ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/493
ސިލްވަރ ސޭންސް ޕވޓ ލޓޑ ވ. ސައިފުﷲ ޢަލީ، 2016/HC-A/493
Silvar Seyns Pvt Ltd v. Saifuﷲ Ali 2016/HC-A/493 (2016/HC-A/493, High Court of the Maldives, 28 April 2019)
ސިލްވަރ ސޭންސް ޕވޓ ލޓޑ ވ. ސައިފުﷲ ޢަލީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ވަޒީފާ އަނބުރާ ދީފައިވާކަން ކުންފުނިން ސާބިތުކޮށް ނުދޭތީ، 10 ދުވަހުގެ ތެރޭގައި ވަޒީފާ އަނބުރާ ދީ، US$42,599.20 އާއި 9000ރ. ދިނުމަށް ކުންފުނީގެ ޣައިރު ޙާޟިރުގައި ޙުކުމްކުރި.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން 11 ސެޕްޓެމްބަރ 2013 ގައި ބޯޓު ކްރޫ މުވައްޒަފެއްގެ ވަޒީފާ އަނބުރާ ދީ، މުސާރައާއި ޢިނާޔަތް ދިނުމަށް ނިންމި ނިންމުން ތަންފީޛުކޮށްދިނުމަށް އެދި، 2 އަހަރަށްވުރެ ގިނަ ދުވަސް ފަހުން މުވައްޒަފު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ކުންފުނިން ބުނީ ހެކިތަކަށް ރިޢާޔަތް ނުކޮށް ނިންމި ކަމަށާއި، ސަބަބުތައް ރިޕޯޓުގައި ނެތް ކަމަށާއި، ޙައްޤުގައި ނިދާލި ފަރާތަށް ފައިސާ ދިނުމަކީ އިކުއިޓީއާ ޚިލާފު ކަމަށާއި، މުވައްޒަފު އެހެން ވަޒީފާއެއް ހޯދިތޯ ނުބެލި ކަމަށެވެ. މުވައްޒަފު ބުނީ ލިބުނީ ވަކިކުރިކަން އަންގާ ސިޓީ އެކަނި ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ VTR/2013/52 ނިންމުމާ އެއްގޮތަށް މުވައްޒަފުގެ ވަޒީފާ އަނބުރާ ދީ، ލިބެންޖެހޭ ފައިސާ ދީފައިވާކަން ވަޒީފާދޭ ފަރާތުން ސާބިތުކޮށްދީފައިވޭތޯ، އަދި ޙުކުމް ތަންފީޛުކުރުމަށް އެދޭ މައްސަލައެއްގައި ކޯޓުން ބަލަންޖެހޭނީ ކޮންކަމަކަށްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ކުންފުނިން ވަޒީފާ އިޢާދަކޮށް، ފައިސާ ޖަމާކޮށް، މުވައްޒަފު ދިރިއުޅޭ އެޑްރެހަށް ރެޖިސްޓަރޑް ޕޯސްޓުން ތިން ފަހަރު ނުކުތުމަށް އެންގިއިރު އޭނާ ނުނުކުމެ، ކުންފުންޏާ ގުޅާފައި ނުވާތީ، ނިންމުމުގެ އިލްތިޒާމްތައް ކުންފުނިން އަދާކޮށްފައިވެއެވެ. އެހެންކަމުން ސިވިލް ކޯޓުގެ ނިންމުން ރަނގަޅެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓަށް އިސްތިއުނާފުކޮށްފައިނުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަކީ ނިހާއީ ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު ށ)
- ޙުކުމް ތަންފީޛުކުރުމަށް އެދި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ބެލޭނީ، ތަންފީޛުކުރަން އެދޭ ޙުކުމުގައިވާ އިލްތިޒާމްތައް އެ ޙުކުމާ އެއްގޮތަށް އަދާކޮށްފައިވޭތޯ ނުވަތަ ނޫންތޯއެވެ. (ހައިކޯޓުގެ 2012/HC-A/254 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުން) (ޙުކުމްގެ ޕެރެގްރާފް ނަންބަރު ރ)
- މުވައްޒަފު ވަޒީފާގެ އެއްބަސްވުމުގައި ދީފައިވާ، އަދި އޭނާ މިހާރުވެސް ދިރިއުޅޭ އެޑްރެހަށް ރެޖިސްޓަރޑް ޕޯސްޓުން ފޮނުވި ސިޓީތަކުގެ ތެރެއިން އެއް ސިޓީ ލިބުނުކަމަށް އޭނާ ބުނާނަމަ، ހަމަ އެ ގޮތަށް ފޮނުވި އެހެން ސިޓީތައްވެސް އޭނާއަށް ލިބިފައިވާ ކަމުގައި ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު ބ)
- ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް ވަޒީފާދޭ ފަރާތުން ވަޒީފާ އިޢާދަކޮށް، ލިބެންޖެހޭ ފައިސާ މުވައްޒަފުގެ އެކައުންޓަށް ޖަމާކޮށް، ވަޒީފާއަށް ނުކުތުމަށް އެތައް ފަހަރަކު ލިޔުމުން އަންގާފައިވާއިރު، މުވައްޒަފު ވަޒީފާއަށް ނުނުކުމެ، ތަންފީޛަށް ހުށަހަޅަންދެން ވަޒީފާދޭ ފަރާތާ ގުޅާފައި ނުވާނަމަ، ވަޒީފާދޭ ފަރާތުން ޙުކުމުގެ އިލްތިޒާމްތައް އަދާކޮށްފައިވާ ކަމުގައި ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު ބ)
- 2012/HC-A/254
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް