ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/505
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ފައިރޫޒު، 2016/HC-A/505
Prosecutor General's Office v. Ali Fairoozu 2016/HC-A/505 (2016/HC-A/505, High Court of the Maldives, 13 November 2016)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ފައިރޫޒު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ކޯޓަށް ހާޟިރުނުވެދާނެ ކަމަށްޓަކައި ތުހުމަތުކުރެވޭ ފަރާތް 15 ދުވަހަށް ގޭގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތުގެ ހަށިގަނޑުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުމުން ހައްޔަރުކުރިއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤަވާއިދުގެ 7 (ހ) އާ ޚިލާފު އަމުރެއް ކަމަށާއި، 2010/SC-A/19 ގެ 9 ވަނަ ނުކުތާގައިވާ އުޞޫލުތަކަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް ގޭގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 (ހ) އާ ޚިލާފުވާތީ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ބަދަލުކުރަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ އަމުރު ޤާއިމް
ތަޙުޤީޤު ފުރިހަމަކުރެވިފައިވާކަމާއި، ވިޔަފާރީގެ މަސްތުވާތަކެތީގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތާ ގުޅުމެއް ތަޙުޤީޤަށް ފާހަގަކުރެވިފައިނުވާތީ، ޝަރުޠުތަކާއެކު ގޭގައި ބަންދުގައި ބެހެއްޓުމުގެ ނިންމުން ބަދަލުކުރުމުގެ ޟަރޫރަތެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއް ތަޙުޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ހ))
- އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ހ))
- ތުހުމަތުކުރެވިފައިވާ މައްސަލައަކީ ތަޙުޤީޤު ފުރިހަމަކުރެވިފައިވާ މައްސަލައެއްކަމަށްވެ، ވިޔަފާރީގެ ބޭނުމަށް ގެންގުޅުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާ ތުހުމަތުކުރެވޭ ފަރާތާ ގުޅުމެއްވާކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައި ނުވާއިރު، މައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒު ނުފޯރުވުމަށާއި، ހުންނާނެ ގެއެއް ނުދެއްކިއްޖެނަމަ ނުވަތަ ގޭގައި ބަންދުގައި ހުންނައިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފިނަމަ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނަކަށް ބަދަލުކުރުމަށް ފުލުހުންނަށް އަންގަވައި ގޭގައި ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް