ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/163
ޤާސިމް ޙުސައިން ވ. އދ. މަހިބަދޫ ކައުންސިލްގެ އިދާރާ، 2019/HC-A/163
Qasim Hussain v. ADh. Mahibadhoo Council Office 2019/HC-A/163 (2019/HC-A/163, High Court of the Maldives, 21 July 2024)
ޤާސިމް ޙުސައިން ވ. އދ. މަހިބަދޫ ކައުންސިލްގެ އިދާރާ
މައިގަނޑު ސުވާލު
ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ޝަފަހީ ހެކިން ހާޒިރުނުކޮށް، ސަބަބު ބަޔާންނުކޮށް، އޮޑިހަރުގެއަށް ބަދަލު ހޯދުމުގެ ދަޢުވާ މެޖިސްޓްރޭޓް ކޯޓުން ނިންމުމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ؛ އަދި ނިޔާވި ބައްޕައަށް ދޫކުރި ބިމުގައި ހެދި އޮޑިހަރުގެއަށް ބަދަލު ހޯދުމަށް އެކަނި ދަރިއަކަށް ދަޢުވާކުރުމުގެ ޙައިސިއްޔަތު އޮތްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގައި، ދަފްޢެއް ސާބިތުކުރުމަށް ހުށަހެޅޭ ޝަފަހީ ހެކިން ބަލައިގަނެ ހާޒިރުކޮށް ހެކިބަސް ނެގުމަކީ އަސާސީ އަދި މުހިންމު ކަމެކެވެ؛ ނަމަވެސް ހުށަހެޅޭ ހުރިހާ ހެކިން ހާޒިރުކުރަންޖެހޭ މުޠުލަޤު ކަމެއް ނޫނެވެ. މައްސަލައިގެ ބާވަތާއި ހާލަތަށް ބަލާއިރު ވާޤިޢާއެއް އެހެން ހެއްކަކުން ފާޅުކަންބޮޑުގޮތެއްގައި ސާފުވެފައިވާނަމަ، އިތުރު ހެއްކަކީ ބޭނުންތެރި ހެއްކަކަށް ނުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11-13)
- މައްސަލައާ ގުޅުންހުރި ހެކިތަކާއި ގުޅުން ނެތް ހެކިތައް ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިދީފައިވާ ބާރެކެވެ؛ ނަމަވެސް ވަކި ހެއްކެއް ބަލައިނުގަތުމަށް ނުވަތަ ހާޒިރުނުކުރުމަށް ނިންމާނަމަ، އެ ސަބަބު ޚަޞްމުންނަށް އެނގޭނެހެން "ޝަރީޢަތް ނިމުނު ގޮތް" ގައި ބަޔާންކުރަންވާނެއެވެ، އެއީ އިސްތިއުނާފީ މަރުޙަލާގައި އެ ސަބަބަށް ޖަދަލުކުރެވޭނީ އޭރުން ކަމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14، 16)
- ދަށުކޯޓުން މައުޟޫޢީގޮތުން ބަލާފައިވާ މައްސަލައެއްގައި ހެއްކެއް ހާޒިރުނުކޮށް އޮތްނަމަ، އިސްތިއުނާފީ ކޯޓުން ބަލަންޖެހޭނީ އެ ހެއްކެއް ހާޒިރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްތޯއާއި، އެ ހެއްކެއް ހާޒިރުކުރުމުން ޙުކުމަށް ބަދަލެއް އައިސްދާނެތޯއެވެ؛ އެފަދަ ބަދަލެއް އަންނާނެ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ދައްކައިދޭން ޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-20)
- މައްސަލައާއެކު ހުށަހެޅި ލިޔުންތަކުންނާއި ދަޢުވާ ރައްދުވާ ފަރާތުގެ ބަހުން އެނގެން އޮތް ވާޤިޢާއެއް އިތުރަށް ސާބިތުކުރުމަށް ހެކިން ހާޒިރުކޮށް ހެކިބަސް ނަގަންޖެހޭކަމަށް ނުދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 24)
- ނިޔާވި ބައްޕައަށް ދޫކުރި ބިމުގައި ހުރި އޮޑިހަރުގެއަކީ ދަޢުވާކުރާ ފަރާތަށް ތަރިކައިން ލިބިފައިވާ ތަނެއް ނޫންނަމަ، އަދި އެހެން ވާރިޘުން ދަޢުވާކުރުމުގެ ޙައްޤު އޭނާއަށް ދީފައިވާކަމުގެ ހެއްކެއް ނެތްނަމަ، ހަމައެކަނި އެ ދަރިއަށް އޮޑިހަރުގޭގެ މައްޗަށް ދަޢުވާކޮށް ބަދަލު ހޯދުމުގެ ޙައިސިއްޔަތު ލިބިގެންވާކަމަށް ބުރަވެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 25)
- އިޖުރާއީ އިޢުތިރާޟާމެދު ދަށުކޯޓުން ގޮތް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ކަމަށްވާނަމަ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ފަނޑިޔާރު ކޮށްފައިވާ ކަމަކީ ކޮބައިކަން ބަޔާންނުކޮށް ހުށަހަޅާ އިސްތިއުނާފީ ނުކުތާއެއް ޤާއިމެއް ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-29)
1މިއީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4C/2018I59/ ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފކޮށްދިނުމަށު އެދި އދ. މަހިބަދޫ / ރިހާބު، ޤާސިމް ޙުސައިންގެ (މީގެ ފަހުން "ޤާސިމް ޙުސައިން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ފަރާތުން ދިވެހިރާއްޖޭގެ ހއިކޯޓަށަ ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާ (މީގެ ފަހުން "މަހިބަދޫ ކައުންސިލް" ނުވަތަ " އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ. ދަށުކޯޓަށް ހުށަހެޅުނު ދަޢުވާ:
2އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4C/2018I59/ ޤަޟިއްޔާ ބަލާފައިވާ މައްސަލައަކީ، ޤާސިމް ޙުސައިންގެ ބައްޕަ (އދ. މަހިބަދޫ / ދޭލިޔާގެ އަލް މަހްރ މ ޙުސައިން އިބްރާހީމް) އަށް އޭރުގެ އަތޮޅު އޮފީހާއި އަދި އދ. މަހިބަދޫ އޮފީހުން ދީފައިވާ އޮޑިހަރުގެ ބިމުގައި، ޢިމާރާތްކޮށްފައިވާ ހަރުގއަށެ ބަދަލް ދިނުމެއްނެތި ޤާސިމް ޙުސައިންގެ ނުރުހުމުގައި އދ. މަހިބަދޫ ކައުންސިލްގެ ފަރާތުން އެޢިމާރާތް ތަޅާލަން މަސައްކަތްކުރާތީ ބަދަލު ހޯދުމަށް އެދި ޤާސިމް ހުސައިން ގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތް:
3އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4C/2018I59/ ޤަޟިއްޔާގައި ނިންމާފައިވަނީ، "ދެންފަހެ، އދ.މަހިބަދޫ / ދޭލިޔާގެ ޤާސިމް ޙުސައިން () ގެ ބައްޕަ (އދ.މަހިބަދޫ / ދޭލިޔާގެ އަލްމަރުޙޫމ ޙުސައިން އިބްރާހީމް) އަށް އޭރުގެ އަތޮޅު އޮފީހާއި އަދި އދ.މަހިބަދޫ އޮފީހުން ދީފައިވާ އޮޑިހަރުގެ ބިމުގައި، ޢިމާރާތްކޮށްފައިވާ ހަރުގއަށެ ބަދަލް ދިނުމެއްނެތި، ޤާސިމް ޙުސައިންގެ ނުރުހުމުގައި، އދ.މަހިބަދޫ ކައުންސިލްގެ ފަރާތުން އެ ޢިމާރާތް ތަޅާލަން މަސައްކަތްކުރާތީ، ބަދަލު ހޯދުމަށް އެދި ޤާސިމް ޙުސައިން ދަޢުވާކުރި ހިނދު، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލައި ރިޢާޔަތްކުރުމުން، މިދަޢުވާގައި ބަޔާންކޮށްފައިވާ އޮޑިހަރުގެ އަކީ، މި ދަޢުވާކުރާ ޤާސިމް ޙުސައިންގެ ބައްޕަ (އދ.މަހިބަދޫ / ދޭލިޔާގެ އަލްމަރުޙޫމ ޙުސައިން އިބްރާހީމް) އަށް އދ.އަތޮޅުއޮފީހާއި، އދ. މަހިބަދޫ އޮފީހުން 1984 ޖ ން މަހު ދީފައިވާ ހަރުގެ ވަޅު (ރާނާ ޓިނުން ހިޔާކޮށްފައިވާ) އެއްވެސް ބަދަލަކާ ނުލާ، ނުރުހުމުގައި، އދ. މަހިބަދޫ ކައުންސިލުން ތަޅާލަން މަސައްކަތްކުރާތީ، ޢިމާރާތުގެ ބަދަލު ދީފައި ނ ނ، ތަޅާނުލެވޭ ގޮތަށް ނިންމާ ދިނުމަށް އެދޭކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހި ޖުމްހ ރިއްޔާގެ ޤާނ ނުއަސާސީގެ 230 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާއި، 232 ވަނަ މާއްދާގެ (ހ) (ށ) (ނ) އަދި (ރ) އާއި، ޤާނ ނ ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނ ނ) އާއި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާއިބެހާ ޤާނ ނ) އާއި މި ޤާނ ނުގެ ދަށުން ހަދާފައިވާ ޤަވާއިދު ތަކުގައި ބަޔާންވެގެންވާ އުންޞުރުތަކާއި، އަދި ދިވެހިރާއްޖޭގެ ބިމާއިބެހޭ ޢާއްމު ސިޔާސަތުގެ ޒަމާންވީ ޢުރުފީ ހަމަތަކާއި މަންތިޤީ ޢާއްމު ހަމަތަކަށް ނަޒަރު ކުރުމުން، މި ދަޢުވާކުރާ ޤާސިމް ހުސައިން އެދިފައިވާ ގޮތުގެ މަތިން ދަޢުވާގައި ބަޔާންކޮށްފައިވާ އޮޑިހަރުގެ ޢިމާރާތްކޮށްފައިވާ ނުއުފުލޭ މުދަލުގެ މައްޗަށް ބަދަލު ކަނޑައަޅާނެ "ޝަރުޢީ އަދި ޤާނ ނ" އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައި، މިގޮތުގެ މަތީން މިޤަޟިއްޔާ ނިންމައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް:
4އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4C/2018I59/ ޤޟިއްޔަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އދ. މަހިބަދޫ / ރިހާބު، ޤާސިމް ޙުސައިންގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތތަކާއާ ބެހި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ؛
1.4 އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 59/14C/2018 ޤަޟިއްޔާއިން ޙުކުމްކުރި އިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) އަދި (ށ) އަދި (ނ) އާއި، 232 ވަނަ މާއްދާގެ (ހ) (ށ) (ނ) އަދި (ރ) އާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2002/1 ( ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) އާއި މިޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ތަކުގައި ބަޔާންވެގެންވާ އުންޞުރުކާއި ހަމަތަކާއި، އަދި ދިވެހިރާއްޖޭގެ ބިމާއިބެހޭ ޢާއްމު ސިޔާސަތުގެ ޒަމާންވީ ޢުރުފީ ހަމަތަކާއި މަންތިޤީ ޢާއްމު ހަމަތަކަށް ނަޒަރު ކުރުމުން، މި ދަޢުވާކުރާ ޤާސިމް ހުސައިން އެދިފައިވާ ގޮތުގެ މަތިން ދަޢުވާގައި ބޔާންކޮށްފައިވަ އޮޑިހަރުގެ ޢިމާރާތްކޮށްފައިވާ ނުއުފުލޭ މުދަލުގެ މައްޗަށް ބަދަލު ކަނޑައަޅާނެ "ޝަރުޢީ އަދި ޤާނޫނީ" އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފައިވަނީ، އަދި ފާހަގަކުރެވުނު ނުކުތާތަކުގެ 2،3 އަދި 4 ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)އާއި އެމާއްދާގެ (ށ)ގެ 2 އާ ޙިލާފަށްކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
2.4 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.10 ގައި ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ވަޒަންކުރުމުގައި ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރި އިޖުރާއީ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި އެމައްދާގެ (ށ) ގެ 1 އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5އިސްތިއުނާފުކުރާ ފަރާތުން އެދެނީ އިސްތިއުނާފީ ނުކުތާތަކުގައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްދެއްވާ، އިސްތިއުނާފުކުރެވޭ ޤަޟިއްޔާ އަލުން ބެލުމަށް، މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙުވީލުކޮށްދެއްވުމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ޙުކުމެއް ކުރުމުގެކުރިން މިޤަޟިއްޔާގައި އޮޑިހަރުގޭގެ މައްޗަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލް އިދާރާގެ އިޙްތިޞާސްގެ ތެރެއިން އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމައި، ފިޔަވަޅެއް ނޭޅުމަށް އަންގައި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލް އިދާރާ ގެ މައްޗަށާއި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލް އިދާރާގެ މުވައްޒަފުންގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަ
6ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރެވިފައިވާ މައްސަލައަކީ މަހިބަދޫ ކައުންސިލުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ ބައްޕަ (އދ.މަހިބަދޫ / ދޭލިޔާގެ އަލްމަރްޙމ ޙުސައިން އިބްރާހީމް) އަށް އޭރުގެ އަތޮޅު އޮފީހާއި މަހިބަދޫ އޮފީހުން ދީފައިވާ އޮޑިހަރުގެ ބިމުގައި ޢިމާރާތްކޮށްފައިވާ ހަރުގެ ޝަރުޢީ އަދުލުވެރި ބަދަލެއް ދިނުމެއްނެތި މަހިބަދޫ ކައުންސިލްގެ ފަރާތުން އޮޑިހަރުގެ ޝަރުޢީ އަދުލުވެރި ބަދަލެއް ދ ނުމެއްނެތ އިސްތިއުނާފުކުރި ފަރާތުގެ ނުރުހުމުގައި އޮޑިހަރުގެ ތަޅާލުމަށް މަސައްކަތްކުރަމުންދާތީ ހުށަހެޅުނު މައްސަލައެއް ކަމާއި، އެ އޮޑިހަރުގެއަކީ ޝަރުޢީ ގޮތުން ބައްޕަގެ ފަރާތުން އޭނައަށް ލިބިފައިވާ ތަނެއް ކަމަށާއި އެކަން ސާބިތުކުރުމަށްޓަކައި އދ.މަހިބަދޫ ރަށު އޮފީހާއި މުޢާމަލާތު ކުރެވިފައިވާކަން އަންގައިދޭ ސިޓީއާއި، އޭރުގެ އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާކަމަށެވެ. އަދި މިނުކުތާ އިތުރަށް ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ (ހ) އާއި އެމާއްދާގެ (ށ) ގެ އާ ޚިލާ ފަށާ ވަކް ހަސްމަކަށް ބުރަވެ، ހުށަހެޅި ހެކި ޙާޟިރުނުކުރުމަށް ނިންމި ސަބަބުވެސް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިނުވާކަމަށެވެ.
7ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ މަސްއ ލިއްޔަތު އަދާކުރުމުގައި ރިޢާޔަތްކުރަންޖެހޭ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށްކަމުގައި ބަޔާންކޮށްފައިވީކަމުގައިވީނަމަވެސް ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.10 ގައި ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ވަޒަންކުރުމުގައި ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރި އިޖްރާއީ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްފައިވަނީ ކިހިނެތްކަން ކޮން ހަމައަކުންކަން އެނގެން ނެތްކަމަށެވެ.
8އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އޮޑިހަރުގެ ބިމުގައި އިމާރާތްކޮށްފައިވާ ހަރުގެ އަކީ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިފައިވާ ފަދައިން އެފަރާތުގެ ބައްޕައަށް އޭރުގައި އޮތް ހަރުގ އެޅުމުގެ އުސ ލުތަކުގެ ތެރެއިން ޙަވާލުކޮށްފައިވާ ބަންޑާރަ ބިމެކެވެ. އަދި ހަރުގެ ޙަވާލުކުރުމަށް ދީފައިވާ ލިޔުމުގައިވެސް އޮންނަނީ ސަދަނ ރީޖަނަލް އޮފީހުގެ ގަވާއިދާއި އެއްގޮތަށް ދޯނި ބަނުމަށްޓަކައި ނުވަތަ ވަގުތީ ގޮތުން ދޭ ތަނެއްކަމަށާއި، އަދި ކައުންސިލުން ބޭނުންވާ ކޮންމެ ވަގުތަކު އެއްވެސް ބަދަލެއް ދިނުމެއްނެތި އެހަރުގ ނެގޭނެ ކަނެ ސިޓީއަކުން އަންގާފައިވާކަމަށެވެ. އަދި މީހުން އުޅޭ ރަށްރަށުގައި އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމުގެ ގަވާއިދު 1993 ގެ 04 ވަނަ މާއްދާގައިވެސް ބަޔާންކޮށްފައިވަނީ މީހުން އުޅޭ ރަށްރަށުގަ އޮޑިހަރުގެ އެޅުމަށް ދ ކުރާ ބިމަކީ ވަގުތީގޮތުން ދޫކުރެވޭ ބިންތަކަކަށް ވުމާއެކު އެބިމުގައި އެތަނެއް ހަދާނަމަ، ހަދަންވާނީ މުއްދަތު ހަމަވެގެން ދކުރާއިރ ނުވަތު އެނޫންވެސް ގޮތަކުން ބިން ވަކިކުރަން ޖެހިއްޖެނަމަ ރ ޅައިގެ ން ގެންދެވޭ ގޮތަށް ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ އިތުރުން ބިންތަކަށް އައި ބަދަލުތައް ޢާންމުކޮށް އިޢުލާން ކުރެވިފައިވާކަމަށެވެ. އަދި ބަދަލެއް ނުދީ ނެގޭނެކަން ހުރިހާ ލިޔުންތަކަށް ބެލުމުންވެސް އެނގެން އޮންނަކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދުނުގޮތް:
9އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ 4C/2018I59/ ޤަޟިއްޔާގެ މައްސަލަ އަލުން ބެލުމަށް ތަޙްވީލުކޮށްދެއްވުމަށާއި މިކޯޓުން ޙުކުމެއް ކުރުމުގެ ކުރިން އޮޑިހަރުގޭގެ މައްޗަށް އަރިއަތޮޅު އުތުރުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގެ އިހްތިޞާސްގެ ތެރެއިން އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމައި، ފިޔަވަޅެއް ނޭޅުމަށް އަންގައި އަރިއަތޮޅު އުތުރުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކޮށް ދެއްވުމަށް އެދިފައިވެއެވެ.
10އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މި މައްސަލާގައި އަހުރެންގެ ކުރިމަތީގައި އޮތް ސުވާލަކީ، ދަށުކޯޓުން މި މައްސަލަ ނިންމުމުގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ހާޒިރުކުރުމުގައްޔާއި ހެކި ވަޒަންކުރުމުގައި ފަނޑިޔާރުންގެ ޤާނޫނުގި 5 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯއެވެ.
11ޕްރިސިޑެންސް 1މަދަނީ މައްސަލައެއްކަމުގައިވިޔަސް އަދި ޖިނާއީ މައްސަލައެއްކަމުގައި ވީނަމަވެސް، އެ މައްސަލައެއްގެ ޚަސްމުންގެ ފަރާތުން ހުށަހަޅާ ދަފްޢެއް ސާބިތުކުރުމަށް ހުށަހެޅޭ ޝަފަހީ ހެކިން ބަލައިގަނެ، އެ ހެކިން ހާޒިރުކޮށް، ހެކިންގެ ހެކިބަސް ނެގުމަކީ ވަރަށް އަސާސީ އަދި މުހިންމު ކަމެކެވެ.
12އެހެންނަމަވެސް، މިއީ ހުރިހާ މައްސަލައެއްގައި އެއް މިންގަނޑަކުން ވަޒަންކޮށް، ހުށަހެޅޭ އެންމެހާ ހެކިން ހާޒިރުކުރުމަށް ނިންމައި، ހުރިހާ މައްސަލައެއް އެގޮތުގެ މަތީން ކުރިއަށް ގެންދަންޖެހޭގޮތަށް މުތުލަޤަށް އޮތް ކަމެއްނޫނެވެ. މައްސަލައިގެ ބާވަތާއި، ވަށައިގެންވާ ހާލަތްތަކުން އެފަދަ ކަންކަމުގައި، އެއް މައްސަލައާއި އަނެއް މައްސަލައާ ދެމެދު ފަރަޤުތަކެއް ހުރެދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި، އެހެން ހެއްކެއްގެ ސަބަބުން ވަކި ވާޤިއާއެއް ފާޅުކަންބޮޑުގޮތެއްގައި ސާފުވެފައި އޮވެއްޖެނަމަ، އެވާޤިޢާއެއ ސާބިތުކުރުމަށް ހުށަހެޅަ އިތުރު ހެއްކަކީ، ކޮންމެހެން ބޭނުންތެރި ހެއްކަކަށްވެސް ނުވެދާނެއެވެ.
13އެހެންކަމުން، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިން ހާޒިރުކުރުމަކީ، ވަކިވަކީން ބަލައި ވަޒަންކޮށް ގޮތް ނިންމަންޖެހޭ ކަންކަމެވެ. ފަހަރުގައި، މިއިން ކޮންމެ މަރުޙަލާއެއްގައި ނިންމާގޮތަކީ، ވަކި ނިންމުމެއްގެ ގޮތުގައި ލިޔުމަށް ތިރިވެފައި އޮންނަ ނިންމުމަކަށް ނުވަ ދާނެއެވެ.
14ޕްރިސިޑެންސް 2މިފަދަ ހާލަތްތަކުގައިވެސް، ވަކި ހެއްކެއް ބަލައިނުގަތުމަށް ނުވަތަ ހާޒިރުނުކުރުމަށް ނިންމާފައިވާނަމަ، އެފަދައިން ނިންމި ސަބަބު ޚަސްމުންނަށް އެނގޭނެގޮތަށް "ޝަރީޢަތް ނިމުން ގޮތް" ގައި ލިޔެ ބަޔާންކޮށްދިނުމަކީ މުހިންމުކަމެކެވެ. ހެކިން ހާޒިރުނުކުރަން ނިންމާފައިވާނަމަ، އެއީ ކޮންސަބަބެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮންނާނީ އޭރުންނެވެ. އަދި އިސްތިއުނާފީ މަރުހަލާގައި، އެފަދަ ސަބަބަކަށް ޖަދަލުކޮށް، އިސްތިއުނާފެއް ބިނާކުރަން އެނގޭނީވެސް، ފަނޑިޔާރު އެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށްދިނުމުންނެވެ.
15މި މައްސަލައަށް ބަލާއިރު، ދަށުކޯޓުގައި ޤާސިމް ޙުސައިންގެ ފަރާތުން، 2 (ދޭއް) ހެއްކެއް ހާޒިރުކޮށްދިނުމަށް 2 1 އެދިފައިވާކަން، ދަޢުވާފޯމު އާއި، މަޙުޟަރު ބަޔާން އަށް ބެލުމުން އެނގެން އޮވެއެވެ. އަދި މިހެކިން ހާޒިރުކުރުމަށް އެދިފައިވާ ސަބަބެއްގެ ގޮތުގައި މަޙުޟަރު ބަޔާނުން ފެންނާންއޮތީ "ވަކިމުއްދަތެއްގެ ތެރޭގައި ހަރުގެ ރާނާ ޓިނުޖަހާ ހިޔާކުރުމަށް އެންގިކަން" ސާބިތުކުރުމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފްކުރާ ފަރާތުން ބުނެފައިވަނީ ހެކިން ހާޒިރުކުރުމަށް އެދިފައިވާނީ، ހަރުގެއަކީ އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަގެ ތަރިކައިން ލިބިފައިވާ ތަނެއްކަން ސާބިތުކުރުމުގެ ގޮތުންކަމުގައެވެ.
16މައްސަލައާ ގުޅުން ހުރި ހެކިތަކާކައި ގުޅުން ނެތް ހެކިތަކަކީ ކޮބައިކަން ކަނޑައެޅުމަކީ ފަނޑިޔާރުންނަށް ލިބިދީފައިވާ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަރާމ ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އިޚްތިޔާރުތަކާއި ބާރުތައް ބޭނުންކުރާއިރު، ވަކި ހެއްކަކު ހާޒިރު ނުކުރުމަށް ނިންމާނަމަ، އެކަމުގެ ސަބަބު، "ޝަރީޢަތް ނިމުން ގޮތް" ގައި ބަޔާންކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ސަޢީދު ވ ޤާސިމް އިބްރާހީމް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް މި މައްސަލާގައި އިސްތިއުނާފު ކުރާ ފަރާތުގެ ދަޢުވާ ސާބިތުކުރުމުގު ގޮތުން ހުށަހަޅާފައިވާ ޝަފަހީ ހެކިން، ޝަރީޢަތަށް ހާޒިރުކޮށްފައިނުވާއިރު، "ޝަރީޢަތް ނިމުން ގޮތް" ގައި އެކަމުގެ ތަފްސީލެއް ބަޔާންކޮށްފައި ނުވެއެވެ.
17ހެކިން ހާޒިރުކޮށްފައިނުވާ ސަބަބުތއަ ތަފްސީލުކޮށްދެމުން، އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، ދަށު ކޯޓުގެ ފަނޑިޔާރު، ހެކިން ހާޒިރު ނުކުރުމަށް ނިންމާފައިވަނީ، ކައުންސިލުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ހަރުގެއަކީ ދައުވާކުރާ ފަރާތުގެ އިމާރާތެއްކަމަށް ދެކިގެން ކައުންސިލުން ދައުވާކުރާ ފަރާތާ ލިޔެކިޔުމުން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ "މަދަނީ އެހެނިހެން މައްސަލަތަކުގައި މައްސަލަ / ދަޢުވާ ހުށަހަޅާ ފޯމު"ގެ ސަފްޙާ ނަންބަރު 3 އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ މަޙުޟަރު 397 އަދި 398 (B3 28 ) | MahuzaruF/N)) މިކޯޓުގެ ނަންބަރު 2016/HC-A/186 ޤަޟިއްޔާ މިކޯޓުގެ ނަންބަރު 2012/HC-A/82 ޤަޟިއްޔާ މުޢާމަލާތުކޮށްފައިވާ ކަން އެނގޭތީ، އެ އިމާރާތަކީ ދައުވާކުރާ ފަރާތުގެ އިމާރާތެއްކަނ އެނގެން އޮތުމުންނާއި، އަދި އެ އިމާރާތަކީ ދައުވާކުރާ ފަރާތުގެ އިމާރާތެއްކަނ އެނގޭކަމަށް ކައުންސިލްގެ ފަރާތުން ޝަރީޢަތަށް ވަޑައިގެން އިންނެވި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އެކަން އިތުރަށް ސާބިތުކުރުމަށް ހެކިން ބޭނުންނުވާތީކަމަށް، ދަށު ކޯޓުގެ ފަނޑިޔާރު ޝަރީޢަތުގެ މަޖިލީހުގައި ބުނފައިވާކަމުގައެވެ. ދަށުކޯޓުގެ މަޢުޟޫޢީ މައްސަލާގައި ހެކިން ހާޒިރުނުކޮށް އޮތުމުގެ ނަތީޖާ ދެނެގަތުން ހެކިން ހާޒިރުކުރުމަށް އެދިފައިވާ ސަބަބު
18ޕްރިސިޑެންސް 3ދަށު ކޯޓުގައި މަޢުޟޫޢީ ގޮތުން، ބަލާފައިވާ މައްސަލައެއްގައި، ހެއްކެއް ހާޒިރުނުކޮށް އޮތްނަމަ، އިސްތިއުނާފީ ކޯޓެއްގއަ އެފަދަ ނުކުތާއެއްގައި ބަލަންޖެހޭނީ، އެފަދަ ހެއްކެއް ހާޒިރުކުރުމަކީ ކޮންމެހެންވެސް މުހިންމުކަމެއްތޯއާއި، އަދި އެފަދަ ހެއްކެއް ހާޒިރުކުރުމަކުން، މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް އައިސްދާނެތޯއެވެ.
19އެހެންނަމަވެސް، އިސްތިއުނާފީ ނުކުތާގެ ތަފްސީލުތައް ބަޔާންކޮށްދިނުމުގައި، އެފަދަ ބަދަލެއް ޙުކުމަށް އައިސްދާނެކަމަށ ފެންނަކަމަށް ބަޔާންކޮށް އެއްވެސް ސަބަބެއް، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްދީފައި ނުވެއެވެ. ހަމައެފަދައިން، ހެކިން ހާޒިރުކޮށްދިނުމަށް އެދިފައިވާނީ، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕައަށް، އޭރުގެ އަތޮޅުއޮފީހާއި، އދ. މަހިބަދޫ އޮފީހުން އެ އޮޑިހަރުގެ ދީފައި ވާކަން ސާބިތުކުރުމަށްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަގެ ފަރާތުން އޮޑިހަރުގެއާއި ގުޅުންހުރި ލިޔެކިޔުންތަކުގައި ސޮއިކުރުމާއި، އަދި އޮޑިހަރުގެއާއ ގުޅިގެނި ރަށް އޮފީހާއި މުޢާމަލާތުކުރަމުންދިޔައ އިސްތިއުނާފީ ކުރު ފަރާތުންކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ. އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަ މިހާރު ނިޔާވެފައިވާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަގެ ތަރިކައިގެ ގޮތުގައި ހިމެނި، އެތަން އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާކަމުގެ ރަސްމީ ލިޔުމެއް އިސްތިއުނާފު ކުރާ ފަރާތުގެ އަތުގައި ނެތްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ. ހެކިން ހާޒިރުކުރުމަށް އެންގުމުން ޙުކުމަށް ކުރާނެ އަސަރު ދެނެގަތުން
20ކުރިންވެސް ބަޔާންކުރެވުނު ފަދައިން، އިސްތިއުނާފީ ނުކުތާގެ ތަފްސީލުތައް ބަޔާންކޮށްދިނުމުގައި، ހާޒިރުނުކުރާ ހެކިން، ހާޒިރުކުރުމަށް އަންގައި މައްސަލަ ނިންމައިފިނަމަ، އެ ހެކީން ހާޒިރު ކުރުމުން، ޙުކުމަށް ބަދަލެއް އަންނާނެކަމުގެ މައްޗަށް އެއްވެސް ނުކުތާއެއް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައި ނުވެއެވެ.
21މި މައްސަލައަށް ބަލާއިރު، އަލުން ހެކިން ހާޒިރުކުރުމަށް އަންގައި މައްސަލަ ތަހުވީލުކޮށްފިނަމަ، ނުވަތަ ހެކިން ހާޒިރުކޮށް ހެކިބަސް ނަގާނަމަ، ހެކިންގެ ކިބައިން ސާފުކުރުމަށް ބޭނުންވާ ކަންތައްތަކުގެ ގޮތުގެ ގޮތުގައި، އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖެގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާއި، އަދި ދަށު ކޯޓުގެ މައްސަލައިގެ ލިޔުންތަކުން އެނގެން ހުރި ކަންކަމަށްބަލާއިރު، ދެކަމެއް ހެކީންގެ ކިބައިން އެނގުމުގެ ފުރުސަތު އެބައޮތެވެ. އެއީ؛
1.21. މައްސަލާގައި ހިމެނޭ އޮޑިހަރުގެއަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕައަށް ދ ކޮށްފައިވާ ތަނެއްކަން، އާއި
2.21. މައްސަލާގައި ހިމެނޭ އޮޑިހަރުގޭގައި، "ވަކިމުއްދަތެއްގެ ތެރޭގައި ހަރުގެ ރާނާ ޓިނުޖަހާ ހިޔާކުރުމަށް އޭރުގެ ރަށު އޮފީހުން އެންގި" ކަމެވެ.
22ޕްރިސިޑެންސް 4ބަޔާންކުރެވުނު ކަންކަން، ހެކިންގެ ހެކިބަހުން ސާބިތުވާކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، ހެކިންގެ ފަރާތުން އެނގިގެންދަނީ، މި މައްސަލާގައި ހިމެނޭ އޮޑިހަރުގެއަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕައަށް ދ ކުރެވުނު ތަނެއްކަމާއި، އެތަނަކީ ރާނާ ހިޔާކޮށްފައިހުރި ތަނެއްކަމެވެ. މިކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް މަރުޙަލާއެއްގައި އިންކާރުކޮށްފައިވާ ކަމެއްވެސް ނޫނެވެ. އަދި މި މައްސަލާގައި ހިމެނޭ އޮޑިހަރުގެ، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕައަށް ދ ކުރެވުނު ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުންވެސް އެއްބަސްވެއެވެ.
23ޕްރިސިޑެންސް 5އެހެންނަމަވެސް، ހެކިންގެ ކިބައިން އެކަންކަން ސާފުވުމަކުން، އިސްތިއުނާފު ކުރާ ފަރާތަށް، އޮޑިހަރުގެއަށް ބަދަލު ނަގައިދޭންޖެހޭ ސަބަބަކީ ކޮބައިކަން ސާފެއް ނުވެއެވެ. އޮޑިހަރުގެ ދކުރެވުނ އިސްތިއުނާފީ ކުރާ ފަރާތަކަށް ނޫނެވެ. އޮޑިހަރުގެއަކީ، އިސްތިއުނާފު ކުރާ ފަރާތަށް ތަރިކައިން ލިބިފައިވާ ތަނެއްވެސް ނ ނެވެ. އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަގެ މުޅި ތަރިކަ އެކުގައި ލިބިފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ މަންމައަށެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުގެ މަންމަގެ ތަރިކައގި ގޮތުގައެ މި މައްސަލާގައި ހިމެނޭ އޮޑިހަރުގެއެއް ނެތެވެ. އެހެންކަމަށްވާނަމަ، އެއީ ބައްޕަގެ ތަރިކައިން ލިބިފައިވާ އެއްޗެއްކަމުގައި ބުނުމުގެ ފުރުސަތު މިހިނދަށް އޮތްކަމުގައި ނުދެކެމެވެ. އަދި މިފަދަ ގޮތަކަށްނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުގެ މުދަލެއްގެ ގޮތުގައި އޮޑިހަރުގެ ނުހިމެނޭއިރު، އޮޑިހަރުގޭގެ މައްޗަށް ދައުވާކޮށް ބަދަލު ހޯދުމުގެ ހައިސިއްޔަތެއް އިސްތިއުނާފު ކުރާ ފަރާތަށް ލިބިގެންވާކަމުގެ މައްޗަށް ބުރަވެވެން އޮތްކަމުގައި ނުދެކެމެވެ. އަދި އެފަދަ ދަޢުވާއެއް ކުރުމުގެ ޙައްޤު އެހެން، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަގެ އެހެން ވާރިޘުންގެ ފަރާތުން، އިސްތިއުނާފު ކުރާ ފަރާތަށް ދީފައިވާކަމުގެ މައްޗަށް ބުރަވެވިދާނެފަދަ ހެއްކެއް މިމައްސަލާގައި ހުށަހެޅިފައިނުވެއެވެ.
24ބަޔާންވެދިޔަ ކަންކަމަށްބަލާއިރު، މި މައްސަލާގައި ހިމެނޭ އޮޑިހަރުގެއަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕައަށް ދ ކޮށްފައިވާ ތަނެއްކަން، މައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކުންނާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންވެސް އެނގެން އޮތުމުން، އެ ވާޤިޢާ އިތުރުށް ސާބިތުކުރުމުގެ ގޮތުން، ހެކިން ހާޒިރުކޮށް، ހެކިބަސް ނަގަންޖެހޭކަމުގައި ނުދެކެމެވެ.
25އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ އޮޑިހަރުގެއަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕައަށް ދ ކޮށްފައިވާ ތަނެކެވެ. މި ނުކުތާއަށް ބެލުމުން، އަންނަނިވި ސުވާލުތަކުގެ ޖަވާބު ލިބެންޖެހޭކަމުގައި ދެކެމެވެ.
1.25. އިސްތިއުނާފު ކުރާ ފަރާތަށް ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ފަދަ ގޮތަކަށް، އިސްތިއުނާފު ކުރާ ފަރާތުން އެކަނި ކުރާ ދަޢުވާއެއްގެ ގޮތުގައި މި މައްސަލަ ކުރިއަށް ގެންގޮސް، އޮޑިހަރުގެއަށް ބަދަލެއް ދޭންޖެހޭކަމަށް ކަނޑައެޅޭ ހާލަތެއްގައިވެސް، އެފަދަ ބަދަލެއް އިސްތިއުނާފު ކުރާ ފަރާތަށް ދިނުމަށް މި މައްސަލާގައި އެދިފައިވާ ފަދައިން ޙުކުމް ކުރެވެން އެބައޮތްބާއެވެ؟
2.25. އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަގެ މުދަލެއްގެ މައްޗަށް ލިބިދިވޭންޖެހޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ޤަބޫލުކުރާ ބަދަލެއް އިސްތިއުނާފު ކުރާ ފަރާތަށް އެކަނި މިލްކުކޮށް، ދިނުމަށް އެނގުމުގެ އިޚްތިޔާރު ކޯޓަށް އެބައޮތްބާއެވެ؟
3.25. އިސްތިއުނާފު ކުރާ ފަރާތަކީ، އޭނާގެ ބައްޕަގެ އެންމެ ދޮށީ ދަރިކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވީނަމަވެސް، އެކަމުގެ މައްޗަށް އެކަނި ރިޢާޔަތްކޮށް، އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަގެ އެހެން ވާރިޘުންގެ ބަހެއްނެތި، އިސްތިއުނާފު ކުރާ ފަރާތަށް އޭނާގެ ބައްޕަގެ ފަރާތުން ދަޢުވާއެއްކޮށް ބަދަލަކަށް އެދުމުގެ ފުރުސަތު ލިބިދެނީ ކިހިނެއްބާއެއްވެ؟
4.25. މި ހާލަތުގައި އެހެން ވާރިޘުންގެ ބަހެއް އޮންނަން ނުޖެހޭބާއެވެ؟ ނުވަތަ އެހެން ވާރިޘުންގެ ފަރާތުން، އެފަދަ ބަދަލަކަށް އެދި ދަޢުވާކުރުމުގެ ބާރާއި އިޚްތިޔާރު އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައި އޮންނަން ނުޖެހޭބާއެވެ؟
5.25. މަތީގައި ބަޔާންވެދިޔަ ސުވާލުތަކުގެ ޚުލާސާއެއްގ ގޮތުގައެ ބުނާނަމަ، މި ފަދަ ދަޢުވާއެއް ކުރުމުގެ ޤާނޫނީ ޙައިސިއްޔަތު އިސްތިއުނާފު ކުރާ ފަރާތަށް ލިބިދީފައި އެބައޮތް ހެއްޔެވެ؟ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ ބެލުން
26ޕްރިސިޑެންސް 6އިސްތިއުނާފީ ދެވަނަ ނުކުތާގައި، "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.10 ގައި ބަޔާންކޮށްފައިވާ ކަންކަން ވަޒަންކޮށް، އިޖުރާއީ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާއިރު، 3.10 ވަނަ ނުކުތާއަކީ، މި މައްސަލަ ދަށު ކޯޓުގައި ހިނގަމުންދިޔައިރު، މައްސަލައިގެ ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ އިޖުރާޢީ އިޢުތިރާޟްގެ ތަފްސީލު ބަޔާންކޮށްފައިވާ ނުކުތާއެވެ. އެގޮތުން އެ ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ފަރާތާއި ދަޢުލަތާދެމެދު، އޮޑިހަރުގެ ކުއްޔަށްދިނުމާ ގުޅޭ އެއްވެސް އެއްބަސްވުމެއް ހެދިފައިނުވާއިރު، އެތަނުގައި އިސްތިއުނާފު ކުރާ ފަރާތުން އިމާރާތެއް ކޮށްފައިވީނަމަވެސް، އެފަދަ އިމާރާތަކަށ އެއްވެސް ބަދަލެއް ލިބުމުގެ ޤާނ ނ ހަމައެއް ނެތްކަމަށް ދައުލަތުން ދެކޭތީ، އިސްތިއުނާފު ކުރާ ފަރާތަށް އެފަދަ ޙައްޤެއް އޮތްތޯ ބެލުމަށްވެސް، މި މައްސަލަ ކުރިއަށް ގެންދަންޖެހޭ ތަނެއް ނެތްކަން ސާބިތުވާކަމަށް ދަޢުލަތުން ދެކޭތީ، އިސްތިއުނާފު ކުރާ ފަރާތަށް މި މައްސަލައިގައި ދަޢުވާކުރުމުގެ ޙައިސިއްޔަތު ލިބިގެން ނުވާކަމަށް ކަނޑައަޅައި ދިނުމަށް ދަޢުލަތުން އެދިފައިވާކަމަށެވެ.
27އެހެންނަމަވެސް، އެ ނުކުތާ ނުވަތަ އެ އިޖުރާޢީ އިޢުތިރާޟާމެދު ޝަރީޢަތުން ނިންމާފައިވާ ގޮތް، އެ ނުކުތާގެ ދަށުން ބަޔާންކޮށްފައިވާއިރު، ދައުލަތުން ހުށަހަޅާފައިވާ އިޖުރާޢީ ނުކުތާގައި، ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަމަށް ކަނޑައަޅައި، މި ދަޢުވާއަކީ، ޝަރީޢަތުން ބަލައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއް ކަމުގައި ޝަރީޢަތުން ކަނޑައަޅާފައިވެއެވެ.
28އެހެންކަމުން، މި މައްސަލާގައި ދައުލަތުން، އިޖުރާއީ ގޮތުން އެދިފައިވާ ފަދައިން، މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިނުވާކަމާއި، މަޢުޟ ޢީ ގޮތުން މައްސަލަ ކުރިއަށް ގެންގޮސް ޙުކުމެއް ކުރަންޖެހޭކަމަށް ކަނޑައަޅައި، ކުރިއަށް ގެންގޮސް، މަޢުޟޫޢީ މައްސަލައަށް ގޮތްނިންމާފައިވާކަން "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" އަށް ބެލުމުން އެނގެން އޮވެއެވެ.
29މަތީގައި ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދައުލަތުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާއާމެދު ގޮތެއް ކަނޑައެޅިހިނދު، ގޮތް ނިންމާފައިވަނީ އިސްތިއުނާފު ކުރާ ފަރާތާ އެއްކޮޅަށްކަމާއި، އަދި މައުޟޫޢީގޮތުން މައްސަލަ ބަލައި ކުރިއަށް ގެންދިއުމަށްކަން އެނގޭއިރު، މިފަދައިން ނިންމުމުގައި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ދަށުކޯޓުގެ ފަނޑިޔާރު ކޮށްފައިވާ ކަމަކީ ކޮބައިކަން މި ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދީފައިވާ ތަފްސީލުތަކުނ އެނގެން ނެތެވެ.
30އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފު ކުރެވިފައިވާ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 59/I4C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
31ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
32ފނޑިޔާރަ މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
33މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞ ލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) (އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ހައިކޯޓު 2016/HC-A/186 (އަރާމް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް)
- ހައިކޯޓު 2012/HC-A/82 (މުޙައްމަދު ސަޢީދު ވ. ޤާސިމް އިބްރާހީމް)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް