ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/320
މޫސާ އިބްރާޙީމް ވ. ވީ.ބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑް، 2021/HC-A/320
Moosa Ibrahim v. Vee.B Bradhars Private Limited 2021/HC-A/320 (2021/HC-A/320, High Court of the Maldives, 13 June 2024)
މޫސާ އިބްރާޙީމް ވ. ވީ.ބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
އަނގަބަހުން ވިއްކި މުދަލުގެ އަގު ހޯދުމުގެ ދަޢުވާގައި، މުޢާމަލާތް ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހެޅި ޝަފަހީ ހެކި (ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ) ހާޟިރުނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- އަނގަބަހުން ކުރި މުޢާމަލާތެއް ސާބިތުކުރުމަށް ހުށަހެޅި ލިޔުމެއްގައި ބުނާ ވާޤިޢާތައް ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން ޝަފަހީ ހެކި ހުށަހަޅާފައިވާއިރު، މުޢާމަލާތް ހިނގިކަމުގެ ލިޔުމެއް ހުށަހަޅާފައިނުވާކަމަށް ބުނެ އެ ހެކި ހާޟިރުނުކޮށް މައްސަލަ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ޝަފަހީ ހެކި ހާޟިރުކުރުމުގެ ފުރުޞަތު ނުދީ ނިންމާފައިވާ ޙުކުމް ބާޠިލުކޮށް، އެ ހެކި ހާޟިރުކުރުމަށް ފުރުޞަތުދީގެން މައްސަލަ ކުރިއަށް ގެންދިއުމަށް ދަށު ކޯޓަށް ތަޙުވީލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
ދީބާނާޒް ފަހުމީ ތާއީދު ކުރައްވާފައި) މައްސަލައިގެ ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފކުރުމަށު ބ.ތުޅާދޫ/ އިރަމާގެ، މޫސާ އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ ވީބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑް އެވެ. މީގެ ފަހުން "ވީބީ ބްރަދަރސް" ކަމަށް ބުނެފައި އެވަނީ އިސްތިއުނާފުރައްދުވާ ވީބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއަށ ނިސްބަތްކޮށެވެ.
2މޫސާ އިބްރާހީމްގެ ފަރާތުން ވީބީ ބްރަދަރސް އަށް 2002 ވަނަ އަހަރު ކަމިންސް ބްރޭންޑްގެ 85 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި ވުޑްވޯކް މެޝިންއެއް ވިއްކާފައިވާކަމަށް ބުނެ، އެ ތަކެތީގެ އަގަށްވާ، -140,000/ (އެއްލައްކަ ސާޅީސްހާސް ރުފިޔާ) ހޯދުމަށް އެދި 02 ޖުލައި 2019 ގައި މޫސާ އިބްރާހީމްގެ ފަރާތުން ވީބީ ބްރަދަރސް އަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ: "2002 ވަނަ އަހަރު ތިޔަ ކުންފުންޏަށް ވިއްކާފައިވާ ކަމިންސް ބްރޭންޑްގެ 85 ކިލޯވޮޓްގެ ޖަނަރޭޓަރާއި ވުޑްވޯކް މެޝިންގެ އަގަށްވާ -140,000/ (އެއްލައްކަ ސާޅީސްހާސް ރުފިޔާ) މިއަދާ ހަމައަށް ލިބިފައިނުވާތީ، ދެންނެވުނު ތަކެތި 10 ދުވަހުގެ ތެރޭގައި އަނބުރާ ޙަވާލުކުރުމަށް ތިޔަ ފަރާތަށް އަންގަމެވެ. އަދި 10 ދުވަހުގެ ތެރޭގައި ޙަވާލުނުކޮށްފިނަމަ، ޙަވާލުނުކޮށް ލަސްވާ ކޮންމެ ދުވަހަކަށް ޖަނަރޭޓަރަށް -1000/ (އެއްހާސް ރުފިޔާ) އަދި ވުޑްވޯކް މެޝިނަށް -/1000 (އެއްހާސް ރުފިޔާ) ނަގާނެ ވާހަކަ ދަންނަވަމެވެ." އައިޑީރަޖިސްޓްރީ ނަންބަރު 325/2002-C
3އިސްވެ ބަޔާނކުރެވުން ސިޓީގައިވާ ގޮތަށް ތަކެތި ހަވާލުކޮށފައިނުވާތީއާއި، ފައިސާ ދައްކާފައިނުވާތީ، މޫސާ އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާގައި އެ މައްސަލަ ބަލާފައިވެއެވެ.
4މިއީ ސިވިލް ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުނ ބަލާފައިވާ ޤަޟިއްޔާއެވެ.
5ސިވިލ ކޯޓަށް މޫސާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ދަޢުވާއަކީ، ވީބީ ބްރަދަރސް އަށް މޫސާ އިބްރާހީމް 2002 ވަނަ އަހަރު ވިއްކާފައިވާ ކަމިންސް ބްރޭންޑްގެ 85 ކިލޯވޮޓްގެ ޖަނަރޭޓަރާއި ވުޑްވޯކް މެޝިންގެ އަގަށްވާ -140,000/ރ. (އެއްލައްކަ ސާޅިސްހާސް ރުފިޔާ) މޫސާ އިބްރާހީމްއަށް ލިބިފައިނުވާތީ، އެ ފައިސާ ހޯދުމަށާއި، ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި ޖަނަރޭޓަރަށް -1000/ރ. (އެއްހާސް ރުފިޔާ) އަދި ވުޑްވޯކް މެޝިނަށް -1000/ރ. (އެއްހާސް ރުފިޔާ) ގެ މަގުން ފައިސާ ހޯދުމަށް އެދި ހުށަހެޅި ދަޢުވާއެކެވެ.
6ދަޢުވާގައި ބުނި މުޢާމަލާތަކާ ވީބީ ބްރަދަރސް އާއި މޫސާ އިބްރާހީމްއާ ދެމެދު ހިނގާފައިވާ މުޢާމާލާތެއްކަން މޫސާ އިބްރާހީމްއަށް ސާބިތުކޮށްދެވިފައިނުވާތީ، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާ ވީބީ ބްރަދަރސްއިން މޫސާ އިބްރާހީމްއަށް ދައްކަން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
7ސިވިލް ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާއަކީ:
7.1 ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކީގެ ސައްޙަކަން ދަޢުވާކުރާ ފަރާތަށް ސާބިތުކޮށް ދެވެން ނެތް ހާލަތެއްގައި އެ ޑޮކިއުމަންޓުގައި ބަޔާންކުރާ މުޢަމާލާތާއި ވާޤިއާތައް ހެކީންގެ ހެކިބަހުން ނުވަތަ އެނޫންވެސް ޤަރީނާތަކަށް ސާބިތުކޮށް ދިނުމުގެ ފުރުޞަތު ދަޢުވާކުރާ ފަރާތަށް އޮންނާނެކަމަށް ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުސޫލާ ޚިލާފަށާ އަދި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރެވޭ މައްސަލައިގައި ހިމެނޭ މުޢާމަލާތް ހިނގާފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަކާ ނުލައި އަދި މުއާމަލާތް ސާބިކުރުމަށ ހުށަހެޅް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ ވާޤިއާތަށ ސާބިތުކުރުމަށް ހުށަހަޅާފައިވް ހެކާ ޙާޟިރުކޮށްދިނުމާ ނުލައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާއަކީ، 2002 ވަނަ އަހަރު މޫސާ އިބްރާހީމްގެ ފަރާތުން ވީބީ ބްރަދަރސްއަށް ވިއްކާފައިވާ ކަމިންސް ބެރޭންޑްގެ 85 ކިލޯވޮޓްގެ ޖަނަރޭޓަރާއި ވުޑްވޯކް މެޝިންގެ އަގާއި އަގު އަދާކޮށްފައިނުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމާއި، މި މުޢާމަލާތް ހިނގާފައި ނުވާކަމަށް ބުނެ، ވީބީ ބްރަދަރސްގެ ފަރާތުން އިންކާރުކޮށްފައިނުވާކަމަށާއި، އެ ފަރާތުން ފާހަގަކުރީ، ދައްކަންޖެހޭ ފައިސާގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހަޅާފައިނުވާތީއާއި، މިއީ 17 އަހަރު ކުރިން ކޮށްފައިވާ މުޢާމަލާތަކަށްވާތީ، އެއީ ވީބީ ބްރަދަރސްގެ ފަރާތުން ދައްކަންޖެހޭ ފައިސާކަން ސާބިތުނުވާތީ، އެ ފައިސާ ދައްކަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށްކަމަށް، މޫސާ އިބްރާހީމް ފާހަގަކޮށްފައިވެއެވެ.
9މި މުޢާމަލާތަކީ ޟިމްނީގޮތެއްގައި ހިނގާފައިވާ މުޢާމަލާތެއްކަން ވބީ ބްރަދަރސްގެ ބަހުން ބުރަދަނީ ލިބޭކަމަށާއި، އެ ފަރާތުން ޚުޞޫމާތު އުފެއްދީ ފައިސާގެ އަދަދާއި، މުޢާމަލާތް 17 އަހަރު ކުރިން ހިނގާފައި އޮތް އޮތުމުގެ މައްޗަށް ކަމަށާއި، އެ ތަފްސީލްތައް ސާބިތުކުރުމަށް ފޮނުވި ސިޓީއާ ވީބީ ބްރަދަރސްގެ ފަރާތުން ހަވާލުވެފައިވާކަމާއި، އޭގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް އިންކާރުކޮށްފައިނުވާކަންވެސް މޫސާ އިބްރާހީމް، އިސްތިއުނާފީ ނުކުތާގެ ތަފްސީލްގައި ބަޔާންކޮށްފައިވެއެވެ.
10ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ވީބީ ބްރަދަރސްގެ މެނޭޖިންގ ޑިރެކްޓަރެއް ކަމަށާއި، އެ ފަރާތް ހުށަހެޅީ ވީބީ ބްރަދަރސްއަށް އެ ސިޓީ ފޮނުވި ފަހުން، އެކަމާއި ގުޅިގެން ވީބީ ބްރަދަރސްގެ އޮފީހުގައި ބައްދަލުކުރިކަމާއި، އެ ބައްދަލުވުމުގައި ފައިސާ ދިނުމަށް ވީބީ ބްރަދަރސްގެ މެނޭޖިންގ ޑިރެކްޓަރ އެއްބަސްވިކަން ސާބިތުކުރުމަށްކަމަށް ފާހަގަކޮށް، ސުޕްރީމްކޯޓުގެ ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ކިތާބީ ހެކީގެ ޞައްޙަކަން ސާބިތުކޮށްދެވެނ ނެތް ހާލަތުގައި، އެ މުޢާމަލާތާއި ވާޤިއާތައް ހެކީންގެ ހެކިބަހުން ނުވަތަ އެ ނޫންވެސް 2017/SC-A/40 ޤަރީނާތަކުން ސާބިތުކޮށްދިނުމުގެ ފުރުސަތު އޮންނާނެކަމަށް މޫސާ އިބްރާހީމްގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
11ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 1 ގައި ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށާއި، މި މައްސަލައިގައި ހިމެނޭ ހެކިތަކއާ ޤަރީނާތައް ކޮރޮބޮރޭޓްކޮށް ބަލާއިރު، މުޢާމަލާތް ސާބިތުކުރުމަށް ހުށަހެޅުނު ސިޓީގައި ބަޔާންކުރާ ކަންކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށާއި، ހެކި ހާޒިރުކޮށްފައިނުވާތީ، މައްސަލައިގެ ވާޤިއާ ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް މޫސާ އިބްރާހީމް ފާހަގަކޮށްފައިވެއެވެ.
12ކުންފުންޏާއެކު ކޮށްފައިވު މުޢާމަލާތްތައް ސާބިތުކުރަންޖެހެނީ ކުންފުނީގެ ފަރާތުން އެ މުޢާމަލާތްތަކަށް އިންކާރުކުރާ ޙާލަތުގައި ނުވަތަ އެއްބަސްނުވާ ހާލަތުގައި ކަމުގައިވާއިރު، ކުންފުނިން މުޢމަލާތަށާ އެއްބަސްނުވުމަކީ ކުންފުންޏާއެކު ކޮށްފައިވާ މުޢާމަލާތް ސާބިތުކުރުމަށް ކުންފުނީގެ ފަރާތުން އެފަދަ މުޢާމަލާތެއްގައި ޢަމަލީގޮތުން އުޅެފައިވާ ފަރާތެއް ހެއްކެއްގެ ގޮތުގައި ޙާޟިރު ނުކުރުމަށް އޮތް ޤާނޫނީ ހުއްޖަތެއް ނޫންކަމަށާއި އަދި ކުންފުންޏާ ދެކޮޅަށް ކުންފުނީގެ އިސް ފަރާތްތައް ހާޟިރުކުރަން މަނާކުރާ ޤާނޫނީ ޤައިދެއް ނެތްކަމަށް މޫސާ އިބްރާހީމް ފާހަގަކޮށްފައިވެއެވެ.
13މޫސާ އިބްރާހީމްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކަށް ރިޢާޔަތްކޮށް އެ މައްސަލަ އަލުން ތަޙްވީލުކޮށް ދިނުމަށް އެދި، ނުވަތަ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކަށް ރިޢާޔަތްކޮށް މޫސާ އިބްރާހީމްގެ ފަރާތުން ވީބީ ބްރަދަރސްއަށް ވިއްކާފައިވާ މުދަލުގެ އަގުގެ ގޮތުގައި -40,000/1ރ. (އެއްލައްކަ ސާޅީސް ހާސް ރުފިޔާ) އަދި ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ސިވިލް ކޯޓުން އެދިފައިވާ ފައިސާ މޫސާ އިބްރާހީމްއަށް ދެއްކުމަށް ވީބީ ބްރަދަރސްއަށް އަމުރުކޮށްދިނުމަށެވެ.
14މޫސާ އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، ވީބީ ބްރަދަރސްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތްކަމަށް ބުނެ ހުށަހެޅި ދަޢުވާއެއްކަމަށާއި، އެ ދަޢުވާގައި މޫސާ އިބްރާހީމްއަށް އެއްޗެއް ވިއްކިކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމަށާއި، އެތައް އަހަރެއް ފަހުން، ވީބީ ބްރަދަރސްއަށް ފޮނުވި ސިޓީއެއްގައި އިންޖީނެއް ވިއްކިކަމަށ ބުން ފައިސާ ހޯދުމަށް އެދިފައިވާއިރު، އެކަމާ ގުޅުންހުރި އެއްވެސް ލިޔުމެއް އެއިރުވެސް ހުށަހަޅފައިނުވާކަމަށް ވީބީ ބްރަދަރސާ އިން ފާހަގަކޮށްފައިވެއެވެ.
15މޫސާ އިބްރާހީމްގެ ފަރާތުން ވީބީ ބްރަދަރސްގ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ ޙާޟިރުކުރަން ބޭނުންވީ، ސިޓީ ފޮނު ވިފަހުން ބައްދަލުކުރި ބައްދަލު ވުމުގައި އެ މުޢާމަލާތާއި ގުޅިގެން ފައިސާ ދިނުމަށް އެއްބަސްވެފައިވާކަން ސާބތި ކުރުމަށްކަމަށު ބަޔާންކޮށްފައިވާއިރު، ވީބީ ބްރަދަރސްގެ ފަރާތުން 25 ނޮވެންބަރު 2019 ގައި ހުށަހެޅި ބަޔާނުގައިވެސް އެކަމަށް އިންކާރުކޮށްފައިވާނެކަމަށާއި، އެހެންނަމަވެސް، އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް މޫސާ އިބްރާހީމް ހުށަހަޅާފައިނުވާކަމަށް ވީބީ ބްރަދަރސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
16ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 28 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، "ދަޢުވާކުރާ 2017/SC-A/40 ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހާޅާފައިވާ ޑޮކިއުމަން ޓެއްގެ ސައްހަކަމާމެދު ދަޢުވާ ލިބޭ ފަރާތުން އިންކާރުކުރާނަމަ އަދި އެ ޑޮކިއުމަންޓުގެ ސައްހަކަން ދަޢުވާކުރާ ފަރާތަށް ސާބިތުކޮށްދެވެނ ނެތް ހާލަތެއްގައި، އެ ޑޮކިއުމަންޓުގައި ބަޔާންކުރާ މުއާމަލާތާއި އެހެނިހެން ވާގިއާތައް ހެކީންގެ ހެކިބަހުން ނުވަތަ އެނޫންވެސް ގަރީނާތަކުނ ސާބިތުކޮށް ދިނުމުގެ ފުރުސަތު ދަޢުވާކުރާ ފަރާތަށް އޮންނާނެއެވެ." މިހެންކަމަށާއި، މޫސާ އިބްރާހީމްގެ ފަރާތުން ހަމައެކަނި ހުށަހެޅި ޑޮކިއުމަންޓަކީ 2 ޖުލައި 2019 ގެ ތާރީޚުގައި ލިޔެ ވީބީ ބްރަދަރސްއަށް ފޮނުވި ސިޓީއެއްކަމަށާއި، އެ ސިޓީގެ ޞައްޙަކަމާމެދު އެއްވެސް އިރެއްގައި ވީބީ ބްރަދަރސްއިން އިންކާރުކޮށްފައިނުވާނެކަމަށާއި، ވީބީ ބްރަދަރސްގެ ފަރާތުން ފާހަގަކޮށްފައިވާނީ، ސިޓީގައި ބަޔާންކޮށްފައިވާ މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއްކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމަށާއި، މުސާ އިބްރާހީމްއަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމަށެވެ.
17މޫސާ އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ސާބިތުކުރުމަށް ހުށަހެޅީ ޑޮކިއުމަންޓް 1 ގައިވާ ސިޓީކަމަށާއި، އެސިޓީއަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވާކަން އެ ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ށ) އަދި
(ރ) އިން އެނގެން އޮންނަކަމަށާއި، ހެއްކެއްގެ ގޮތުގައި ހާޟިރުކުރަނ އެދުން ފަރާތް ހާޟިރުކުރަންނުޖެހޭ ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ނ) އިން އެނގެން އޮންނަކަމާއި، އެހެންކަމުން، ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ސިވިލް ކޯޓުން ރިޢާޔތްކޮށްފައިވާކަމަށަ ވީބީ ބްރަދަރސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18ވީބީ ބްރަދަރސްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.
19މ އިސްތިއުނާފުގައި މޫސާ އިބްރާހީމްގެ ފަރާތުން ކުރާ މައިގަނޑު ޝަކުވާއަކީ، އޭނާގެ ފަރާތނު ހުށަހަޅާފައިވާ ޝަފަވީ ހެކީގެ ހެކިބަސް ނެގުމަކާނުލައ މައްސަލި ނިންމާފައިވާތީ ކުރާ ޝަކުވާއެއްކަން އެނގެއެވެ. އަދި މިއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
20ޕްރިސިޑެންސް 1ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ: "5. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިއާޔަތްކުރަންވާނެއެވެ .
21ސިވިލް ކޯޓަށް މޫސާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގެ 10 ވަނަ ނަންބަރުގައި، މައްސަލަ ނުވަތަ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅަންބޭނުންވާ ލިޔުންތަކާއި ތަކެތި ކަމަށް ބަޔާންކޮށްފައިވަނީ، ޑޮކިއުމަންޓް 1- ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވި ސިޓީ ކަމަށް، އަދި މި ސިޓީ ހުށަހަޅަނީ، ދަޢުވާކުރާ ފަރާތުން ތަކެތި އަނބުރާ ޙަވާލުކުރުމަށް އެންގިކަމާއި ޖޫރިމަނާކުރާނެކަން އެންގިކަން ސާބިތުކުރުމަށް އަދި ދަޢުވާލބި ފަރާތުން ސިޓީއާ ޙަވާލުވިކަން ސާބިތުކުރުމަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 'ހެކިންގެ ލިސްޓް' ފޯމުގައި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ޝަފަވީ ހެއްކެއްގެ ގޮތުގައި "1.މުޙައްމަދު ޝަވީދު، […] " ބަޔާންކޮށްފައިވެއެވެ. މިހެކި ހާޟިރުކުރުމަށް ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، "ތަކެތި ވބީ ބްރަދަރސްއަށް ހަވާލުކުރެވިފައިވާކަމާއީ އަދި މުދަލުގެ އަގަށްވާ ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިފައިނުވާކަން ސާބިތުކުރުމަށް" މިފަދައިންނެވެ.
22އިސްވެ ބަޔާންކުރެވުނު ހެކި ހާޒިރުނުކުރުމަށް ސިވިލް ކޯޓުގެ ފަނޑިޔާރު ނިންމާފައިވާ ސަބަބު އެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވަނީ: "މޫސާ އިބްރާހީމްގެ ފަރާތުން މި މައްސަލަ ސާބިތުކުރުމަށް ޝަފަހީ ހެކިންގެ ގޮތުގައި […] މުޙައްމަދު ޝަވީދުގެ ނަން ހުށަހަޅާފައިވާއިރު، އެފަރާތުގެ ނަން ހުށަހަޅާފައިވަނީ، ދަޢުވާގައި ބުނެފައިވާ މުދާ ވީބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާކަނ ސާބިތް ކުރުމަށާއި އަދި މުދަލުގެ އަގު ލިބިފައިނުވާކަން ސާބިތުކޮށްދިނުމަށް ކަމަށް މޫސާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ހެކި ލިސްޓުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ކުންފުންޏަކީ، ކުންފުނީގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދުގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މި ކަންކަމުގެ ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެމްބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެއްކަމާއި، އެގޮތުން ކުންފުނިން ކުރާ މުޢާމަލާތްތަކަކީ، ވަކި އުޞޫލެއްގެ ދަށުން ހިންގަންޖެހޭ މުޢާމަލާތްތަކަކަށް ވެފައި، މި މައްސަލައިގައި މޫސާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ބަލާއިރު، މުދާ ވިއްކުމުގެ މުޢާމަލާތެއް ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނެތް ހިނދު، މިއީ ވީބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާއަށް އެއްބަސްނުވާ ޙާލަތުގައި އެ ކުންފުނީގެ އިސް ފަރާތެއްގެ ހެކި ބަހަށް އެކަނި ބަލައި ސާބިތުކުރެވިދާނެ މުޢާމަލާތަކަށް ނުވާތީ، އެފަރާތް ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ޝަރީޢަތަށް ބެލެވެން ނެތްކަމެވެ." މިފަދައިންނެވެ. ސިވިލް ކޯޓަށް މޫސާ އިބްރާހީމް ހުށަހެޅި ދަޢުވާއަކީ، އޭނާގެ ފަރާތުން ވިއްކާފައިވާ މުދާތަކެއްގެ އަގު ހޯދުމަށް އެދި ހުށަހެޅި ދަޢުވާއެކެވެ. މޫސާ އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ އޭނާ ވީބީ ބްރަދަރސްއާއެކ މުޢާމަލާތު ކޮށްފައިވާނީ އަންގަ ބަހުންކަމަށެވެ. އެހެންކަމުން، ޝަފަވީ ހެކި ހާޒިރުކޮށް އޭނާ ސާބިތުކުރަން ބޭނުންވަނީ، މުޢާމަލާތެއް ހިނގާފައިވާކަމެވެ. ނަމަވެސް، މުދާ ވިއްކިކަން މޫސާ އިބްރާހީމްއަށް ސާބިތުކޮށްދެވިފައިނުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 3098/Cv-C/2019 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކތާތަކުގު 3 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ. އެ ނުކުތާގައި ބަޔާންކޮށްފައިވަނީ: "... މި ދަޢުވާ ސާބިތުކުރުމަށް މޫސާ އިބްރާހީމް ހުށަހަޅާފައިވަނީ 2002 ވަނަ އަހަރު ވިއްކިކަމަށ ބުން މުދަލުގެ އަގު އޭގެ 12 (ބާރަ) އަހަރު ފަހުން، ހޯދުމަށް 02 ޖުލައި 2019 ގައި މޫސާ އިބްރާހީމް ވީބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވި ސިޓީ ކަމާއި، މޫސާ އިބްރާހީމްގެ ފަރާތުން ދަޢުވާގައި ބުނެފައިވާ މެޝިނާއި ޖަނަރޭޓަރެއް ވިއްކިކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު، މޫސާ އިބްރާހީމްއަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ދޭންޖެހި ނުދީ ނުވާނެ ކަމަށް ވީބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާތީ، މަދަނީ ޚުޞޫމަތްތަކުގެ ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައިވީހިނދު، މިދަޢުވާގައި ބުނެފައިވާ ވިޔަފާރީގެ މުޢާމަލާތް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ މޫސާ އިބްރާހީމް ކަމުގައިވެފައި، މޫސާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބަލާއިރު މިއީ މޫސާ އިބްރާހީމް އާއި ވީބީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކޮށްފައިވާ މުޢާމަލާތެއްކަން ޝަރީޢަތަށް ބުރަވެވެން ނެތްކަން އެނގެން އޮންނަ އޮތުމެވެ."
23ޕްރިސިޑެންސް 2ޝަފަވީ ހެކި ހުށަހެޅުމުގެ ފުރުސަތު ސިވިލް ކޯޓުން މޫސާ އިބްރާހީމްއަށް ދީފައިނުވަނީ، މުދާ ވިއްކުމުގެ މުޢާމަލާތް ހިންގިކަމުގެ ލިޔުމެއް ސިވިލް ކޯޓަށް ހުށަހަޅާފައިނުވާތީ ކަމަށް ވީނަމަވެސް، އނާގޭ ފަރާތުން ޝަފަވީ ހެކި ހުށަހަޅާފައިވަނީ، މުދާ ވިއްކުމުގެ މުޢާމަލާތެއް ކޮށްފައިވާކަން ސާބިތުކުރުމަށް ހުށަހެޅި ސިޓީގައި ބުނާ ވާޤިއާތައް ސާބިތުކޮށްދިނުމަށްކަން އެނގޭތީ، ސިވިލް ކޯޓުން ހެކި ހާޒިރުކޮށްފައިނުވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ.
24ޕްރިސިޑެންސް 3އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، މޫސާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ޝަފަވީ ހެކި ހާޒިރުކުރުމަށް ފުރުސަތުދީގެން އެ ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށްޓކައ މި މައްސަލި އެ ކޯޓަށް ތަޙަވީލ ކުރުމަށު ކަނޑައަޅަން ފެނެއެވެ.
25ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
26ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
27މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) i.l<,lgr.,roi 1rnocrlsrqlr.loJur a--1.:i ^Lu.^o!.11nocqilq,lr,ll^\ ?{rirr: :;;?,r:I :-1r.,51, ?y;171,;r.: 620!zrr, {t;' rngt r l.-./r /?,..rr rrr\ r8z lt i{{t ?) Iz\z/zt r.z1 Ja -..', t(( t{r! '--r bsz rr rt{t ?) t7+--,1 cl i.-/ /.,"t tr /'.<-.' ,-r.. r.3 e4 a E. .4a,a -ac ,.ti ,li tDO a' aao ,a./ o ae.,. {r4a a/ ,./a e t {.rl tr-rr / o,.t aU,,.. ,,,1a d/o i{i{ 0l0zlzz (/t,.rr?s a2"rzr c.z.r\r oh t.r crlr ( -r), /.?-a I a.-.</ .-.r {is .7 -i t^ se- {:-r?rr ,. zeJ a u.-<a a r'o..2' t...4.a.aa z r) t.,.J €{2{ 6I0ZD-^J/860t i.-,.rii ?!{ ,"'{i{' {-; l'^r /.-t t-,- I ,rc: ,tw 0(.€/Y-)fl te1z
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް