ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/374
2016/HC-A/374، 2016/HC-A/374
2016/HC-A/374 (2016/HC-A/374, High Court of the Maldives, 6 November 2017)
2016/HC-A/374
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ކުންފުންޏަށް ގެއްލުންވާގޮތަށް މެޖޯރިޓީ ޙިއްޞާދާރުން ޢަމަލުކޮށްފައިވާކަން ސާބިތުނުވާތީ، ދަޢުވާގައި އެދިފައިވާ ފަދައިން ފައިޞަލާކޮށްދެވެން ނެތްކަމަށް ޙުކުމްކުރިއެވެ.
ތިން ޙިއްޞާދާރުން ތިބި ކުންފުންޏެއްގެ މައިނޯރިޓީ ޙިއްޞާދާރު، މެޖޯރިޓީ ޙިއްޞާދާރުންގެ ޢަމަލުތަކުގެ ސަބަބުން ކުންފުނި ދަރަނިވެރިވެ ކުންފުނީގެ ހަމައެކަނި އެސެޓް ކަމުގައިވާ ރިސޯޓު ގެއްލިދާނެ ކަމަށް ބުނެ، ކުންފުނީގެ މުދާ އަގުކޮށް ދަރަނި ހިސާބުކޮށް، ދަރަނިއަށް އޭނާ ޖާމިނުވުމުން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ޙައްޤުތައް އޭނާއަށް ލިބިދިނުމަށް އެދި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، އިދާރީ އިހުމާލުން ނިންމުމުގެ ބާރު ނަފީނުވާކަމަށް ބުރަވުމާއި، މެޖޯރިޓީގެ ނިންމުންތައް ވިޔަފާރީގެ ނިންމުންކަމަށް ބަލައި ހެކި ނުބެލުމާއި، ހެކިން ޙާޟިރުނުކުރުމާއި، ޙުކުމް އިޞްލާޙުކުރުމަކީ ހެކި ބެލުމުގެ އުޞޫލުތަކާއި ކުންފުނީގެ ޤާނޫނުގެ 73، 74 ވަނަ މާއްދާތަކާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ކުންފުނީގެ މެޖޯރިޓީ ޙިއްޞާދާރުން ކުންފުންޏަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވޭތޯއާއި، ޑިރެކްޓަރަކަށް ނޯޓިސް ނުފޮނުވާ ބޭއްވި ބޯޑު ބައްދަލުވުމެއްގައި ނަގަން ނިންމި ލޯނެއް ބާޠިލުވޭތޯއާއި، ކުންފުނީގެ ވިޔަފާރި ނިންމުންތަކުގައި މައިނޯރިޓީ ޙިއްޞާދާރަކަށް ޝަރީޢަތުން ރިލީފު ދެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ލޯނު ނެގުމުގެ ބައްދަލުވުމަށް ނޯޓިސް ނުފޮނުވުމަކީ އިދާރީ އިހުމާލެއް ކަމުގައިވިއަސް، މައިނޯރިޓީ ޙިއްޞާދާރަށް މެޖޯރިޓީގެ ނިންމުން ބަދަލުކުރުމުގެ ބާރު ނެތުމާއި، އެ ދުވަސްވަރު އިޢުތިރާޟު ނުކުރުމާއި، ތިންވަނަ ފަރާތްތަކުގެ ޙައްޤު ހިމެނުމުން ނިންމުން ބަދަލުކުރަން ނުޖެހެއެވެ. ލޯނުގެ ފައިސާ ހޭދަކުރީ ކުންފުނީގެ ޤަވާޢިދާ އެއްގޮތަށް އެސެޓް އިތުރުކުރުމަށް ކަމުން، މެޖޯރިޓީގެ ޢަމަލުތަކުން ކުންފުނި ދަރަނިވެރިވިކަމަށް ނުބެލެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުންފުނި ހިންގުމުގެ ޢާންމު އިޖުރާއަތަށް ބަލާއިރު، ކުންފުނީގެ ބޯޑުގެ ބައްދަލުވުންތަކުގެ ނޯޓިސް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުންނަށް ފޮނުވަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ކުންފުނީގެ ބައްދަލުވުންތަކުގެ ނޯޓިސް ފޮނުވުމަކީ ކުންފުނީގެ އިދާރީ ގޮތުން ކުރަންޖެހޭ ކަމެއް ކަމުން، ނޯޓިސް ނުފޮނުވުމަކީ އިދާރީ އިހުމާލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ކުންފުނީގެ ކަންތައްތައް ނިންމުމުގެ ބާރު ލިބިދީފައިވަނީ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރސް އަށް ކަމުން، މައިނޯރިޓީ ޙިއްޞާދާރަކަށް ކުންފުނީގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަންތައްތައް ބަދަލުކުރުމުގެ ބާރެއް ލިބިފައި ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- މެޖޯރިޓީން ނިންމި ނިންމުމެއް ބަދަލުކުރުމުގެ ބާރު މައިނޯރިޓީ ޙިއްޞާދާރަކަށް ލިބިފައިނުވާއިރު، އިތުރު ފަރާތްތަކުގެ ޙައްޤުތައް ހިމެނިގެންވާ ލޯނުގެ މުޢާމަލާތެއްގައި، އެ ނިންމުން ނިންމި ދުވަސްވަރު އިޢުތިރާޟުކޮށްފައި ނުވާނަމަ، ބައްދަލުވުމަށް ޙާޟިރުނުވެވި ދެކޭގޮތް ބުނުމުގެ ޙައްޤު ނުލިބުނު ކަމަށްޓަކައި އެ ނިންމުން ބަދަލުކުރަންޖެހޭ ކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ކުންފުނީގެ ވިޔަފާރި ސިޔާސަތުތައް ކަނޑައެޅުމަކީ އެކުންފުންޏެއްގެ އަމިއްލަ އިދާރީ ހިންގުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ކުންފުނީގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދާ އެއްގޮތަށް ކުންފުންޏަށް އެސެޓް އިތުރުކުރުމުގެ ގޮތުން ނުވަތަ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ކުންފުނީގެ ޑިރެކްޓަރުން ނިންމާ ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ގެއްލުމެއް ލިބޭ ކޮންމެ ޙާލަތަކީ، ސެޕަރޭޓް ލީގަލް އެންޓިޓީގެ މަބްދައަށް ބަލާއިރު، ކުންފުނީގެ ސިޔާސަތު ކަނޑައެޅި ފަރާތްތައް ޒިންމާދާރުވާންޖެހޭ ޙާލަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ކުންފުންޏަށް އެސެޓް އިތުރުކުރުމުގެ ބާރު ލިބިގެންވަނީ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރސްއަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/32 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް