ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/256
ސިޓީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ ފަހީމް ޗަންޕާޕޫލްމާގެ، 2023/HC-A/256
Sitee Investment Private Limited v. Ali Faheem Chanpaapoolmaage 2023/HC-A/256 (2023/HC-A/256, High Court of the Maldives, 12 November 2024)
ސިޓީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ ފަހީމް ޗަންޕާޕޫލްމާގެ
މައިގަނޑު ސުވާލު
ކުންފުނީގެ ހިންގާ ގަވާއިދުގެ 18، 19 އަދި 20 ވަނަ މާއްދާގެ ދަށުން މެނޭޖިންގ ޑިރެކްޓަރު ވަކިކޮށް އައްޔަންކުރެވޭނީ 14 ދުވަހުގެ ނޯޓިސް ދީގެން ބާއްވާ އާންމު ޖަލްސާއަކުން ކަމަށް ސިވިލް ކޯޓުން މާނަކުރުމަކީ ހިންގާ ގަވާއިދާ ޚިލާފު މާނަކުރުމެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (މެނޭޖިންގ ޑިރެކްޓަރު ވަކިކޮށް އައްޔަންކުރުން ހިންގާ ގަވާއިދާ ޚިލާފު ކަމަށް ކަނޑައެޅި ބައި ބާޠިލު)
ކަނޑައެޅުނު އުޞޫލުތައް
- ކުންފުނީގެ ހިންގާ ގަވާއިދުގައި މެނޭޖިންގ ޑިރެކްޓަރު އައްޔަންކޮށް ވަކިކުރުމުގެ ބާރު ޑިރެކްޓަރުންގެ ބޯޑަށް ދީފައިވާނަމަ، އެއީ ބޯޑުގެ ބައްދަލުވުމެއްގައި ބޯޑުން ކުރެވޭނެ ކަމެއް ކަމަށް ބެލެވޭނެއެވެ؛ އެކަން އާންމު ޖަލްސާއަކުން ކުރަންޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- ކުންފުނީގެ ހިންގާ ގަވާއިދުގައި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަށް ވަކި މުއްދަތެއްގެ ނޯޓިސް ދިނުން ލާޒިމްނުކުރާނަމަ، އާންމު ޖަލްސާއަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސްގެ ޝަރުޠު ބޯޑުގެ ބައްދަލުވުމަށް ހިންގާ ކޮށްގެން ނުވާނެއެވެ؛ ބޯޑުގެ ބައްދަލުވުމުގެ އިޖުރާއަތާއި ކޯރަމް ބެލެވޭނީ އެ ބައްދަލުވުމާ ގުޅޭ ހިންގާ ގަވާއިދުގެ މާއްދާތަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-16)
- ކުންފުނީގެ ހިންގާ ގަވާއިދު ދަށު ކޯޓުން ގަވާއިދުގެ ޢިބާރާތާ ޚިލާފަށް މާނަކޮށް، އެ މާނަކުރުމަށް ބިނާކޮށް ނިންމާފައިވާ ބައި ބާޠިލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-18)
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2462/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފކުރުމަށު ސިޓީ އިންވެސޓްމަންޓްސ ޕްރައިވެޓް ލިމިޓެޑިގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ.މަރަދޫފޭދޫ، […] ޢަލީ ފަހީމް އެވެ.
2ސިވިލް ކޯޓގައު ދައުވާލިބުނު ފަރާތްތަކުގެ ތެރޭގައި ސ.ހިތަދޫ، […] މުޙައްމަދު ލަޠީފް އާއި ސ.މަރަދޫފޭދޫ، […] ޢަބްދުއްލަޠީފް ވެސް ހިމެނިފައިވާކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނާތީ، މި ޤަޟިއްޔާއަށް މުޙައްމަދު ލަޠީފް އާއި ޢަބްދުއްލަޠީފް ތަދައްޚުލު ކުރެވިފައިވެއެވެ.
3ސިވިލް ކޯޓުގެ ނަންބަރު 2462/Cv-C/2020 ޤަޟިއްޔާގައި ސ.މަރަދޫފޭދޫ، […] ޢަލީ ފަހީމްގެ ފަރާތުން ހުށަހެޅި ދައުވާއަކް،ސިޓީ އިން ވެސެޓްމަންޓްސ ޕްރައިވެޓް ލިމިޓެޑގް 03 )ތިނެއް( ހިއްސދާރުން އަދ 03 )ތިނެއް( ޑިރެކްޓަރުންގެ ތެރެއިން، ސ.ހިތަދޫ، […] މުޙައްމަދު ލަޠީފް އާއި . ރަޖިސްޓްރީ ނަންބަރު 632/2005-C ސ.މަރަދޫފޭދޫ، […] ޢަބްދުއްލަޠީފްގެ ފަރާތުން ދެން ހުރި ހިއްސދާރުކަމުގައިވާ ސ.މަރަދޫފޭދޫ، […] ޢަލީ ފަހީމގެ މަޞްލަހަތާއި ޙައްޤުތަކަށް އުނިކަންއަންނަގޮތަށް ޢަމަލުކުރަމުންދާ ކަމަށާއި، މުޙައްމަދ ލަޠީފު އާއް ޢަބްދުއްލަޠީފްގެ ފަރާތުން އެ ފަރާތްތަކުގެ މައްޗަށް ޑިރެކްޓަރުންގްހައިސައްޔަތުނ މަތިވެފަ އިވާ ފައިޑިއުޝަނަރީ ޒިންމާތަކާ ޚިލާފަށް ޢަމަލުކުރމުންދ ކަމަށާ ބަޔާންކޮށް، އެއިރު ޢަމަލުކުރަމުންދިޔ ޤާނޫނު ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު( ގެ 80 ވަނަ މާއްދާގެ )ހ( ގެ )6( ވަނަ ނަންބަރާ ޙަވާލާދީ އެ ޤާނޫނުގެ 75 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރުގެ ދަށުން ކުންފުނި އުވާލުމުގެ އަމުރެއް ނެރެދިނުމަށެއި، އެ އަމުރު ނެރިދާވެނ ނެތް ޙާލަތެއްގައި ޑިރެކްޓަރުންގެ ބޯޑުން ޤާނޫނާއި ޤަވާއިދު އަދި ކުންފުނީގެ އަސާސީ ޤަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުންތައް ބާޠިލްކޮށް އެންމެހާ ހިއްސާދާރުންގެ މަޞްލަޙަތިހިމްޔަތްވާގޮތަށ ކުންފުން ހިންގުމުގެ އަމުރަކަށް އެދޭ މުޙައްމަދު ލަޠީފްއާއި ޢަބްދުއްލަޠީފް އާއިސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑއް މ 3 ފަރާތުގެ މައްޗަށް ހުށަހެޅި ދައުވާއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 2462/Cv-C/2020 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނެއަންނަނިވި ފަދައިންނެވެ. "ދެންފަހެ، ސ.ހިތަދޫ، ބްލޫވިލް،މުޙައްމަދ ލަޠީފު އާއް ސ.މަރަދޫފޭދޫ، […] ޢަބްދުއްލަޠީފް އަދި ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް ސ.މަރަދޫފޭދޫ، […] ޢަލީ ފަހީމް ހުށަހަޅާފައިވާ މި މައްސަލައިގައި، ޤާނޫނު ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު( ގެ 80 ވަނަ މާއްދާގެ )ހ( ގެ )6( ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތު މެދުވެރިވެފައި އޮތްކަން، ޢަލީ ފަހީމްއަށް ސާބިތުކޮށްދެވިފައިނުވާތީ، ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ )ހ( ގެ 6 ވަނަ ނަންބަރުގެ ދަށުން ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމުގެ އަމުރެއް ނެރެދޭންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، 02 ޖޫން 2020 ގެ ފަހުން ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ގެ ބޯޑުން ނިންމާފައިވާ އެންމެހް ނިންމުންތަކަކީ ބާޠިލް ނިންމުންތަކެއްކަމާއި، އެ ނިންމުންތަކުގެ މައްޗަށް ތަރުތީބުވެގެން އައިސްފައިވާ އެންމެހާ ޢަމަލުތަކަކީވެސ ބާޠިލް ޢަމަލުތަކެއްކަމަށާއއި، އެގޮތުގެ މަތިން ކުންފުނީގެ ރިކޯޑްސްތަކާއި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ރެކޯޑްތައް އިޞްލާޙްކުރުމަށާއ އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ކޯރަމްއަކީ ބޯޑުގެ އެންމެހައި މެންބަރުންކަމަށާއި، ބޯޑުގެ ނިންމުންތައް ނިންމަންވާނީ ޑިރެކްޓަރުންގެ އިއްތިފާޤުންކަމަށ ބަޔްންކުރާގޮތަށް ކުންފުނީގެ ހިންގާ ޤަވާއިދަށް އިޞްލާޙު ގެނައުމަށް ރެޖިސްޓަރާރ އޮފް ކޮމްޕެނީޒް އާއި މުޙައްމަދު ލަޠީފް އާއި ޢަބްދުއްލަޠީފްއަދި ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށ އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ސެކްރެޓަރީ މުޙައްމަދު ވަޙީދު މަޤާމުން ވަކިކޮށް ސެކްރެޓަރީގެ މަޤާމަށް ޢަބްދެﷲ ޝަޢުޤީ ޢައްޔަންކޮށްފައިވަނީ ކުންފުނީގެ ހިންގާ ޤަވާއިދުގެ 19 ވަނަ މާއްދާއާ ޚިލާފަށްކަން ސާބިތުވާކަމަށް ކަނޑައަޅައި، ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމުން ޢަލީ ފަހީމް ވަކިކޮށް، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢަބްދުއްލަޠީފް ޢައްޔަންކޮށްފައިވަނީ ކުންފުނީގެ ހިންގާ ޤަވާއިދުގެ 11 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އަދި 19 ވަނަ މާއްދާއާ ޚިލާފަށްކަން ސާބިތުވާކަމަށް ކަނޑައަޅައި، ޙކުމްކޮށްފީމެވެ.
5ސިވިލް ކޯޓުގެ ނަންބަރު 2462/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުނ ހުށަހަޅާފައިވަނީ 1 )އެކެއް( ނުކުތާއެވެ. • އެ ނުކުތާ އަކީ:ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދަކީ ޤާނޫނު ނަންބަރ 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު( ގ 6 ވެނ މާއްދާގަ ދަށުން ސިޓީ އިންވެސްޓްމަންޓްސ ޕްރައިވެޓް ލިމިޓެޑް ހިންގުމުގައި ބަލަންޖެހޭ އަސާސްކަމުގައިވާއިރު، އ ޤަވާއިދުގެ 18 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މީހަކު އައްޔަން ކުރެވޭނީ ކުންފުނީގެ އާއްމު ޖަލްސާއަކުން ކަމަށް ސިވިލް ކޯޓުގެ ނަންބަރ 2462/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަ ކުރެވޭ ނުކުތާތަކުގެ ތެރެއިން )ބ( ގެ v އަދި iv ގައި ) 19 ވަނަ ޞަފްޙާގައި( ކަނޑައަޅާފައިވަނީ ހިންގާ ޤަވާއިދުގެ 18 ވަނަ މާއްދާ އާއި، ހިންގާ ޤަވާއިދުގެ 19 ވަނަ މާއްދާއއާ 20 ވަނަ މާއްދެއާ ޚިލާފަށްކަން އަދި އެ ނިންމާމުގ ސަބަބުން ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ޤަވާއިދުގެ 18 ވަނަ މާއްދާ އާއި، ހިންގާ ޤަވާއިދުގެ 19 ވަނަ މާއްދާއާ 20 ވަން މާއްދާގަ މަޤްޞަދު ގެއްލިގެންދާ ކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
6އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުން އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 18 ވަނަ މާއްދާ އާއި، 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ މާނަކުރުމުގައި އޮޅުން އަރާފައިވާކަމަށެވެ. އެގޮތުން ޑިރެކްޓަރުންގެ ބޯޑަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވަކިކުރުމުގެ ބާރު ލިބިގެންވާކަން ހިންގާ ގަވާއިދުގެ 18 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ދަށު ކޯޓުން މިއާ ޚިލާފަށް ގޮތް ކަނޑައަޅާފައިވާކަމަށެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނުވަތަ މެނޭޖަރ އައްޔަންކުރުމާއި މަގާމުނ ވަކް ކުރުމަކުއާނމ ޖަލްސާއަކުން ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ބާރެއްކަމަށާއިކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވޭ ބޭނުމާއި ތާރީޚާއި ވަގުތު ބޯޑުގެ އެންމެހައި މެންބަރުންނަށް ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 14 ދުވަހުގެ ކުރިން ނޯޓިސް ފޮނުވަންވާނެކަމަށ ދަށް ކޯޓުނު ކަނޑައަޅާފައިވަނީ ކުންފުނީގެ ހިންގާ ގަވައިދ ޚިލާފަށާ ކަމަށެވެ. އެގޮތުން އާންމު ޖަލްސާގެ އިޖުރާއަތާއި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގެ އިޖުރާއަތު ދަށު ކޯޓުގ ފަނޑިޔާރަށް އޮޅިފައިވާކަމަށް ބެލެވޭކަމަށެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 19 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުން ބޭއްވުމަށް ވަކި މުއްދަތެއްގެ ނޯޓިސް ދިނުން ލާޒިމް ނުކުރާކަމަށެވެ.
7އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކ ދަށު ކޯޓުގެ ނިންމުމުގައި، މި ނުކުތާއާގުޅޭގޮތުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް، އެ ނިންމުން އިސްލާހުކޮށްދިނުން ކަމަށެވެ.
8އިސްތިއުނާފީ ނުކުތާއާ ގުޅި ގެންމި މައްސަލައަށް ތަދައްޚުލުކުރެވުނ މުޙައްމަދު ލަޠީފު އާއި ޢަބްދުއްލަޠީފްގެ ފަރާތުނ ވެސް ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރިކަންކަން އެގޮތުގައެވެ.
9އިސްތިއުނާފީ ނުކުތަގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ޢަލީ ފަހީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ މާ މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގައި ހުށަހަޅާފައިވާ ޤާނޫނީ ބަހުސްއެއްބަސްވާކަމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުން ބޭއްވުމަށް 14 ދުވަހުގެ ނޯޓިސް ދޭންޖެހޭކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ކުންފުނީގެ ހިންގާ ގަވާއިދާ ޚިލާފަށް ކަމާމެދު ދެބަސްވުމެއް ނެތް ކަމަށެވެ.ނަމަވެސް ދަށު ކޯޓގައު މައްސަލި ހިނގިއިރު ޢަމަލުކުރަމުން އައިސްފައިވަނީ ކުރގީ ކުންފުންޏާބެހޭ ޤާނޫނަށް ކަމުގައި ވީނަމަވެސް،މިހާރު ޢަމަލުކުރަމުންދާ އާ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުނިމިކަންކަމަށްވެސް ހައްލު ލިބިދީފައިވާތީ، މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ވަކި ގޮތަކަށް ކަނޑައެޅިނަމަވެސް އާ ޤާނޫނުގައި ބަޔާންކުރާ އުސޫލު އިސްވާނެ ކަމަށް ދެކޭ ކަމަށެވެ.
10އެހެންކަމުންއިސްތިއުނާފުކުރާ ފަރާތުނ އެދިފައިވާގޮތަށ މައްސަލަ ނިންމައިދިނުން ޢަލީ ފަހީމްގެ ފަރާތުން ވެސް އެދޭ ކަމަށެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 18، 19 އަދި 20 ވަނަ މާއްދާ
11އިސްތިއުނާފްކުރާ ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެއިސްތިއުނާފ ނުކުތާއަކީ އެ ކުންފުނީގެޑިރެކްޓަރުންގެ ބޯޑަށް،އީކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނުވަތަ މެނޭޖަރުވަކިކުރެވޭންއާންމ ޖަލްސާއެއް ބާއްވައިގެން ކަމަށް ކަނޑައަޅައި، އެ ޖަލްސާގެ 14 )ސާދަ( ދުވަހުގެ ނޯޓިސް ދޭންވާނެ ކަމަށް ދަށެކޯޓުން މާނަކޮށްފައިވަނެއީ ކުންފުނީގެ ހިންގާ ގަވާއިދުގެ 18 ވަނަ މާއްދާ، 19 ވަނަ މާއްދާ އަދ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބަޔާންކށޮ ހުށަހެޅް ނުކުތާއެވެ.
12އިސްވެ ބަޔާންކުރެވުނު ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާގައި ވ ގޮތަށާ އެ ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމުގެ 14 )ސާދަ( ދުވަސް ކުރިން ނޯޓިސް ދޭންވާނެކަނ ދަށް ކޯޓުނު ބަޔާންކުރުމަށްފަހު އެ ކުންފުނީގެ ހިންގާ ގަވާއިދުގެ 18 ވަނަ މާއްދާ ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ބ( ގ v ގައި މާނަކޮށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. . ދަށު ކޯޓަށް ހުށަހެޅިފައިވާ އެގްޒިބިޓް- C02 )ބ( v "ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނުވަތަ މެނޭޖަރގެ މަޤާމަށް މީހަކު އައްޔަންކުރުމާއި، އެ މަޤާމުގައ ދެމި ހުންނާނެ މުއްދަތާއި، މުސާރަ ކަނޑައެޅުމާއި، މަޤާމުން ވަކިކުރުމަކީ ޢާންމު ޖަލްސާއަކުން ޑިރެކްޓަރުންގެ ބޯޑަށް ލިބިއޮތް ބާރެއްކަމާއި އެގޮތުން ކުންފުނީގެ ހިނގާ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނ؛ “The Board of Directors may from time to time appoint one or more Directors to the Office of Managing Director or Manager for such term and at such remuneration as they may think fit; but his appointment shall be subject to determination ipso facto if he ceases from any cause to be a Director or if the Company in the General Meeting resolve that his tenure of the office of Managing Director or Manager be determined.” މިފަދައިންކަމެވެ."
13އެއަށްފަހު މި މާނަކުރުން މައްސަލައަށް ތަޠުބީޤުކޮށް ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ބ( ގ vii ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "...ބުނެވިދިޔަ ކުންފުނީގެ އަސާސީ ގަވާއިދުގެ މާއްދާތަކަށް ރިޢާޔަތްކުރާއިރު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކު ވަކި ކުރުމާއި އައްޔަންކުރުމަކީ ބޯޑު މެންބަރުންނަށް ލިބިއޮތް ބާރެއްކަމުގައި ވީނަމަވެސް، އެފަދަ ނިންމުމެއް ނިންމޭނީ ޢާންމު ޖަލްސާއަކުންކަމާއި، އެ ބައްދަލުވުމަށް އެންމެހައި މެންބަރުންނަށް ނޯޓިސް ފޮނުވަންވާނެކަނ އެނގެން އޮތްހިނދު، އެނޫންގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ޑިރެކްޓަރަކަށް ނުވަތަ ޑިރެކްޓަރުންނަށް އެނޫންގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ބޯޑަށް ލިބިއޮތްކަން ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއކުނ އެނގެން ނެތުމުން، 01 ޖޫން 2020 ގައި ދައުވާކުރާ ފަރާތް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިކޮށް، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢަބްދުއްލަޠީފް އައްޔަންކޮށްފައިވަނީ، ކުންފުނީގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާއާ ޚިލާފަށްކަން އެނގެން އޮންނަ އޮތުމެވެ."
14ޕްރިސިޑެންސް 1ޕްރިސިޑެންސް 2ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމޓެޑްގި ހިންގާ ގަވއިދަށާ ބެލިއިރު، އެ ގަވާއިދުގެ 18 ވަނަ މާއްދާގައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓެރު އައްޔަންކޮށް ވަކިކުރުމުގެ ބެރަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ބާރެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އ ގަވާއިދުގެ 19 ވަނަ މާއްދާގައި، ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް ވަކި މުއްދަތެއްގެ ނޯޓިސް ދިނުމަށް ބަޔާންކޮށްފައިނުވެއެވެ. ހަމައެހެންމެ ޑިރެކްޓަރުންގެ އަޣުލަބިއްޔަތާއެކު ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތައް ބޭއްވިދާނެކަން އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މާއްދާތަކުގެ އިބާރާތުގައި އޮތީ އަންނަނިވި ފަދައިންނެވެ. 18 “The Board of Directors may from time to time appoint one or more Directors to the Office of Managing Director or Manager for such term and at such remuneration as they may think fit; but his appointment shall be subject to determination ipso facto if he ceases from any cause to be a Director or if the Company in the General Meeting resolve that his tenure of the office of Managing Director or Manager be determined.” 19 “The Board of Directors shall meet at least twice a year for the dispatch of business and may adjourn, and otherwise regulate its meetings, as it thinks fit. Questions at any meetings shall be decided by a majority of votes. Incase of equality of votes the Chairman shall have a second or casting vote. A Director may, and the secretary on the requisition of a Director shall, at any time summon a meeting of the Directors.” . ދަށު ކޯޓަށް ހުށަހެޅިފައިވާ އެގްޒިބިޓް- C02 20 “The quorum necessary for the transaction of the business of the Directors may be fixed by the Directors and unless so fixed 02 Directors or their representatives shall constitute the quorum.”
15ކުންފުނީގެ މެނޭޖިންގ ޑިރެކެޓަރު އައްޔަންކޮށް ވަކިކުރުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާކަން ކުންފުނީގެ ހިންގާ ގަވާއިދުގެ 18 ވަނަ މާއްދާގައި އޮތްއިރު،ޑިރެކްޓަރުންގެ ބޯޑުގެ ބައްދެ ލުވުން ބޭއްވުމުގެ އިޖުރާއަތު އެ ގަވާއިދުގެ 19 އަދި 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަމަކު އާންމު ޖަލްސާއަކުން ކުރަންޖެހޭ ކަމެއް ނޫންކަނާއެ މްއްދާ ތަކަށް ބެލުމުން އެނގެން އޮވެއެވެ.
16ޕްރިސިޑެންސް 3އްހެންކަމުންސިޓީ އިންވެސްޓްމަންޓސުކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަކިކޮށް އައްޔަންކުރެވޭނީ، އެ ކުންފުނީގެއާނމް ޖަލްސާ ބޭއްވުމުގެ އިޖުރާއަތު ބަޔާންކުރާ އެ ގަވާއިދުގެ 11 ވަނަ މާއްދާއާ އެއްގޮތަށް 14 )ސާދަ( ދުވަހުގެ ނޯޓިސް ދިނުމަށްފަހު ބާއްވާ ޑިރެކްޓަރުންގެ ބޯޑުގެ އ ންމ ޖަލްސާއަކުންކަން ދޭހަވާ މޭރުމުން ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ބ( ގެ v އަދި vii ގީއިބަޔާންކޮށްފައިވަނ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ 18، 19 އަދި 20 ވަނަ މާއްދާއާ ޚިލާފަށް ކަން އެނގެން އޮވެއެވެ. އަދި މިކަމާމެދު މި މައްސަލައިގެ ޚަސްމުންގެ މެދުގައވެސ ޚިލާފެއް ނެތެވެ.
17ވުމާއެކު،ދަށު ކޯޓނު ބަޔާންކޮށްފައިވާ މި މާނަކުރުމާގުޅިގެންއިސްތްއުނާފި ކުރް ފަރާތުނ އެދިފައިވާގޮތަށ ޙުކުމުގައި ކަނޑައަޅާފައިވުއ ބައި ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ.
18އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2462/Cv-C/2020 ޤަޟިއްޔާގެ ޙުކުމުގައި، ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ޢަލީ ފަހީމް ވަކިކޮށް މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢަބްދުއްލަޠީފް އައްޔަންކޮށްފައިވަނީ ކުންފުނީގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އދ 19 ވަނަ މާއްދާއާ ޚިލާފަށްކަމަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، މި މައްސަލަ ނިންމަން ފެނެއެވެ. ފ ނޑިޔާރ ޙަސަނު ޝަފީޢުގެ ރައުޔު؛
19ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
20ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
21މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން
- ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 11، 18، 19 އަދި 20 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަދި 80 ވަނަ މާއްދާގެ (ހ) ގެ (6) (ދަށު ކޯޓުގެ ޙުކުމުގައި)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، މުޙައްމަދު އަޒުމީ، ސީ.އެލް.އޭ ޕާރޓްނާރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޕްރިމިއަރ ޗެމްބަރސ މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީ.އެލް.އޭ ޕާރޓްނާރސް އެލް.އެލް.ޕީ
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް