ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/520
ނިޒާރު އަޙްމަދު ވ. ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް، 2019/HC-A/520
Nizar Ahmed v. Fainaltach Private Limited 2019/HC-A/520 (2019/HC-A/520, High Court of the Maldives, 26 October 2021)
ނިޒާރު އަޙްމަދު ވ. ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ކުލަލުމުގެ މަސައްކަތު އެއްބަސްވުމުގެ މުއްދަތާ ގުޅޭ މާއްދާތައް (5.4–5.6) ސިވިލް ކޯޓުން މާނަކުރި ގޮތާއި، ވޮރަންޓީ އެއްބަސްވުމަށް ނުބެލުމާއި، ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑު ތަޠުބީޤުކުރި ގޮތުގައި ކުށެއް ހުރިތޯ؛ މަސައްކަތް ނުނިމުނީ ކޮން ފަރާތެއްގެ ސަބަބުންތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12) ދެފަރާތުގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންކަމާމެދު އިސްތިއުނާފީ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރެއިންނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.4-12.7) އެއްބަސްވުމުގެ އަސާސީ މުއްދަތު ކަނޑައެޅެނީ އެ މުއްދަތު ބަޔާންކުރާ މާއްދާތައް (މާނަކުރުމުގެ މާއްދާ ހިމެނޭ ގޮތަށް) އެކުގައި ކިޔައިގެންނެވެ. މަސައްކަތް ނިމެންދެން އެއްބަސްވުން ދެމިއޮންނާނެ ކަމަށް ބުނާ މާއްދާތައް، މަސައްކަތްކުރުވާ ފަރާތުން ޤަބޫލުކުރާ މަޤްބޫލު ޢުޒުރެއް ބަޔާންކުރާ މާއްދާއާ ގުޅުވައި ކިޔާއިރު، އެއީ މަސައްކަތްކުރާ ފަރާތަށް ދިމާވާ މަޤްބޫލު ޢުޒުރަކާ ގުޅޭ މާއްދާތަކެއް ކަމަށް ބެލެވޭއިރު، މަސައްކަތް ކުރުވާ ފަރާތަށް ދިމާވާ ޢުޒުރެއްގެ ސަބަބުން މުއްދަތު ދިގުކުރުމުގެ މަޤްޞަދުގައި ހިމަނާފައިވާ މާއްދާތަކެއް ކަމަށް ނުބެލެވޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.9-12.10) މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަކީ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރުވާ ފަރާތުގެ ޒިންމާއަކަށް ވާއިރު، އެ ތަކެތި ފޯރުކޮށް ނުދިނުމުގެ ސަބަބުން މަސައްކަތް ލަސްވެއްޖެނަމަ އެއީ މަސައްކަތްކުރުވާ ފަރާތުގެ ސަބަބުން ވާ ލަސްވުމެކެވެ. އެއްބަސްވުމުގައި މަސައްކަތް ނިންމަން ވަކި ތާރީޚެއް ބަޔާންކޮށް، އެ ތަކެތި ފޯރުކޮށް ނުދެވިގެން މުއްދަތު ދެމިގެންދާނެ ކަމަށް ބަޔާންކޮށްފައި ނުވާނަމަ، ތަކެތި ގެންނަން ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތުމުން މުއްދަތު ދިގުނުވާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.13-12.16) ދަޢުވާގައި އެއްބަސްވުމެއް ޛިކުރުކުރެވިފައި ވީނަމަވެސް، ހޯދަން އެދޭ ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވަނީ އަނެއް އެއްބަސްވުމުގެ މައްޗަށް ކަމަށްވެ، އެ އެއްބަސްވުމާ ޚިލާފުވުމުން ގެއްލުމެއްގެ ގޮތުގައި އެއްވެސް މިންވަރެއް ހިމަނާފައި ނުވާނަމަ، ދަށުކޯޓުން އެ އެއްބަސްވުމަށް ރިޢާޔަތްކޮށް މައްސަލަ ނިންމަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.18) މަސައްކަތްކުރާ މިންވަރަކުން އެއްބަސްވުމާ އެއްގޮތަށް ދޫކުރެވޭ އެޑްވާންސް ފައިސާއަކީ ކުރެވިފައިވާ މަސައްކަތަށް ދޫކުރި ފައިސާއެއް ކަމަށް ބަލަންޖެހެއެވެ. މަސައްކަތްކުރާ ފަރާތުން އިލްތިޒާމެއް އަދާނުކުރާތީ މަސައްކަތް ނުނިމުނުކަން ނޭނގި، މަސައްކަތްކުރުވާ ފަރާތުން ފޯރުކޮށްދޭންޖެހޭ ތަކެތި ފޯރުކޮށް ނުދިންކަން އެނގޭނަމަ، ގެއްލުމުގެ ބަދަލު ނަގައިނުދިނުމަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.19) ބެލެންސް އޮފް ޕްރޮބަބިލިޓީ އަކީ މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ޝަރީޢަތުން ބަލާ މިންގަނޑެވެ؛ އެއީ ހުށަހެޅިފައިވާ ހެކިތަކަށް ބަލައި ބޮޑަށް ބުރަވާ ކޮޅެއްގެ މައްޗަށް މައްސަލަ ނިންމުމުގެ އުޞޫލެވެ.
ތާއީދުކުރައްވައެވެ . މައްސަލައިގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޏ. ފުވައްމުލައް / ނިއާ، ދޫޑިގަން، ނިޒާރު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާ ގައި އިސްތިއުނާފރައްދުވު ފަރާތަކީ ފ އިނަލްޓަޗް ޕްރައިވެޓް ލިމިޓެޑެ ވެ . މައްސަލައިގައި ކަން ހިނގާފައިވާގޮތް : 2 1 2- ޏ. ފުވައްމުލައް/ ނިއާ، ދޫޑިގަން، ނިޒާރު އަޙްމަދު އާއި ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް އާ ދެމެދުގައި 01 ޖޫން 2017 ގައި ވެވެނު އެއްބަސްވުމާއި އަދި ސެޕްޓެންބަރު 2017 ގައި ވެވުނު އެއްބަސްވުމާ ޚިލާފުވެ، އެ އެއްބަސްވުމުގައިވާ މަސައްކަތް ފުރިހަމައަށް ކޮށްދީފައިނުވުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ނިޒާރު އަޙްމަދުގެ ފަރާތުން ފައި ނަލްޓަޗް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ -/110000ރ. )އެއްލައްކަ ދިހަހާސް ރުފިޔާ( އާއި، އެމަސައްކަތް އަލުން ކުރެވޭނެކަމަށް އެސްޓިމޭޓކުރެވޭ -/189100ރ. )އެއްލައްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ރުފިޔާ ( އާއެކު ޖުމްލަ -/299100ރ) .ދެލައްކަ ނުވަދިހަނުވަހާސް އެއް ސަތޭކަ ރުފިޔާ( ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އެކީ އެއްފަހަރާ ލިބިގަތުމަށް އެދި، ނިޒާރު އަޙްމަދުގެ ފަރާތުން ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް 2018 އޮކްޓޫބަރު 28
1ދ.ރ.
2ރަޖިސްޓްރީ ނަންބަރު C-634/2004 ގައި ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ . އެ މައްސަލަ ސިވިލް ކޯޓުން ބައްލަވާފައިވަނީ އެ ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާއިންނެވެ . ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 3- ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި ވަނީ، ]ދެންފަހެ، އިސްވެދިޔަ ނުކުތާތަކަށް ރިޢާޔަތްކޮށް، ޏ. ފުވައްމުލައް، ދޫޑިގަން . ނިއާ، ނިޒާރު އަޙްމަދު )ދ.ރ.( ގެ ފަރާތުން ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު C-634/2004( ގެ މައްޗަށް ކޮށްފައިވާ މިދަޢުވާގައި ނިޒާރު އަޙް މަދު އާއި ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް އާމެދު 01 ޖޫން 2017 ގައި ވެވުނު އެއްބަސްވުމާއި އަދި ސެޕްޓެމްބަރ 2017 ގައި ވެވުނު އެއްބަސްވުމާ ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަން ނިޒާރު އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ޘާބިތުކޮށްދެވިފައި ނުވާކަމަށްޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ނަގައިދިނުމަށް ނިޒާރު އަޙްމަދު އެދިފައިވާ 299,100/-ރ. )ދެލައްކަ ނުވަދިހަނުވާހާސް އެއްސަތޭކަ ރުފިޔާ ( ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ [. މިފަދައިންނެވެ. އެ ޤަޟިއްޔާ ސިވިލް ކޯޓުން ނިންމަވާފައިވަނީ 04 ސެޕްޓެނބަރް 2019 ގައެވެ . އިސްތިއުނާފަށް ހުށަހެޅުން : 4- ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ނިޒާރު އަޙްމަދުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 2019 ސެޕްޓނެ ބަރު 29 ގައި ހައިކޯޓަށް ހުށަހެޅިއެވެ . ނިޒާރު އަޙްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/520 ޤަޟިއްޔާގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވަނީ، 2019 އޮކްޓޫބަރު 17 ގައެވެ .
3ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާގެ ޙުކުމް . އިސްތިއުނާފީ ނުކުތާތަކާއި އޭގެ ތަފްޞީލު : 5- ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާ، އިސްތިއުނާފުކުރުމަށް ނިޒާރު އަޙްމަދުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ .
51- ފުރަތަމަ ނުކުތާއަކީ، އިސްތިއު ނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެވުނު އެއްބަސްވުމަކީ، ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު ( ގެ ދަށުން ކުރެވިފައިވާ ޞައްޙަ ޢަޤުދެއްކަމާމެދު ޝައްކެތްނުވާ ހިނދު، އެ ޤާނޫނުގެ 4ވަނަ މާއްދާގައިވާ އުޞޫލުން ބަލާއިރު، އެއްބަސްވުމަކީ ވަކިމިވެނި ގޮތަކަށް އޮތުން ލާޒިމުވާ އެއްޗެއްނޫންކަމާއ، އެގޮތުން ބަލާއިރު، ]އެއްބަސްވުމުގެ މުއްދަތު [ މި ސުރުޚީގެ ދަށުން އެއްބަސްވުމުގެ 5ވަނަ މާއްދާގައިވާ އިސްތިސްނާއަށް ބެއްލެވުމެއް ނެތި ދަށުކޯޓުން އެއްބަސްވުން މާނަކޮށްފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . މިނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިނ، އިސްތިއުނާފު ކުރާފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެވުނު އެއްބަސްވުމަކީ ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު ( ގެ ދަށުން ކުރެވިފައިވާ ޞައްޙަ ޢަޤު ދެއްކަމާމެދު ޝައްކެތްނުވާ ކަމަށް ދަ ނނަވާފައިވަނީ، މި ދަޢުވާއާ ގުޅިގެން ހުށަހެޅުނު 02 )ދޭއް ( އެއްބަސްވުމަށްވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށް ފައި ނުވާތީކަން ފާހަގަ ކުރާ ކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4ވަނަ މާއްދާގައިވާ އުޞޫލުން ބަލާއިރު، އެއްބަސްވުމަކީ ވަކިމިވެނި ގޮތަކަށް އޮތުން ލާޒިމުވާ އެއްޗެއް ނޫންކަމާއި، އެގޮތުން ބަލާއިރު، 01 ޖޫން 2017 ގައި ވެވުނު ]މަސައްކަތް ކުރުވުމުގެ އެއްބަސްވުން [ މި ދެންނެވި އެއްބަސްވުމުގައި، ]އެއްބަސްވުމުގެ މުއްދަތު [ މި ސުރުޚީގެ ދަށުން އެއްބަސްވުމުގެ 5ވަނަ މާއްދާގައި ވާ އިސްތިސްނާ އަށް ބެއްލެވުމެއް ނެތި ދަށުކޯޓުން އެއްބަސްވުން މާނަކޮށްފައިވާކަން ހާމަވަނީ، ދެންނެވުނު ސުރުޚީގެ ދަށުގައިވާ މާއްދާތަކުގައި ޞަރީޙަ ބަހުން އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 01 ޖޫން 2017 އިން ފެށިގެން 20 ޖޫން 2017 ގެ ނިޔަލަށްކަމަށް އޮތަސް، އެއްބަސްވުމުގެ 5.5 ގައިވަނީ އެއްބަސްވުމުގެ 5.4ވަނަ މާއްދާގައި ބުނެފައިވާފަދަ މަޤްބޫލު ޢުޒުރެއް އޮވެއްޖެނަމަ، މަސައްކަތް ނިމުމާ ހަމަޔަށް އެއްބަސްވުން ދެމިއޮންނާނެކަމަށާ އ، ނަމަވެސް، ދަށުކޯޓުން އެއްބަސްވުމުގެ 5.4، 5.5 އަދި 5.6 ގައި ބަޔާންވެފައިވާ ކަންކަމަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވަނީ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭންޖެހޭ ކުލަ ފޯރނު ކޮށްދިނުމުގެ ސަބަބުން ކަމަށް ނިންމަވާފައިވަނީ ހަމައެކަނި އިސްތިއުނާފުރައްދުވާ ފަރާ ތުގެ ބުނުމަށް ކަމަ ށާއި، އެ ބުނުމަށް ބާރުލިބޭނެ އެއްވެސް ޙުއްޖަތެއް ނެތް އިރު، ހެކިވެރިޔާ ޢަބްދު ﷲ ޞަފްވާންގެ ހެކިބަހުގައި ކުލަ ލިބުމުގައި ދަތިތަކެއް ދިމާވުމުގެ ކުރިންވެސް އިސްތިއުނާފުރައްދުވާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރަމުން ނުދާކަން ފާހަގަ ކުރައްވާފައިވާއިރު، އިސްވެދެންނެވި ފަދައިން ދަށުކޯޓުން އެއްބަސްވުމުގެ މާއްދާތައް މާނަކުރައްވާފައިވަނީ އެމާއްދާތަކުގެ ބޭނުމާއި ސަބަބަށް ބެއްލެވުމެއް ނެތި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން ފާހަގަ ކުރާކަމަށެވެ .
5.2- ދެވަނަ ނުކުތާއަކީ، ދަޢުވާގެޞީޣާއިންވެސ، އުފެދިފައިވާ ޚުޞޫމަތަކީ ތަފާތު 02 )ދޭއް ( އެއްބަސްވުމަކާއިސްތިއުނާފުރައްދުވާ ފަރާތުން ޚިލާފުވެފައިވާތީ ކޮށްފައިވާ ދަޢުވާއެއްކަން އެނގޭ ހިނދު، 23 ސެޕްޓނެ ބަރު 2017 ވަނަ ދުވަހު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެވުނު އެއްބަސްވުމަށް ދަށުކޯޓުން އެއް ވެސް ވަރަކަށް ބައްލަވާފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . މިނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ނ، ދަށުކޯޓަށް ހުށަހެޅި ދަޢުވާގެ ޞ ޣާއިންވެސް، އުފެދިފައިވާ ޚުޞޫމަތަކީ ތަފާތު 02 )ދޭއް ( އެއްބަސްވުމަކާ އިސްތިއުނާފުރައްދުވާ ފަރާތުން ޚިލާފުވެފައިވާތީ ކޮށް ފައިވާ ދަޢުވާއެއްކަން އެނގޭކަމަ ށ އ، އެގޮތުން 01 ޖޫން 2017 ގައި ވެވުނު އެއްބަސްވުމާ ޚިލާފުވިކަން އެއްބަސްވުމުގެ 5ވަނަ މާއްދާއިންނާއި މުޅި އެއްބަސް ވުމަށް ނަޒަރުކުރުމުން ހާމަވާކަމަ ށ އ، 23 ސެޕްޓނެ ބަރު 2017 ވަނަ ދުވަހު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެވުނު އެއްބަސްވުމަށް ދަށުކޯޓުން އެއްވެސް ވަރަކަށް ބައްލަވާފައިނުވާކަން ދަށުކޯޓު ގެ ޤަޟިއްޔާއިން ހާމަވާނެކަމަ ށ އ، ދެންނެވުނު ]ވޮރަންޓީ އެއްބަސްވުން [ ގައި 01 ޖޫން 2017 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރެވިވާނަމަ، އިތުރު އަގަކާނުލައި އެ މަސައްކަތެއް ކުރާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވެފައިވާކަން އެނގެން އޮތްހިނދު، އެއިން އެއްވެސް ކަމަކަށް ދަށުކޯޓުން ބައްލަވާފައިނު ވާކަމަށެވެ .
5.3- ތިންވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް އެއްބަސްވުމުގެ މުޤާބިލެއްގެ ގޮތުގައި ފައިސާ ލިބުނުކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންވެސް އެނގޭ ހިނދު، އަދި މަސައްކަތް ނުނިންމާކަމަށް އިއުތިރާފުވާ ހިނދު، އެއްބަސްވުމުގައި ބަޔާންކުރާ މަޤްބޫލު ސަބަބުތަކަށް އަދި ހެކިވެރިޔާގެ ހެކިބަހުންވެސް ފާހަގަކުރި މަޤްބޫލު ސަބަބުތަކަށް ދަށުކޯޓު ން ބައްލަވާފައި ނުވާ ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ . މި ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާ ފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އެއްބަސްވުމުގެ މުޤާބިލެއްގެ ގޮތުގައި ފައިސާ ލިބުނުކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންވެސް އެނގޭ ހިނދު، އަދި މަސައްކަތް ނުނިންމާ ކަމަށް އިޢުތިރާފުވެ އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވާ ހިނދު، ކުލަ ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ކުރިންވެސް އެއްބަސް ވުމާ އެއްގޮތަށް ޢަމަލުނުކުރާކަމަ ށާއި، އެއްބަސްވުމުގައި ބަޔާންކުރާ މަޤްބޫލު ސަބަބުތައް ވަނީ 01 ޖޫން 2017 ގައި ވެވުނު އެއްބަސްވުމުގެ 5.4ވަނަ މާއްދާގައިކަމަށާ އ، ހެކިވެރިޔާގެ ހެކިބަހުންވެސް މަޤްބޫލު ސަބަބުތަކަށް ދަށުކޯޓުން ބައްލަވާފައި ނުވާކަން އެނގެން އޮތް ހިނދު، އެއްބަސްވުމުގައިވާ މާއްދާތައް މާނަކުރުމުގެ މ އްސަލައެއް އުޅޭކަން އިސްތިއުނާފ ނުކުތާތަކުގެ ތެރެއިން 8.1 ގައިވެސް ބަޔާންކޮށްފައި ވާނެކަމަށާ އ، މި ނުކުތާގައި ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު ކަމަކީ ފައިސާ ލިބިގަތުމަށްފަހު ޙަވާލުކުރެވުނު މަސައްކަތް ނުކޮށް ދިގުލައިގެން ދާތީ، އިސްތިއު ނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 23 ސެޕްޓެ ން ބަރު 2017 ގައި ވެވުނު އެއްބަސްވުމުގައި 03 )ތިނެއް ( އަހަރު ދުވަހަށް އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތެއް ނުނިމި، ނުވަތަ ކުރެވުނު ގޮތް ކަމުނުގޮސްގެން އިސްތިއުނާފުކުރާ ފަރާތުން ޝަކުވާކޮށްފިނަމަ، އިތުރު އަގަކާއި ނުލައި އެ މަސައްކަތެއް ކޮށްދޭނެކަމަށް އެއްބަސްވެފައިވާ އެއްބަސްވުން މި ދަޢުވާގެ ދަށު ން ހުށަހެޅިފައި ވާއިރު، ޢަޤުދުކުރެވުނު އެއްބަސްވުމަކީ 20 ދުވަހުގެ މުއްދަތަށް ކުރެވުނު އެއްބަސްވުމެއްކަމާއި، އަދި އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރެވުނީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއް އަދާނުކުރުމުން ކަމަށް ދަށުކޯޓުން ނިންމަވާފައިވަނީ ހުށަހެޅުނު 02 )ދޭއް ( އެއްބަސްވުމުގައިވާ މާއްދާތަކާ ޚިލާފަށްކަން ހާމަ ވާއިރު، ދަށުކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަން ޔަޤީންވެ ކަށަވަރުވާ ކަމަށެވެ .
5.4- ހަތަރުވަނަ ނުކުތާއަކީ، ]ބެލެންސް އޮފް ޕްރޮބަބްލިޓީ[ ގެ މަބުދައާ ޚިލާފަށް ދަށުކޯޓުން ހުކުމް ކުރައްވާފައިވާކަން ހާމަވަނީ ޤާނޫނު ނަންބަރު 76/24 )ދިވެހިރާއްޖޭގެ ހެއްކާބެހޭ ޤާނޫނު(ގެ 2ވަނަ ނަންބަރަށް ރިޢާޔަތްނުކޮށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނާބުނުމުގެ މައްޗަށް އެއްވެސް ޙުއްޖަތެއް ނެތިކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވ. މިނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވނީ، ބެލެންސް އޮފް ޕްރޮބަ ބ ލިޓީގެ މަބުދައާ ޚިލާފަށް ދަށުކޯޓުން ޙުކުމް ކުރައްވާފައިވާކަން ހާމަވަނ، ޤާނޫނު ނަންބަރު 76/24 )ދިވެހިރާއްޖޭގެ ހެއްކާ ބެހޭ ޤާނޫނު( ގެ 2ވަނަ ނަންބަރަށް ރިޢާޔަތްނުކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާބުނުމުގެ މައްޗަށް އެއްވެސް ޙުއްޖަތެއް ނެތިކަން ފާހަގަ ކޮށްފައިވަނީ، މި ދަޢުވާގެ ތެރޭގައި ތަފާތު 02 )ދޭއް ( އެއްބަސްވުމެއް ހުށަހެޅުނުއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން މީގެ ތެރެއިން ކޮންމެ އެއްބަސްވުމަކާ ޚިލާފުވިކަން ޝަރީޢަތުގައި ޘާބިތުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ ކިތާބީ ހެކިތަކެއްކަމަށް ވާއިރު، ކިތާބީ ހެއްކެއް ނަފީކުރެވޭނީ އެ ފަދަ ކިތާބީ ހެއްކެއްގެ ޒަ ރީ ޢާއިންކަން ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހިނދު، ދަށު ކޯޓުގެ ޙުކުމް ބިނާކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާބުނުމަށްކަމަ ށ އ، އެ ބުނުމަށް ބާރުލިބޭނެ އިތުރު ހެއްކެއް ނެތި ބޮޑަށް ބުރަވެވޭ ރައުޔަށް ނުވަތަ ]ބެލެންސް އޮފް ޕްރޮބަބްލިޓީ [ ގެ މަބުދައާ އެއްގޮތަށް މައްސަލާގައި ފައިޞަލާ ކުރައްވާފައި ނުވާކަން ހާމަވެގެންދަނީ، 23 ސެޕްޓެނބަރް 2017 ގައި ވެވުނު އެއްބަސްވުމުގެ އެއްވެސް ވާހަކައެއް ޝަރީޢަތުގެ ފަރާތުން ދައްކަވާފައިނުވާތީ ކަމަށާ އ، އަދި ދެންނެވުނު 02 )ދޭއް ( އެއްބަސްވުމަކީ އެކަތި އަނެކައްޗާ ލާމެހިފައިވާ އެއްބަސްވުންތަކެއްކަން އޭގައިވާ މާއްދާތަކުން ހާމަވާ ނ ކަމަށާ އ، އެއްބަސްވުމުގައި މަޤްބޫލު އުޒުރެއް އޮވެއްޖެ ޙާލަތެއްގައި މަސައްކަތް ނުނިމި ލަސްވިޔަސް، އެ މަސައްކަތް ކޮމްޕްލީޓްކޮށް ނިންމައިދިނުމަށް އިސްތިޢުނާފުރައްދުވާ ފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމަށް ބާރުލިބޭ ކިތާބީ ހެކިތައް ކަމަށްވާ ދެންނެވުނު 02 )ދޭއް ( އެއްބަސްވުން ވަޒަންކޮށް މިނެކިޔާފައިނުވާތީ، އެއީ ހެއްކާބެހޭ ޤާނޫނާއި އަދި ]ޖުޑީޝިއަލް ޕްރެސިޑެންޓްސް [ ތަކާއި ޤާނޫނުތަކާ ޚިލާފަށް ކުރައްވާފަ އިވާ ޙުކުމެއްކަން ކަށަވަރުވކަމަށެވެ . އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް: 6- މި މައްސަލައިގައި އިސްތިއުނާފުކުރާ ނިޒާރު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކޮށްދީ، އިސްތިއުނާފު ކުރެވިފައިވާ މައް ސަލަ ނިންމައި ދިނުމަށެވެ . ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތައް : 5 4 7- ޏ. ފުވައްމުލައް/ ނިއާ، ދޫޑިގަން، ނިޒާރު އަޙްމަދު އާއި ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް އާ ދެމެދުގައި 01 ޖޫން 2017 ގައި ވެވުނު އެއްބަސްވުމާއި އަދި ސެޕްޓެ ން ބަރު 2017 ގައި ވެވުނު އެއްބަސްވުމާ ޚިލާފުވެ، އެ އެއްބަސްވުމުގައިވާ މަސައްކަތް ފުރިހަމައަށް ކޮށްދީފައިނުވުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ނިޒާރު އަޙްމަދުގެ ފަރާތުން ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ -/110000ރ) .އެއްލައްކަ ދިހަހާސް ރުފިޔާ ( އާއި އެ މަސައްކަތް އަލުން ކުރެވޭނެކަމަށް އެސްޓިމޭޓް ކުރެވޭ -/189100ރ) .އެއްލައްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ރުފިޔާ ( އާއެކު ޖުމްލަ -/299100ރ) .ދެލައްކަ ނުވަދިހަނުވަހާސް އެއްސަތޭކަ ރުފިޔާ ( ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އެކީ އެއްފަހަރާ ލިބިގަތުމަށް އެދި، ނިޒާރު އަޙްމަދުގެ ފަރާތުން ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށްފައިވެއެވެ .
4. ދ.ރ.
5. ރަޖިސްޓްރީ ނަންބަރު C-634/2004 8- ނިޒާރު އަޙްމަދު އާއި ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް އާމެދު 01 ޖޫން 2017 ގައި ވެވުނު އެއްބަސްވުމާއި އަދި ސެޕްޓން ބަރު 2017 ގައި ވެވުނު އެއްބަސްވުމާ ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަން ނިޒާރު އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށްޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ނަގައިދިނުމަށް ނިޒާރު އަޙްމަދު އެދިފައިވާ 299,100/-ރ. )ދެލައްކަ ނުވަދިހަނުވާހާސް އެއްސަތޭކަ ރުފިޔާ ( ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ޙުކުމް ކުރައްވާފައިވެއެވެ . ސިވިލް ކޯޓުގެ ޙުކުމަށް ވާޞިލުވި ސަބަބުތައް : 9- އިސްވެ ބަޔާންކުރެނު ގޮތުގެ މަތިން، ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ . .19- ފުރަތަމަ ކަމަކީ : ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ މެދުގައި 01 ޖޫން 2017 ގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމަކީ […] އެވެކިޔާ 10 ބުރީގެ ޢިމާރާތުގެ ރެނދުތައް މަރާމާތުކޮށް، ފެން ނުވަންނަގޮތަށް ވޯޓަރ ޕްރޫފްކޮށް 1 ކޯޓު ސީލަރ އަދި 2 ކޯޓު ކުލަ ލުމަށް ވެފައިވާ އެއްބަސްވުމެއްކަމާއި، މި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދަޢުވާކުރާ ފަރާތުގެ ޚަރަދުގައިކަމާއި، މަސައްކަތަށް ބޭނުންވާ ޕުޓީއާ އ ސީލަރ އާއި ކުލަ ފޯރުކޮށްދޭނީ ދަޢުވާކުރާ ފަރާތުންކަމާއި، މި މަސައްކަތްކުރުމަށް ދީފައިވާ މުއްދަތަކީ 01 ޖޫން 2017 އިން ފެށިގެން 20 )ވިހި ( ދުވަހުގެ މުއްދަތުކަން އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމެވެ . .29- ދެވަނަ ކަމަކީ : ދަޢުވާކުރާ ފަރާތުން ދަޢުވާގައި އެދިފައިވަނީ ބުނެވިދިޔަ އެއްބަސްވުމުގައިވާ މަސައްކަތް ފުރިހަމައަށް ކޮށްދީފައިނުވުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދީފައިވާ -/110000ރ) .އެއްލައްކަ ދިހަހާސް ރުފިޔާ ( އާއި އެ މަސައްކަތް އަލުން
6ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް.
7ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތައް. ކުރެވޭނެކަމަށް އެސްޓިމޭޓް ކުރެވޭ -/189100ރ) .އެއްލައްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ރުފިޔާ ( އާއެކު ޖުމްލަ 299,100/-ރ. )ދެލައްކަ ނުވަދިހަނުވާހާސް އެއްސަތޭކަ ރުފިޔާ ( ދަޢުވާލިބޭ ފަރާތުގެ ކިބައިން ލިބިގަތުމަށްކަން އެނގެން އޮންނަކަމާއި، 01 ޖޫން 2017 ގައި ވެފައިވާ އެއްބަސްވުމަކީ 20 )ވިހި ( ދުވަހުގެ މުއްދަތުގައި ދަޢުވާލިބޭ ފަރާތުން […] ކުލަ ލައި ނިންމުމަށްޓަކައި ވެފައިވާ އެއްބަސްވުމެއް ކަމަށާއި، އެއްބަސްވުމުގެ 2.4 ވަނަ މާއްދާގައި މަސައްކަތް ކުރުވާ ފަރާތުގެ )ދަޢުވާކުރާ ފަރާތުގެ ( އަމިއްލަ ޚަރަދު ގައި މަސައްކަތް ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށާއި، އެއްބަސްވުމުގެ 9.2 ގައި މަސައްކަތް ކޮށްދޭ ފަރާތަށް ފޯރުކޮށްދޭންޖެހޭ ޕުޓީއާއި ސީލަރއާއި ކުލަ ފޯރުކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި އެ ތަކެއްޗަކީ ދަޢުވާކުރާ ފަރާތުން ފޯރުކޮށްދޭންޖެހޭ ތަކެތި ކަމުގައިވާއިރު، އެ ތަކެތި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޯރުކޮށްދީފައި ނުވާކަމުގައި ދަޢުވާލިބޭ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ބަޔާންކޮށް ދަޢުވާގެ ދިފާޢު ނަގާފައިވާއިރު، އެއްބަސްވުމުގެ 9.2 ގައި ބަޔާންކޮށްފައިވާ ތަކެތި ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޯރުކޮށްދީފައިވާކަން އެނގޭ އެއްވެސް ލިޔުމެއް ދަ ޢު ވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމެވެ . .39- ތިންވަނަ ކަމަކީ : ދަޢުވާ ސާބިތުކުރުމަށް ޝަފަވީ ހެކިންގެ ގޮތުގައި ދަޢުވާކުރާ ފަރާތުން 02 )ދޭއް ( މީހެއްގެ ނަން ޝަރީޢަތަށް ހުށަހަޅައި، އެ ހެކިންގެ ހެކިބަސް ނެގިފައިވާކަމާއި، އެގޮތުން ހެކިބަސް ނެގުނު ތުޅާދޫ، ތ ވެލި، ޢަބްދުﷲ ޞަފްވާންގެ ހެކިބަހަށް ބަލާއިރު، ދަޢުވެކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތު ގ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ދަޢުވާގައިވާ މަސައްކަތް ކުރުމަށް އެޑްވާންސްގެ ގޮތުގައި -/110000ރ. )އެއްލައްކަ ދިހަހާސް ރުފިޔާ( ދަޢުވާލިބޭ ފަރާތަށް ދީފައިވާކަމާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމާފައި ނުވާކަމާއި، ކުލަ ގެނައުމުގައި ދަތިތަކެއް ދިމާވެގެން ކުލަ އައުން ލަސްވެގެން އުޅޭކަން ދަޢުވާލިބޭ ފަރާތަށް އަންގާފައިވާކަން ޢަބްދު ﷲ ޞަފްވާންގެ ހެކިބަހުން އެނގެން އޮންނަކަމާއި، ހެކިބަސް ނެގުނު ޏ. ފުވައްމުލައް . މާލެގަން . ހުދުވިލާގެ، މުޢާޛު ޢަލީގެ ހެކިބަހަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި -/110000ރ) .އެއްލައްކަ ދިހަހާސް ރުފިޔާ ( ދަޢުވާލިބޭ ފަރާތަށް ދީފައިވާކަމާއި، މަސައްކަތް އެއްކޮށް ނުކުރެވުނު ސަބަބެއް އަދި މަސައްކަތް ހުއްޓާލަން ޖެހުނު ސަބަބެއްވެސް ނޭނގޭކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި، އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ފައިސާ ޙަވާލުކޮށްފައިވާކަމީ ހުށަހެޅިފައިވާ އެއްބަސްވުމުންވެސް އެނގެން އޮތް ކަމަކަށްވެފައި، އެއްބަސްވުމުގައިވާ މަސައްކަތް ފުރިހަމައަށް ކޮށްދީފައިނުވުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ދަޢުވާކުރާ ފަރާތުން އެދިފައިވާއިރު، މަސައްކަތް ނުނިމިވަނީ ދަޢުވާކުރާ ފަރާތުން ފޯރުކޮށްދޭންޖެހޭ ކުލަ ފޯރުކޮށްދީފައި ނުވުމުގެ ސަބަބުންކަން ޢަބްދު ﷲ ޞަފްވާންގެ ހެކިބަހުން އެނގެން އޮތުމުގެ އިތުރުން، އެ މަސައްކަތް ނުނިމިވަނީ ދަޢުވާލިބޭ ފަރާތުގެ އިހުމާލުންކަން ދަޢުވާކުރާ ފަރާތަށް ޝަރީޢަތުގައި ސާބިތު ކޮށްދެވިފައި ނުވާކަމަށްޓަކައި، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމެވެ . ދެފަރާތުގެ ދެމެދުގައި ޚިލާފެއްނެތް ކަންކަން : 10- މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކާއި މައްސަލައިގެ ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އަންނަނިވި ކަންކަމާމެދު ދެފަރާތުގެ ދެމެދުގައި އެއްވެސް ޚިލާފެއް ނެތްކަން އެނގެއެވެ .
10.1- އިސްތިއުނާފުކުރާ އަޙްމަދު ނިޒާރާއި އިސްތިއުނާފު ރައްދުވާ ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑާ ދެ މެދު […] ކުލައާއި ޕުޓީލުމަށް ދެފަރާތުގެ ދެމެދުގައި 01 ޖޫން 2017 ގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން؛
10.2- މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭންޖެހޭނީ، )ކުލައާއި ޕުޓީ ( އިސްތިއުނާފުކުރާ އަޙްމަދު ނިޒާރުކަން؛
10.3- އެއްބަސްވުމުގެ ދަށުން، އެޑްވާންސް ފައިސާގެ ގޮތުގައި -/110000ރ. )އެއްލައްކަ ދިހަހާސް ރުފިޔާ ( އިސްތިއުނާފު ރައްދުވާ ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން؛
10.4- އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 01 ޖޫން 2017 ގައި […] ކުލަ ލުމާމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ކޮށްފައިވާ މަސައްކަތަށް 03 )ތިނެއް ( އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، މަސައްކަތްކޮށްފައިވާ ފަރާތުން، އެއްވެސް އަގަކާނުލަ އ ހިލޭ އެ މަސައްކަތެއް ނުވަތަ އެ މަރާމާތެއް ކޮށްދޭނެކަމަށް އެއްބަސްވެ، ދެ ފަރާތުގެ ދެމެދު 2017 ސެޕްޓެ ން ބަރު 23 ވަނަ ދުވަހު ވޮރަންޓީ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން؛ ދެފަރާތުގެ ދެމެދުގައި ޚިލާފުހުރި ކަންކަން : 11- މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކާއި މައްސަލައިގެ ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އަންނަނިވި ކަންކަމާމެދު ދެ ފަރާތުގެ މެދުގައި ދެބަސްވުން އުފެދި އެ ކަންކަމާމެދު ޚިލާފު އުފެދިފައިވާކަން އެނގެއެވެ .
11.1- ދެ ފަރާތުގެ ދެމެދު 2017 ޖޫން 01 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު؛
11.2- ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތް ފުރިހަމަ ކުރެ ވފައިނުވަނީ ކޮންފަރާތެއްގެ ސަބަބުންކަން؛ ޝަރީޢަތުން ޙައްލު ހޯދަންޖެހޭ ކަންތައްތައް : 12- އިސްވެ ބަޔާންވެދިޔަ ނުކުތާތަކަށް ނަޒަރުކުރުމުން، ޝަރީޢަތުން ޙައްލު ހޯދައިދޭންޖެހޭ ކަންތައްތަކަކީ، ދެ ފަރާތުގެ ދެމެދު ޚިލާފު އުފެދިފައިވާ ކަންތައްތަކަށެ ވެ . އެކަންތައްތަކަށް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ، އިސްތިއުނާފުކުރާ ފަރާތުން ފުހަގަކޮށްފައިވާ އިސްތިއުނާފީ ނުކތތަކުގާ ތަރަހައިގެ ތެރެއިންކަމަށް ބަލަންޖެހެއެވެ .
12.1- އިސްތިއުނާފުކުރާ ފަރާތުން ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދު 2017 ޖޫން 01 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، މަސައްކަތް ނިންމަންޖެހޭ މުއްދަތާ ގުޅޭގޮތުން ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްނިންމާފައިވާ ނިންމުމެއް ކަމަށެވެ. ދަށުކޯޓުގެ ނިންމުން ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ]އެއްބަސްވުމުގެ މުއްދަތު [ މި ސުރުޚީގެ ދަށުން އައިސްފައިވާ އެއްބަސްވުމުގެ 5.5 އާއި 5.6 އާއި އަދި 5.7 ގައި އެއްބަސްވުމުގެ މުއްދަތާ ގުޅޭގޮތުން ބަޔާންކޮށްފައި އޮތް އޮތުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭތީ ކަން އެނގެން އޮންނައިރު؛
12.2- އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 01 ޖޫން 2017 ގައި ސޮއިކުރެވިފައިވާ އެއްބަސްމުގެ މުއްދަތާ ގުޅޭގޮތުން އެއްބަސްވުމުގެ 5ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ؛
5.1- މި އެއްބަސްވުން ފެށޭނެ ތާރީޚަކީ، 01 ޖޫން 2017 އެވެ .
5.2- މި އެއްބަސްވުމުގައިވާ […] ރެނދުތައް މަރާމާތުކޮށް، ފެން ނުވަންނަ ގޮތަށްހަދައި، ސީލާރ އާއި ކުލަ ލުމަށް ދެވިފައިވަނީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުކަމަށްވާ 01 ޖޫން 2017 އިން ފެށިގެން 20 ޖޫން 2017 އާއި ހަމައަށެވެ .
5.3- މި އެއްބަސްވުމުގެ 5.2 ގައިވާ މުއްދަތުގައި މަސައްކަތް ފުރިހަމަ ކުރުމަށް މަސައްކަތް ކޮށްދޭ ފަރާތުން އެއްބަސްވެއެވެ .
5.4- މި އެއްބަސްވުމުގެ 5.2 ގައިވާ ތާރީޚަށް މަސައްކަތް ނުނިމުނީ މަޤްބޫލު އުޒުރެއް އޮވެގެންކަމަށް ޤަބޫލުކުރެވޭނީ، މަސައްކަތކުރުވް ފަރާތުން އެއު ޒު ރެއް ޤަބޫލުކުރުމުންނެވެ .
5.5- މި އެއްބަސްވުމުގެ 5.4 ގައިވާފަދަ މަޤްބޫލު އުޒުރެއްގެ ސަބަބުން މަސައްކަތް ނުކުރެވި ލަސްވިކަމުގައިވިޔަސް، ޙަވާލުކުރެވުނު މަސައްކަތް ނިމެންދެން މި ދެމިއޮންނާނެކަމަށް މަސައްކަތް ކުރުވާ ފަރާތާއި މަސައްކަތް ކޮށްދޭ ފަރާތުން އެއްބަސްވެ އެވެ .
5.6- މި އެއްބަސްވުމާ އެއްގޮތަށް، މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރެވުނު މަސައްކަތް ކޮމްޕް ލީޓްކޮށް ނިންމުމުން، މަސައްކަތް ކުރުވި ފަރާތުން، އެ މަސައްކަތް ކޮމްޕްލީޓް ކުރެވިފައިވާކަމަށް އެއްބަސްވާނަމަ، މި އެއްބަސްވުމުގެ މުއްދަތަކީ 02 ޖޫން 2017 އިން 20 ޖޫން 2017 އަށް ކަމަށް ބަޔާންވެފައި މި އެއްބަސްވުމުގެ 5.2 ވަނަ ނަންބަރުގައި އޮތެއްކަމަކު، ދެފަރާތުން އެއްބަސްވާނަމަ، މަސައްކަތް ކޮމްޕްލީޓްކުރެވޭ ދުވަހަކީ މިއެއްބަސްވުން ނިމުމަކަށް އަންނާނޭ މުއްދަތެވެ . މިފަދައިންނެވެ .
12.3- އެއްބަސްވުމުގެ މުއްދަތާ ގުޅޭގޮތުން ބުނެވިދިޔަ މާއްދާ އިސްތިއުނާފު ކުރާ ފަރާތުން މާނަކުރާ ގޮތަކީ، އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް ފުރިހަމަކޮށް ނިމެންދެން އެއްބަސްވުމުގެ މުއްދަތު ދެމި އޮންނާނެ ކަމަށެވެ. އެއީ، އެއްބަސްވުމުގެ 5.5 އާއި 5.6 އަށް ހަވާލާދީ އިސްތިއުނާފުކުރާ ފަރާތުން ބުނާބުނުމެއް ކަން އެނގެ އެވެ . .421- ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އިސްވެ ހަވާލާދެވުނު އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރުމަށް އެއްބަސްވުމުގައި ބަޔާންކުރާ އަސާސީ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 20 )ވިހި ( ދުވަހުގެ މުއްދަތެވެ . އެއީ، އެއްބަސްވުމުގައި ސޮއިކުރި ދުވަސްކަމުގައިވާ 2017 ޖޫން 01 ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށެވެ . އެކަން، އެއްބަސްވުމުގެ އެއް މާއްދާއަށްވުރެ ގިނަ މާއްދާ އިން އެނގެން އޮވެއެވެ . އެގޮތުން، އެއްބަސްވުމުގެ 1.1 އާއި، 2.3 އާއި، 5.2 އާއި، އަދި އެއްބަސްވުމުގެ 2.6 އިން އެނގެން އޮވެއެވެ . އަދި އެއްބަސްވުމުގެ 2ވަނަ މާއްދާގައި ]މީގެ ފަހުން މި އެއްބަސްވުމުގައި މާނަކުރުމުގައި ބެލެވޭނީ އަންނަނިވި ގޮތަށެވެ [. މިފަދައިން އެ މާއްދާގެ އަރިމަތީ ސުރުޚީގައި ބަޔާންކށޮ، އެ މާއްދާގެ 2.6 ގައި އެއްބަސްވުމުގެ މުއްދަތާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ، ]މި އެއްބަސްވުމުގެ މުއްދަތު ކަމުގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ޕޮއިންޓް 5 )ފަހެއް ( ގައިވާ ފަދައިން، މި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މީލާދީ ކަލަންޑަރުން 20 )ވިހި ( ދުވަހަށެވެ [.
8[…] އެވެކިޔާ 10 ބުރީގެ ޢިމާރާތުގެ ރެނދުތައް މަރާމާތުކޮށް، ފެން ނުވަންނަގޮތަށް ވޯޓަރ ޕްރޫފްކޮށް 1 ކޯޓު ސީލަރ އަދި 2 ކޯޓު ކުލަ ލުން.
12.5- އެހެންކަމުން، ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ އަސާސީ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 20 )ވިހި ( ދުވަސްކަމާއި، އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2017 ޖޫން 01 ގައިކަން ސާފުކޮށް އެނގެން އޮވެއެވެ .
12.6- ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 5.5 އާއި އަދި 5.6 އަށް ރިޢާޔަތްކޮށް އެއްބަސްވުމުގެ މުއްދަތަކީ، އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް ފުރިހަމަވާ ދުވަސްކަމުގައި އިސްތިއުނާފުކުރާ ނިޒާރު އަޙްމަދުގެ ފަރާތުން ބުނާއިރު، އެއްބަސްވުގެ 5.4 އަށް ބެލުމުން އެއްބަސްވުމުގެ 5.5 އާއި އަދި 5.6 ގައި ބަޔާންކުރާ މުއްދަތަކީ، އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް އިސްތިއުނާފު ރައްދުވާ ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް )މަސައްކަތްކުރާ ފަރާތް ( ގެ އިހްމާލުން ނުވަތަ އެ ފަރާތަށް ދިމާވާ ކަމެއްގެ ސަބަބުން އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތަށް އެއްބަސްވުމުގައި ބުނާ މަސައްކަތް ފުރިހަމަ ނުކުރެވިއްޖެނަމަ، އެއްބަސްވުމުގެ މުއްދަތު މަސައްކަތް ފުރިހަމަ ކުރުމާހަމައަށް ދެމިއޮތުމުގެ މައްޗަށް ބަޔާންކުރެވިފައިވާ މާއްދާތަކެއް ކަން، އެއްބަސްވުމުގެ
5.4 އަށް ބެލުމުނއެނގެ އެވެ . އެގޮތުން؛
12.7- 2017 ޖޫން 01 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 5.4 ގައި ބަޔާންކުރެވިފައިވަނީ، ]މި އެއްބަސްވުމުގެ 5.2 ގައިވާ ތާރީޚަށް މަސައްކަތް ނުނިމުނީ މަޤްބޫލު ޢުޒުރެއް އޮވެގެން ކަމަށް ޤަބޫލުކުރެވޭނީ، މަސައްކަތެކުރުވާ ފަރާތުން އެ ޢުޒުރެއް ޤަބޫލުކުރުމުންނެވ[. މިފަދައިން ކަމާއި، އަދި ބުނެވިދިޔަ މާއްދާގެ ފަހަތަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ 5.5 އާއި އަދި 5.6 ގައި ބަޔާންކޮށްފައި އޮތް އޮތުމަކީ، އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާ ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް )އިސްތިއުނާފު ރައް ދުވާ ފަރާތް( އަށް ދިމާވާ މަޤްބޫލު ޢުޒުރެއްގެ ސަބަބުން އެއްބަސްވުމުގެ މުއްދަތު ގުނުމާ ގުޅޭގޮތުން ބަޔާންކުރާ ކުރުމެއް ކަމާއި، އެއްވެސް ޙާލެއްގައި އެއީ މަސައްކަތް ކުރުވާ ފަރާތަށް އެބަހީ އިސްތިއުނާފުކުރާ ނިޒާރު އަޙްމަދަށް ދިމާވާ މަޤްބޫލު ޢުޒުރެއްގެ ސަބަބުން އެއްބަސްވުމުގެ މުއްދަތު ދެމިގެން ދިޔުމުގެ މަޤްޞަދުގައި ހިމަނާފައިވާ މާއްދާތަކެއް ކަމުގައި ބެލެވެން ނެތްކަން އެނގެ އެވެ .
12.8- އެހެންކަމުން، ދެން އުފެދޭ ސުވާލަކީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް ފުރިހަކޮށް ނމިފައިނުވަނީ، އިސްތިއުނާފު ކުރާ ނިޒާރު އަޙްމަދަށް )މަސައްކަތް ކުރުވާ ފަރާތް ( ދިމާވި ޙާލަތެއްގެ ސަބަބުންތޯ ނުވަތަ އިސްތިއުނާފުރައްދުވާ ފައިނަލްޓަޗް ޕްރައިވެޓް ލިމިޓެޑް )މަސައްކަތްކުރާ ފަރާތް ( އަށް ދިމާވި މަޤްބޫލު ޢުޒުރެއް ގެ ސަބަބުންތޯ ނުވަތަ ނޫންތޯ އެ ވެ .
12.9- އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް މުއްދަތަށް ނިމިފައިނުވަނީ އިސްތިއުނާފުކުރާ ނިޒާރު އަޙްމަދުގެ ސަބަބުންކަން އެއްވެސް އޮޅުމެއްނެތް މިންވަރަށް އެނގެއެވެ . އެގޮތުން، އިސްތިއުނާފުކުރާ ނިޒާރު އަޙްމަދުގެ ފަރާތުން ދަށުކޯޓަށް ހާޒިރުކުރި ހެކިވެރިއެއްކަމު ގައި ވާ ބ. ތުޅާދޫ / ތެވެލި، ޢަބްދު ﷲ ޞަފްވާން 2019 ފެބްރުއަރީ 28 ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ]ދަޢުވާލިބޭ ފަރާތުން މަސައްކަތް ހުއްޓާލާފައިވަނީ އަޅުގަނޑުމެން ލާން ބޭނުންވި ކުލަ ގެނައުމުގައި ދިމާވި ދަތިތަކެއް އިންނާނެ ފައިނަލް ޓަޗްއާއި ހިއސް ކޮށްފަ ޚާއްޞަކޮށް ޑިލޭވާ ކަމާއި ކުލަ ގެ ނ އުމުގައި ދިމާވި ޑިލޭއަކާއި ހެދި ކުލަ އައުން ލަސްވީ[ ކަމަށް ބުނެ ފައިވާތީ، މަސައްކަތް ލަސްވެފައިވަނީ ނުވަތަ އެއްބަސްވުމުގައި ބުނާ މުއްދަތަށް މަސައްކަތް ނިމިފައި ނުވަނީ، މަސައްކަތަށް ބޭނުންވާ ތަކެތި )ކުލައާއި ސީލަރާ އ އަދި ޕުޓީ ( އިސްތިއުނާފުކުރާ ނިޒާރު އަޙްމަދުގެ ފަރާތުން ފޯރުކޮށް ދީފައި ނުވުމުގެ ސަބަބުން ކަން އެނގެ އެވެ .
12.10- އެއްބަސްވުމުގެ 9.2 ގައި މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަކީ އިސްތިއުނާފުކުރާ ނިޒާރު އަޙްމަދުގެ ފަރާތުން ކުރަންޖެހޭ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ . ބަހުޘްގެ ބޭނުމަށްޓަކައި އެއްބަސްވުމުގައި ކުލަ ގެންނަން ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތްކަމަށް ބުނާނަމަ، އެއްބަސްވުމުގައި މަސައްކަތް ނިންމަން ވަކި ތާރީޚެއް ބަޔާންކޮށްފައިވާ ކަމާއި، އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރުވާ ފަރާތުން ފޯރުކޮށްދޭންޖެހޭ މަސައްތަށް ބޭނުންވާ އެއްޗެއް ފޯރުކޮށް ނުދެވިގެން އެއްބަސްވުމުގެ މުއްދަތު ދެމިގެން ދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމަށެވެ .
12.11- އެހެންކަމުން، ދެފަރާތުގެ ދެމެދު 2017 ޖޫން 01 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، މަސައްކަތް ނިންމަންޖެހޭ މުއްދަތާ ގުޅޭގޮތުން ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އިސްތިއުނާ ފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ، ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ފާހަގާކޮށްފައިވާ ނުކުތާއެއްކަމުގައި ބެލެވެން ނެތެވެ .
12.12- ދަޢުވާގެ ޞީޣާއިންވެސް، އުފެދިފައިވާ ޚުޞޫމަތަކީ ތަފާތު 02 )ދޭއް ( އެއްބަސްވުމަކާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައިވާތީ ކޮށްފައިވާ ދަޢުވާއެއްކަން އެނގޭ ހިނދު، 23 ސެޕްޓެން ބަރް 2017 ގައި ދެފަރާތު ގ ދެމެދު ވެވުނު އެއްބަސްވުމަށް ދަށުކޯޓުން އެއްވެސް ވަރަކަށް ބައްލަވާފައިނުވާ ކަމަށް ފާހަގަކުރި ނުކުތާއަށް ބަލާއިރު، އެއީ، ދެފަރާތުގެ ދެމެދު 2017 ސެޕްޓެނބަރް 23 ދުވަހު ސޮއިކުރެވިފައިވާ ]ވޮރަންޓީ އެއްބަސްވުން [ އަށް ރިޢާ ޔަތް ނުކޮށް ދަށު ކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް އިސްތިއު ނާފުކުރާ ފަރާތުން ދެކޭތީ ފާހަގަ ކޮށްފައިވާ ނުކުތާއެއްކަން އެނގެން އޮވެއެވެ .
12.13- ދެ ފަރާތުގެ ދެމެދު 2 )ދޭއް ( އެއްބަސްވުމެއް ވެފައިވާ ކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ . ދަށު ކޯޓުން މައްސަލަ ނިންމުގައި ދެފަރާތުގެ ދެމެދު 2017 ސެޕްޓނެ ބަރު 23 ވަނަ ދުވަހު ސޮއިކުރެވިފައިވާ ވޮރަންޓީ އެއްބަސްވުމަށް ބަލާފައި ނުވާކަމަށް ބުނާއިރު، އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާގައި ބުނެވިދިޔަ އެއްބަސްވުން ޛިކުރު ކުރެވިފައި ވީނަމަވެސް ދަޢުވާކުރާ ފަރާތުގެ މުޅި ދަޢުވާ ބިނާކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދު 2017 ޖޫން 01 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެބަސްވުމާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައި ނުވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްޗަށްކަން ދަށު ކޯޓަށް ހުށަހަޅާފައިވާ ދަޢު ވާ ފޯމުން އެނގެން އޮވެއެވެ . އެގޮތުން؛
12.14- އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 9ވަނަ ނަންބަރުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ހިސާބުކޮށްފައިވާ ގޮތަށް ބަލާއިރު، ދަޢުވާގައި ހޯދުމަށް އެދުނު ފައިސާ ހިސާބުކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ .
91 ޖުމްލަ ފައިސާގެ ޢަދަދު -/299100ރ) .ދެލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ރުފިޔާ
9.2 ތަފްޞީލު ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދީފައިވާ -/110000ރ. )އެއްލައްކަ ދިހަހާސް ރުފިޔާ( އާއި އެމަސައްކަތް އަލުން ކުރެވޭނެކަމަށް އެސްޓިމޭޓްކުރެވޭ -/189100ރ. )އެއްލަ އްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ރުފިޔާ ( އާއި އެކު ޖުމްލަ -/299100ރ. )ދެލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ރުފިޔާ(
12.15- ބަޔާންވެދިޔަ ޓޭބަލަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދިފައިވަނީ، ދެ ފަރާތުގެ ދެމެދު 2017 ޖޫން 01ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާންސް ފައިސާގެ ގޮތުގައި އިސްތިއުނާފުރައްދުވާ ފަރާތަށް ދީފައިވާ -/110000ރ. )އެއްލައްކަ ދިހަހާސް ރުފިޔާ ( އާއި ބުނެދިޔަ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތް އަލުން ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ޢަދަދު ކަމުގައިވާ -/189100ރ) .އެއްލައްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ރުފިޔާ ( އާއި އެކު ޖުމްލަ -/299100ރ. )ދެލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ރުފިޔާ ( ކަން އެނގެން އޮންނައިރު، ވޮރަންޓީ އެއްބަސްވުމާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެގެން އެ ކަމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް މިންވަރެއް ހިމަނާފައި ނުވާކަން އެނގެ އެވެ .
12.16- އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 4379/Cv-C/2018 ޤަޟިއްޔާގައި، ދެފަރާތުގެ ދެމެދު 2017 ސެޕްޓެންބަރު 23 ވަނަ ދުވަހު ސޮއިކުރެވިފައިވާ ]ވ ރަންޓީ އެއްބަސްވުން [ އަށް ރިޢާ ޔަތްކޮށް އެ މައްސަލަ ނިންމަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކެވެ .
9. 01 ޖޫން 2017 ވަނަ ދުވަހު ދެފަރާތުގެ ދެމެދުގައި […] ކުލަލުމާމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ކޮށްފައިވާ މުސައްކަތަށް
03 )ތިނެއ( އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، މަސައްކަތް ކޮށްފައިވާ ފަރާތުން، އެއްވެސް އަގަކާނުލާ ހިލޭ އެމަސައްކަތެއް ނުވަތަ އެމަރާމާތެއް ކޮށްދޭނެކަމަށް އެއްބަސްވެ، 2017 ސެޕްޓެމްބަރ 23 ވަނަ ދުވަހު ވެވިފައިވާ ވޮރަންޓީ އެއްބަސްވުން.
12.17- އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އެއްބަސްވުމުގެ މުޤާބިލެއްގެ ގޮތުގައި ފައިސާ ލިބުނުކަން އިސްތިއުނާފުރައްދުވާ ފަރާތުގެ ބަހުންވެސް އެނގޭ ހިނދު، އަދި މަސައްކަތް ނުނިންމާކަމަށް އިޢުތިރާފުވާ ހިނދު، އެއްބަސްވުމުގައި ބަޔާންކުރާ މަޤްބޫލު ސަބަބުތަކަށް އަދި ހެކިވެރިޔާގެ ހެކިބަހުންވެސް ފާހަގަކުރި މަޤްބޫލު ސަބަބުތަކަށް ދަށުކޯޓުން ބައްލަވާފައި ނުވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނުކުތާއަށް ބަލާއިރު، އިސްވެ ބަޔާންކުރެވުނު ފަދައިން، 2017 ޖޫން 01ވަނަދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްތިއު ނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އެޑްވާންސް ފައިސާގެ ގޮތުގައި -/110000ރ) .އެއްލައްކަ ދިހަ ހާސް ރުފިޔާ ( ދީފައިވާކަމާމެދު ދެ ފަރާތުގެ ދެމެދު އެއްވެސް ޚިލާފެއް ނެތެވެ .
12.18- އެޑްވާންސް ގޮތުގައި ދީފައިވާ -/110000ރ. )އެއްލައްކަ ދިހަހާސް ރުފިޔާ ( އަކީ، އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް ކުރަމުންދާ މިންވަރަކުން އެއްބަސްވުމުގައި ވާގޮތުގެ މަތިން ދޫކުރެވޭ ފައިސާއެއްގެ ގޮތުގައި ބަޔާންކޮށްފައިވާއިރު، އެ ފައިސާ ދޫކޮށްފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތުން ކޮށްފައިވާ މަސައްކަތަށް ކަމަށް ބަލަންޖެހެ އެވެ. އަދި އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް މުއްދަތައް ނިމިފައިނުވަނީ، އިސްތިއުނާފުރައްދުވާ ފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށްގެން ނުވަތަ އެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުންކަން އެނގެން ނެތްއިރު، އިސްތިއުނާފުކުރާ ފަރާތުން ފޯރުކޮށްދޭންޖެހޭ ތަކެތި އެއްބަސްވުމުގެ މުއްދަތުގައި ފޯރުކޮށް ދީފައިނުވާކަން އެނގެން އޮންނތާ، ދަށު ކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާ ނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާ ފައިވާ ނިންމުމެއްކަމުގައި ބަލާނެ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ .
12.19- ]ބެލެންސް އޮފް ޕްރޮބަބްލިޓީ[ ގެ މަބުދައާ ޚިލާފަށް ދަށުކޯޓުން ޙުކުމްކުރައްވާފައިވާ ކަމަށް ފާހަގަކުރި ނުކުތާއަށް ބަލާއިރު، ]ބެލެންސް އޮފް ޕްރޮބަބްލިޓީ [ ގެ މަބުދައުއަކީ، މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ޝަރީޢަތުން ބަލާ މިންގަނޑެކެވެ . އެއީ، ހުށަހެޅިފައިވާ ހެކިތަކަށްބަލައި ބޮޑަށް ބުރެވޭ ކޮޅެއްގެ މައްޗަށް މައްސަލަ ނިންމުމުގެ އުޞޫލެވެ . އިސްވެ ބަޔާންވެދިޔަ ކަންތައްތަކަށް ބެލުމުން، އިސްތިއުނާފު މިކުރެވޭ No (3:;::r:u--< 801 al O\... .. '1\ ':"-.~I\Q'\'\ 1\~ Of\1\~"\ at._"llJ~~"'\ '"' ~,Q'\ ''"' "<1"Mr------0'1u u---- 0-l0 ........00 "\\11O\\t.,""' "llJ~~ Q\ ~ 11 \~"'' '\ L >I 1\\L \ """I\ ... at.,\~'"',, '\'':'\ Q'\"'\\~ ~~ "11'"Q\ \~ ~~''\ ,, ~~'"011 ""' 011\11l!\Q:"\Q'\l!'\ , 1\ ·\ '\ a.i~!\\ \ ''I\':"-.''I\Q'\'\ 1\~ at.,"Ill~~"'\ '"' ~'\Q'\ ''"' "<1"~r-----0'1u u---- N0 .......00"\\11O\ ,,""' "llJ~~ Q\ ,, .......~ '\\ "'' L >I 1\\L '\1\~ I "~"'\ ... ":'\"\ Q\'"\~ \~Q"l!'\ Q'\"11\11\l al \~ ~\ ,,,,'"' "\\1 '\''\ ~\"'l.JO\ ,,""'at., ~~ \11'"Q\ 1\~"\ , 1\\ \~ \\ '\· ~ ""0'\1\~ • I Q~"'\"\"\ at.;'" ""'"" )("'"'\ at.,\~at.,\~ "\"I\"\1\~at.,~'\\11 '"''"1\~~" 1\~"\ "\"I\"\'"'1\~ '\~:'\"I\al ~\' at.,":\ 'l,\ "'' "'' at.;"'t,~~ :~'" '"'Q\ "\ ~~\'"Q\ "\1\~ "'\~\"'\ al ~'\Q'\ ''"' "<1"~r-----0'1u -u N0 .......00 "\\11at., ,,""' "llJ~~ Q\ "' "'' L >I 1\\L ~\"'l.Jat., ,,""'at., ~~ \11'"Q\ "'\at., ~I\':"-.~'\at., '"' '!\,r'"Q'\ "'\ 0_)~~ \\I ,,~~'"Q'\ ""''"1\~ ,, 1\~"\ ~I\':"-.~ '\'\"\ ,,"'' "'',, "'' " "'' .... ""' "\ '" "11 '"' "llJ~~\\\""' ~'l.JQ'\~\ ... ~'\Q'\ ''"' '"''"' \<I \~ '"Q\ \~Q" ... Q'\"11\11\l ~\ ~ "\\1 !\~'l.J, ._,,"'' \\ ~' L "' "''~ \ , \~ , , '\ · ~ "I\"'\ Q\h Q'\1\~"\ at.,"' '''\ Q'\ ""' at.;"\~'\ ':'\ :'\~ "'"' "'' <~,\ 1\~Q'\1\~"\ '\ ,,'\Q'\L'"" ,, ,, "' ~ '\ "\ \1 \l "\ "\ ,, ':'\ "\'" "\ \l \ \~ 1:,<~,\ '\~ '\~ \~'\· ""---...;/\l ~~,,,--.-, "'"' \07 r--- •l ;~ '::>"' "'('.1 0 ('.1a, '.\~:\"'\J·~ .,""',,~ "~'' "' ...'\-._''\w~' \ , ,.,, ,~ ~...." '"\ -·~ .,~ ,,'" '\"' v.,-a a; ~~ ,, .,~'\J·~'\ -~' \ \ \\ 1 i1Ju t a~'\l a"' ·- <2@):.c ~ ~ ()' -~ 0 ;:I bl)0>E> a c 0u ;:I.... 0> "':"'!=> .. "\ \ \ ~
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް