، އިންފޮމޭޝަން ކޮމިޝަރ ނިންމު ނިންމުމުގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައި އޮތީ؛ " ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ވާއިރު، މައްސަލަ ހުށަހެޅި ފަރާތުން ހޯދުމަށް އެދިފައިވާ މަޢުލޫމާތުތަކަކީ ރައްޔިތުންގެ މަޞްލަހަތު ހިމެނޭ މަޢުލޫމާތެއްކަން ފާހަގަކުރަމެވެ." މިފަދައިންނެވެ. އަދި އެ ނިންމުމުގައި؛ "..... ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަކީ ކަރަންޓްގެ ޚިދުމަތާއި އެޚިދުމަތްތަކާއ ގުޅިގެނި ހިންގޭ އެކިއެކި ޕްރޮޖެކްޓްތައ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏަކަށްވެފައި، އެ ކުންފުނީގެ މަސްއޫލިއްޔަތަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކެއ ފޯރުކޮށްދިނުން ކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ދައުލަތުން ކޮންމެ ރައްޔިތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ދައުލަތުގެ ކުންފުންޏެއް ކަމުގައިވާތީ..." މިފަދައިން ބަޔާންކޮށްފައި އޮވެއެވެ. ސްޓެލްކޯ އިން ޤަބޫލުކުރާ ގޮތުގައި، އައިކޮމ އަކް ނުވަތަ އިންފޮމޭޝަން ކޮމިޝަނަރަކީ ކޯޓެއް ކަމުގައި ނުވާއިރު، މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށް ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ ތަރުޖަމާކޮށްފައ އޮތި އޮތުމެކެވެ.
22ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ޙަވާލާދެވޭ ބައިގައި ބަޔާންކޮށްފައި އޮތީ؛ އިޤްތިޞާދީ އަދި 23. އަންނަނިވި ޙައްޤުތަކަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކެއް ކަމަށް އިޖްތިމާޢީ މި ޤާނޫނުއަސާސީން ކަނޑައަޅާ ހިނދު، ދައުލަތުގެ ތަނަވަސްކަމާއި، ޙައްޤުތައް ކުޅަދާނަކަން ހުރި މިންވަރަކަށް އެ ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރންވާނެއެވާ.
(ކ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ޤާއިމްވެފައި އޮތުން . މިފަދައިންނެވެ.
23ޕްރިސިޑެންސް 1ސްޓެލްކޯގެ މިވާހަކަތަކަށް ބަލާއިރު، އިންފޮމޭޝަން ކޮމިޝަނަރު ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ކ) ތަރުޖަމާކޮށްފައި އޮތްކަމަށް ފެންނާކަށް ނެތެވެ. އެއާޚިލާފަށް ފެންނާން އޮތީ، ކަމެއްގެ ޙަޤީޤަތް އެކަން އޮތް ގޮތަށް ބަޔާންކޮށްދީފައި އޮތްތަނެވެ. އެހެނީ، ސްޓެލްކޯއަކީ ޢާންމު ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދިނުމުގެ އަސާސީ މަޤްޞަދުގައި އުފައްދާފައިވާ ދިވެހި ސަރުކާރުގެ ސަތޭކައިން ސަތޭކަ ހިއްސާވާ ވިޔަފާރި ކުންފުންޏެވެ. މިހާރު އެޙަޤީޤަތް ބަދަލުވެއްޖެނަމަ، އެވާހަކަ ބަޔާންކޮށް ދިނުމަކީ މިނުކުތާގެ ބޭނުމަށްޓަކައި ސްޓެލްކޯއިން ކުރާންޖެހޭ ކަމެކެވެ. ސްޓެލްކޯއިން އެކަން ބަޔާނެއް ނުކުރެއެވެ. އިސްތިއުނާފީ ދެވަނަ އަދި ތިންވަނަ ނުކުތާ:
24އިސްތިއުނާފީ ދެވަނަ ނުކުތާގައި ސްޓެލްކޯއިން ފާހަގަކުރާ އަސާސީ ކަމަކީ ސްޓެލްކޯ އަކީ "ދައުލަތުގެ އިދާރާ" އެއް ކަމަށް ބަލައިގެން، މިމައްސަލަ އިންފޮމޭޝަން ކޮމިޝަނަރު ކުރިއަށް ގެންގޮސް ނިންމި ނިންމުން ގޯސްކަމަށް ބުނާ ވާހަކަ އެކެވެ. އަދި ކުންފުންޏަކީ، މެންބަރުންނާ ވަކިން އުފެދިފައިވާ ޝަޚްޞަކަށްވާއިރު، ސްޓެލްކޯ އަކީ ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ބެލި ބެލުން ރނަ ގަޅު ނޫންކަމަށް ތިންވަނަ ނުކުތާގައި ފާހަގަ ކުރެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުނ ނަންބަރު:37/97 (3 ޖުލައި 1997) " ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް" އުފެއްދުމާއި، މޯލްޑިވްސް ކަރަންޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްދިނުމާއި، ކަރަންޓުގެ ޚިދު ތަމ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ހޯދަންޖެހޭ އެހީއާއި ލޯނު ހޯދު މާއި، ކަރަންޓާބެހޭ ކަންތައްތަކުގައި ލަފައާއި މަޝްވަރާ ދިނުމެވެ. އަދި މާލެ އާއި ރާއްޖެތެރޭގެ މީހުންއުޅޭ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި ރައްޔިތުންނަށާއި، ކުންފުންޏަށް އެންމެފައިދާވާނެ ގޮތެއްގެމަތިން، އިންވެސްޓަރުންނާއ ގުޅިގެނި ޖޮއިންޓް ވެންޗަރުތައް ހިންގުމާ އ، ކަރަންޓު އުފެއްދުމާއި، ކަރަންޓުގެ ޚިދު މަތްދިނުމަށާއި، ކަރަންޓު ބޭނުންކުރުމަށް ބޭނުންވާ ތަކެތީގެ ވިޔަފާރި ކުރުމާއި، އެފަދަ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ އެޖެންޓުކަނ ކުރުން ކަމުގައި ދަންނަވަން...."
25ޕްރިސިޑެންސް 2މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރެއަށް ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމެނޭނެތޯ ނުވަތަ ނޫންތޯ ބަހުޘް ކުރުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ، ޤާނޫނީ މިސުވާލަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2021/SC-A/46 ޤަޟިއްޔާ އިން ޖަވާބު ދީ، އެޤާނޫނުގެ ބޭނުމަށް ދައުލަތުގެ އިދާރާއަކީ ކޮބާކަން ބަޔާންކޮށްފައި ވާތީއެވެ. މިދެންނެވި ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ؛ "20. ...ސަރުކާރުގެ ހިއްސާ އެކުލެވޭ ކުންފުންޏަކީ މައުލޫމަތު ހޯދައި ލިބިގަތުމުގެ ހައްގުގ ގާނޫނުގެ ދަށުން އެތަނަކީ މައުލޫމާތު ދޭންޖެހޭ ތަނެއްތޯ ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ އެ ގާނޫނުގެ 72 ވަނަ މާއްދާގައި މާނަކޮށްފައިވާ "ދައުލަތުގެ އިދާރާ" އެއްތޯ ބެލުމުގައި އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާނަމަ އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމަތު ދޭންޖެހޭ ތަނެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރަށް ކަނޑައެޅިދާނެއެވެ.
(ހ) އެތަނެއްގެ ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އޮތުން.
(ށ) އެތަނަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއް ކަމަށްވުން ނުވަތަ ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރާ ތަނެއް ކަމަށްވުން.
(ނ) އެތަނަކީ ދައުލަތުގެ ބަޖެޓުން ޚަރަދެއްކުރ ނުވަތާ މާލަ އެހީއެއް ފޯރުކޮށްދޭ ތަނަކަށްވުން." މިފަދައިންނެވެ. މިޓެސްޓްގައ ބަޔާންކުރި ކޮންމެ ނުކުތާއަކަށް ވަކިވަކިން ބަލައިގެން ތަޠުބީޤު ކުރިނަމަވެސު ސްޓެލްކޯއަކީ ދައުލަތުގެ އިދާރާގެ މާނައިގެ ތެރެއަށް ފެތޭ ތަނެއްކަން ސާފުވެއެވެ.
26ޕްރިސިޑެންސް 3ތިންވަނަ ނުކުތާގައި ސްޓެލްކޯއިން ދެއްކި ވާހަކަތަކަށްބަލާއިރު، ކުރިން ޢަމަލު ކުރަމުންދިޔަ ކުންފުންޏާބެހޭ ޤާނޫނު ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ކުންފުންޏެއް ރަޖިސްޓްރީ ވުމުގެ ނަތީޖާއަކީ ކުންފުނީގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ]2024[ SC 40 ޤާނޫނު ނަންބަރު 96/10 މެންބަރުންނާއި ވަކިން (ސްޓެލްކޯގެ ޙާލަތުގައި ޙިއްޞާދާރަކަށްވާ ދިވެހި ސަރުކާރާއި ވަކިން) އުފދިފައިވެ ޤާނޫނީ ޝަޚްޞެއްކަމަށް ބުނެ، ދެއްވި ވާހަކަތަކަކީ ހަމަ އެޤާނޫނުގައި ބަޔާންކުރާ "ސަރުކާރުގެ ކުންފުނިތައް" މިސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވާ މާއްދތައާ އިހުމާލުކޮށްލުމަށްފަހު ދެއްކި ވާހަކަތަކެއްކަން ފާހަގަ ކުރެވެއެވެ. ޤާނޫނުގެ އެއްބައި ކިޔާފައި އަނެއްބައި ނުކިޔައި ދޫކޮށްލުމަކީ ރނަ ގަޅު ގޮތެއް ނޫނެވެ.
27މިގޮތުން ޙަވާލާދެވޭ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއް ދާގެ (ހ) ގެ ނައްޞުގައި "...މެންބަރުނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ." މިހެން އޮތްއިރު، ސަރުކާރުގެ ކުންފުނިތަކަކާއި ގުޅޭ ގޮތުން ހަމަ އެޤާނޫނުގައި ބަޔާން ކުރާ މާއްދާތަކުގެ ތެރެއިން ސަރުކާރު ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ބަޔާން ކުރާ 98 ވަނަ މާއްދާގެ ނައްޞުގައި ސަރުކާރުގެ ކުންފުންޏަކީ މެންބަރުންނާއި ވަކިން އުފެދިފައިވާ ކުންފުންޏެއްކަމަކަށ ބަޔާނެއް ނުކުރެއެވެ. ވީމާ، ކުންފުންނީގެ ޒާތާއި ގުޅޭ ގޮތުން ޤާނޫނީ ޝަޚްޞިއްޔަތު ބަޔާން ކުރުމުގައި އެއްޤާނޫނެއްގައި ދެގޮތަކަށް ގެނެސްފައި އެވަނީ ތަފާތެއް ގެނައުމުގެ ގޮތުންނެވެ.
28ކުންފުނީގެ ޢާންމު ޠަބީޢަތަކީ އެކުންފުންޏެއް އުފައްދާ ބަޔަކާއި ވަކިން މިނިވަން މުސްތަޤިއްލު ވަކި ޤާނޫނީ ޝަޚްޞެއްގ ގޮތުގައެ ވުޖޫދުވުން ޙަރަކާތްތެރިވުން ކަމަށްވިޔަސް، ސަރުކާރު ކުންފުންޏަކީ ސަރުކާރާއި މުޅނި ވަކިވެ މިނިވަން މުސްތަޤިއްލުކޮށް އުފަންކުރާ ޤާނޫނީ ޝަޚްޞެއްކަމަށް މަތީގައިވާ ޤާނޫނީ ނައްޞަށް ބަލާއރި ބުނެވޭކަށް ނެތެވެ. މިކަމަށް ބާރުދޭ ޤާނޫނީ އެހެން ނައްޞުތަކާއި ޢަމަލު ކުރާން އެކަށައަޅާފައިވާ ހަމަތކުނަ ފެންނާން އެބަހުއްޓެވެ.
29ސަރުކާރުން އުފައްދާ ކުންފުނިތަކީ ކޯޕަރޭޓް ގަވަރނަންސްގެ ބޭނުމަށް ވަކިން މިނިވަންކަމާއެކު ވިޔާފާރި އުޞޫލުން ހިންގާ ތަންތަންކަމަށް ބެލިނަމަވެސް، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، އެކޯޑަށް ޢަމަލު ކުރަންޖެހޭ ގޮތަށް އެކުލަވާލައި ޢަމަލު ކުރަންފަށާފައިވާ "ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޯރާ ސްޓޭޓް އނަ ޑް އެންޓަރޕްރައިސަސް" އަށާއި ޤާނޫނު ނަންބަރު:2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރއަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއ އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) އަށް ބަލާއިރު، ސަރުކާރު ކުންފުނިތަކަކީ ސަރުކާރާއި މުޅިން ވަކިވެފައިވާ ތަންތަނކަމަށް ބުނުމަކީ ރ ނ ގަޅު ބުނެއ ނޫނެވެ. އަދި ޢަމަލީގޮތުން އެކަން ހިނގަނީވެސ އެހެން ނޫންކަން، ސަރުކާރުގެ ކުންފުނިތައް ހިންގަން އެކަށައަޅާ ބޯޑަށް މީހުން ޢައްޔަން ކުރުމުގެ އިޖުރާއަތުން ސާފުވެއެވެ.
30ހަމައެހެންމެ، ޤާނޫނުއަސާސީގާ 250 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު:2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރއަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއ އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު:2021/18 (ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް ބަލައި، މިހުރީހ ޤާނޫނާ މަސްދަރުތައް އެއްރޮއްޖަކަށް ކިޔާލުމުން، ސްޓެލްކޯގެ ޙިއްޞާތައް ބިދޭސީ ބަޔަކަށް ނުވަތަ ބިދޭސީ ދައުލަތަކަށް ވިއްކާލުމާއި ކަރަންޓްގެ ޚިދުމަތް ބިދޭސީބަޔަކ ނޫނު ބިދޭސީ ދައުލަތަކުން ދޭ ޙާލަތް އިފްތިރާޟްކޮށް ސްޓެލްކޯ އިން ދެއްކި ވާހަކަތަކަކީ، ސަރުކާރުން ސްޓެލްކޯ އުފެއްދި މަޤްޞަދާއި އަދި ގުޅުހުންހުރި ޤާނޫނުތަކަށް ބަދަލު ގެނެސްގެން މެނުވީ، ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ކުރެވިދނާ ކަންތަންތައްކެއްކަމަށް ނުވާތީ، ސްޓެލްކޯއިން ކުރާ މިއިފްތިރާޟަކީ ޙަޤީޤަތާއި ދުރު، މިހނި ދަށް އެމައްޗަށް ރިޢާޔަތް ކުރެވޭނެ ވާހަކަ ތަކެއް ނޫނެވެ. އަދި ސްޓެލްކޯއަކީ ހަމައެކަނި ވިޔަފާރީގެ އުޞޫލުން ފައިދާ ހޯދުމަށް ސަރުކރާއާ ވކިނަ 1 މެއި 2019 ގައި، ޕީސީބީ އިން އެކުލާލާފައިވާ ”code of corporate governance for state owned enterprises“ ގެ ޗެޕްޓަރ IV. އެޤާނޫނުގެ 65 ވަނަ މާއްދާގެ (ސ)؛ ""ދައުލަތުގެ ވިޔަފާރި ތަންތަން " ކަމަށް ބުނެފައިއެވަނީ، ކުންފުންޏެއް ކަމަށްވީނަމަވެސް، ބޯޑެއް ކަމަށްވީނަމަވެސް، ކޮމިޝަނެއް ކަމަށްވީނަމަވެސް، ޖަމާޢަތެއް ކަމަށްވީނަމަވެސް، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮތް މަޞްލަޙަތުގެ މިލްކުވެރިކަން އޮތް ތަންތަނަށެވެ . އޭގެތެރޭގައި، ޕާޓްނަރޝިޕްތަކާއި ޖޮއިންޓް ވެންޗަރތަކާއި އެއްވެސް ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭކަމަށްވާނަމަ، އެ އިންތިޒާމެއް ހިމެނޭނެއެވެ ." ދައުލަތުގެ މުދަލާ ގުޅޭ ހިންގާ މުޢާމަލާތުތައް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެއްކަމަށް ދޭޙަވާގޮތަށް ދެއްކި ވާހަކަތަކަކީ ދެކޮޅުޖހެ ވާހަކަތަކެއް ނޫނެއެވެ. އިސްތިއުނާފީ ހަތަރުވަނަ ނުކުތާ:
31ހަތަރުވަނަ ނުކުތާގައި ސްޓެލްކޯއިން ބަޔާންކުރާ މައިގަނޑު ވާހަކައަކީ، އިންފޮމޭޝަން ކޮމިޝަނަރުގެ މިނިންމުމުގެ ސަބަބުން، ބައެއްގެ ޒާތީ މަޢުލޫމާތު ހާމަކުރަން ލާޒިމްވެގެން ދާކަމަށެވެ. އެއީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ބައެއް ޙައްޤުތަކާއި ތަޢާރުޟުވާ ނިންމުމެއް ކަމަށެވެ. މިގޮތުން ޤާނޫނުއަސާސީން ލިބިދޭ ޒާތީ 25 24 23 ދިރިއުޅުމުގެ ޙައްޤއާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤއާ މަސައްކަތް ކުރުމުގެ ޙައްޤާ މިނިންމުން ތަޢާރުޟުވާ ކަމަށް ބަޔާން ކުރެއެވެ.
32މިނުކުތާއާއި ގުޅިގެނި އައިކޮމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސްޓެލްކޯގެ އެއްވެސް މުވައްޒަފެއްގެ ޒާތީ މަޢުލޫމާތު ހާމަވާ ގޮތަށް މަޢުލޫމާތު ހޯދުމަށް އައިމަން އެދިފައި ނުވާކަމަށާއި އެކަން އައިކޮމ އިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 11، އަދި 12 ވަނަ ނުކުތާގައިވެސް ފާހަގަކޮށްފައި އޮންނާނެ ކަމަށެވެ.
33ސްޓެލްކޯއިން ހޯދުމަށް އައިމަން އެދުން މަޢުލޫމާތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު :2023/SC-A/12 ޤަޟިއްޔާ ގައިވެސް، އައިމަންގެ ފަރާތުން ހޯދުމަށް އެދިފައިވާ މަޢުލޫމތުތަކާއާ ދާދި އެއްމަޢުލޫމާތެކެވެ. ބަލަމުން މިދާ މައްސަލައިގައި، އައިމަން އެދިފައިވަނީ، ކޮވިޑް- 19 ގެ ހާލަތުގެ ކުރިން ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އިންފޮމޭޝަން ކޮމިޝަނަރު އަދި އަޙްމަދު އައިމަން ލަޠީފް SC 41 [2024] ސްޓެލްކޯގެ މުވައްޒަފުންނަށް ދީފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލެވެ. މިގޮތުން ބޯޑް އޮފް ޑިރެކްޓަރސް، ސީނިއަރ މެނޭޖްމަންޓް ސްޓާފުން، އަދި ސްޓެލްކޯގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގޭނެހެން ހޯދުމާއި، ސްޓެ ލްކޯގައ މަސައްކަތްކުރި މުވައްޒަފުންގެ މަޤާމުތަކުގެ ތަފްޞީލް ކޮންމެ މަޤާމެއްގައި ތިބި މުވައްޒަފުންގެ އަދަދު އެނގޭނެހެން ހޯދުމަށެވެ. ބީއެމްއެލްގެ މައްސަލައިގައި، އައިމަން އެދިފައިވަނީ، "... ބީއެމްއެލްގ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ އިސް މުވައްޒަފުންނަށް ދީފައިވާ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލު ވަކިވަކީން އެނގޭނެހެން ހޯދުމަށާއި، ބޭންކުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މަގާމުތަކުގެ ތަފްސީލު (ކޮންމެ މަގާމެއްގައި ތިބި މުވައްޒަފުންގެ އަދަދު އެނގޭނެހެން)" ހޯދުމަށެވެ.
34ޙަވާލާމިދޭ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބީއެމްއެލްގެ ފަރާތުން، ފާހަގަކުރި އެއްކަމަކީ، ބީއެމްއެލްއަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބެލިނަމަވެސް، އައިމަން ހޯދުމަށް އެދިފައިވާ މަޢުލޫމާތުތަކަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ 30 ވަނަ މާއްދާގެ ދަށުން ދޫނުކޮށް ހިފެހެއްޓުމުގެ އިޚްތިޔާރު ބޭންކަށް ލިބޭނެ މަޢުލޫމާތު ތަކެއް ކަމަށެވެ. ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ އެމަޢުލޫމާތު ތަކަކީ ހަމާކޮށްފިނަމަ، ބޭންކުގެ ވިޔަފާރީގެ މަޞްލަޙަތަށް ނުވަތަ މަޞްލަޙަތަކަށް ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެ، ބޭންކުގެ ވިޔަފަރގެ ސިއްރީ ނޫނީ "ޓްރޭޑް ސީކްރެކްސް" ގެ ތެރޭގައި ހިމެނޭ މަޢުލޫމާތު ކަމަށް ވުން ކަމަށެވެ. މިކަމުގެ ސަބަބުން ބީއެމްއެލްގެ ޚަރަދުގައި ރާއްޖެއިން ބޭރުން ތަމްރީނުކށްފައިވާ މުވައްޒަފުން، ބޮޑު މ ސ ރަދީގެނާ ވާދަވެރި އެހެން ބޭންކުތަކަށް ގެންދިއުމުގެ ފުރުޞަތު ހުޅުވި ބީއެމްއެލްގެ ވިޔާރިއަށް އިޢާދަނުކުރެވޭ ގެއްލުންވެދާނެ ކަމަށްޓަކައި ކަމަށް ފާހަގަކުރެއެވެ. މިނުކުތާގެ ތަފްޞީލު ބަޔާންވެދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 33 ވަނަ ނުކުތާގައި ބަޔާންކޮށްފައި ވެއެވެ.
35ބީއެމްއެލްއަކީވެސް ދައުލަތުގެ އިދާރާއެއްކަމަށް އެޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު ބީއެމްއެލްއިން މިދެއްކި ސަބަބުތައް ސުޕްރީމް ކޯޓުން ޤަބޫލުކޮށް، ބީއެމްއެލްގެ ކިބައިން ހޯދުމަށް އައިމަން އެދިފައިވާ އިސްވެ ދެންނެވުނު މަޢުލޫމާތުތަކަކީ ދޫކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް ކަނޑައަޅައިފައިވެއެވެ.
36ޕްރިސިޑެންސް 4ސުޕްރީމް ކޯޓުން ނިންމި މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަކީ ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ މައްޗަށް އެއްހަމައަކުން ހުރިހާ ޙާލަތެއްގައި ހިނގާނެ ގޮތަށް އޮތް އުޞޫލެއް ނޫނެވެ. ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ "ހޯދަން އެދިފައިވާ މައުލޫމާތަކީ އިސްތިސްނާ ހާލަތްތަކަށް ފެތޭ މައުލޫމާތުކަމަށ ބުން އެ މައުލޫމާތު ދޫކުރަން މައުލޫމާތު ބަލަހައްޓާ ފަރާތުން އިއުތިރާޒުކޮށްފިނަމަ، ހޯދަން އެދިފައިވާ މައުލޫމާތަކީ އިސްތިސްނާ ހާލަތުތަކަށް ފެތޭ ބާވަތުގެ މައުލޫމާތޯ ނުވަތަ ނޫންތޯ ކޮންމެ މައްސަލައެއްގައިމެ ވަޒަން ކުރަންވާނެ" ކަމަށެވެ." ވީމާ، ސްޓެލްކޯއިން އިސްތިއުނާފުކޮށްފައިވާ މިމައްސަލައިގައިވެސް އައިމަން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ދޫކުރެވޭނެ މަޢުލޫމާތުތޯ ނުވަތަ ނޫންތޯ ޖެހޭނީ މިކޯޓުން ބަލައި ވަޒަން ކުރާށެވެ. ބީއެމްއެލްގެ މައްސަލައިގައި އެތަނުގެ މުވައްޒަފުންގެ މުސާރާއާގުޅޭ މަޢުލޫމާތު ދޫނުކުރަން ސުޕްރީމްކޯޓުން އެންގި އެންގުމަކީ ނަތީޖާއެކެވެ. އެނަތީޖާއަކީ މިބާވަތުގެ ކޮންމެ މައްސަލައަކަށް ތޠަ ބުޤު ކުރެވޭނެ ނަތީޖާއެއް ނޫނެވެ. މިބާވަތުގެ ކޮންމެ މައްސަލައަކަށް ތަޠބު ޤީ ކުރެވޭނީ އެ ނަތީޖާ ނެރުމަށް ސުޕްރީމް ކޯޓުން ގެންގުޅުނު ހަމަ ނުވަތަ ރޭޝިއޯ އެވެ.
37ޕްރިސިޑެންސް 5ދައުލަތުގެ އިދާރާގެ މުވައްޒަފުންނަށްދޭ މުސާރައަކީ އޭގެ ޒާތުގައި ސިއްރު ކޮށް ރައްޔިތުންނަށް ފޮރުވައިގެން ގެންގުޅެވޭނެ މަޢުލޫމާތެއް ނޫނެވެ. އަދި އެއީ ހުރިހާ ޙާލަތެއްގައި ވިޔަފާރީގެ ސިއްރު ނުވަތަ ޓްރޭޑް ސީކުރެޓް ކަމުގައި ވާނެ މަޢުލޫމާތެއްވެސް ނޫނެވެ. އަދި ދައުލަތުގެ އިދާރާއެއްގައި އުފައްދާފައިވާ މަޤާމުތަކުގެ ޢަދަދާއި ޙަވާލާދޭ ޤަޟިއްޔާގެ 35 ވަނަ ނުކުތާގައި. އެމަޤާމުތަކުގައި މުވައްޒަފުން ތިބި ޢަދަދަކީވެސް އިސްތިސްނާއީ ޙާލަތެއްގެ ދަށުން މެނވު ރައްޔިތުންނަށް ސިއްރުކުރެވޭނެ މަޢުލޫމާތެއް ނޫނެވެ.
38ޕްރިސިޑެންސް 6މަޢުލޫމާތު ހޯދުމާއި ލިބިގަތުގެ ޙައްޤަކީ ޤާނޫނުން ލިބިދޭ ޙައްޤެކެވެ. މަޢުލޫމާތު ހޯދުމުގެ މިނިވަންކމަކަ ޤާނޫނުއަސާސީއިން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ މިނިވަން ކަމެކެވެ. ރައްޔިތުންގެ މަސްލަޙަތަށްޓަކައި ދަޢުލަތުގެ އިދާރާތަކުން ހާމަ ކުރުމަށް ޤާނޫނުން ބަޔާންކުރާ މަޢުލޫމާތުތައް ހާމަ ކުރަމުން ގެންދިއުމަކީ ޢަމަލު ކުރަން އޮތް އަޞްލު އުޞޫލެވެ. ފޯރުކޮށް ނުދެވޭނެ މަޢުލޫމާތަކީ ޤާނޫނު އިސްތިސްނާކުރާ ކަންކަމެވެ. އައިމަން ހޯދުމަށް އެދުނު މަޢުލޫމާތަކު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގައި ބަޔާންކުރާ ގޮތުން، ދައުލަތުގެ އިދާރާގެ އިސްނެގުމުގައި ކުރަންޖެހޭ ކަމެކެވެ. އެޤާނޫނުގެ 37 ވަނަ މާއްދާގައި ވަނީ؛ އަމިއްލަ 37. އަންނަނިވި ކަންކަމާ ގުޅޭ މަޢުލޫމާތު ހަމައެކަނި އެކަންކަމަށް އެކަނި ހަނިނުވާނެ އިސްނެގުމުގައި ގޮތުގެމަތިން، ރައްޔިތުންގެ މަޞްލަޙަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ޢާންމުކުރުމުގެ ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގައި، ޒިންމާ ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެމަތިން ޝާއިޢުކުރަމުން ގެންދަންވާނެއެވެ
(ހ) ދައުލަތުގެ އިދާރާގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި، ވާޖިބުތަކުގެ ތަފްޞީލު .
(މ) ދައުލަތުގެ އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރަން ރާވާފައިވާ މަސައްކަތްތަކާއި، ކުރަން ރާވާފައިވާ ޚަރަދާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލު .
(ފ) ދައުލަތުގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި ޢިނާޔަތް . މިސާލަކަށް ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ ފައުޖުތަކުގައި ޚަރަކާތްތެރިވާ ސިފައިންނާއި ފުލުހުންގެ ޢަދަދުފަދަ މަޢުލޫމާތު. ޤާނޫނު ނަންބަރު:2014/1 ގެ 4 ވަނަ މާއްދާ. ޤާނޫނުއަސާސީގެ 29 ވަނަ މާއްދާ. މިފަދައިންނެވެ. ވީމާ، ދައުލަތުގެ އިދާރާގެ އޮނިގަނޑު އެކަށައެޅިފައިވާ ގޮތް ހާމަ ކުރުމާއި، ދައުލަތުގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތް ހާމަ ކުރުމަކީ އެއިދާރާއަކަށް ޤާނޫނުން ދ އިޚްތިޔާރެއް ނޫނެވެ. އެއީ އެއިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތިން މަދުވެގެން އަހަރަކު އެއްފަހަރު ޝާއިޢުކުރަން ޖެހޭ ގޮތަށް ޤާނޫނުން އުފއަ ދާފައ އޮތި އިލްތިޒާމެވެ. ޤާނޫނުން މަތިކޮށްފައިވާ މި އިލްތިޒާމުން ރެކެވޭނީ ޤާނޫނުގައި ބަޔާންކުރާ އިސްތިސްނާއީ ޙާލަތެއް އޮވެގެން ނޫނީ ޤާ ނޫނު ތަރުޖަމާ ކުރުމުގެ ތެރެއިން ކޯޓުން ބަޔާންކުރި އިސްތިނާއީ އުޞޫލެއް ދެއްކިގެންނެވެ.
39ޙަވާލާދެވޭ ބީއެމްއެލްގެ ޤަޟިއްޔާގައި، ބީއެމްއެލްއިން ދެއްކި ޤާނޫނީ ސަބަބު ސުޕްރީމް ކޯޓުން ބަލައިގަތުގެ އަސާސަކީ އެބޭންކާއ ވާދަވެރި އެހެން ބޭންކުތަކުން ބީއެމްއެލްގެ މުވައްޒަފުންނަށް ބޮޑު މުސާރައެއް ހުށަހަޅައިގެން އެމުވައްޒަފުނ އެހެން ބޭންކުތަކަށް ގެންދިއުމުގެ ފުރުޞަތު އޮތުމެވެ. އެފުރުޞަތު އެހެން އޮތުމުން، ބީއެމްއެލްގެ މުވައްޒަފުންގެ މުސާރާއާގުޅޭ މަޢުލޫމާތު ހާމަކުރުމަކީ ބީއެމްއެލްގެ ވިޔަފާރިއަށް ގއ ގެލުން ވެދާނެފަދަ ވިޔާފާރީގެ އަގެއް އެކަމުގައި އޮތް ކަމެއްކަމަށް ބަލައި، އެއީ ވިޔާފާރީގެ ސިއްރެއްކަމުގައި ބަލާފައިވަނީއެވެ.
40މިއަސާސް ސްޓެލްކޯގެ މައްޗަށް ހިންގިދާނެތޯ ބަލާއިރު، ޢާންމު ޚިދުމަތެއްގެ ގޮތުގައި ކަރަންޓްގެ ޚިދުމަތް ދެމުންދާ ސްޓެލްކޯއާ ވާދަވެރި އެހެން އިތުރު ކުންފުނިތަކެއް މިޤައުމުގައި ޙަރަކާތްތެރިވަމުންދާކަން ސްޓެލްކޯއިނަ ބަޔާނެއް ނުކުރެއެވެ. ވީމާ، ބީއެމްއެލްގ މުވައްޒަފުންގެ މުސާރާ، ހާމަ ނުކުރުމަށް ސުޕްރީމް ކޯޓުން ބުރަވި އަސާސް ސްޓެލްކޯގެ މައްޗަށް ހިންގިދާނެކަމަކަށް ނުދެކމެ ވެ.
41އައިމަން ހޯދުމަށް އެދިފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު، މުސާރަ އާއި އިނާޔަތްތަކުގެ ތަފްޞީލު ހޯދުމަށް އެދިފައިވަނީ، ބޯޑު އޮފް ޑިރެކްޓަރސް އަދި ސީނިއަރ މެނޭޖްމަންޓް ސްޓާފުން އަދި ސްޓެލްކޯގެ އެހެން ހުރިހާ މުވައްޒަފުންގެއެވެ. ދެން އެދިފައިވަނީ، ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަޤާމުތައް އެމަޤާމެއްގައި މުވައްޒަފުން ތިބި ޢަދަދު އެނގޭ ގޮތަށް ހާމަ ކުރުމެވެ.
42ޕްރިސިޑެންސް 7ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ދާއިރާގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ދެމުންދާ މުސާރަ އާއި އިނާޔަތްތަކަކީ ކޮބާ އަކަނ އެންގުމަކީ ރައްޔިތުންގެ މަސްލަޙަތު އެކަމުގައި އޮތް ކަމެކެވެ. ކުރިން ޙަވާލާދެވުނު ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސްގެ ޗެޕްޓަރ VIII ގައި ”disclosure and transparency“ ގެ ޒިންމާގެ ދަށުން ތައްޔާރުކުރާންޖެހޭ އެކުންފުންޏެއްގެ އަހަރީ ރިޕޯޓް ގައި ހިމަނަންޖެހޭ މަޢުލޫމާތުގެ ގޮތުގައި؛ “(3)…(h) names and brief bios of Directors, including names of Directors considered independent, those resigning or removed during the year, together with the remuneration of all Directors who served during the year and records of their attendance at Board meetings” އަދި “(3)… (l) compensation of Directors and Senior Management (including the CEO/MD and Chief Accountant/Chief Financial Officer); މިފަދައިން ބަޔާން ކޮށްފައި އޮވެއެވެ. ދިވެހިރާއްޖެއަކީ އޯއީސީޑީ ގެ މެންބަރެއްކަމުގައި ނުވިޔަސް، ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ގައި، ހާމަކޮށް ބަޔާންކޮށްދިނުމުގެ ޒިންމާ އާއި ދެފުށި ފެންނަ ގޮތަށް ކަންކަން ކުރަންޖެހޭ އަސާސްގެ މަސްދަރެއްގ ގޮތުގައެ ޙަވާލާދެނީ އޯއީސީޑީގެ އުޞޫލަށެވެ. ވީމާ، ސްޓެލްކޯގެ ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓްގައި ޙަރަކާތްތެރިވާއޮފިޝަލުންނަށް ދެމުންދާ މުސާރަ އާއި އިނާޔަތްތައް ހާމަކުރމުނަ ގެންދިއުމަކީ އުޞޫލެއްގެ ގޮތުން އެކަން ކުރަން އޮތް ޤާނޫނީ މަންހަޖެވެ. އެކަން ހާމަ ނުކުރުމަކީ އެކަން ކުރަން އޮތް ގޮތް ނޫންކަން ދެނެގަނެވެއެވެ. ސްޓެލްކޯއިން ދޫނުކުރަން ހިފަހައްޓާ މިމަޢުލޫމާތތަކުގެ ތެރޭގައި، ސްޓެލްކޯ އާއި ޕީބީސީގެ ވެބްސައިޓުގައި ޢާންމުކޮށް ލިބެން ހުރި މަޢުލޫމާތުވެސް ހިމެނެއެވެ. މިގޮތުން ސްޓެލްކޯގެ އޯގަނައިޒޭޝަން ފޯ އެކޮނޮމިކްސ ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް. ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓްގެ ވަނަވަރު ފޮޓޯއާއެކު ސްޓެލްކޯގެ ވެބްސައިޓުނ ފެންނާން ހުރިއިރު، އެސްއޯއީ ތަކަށް މުސާރަ އާއި ޢިނާޔަތްތައް ދޭން ފިނޭންސް މިނިސްޓްރީން ކަނޑައެޅި އުޞޫލު ޕީބީސީގެ ވެބްސައިޓްގައި ޢާންމުކޮށްފައިވެއެވެ. ވީމާ، އައިމަން ހުށަހެޅި މަޢުލޫމާތު އެކީއެކަށް ދޫނުކުރަން ސްޓެލްކޯ އިން މަސައްކަތްކުރަނީ ބައެއްގެ ޒާތީ މަޢުލޫމާތު ހިމެނޭތީ ކަމަށް ބުނާ ބުނުން ދެކޮޅެއް ނުޖެހެއެވެ.
43ދެން އޮތް ސުވާލަކީ، ސްޓެލްކޯގެ ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓްގެ މުސާރަ އާއި ޢިނާޔަތްތައް ހާމަ ކުރަންޖެހުނަސް، އެފަރާތްތައް ފިޔަވައި، ސްޓެލްކޯގައ މަސައްކަތްކުރި އެހެން ހުރިހާ މުވައްޒަފުންގެ މުސާރަ އާއި މަޤާމުތަކާއި އެމަޤާމުތަކުގައި މީހުން ތިބި ޢަދަދު ހާމަ ކުރަންޖެހޭނެ ހެއްޔެވެ؟ މސުވާލަކި އެސުވާލު ނިސްބަތްކުރެވޭ ސަރުކާރުގެ ކުންފުންޏަކާއި އަދި އެ ސުވާލުކުރެވޭޙަޤީޤަތް އޮތްނެތް ގޮތުގެ މައްޗަށް ބަލައިގެން މެނުވީ، ޖަވާބު ދެވޭނެ ސުވާލެއް ކަމުގައި ނޫނީ ނުވެއެވެ. ސަބަބަކީ، ހިންގުމުގެ ދާއިރާއިން ބޭރުގައި މަސައްކަތްކުރާ ދަށް ގިންތީގެ މަޤާމުތަކަށް ދެމުންދާ މުސާރައަކީ ކޮބާތޯ ބެލުމުގެ މަޞްލަޙަތެއް ކަންބޮޑުވުމެއް ރައްޔިތުންގެ ނޯވެއެވެ.
44ނަމަވެސް އެމަޢުލޫމާތު ހޯދަށް އެދޭ ފަރާތަކުން، ހޯދަން އެދެނީ އެމުވައްޒަފުންގެ ޒާތީ މަޢުލޫމާތު ނުހިމެނޭ ގޮތަކަށް ހަމައެކަނި އެމަޤާމަކަށް ކަނޑައެޅިފައިވާ މުސާރަ އާއި ޢިނާޔަތްތަކާއި މަޤާމުތަކުގެ ޢަދަދާއި އެމަޤާމުތަކުގައި މުވައްޒަފުން ތިބި ޢަދަދު ކަމަށް ވާނަމަ، އެފަދަ މަޢުލޫމާތެއް ނުދީ ހިފެހެއްޓުމަކީ އޮތް އިޚްތިޔާރެއް ނޫނެވެ. ކުރިން ބަޔާންކުރިފަދައިން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ 37 ވަނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނަންބަރު:454/CIR/2020/1 (18 މާރިޗު 2020) ސަރކިއުލަރ. އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު:M/CIR/2021/17-13 (01 ޖުލައި 2021) ސަރކިއުލަރ. މާއްދާ ގެ (ފ) ގައި ދައުލަތުގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި ޢިނާޔަތް އެއިދާރާއެއްގެ އަމިއްލަ އިސްނެގުމުން ހާމަ ކުރަންޖެހެއެވެ.
45ޕްރިސިޑެންސް 8ދައުލަތުގެ އިދާރާއެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި ޢިނާޔަތްތައް ހާމަ ކުރުމުގެ ތެރޭގައި، އެމުވައްޒަފެއްގެ ނަމާއި، ކާކުކަން އަންގައިދޭ ނަންބަރާއި، ދިރިއުޅޭގެއާއި ފޯނު ނަންބަރުފަދ އަމިއްލަ ޒާތީ މަޢުލޫމާތު ހާމަކުރުމަކީ ކުރަންޖެހޭ ކަމެއްނޫނެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މަޢުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މަޢުލޫމާތު ކަމުގައިވާނަމަ، އެ މަޢުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެންނުވާނެކަމަށެވެ.
46ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ޙައްޤެއްގެ ގޮތުގައި އެކަށައަޅައިފައިވަނީ، ކޮންމެ މީހެއްގެ ޒާތީ ކަންތައްތަކާއި، ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނ ކުރާ ޒާތާ މުޢާޞަލާތުތަކެވެ. ދައުލަތުގެ އިދާރާއަކުން އެތަނެއްގައި އޮތް މަޤާމަކަށް ކަނޑައަޅާފައިވާ މުސާރަ އާއި ޢިނާޔަތްތައް ހާމަ ކުރުމަކީ އެމަޤާމުގައި އެވަގުތަކު ހުންނަ މީހާގެ ޒާތާ ގުޅުން ހުރި ކަމެއް ނޫނެވެ. މިއާޚިލާފަށް އެމަޤާމު އަދާކުރާ މީހާގެ ގާތުން، އެމީހަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެނީ ކިހާވަރެއްތޯ އެހުމަ ކ އޭނާގެ ޒާތީ ކަމަކަށްވުމުގެ އިތުރުން ރީތި ކަމެއް ކަމުގައިވެސް ނުވެއެވެ.
47ސްޓެލްކޯގެ ފަރާތުން، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ އާއި ޔޫ. ޑީ. އެޗް. އާރުގެ 12 ވަނަ މާއްދާ އާއި އައި. ސީ. ސީ. ޕީ. އާރުގެ 17 ވަނަ މާއްދާއާ ގުޅުވައި، ސްޓު ލެކޯގެ މުވައްޒަފުންނަށް ދޭ މުސާރް އާއަ ޢިނާޔަތްތަކަކީ އެމުވައްޒަފުންގެ ޒާތީ މަޢުލޫމާތުކަމަށް ބަޔާންކުރަން މަސައްކަތް ކޮށްފައިވަނީ އެމުވައްޒަފުންގެ ޒާތީ އބމ މަޢުލޫމާތުތަކާއެކު އެކަންކުރަން ޖެހިފައި އޮތްކަމަށް ބުރަވެވިގެނ ކަމަށް ފެނެއެވެ. ނަމަވެސް ކުރިން ބަޔާން ކުރިހެން، އިންފޮމޭޝަން ކޮމިޝަނަރގު ނިންމުމުގެ 11 އަދި 12 ވަނަ ނުކުތާގައި އައިމަންގެ ފަރާތުން މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ހޯދުމަށް އެދިފައި ނެތްކަން ފާހަގަކޮށްފައިވާތީ، މިމަޢުލޫމާތު ދޫކުރުމުގައި މުވައްޒަފުންގެ ޒާތީ މަޢުލޫމާތެއް ހިމަނަން ސްޓެލްކޯއަށ ނުޖެހޭނެކަން ސާފުވެގެން ދެއެވެ.
48މިމައްސަލަ ސްޓެލްކޯއިން ހުށަހެޅިއިރު، އިސްތިއުނާފު ރައްދުކޮށްފައިވަނީ އައިމަންއަށް ކަމަށްވާތީ، އޭނާގެ މައްޗަށް އިސްތިއުނާފު ރައްދު ނުކުރެވޭނެކަމަށް ބުނެ، ދެއްކި ވާހަކަތކައ ގުޅި ގޮތުން، މިޤަޟިއްޔާގައި ތަފްޞީލީ ޖަވާބެއް ދިނުމުގެ ބޭނުމެއް އޮތްކަމަށް ނުފެނެއެވެ. ނަމަވެސް، ދައުލަތުގެ އިދާރާއަކުން މައުލޫމާތެއް ހޯދުމަށް އެދޭ ފަރާތާއި އެއްކޮޅަށް އިންފޮމޭޝަން ކޮމިޝަނަރ ނިންމު ނިންމުންތައް، ހައިކޯޓުގައި އިލްތިމާސް ކުރެވި އެމައްސަލައެއް ނިމޭގޮތުން، އެމަޢުލޫމާތު ހޯދުމަށް އެދުނު ފަރާތުގެ މަސްލަޙަތަށް އަސަރު ކުރާނެތީ، އޭނާއަށް އިސްތިއުނާފު ރައްދުކުރެވި، އިންފޮމޭޝަން ކޮމިޝަނަރު މައްސަލައިގެ ތެރެއަށް ވައްދައިގެން މައްސަލަ ކުރިއަށް ގެންދިއުމަކީ ގޯހެއް ކަމުގައި ބެލެވޭކަށް ނެތެވެ. މައްސަލަ ނިންމަން ފެންނަ ގޮތް:
49ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސްޓެލްކޯއިން އިސްތިއުނާފު ކޮށްފައިވާ އައިކޮމްގެ ނަންބަރު 16/1A/202-ICOM ނިންމމަށު ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މިމައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔާރާ ޙުސައިން މަޒީދުގެ ރައުޔު:
50ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ. ފނޑިޔާރަ ފާޠިމަތު ފަރްހީޒާ ގެ ރައުޔު:
51ފަނޑިޔާރު މުޙައްމަދު ނިޔާޒް ގެ ރައުޔުގެ 52 ވަނަ ޕްރެގްރާފް ފިޔަވައި ދެންހުރި ހުރިހާ ކަމަކަށް އަހުރެން ތާޢީދު ކުރަމެވެ. މިނިންމުން އިސްތިއުނާފު ކުރުމާގުޅޭ:
52ޕްރިސިޑެންސް 10މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ގެ 64 ވަނަ މާއްދާގެ (ށ) ގައި، "މި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ޝަރުޢީ ކޯޓަކުން ބެލޭނީ، މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުޙަލާގައި އެކަންޏެވެ. " މިހެން ބަޔާން ކޮށްފައިވާތީ، މިނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ގޮތުގެ އިޖުރާއަތެއް ނެތެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ކ)
- ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 29 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 33 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 4 ވަނަ މާއްދާ، 23 ވަނަ މާއްދާގެ (ހ)، 30 ވަނަ މާއްދާ، 37 ވަނަ މާއްދާގެ (ހ)، (މ)، (ފ)، 64 ވަނަ މާއްދާގެ (ހ)، (ށ)، 72 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާގެ (ހ)، 98 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު)ގެ 65 ވަނަ މާއްދާގެ (ސ)
- ޤާނޫނު ނަންބަރު 18/2021 (ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު)
- ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 287 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ)
- ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޯރ ސްޓޭޓް އޯނަޑް އެންޓަރޕްރައިސަސް (ޗެޕްޓަރ IV، VIII)
- ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސްގެ 12 ވަނަ މާއްދާ
- އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ 17 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/46 (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ވ. އެޓަރނީ ޖެނެރަލްގެ އޮފީސް [2024] SC 40)
- ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/12 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އިންފޮމޭޝަން ކޮމިޝަނަރު [2024] SC 41)
- ހައިކޯޓުގެ ނަންބަރު 2022/HC-A/142
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް