ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/304
ނަޢީމާ އިބްރާހީމް ވ. ޝަކީލާ ޙަމްޒާ، 2023/HC-A/304
Naeema Ibrahim v. Shakeelaa Hamzaa 2023/HC-A/304 (2023/HC-A/304, High Court of the Maldives, 2 December 2025)
ނަޢީމާ އިބްރާހީމް ވ. ޝަކީލާ ޙަމްޒާ
މައިގަނޑު ސުވާލު
ބަނޑާރަ ބިމާ އިންވެގެން ހުރި އަމިއްލަ ބިމެއްގައި ޢިމާރާތް ކުރުމުގައި އިހުމާލުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުން ކުރި ޙުކުމް ބަދަލުކުރަންޖެހޭތޯ؛ އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިސްތިއުނާފު ބާޠިލުކުރުމަށާއި ސެކިއުރިޓީގެ ގޮތުގައި ފައިސާ ބެހެއްޓުމަށް އެދުނު އެދުންތައް ޤަބޫލުކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން މައްސަލައެއް ބާޠިލުކުރުމަށް އެދޭ ފަރާތުން، އެ މާއްދާގެ ކޮން އަކުރަކަށް ޙަވާލާދީ، ނިޒާމު ނަހަމަގޮތުގައި ބޭނުންކުރިކަމަށް ބުނާ ބުނުން ސަބަބާއެކު ބުނެދީފައި ނުވާނަމަ، އެ އެދުމުގެ މައްޗަށް އިސްތިއުނާފު ބާޠިލުކުރެވޭނެ ކަމަކަށް ނުދެކެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 75، 76)
- އިސްތިއުނާފުގެ ޖަވާބުގައި ސެކިއުރިޓީގެ ގޮތުގައި ފައިސާ ބެހެއްޓުމަށް އެދޭނަމަ، އެދެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުންކަން ބަޔާންކޮށް، އެދޭ މިންވަރަކީ ޚަރަދުގެ ގޮތުގައި ހިނގާ މިންވަރުކަން އެނގޭނެ ލިޔެކިއުން ހުށަހަޅައި، ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. އެކަންކަން ނުވާނަމަ ސެކިއުރިޓީ ބެހެއްޓުމަށް އަންގާނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 78)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/9322 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި […] / ނަޢީމާ އިބްރާހީމް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، […] / ޝަކީލާ ޙަމްޒާ އެވެ.
2މި މައްސަލައިގައި ކަންހިނގާފައިވާގޮތް ކަމަށް ޝަކީލާ ޙަމްޒާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.2 […] އެވެ ކިޔާ އަމިއްލަ ބިމާއި އިންވެގެން އޮންނަނީ […] އެވެ ކިޔާ ބަންޑާރަ ބިންކަން.
2.2 […] 6 ބުރީގެ ޢިމާރާތެއް ކޮށްފައިވާއިރު، […] އަމިއްލަ ބިމުން ގާތްގަނޑަށް 10 (ދިހައެއް) އަކަފޫޓުގެސަރަޙައްދުގައި […] ކިޔާ ގެ ޢިމާރާތްކޮށްފައިވާކަން.
32 […] 10 (ދިހައެއް) ބުރީގެ ޢިމާރާތެއް ކުރުމަށް ކުރެހުންތައް ކުރަހާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދުމަށްފަހު، ޢިމާރާތްކުރާ ބަޔަކަށް ޙވާލުކަ ށ ޢިމާރާތްކުރުމުގެ ކުރިން ސަރުކާރުނޮ ހަމަޖައްސާފައި އޮންނަ ޤަވާއިދުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ކަމާބެހޭ މުވައްޒަފުން ޙާޟިރުވި […] އެވެ ކިޔާ ބިމުގެ ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ މިންވަރަށް ހަމަވޭތޯ ބެލިއިރު […] އެވެ ކިޔާ ޢިމާރާތް ކޮށްފައިވަނި 6 (ހައެއް) އިންޗި ފުޅާ 21 (އެކާވީސް) ފޫޓު ދިގުމިނުގެ ސަރަޙައްދެއް […] ކިޔް އަމިއްލަ ބިމުން ބޭނުންކޮށްގެންކަން ސާބިތުވެފައިވާކަން. އައިޑީކާޑު ނަންބަރު […] އައިޑީކާޑު ނަންބަރު […]
42 ރަސްމީކޮށް އެ މައްސަލަ މާލެ ސިޓީ ކައުންސިލަށް ހުށަހެޅުމުން ދެފަރާތް ޙާޟިރުކޮށް 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ޙައްލުކޮށް މާލެ ސިޓީ ކައުންސިލަށް އެންގުމަށް […] ކިޔާ ގޭގެ ވެރިފަރާތަށް ކައުންސިލުން 21 މާރިޗު 2021 ގައި އަންގާފައިވާކަން.
52 މާލެ ސިޓީ ކައުންސިލްގެ އެންގުން ނަޢީމާ އިބްރާހީމްގެ ފަރާތުން ތަންފީޒުކޮށްފައިނުވާކަމަށް ބުނެ، ޝަކީލާ ހަމްޒާގެ ފަރާތުން ބޭނުންވަނީ […] ކިޔާ އަމިއްލަ ބިމގައު ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ މިންވަރަށް […] އެވާ ކިޔާ ގެ ޢިމާރާތްކޮށްފައިވާ މިންވަރު ތަޅާ، […] އެވެ ކިޔާ އަމިއްލަ ބިމުގައި ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ މިންވަރަށް 10 (ދިހައެއް) ބުރި ޢިމާރާތެއް ސަރުކާރުގެ ކަމާބެހޭ ފަރާތުން ހުއްދަ ދީފައިވާ މިނަށް ޢިމާރާތްކުރެވޭގޮތަށް ބިމުގެ އިން ހަމަކޮށްދިނުމަށް ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021C/-Cv/9322 ޤަޟިއްޔާ އިންނެވެ.
62 މިއީ ސިވިލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
3. […] އެވެ ކިޔާ އަމިއްލަ ބިމުގައި 10 (ދިހައެއް) ބުރިއަށް ޢިމާރާތެއް ކުރަން ބޭނުންވެގެން، ޢިމާރާތް ކުރަހާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމަށްފަހު، […] އެވެ ކިޔާ އަމިއްލަ ބިމުގެ އިން ހަމަކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ކަމާބެހޭ މުވައްޒަފުން ޙާޟިރުވާ އެ ބިމުގެ އިން ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަވޭތޯ ބެލިއިރު، އެ އަމިއްލަ ބިމުގެ އިރުމަތީގައި 06 (ހައެއް) ބުރިއަށް ޢިމާރާތްކޮށްފައިވާ، […] އެވާ ކިޔާ ގެ ޢިމާރާތްކޮށްފައިވަނި، […] އެވެ ކިޔާ އަމިއްލަ ބިމަށް އަރުވައިގެން ކަމަށް، މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މިންއަޅާ ބެލުމުން އެނގެން އޮތްއިރު، […] އެވެ ކިޔާ ޢިމާރާތުގެ ވެރިފަރާތާއި، ދަޢުވާކުރާ ފަރާތް، މާލޭ ސިޓީ ކައުންސިލަށް ޙާޟިރުކޮށް ދފަރާތަށެ އެކަން އެންގުމަށްފަހު، މާލޭ ސިޓީ ކައުންސިލުން ޢަމަލުކުރާ އުޞޫލުގެ ދަށުން، […] އެވާ ކިޔާ ގޭގެ ޢިމާރާތުން […] އެވެ ކިޔާ އަމިއްލަ ބިމަށް ވައްދައިގެން ޢިމާރާތްކށޮފައިވ މިންވަރާ (ގާތްގަނޑަކަށް 10 އަކަފޫޓު)، […] އެވެ ކިޔާ އަމިއްލަ ބިމަށް އިން ހަމަވާގޮތަށް 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ރަނގަޅުކޮށް އެންގުމަށް، މާލޭ ސިޓީ ކައުންސިލުން 18 މާރިޗު 2021 ވަނަ ދުވަހު، […] އެވެ ކިޔާ ގޭގެ ވެރިފަރާތަށް އަންގާފައިވީނަމަވެސް، ދީފައިވާ މުއްދަތު ހަމަވެ އިތުރަށް 03 (ތިނެއް) މަސްދުވަސް ފާއިތުވީއިރުވެސް، […] އެވެ ކިޔާ އަމިއްލަ ބިމުން […] އެވާ ކިޔާ ގެ ޢިމާރާތްކޮށްފައިވާ މިންވަރު ރަނގަޅުކޮށްފައިނުވާތީ، އެކަން ރަނގަޅު ކުރުމަށް އަންގާ ނަޢީމާ އިބްރާހީމްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، […] ޝަކީލާ ޙަމްޒާގެ ފަރާތުން ދަޢުވާކޮށްފައިވެއެވެ.
4. ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/9322 ޤަޟިއްޔާގައި އާ ކޯޓުން ޙުކުމްކޮށްފައިވަނީ؛ "ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކާއި، ފާހަގަކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، […] އެވާ ކިޔާ ގޯތި ޢިމާރާތް ކުރުމުގައި، އެ ޢިމާރާތުގެ ފުރަތަމަ ބީމުނ ފެށިގެން ޓެރަސް ފްލޯރއާ ހަމައަށް އެ ޢިމާރާތުގެ ބައެއް ދަޢުވާކުރާ ފަރާތުގެ ނަމުގައި އޮތް […] އެވެ ކިޔާ އަމިއްލަ ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާކަން ދަޢުވާލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ އާއި، ދަޢުވާލިބޭ ފަރާތުގެ ނަމުގައި […] އެވާ ކިޔާ ޢިމާރާތުން […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް ވަދެފައިވާ މިންވަރު އަގުކޮށް އެ އަގު ދިނުމަށް ދަޢުވާލިބޭ ފަރާތުން ބޭނުންވި ނަމަވެސް، ދަޢުވާކުރާ ފަރާތުން އެ ބަދަލު ލިބިގަތުމަށް ބޭނުންނުވާތީ އާއި، ދަޢުވާކުރާ ފަރާތުން ބޭނުންވަނީ، ދަޢުވާލިބޭ ފަރާތުގެ ޢިމާރާތުން ދަޢވާކުރު ފަރާތުގާ ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާ ބައި ތަޅު އިޞްލާޙާ ކުރުނު ކަމުގައިވާތީ، ދަޢުވާކުރާ ފަރާތުގެ ނުރުހުމުގައި، ދަޢުވާކުރާ ފަރާތުގެ ޙައްޤުގެ މައްޗަށް ބަދަލުދީ، އެ ހައްޤުގެ މަތީގައި ދަޢުވާލިބޭ ފަރާތް ހުރުމުގެ ޙައްޤު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ދަޢުވާލިބޭ ފަރާތަށް ލިބިގެން ނުވާތީ، ދަޢުވާލިބޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވާ ކިޔާ ޢިމާރާތުގެ ފުރަތަމަ ފްލޯރ ގެ ބީމުން ފެށިގެން ޓެރަސް ފްލޯރ އާ ހަމައިން، ދަޢުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް ވައްދައިގެން ޢިމާރާތް ކޮށްފައިވާބައި، […] އެވެ ކިޔާ ގޯތީގެ އިންހަމަވ ގޮތަށާ މިއަދު (13 ޖުލައި 2023) އިން ފެށިގެން 05 (ފަހެއް) މަސް ދުވަހުގެ ތެރޭގައި، ތަޅު އިޞްލާޙާ ކުރުމަށު ދަޢުވާލިބޭ […] ނަޢީމާ އިބްރާހީމްގެ މައްޗަށް އަންގާ އަމުރު ވެވިގެންވާކަމަށ ކަނޑައަޅައް ޙުކުމް ކޮށްފީމެވެ." އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
5. އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.5 އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވާ ކިޔާ ޢިމާރާތުގެ ފުރަތަމަ ފްލޯރގެ ބީމުނ ފެށިގެން ޓެރަސް ފްލޯރ އާ ހަމައިން، އިސްތިއުނާފުރައްދުވ ފަރާތުގާ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް ވަދެފައިވާ ބައި، އެ ގޯތީގެ އިން ހަމަވާ ގޮތަށް ތަޅު އިޞްލާޙާ ކުރުމަށު ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގ 5 ވަނަ މާއްދާގެ (ށ) (1) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
2.5 […] އެވެ ކިޔާ ޢިމާރާތުން […] ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާ ބައި އިޞްލާޙުކުރުނި ނޫން އެހެން ގޮތެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ހާލަތުގައި، އެ ފަރާތުގެ ޙައްޤުގެ މައްޗަށް އެ ފަރާތުން ދޫނުދޭހައި ހިނދަކު، އެނޫން ގޮތެއް ޝަރީޢަތުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް އެންގޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށާއި، އެހެންކަމުން […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް […] އެވާ ކިޔާ ޢިމާރާތުން އަރާފައިވާ މިންވަރު ކަނޑާލުމަށް އަމުރު ކުރުމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޢަދާލަތުގެ އޞު ލ ތަކާއ ދުނިޔޭގައި ކުރިއަރާފައިވާ ދިމިގްރާތީ ގައުމުތަކުގެ ކޯޓުތަކުން ބޭނުންކުރާ ޢަދާލަތުގެ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
3.5 އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާގެ ކުރިން މި ގޯތީގެ އިމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާގައި ކުރިއަށް ދަނިކޮށް، އަދި އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިމުގެ މައްސަލަ ޙައްލުކުރަން ފައިސާގެ ޢަދަދުތަކެއް ހޯދުމަށާއި، އެ ޢަދަދުތަކަށް އެއްބަސްވާނަމަ އިމުގެ ޙައްޤު ދޫކޮށްލަންވެސް ހުށަހަޅާފައިވާއިރު، އިސްތިއުނާފުކުރެވޭ މި މައްސަލައާއި ކުރިން ހުށަހެޅުނު މައްސަލައިގައި ޝަކީލާ ހަމްޒާގެ ފަރާތުން އެދިފައިވާ މައިގަނޑު ކަމަކީ އެއްކަމެއް ކަމަށް ބެލެވެން އޮތުމުން، މި މައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ނުގެންދެވޭނޭ މައްސަލައެއްކަމަށް ނިންމއިދިނުމަށަ ނަޢީ މާ އިބްރާހީމްގެ ފަރާތުން ޝަރީޢަތުގައި އެދިފައި އޮތްނަމަވެސް، އެ އިޖުރާއީ އިޢުތިރާޒު ބަލައިގަތުމަކާ ނުލައި ޝަރީޢަތް ކުރިއަށް ގެންގޮސް ނިންމާފައި އޮތުމުން، މައްސަލަ ނިމިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އިޝޫ އެސްޓޮޕަލް (Cause of Action Estoppel) ގެ އުޞޫލާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2018/SC-A/31 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ "ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ޚަސްމުންގެ ފަރާތުން ހަމަ އެ ޚުޞޫމަތު ނުވަތާ އެ ކަމާބެހޭ ނުވަތަ މައޟު ޢޫ ގުޅާ އެހެން މައްސަލައެއް އެ ކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއް ފަނޑިޔާރެއ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ބެލެވެން އޮތް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
6. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ތަކުރާރުކޮށް ސިވިލް ކޯޓުގައި ދެއްކި ވާހަކަތަކަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމާއި، އެގޮތުން، […] އެވެ ކިޔާ ގޯތީގެ ތެރެއަށް […] އެވާ ކިޔާ ޢިމާރާތުން ބައެއް އަރާފައިވާކަމާމެދ އިސްތިއުނާފުކުރު ފަރާތުން އިއުތިރާޒް ނުކުރިނަމަވެސް، ދެފަރާތުގެ ދެމެދުގައި ދެބަސްވުން އުފެދިފައިވަނީ ޢމާރާތުނި ބޭރުވެފައިވާ މިންވަރާއި ގުޅިގެންކަމާއި، އެގޮތުން، ސިވިލް ކޯޓަށް ހުށަހެޅި ސާރވޭ ރިޕޯޓު އެންމެ އެކަށީގެންވާ ގޮތެއްގައި ދިރާސާކޮށް އެއަށް ރިޢާޔަތްކޮށްފައިނުވާކަން ސާފުކޮށް ފެންނަން އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން
7އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާގޮތަށް ޢިމާރާތުން ބައެއް ތަޅާލުމަކީ މައްސަލައަށް އެންމެ އެކަށީގެންވާ ހައްލެއް ލިބޭނެ ކަމެއް ނޫންކަމަށް ފާހަގަކޮށްފައިވާނީ ވަރަށް ގިނަ ސަބަބުތަކާހުރެ ކަމަށާއި، އެގޮތުން، އެކަންކަން ފާހަގަކޮށްފައިވީނަމަވެސް، އެކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމާއި، މިއީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމެއް ނޫންކަމާއި، ހުށަހެޅިފައިވާ ބިލްޑިންގ އެލައިންމަންޓް އެސެސްމަންޓް ރިޕޯޓުގައިވާގޮތުންވެސް ޢިމާރާތުން ބައެއް ތަޅާލުންވާނީ އިތުރު އެއްވެސް ގޮތެއް ނެތްނަމަ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
8[…] ތަޅާލުމުގެ ބަދަލުގައި، ފައިސާއިން ބަދަލުދީގެނ މައްސަލް ހައްލުކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، ނަމަވެސް، މިކަން ކާމިޔާބު ވެފައި ނުވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން އާދަޔާ ޚިލާފަށް ބޮޑު ޢަދަދެއް ހޯދަން ޑިމާންޑް ކުރުމުން ކަމާއި، އެއްބަސްވުމަކަށް އާދެވިފައިނުވާތީ، މި މައްސަލައިގެ ޢަދުލުވެރި އިންސާފުވެރި ބަދަލެއް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާގައި ހުށަހަޅާފައިވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
9ބަހުސްގެ ބޭނުމަށް […] އެވެ ކިޔާ ގ ތީގ އިމުގެ ތެރެއަށް ވަދެފައިވާ ބައި ތަޅާލުމަކީ ކުރުން އެކަށީގެންވާ ކަމެއް ކަމުގައިވިޔަސް އެއީ އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން މިހާރު ކުރެވެން އޮތްކަމެއް ނޫންކަމަށާއި، ސަބަބަކީ، […] ގޯތީގައި ޢިމާރާތެއް ރާނަން ފަށާފައިވުން ކަމާއި، މިހާރު […] ކިޔާ ޢިމާރާތުން ބައެއް ތަޅާލެވެން އޮންނާނީ […] ގައި ހުރި ޢިމާރާތުން ވެސް ބައެއް ތަޅާލައިގެނ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
10ބިމާ ގުޅިގެން އުފަންވާ ޙައްޤުތަކާ ޤައިދުތަކުގެ ތެރެއިން ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެގެން އުފަންކުރުވާ ޙައްޤުތަކާއި ޤައިދުތަކުގެ އިތުރަށް ވަކިގޮތަކަށް ވެފައިވާ އެއްބަސްވުމެއް ވެސް ނެތި އަދި ދެފަރާތުގެ ފުރިހަމަ ރުހުމަކާވެސް ނުލައި، ޢަދާލަތުގެ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތުން ކަނޑައަޅައިދޭ ޙައްޤުތަކާއި ޤައިދުތައް ހުންނަކަމާއި، އީޒްމަންޓް necessity) of (easement އަކީ އެފަދަ މިސާލެއްކަމަށާއި، އީޒްމަންޓްގެ ތަފާތު ވައްތަރު ހުންނަކަމާއި، އީޒްމަންޓ އޮފް ނެސެސިޓީ އަކީ އޭގެން އެއްވައްތަރު ކަމަށާއި، ކުރިއަރާފައިވާ ދިމިޤްރާތީ ގައުމުތަކުގައި އީޒްމަންޓާ ބެހޭ ޤާނޫނު ހަދާފައި ހުންނަކަމާއި، ޢަދާލަތުގެ ހަމަތަކަށް ރިޢާޔަތްކޮށް މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތްތަކަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ބެލުމުގައު ޤާނޫނީ ހުރަހެއް ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
11އިސްވެ ބަޔާންކުރެވުނު ކަންކަން ދަށު ކޯޓުގައި ފާހަގަކުރި ނަމަވެސް ޝަރީޢަތް ނިމުނުގޮތުގައި މިކަމަށް އެއްވެސް ވަރަކަށް އަލި އަޅުވާފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12ގޯތީގެ އިމުގެ މައްސަލަ ހައްލުކުރަނ ދެފަރާތުން ކުރިއަށް ގެންދިޔަ މުޢާމަލާތުތަކުން މައްސަލަ ހައްލުވެފައިނުވާތީ ޝަރީޢަތް މެދުވެރިކޮށް މައްސަލަ ހައްލުކުރަން އެދިފައިވާނެކަމާއި، އެ މައްސަލައިގައި ޝަކީލާ ހަމްޒާގެ ފަރާތުން އެދިފައިވަނީ އިމުގެ މައްސަލަ ހައްލުކުރަނ ނަޢީމް އިބްރާހީމްގެ ފަރާތުން 1,890,000ރ. (އެއް މިލިއަން އަށްލައްކަ ނުވަދިހަ ހާސް ރުފިޔާ) 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދެއްކުމަށާއި، އެ ފައިސާ ނުދައްކާނަމަ، އިމުގެ ތެރެއަށް ވަދެފައިވާ ބައި ތަޅާލުމަށް އަންގައި މައްސަލަ ނިންމައިދިނުމަށްކަމާއި، އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާއިން ބަލަމުންދާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
13އިސްވެ ފާހަގަކުރެވުނު މައްސަލަ ހިނގަމުންދަނިކޮށް، 2 ސެޕްޓެންބަރު 2021 ގައި ޝަކީލާ ހަމްޒާގެ ފަރާތުން އައު މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅި ކަމާއި، އެ މައްސަލައިގައި އެދިފައިވަނީ، ކުރިން ހުށަހެޅުނު މައްސަލައިގައި ބަހުސްކުރެވެމުންދާ ނުކުތާތަކުގެ ތެރެއިން އިމުން އަރާފައިވާކަމަށް ބުނާ ބައި ތަޅާލުމުގެ އަމުރަކަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14އެއް މައުޟޫއެއްގައި ތަފާތު ދެ މައްސަލައެއް ޝަރީޢަތުގައި ހިނގަން ފެށިކަމާއި، މިއީ ޢަދުލު އިންސާފުގެ ހަމަތަކާއި ފުށުއަރާ ކަމެއްކަމަށްވެފައި، އިމުން އަރާފައިވާކަމަށް ބެލެވޭ ބައިގެ ކުޑަ ބޮޑު މިނާއި، އަދި ތަޅައިލެވެ ން އޮތްނެތް ގޮތެއްގެ މައްޗަށްވާ އިހުތިމާލާއި، އަދި ތަޅައިލުމަށް ވިސްނި ނަމަވެސް، […] ގައި ޢިމާރާތެއް ހަދަން ފށާފައިވާތީ، ތަޅާލުމަކީ މުސްތަހީލު ކަމެއްކަމަށްވާތީއާއި، އެދިފައިވާ ބަދަލަކީ އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ބަދަލަކަށްވާތީ، އެކަންކަމުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 21C/20-2008/Cv ޤަޟިއްޔާގައި ބަހުސްކުރެވެމުނ ދަނިކޮށް އަލުން އައު މައްސަލައެއް ވަކިން ހުށަހަޅައި ހިންގުމަކީ ކުރެވިގެންވާނެ ކަމެއްކަމަށްނުވާތ މައްސަލީ ބާޠިލުކޮށްދިނުމަށް އެދި އިޖުރާއީ ނުކުތާއެއް އިސްތިއުނާފުކުރާ ފަރާތުން ނަގާފައިވާކަމާއ އަދި އެ ނުކުތާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުވެސް ދިން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
15ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގައި "ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ޚަސްމުންގެ ފަރާތުން ހަމަ އެ ޚުސޫމާތު ނުވަތަ އެ ކަމާބެހޭ ނުވަތަ މައުޟއޫ ގުޅާ އެހެން މައްސަލައެއް އެ ކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއް ފަނޑިޔާރެއް" ކަމަށް ރިޕޯޓުގެ 13 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
16އެއްބާވަތެއްގެ ތަފާތު މައްސަލަތައް އއ ކޯޓެއްގައި ހިންގިގެނ ނުވާނެކަމަށް ބުން ރެސްޖުޑިކާޓާގެ މަބްދައު ބިނާވާ މައިގަނޑު 3 އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގައި ތަފްސީލުކޮށްފައިވާކަމާއި އެ ތަފްސލުތަކަށް ބަލާއިރު، އުފުލާފައިވީ ދަޢުވާގައި ހިމެނޭ ނުކުތާއަކީ އެއިގެ ކުރިން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތަކަކީވެސ ކުރިން ހުށަހެޅުން ދަޢުވާގައި ހިމެނޭ ފަރާތްތައް ކަމުގައިވާނަމަ އަދި ފަހުން އުފލާފައިވ ދަޢުވާއަކާ އެއީ މައުޟޫއެއްގެ މައްޗަށް ބިނާވާ ދަޢުވާއެއްނަމަ، ކޯސް އޮފް އެކްޝަން އެސްޓޮޕަލް މެދުވެރިކޮށް، އެ ދަޢުވާއާމެދު ގޮތެއް ކަނޑައެޅުން ހުއްޓުވަންވާނެކަން އެނގޭކަމަށާއި، އެހެންކަމުން އިސްތިއުނާފު ކޮށްފައިމިވާ މައްސަލައގި މައުޟޫއުގައި ޚަސްމުން ހިމެނޭގތަށ ކުރިން މައްސަލައެއް ހުށަހެޅ ހިނގަމުންދަނިކޮށް ފަހުން ހުށަހެޅި މައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
17ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އިސްތިއުނާފުކުރ ފަރާތުން އެދިފައިވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
18އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ހަވާލާދީފައިވާ މާއްދާގައި ބަޔާންވެފައިވާ ވާހަކައަށް ބަލާއިރު، މައްސަލައިގައާ ހިމެނޭ ޚަސްމުން ދެއްކި ކޮންމެ ވާހައަކާއި، ހުށަހެޅި ކޮންމެ ހެއްކެއްގެ މައްޗަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވާހަކަދައްކާ ޖަވާބުދާރީވުމަށް ފަނޑިޔާރަށް ލާޒިމްނޫންކަމާއި، ދަށު ކޯޓުގެ ފަނޑިޔާރު މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީއާ އިސްލާމީ ޝަރީޢަތަށާއި، ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށްގެންކަމަށް އެނގެން އޮންނަކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
19ދަށު ކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ފާހަގަކުރުމަށްފަހު އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ
(ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނުމުގެ ޖާގައެއް އޮތްކަމަށް ނުދެކޭކަމަށެވެ.
20ސާރވޭ ރިޕޯޓަށް އެންމެ އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައި އޮންނަ ވާހަކައަށް ދޭން އޮތް ރައްދަކީ، ޝަރީޢަތުން މިންތައް ބަޔާންކޮށްފައިވަނީ މާލޭސިޓީ ކައުންސިލްގެ އިދާރާގެ ލިޔުންތަކަށް ރިޢާޔަތްކޮށްގެންކަމާއި، ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނީވެސް މާލޭސިޓީ ކައުންސިލްގެ ލިޔުމަށްކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ސާރވޭ ރިޕޯޓަކީ ޤާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ލިޔުމެއްނޫންކަމާއި، އެ ރިޕޯޓަކީ އިސްތިއުނާފުކުރާ ފަރާތުން ބޭނުންވެގެން އެފަރާތުގެ ބޭނމަށ އެފަރާތުން ފައިސާދީގެން ހަދާފައިވު ރިޕޯޓެއްކަމާއި، މާލެ ސިޓީ ކައުންސިލަކީ ބިމުގެ ބެލެނިވެރި ފަރާތްކަމަށްވެފައި، ޝަރީޢަތުން ބަރޯސާ ވާންޖެހޭނީ މާލެސިޓީ ކައުންސިލުން ސަރވޭކުރުމަށްފަހު ބަޔާންކޮށް ފައިވާ މިންތަކުގެ މައްޗަށްކަމާއި، ޝަރީޢަތުން ރިޢާޔަތްކުރާ މާލެސިޓީ ކައުންސިލްގެ އިދާރާގެ ލިޔުމަކީ، މި މައްސަލައިގައާ ހިމެނޭ 2 ފަރާތަށް އެންގި އެންގުމެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. ބަޔާންކުރެވުނު ލިޔުމުގައި […] ގޭގެ ވެރިފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެ ލިޔުމުގައި މާލޭސިޓީ ކައުންސިލުން ބަޔާންކު ށްފައިވާ މިންތަކާމެދު އެއްވެސ ފަރާތަކުން މިހާތަނަށް އިއުތިރާޟުކޮށްފައިނުވާކަމާއި، އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ ފުރަތަމަ ފަންގިފިލާގެ ބީމުންވެސް ގާތްގަނޑަކަށް 03 އިންޗި ނިކުމެފައިވާކަމަށާއި، އަދި […] އެވާ ކިޔާ ގޯތީގައި އުސްކޮށް ހަދާފައިވާ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ އާއި ޓެރަސް ފަންގިފިލާއާ ދެމެދުގައި ހުރި ފަންގިފިލާ ތަކުންވެސް […] ގޯތި ތެރއަށެ ނިކުމެފައިވާކަމަށ ބަޔާންކޮށްފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
21އިސްތިއުނާފުކރު ފަރާތުން 7.1.3، 47.1. އަދި 7.1.5 ގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އ ވާހަކަތަކަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގައި މައްސަލަ ބެލި ފަނޑިޔާރު ޖަވާބު ދީފައިވާކަމާއި، އެކަންކަމަށް ޝަރީޢަތުން ދީފައިވާ ޖަވާބަކީ، […] ޢިމާރާތްކުރުމުގައި އެ ޢިމާރާތުގެ ބައެއް […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާކަން ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުން އެނގެން އޮންނަކަމާއި، އެކަން އިޞްލާޙުކުރުން ނޫންގޮތެއ ނެތްކަމަށް ދަޢވާކުރު ފަރާތުން ބުނާއިރު، ދަޢުވާކުރާ ފަރާތުގެ ޙައްޤުގެ މައްޗަށް އެފަރާތުން ދޫނުދޭހާ ހިނދަކު، އެނޫންގޮތެއް ޝަރީޢަތުގެ ފަރާތުން ދަޢުވލާ ބ ފަރާތަށް އެންގޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށާއި، […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް […] އެވާ ކިޔާ ޢިމާރާތުން އަރާފައިވާ މިންވަރު ތަޅާލުމަކީ ޢިމާރާތަށް އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ދަޢުވާލިބޭ ފަރާތުން ދެކޭނަމަ، އެގެއްލުން ނުވާނެގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ދަޢުވާލބި ފަރާތަށް އޮތް ޒިންމާއެއްކަމަށް އިސްތިއުނާފ ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
22އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ، ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި، ޢަދާލަތު ނިޔާކުރާ ގޮތުގެމަތިން އުފަންވާ ޙައްޤުތަކާއި ގައިދުތަކެއްވެސް ހުންނަކަމާއި، އެފަދަ ޙައްޤުތައް ޤަބޫލުކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވެސް ބިމާބެހޭ އެކި ކަހަލަ މައްސަލަތަކުގައި ތަންފޒުކޮށްފައިވާކަމަށްބުނީ ފާހަގަކޮށްފައި އޮންނަ ނުކުތާކަމާއި، މިތަނުގައި ހަވާލޮ ދެނީ ކޮން ޤަޟިއްޔާއަކަށް ކަމެއް ބަޔާންކޮށްފައިނުވާތީ، އެވާހަކައަށ ރައްދެއް ދޭންޖެހޭނެ ކަމަށް ނުދެކޭކަމާއި، އިސްތިއުނފުކާ ރ ފަރތުނާ ފާހަގަކުރާ މިވާހަކައަކީ ޙަޤީޤަތެއްގެ މައްޗަށް ނުވަތަ ދަލީލެއްގެ މައްޗަށް ބިނާވެގެންވާ ވާހަކައެކަމަށް ނުވާތީ، އެ ވާހަކައަށް ދެވޭނެ ބުރަދަނެއް ނޯންނާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
23އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ދެވަނަ ކަމަކީ، ދެފަރާތުގެ ފުރިހަމަ ރުހުމަކާ ނުލައިވެސް ޢަދާލަތުގެ ހަމަތަކަށް ރިޢާޔަތްކޮށް ޝަރީޢަތުން ކަނޑައަޅައިދޭ ޙައްޤުތަކާއި ގައިދުތަކެއްވެސް ހުންނަކަމަ އާ، އީޒްމަންޓަކީ އެފަދަ މިސާލެއްކަމަށ ބުން ފާހަގަކޮށްފައިވާ ނުކުތާކަމާއި، މިވާހަކޮ އަކީ ސިވިލަ ކޯޓުގައި ވެސް އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކައެއް ނޫންކަމާއި، މިގޮތުން ބޭރު ގައުމެއްގެ ކޯޓަކުން ނިންމާފައިވާ މައްސަލައެއް ފާހަގަކޮށްފައިވާއިރު، އެ މައްސަލައަކީ ގޮލްފު ދަނޑެއްގައި ކުޅޭއިރު ޖަހާ ބޯޅާ ދަނޑުން ބޭރުވެ އަވަށްޓެރި ގެތަކުގެ ތެރެއަށް ދާތީވ އެކަމުގެ ސަބަބުން ކުރިމަތިވާ ތުރާ ފިލުވުމުގެ މައްޗަށް ބިނާވެގެންވި މައްސަލައެއްކަމާއި، މި މައްސަލައަކީ އެއްގޮތަކަށްވެސް މިހާރު އުފެދިގެން މިއުޅޭ މައްސަލައިގައި ބޭނނު ހިފޭނެ ޤަޟިއްޔއެއާ ކަމަށް ނުދެކޭ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
24ސިވިލް ކޯޓުގެ ފަނޑިޔާރު ފާހަގަކުރި ކަންކަމަކީ، ޝަރުޢީ ނުވަތަ ޤާނޫނީ ކޮން އުޞޫލަކާ ޚިލާފުކަމެއް ކަނަ އިސްތިއުނާފުކުރާ ފަރާތުން ބުނެދެވިފއިނުވާކަމާއަ، […] މީހުންގެ ޢަމަލަކީ މީހެއްގެ މުދަލަށް އަރައިގަނެ އެ މުދާ ބާޠިލުގޮތުގައި ކޔުންކަމާއި، މިއީ އިސްލާމްދީނުގައި ޙަރާމްކޮށްފައިވާކަމެއްކަމާއި، އެއްވެސ މީހެއްގެ މުދަލެއް އެމީހާގެ ނުރުހުމުގައި ބޭނުންކުރެވޭނެ ޤާނޫނީ ޝަރުޢީ ހަމައެއް ނެތްކަމަށާއި، ސިވިލް ކޯޓުން މި މައްސަލަ ނިންމީ ޝަރުޢީ އަދި ޤާނޫނީހަމަތަކާ އެއްގޮތަށްކަމުގައި ދެކޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގކޮށްފައިވަ އެވެ.
25ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާއަކީ، […] ނަޢީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި މައްސަލައެއްކަމާއި، އެ މައްސަލައިގެ މައުޟޫޢަކީ […] އެވާ ކިޔާ ޢިމާރާތުން […] އެވެ ކިޔާ އަމިއްލަ ގޯތީގެ ބިމަށް އަރާފައިވާ ބަޔަށް ޢަދުލުވެރި ބަދަލެއް ކަނޑައަޅައިދިނުމަށް އެދި އެ މައުޟޫގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި، އެ މައްސަލައިގެ ޖަވާބުގައި ޝަކީލާ ޙަމްޒާ އެދިފައިވާނީ، […] އެވާ ކިޔާ ޢިމާރާތުން […] އެވެ ކިޔާ އަމިއްލަ ގޯތީގެ ބިމަށް އަރާފައިވާ ބައި ތަޅައިލުމަށްކަމާއި، ޝަކީލާ ޙަމްޒާގެ ފަރާތުން އަބަދުވެސް ބުނަމުން ދިޔައީ މިގޮތަށްކަމާއި، އަގެއްގެ ވާހަކަ ދެކެވިފައިވަނީ އަނެއް ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން
26އިސްތިއުނާފުކޮށްފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާއަކީ […] ޝަކީލާ ޙަމްޒާގެ ފަރާތުން ހުށަހެޅި މައްސަލައެއްކަމާއި، މި މައްސަލައިގެ މައުޟޫއަކީ […] އެވާ ކިޔާ ޢިމާރާތުން […] އެވެ ކިޔާ އަމިއްލަ ގޯތީގެ ބިމަށް އަރާފައިވާ ބައި މާލޭ ސިޓީ ކައުންސިލުން އަންގާފައިވާ ގޮތަށް ތަޅާލުމަށް […] ވެރިފަރާތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެ މައުޟޫޢުގެ މައްޗަށް ހުށަހެޅި މައްސަލައެއްކަމާއި، ވުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާއަކީ މުޅިން ތަފާތު ދެ މައުޟޫއެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްކަމާއި، މައްސަލަ ބަލައި ނިޔާ ކަނޑައަޅަންޖެހޭނީ ހުށަހެޅިފައިވާ ދަޢވާގު މައުޟޫޢުގެ މައްޗަށް ކަމަށްވާއިރު، މި ދެ ޤަޟިއްޔާގައި ޙުކުމް ކަނޑައެޅިގެންދާނީ މުޅިން ދެ ކަމެއްގެ މައްޗަށްކަމާއި ނުވަތަ މި ދެ ޤަޟިއްޔާގައި ލިބިދޭނީ މުޅިން ދެ ފަރުވާއެއްކަމާއި ނަމަވެސް މިއިން ޤަޟިއްޔާއެއްގައި ޙުކުމް އަންނަގޮތަކުނ އަނެއް ޤަޟިއްޔާ ކުރިއަށް ގެންދިއުމުގެ ބޭނުން ނތޭނެ ހާލަތެއެ އަތުވެދާނެކަމާއި، ނަމަވެސް މި ނަތިޖާ ނުކުމެދާނެކަމަށ މައްސަލް ބަލައަ ނިމުމުގެ ކުރިއަކުން ބުނވެ ނ ނޯންނާނެކަމުން، މިއިން ކޮންމެ މައްސަލައަކީ ވެސް ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް އިސްތިއުނާފ ރައްދުވު ފަރާތުން ފާހަގަކާ ށްފައިވެއެވެ.
27ސިވިލ ކޯޓުގް ނަންބަރު 3229/Cv-C/2021 ޤަޟިއްޔާގައި މިހާރު މިއޮތް ޙުކުމުގެ ނަތީޖާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާ ކުރިއަށް ގެންދިއުމުގެ ބޭނުން ނެތުންކަމާއި، ވުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާގައި ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓު ން މިހާރު ޖެހޭނީ މައްސަލަ ބޭރުކޮށްލަންކަމާއި، މިކަން ސިވިލް ކޯޓުގެ ސަމާލުކަމަށް ޝަކީލާ ހަމްޒާގެ ފަރާތުން ގެންނާނެކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
28ބަހުސްގެ ބނުމޭ ށ މި ދެ ޤަޟިއްޔާއަކީ އެއް ޤާޟީއަކު ބަލައި އެކުއެކީގައި ނިންމަންޖެހޭ މައްސަލައެއް ކަމަށް ބެލިކަމުގައިވިޔަސް އެކަން އެގޮތަށް ނުކުރެވި އޮތް އޮތުމަކީ، މި މައްސަލައިގެ ޙުކުމް ފާސިދވު ބާޠިލުވާންޖެހޭ ސަބަބެއް ނޫންކަމާއި، މައްސަލއިގަ ޙުކުމަށް އަސަރުކުރާވަރުގެ އިޖުރާއަތެއް ކަމުގައި އެކަންވާނ ކަމަށެ ނުދެކޭކަމާއި، މައްސަލައިގެ ޙުކުމަށް ޤާޟީ ވާސިލުވި ހަމައަކީ، "ހ.ސީސްޕީޑް އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާކަން ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުން އެނގެން އޮތުމާއި އެކަން، އިޞްލާޙްކުރުން ނޫންގޮތެއ ނެތްކަމަށް ދަޢުވާކުރާ ފަރާތުން ބުނާއިރު، ދަޢުވާކުރާ ފަރާތުގެ ޙައްޤުގެ މައްޗަށް އެފަރާތުން ދޫނުދޭހާހިނދަކު، އެނޫންގޮތެއް ޝަރީޢަތުގެ ފަރާތުން ދަޢުވާލިބޭ ފަރާތަށް އެންގޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް، ނެތުމެވެ. އަދި […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް […] އެވާ ކިޔާ ޢިމާރާތުން އަރާފައިވާ މިންވަރު ތަޅާލުމަކީ، ޢިމާރާތަށް އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމެއި ކަމަށް ދަޢުވާލިބޭ ފަރާތުން ދެކޭނަމަ، އެގެއްލުން ނުވާނެގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ދަޢުވާލިބޭ ފަރާތަށް އޮތް ޒިންމާއެއް ކަމުގައި ވުމެވެ." މި ނިންމުމަށް ބަދަލު އަންނަވރުގަ ނުކުތާއެއް އިސްތިއުނާފުކރު ފަރާތުން ހައިކޯޓަށް ހުށަހަޅާފައި ނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރތުނާ އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
29އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ؛ "1- […] ނަޢީމާ އިބްރާހީމް ގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ، އަންނަނިވި، ސަބަބުތަކަށްޓަކައި،ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ކަމުގައި، ބެލެވިދާނެ ހާލަތުގައި އޮތް މައްސަލައެއް ކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއތުގަ ޤާނޫނ) ގެ 421 ވަނަ މާއްދާގެ ދަށުން މައްސަލަ ބާޠިލުކޮށް ދިނުން އެދެމެވެ .
(ހ)- […] އެވެ ކިޔާ ގޯތީގައި، ހަދާފައިވާ 6 ބުރީގެ ޢިމާރާތް، ޢިމާރާތް ކޮށްފައިވަނީ، […] އެވެ ކިޔާ އަމިއްލަ ގޯތީގެ ބމަށި ވައްދައިގެން ކަމާމެދު ޚިލާފެއްނެތުން .
(ށ)- މާލޭސިޓީ ކައުންސިލަކީ ބިމުގެ ބެލެނިވެރިފަރާތްކަމާއި، އެފަރާތުން ސަރވޭކުރުމަށްފަހު، މައްސަލައިގެ ހިމެނޭ ދެފަރާތަށް އެންގި އެންގުމުގައި، […] ގެ ޢިމާރާތުން […] އެވެ ކިޔާ އަމިއްލަ ގޯތީގެ ބިމަށް އަރފައިވަނާ ކޮން ފްލޯތަކަކުން ކިހާ މިންވަރަކަށްކަން ބަޔާންކޮށްފައިވާކަމާއި، އެ އެންގުމުގައި […] ގެ ވެރިފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާންޖަހާފައިވާކަމާއި، މިހާތަނަށް އައިރު އެ އެންގުމަށް، […] ގެ ވެރިފަރާތުން އިޢުތިރާޟް ކޮށްފައިނުވާކަމާއި، އެހެންކަމަށްވީހިނދު އެ އެންގުމުގައި، ބަޔާންކޮށްފައިވާ މިންތަކަށް ޗެލެންޖުކުރުމުގެ ޖާގަނތުމާއެ ސިވލި ކޯޓުން މައްސަލަ ނިންމެވި، އިރު ޙަވާލާދެއްވާފައިވަނީ މި ލިޔުމަށް ކަމުގައި ވާކަން.
(ނ)- […] އެވެ ކިޔާ ގޯތީގައި އުސްކޮށް ހަދާފައިވާ ޢިމާރާތުގެ ފުރަތަމަ ބުރީގެ ބމުނީ ފެށިގެން މަތިން، […] ގޯތީގެ އިމުގެ ތެރެއަށް ނުކުމފައިވެ މިންވަރު، 18 މާރިޗް 2021 ވަނަ ދުވަހުން ފެށިގެން، 02 މަސް ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށްފަހު މާލާ ސިޓީ ކައންސިލަށު އެންގުމަށް […] ގެ ވެރިފަރާތް ކަމަށްވާ ނަޢީމާ އިބްރާހީމަށް 18 މާރިޗް 2021 ވަނަ ދުވަހު އަންގާފައިވާކަމާއި، މި އެންގުމާ އެއްގޮތަށް އެފަރާތުން ޢަމަލުކޮށްފައިނުވާކަން .
(ރ)- މާލާ ސިޓީ ކައުންސިލުން މި ދެންނެވިފަދައިނ އެންގުމުން އެ އެންގުމަށް ޢަމަލުނުކޮށް، ޢދުލުވެރަ ބަދަލެއް ކަނޑައެޅުމުގެ މައުޟޫއުގެ މައްޗަށް ބނާކޮށި […] ނައީމ އިބްރާހީމާ ސވިލި ކޯޓަށް މައްސަލަ ހުށަހެޅި ހުށަހެޅުމަކީ ވެސް […] އެވެ ކިޔާ ގޯތީގެ ބމުނި […] ގެ ޢިމާރާތުން ވަދެފައި އޮތް އޮތުމުގައި ދމިތިބުމެ ށްޓަކައި އެ ބޭނުމުގައި މަކަރުވެރި ވިސްނުމެއްގެ ތެރެއިން ހުށަހެޅި މައްސަލައެއް ކަމުގައިވުން .
(ބ)- […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތާ […] ގެ ގޯތީގެ ތެރެއަށް، ވައްދާފައިވާކަން އެނގުނީ […] ގެ ގޯތީގައި، 10 ބުރީގެ ޢިމާރާތެއް ކުރުމަށްޓަކައި ލޯނު ނަގައި މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކޮށް، އެ ގޯތީގައި ހުރި ޢިމާރާތް ތަޅައިލައި އެހެންތނެއަ ކުއްޔަށް ހިފައިގެން ބަދަލުވެ ފައުންޑޭޝަން އެޅުމަށްޓަކައި އިން، ޗެކްކުރުމުގެ ގޮތުން މާލޭ ސިޓި ކައުންސިލުގެ ފަރާތުން އައިސް ބެލި ހިސާބުންކަން .
(ޅ)- […] އެވެ ކިޔާ ގތީގައޯ ހަދާފައިވާ ޢިމާރާތް […] ގެ ގޯތީގެ ތެރެއަށް ވައްދައިގެން ހެދުމުގެ ސަބަބުންނާއި އެކަން ރަނގަޅު ނުކުރުމުގެ ސަބަބުން އަނިޔާ ލިބެމުންދާ ފަރާތަކީ […] ގެ ވެރިންނާއި އެމީހުންގެ ކުދިންކަމާއި، އެގޮތުން އަމިއްލަ ވަޒަނަށް ނުވަދެވި އެހެންތަނުގައި ކުއްޔަށް އުޅޭތާ މިހާރުވެސް އެތައް އަހަރެއް ވެފައިވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މި އިސްތިއުނާފީ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދަން ނިންމައިފިނަމަ އަނިޔާ ލިބެމުންދާ […] އެވެ ކިޔާ ގޯތީގެ ވެރިންނާއި އެމީހުންގެ ކުދިންނަށް އެ އަނިޔާ އެތައް އަހަރަކަށް ދެމިގެންދާނެކަމާއި، […] ގައި ހަދާ ޢިމާރާތަކީ 10 ބުރީގެ ޢިމާރާތެއްނަމަވެސް އެތަނުގައި، ހެދެންހުރި މިންވަރަށް (ގުރައުންޑް ފްލޯރއާއި ފަސްޓްފްލޯރ) ހެދުމަށްފަހު ދެން ހުރި ފްލޯތަށް ހަދަން މަސައްކަތް ނުކުރެވި ހުއްޓާލަންޖެހިފައި މިވަނީ […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުން […] އެވެ ކިޔާ ގޯތީގެ އިމަށް އަރާފައިވާ ބައިތައް ރަނގަޅުކޮށްދީފައި ނުވާތީކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބަލައިގަތްފިނަމަ […] ގޯތީގައި 10 ބުރީގެ ޢިމާރާތް ނުހެދި އެތައް އަހަރަކަށް ދެމިގެންދާނެކަމާއި، ގްރައުންޑް ފްލޯރއާއި، ފަސްޓްފްލޯރ އިން ލިބޭ އެއްޗެއް ދައްކަން މަޖްބޫރުވެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިވާ ލޯނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށްކަން .
(ކ)- މައްސަލައިގެ ޙުކުމަށް، ޤާޟީ ވާސިލުވި ހަމައަކީ، {ހ.ސީސްޕީޑް އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާކަން ދަޢުވާލިބޭފަރާތުގެ އިޢުތިރާފުން އެނގެން އޮތުމާއި އެކަން، އިޞްލާޙްކުރުން ނޫންގޮތެއް ނެތްކަމަށް ދަޢުވާކުރާ ފަރާތުން ބުނާއިރު، ދަޢުވާކުރާ ފަރާތުގެ ޙައޤުގް މައްޗަށް އެފަރާތުން ދޫނުދޭހާ ހިނދަކު، އެނޫންގޮތެއް ޝަރީޢަތުގެ ފަރާތުން ދަޢުވާލިބޭ ފަރާތަށް އެންގޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް، ނެތުމެވެ. އަދި […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް […] އެވެ ކިޔާ ޢިމާރާތުން އަރާފައިވާ މިންވަރު ތަޅާލުމަކީ، ޢިމާރާތަށް އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ދަޢުވާލިބޭ ފަރާތުން ދެކޭނަމަ، އެގެއްލުން ނުވާނެގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ދަޢުވާލިބޭ ފަރާތަށް އޮތް ޒިންމާއެއްކަމުގައި ވުމެވެ} . މކަމަށްވާއިރީ، މި ނިންމުން ޝަރުޢި ނުވަތަ ގާނޫނީ އުޞޫލަކާ ޚިލާފުކަމަށް ބަޔާންކުރާ ހަރުދަނާ ނުކުތާއެއް އސްތިއުނާފި ކުރާފަރާތުން ހުށަހަޅާފައި ނުވާކަން .
(އ)- މީހުންގެ މުދަލަށް އެމީހުންގެ ނުރުހުމުގައި އަރައގަނި އެ މުދަލުން މަންފާ ލިބިގަތުމަކީ ބާޠިލުގޮތުގައި މީހުންގެ މުދާ ކެއުންކަމާއި މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއްކަމާއި […] ނައީމާ އިބްރާހީމް މި މައްސަލަ އިސްތިއުނާފް ކުރުމުގެ ބޭނުމަކީ، […] ގެ ޢިމާރާތް […] ގެ އިމަށް އަރާފައި އޮތް އޮތުން، ދަމަހައްޓައި އެއިގެން ނާޖާއިޒު މަންފާ ލިބިގތަމުގައި ވަގުތު ދައްމާލުންކަމުގައިވާކަން .
(ވ)- […] ނައީމާ އިބްރާހީމް މިމައްސަލަ އިސްތިއުނާފްކުރަމުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް އެނގެނީ، އެފަރާތުގެ ބޭނުމަކީ، ކުޑަކުޑަ އަގެއް ކަނޑައަޅައިގެން […] ގެ ޢިމާރާތުން، […] ގެ ބިމަށް އަރާފައިވާ ބައި ދެމެހެއްޓުންކަމާއި، އެހެންނަމަވެސް އެއްވެސް މީހެއްގެ މިލްކެއް އެމީހާގެ ނުރުހުމުގައި އަތުލެވިދާނެ ޤާނޫނީ އަދި ޝަރުއީ ހަމައެއް ނެތްކަން . 2- މިމައްސަލަ ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިގަތުމުގެ ސަބަބުން ދިވެހިރާއްޖޭގެ ހައިކޯޓަށް ޖަވާބުދާރީ ވާންޖެހިފައިވާތީ، މިކަމުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން ޖެހިފައިވުމާއި އެފަރާތަށް އުޖޫރައިގެ ގޮތުގައި .0035,000 ރުފިޔާ ދޭންޖެހޭތީ، ސެކިއުރިޓީގެ ގޮތުގައި މިފައިސާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެހެއްޓުމަށް އިސްތިއުނާފްކުރާ ފަރާތަށް އަންގައި ދިނުން، އެދެމެވެ . 3- މިމައްސަލައިގެ އިސްތިއުނާފް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދަން ނިންމަވައިފިނަމަ އިސްތިއުނާފް ރައްދުވާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު C/2021-3229/CV ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކުރާނެ ތަނެއް، ނެތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައި ދެއްވުމެވެ ".
30މި އިސްތިއުނާފުގައި އޮތީ ދެއަވަށްޓެރިއަކާއި އެ ދެއަވަށްޓެރިންގެ ދެބިމެއްގެ އިމުގެ ވާހަކައެވެ. އެ ދެއަވަށްޓެރިންކުރެ އެކަކީ، ޝަކީލާ ޙަމްޒާއެވެ. އަދި އަނެކަކަކީ، ނަޢީމާ އިބްރާހީމެވެ. ވިދިވިދިގެން އޮތް އެ ދެބިނކުރް ކޮންމެ ބިމެއްގައި ވަކި އެޑްރެހެއް އޮވެއެވެ. ކޮންމެ ބިމެއްގައި ވަކި އިމެއް އޮވެއެވެ. އެގޮތުން، ޝަކީލާ ޙަމްޒާއަށް ނިސްބަތްވާ ބިމަކީ، […] . ނަޢީމާ އިބްރާހީމަށް ނިސްބަތްވާ ބިމަކީ، […] .
31މި ދެ އަވަށްޓެރިންގެ މެދުގައި ޖެހުނު މައްސަލަ އުފަންވެގެން އަންނަނީ، ޝަކީލާ ޙަމްޒާ އޭނާގެ ގޯތިކަމުގައިވާ […] 10 (ދިއެއް) ބުރީގެ ޢިމާރާތެއް އަޅަން ބޭނުންވި ހިސާބުންނެވެ. އެގޮތުން، އެ ޢިމާރާތް އެޅުމަށްޓަކައި ކުރެހުންތައް ކުރެހިއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ހޯދިއެވެ. މާލޭ ސިޓީ ކައުންސިލުގައި އެ ބިމުގެ އިން ކަށަވަރުކޮށްދިނުމަށް އެދުނެވެ. މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން އެ ބިމަށް ދިޔައެވެ. އެ ބިމުގައި މިންއެޅިއެވެ. ރަޖިސްޓްރީގައި ބުނާ އިން ހަމަވޭތޯ ބެލިއެވެ. އެ ބެލި ބެލުމުން ބިމުގެ އިން ހަމައެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ހޮރިޒޯލްޓަލް އެންކްރޯޗްމެންޓެއް ނެތެވެ.
32މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން އިތުރަށް ބެލިބެލުމުން އާދަޔާ ޚިލާފުކަމެއް އެ މުވައްޒަފުންނަށް ފާހަގަވިއެވެ. ފާހަގަވީ ކަމަކީ، ވިދިގެންހުރި […] އެވެ ކިޔާ ގޯތީގައި ޢިމާރާތްކޮށްފައިވާ 6 (ހައެއް) ބުރީގެ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާއިން އަދި ޓެރަސް ފްލޯއިން ނާއި އެ ދެމެދަށް ހުރި ފުލޯތަކުން ބައެއް […] ގެ އިމުގެ ތެރެއަށް އަރާފައިވާކަމަވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ފާހަގަވި ކަމަކީ ވަރޓިކަލް އެންކްރޯޗްމެންޓެއް އޮތްކަމެވެ.
33ބުނެވިދިޔަ ގޮތަށް، […] ގެ އިމުގެ ތެރެއަށް […] ގައި ހަދާފައިވާ ޢިމާރާތުގެ ބައެއް ވަދެފައިވާތީ މާލޭ ސިޓީ ކައުންސިލުން އެކަން އޞި ލާޙް ކުރުމަށު 02 (ދޭއް) މަސްދުވަހުގެ ނޯޓިހެއް ނަޢީމާ އިބްރާހީމަށް ދިނެވެ. ނަމަވެސް، އެ ނޯޓިހުގެ މުއްދަތު ފާއިތުވެގެން އިތުރަށް 03 (ތިނެއް) މަސްދުވަސް ދިޔައިރުވެސް ނަޢީމާ އިބްރާހީމްގެ ފަރާތުން އެކަން އިޞްލާޙެއް ނުކުރއެ ވެ.
34މާލޭ ސިޓީ ކައުންސިލުން ދިން ނޯޓިހާ އެއްގޮތަށް ނަޢީމާ އިބްރާހީމް ބިމުގެ އިން އިޞްލާޙުކޮށްފައިނުވާތީ ޝަކީލާ ޙަމްޒާގެ ފަރާތުން އެކަން ރަނގަޅުކުރުމުގެ އަމުރަކަށް އެދި ދަޢުވާކުރިއެވެ. އެ ދަޢުވާ ނިމިފައވަނި ޝަކީލާ ޙަމްޒާއާ އެއްކޮޅަށެވެ. އެ ޙުކުމް ނަޢީމާ އިބްރާހީމްގެ ފަރާތުން އިސްތިއުނާފުކުރިއެވެ. މި ބެލެވެނީ އެ އިސްތިއުނާފީ މައްސަލައެވެ.
35މި އިސްތިއުނާފުގައި މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭކަމަށް އަހުރެންނަށް ފެންނަ ނުކުތާތަކަކީ:
1.35- […] އެވާ ކިޔާ ގޯތީގައި ބިނާކޮށްފައިވާ ޢިމާރާތުން، […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް ވަދެފައިވާ ބައި، […] އެވެ ކިޔާ ގޯތީގެ އިން ހަމަވާގޮތަށް ތަޅާ އިޞްލާޙުކުރުމަށް ދަށުކޯޓުން ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްތޯ؟ އާއި؛
2.35- ދަށު ކޯޓުން މި މައްސަލަ ނިންމާފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ދިމިޤްރާތީ ޤައުމުތަކުގެ ކޯޓުތަކުން ބޭނުންކުރާ ޢަދާލަތުގެ ހަމަތަކާ ޚިލާފަށްތޯ؟ އަދި ޤާނޫނު ނަންބަރު 2010/13 ( މީގެ ފަހުން "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.)
3.35- ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/2008 ޤަޟިއްޔާ ކުރިއަށްދަނިކޮށް އިސްތިއުނާފުކޮށްފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާ ނިންމާފައިވަނީ، އިޖުރާއީ ގޮތުން ގޯސްކޮށްތޯ؟ […] އެވާ ކިޔާ ގޯތީގައި ބިނާކޮށްފައިވާ ޢިމާރާތުން، […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް ވަދެފައިވާ ބައި، […] އެވެ ކިޔާ ގޯތީގެ އިން ހަމަވާގޮތަށް ތަޅާ އިޞްލާޙުކުރުމަށް ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްތޯ ބެލުން
36ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ: "5. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިއާޔަތްކުރަންވާނެއެވެ .
1.މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާ . ....2 "....3
37ބުނެވިދިޔަ ޤާނޫނީ ނައްސުން އެނގޭކަމަކީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލާގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަންކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
38[…] އެވާ ކިޔާ ގޯތީގައި ބިނާކޮށްފައިވާ ޢިމާރާތުން، […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް ވަދެފައިވާ ބައި، […] އެވެ ކިޔާ ގޯތީގެ އިން ހަމަވާގޮތަށް ތަޅާ އިޞްލާޙުކުރުމަށް ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ނަޢީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ބަލާއިރު، […] އެވެ ކިޔާ ގޯތީގެ އިމަށް […] އެވެ ކިޔާ ގޯތީގައި ބިނާކޮށްފައިވާ ޢިމާރާތުން ބައެއް އަރާފައިވާކަމާމެދު ނަޢީމާ އިބްރާހީމްގެ ފަރާތުން އިޢުތިރާޟު ނުކުރާކަން ސާފު ބަހުން އެނގެއެވެ.
39ނަޢީމާ އިބްރާހީމްގެ ފުރަތަމަ ޖަދަލަކީ، […] އެވާ ކިޔާ ގޯތީގެ ޢިމާރާތުން […] ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާ މިންވަރާމެދު އުފައްދާ ޖަދަލެއްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، ނަޢީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި، ބިލްޑިންގ އެލައިންމަންޓ އެސެސްމަންޓް ރިޕޯޓުގައިވާ މިންތަކަށް ރިޢާޔަތްކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއެވެ.
40ދަށު ކޯޓަށް ހުށަހެޅި ބެލުނު މައްސަލައިގައި، ދަށު ކޯޓުގެ ޙުކުމުގައި ވަކި މިންތަކެއް ބަޔާންކޮށްފައިވާކަން އަހުރެންނަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް، ދަށު ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، […] އެވެ ކިޔާ ގޯތީގެ އިން ހަމަވާގޮތަށް […] އެވާ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތް ތަޅާ އިޞްލާޙު ކުރުމަށްކަން އެ ޙުކުމަށް ބެލުމުން އެނގެއެވެ. އެހެންކަމުން، […] އެވާ ކިޔާ ގޯތީގައި ބިނާކޮށްފައިވާ ޢިމާރާތުން ވަކި މިވެނި މިންވަރެއް ތަޅާލަން އެ ޙުކުމުގައި ކަނޑައެޅިގެން ކަނޑައަޅާފައިނެތީސް، ވަކި މިންވަރެއް ކަނޑައަޅާފައިވާކަމަށް ބަލައިގެން އެ ބަހުސް ކުރެވިދާނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
41މިފަދަ އިމުގެ މައްސަލަތަކުގައި، އޮންނަ އެންމެ އަސާސީ ސުވާލަކީ، އެހެން މީހެއްގެ އިމުގެ ތެރެއަށް އަނެކާގެ ޢިމާރާތުން ބައެއް އަރާފައިވޭތޯ ނުވަތަ ނޫންތޯ އޮންނަ ސުވާލުކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. މި ސުވާލުގެ ޖަވާބާމެދު މި މައްސަލައިގައި ޚަޞްމުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، […] ގެ އިމަށް […] ގައިވާ ޢިމާރާތުން ބައެއް އަރާފައިވާކަން ދެފަރާތުގެ ޞަރީޙަ ސާފު ބަހުން އެނގެން އޮތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި މި މައްސަލައގި އިސްތިއުނާފު ފޯމުގެ 7.1.2، ސަފުހާ ނަންބަރު 4 ނިސްބަތުން ބަލާއިރު، […] ގެ އިމަށް އަރާފައިވާ މިންވަރު ކޯޓުން ކޮންމެހެން ކަނޑައަޅަންޖެހޭފަދަ ޙާލަތެއް މި މައްސަލައިގައި އޮތްކަން އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
42މިސާލަކަށް ގެއެއްގައި އިންދައި ހައްދަމުންދާ ބަނބުކެޔޮ ގަހެއްގެ ގޮފިގަނޑެއް އެ ގެއާ އިންވެގެން ހުރި ގޭގެ އިމުގެ ތަރެއަށް ވަދެފައިވާނަމަ، އަނެކާގެ އިމުގެ ތެރެއަށް އެ ގޮފިގަނޑނު ވަދެފައިވާ މިންވަރު ކަނޑާލުމަށް ކޯޓުން އަމުރެއް ނުކުރެވޭނެހެއްޔެވެ؟ ކޯޓުން ބަލަންޖެހޭހއަވެސް ކަމަކީ، އަނެކާގެ އިމުގެ ތެރެއަށް އެ ގޮފިގަނޑު ވަދެފައިވޭތޯ ނޫންހެއްޔެވެ؟ ނަމަވެސް، އެ އަމުރުކުރާއިރު، އެ ގޮފިގަނޑުން އަނެކާގެ ގެއަށް އަރާފައިވަނީ ކިތައް އިންޗިތޯ ނުވަތަ ކިތައް ފޫޓުތޯ ބަލަންޖެހޭނެ ހެއްޔެވެ؟ ރަނުންރަނަށް އެ ގޮފިގަނޑުގައި މިންއަޅައި ވަޒަންކޮށްގެން ނޫންގޮތަކަށް އެ ގޮފިގަނޑުން އަނެކާގެ ގޭގެ އިމަށް އަރާފައިވާ ބައި ކަނޑާލުމަށް އަމުރެއް ނުކުރެވޭނެ ހެއްޔެވެ؟
43އަހުރެންނަށް ފާހަގަވާ ގޮތުގައި، ގެއެއްގައި އިންދައި ހައްދަމުންދާ ބަނބުކެޔޮ ގަހެއްގެ ގޮފިގަނޑެއް އެ ގެއާ އިންވެގެން ހުރި ގޭގެ އިމުގެ ތަރެއަށް ވަދެފައިވާނަމަ، އަނެކާގެ އިމުގެ ތެރެއަށް އެ ގޮފިގަނޑުން ވަދެފައިވާ މިންވަރު ކަނޑާލުމަށް ކޯޓުން އަމުރެއް ކުރެވިދާނެއެވެ. ކޯޓުން ބަލަންޖެހޭހައިވެސް ކަމަކީ، އަނެކާގެ އިމުގެ ތެރެއަށް އެ ގޮފިގަނޑު ވަދެފައިވޭތޯ ނުވަތަ ނޫންތޯއެވެ. ނަމަވެސް، އެ އަމުރުކުރާއިރު، އެ ގޮފިގަނޑުން އަނެކާގެ ގެއަށް އަރާފައިވަނީ ކިތައް އިންޗިތޯ ނުވަތަ ކިތައް ފޫޓުތޯ ބަލާކަށް ނުޖެހެއެވެ. ރަނުންރަނަށް އެ ގޮފިގަނޑުގައި މިންއަޅައި ވަޒަނކުރުމެއްނެތި، އެ ގޮފިގަނޑުން އަނެކާގެ ގޭގެ އިމަށް އަރާފައިވާ ބައި ކަނޑާލުމަށް އަމުރެއް ކުރެވިދާނެއެވެ.
44އަހުރެން ކުރިމަތީގައި އޮތް މައްސަލައަށް ބަލާއިރު، […] ގެ އިމަށް […] ގައިވާ ޢިމާރާތުން ބައެއް އަރާފައިވާކަން ދެފަރާތުގެ ބަހުން ސާފުކޮށް އެނގެން އޮތްހިނދު، […] ގެ އިމަށް ވަދެފައިވާ މިންވަރާމެދު ނަޢީމާ އިބްރާހީމްގެ ފަރާތުން އުފައްދާ ސުވާލަކީ، މި މައްސަލައިގެ ބޭނުމަށް މުނާސަބު ސުވާލެއްކަން، މި އިސްތިއުނާފުގައި ނަޢީމާ އިބްރާހީމަށް ބުނެދެވިފައިވާކަމުގައި އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އަދި އެ މިންވަރު ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުން، ނަޢީމާ އިބްރާހީމަށް ގެއްލޭ ޙައްޤެއްވެސް ބުނެދެވިފައިވާކަން އަހުރެންނަކަށްފާހަގައެއް ނުކުރެވެއެވެ. ނަމަވެސް، […] ގެ އިމަށް ވަދެފައިވާ މިންވަރާމެދު ނަޢީމާ އިބްރާހީމްގެ ފަރާތުން އުފައްދާ ސުވާލަކީ، މި މައްސަލައިގެ ބޭނުމަށް މުނާސަބު ސުވާލެއްކަން، ނަޢީމާ އިބްރާހީމަށް ބުނެދެވިފައި އޮތްނަމަ، އެކަމަކަށް އަހުރެންނަށް ރިޢާޔަތްކޮށް ގޮތެއް ނިންމުމުގެ ފުރުސަތު އޮތީސްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
45އެހެންކަމުން، ނަޢީމާ އިބްރާހީމްގެ ފަރާތުން ބުނާ ފަދައިން ދަށު ކޯޓުން އެންމެ އެކަށީގެންވާ ގޮތުގައި ސަރވޭ ރިޕޯޓަށް ރިޢާޔަތްކޮށްފައި ނެތްކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، މި މައްސަލައިގެ ނިންމުމަށް އޭގެ ސަބަބުން ނޭދެވޭ ކުޑަވެސް އަސަރެއްކޮށ ޙުކުމަށް ބަދަލް އަތުވެދާނެފަދަ އިޙްތިމާލެއް މި މައްސަލައިގައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
46އެގޮތަށް އަހުރެންނަށް ފާހަގަކުރެވޭ ފުރަތަމަ ސަބަބަކީ، ދަށު ކޯޓަށް ހުށަހެޅުނު މައްސަލައިގެ ޠަބީޢަތަށް ބަލާއިރު، އެ މައްސަލައަކީ، […] އެވާ ކިޔާ ގޯތީގައި ބިނާކޮށްފައިވާ ޢިމާރާތުން ބައެއް […] އެވެ ކިޔާ ގޯތީގެ އިމަށް އަރާގޮތަށް ޢިމާރާތްކޮށްފައިވާކަން، މާލޭ ސިޓީ ކައުންސިލަށް ފާހަގަކުރެވިގެން، އެކަން އިޞްލާޙުކުރުމަށް 02 (ދޭއް) މަސްދުވަހުގެ މުހުލަތެއްދ އެންގީ އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، އެ އެންގުމާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެން އޮތަތީއެވެ.
47ދެވަނަ ސަބަބަކީ، ބިމުގެ އިމުގެ މައްސަލަތަކުގައި، ކިތަންމެ ކުޑަ މިންވަރެއް އަނެކާގެ ބިމުގެ އިމަށް އަރާފައިވީނަމަވެސް، އެކަމަކީ، ފިޔަވަޅު އެޅޭނެ ޠަބީޢަތުގެ ކަމެއްކަން އެނގެން އޮތަތީއެވެ. އެގޮތުން، ބެލްކަންޏެއްގެ ދެތިން އިންޗި އަނެކާގެ އިމުގެ ތެރެއަށް އަރާފައިވީނަމަވެސ ނުވަތް ގަހެއްގެ ތިންހަތަރު ފޫޓުގެ ގޮފިގަނޑެއް އަނެކާގެ އިމުގެ ތެރެއަށް އަރާފައިވީނަމަވެސް އެކަމަކީ، ފިޔަވަޅު އެޅޭނެ ޠަބީޢަތުގެ ކަމެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
48ތިންވަނަ ސަބަބަކީ، އިން އިޞްލާޙުކުރުމަކީ، އިން ވަކިކުރާ ރޮނގު ސީދާ ގުޅާ ކަމެއްކަމުގައިވާތީ އާއި އިން އިޞްލާޙުކުރުމަކީ، އިމުގެ ތެރެއަށް އަރާފައިވާ މިންވަރާ ސީދާ ގުޅޭ ކަމެއްކަމުގައިނުވާތީއެވެ. މާލޭ ސިޓީ ކައުންސިލުން އިން އިޞްލާޙުކުރުމަށް އެންގި އެންގުމށަ އެކަން ބެލުމުންވެސް އެކަން ދަލާލަތުކޮށްދެއެވެ. އެގޮތުން، އެ އެންގުމުގައި ބަޔާންކޮށްފައިވަނީ "...ހ.ސީސްޕީޑް ގޯތީގެ އިމުގެ ތެރެއަށް ނުކުމެފައިވާ މިންވަރު މިލިޔުމުގައި ސޮއި ކުރައްވާ ދުވަހުން ފެށިގެން 02 މަސްދުވަހުގެ ތެރޭގައި ރަނގަޅު ކުރެއްވުމަށްފަހު، މި އިދާރާއަށް އެންގެވުމަށް ދެންނެވީމެވެ". މިފަދައިންކަން އެނގެއެވެ. މި އެންގުމުގައިވެސް އިމަށް ސީދާ އަރާފައިވާ މިންވަރު ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެއެވެ. އެއާ ޚިލާފަށް މި އެންގުމުގެ ފެށުމުގައި ވެސް ބަޔާންކޮށްފައި އޮތީ […] ގެ އިމަށ ގާތްގަނޑަކަށް އަރާފައިވާ މިންވަރެއްގެ ވާހަކައެވެ. އިން އިޞްލާޙުކުރުމަކީ، އަނެކާގެ އިމަށް ސީދާ އަރާފައިވާ މިންވަރު މިންކުރުމެއް ނެތިވެސް ތަންފީޒުކުރެވޭނެ ކަމެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
49ހަތަރުވަނަ ސަބަބަކީ، އިމުގެ މައްސަލަތަކުގައި ކުރަންޖެހޭ އަސާސީ ސުވާލަކީ، ބިމުގެ އިމަކީ ކޮބައިކަމާމެދު އޮންނަ ސުވާލުކަމާއި، އެ އިން ފަހަނައަޅާ ގޮސްފައިވަނީ ކިހާ މިންވަރަކަށްތޯ އޮތް ސުވާލެއްނޫންކަމުގައި އަހުރެންނަށް ފާހަގަކުރެވޭތީއެވެ.
50ފަސްވަނަ ސަބަބަކީ، މިފަދަ އިން އިޞްލާޙުކުރުމަށް އަންގައި އަމުރުކުރުމާގުޅޭ މައްސަލަތަކުގައި ބަލަންޖެހޭނީ، އަނެކާގެ އިމުގެ ތެރެއަށް ވަދެފައިވޭތޯ އާއި، އިން އިޞްލާޙްކުރަން އެންގި އިދާރީ ނޯޓިހަކީ ޞައްޙަ ނޯޓިހެއްތޯ އަދި މުދަލުގެ ޙައްޤު ޙިމާޔަތްކޮށްދެވޭތޯ ކަމުގައި އަހުރެންނަށް ބުރަވެވޭހިނދު، އަހުރެން ކުރިމަތީގައި އޮތް މައްސަލައިގައި އޮތް ދަޢުވާއަކީ، […] ގެ އިމަށް ވަދެފައިވާ މިންވަރުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ދަޢުވާއަކަށް ނުވާއިރު، […] ގެ އިމަށް އަރާފައިވާ ސީދާ މިންވަރު ވަޒަންކޮށް ދަށު ކޯޓުގެ ފަނޑިޔާރު މި މައްސަލައިގައި އެކަން ބަޔާންކުރަންޖެހޭ ޖާއިޒު ސަބަބެއް އޮތްކަން ނަޢީމާ އިބްރާހީމަށް ބުނެދެވިފައި ނުވާތީއެވެ.
51އެހެންކަމުން، މާލޭ ސިޓީ ކައުންސިލުގެ އެންގުމާ އެއްގޮތަށް އިން އިޞްލާޙުކުރުމަށް ދަށުކޯޓުން އަންގައި އަމުރުކުރުމުން، […] އެވެ ކިޔާ ގޯތީގެ އިމަށް ވަދެފައިވާ މިންވަރާމެދު ނަޢީމާ އިބްރާހީމްގެ ފަރާތުން އުފައްދާ ޖަދަލާމެދު މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ހަމައެއް އޮތްކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
52ނަޢީމާ އިބްރާހީމްގެ ދެވަނަ ޖަދަލަކީ، […] އެވާ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުން ބައެއް ތަޅާލުމަކީ، މައްސަލައަށް އެންމެ އެކަށީގެންވާ ޙައްލެއް ލިބޭނެކަމެއ ނޫންކަމަށް ބުން އުފައްދާ ޖަދަލެކެވެ. އެގޮތުން، ޢިމާރާތަށް ގެއްލުންވާނެކަމަށާއި، ވަށައިގެންވާ މީހުނަށް ގެއްލުންވެދާނެކަމަށާއި، އެކަން ކުރެވެން ނޯންނާނެކަމަށް ބުނެ ނަޢީމާ އިބްރާހީމްގެ ފަރާތުން އެކަންކަން ފާހަގަކޮށްފައިވެއެވެ. މި ނުކުތާއާ ގުޅިގެން ޝަކީލާ ޙަމްޒާގެ ފަރާތުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ފަނޑިޔާރު އެކަންކަމަށް ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން، ޝަރީޢަތް ނިމުނުގޮތުގެ 4 ވަނަ ނަންބަރުގެ (ކ) ފާހަގަކޮށްފައިވެއެވެ.
53ޝަރީޢަތް ނިމުނުގޮތުގެ 4 ވަނަ ނަންބަރުގެ (ކ) ގައި ބަޔާންކޮށްފައިވަނީ: "(ކ) ހަތްވަނަ ކަމަކީ، މި ދަޢުވާއަށް ދަޢުވާލިބޭ ފަރާތުން އިންކާރު ކުރި ނަމަވެސް، […] ޢިމާރާތާ ކުރުމުގައި، އެ ޢިމާރާތުގެ ބައެއް، […] އެވެ، ކިޔާ ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާކަން ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުން އެނގެން އޮތް އިރު، އަދި އެކަން އިޞްލާޙުކުރުން ނޫން އެހެން ގޮތެއް ނެތްކަމަށް ދަޢުވާކުރާ ފަރާތުން ބުނާއިރު، ދަޢުވާކުރާ ފަރާތުގެ ޙައްޤުގެ މައްޗަށް އެފަރާތުން ދޫނުދޭހައި ހިނދަކު، އެނޫން ގޮތެއް ޝަރީޢަތުގެ ފަރާތުން ދަޢުވާލިބޭ ފަރާތަށް އެންގޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމާއި، […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް، […] އެވާ ކިޔާ ޢިމާރާތުން އަރާފައިވާ މިންވަރު ތަޅާލުމަކީ، ޢިމާރާތަށް އިޢާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ދަޢުވާލިބޭ ފަރާތުން ދެކޭނަމަ، އެ ގެއްލުން ނުވާގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ، ދަޢުވާލިބޭ ފަރާތުން އޮތް ޒިންމާއެއްކަމުގައި ޝަރީޢަތަށް ބެލެވެން އޮންނަކަމެވެ."
54ނަޢީމާ އިބްރާހީމްގެ ފަރާތުން މި އިސްތިއުނާފުގައި މި ނުކުތާގައި ފާހަގަކުރި ކަންކަމަށް ބަލާއިރު، ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ގޯސްވާ ޤާނޫނީ އެއްވެސް ހަމައެއް ބަޔާންކޮށްދީފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އަދި ދަށު ކޯޓުން ރިޢާޔަތްކޮށްފައިނުވާ ކަންކަންކަމަށ ބުން ފާހަގަކުރި ކަންކަމަށް ދަށު ކޯޓުން ރިޢާޔަތްކުރިނަމަ ނަޢީމާ އިބްރާހީމްއާ އެއްކޮޅަށް ނުކުންނާނެ ނަތީޖާއެއް ޤާނޫނީ ހަމަތަކުން ހަމަ ދެއްކުމާއެކު މި އިސްތިއުނާފުގައި ބުނެދެވިފައިވާކަނ އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
55މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ފެންނަން އޮތް ޙަޤީޤަތަކީ، […] ގެ އިމަށް […] ގައިވާ ޢިމާރާތުން ބައެއް އަރާފައިވާކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، […] ގެ އިމަށް […] ގައިވާ ޢިމާރާތުން ބައެއް އަރާފައިވާކަމަށް ނަޢީމާ އިބްރާހީމްވެސް އެއްބަސްވާކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، އިން އިޞްލާޙުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގި އެންގުމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމަށްފަހުވެސް، އެ އެންގުމާ އެއްގޮތަށް އިން އިޞްލާޙުކޮށްފައި ނުވާކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، އިން އިޞްލާޙުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގުމުންވެސް އެ އެންގުމާ އެއްގޮތަށް އިން އިޞްލާޙުކޮށްފައިނުވާތީ އިން އިޞްލާޙުކުރުމުގެ އަމުރެއް ހޯދުމަށްއެދި ޝަކީލާ ޙަމްޒާ ކޯޓު މަރުޙަލާގެ ބޭނުން ހިފާފައިވާކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، […] ގެ އިން އަނބުރާ ހޯދުމަށް ޝަކީލާ ޙަމްޒާ އެދުނު ހިނދު، އެ އިމަށް އަރާފައިވާ ބައި ތަޅާލަން ނުޖެހޭފަދަ އިސްތިސްނާ ޙާލަތެއް މި މައްސަލައިގައި އޮތްކަން ދަށު ކޯޓުގައި ވެސް އަދި މި ކޯޓުގައި ވެސް ނަޢީމާ އިބްރާހީމަށް ބުނެދެވިފައި ނުވާކަމެވެ.
56އެހެންކަމުން، […] އެވާ ކިޔާ ގޯތީގައި ބިނާކޮށްފައިވާ ޢިމާރާތުން، […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް ވަދެފައިވާ ބައި، […] އެވެ ކިޔާ ގޯތީގެ އިން ހަމަވާގޮތަށް ތަޅާ އިޞްލާޙުކުރުމަށް ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަމަށް އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ. ދަށު ކޯޓުން މި މައްސަލަ ނިންމާފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ދިމިޤްރާތީ ޤައުމުތަކުގެ ކޯޓުތަކުން ބޭނުންކުރާ ޢަދާލަތުގެ ހަމަތަކާ ޚިލާފަށްތޯ ބެލުން
57މި ނުކުތާގައި ދަށު ކޯޓުން ޚިލާފުވެފައިވާ ޢަދާލަތުގެ ހަމައެއްކަމަށ ބުން ނަޢީމާ އިބްރާހީމްގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ހަމައަކީ، އީޒްމަންޓ އޮފް ނެސެސިޓީގެ ހަމަކަން އެނގެއެވެ. މި ނުކުތާގެ ތަފުސީލުގައި އޒީމަންޓ އޮފް ނެސެސިޓީގެ ވާހަކަ ބަޔާންކުރުމަށްފަހު، ނަޢީމާ އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުގައި އެކަމަށް އަލި އަޅުވާލާފައިވީނަމަވެސް، ޝަރީޢަތް ނިމުނުގ ގޮތުގެ ރިޕޯޓުގައި އެއްވެސް ވަރަކަށް އެކަމަށް އަލިއަޅުވާލާފައި ނުވާކަމަށެވެ.
58ނަޢީމާ އިބްރާހީމްގެ ފަރާތުން ފާހަގަކުރާ ފަދައިން ދަށު ކޯޓުގެ ރިޕޯޓުގައި އެކަމަށް އަލިއަޅުވާލާފައި ނެތްކަމަށް ބުނާ ބުނުމާ އަހުރެންނަށް ވެސް އެއްބަސްވެއެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް އެ ރިޕޯޓުގައި އެކަމާ ގުޅިގެން ވަކި އެއްޗެއް ބަޔާންކޮށްފައި ނެތަތީއެވެ. ދަށު ކޯޓުގެ ރިޕޯޓުގައި ފަނޑިޔާރު އެ ކަމަށް ރިޢާޔަތް ނުކޮށްދޫކޮށްލި ސަބަބެއް އެ ރިޕޯޓުގައި ބަޔާންކުރިނަމަ، ދަށު ކޯޓުގެ ނިންމުން އިތުރަށް ފުރިހަމަވާނެކަމުގައި އަހުރެން ދެކެމެވެ.
59ނަޢީމާ އިބްރާހީމްގެ ފަރާތުން ޙަވާލާދޭ އޒީމަންޓ އޮފް ނެސެސިޓީގެ މަފްހޫމަކީ، ޢަދާލަތުގެ ހަމައެއްކަމަށް ނަޢީމާ އިބްރާހީމްގެ ފަރާތުން ބުނެއެވެ. އަދި އެ މަފްހޫމް މި މައްސަލައަށް ތަޠުބީޤުކޮށްދިނުމަށް އެދިފައިވެއެވެ.
60ނަޢީމާ އިބްރާހީމްގެ ފަރާތުން އެ މަފްހޫމް ތަޠުބީޤުކޮށްދިނުމަށް އެދުނުނަމަވެސް، އެ މަފްހޫމް މި މައްސަލައިގައި ތަޠުބީޤުކުރެވިދާނެކަމަކަށ އަހުރެންނަށް އެއްބަހެއް ނުވެވެއެވެ. ފުރަތަމަ ސަބަބަކީ، އެ މަފްހޫމަކީ، އިކުއިޓީގެ މަފްހޫމެއްކަމަށްވާއިރު، އިކުއިޓީގެ ހަމަތައް ބުނާގޮތުން އިކުއިޓީގެ ދަށުން ފަރުވާއެއް ހޯދުމަށް އެދިގެން އަންނައިރު، އެ ފަރުވާ ހޯދުމަށް އެދޭ ފަރާތުން އެ ފަރުވާ ހޯދުމަށް ކޯޓަށް އަންނަންވާނީ "ސާފު އަތަކާއެކު" ކަމުގައިވާއިރު، މި މައްސަލައިގައި، ނަޢީމާ އިބްރާހީމްގެ ފަރާތުން ޝަކީލާ ޙަމްޒާގެ ގޯތީގެ އިމަށް އަރާގޮތަށް ޢިމާރާތްކޮށްފައި ހުރެމެ، އެކަން އިޞްލާޙުކުރުމަށް ކަމާބެހޭ ރަސްމީ ފަރާތުން އެންގުމުންވެސް އެކަން އިޞްލާޙުކޮށްފައި ނުވާއިރު، އޒީމަ ންޓް އޮފް ނެސެސިޓީގެ މަފްހޫމް އަދާލަތުގެ ހަމައެއްގެގޮތުން ތަޠުބީޤު ކުރުމަށް އެ ފަރާތުގެ އަމިއްލަ ޢަމަލުގެ ސަބަބުން ހުރަސްއެޅޭތީއެވެ. ބުނެވިދިޔަ ހަމައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ދަމަހައްޓަމުން އަންނަ ހަމައެއްކަން، އެ ކޯޓުގެ ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ވ. ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި ޢަލީ އިބްރާހީމް ވ. ޢަލީ އަޙްމަދު ޤަޟިއްޔާ އިން އެނގެއެވެ. ދެވަނަ ސަބަބަކީ، މި މައްސަލައިގައި އޮތް ޙާލަތަކީ، އެ މަފްހޫމް ތަޠުބީޤުކުރެވިދާނެ ޙާލަތެއްކަން ނަޢީމާ އިބްރާހީމަށް ބަޔާންކޮށްދެވިފައިވެސް ނެތަތީއެވެ.
61އީޒްމަންޓ އޮފް ނެސެސިޓީ އަކީ، ބިމެއްގެ ވެރިފަރާތަށް އެމީހުންގެ ބިމަށް ވަނުމަށްޓަކައި އަވަށްޓެރިއެއްގެ ބިމުގެ ތެރެއިން ހިނގުމުގެ ޙައްޤު ދިނުމާގުޅޭ މަފްހޫމެކެވެ. މިފަދަ ޙައްޤެއް ދެވެނީ މަގު ބަންދުވެ ބިމަށް ވަދެވޭނެ އެހެން ގޮތެއް ނެތް ޙާލަތްތަކުގައެވެ. މިފަދަ ޙައްޤެއް ސާބިތުކުރުމަށް، އެ ދެ ބިމަކީ ކުރިން އެއް ބިމެއްގެ ގޮތުގައި އޮތް ތަނެއްކަމާއި، އެ ބިން ބައިކުރުމުގެ ސަބަބުން އެއް ބިމަކަށް އާންމު މަގަކަށް ނުކުތުމުގެ އެހެން ޤާނޫނީ ގޮތެއް ނެތްކަންފަދ ކަންތައްތައަ ސާބިތުކޮށްދޭންޖެހެއެވެ. މި މައްސަލައިގައި އުފެދިފައިވަނީ އިސްވެ ބުނެވުނު ޙާލަތެއް ނޫންކަމުން، ނަޢީމާ އިބްރާހީމްގެ ފަރާތުން އެދޭގޮތަށް އީޒްމަންޓ އޮފް ނެސެސިޓީގެ މަފްހޫމް މި މައްސަލައަށް ތަޠުބީޤުކުރެވިދާނެކަމަށ އަހުރެން ނުދެކެމެވެ. th 5 Unlocking Equity and Trusts, Ramjohn Mohamed, 5 Ed, p.15, Equitable maxim:He who comes to equity must come with clean hands. 2[2024] SC 4 ގެ 43 ވަނަ ޕެރްގްރާފް [2023] SC 03 ގެ 33 ވަނަ ޕެރެގްރާފް 8 rd Goo,S.H (2002). Sourcebook on land law(3 ed.). Cavendish Publishing. pp 789- 799
62އެހެންކަމުން، ދަށު ކޯޓުން މި މައްސަލަ ނިންމާފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ދިމިޤްރާތީ ޤައުމުތަކުގެ ކޯޓުތަކުން ބޭނުންކުރާ ޢަދާލަތުގެ ހަމަތަކާ ޚިލާފަށްކަމަށް ބަލަންޖެހޭފަދަ ޙާލަތެއް އޮތްކަން ނަޢީމާ އިބްރާހީމަށް މި އިސްތިއުނާފުގައި ބުނެދެވިފައިވާކަމުގައި އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާ ކުރިއަށްދަނިކޮށް އިސްތިއުނާފުކޮށްފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާ ނިންމާފައިވަނީ، އިޖުރާއީ ގޮތުން ގޯސްކޮށްތާ ބެލުން
63ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާއަކީ، […] / ނަޢީމާ އިބްރާހީމް ހުށަހެޅުމުން، ސިވިލް ކޯޓު ގައި ބަލަމުންދާ ޤަޟިއްޔާއެކެވެ. އެ ޤަޟިއްޔާގައި ނަޢީމާ އިބްރާހީމް އެދިފައިވަނީ، […] އެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުން […] އެވެ ކިޔާ ގޯތީގެ އިމުގެ ތެރެއަށް އަރާފައިވާ ބަޔަށް ބަދަލެއް ކަނޑައަޅައި ދިނުމަށެވެ. އެ ޤަޟިއްޔާގެ ޖަވާބުގައި، އެ ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ޝަކީލާ ޙަމްޒާގެ ފަރާތުން އެދިފައިވަނީ، […] އެވެކިޔާ އަމިއްލަ ބިމަށް […] ގައި ކޮށްފައިވާ ޢިމާރާތުން އަރާފައިވާ ބައި ތަޅާލުމަށެވެ.
64އެއަށްފަހު، ޝަކީލާ ޙަމްޒާގެ ފަރާތުންވެސް ސިވިލް ކޯޓަށް މައްސަލއެއަ ހުށަހެޅިއެވެ. އެ ދަޢުވާގައި އޭނާ އެދެނީ، […] އެވެ ކިޔާ އަމިއްލަ ބިމަށް […] ގައި ކޮށްފައިވާ ޢިމާރާތުން އަރާފައިވާ ބައި ތަޅާލުމަށެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/9322 ޤަޟިއްޔާއިންނެވެ. މި އިސްތިއުނާފަކީ އެ ޤަޟިއްޔާގެ އިސްތިއުނާފެވެ. ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާގެ "ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު"
65މި އިސްތިއުނާފުގައި ނަޢީމާ އިބްރާހީމްގެ ފަރާތުން އުފައްދާ ބަހުސަކީ، ސިވިލް ކޯޓުގެ ނަންބަރު 2008/Cv-C/2021 ޤަޟިއްޔާ ކުރިއަށް ދަނިކޮށް ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާ ހުށަހެނޭޅޭނެ ކމަށ ބުން ކުރެ ބަހުސެއްކަމަށް ދޭހަވެއެވެ.
66އިސްވެ ބުނެވުނު ބަހުސް، އިސްތިއުނާފުކޮށްފައި މިވާ ޤަޟިއްޔާގައި އިޖުރާއީ ނުކުތާއެއްގެ ގޮތުގައިވެސް ނަޢީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން އެ ނުކުތާއާމެދު ގޮތެއް ނިންމާފައިވާކަން ވެސް އެނގެން އޮވެއެވެ. އެ ނިންމުމުގައި ދަށު ކޯޓުން ބަޔާންކޮށްފައިވަނީ: "...އެއް މައުޟޫއެއްގެ މައްޗަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާ ޙާލަތުގައި ފުރަތަމަ ހުށަހެޅޭ މައްސަލަ އެކަނި ބަލައިގަތުމަށް ނިންމައި، އެ މައްސަލައިގެ ތެރޭގައި ފަހުން ހުށަހެޅޭ މައްސަލަ ބެލުމަށް ކަނޑައަޅައިފިނަމަ، މައުޟޫއީ ގޮތުން މައްސަލައިގެ ގޮތެއް ކަނޑައަޅާފައި ނުވަނީސް ދަޢުވާ ބާޠިލްކުރަންޖެހޭ ޙާލަތުގައި، އެ މައްސަލައިގެ ދަޢުވާލިބޭ ފަރާތްތަކުން އަލުން އައު ދަޢުވާއެއް ހުށަހަޅަންޖެހޭނެތީ، އެންމެ ފުރަތަމަ ވަކި ފަރާތަކުން ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެހެން ފަރާތްތަކުނ ހުށަހަޅް މައްސަލައެއް ބަލައިގަނެ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅަންޖެހޭ ސަބަބެއް ނޫންކަމަށްވާތީ، މި ދަޢުވާއަކީ މިހާރު ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް އިޖުރާއީގޮތުން ކަނޑައެޅެން ނެތްކަމަށް ނިންމައިފީމެވެ."
67މި ނުކުތާގައި ނަޢީމާ އިބްރާހީމް އުފައްދާފައިވާ ބަހުސާމެދު ގޮތް ކަނޑައަޅަން ބަލާއިރު، އަންނަނިވި ކަންކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، ފުރަތަމަ ކަމަކަށް ފާހަގަވަނީ، ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާ ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން ޚިލާފުވާކަމަށް ނަޢީމާ އިބްރާހީމްގެ ފަރާތުން ބުނާ ފުރަތަމަ އުޞޫލަކީ، ކޯސް އޮފް އެކްޝަން އެސްޓޮޕަލްގެ އުސޫލުކަމަށ ބުނެފައިވް ބުނުމެވެ. އެކަމުގެ ޤާނޫނީ ޙުއްޖަތެއްގެ ގޮތުގައި ޙަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު B7/IN/2022/03-144 އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް 2016/SC-A/25 ޤަޟިއްޔާއަށެވެ. އަދި ދެވަނަ ކަމަކަށް ފާހަގަވަނީ، މައްސަލައެއް ހުށަހެޅިފައިވަނިކޮށް، މައްސަލައިގައި ހިމެނޭ ޚަޞްމުންގެ ފަރާތުން ހަމަ އެ ޚުޞޫމާތު ނުވަތަ އެކަމާބެހޭ ނުވަތަ މައުޟޫއާ ގުޅޭ އެހެން މައްސަލައެއް ކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއްފަނޑިޔާރެއް ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފުވެފައިވާކަމަށް ބުނާ ބުނުމެވެ. އެކަމުގެ ޤާނޫނީ ޙުއްޖަތެއްގެ ގޮތުގައި ޙަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާއަށެވެ.
68ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟިއްޔާ ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން ޚިލާފުވާކަމަށް ނަޢީމާ އިބްރާހީމްގެ ފަރާތުން ބުނާ ކޯސް އޮފް އެކްޝަން އެސްޓޮޕލްގަ އުޞޫލު މައްސަލައެއްގެ މައްޗަށް ޤާއިމްކުރަނީ އަންނަނިވި ކަންކަން ފުރިހަމަވާނަމަކަނ ނަޢީމް އިބްރާހީގެ ފަރާތުން ޤާނޫނީ ޙުއްޖަތެއްގެ ގޮތުގައި މި އިސްތިއުނާފުގައި ފާހަގަކުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާއިން އެނގެން އޮންނަކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، ފުރަތަމަ ކަމަކީ، ކުރިން އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން، އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުމެވެ. ދެވަނަ ކަމަކީ، ކުރިން ނިންމާފައިވާ މައްސަލައިގއަ އާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުމެވެ. ތިންވަނަ ކަމަކީ، ކުރިން ހުށަހެޅި މައްސަލަ އާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލައެއް ކަމުގައި ނުވުމެވެ. އަދި ހަތަރުވަނަ ކަމަކީ، ފަހުން ހުށަހެޅި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކަކީ، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާގެ 13.2.3 reasonable deligence) (with ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި، އެ މައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުމެވެ.
69ބުނެވިދިޔަ ކަންކަން ހުށަހެޅިފައިވާ މައްސަލައިގައި ފުރިހަމަވޭތޯ ބެލުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ކުރިން އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން، އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތްތޯ ބެލުމެވެ. އެގޮތުން ބަލާއިރު، މި މައްސަލައިގައި، ކުރިން އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން، އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތްކަން އެނގޭކަށް ނެތެވެ. އެހެންކަމުން، މި މައްސަލައަށް ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމުކުރެވިދާނެ ކަމަކށ އަހުރެން ނުދެކެމެވެ.
70މައްސަލައެއް ހުށަހެޅިފައިވަނިކޮށް، މައްސަލައިގައި ހިމެނޭ ޚަޞްމުންގެ ފަރާތުން ހަމަ އެ ޚުޞޫމާތު ނުވަތަ އެކަމާބެހޭ ނުވަތަ މައުޟޫއާ ގުޅޭ އެހެން މައްސަލައެއް ކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއްފަނޑިޔާރެއ ކަމަށް ބަޔާންކޮށްފައިވް އުޞޫލާ ޚިލާފުވެފައިވާކަމަށް ނަޢީމާ އިބްރާހީމްގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، މި ދެމައްސަލަ ބަލަނީ އެއްފަނޑިޔާރެއްކަމަށ ޝަކީލް ޙަމްޒާގެ ފަރާތުން ވެސް ބުނެފައެއް ނުވެއެވެ. ނަމަވެސް، ޝަކީލާ ޙަމްޒާގެ ފަރާތުން ބުނެފައިވަނީ، މި ދެމައްސަލަ އެއްފަނޑިޔާރަކު ނުބެލި ނަމަވެސް، އެކަމަކީ އެކަމުގެ ސަބަބުން ޙުކުމް ފާސިދުވެ ބާޠިލުވާންޖެހޭ ސަބަބެއް ނޫންކަމަށެވެ. ޝަކީލާ ޙަމްޒާގެ ފަރާތުން ބުނެފައިވަނީ އެކަމަކީ، މައްސަލައިގެ ޙުކުމަށް އަސަރުކުރާވަރުގެ އިޖުރާއަތެއް ނޫންކަމަށެވެ.
71ނަޢީމާ އިބްރާހީމް ހުށަހެޅި ބަހުސްގައި އެ އިޖުރާއަތަކީ ޙުކުމަށް އަސަރުކުރާނެ އިޖުރާއަތެއްކަމާއި، އަސަރުކޮށްފައިވާނަމަ އަސަރުކުރި ގޮތާއި އަދި އެއްފަނޑިޔާރަކު މި ދެމައްސަލަ ބެލިނަމަ ނުކުމެދާނެ ތަފާތު ނަތީޖާއެއް އޮތްނަމަ އެ ނަތީޖާއަކީ ކޮބައިކަން ޤާނޫނީ ހަމައިން ހަމަދެއްކުމާއެކު ނަޢީމާ އިބްރާހީމަށް މި އިސްތިއުނާފުގައި ބުނެދެވިފައިނުވާއިރު، އަހުރެންނަށްވެސް މި މައްސަލައިގައި ޝަކީލާ ޙަމްޒާގ އެ ބުނުމާ އެއްބަސްވވެ އެވެ. ޝަކީލާ ޙަމްޒާގެ ފަރާތުން އިސްތިއުނާފުގެ ޖަވާބުގައި އެދޭގޮތްކަމަށް ބުނެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުނާ މައްސަލް ބާޠިލުކޮށްދިނުމަށް އެދިފައި އޮތް އޮތުމާމެދު ފާހަގަވާ ކަންކަން
72ނަޢީމާ އިބްރާހީމް ހުށަހެޅި މި އިސްތިއުނާފާ ގުޅިގެން ޝަކީލާ ޙަމްޒާގެ ފަރާތުން އިސްތިއުނާފުގެ ޖަވާބު ލިޔުމުން ހުށަހަޅާފައިވާކަން އެނގެން އޮތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ކޮންމެ އިސްތިއުނާފީ ނުކުތާއަކަށް ވަކިވަކިން ތަފުސީލުކޮށް ޖަވާބު ދީފައިވާކަން އެ ޖަވާބުން އެނގެން އޮތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އިސްތިއުނާފުގެ ޖަވާބު ހުށަހެޅުމުގެ އިތުރުން، ޝަކީލާ ޙަމްޒާގެ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ބަޔާންކޮށް އެކަން މި ކޯޓަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
73ނަމަވެސް، ނަޢީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފ ގުޅިގެނާ އޭގެ ޖަވާބުގައި ޝަކީލާ ޙަމްޒާގެ ފަރާތުން އެދޭގޮތްކަމަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭނާގެ ފަރާތުން އެދިފައިވާ ފުރަތަމަ ކަމަކީ، ނަޢީމާ އިބްރާހީމްގެ ފަރާތުން ހުށާހަޅާފައިވާ މައްސަލައަކީ، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ކަމުގައި ބެލެވިދާނެ ޙާލަތުގައި އޮތް މައްސަލައެއްކަމަށް ފެންނަކަމަށް ބުނެ، އެކަމުގެ ވާޤިޢީ ތަފުސީލުތައް ޤާ ނޫނު ނަންބަރު 2021/32 (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ މި ޤާނޫނަށް ނިޞްބަތްކޮށެވެ.) ބަޔާންކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނގު 421 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބާޠިލުކޮށްދިނމަށު އެދިފައި އޮތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
74މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބާޠިލުކޮށްދިނުމަށް ޝަކީލާ ޙަމްޒާގެ ފަރާތުން އެދިފައި އޮތް އެދުމުގެ މައްޗަށް ގޮތް ކަނޑައަޅަން ބެލިއިރު، އެ މާއްދާއަކީ (ހ) އިން ފެށިގެން
(ކ) ގެ ނިޔަލަށް އަކުރުތައް ހިމެނޭ މާއްދާއެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
75ޕްރިސިޑެންސް 1ޝަކީލާ ޙަމްޒާގެ ފަރާތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބާޠިލުކޮށްދިނުމަށް އެދިފައިވީނަމަވެސް، މި މާއްދާގައި ހިމެނޭ އެއްވެސް އަކުރަކަށް ޙަވާލާދީފައި ނުވާކަމާއި އަދި ނަޢީމާ އިބްރާހީމް ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފިކަމަށ ޝަކީލް ޙަމްޒާ ބުނާ ބުނުން ސަބަބާއެކު ބުނެދީފައި ނުވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
76އިސްތިއުނާފުގެ މަރުޙަލާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ތަރަޙައިގެ ތެރެއިން ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުން ކުރުމުގެ ގޮތުން، ނަޢީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5 ވަނަ ނަންބަރުގެ ދަށުގައި ބަޔާންކޮށްފައިވާ 1 ވަނަ ނަންބަރުގެ (ހ) އިން (ވ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ހުށަހެޅުމަކީ ކޮބައިކަން ޝަކީލާ ޙަމްޒާގެ ފަރާތުން ބަޔާންކޮށްދީފައިނުވާތީ، މި އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރެވޭނެ ކަމަކަށް ނުދެކެމެވެ. ޝަކީލާ ޙަމްޒާގެ ފަރާތުން އިސްތިއުނާފުގެ ޖަވާބުގައި އެދޭގޮތްކަމަށް ބުނެ ސެކިއުރިޓީގެ ގޮތުގައި ފައިސާ ބެހެއްޓުމަށް ނަޢީމާ އިބްރާހީމަށް އަންގައިދިނުމަށް އެދިފައި އޮތް އޮތުމާމެދު ފާހަގަވާ ކަންކަން
77ނަޢީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފ ގުޅިގެނާ އޭގެ ޖަވާބުގައި ޝަކީލާ ޙަމްޒާގެ ފަރާތުން އެދޭގޮތްކަމަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭނާގެ ފަރާތުން އެދިފައިވާ ދެވަނަ ކަމަކީ، ސެކިއުރިޓީގެ ގޮތުގައި ފައިސާ ބެހެއްޓުމަށް ނަޢީމާ އިބްރާހީމަށ އަންގައިދިނުމަށް އެދިފައި އޮތް އޮތުންކަން ފާހަގަކުރެވެއެވެ.
78ޕްރިސިޑެންސް 2ނަމަވެސް، އެ ފަދައިން ޝަކީލާ ޙަމްޒާގެ ފަރާތުން އެދެނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުންކަމެއް ބަޔާންކޮށްފައެއް ނުވެއެވެ. އޭނާ ސެކިއުރިޓީގެ ގޮތުގައި ބަހައްޓައި ދިނުމަށް އެދިފައިވާ 35,000 (ތިރީސް ފަސްހާސް) ރުފިޔާގެ މިންވަރަކީ ޚަރަދުގެ ގޮތުގައި ހިނގާ މިންވަރުކަން އެނގޭނެ އެއްވެސް ލިޔެކިއުމެއްވެސް ހުށަހަޅާފއެއަ ނުވެއެވެ. އަދި އެ ހުށަހެޅުން ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނނުގައ ބަޔާންކުރާ މުއްދަތުގައިކަންވެސް އެނގޭކަށް ނެތެވެ. އެހެންކަމުން، ނަޢީމާ އިބްރާހީމަށް އެ ފައިސާ ދައްކަން އަންގާނެ ތަނެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
79އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3229/Cv-C/2021 ޤަޟއްޔާގި ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމަން ފެނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ 20 (ވި ހ) ދުވަހުގެ މުއްދަތު ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރަޢުޔު
80އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
81އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
82މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) o:c :, > o, .,,,. -'°S ,.r.,::,.,,,.,,, J0"1'.,,C~.,, 39 2023 /HC-A/304 .,,.,.,,,.,,,0 ' ' .,P__,.,,,' 0 /.,P__, .,, .,, .,, .,,,,.,,.,,,, .,,, 0 ,,,,,.,,, Ot. oc..,,,,,,,,,, .,,,,,.,,,,.c.e., 0 .,,,, 0 C. Ot. ✓ / O ✓ :,:, '* 0 ,,,, 3229/C C/2021 '.A.J,.A t..r-V ,/',?V ,SO.r- .AtlPtlP__, _r_,l ✓ (!rrr.s .A/,r"" ,/',?V ✓, .S/1.A...,_..,.S V- _, .,, t. t. ox O :, :, 0 :, ~ 0 c.uo~ " c. .,,,.,,,, o.,,, •.,P .?_,I ./' V.? V ./. .r- .S_,I .I° .A .A .s e .,,,.,,, .,,,,.,,, .,P.r..,,. ./"".,,,,, ./__,.,,,.,::, .,,,,,.,::, ~ .,,,, .,,,, > O>> ,, -.,.0 , -"'"" ,?V.,< .A/• /1.A.,.:-.:J .? -- .,,, .,,, ., o(7,o,:;,c. ,,:;,o, ,,,,:;, o(7.,, t.U04 c www-highcourt-gov-mv :;-: ;:....,:; info@ highcourt-gov-mv
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 421 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 287 ވަނަ މާއްދާގެ (ހ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޙިލްމީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަލީ އަމީރު
- ބެންޗު
- ޙަސަން ޝަފީޢު، ހުޒައިފާ މުޙައްމަދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް